ހަވަރުތިނަދޫ މާވަށްދިހެރޭ ޢާއިލާއިން



ހަވަރުތިނަދޫ މާވަށްދިހެރޭ ޢާއިލާއަކީ ގިނަ ދުވަސްތަކެއްގައި އެރަށުގައި ކަތީބުކަންކުރެއްވި ގިނަ ބޭފުޅުންތިއްބެވި ޢާއިލާއެކެވެ. މިބޭފުޅުންނަކީ އެދުވަސްވަރުގެ ޢިލްމީ މޮޅު ބޭފުޅުންނެވެ.


މީގެތެރެއިން:
1- މާވަށްދިހެރޭ  މުޙައްމަދު ތަކުރުފާނު ކަތީބު
2- މާވަށްދިހެރޭ އަޙުމަދު ތަކުރުފާނު ކަތީބު
3- މާވަށްދިހެރޭ ޙަސަން ތަކުރުފާނު ކަތީބު ފާހަގަކުރެވެއެވެ.


1- މާވަށްދިހެރޭ  މުޙައްމަދު ތަކުރުފާނު ކަތީބު

މުޙައްމަދު ތަކުރުފާނު ކަތީބު ކައިވެނިކުރެއްވީ ހަވަރުތިނަދޫ ރާގުޅި އަޙުމަދު ކަލޭގެފާނުގެ އާމިނާފާނާ އެވެ.     އާމިނާފާނުގެ މަންމައަކީ ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނެވެ. މުޙައްމަދު ތަކުރުފާނާއި އާމިނާފާނާއި ދެކަނބަލުންގެދަރިންނަކީ:
މާވަށްދިހެރޭ އިބްރާހީމް ތަކުރުފާނު ކަތީބު، މާވަށްދިހެރޭ ކުޑަތަކުރުފާނު ކަތީބު، މާވަށްދިހެރޭ ދޮން ޢަލިތަކުރުފާނު ކަތީބު އެވެ.

މާވަށްދިހެރޭ މުޙައްމަދު ތަކުރުފާނު ކަތީބުގެ އިބްރާހީމް ތަކުރުފާނު ކަތީބު ކައިވެނިކުރެއްވީ ދެއްވަދޫ އިސްމާޢީލްދީދީގެ ޢާއިޝާދީދީ އާއި އެވެ. މިދެކަނބަލުންގެ ދަރިންނަކީ ތުއްތުދީދީ ފަނޑުނުވާގެ/ ތިނަދޫ، އަޙުމަދު އިބްރާހީމްދީދީ، ޙުސައިން އިބްރާހީމްދީދީ ސިލްވަރކްއީން/ ތިނަދޫ، މަރިޔަމް އިބްރާހީމްދީދީ ޖައްވު/ ތިނަދޫ އެވެ.

މާވަށްދިހެރޭ މުޙައްމަދު ތަކުރުފާނު ކަތީބުގެ އިބްރާހީމް ތަކުރުފާނު ކަތީބުގެ ތުއްތުދީދީ ފަނޑުނުވާގެ/ ތިނަދޫ ގެ ފާޠިމަތު ޙަފީޡާ ފަނޑުނުވާގެ/ ތިނަދޫގެ ދަރިންނަކީ އާމިނަތު ޙަބީބާ މާބަނޑޭރިގެ/ ތިނަދޫ، ޢާއިޝަތު ޒުބައިދާ ފަނޑުނުވާގެ/ ތިނަދޫ، މުޙައްމަދު ޒުބައިރު ފަނޑުނުވާގެ/ ތިނަދޫ އެވެ.

މާވަށްދިހެރޭ މުޙައްމަދު ތަކުރުފާނު ކަތީބުގެ އިބްރާހީމް ތަކުރުފާނު ކަތީބުގެ އަޙުމަދު އިބްރާހީމްދީދީގެ ދަރިއަކީ އާމިނަތު އަޙުމަދުދީދީ (ދީދައިތަ) އެވެ.

މާވަށްދިހެރޭ މުޙައްމަދު ތަކުރުފާނު ކަތީބުގެ އިބްރާހީމް ތަކުރުފާނު ކަތީބުގެ ޙުސައިން އިބްރާހީމްދީދީ ސިލްވަރކްއީން/ ތިނަދޫ ގެ ދަރިއަކީ މަރިޔަމް ޙުސައިންދީދީ ސިލްވަރކްއީން/ ތިނަދޫ އެވެ.

