ކޮލަމާފުށީ ކުޑަފުތު(ކުދެހުތާ)ގެ ޢާއިލާ














ކޮލަމާފުށީ ކުޑަފުތު(ކުދެހުތާ) ކައިވެނިކުރެއްވީ ހަވަރުތިނަދޫ މާވަޑިކަލޭގެ ގެ ދޮންޙައްވައާއިއެވެ. މިދެކަނބަލުން ދިރިއުޅުއްވައި ޢާއިލާ އުފެދިފައިވަނީ ހަވަރުތިނަދޫގައެވެ. މިދެކަނބަލުންގެދަރިންނަކީ:
1- ދޮންދައިތަ
2- ކަލޯ(ކުދެހުތައްކަލޯ)
3- ރައްކަލެދައިތަ އެވެ.


1- ދޮންދައިތަ
ކޮލަމާފުށީ ކުޑަފުތު(ކުދެހުތާ)ގެ ދޮންދައިތައާއި ކައިވެނިކުރެއްވީ ހަވަރުތިނަދޫ ޢަލިކަލޭގެ ދަރި ކުއްދައިތާގެ އިބްރާހީމެވެ. މިކައިވެނީގެދަރިންނަކީ ދޮންކަމަނަ، ޙުސައިން އިބްރާހީމް(ދޮންދައިތަގެ ކަލޯ)، ޙަސަން އިބްރާހީމް(ޙަސަންބެއްޔާ)، ދޮންކަލޯ އެވެ.

ކޮލަމާފުށީ ކުޑަފުތު(ކުދެހުތާ)ގެ ދޮންދައިތަގެ ދޮންކަމަނަގެ ޙަސަންފުތު އަލިތަރި/ތިނަދޫ ގެ ދަރިއަކީ މުޙައްމަދު ސަޢީދު އަލިތަރި/ތިނަދޫ އެވެ.

ކޮލަމާފުށީ ކުޑަފުތު(ކުދެހުތާ)ގެ ދޮންދައިތަގެ ޙުސައިން އިބްރާހީމް(ދޮންދައިތަގެ ކަލޯ)ގެ ދަރިންނަކީ ޢާއިޝަތު ޒުހައިރު ބްރޫމް/ ތިނަދޫ، ޙައްވާ ޒުހައިރު ލިލީއޮފްދަވެލީ/ ތިނަދޫ، އާމިނަތު ޒުހައިރު ބިއުޓީކްއީން/ ތިނަދޫ، މަރިޔަމް ޒުހައިރު ދޯދިލް/ ތިނަދޫ، ސަޢީދާ ޒުހައިރު ތާނގީދޮށުގެ/ ތިނަދޫ، ޞަފިއްޔާ ޒުހައިރު ބިއުޓީކްއީން/ ތިނަދޫ އެވެ.

ކޮލަމާފުށީ ކުޑަފުތު(ކުދެހުތާ)ގެ ދޮންދައިތަގެ ޙަސަން އިބްރާހީމް(ޙަސަންބެއްޔާ)ގެ ދަރިންނަކީ ރެކިފުތު(ރެކިބޭ) ގާޑަމް/ތިނަދޫ، ޙުސައިން ޙަސަން(ޙުސައިން) ނިއުލައިފް/ތިނަދޫ، އިބްރާހީމް ފައުޒީ(އިބްރާހީމް)، ޙައްވާ ޙަސަން(ޙައްވާދިޔެ) ކިޔުޕިޑް/ތިނަދޫ، ފާޠިމަތު ޙަސަން(ފާތުމާ) ގްރީންލީފް/ތިނަދޫ އެވެ.

ކޮލަމާފުށީ ކުޑަފުތު(ކުދެހުތާ)ގެ ދޮންދައިތަގެ ޙަސަން އިބްރާހީމް(ޙަސަންބެއްޔާ)ގެ ރެކިފުތު(ރެކިބޭ)ގެ ދަރިންނަކީ މަރިޔަމް ނަސީމާ(ދޮންފާންދިޔެ) ގުމްރީގެ/ތިނަދޫ، މުޙައްމަދު ރަޝީދު ދެތަނޑިމާގެ/ތިނަދޫ، ޢަލީ ރަޝީދު ގާޑަމް/ތިނަދޫ އެވެ.

ކޮލަމާފުށީ ކުޑަފުތު(ކުދެހުތާ)ގެ ދޮންދައިތަގެ ޙަސަން އިބްރާހީމް(ޙަސަންބެއްޔާ)ގެ ޙުސައިން ޙަސަން(ޙުސައިން) ނިއުލައިފް/ތިނަދޫ ގެ ދަރިންނަކީ އަޙުމަދު ޙުސައިން(އަޙުމަދުމަނިކު) މއ.އަސްނަފް/މާލެ، މުޙައްމަދު ޙުސައިން(މުޙައްމަދުމަނިކު) ޗުވިންގަމް/ތިނަދޫ، ޒަހުރިއްޔާ ޙުސައިން އުނިމާގެ/ތިނަދޫ، ޞަފިއްޔާ ޙުސައިން ޓޫއެންޑްވަން/ތިނަދޫ، ޢަބުދުލްޢަޒީޒު ނިއުލައިފް/ތިނަދޫ އެވެ.

