ކަނެހިތުން ބޮނެހިތުން މަގެދިޔެ ބަލަނެހިތުން




















ނޯޓެކެ:
ހުވަދުއަތޮޅޭ ތެނަދޫ ބަހުރުވާން ބަދަލެކޮޓެފައި މިވެންނޫ، އުސްތާޛު ޢަބުދުލްމުޢީދު ޙަސަން ހުވަދުއަތޮޅޭ މާމެންދޫ ބަހުރުވާން ލިއުއްވާހައި އޮތެ އެއްތެކެ. ވަރަން މަދެ ބަހަކު ނުންފަހޭ މާމެންދޫ ބަހުރުވާއި ތެނަދޫ ބަހުރުވާއި ދޭތެރޭ ތަފާތެކެ ނުހޫޓު.

އެކެދޮހާ އެކެދޮހާ ރަޓަކު ހުއްޓިޔާއަ މީހެކެ.
މީހެންނާއި ވެފައި ވަރިކެރަމުން އެޔަނެ މީހެކެ.
ދާރު ލެބުނެމައި ވެނެމީހެ ވަރިކެރަނެ މީހެކެ.
ދެން އެހެން ރަޓެކަންގޮހޮ މީހަކުނާއި ވެނެމީހެކެ.

އެލިކަން މިދެ މީހެންނާއި ވީ ތެއްޔަހި ރަޓަކުން.
ވީ ކޮންމި މީހެކެ ކޫދު ވެހޫ ރާތެލެ ގަލެބައްރެން.
މިޔަގެދާރު ނެން ރަޓެކެ އަތޮޅޭނެން.
މިޔާ މުސްކުޅިވީ ވޭލޭ ބޮޑެނުވެ ދައްރެކެ ނެން.

ގަހުގަތެ ބުރަން ދާރު ބޮޑޭގެ.
އެވޭލޭ މިޔާ ހޮއްޑޮއްޑޯ ވެގެ.
މިޔާ ބުރިކަންޓާ ގުދޭގެ.
އަތެފާ ބާރެކުދޭގެ.

އެޔަން ކެޔަންނޫ މާކުންބެއްޔާ!            
އެޔާއްކޫ ރަޓުހުއްޓީ މުސްކުޅި ބެއްޔާ!

ވަރެކެނެންމައި މަސައްކަދެކެރަންނޭ.
މީހަކުނާސް ނެންމައި އަޅައިލަންނޭ.
އެޔާ ހިތަންއެރީ ދާރުގާތަން އެޔަންނަން.
ދާރުގާތު ހުޓެ ކައިބޮއިވޮންނަން.

ދެން ބޮއްކޮރާކަން އަރައި އޮވައި ފަޅުންބޭރޭގެ.
އާ ކޮޅިއަޑަކު އެޔާ ބެހެގެން އެބައްގެ.
އޮޔާއިވަޔާއި ތަޅަމުންގޮހޮ އެޔާ ރަޓަކުޖެހީގެ.
އެރީގެންގޮހޮ އެޔަގެ ދައްރަކުނައްގޭ ފޮޑަހަންވެދެގެ.
                         
ބަޑެހާގެންވޮންނާ މީހަކުންލިކަން ދާނިޔާގުޑުވޫ.
އެޔަގެދިޔެ އެހީ: "ތީބޫ ކޭއްކެރަންނަން އާ ކެޔަ؟"
އެދެ ބޮނީ: "ކަނެހިތުން ބޮނެހިތުން މަގެދިޔެ ބަލަނެހިތުން."
ދިޔެބޮނީ: "މިގޭ ތެއްޔަހައި އެއްތެކެ އައްޕަން ދީފިން."

ދެން އެދެ ގޭތެއި ހަންދަރަކު އެއްތެތި ކައިފި.
ވަޑު ތުބާޖަހައި ދެގުއްލަ ބޮއިފި.
ދެންތެއި އެއްތެކެ އައްބޮންޑަން ލައިފި.
ދިޔެ އެޔަން ހިތެހަލާލެދީފި.