މާވަށްދިހެރޭ މުޙައްމަދު ތަކުރުފާނު ކަތީބުގެ އިބްރާހީމް ތަކުރުފާނު ކަތީބުގެ މަރިޔަމް އިބްރާހީމްދީދީ ޖައްވު/ ތިނަދޫ ގެ ދަރިއަކީ ޢަލީ ޙަސަން ޖައްވު/ ތިނަދޫ އެވެ.

މާވަށްދިހެރޭ މުޙައްމަދު ތަކުރުފާނު ކަތީބުގެ ކުޑަތަކުރުފާނު ކަތީބު ކައިވެނިކުރެއްވީ ދިހެރޭ ޙުސައިން ކަލޭގެފާނުގެ ޢާއިޝާފާނުގެ ޚަދީޖާ(ކައިދާ) އާއި އެވެ. މިކައިވެނީގެދަރިންނަކީ ޙަސަން ތަކުރުފާނު، މޫސާ ތަކުރުފާނު، ދޮންތަކުރުފާނު، މަރިޔަމްފާނު(ގައްދޫގައި)، ޙުސައިން ތަކުރުފާނު ތަރިވިދާގެ/ފަރެސް، ޤާސިމްތަކުރުފާނު ފިނިވާގެ/ތިނަދޫ، އެވެ.

މާވަށްދިހެރޭ މުޙައްމަދު ތަކުރުފާނު ކަތީބުގެ ކުޑަތަކުރުފާނު ކަތީބުގެ ޙުސައިން ތަކުރުފާނު ތަރިވިދާގެ/ފަރެސް ގެ ދަރިންނަކީ އާމިނަތު ޙުސައިން ނޫވިލާގެ/ފަރެސް، ޙަސަން ޙުސައިން ތަރިވިދާގެ/ފަރެސް އެވެ.

މާވަށްދިހެރޭ މުޙައްމަދު ތަކުރުފާނު ކަތީބުގެ ކުޑަތަކުރުފާނު ކަތީބުގެ ޤާސިމްތަކުރުފާނު ފިނިވާގެ/ތިނަދޫ ގެ މުޙައްމަދު މާހިރު ފިނިވާގެ/ތިނަދޫ ގެ ދަރިންނަކީ ޢަބުދުﷲ މާހިރު، އާމިނަތު މާހިރު، ސާދިޔާ މާހިރު، ޖީޒާ މާހިރު، ޝުމްރަތު މާހިރު، އަޙުމަދު ޝާފިޢު މާހިރު، ޙުސައިން ޝަހާމަތު މާހިރު އެވެ.

މާވަށްދިހެރޭ އިބްރާހީމް ތަކުރުފާނު ކަތީބުގެ މާވަށްދިހެރޭ ދޮން ޢަލިތަކުރުފާނު ކަތީބު ކައިވެނިކުރެއްވީ ދެއްވަދޫ އިސްމާޢީލްދީދީގެ މަރިޔަމްދީދީ އާއި އެވެ. މިދެކަނބަލުންގެ ދަރިއަކީ ދޮންދީދީ އެވެ. މި ދޮންދީދީ ޢާއި ކައިވެނިކުރެއްވީ ހަވަރުތިނަދޫ މެދުއަވަށު ދޮންމޫސާކަލޭގެ ފުތް ރައްކަލާކަލޭގެ ދި އާމިނާފުޅާއި ހަވޮއްޑޭ ދޮންބޭ(ދޮންބެއްޔާ) ކައިވެނިކުރައްވައި ލިބިލެއްވި ދޮން ޢަލިތަކުރުފާނު(ކުޑަ ތަކުރުފާނު) އެވެ. ހަވޮއްޑޭ ދޮންބޭ(ދޮންބެއްޔާ) އާއި އާމިނާފުޅާއި ދެކަނބަލުންގެ ދި އާމިނާދީދީ ޢާއި ކައިވެނިކުރެއްވީ މަޑަވެލީ މޫސިޔާގެ މާވަޑިކަލޯގެ އޮޅަފުތުބޭ(އޮޅަފުތުބެއްޔާ)ގެ ޤާސިމް ތަކުރުފާނެވެ. މިކައިވެނީގެ ދަރިއަކީ މުޙައްމަދު ޙަނީފު ގ.މަތިވަރު އެވެ. ނުވަތަ މާވަށްދިހެރޭ އިބްރާހީމް ތަކުރުފާނު ކަތީބުގެ މާވަށްދިހެރޭ ދޮން ޢަލިތަކުރުފާނު ކަތީބުގެ ދޮންދީދީގެ އާމިނާދީދީގެ މުޙައްމަދު ޙަނީފު ގ.މަތިވަރު އެވެ.