ކޮލަމާފުށީ ކުޑަފުތު(ކުދެހުތާ)ގެ ދޮންދައިތަގެ ޙަސަން އިބްރާހީމް(ޙަސަންބެއްޔާ)ގެ އިބްރާހީމް ފައުޒީ(އިބްރާހީމް)ގެ ޢާއިޝާދީދީ، އަދި އާމިނާދީދީގެ ޢާއިލާވަނީ އައްޑުއަތޮޅުގައެވެ.

ކޮލަމާފުށީ ކުޑަފުތު(ކުދެހުތާ)ގެ ދޮންދައިތަގެ ޙަސަން އިބްރާހީމް(ޙަސަންބެއްޔާ)ގެ ޙައްވާ ޙަސަން(ޙައްވާދިޔެ) ކިޔުޕިޑް/ތިނަދޫ ގެ ދަރިންނަކީ މުޙައްމަދު ރުޝްދީ ގްރާސްމީޑް/ތިނަދޫ، އަޙުމަދު ޙަބީބު ޕެރިސް/ތިނަދޫ، މުޙައްމަދު ލަޠީފު ސްކައިނެޓް/ތިނަދޫ، ރަޝީދާ ޙަސަން ކިޔުޕިޑް/ތިނަދޫ އެވެ.

ކޮލަމާފުށީ ކުޑަފުތު(ކުދެހުތާ)ގެ ދޮންދައިތަގެ ޙަސަން އިބްރާހީމް(ޙަސަންބެއްޔާ)ގެ ފާޠިމަތު ޙަސަން(ފާތުމާ) ގްރީންލީފް/ތިނަދޫ ގެ ދަރިންނަކީ ޢާއިޝަތު ވަޙީދާ ގްރީންލީފް/ތިނަދޫ، މުޙައްމަދު ވަޙީދު ގްރީންލީފް/ތިނަދޫ، އާމިނަތު ވަޙީދާ ގްރީންލީފް/ތިނަދޫ، މަރިޔަމް ވަޙީދާ ގްރީންލީފް/ތިނަދޫ އެވެ.

ކޮލަމާފުށީ ކުޑަފުތު(ކުދެހުތާ)ގެ ދޮންދައިތަގެ އިބްރާހީމްގެ ދޮންކަލޯގެ ޢާއިލާވަނީ ކ.ގުރައިދޫ އަދި މާލޭގައެވެ.

2- ކަލޯ(ކުދެހުތައްކަލޯ)
ކޮލަމާފުށީ ކުޑަފުތު(ކުދެހުތާ)ގެ ކަލޯ(ކުދެހުތައްކަލޯ)ގެ ދަރިންނަކީ ކުޑަދިޔެ، އަޙުމަދު، ހުތާ(ހުތާބެއްޔާ)، ރައްކައްދައިތަ، ކަމަނަ، ދިޔެ(ދީދައިތާ) އެވެ.

ކޮލަމާފުށީ ކުޑަފުތު(ކުދެހުތާ)ގެ ކަލޯ(ކުދެހުތައްކަލޯ)ގެ ކުޑަދިޔެ(ކުދެދިޔެ)ގެ ޢާއިލާވަނީ ކ.ގުރައިދޫގައެވެ.

ކޮލަމާފުށީ ކުޑަފުތު(ކުދެހުތާ)ގެ ކަލޯ(ކުދެހުތައްކަލޯ)ގެ އަޙުމަދުގެދަރިންނަކީ އިބްރާހީމްފުތު ޝީޝެލް/ ތިނަދޫ، ޢަލިފުތު ހަނީކޯމްބް/ ތިނަދޫ، އާމިނާދިޔެ މިލެޓް/ ތިނަދޫ، ފާޠިމާދިޔެ އެވެ.

ކޮލަމާފުށީ ކުޑަފުތު(ކުދެހުތާ)ގެ ކަލޯ(ކުދެހުތައްކަލޯ)ގެ ހުތާ(ހުތާބެއްޔާ)ގެ ދަރިންނަކީ ފާޠިމަތު ރަޝީދާ(ފާތުމާދިޔެ) ޓޯޓަލް/ތިނަދޫ، ޙުސައިން ޝަފީޤު ޢަޞުރުމާގެ/ތިނަދޫ އެވެ.
(ނުނިމޭ)
ކޮލަމާފުށީ ކުޑަފުތު(ކުދެހުތާ)ގެ ކަލޯ(ކުދެހުތައްކަލޯ)ގެ ރައްކައްދައިތާގެ ޢާއިލާނެތެވެ.

ކޮލަމާފުށީ ކުޑަފުތު(ކުދެހުތާ)ގެ ކަލޯ(ކުދެހުތައްކަލޯ)ގެ ކަމަނަގެ ދަރިންނަކީ ޙަސަން އަންގޫރުމާގެ/ތިނަދޫ، ދޮންކަމަނަ ސީކޯ/ތިނަދޫ އެވެ.

