މިޢާއިލާއިން މިހާރު
އެނގެނީ 7 މީހެއްގެ ޢާއިލާއެވެ. މި 7 މީހުންނަކީ އެކެއްގެ ދަރިންކަމަށް
މަޢުލޫމާތު ލިބިފައިވެއެވެ. ނަމަވެސް މި އެންމެންގެ ގުޅުމަކީ އެއްބަނޑު އެއްބަފާތޯ
ނުވަތަ އެއްބަނޑުތޯ ނޫނީ އެއްބަފާތޯ މިކަން އެނގޭނޭގޮތެއް މިހާރު ނެތެވެ. މި 7 މީހުންގެ
ޢާއިލާ ތިރީގައި ލިޔެފައިވާއިރު އެމީހުންގެ ނަމުގެފަހަތަށް ހުވަދުއަތޮޅު ތިނަދޫގެ މިހާރުގެ
ބައެއް ގޭގޭގެ ނަން ލިޔެފައިވަނީ އެ މީސްމީހުން އެ ގެތަކުގައި އުޅެފައިވާތީ ނޫނެވެ.
އޭގެ ބޭނުމަކީ މިލިޔުން
ބައްލަވާ ފަރާތްތަކަށް އެއީ ތިނަދޫގެ އެ ގޭގެއާއި ގުޅިފައިވާ އިސް ބަޔެއްކަން އަންގައިދީ
އެ ޢާއިލާތައް ދެނެގަތުމަށް ލުޔެއް ފޯރުކޮށްދެވޭތޯ ބެލުމެވެ.
3- ކައްބޮއްލޭ ކަމަނާ ދައިތާ (ޢާއިލާނެތް)
5- ކައްބޮއްލޭ ދޮންފާންދައިތާ ރަނައުރާގެ/
ތިނަދޫ
6- ކައްބޮއްލޭ ދޮންކަމަނާ ހަސްތީގެ/ ތިނަދޫ
7- ކައްބޮއްލޭ ދޮންމުޙައްމަދުބޭ ސީވިޔް/
ތިނަދޫ މިމީސްމީހުންގެ ޢާއިލާއެވެ.
1- ކައްބޮއްލޭ ހުތާބެއްޔާ ދެވިނަގެ/ ތިނަދޫ
މީނާ ކައިވެނިކުރީ
ހަވަރުތިނަދޫ ޢަލިކަލޭގެ ދި ފޫޅުމާ ކަޅުދައިތާގެ ދޮންދިޔެގެ ދަލިކާއާއި އެވެ. މިހެންވެ، މިޢާއިލާވަނީ ފޫޅުމާ ކަޅުދައިތާގެ ޢާއިލާގައި އޭނާގެ ދަރި ދޮންދިޔެގެ ދަލިކާގެ
ޢާއިލާގެ ނަމުގައިވެސް ލިޔެފައެވެ.
ކައްބޮއްލޭ ހުތާބެއާއި ދަލިކާގެ ދަރިންނަކީ ދޮންރެކިދިޔެ،
އަޙުމަދުބޭ، ޙަސަން ތަކުރުފާނު، ފާޠިމާ، ޙުސައިންފުތު، ޢަލީ، ޢާއިޝާ(އައިސާދިޔެ) އެވެ.
ކައްބޮއްލޭ ހުތާބެއާއި
ދަލިކާގެ ދޮންރެކިދިޔެގެ ޙައްވާދިޔެގެ ދަރިންނަކީ ދޮންމަނިކެ/ ހުޅުމީދޫ، އިބްރާހީމް
މަނިކުފާނު، ޢަލިމަނިކުފާނު އެވެ.
ކައްބޮއްލޭ ހުތާބެއާއި
ދަލިކާގެ އަޙުމަދުބޭގެ ދަރިންނަކީ މުޙައްމަދު އަޙުމަދު އޮރެންޖް/ ތިނަދޫ، ޢަބުދުﷲ އަޙުމަދު
އޮރެންޖް/ ތިނަދޫ އެވެ.
