ރަމަޟާން މަސް
އައުމުން ޝައިޠާނުން ކަސްތޮޅު
އެޅުއްވޭނެ ކަމަށް ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައި ވެ އެވެ. ތިރީގައި މިވަނީ އެ ޙަދީޘްފުޅާއި، އޭގެ މާނައާއި، ޝައިޠާނުން ކަސްތޮޅު އެޅުއްވޭ ކަމަށް އޮތް ބަސްފުޅުގެ ބައެއް ދޭހަތަކެވެ.
عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ:
(إِذَا دَخَلَ شَهْرُ رَمَضَانَ فُتِّحَتْ أَبْوَابُ السَّمَاءِ وَغُلِّقَتْ أَبْوَابُ جَهَنَّمَ وَسُلْسِلَتِ الشَّيَاطِينُ) ރިވާކުރެއްވީ: އަލްބުޚާރީ.
މާނައީ: އަބޫ
ހުރައިރަތުގެފާނު ރިވާކުރެއްވި
އެވެ. ހަމަކަށަވަރުން ﷲ ގެ ރަސޫލާ
(ޞައްލަ ﷲ ޢަލައިހި ވަސައްލަމަ)
ޙަދީޘްކުރެއްވި އެވެ. "ރަމަޟާން މަސް އަތުވެއްޖެނަމަ، އުޑުގެ ދޮރުތައް ހުޅުވައިލެއްވެ އެވެ. އަދި ނަރަކައިގެ
ދޮރުތައް ބަންދުކުރެއްވެ
އެވެ. އަދި ޝައިޠާނުން ކަސްތޮޅު
އެޅުއްވެ އެވެ."
މި
ޙަދީޘްފުޅުގައި، ޝައިޠާނުން ކަސްތޮޅު އެޅުއްވޭ ކަމަށް އޮތް ބަސްފުޅާމެދު، ބައެއް ޢިލްމުވެރިން ވިދާޅުވެފައިވަނީ އެއީ، މަޖާޒީ ބަސްފުޅެއް ކަމަށެވެ.