2- މާވަށްދިހެރޭ އަޙުމަދު ތަކުރުފާނު ކަތީބު

މާވަށްދިހެރޭ އަޙުމަދު ތަކުރުފާނު ކަތީބުގެ ދަރިންނަކީ މަރިޔަމްދިޔެ ފެންފިޔާޒުގެ/ތިނަދޫ، ޤާސިމް ތަކުރުފާނު މުރަނގަމާގެ/ތިނަދޫ، ޙައްވާފާނު އަލަމާގެ/ތިނަދޫ، ދޮންޢަލިތަކުރުފާނު ރަތްވިލާގެ/ތިނަދޫ، ސަންފާފާނު ޒަމާނީގެ/ތިނަދޫ، މުޙައްމަދު ތަކުރުފާނު، ދޮންބީފާނު އެވެ.

މާވަށްދިހެރޭ އަޙުމަދު ތަކުރުފާނު ކަތީބުގެ މަރިޔަމްދިޔެ ފެންފިޔާޒުގެ/ތިނަދޫ ގެ ދަރިންނަކީ ޢަލީ(ޢަލިބެއްޔާ) ރީޙުއްޞަބާ/ތިނަދޫ، ޤާސިމް ރަޝާދު ފެންފިޔާޒުގެ/ތިނަދޫ، ދިޔެ ބޯޅަކިންކިރިމާގެ/ތިނަދޫ އެވެ.

މާވަށްދިހެރޭ އަޙުމަދު ތަކުރުފާނު ކަތީބުގެ މަރިޔަމްދިޔެ ފެންފިޔާޒުގެ/ތިނަދޫ ގެ ޢަލީ(ޢަލިބެއްޔާ) ރީޙުއްޞަބާ/ތިނަދޫ ގެ ދަރިއަކީ އަޙުމަދު ޢަލީ ރީޙުއްޞަބާ/ތިނަދޫ އެވެ.

މާވަށްދިހެރޭ އަޙުމަދު ތަކުރުފާނު ކަތީބުގެ މަރިޔަމްދިޔެ ފެންފިޔާޒުގެ/ތިނަދޫ ގެ ޤާސިމް ރަޝާދު ފެންފިޔާޒުގެ/ތިނަދޫ ގެ ދަރިންނަކީ ޙަސަން ޚަލީލު، ޢަބުދުﷲ ލަޠީފު، ޞަފިއްޔާ ރަޝާދު މާކޯޅި/ތިނަދޫ އެވެ.

މާވަށްދިހެރޭ އަޙުމަދު ތަކުރުފާނު ކަތީބުގެ މަރިޔަމްދިޔެ ފެންފިޔާޒުގެ/ތިނަދޫ ގެ ދިޔެ ބޯޅަކިންކިރިމާގެ/ތިނަދޫ ގެ ދަރިންނަކީ ތުއްތު މަދޮށިމާގެ/ތިނަދޫ، ފަރީދާ ޢަލީ ބޯޅަކިންކިރިމާގެ/ތިނަދޫ، ޢަބުދުﷲ ޢަލީ ބޯޅަކިންކިރިމާގެ/ ތިނަދޫ އެވެ.

މާވަށްދިހެރޭ އަޙުމަދު ތަކުރުފާނު ކަތީބުގެ ޤާސިމް ތަކުރުފާނު މުރަނގަމާގެ/ތިނަދޫ ގެ ދަރިންނަކީ ޢާއިޝާފާނު މުރަނގަމާގެ/ތިނަދޫ، މަރިޔަމްފާނު ލިމޯރިޔާ/ތިނަދޫ އެވެ.

މާވަށްދިހެރޭ އަޙުމަދު ތަކުރުފާނު ކަތީބުގެ ޙައްވާފާނު އަލަމާގެ/ތިނަދޫ ގެ ދޮންކަމަނަގެ ދަރިންނަކީ ޢާއިޝާދިޔެ އަލަމާގެ/ތިނަދޫ، ޙައްވާ(ގޮބެ) ، ރެކިދިޔެ(ގޮބެ) އެވެ.