ދެން އެދެ އެބައްގެ ދިހަރެޔަން.
އެހެން ރަޓެކަން ހުރަންނަން.
އެހެން ދިޔެކުންގާތަށް އެޔަންނަން.
އެދިޔައްގޭ ތެއިހައި އެއްތެކެ ކަންނަން.

ވަލާ މުހައި ބޮއްކޮރެޔަން އަރައި ވޮއްޓިޔަތެ.
އޮޔާއި ވަޔާއި ރަޅެ އެޔާ ގޮވައިގެން ބައެޔަތެ.
އެލިކަންގޮހޮ އެބޮއްކޮރެޔާ ތިރިފަޓަކު ބީހީގެ.
އެރީގެންގޮހޮ އެޔަގެ ދައްރަކުނައްގޭ ފޮޑަހަންވެދެގެ.
ބަޑެހާގެންވޮންނާ މީހަކުންލިކަން ދާނިޔާގުޑުވޫ.
އެޔަގެދިޔެ އެހީ: "ތީބޫ ކޭއްކެރަންނަން އާ ކެޔަ؟"
އެދެ ބޮނީ: "ކަނެހިތުން ބޮނެހިތުން މަގެދިޔެ ބަލަނެހިތުން."
ދިޔެބޮނީ: "މިގޭ ތެއްޔަހައި އެއްތެކެ އައްޕަން ދީފިން."

ދެން އެދެ ގޭތެއި ހަންދަރަކު އެއްތެތި ކައިފި.
ވަޑު ތުބާޖަހައި ދެގުއްލަ ބޮއިފި.
ދެންތެއި އެއްތެކެ އައްބޮންޑަން ލައިފި.
ދިޔެ އެޔަން ހިތެހަލާލެދީފި.

ދެން އެދެ އެބައްގެ ދިހަރެޔަން.
އެހެން ރަޓެކަން ހުރަންނަން.
އެހެން ދިޔެކުންގާތަށް އެޔަންނަން.
އެދިޔައްގޭ ތެއިހައި އެއްތެކެ ކަންނަން.

މިލިކަން އެދެ ގެޔައި ހަތެރަޓަން.
ހަތެކޫދު ގާތުން ކަންނަން.
ހަތެ ވަޑު ފެނެ ބޮންނަން.

ހަތެރަޓެ ހުއްދަކޮޅަވޭލޭ އެޔާ ބަޑާބޮޑޭގެ.
ލޮޅޭއިނެ މާކުންއައްޓައި އެޔަގެ ކަންތެތި ބޮޑޭގެ.
ދެން އެޔާއެރޫ ބޮއްކޮރެޔަން.
ރަޓަންގޮހޮފައި އެނެއްކެލައި އެންނަން.

ކަޑަން ނިކިތެވޭލޭ މޫސުމެ ނުބައިވެގެ.
ޖެހުނެ ކޮޅިއަޑޭ އެޔާއި ބޮއްކޮރެޔާއި ބެހެގެ.
ހަތެރެއި ހަތެދެވާލެ ވީ ވޭލޭ އެޔާގާކު ވަރެކެނެން.
ކަންނޭ ބޮންނޭ އެއްތެކެ ބޮއްކޮރާކު ނެން.

ދެންއާއު މާވަރެގަދެ ކޮޅިއަޑެކެ.
އެޔަން ނުއެގުނެ ރައްކަލެވެންނޭ ލިހެކެ.
އެއްކަލެކާއި ބޮއްކޮރެޔާ ބަންޑުހުން ޖެހީގެ.
މަނިކާރޯއްދާ، އެޔާ ބަޑާ ފަޑައިގެން އެބަގެ.
އެޔާ ބަޑުންވެރުނެ އެއްތެންތެން ކަޑާހިކީ ދެރަޓެހެދީގެ.
އޭބޫ ހުރަންދުވާއި މާރަންދުވާ.
               -------------------
"ގަލެހިރި"