ކޮލަމާފުށީ ކުޑަފުތު(ކުދެހުތާ)ގެ ކަލޯ(ކުދެހުތައްކަލޯ)ގެ ދިޔެ(ދީދައިތާ)ގެ ދަރިންނަކީ ރެކިދިޔެ ސްނޯބޯލް/ތިނަދޫ، ޙަސަން ޢަލީ(ޙަސަންބެ) ތިބުރޯޒުގެ/ތިނަދޫ، އާދަމް ޢަލީ(އާދަމްބެ) ރޯމަރުގެ/ތިނަދޫ، މޫސާޢަލީ(މޫސާފުތު) އެވެ.

3- ރައްކަލެދައިތަ
ކޮލަމާފުށީ ކުޑަފުތު(ކުދެހުތާ)ގެ ރައްކަލެދައިތަ އާއި ކައިވެނިކުރެއްވީ ހަވަރުތިނަދޫ ވައިހޭ ކަޅުބެއްޔާއެވެ. މިކައިވެނީގެދަރިންނަކީ އިބްރާހީމް، ފާތިންދިޔެ، ދިޔެ، ދޮންކަލޯ، ކަޅުދައިތަ، ކަޅުފުތުބެ އެވެ.

ކޮލަމާފުށީ ކުޑަފުތު(ކުދެހުތާ)ގެ ރައްކަލެދައިތަގެ އިބްރާހީމްގެދަރިންނަކީ ޙަސަން އިބްރާހީމް ގްރީންސްޓާރ/ތިނަދޫ، މޫސާ އިބްރާހީމް(ރެކިބެ) އިރުމަތީގެ/ތިނަދޫ، މުޙައްމަދު އިބްރާހީމް ޓިބެޓް/ތިނަދޫ، އަދި މަރިޔަމް އިބްރާހީމް ގާޑްނިންގ/ތިނަދޫ އެވެ.

ކޮލަމާފުށީ ކުޑަފުތު(ކުދެހުތާ)ގެ ރައްކަލެދައިތަގެ ފާތިންދިޔެގެ ދަރިންނަކީ ދޮންކައިދާ، އަދި އާމިންދިޔެ އެވެ.

ކޮލަމާފުށީ ކުޑަފުތު(ކުދެހުތާ)ގެ ރައްކަލެދައިތަގެ ދިޔެގެ ދަރިންނަކީ ޢަލިފުތު(އާރަންގާ ޢަލިފުތު)، އިބްރާހީމް(ޓޫރަންގާ އިބްރާހީމް) ޙަސަންފުތު (ވޮޓެ ޙަސަންފުތު) ނިވިޔާގެ/ތިނަދޫ އެވެ.

ކޮލަމާފުށީ ކުޑަފުތު(ކުދެހުތާ)ގެ ރައްކަލެދައިތަގެ ދޮންކަލޯގެ ދަރިންނަކީ ޙުސައިންބެ ހިލިހިލާގެ/ކޮލަމާފުށި، މަރިޔަމްދައިތަ ކަރަންކާގެ/ ކޮލަމާފުށި އެވެ.

ކޮލަމާފުށީ ކުޑަފުތު(ކުދެހުތާ)ގެ ރައްކަލެދައިތަގެ ދޮންކަލޯގެ ޙުސައިންބެ ހިލިހިލާގެ/ކޮލަމާފުށި ގެ ދަރިންނަކީ ޙަސަން ޙުސައިން ހިލިހިލާގެ/ކޮލަމާފުށި، ޒާހިރާ ވަލުގެ/ކޮލަމާފުށި، ޝަރީފު ތެވެލި/ ކޮލަމާފުށި އެވެ.

ކޮލަމާފުށީ ކުޑަފުތު(ކުދެހުތާ)ގެ ރައްކަލެދައިތަގެ ދޮންކަލޯގެ މަރިޔަމްދައިތަ ކަރަންކާގެ/ ކޮލަމާފުށި ގެ ދަރިންނަކީ އަޙުމަދު ވަސީމު، މުޙައްމަދު ވަސީމު، ވަސީމާ، ނާޞިރު އެވެ.

ކޮލަމާފުށީ ކުޑަފުތު(ކުދެހުތާ)ގެ ރައްކަލެދައިތަގެ ކަޅުދައިތަގެދަރިންނަކީ އާދަމްފުތު(ފަޅޯފަނި އާދަމްފުތު)، ދަލިކެދައިތާ، ރެކިދިޔެ އެވެ.

ކޮލަމާފުށީ ކުޑަފުތު(ކުދެހުތާ)ގެ ރައްކަލެދައިތަގެ ކަޅުފުތުބެގެ ދަރިންނަކީ ޙަލީމާ ޓިބެޓް/ތިނަދޫ، އާދަމްބެ/ވިލިގިލި، ދޮންބެއްޔާ/ކޮލަމާފުށި، މޫސާބެ/ ވިލިގިލި އަދި މަރިޔަމްދިޔެ އެވެ.
                ---------------------

ޢަބުދުﷲ ޙިލްމީ
14 އެޕްރީލް 2013