މާވަށްދިހެރޭ އަޙުމަދު ތަކުރުފާނު ކަތީބުގެ ދޮންޢަލިތަކުރުފާނު ރަތްވިލާގެ/ތިނަދޫ ގެ ދަރިންނަކީ އައިސާފާނު ގްރީންރޭ/ ސ.ހިތަދޫ، ރެކިބީފާނު ރަތްވިލާގެ/ތިނަދޫ އެވެ.

މާވަށްދިހެރޭ އަޙުމަދު ތަކުރުފާނު ކަތީބުގެ ދޮންޢަލިތަކުރުފާނު ރަތްވިލާގެ/ތިނަދޫ ގެ އައިސާފާނު ގްރީންރޭ/ ސ.ހިތަދޫ ގެ ދަރިންނަކީ އަޙުމަދު ރަޝީދު ގްރީންރޭ/ ސ.ހިތަދޫ، ޢަބުދުﷲ ޢަފީފު ގްރީންރޭ/ ސ.ހިތަދޫ، މަރިޔަމް ރަޝީދާ ގްރީންރޭ/ ސ.ހިތަދޫ އެވެ.

މާވަށްދިހެރޭ އަޙުމަދު ތަކުރުފާނު ކަތީބުގެ ދޮންޢަލިތަކުރުފާނު ރަތްވިލާގެ/ތިނަދޫ ގެ ރެކިބީފާނު ރަތްވިލާގެ/ ތިނަދޫ ގެ ދަރިންނަކީ އާމިނަތު ވަޙީދާ ރަތްވިލާގެ/ ތިނަދޫ، ފާޠިމަތު ރަޝީދާ ރަތްވިލާގެ/ ތިނަދޫ، މުޙައްމަދު ޝަރީފު ރަތްވިލާގެ/ ތިނަދޫ، މުޙައްމަދު ނިޔާޒު ރަތްވިލާގެ/ ތިނަދޫ، އިބްރާހީމް ނާހިދު ރަތްވިލާގެ/ ތިނަދޫ އެވެ.

މާވަށްދިހެރޭ އަޙުމަދު ތަކުރުފާނު ކަތީބުގެ ސަންފާފާނު ޒަމާނީގެ/ތިނަދޫ ގެ ރެކިބީފާނު ޒަމާނީގެ/ތިނަދޫ ގެ ދަރިންނަކީ ޢަބުދުﷲ ނާޞިރު ޒަމާނީއާގެ/ތިނަދޫ، މުޙައްމަދު ވަޙީދު ޒަމާނީގެ/ތިނަދޫ، އަޙުމަދު ވަޙީދު ދުނބުރިމާގެ/ތިނަދޫ، ތުއްތުކަލޯ، މުޙައްމަދު ރަޝީދު އެވެ.
                 --------------------

ނޯޓް:
މި ޢާއިލީ ވަނަވަރު ލިޔުމުގައި ބަލާފައިވާނީ 1962މ. ގެ ކުރިން ޢާއިލާ އުފެދިފައިވާ ފަރާތްތަކުގެ ޢާއިލާއެއްވާނަމަ އެ ޢާއިލާއެއް ލިޔުމަށެވެ. އޭގެފަހުން ޢާއިލާ އުފެދިފައިވާ ފަރާތްތަކުގެ ޢާއިލާތައް މިލިޔުމުން އެގެނގެންނެތުން އެކަށީގެންވެއެވެ. މި ޢާއިލީ ވަނަވަރުތައް ބައްލަވާ ފަރާތްތަކުން މި ވަނަވަރުތަކުން އުނިއިތުރެއް ފާހަގަކުރެއްވިއްޖެނަމަ އެކަމެއް އަންގަވާލަދެއްވުމަކީ އެދެވިގެންވާ ކަމެކެވެ. އަދި މި ވަނަވަރުތައް ކޮޕީކުރައްވާ ފަރާތްތަކުންވެސް ވަނަވަރުތަކަށް އުނިއިތުރެއް އާދޭތޯ ބެއްލެވުމަކީވެސް އެދެވިގެންވާ ކަމެކެވެ.
                         
ޢަބުދުﷲ ޙިލްމީ
27 ޖެނުއަރީ 2013