ކައްބޮއްލޭ ހުތާބެއާއި
ދަލިކާގެ ޙަސަން ތަކުރުފާނުގެ ދަރިއަކީ މޫސާ ޙަސަން(މޫސާކަލޯ) ޕީކޮކް/ ތިނަދޫ އެވެ.
ކައްބޮއްލޭ ހުތާބެއާއި
ދަލިކާގެ ފާޠިމާ(ފާތިޔެ)ގެ ދަރިންނަކީ މަރިޔަމް ޙުސައިންދީދީ ސިލްވަރކްއީން/ ތިނަދޫ،
އާމިނަތު ޢަލީ ސިލްވަރކްއީން/ ތިނަދޫ، ޢާއިޝަތު ޙަސަން (އައްޑުއަތޮޅުގައި) އެވެ.
ކައްބޮއްލޭ ހުތާބެއާއި
ދަލިކާގެ ޙުސައިންފުތުގެ ދަރިންނަކީ އިބްރާހީމް ޙުސައިން ޔާޑްލީ/ ތިނަދޫ، އަޙުމަދު
ޙުސައިން ދެވިނަގެ/ ތިނަދޫ، ސަކީނާ ޙުސައިން އެވެ.
ކައްބޮއްލޭ ހުތާބެއާއި
ދަލިކާގެ ޢަލީގެ ދަރިންނަކީ އާދަމް ޢަލީ/ އުދަބާނި/ތިނަދޫ، މަރިޔަމް ޢަލީ ކަރަންފޫމާގެ/ތިނަދޫ،
ޢަބުދުﷲ ޢަލީ ލާސާނީ/ތިނަދޫ އެވެ.
ކައްބޮއްލޭ ހުތާބެއާއި
ދަލިކާގެ ޢާއިޝާ(އައިސާދިޔެ) ގެ ދަރިންނަކީ އާމިނަތު ޙުސައިން ނޫވިލާގެ/ ފަރެސް، ޙަސަން
ޙުސައިން ތަރިވިދާގެ/ ފަރެސް އެވެ.
2- ކައްބޮއްލޭ ދޮންމަނިކުބޭ ބިއުޓީކްއީން/
ތިނަދޫ
މީނާ ކައިވެނިކުރީ
އައްޑޫދިޔެ ކިޔާ އަންހެނަކާއި އެވެ. މިދެމަފިރިންގެ ދަރިންނަކީ އިބްރާހީމް، ޙަސަން (ޙަސަނާބެއްޔާ)، ހުތާ (ހުތާބެއްޔާ) އެވެ.
ކައްބޮއްލޭ ދޮންމަނިކުބެއާއި އައްޑޫދިޔެއާއި ދެމަފިރިންގެ އިބްރާހީމް ކައިވެނިކުރީ ހަވަރުތިނަދޫ
ޢަލިކަލޭގެ ދި ފޫޅުމާ ޙައްވާފާނުގެ އޮޅަކޮއިދައިތާގެ މަރިޔަމްއާއި އެވެ. މި ޢާއިލާ
ފޫޅުމާ ޙައްވާފާނުގެ ޢާއިލާގައިވެސް ލިޔެފައިވާނެއެވެ. މިދެމަފިރިންގެ ދަރިންނަކީ ޙައްވާ އިބްރާހީމް ރިސޭޓްވިލާ/ ތިނަދޫ، ޚަދީޖާ އިބްރާހީމް ބިއުޓީކްއީން/ ތިނަދޫ،
މޫސާ އިބްރާހީމް ބާދަލްގެ/ ތިނަދޫ އެވެ.
ކައްބޮއްލޭ ދޮންމަނިކުބޭގެ އިބްރާހީމްއާއި އޮޅަކޮއިދައިތާގެ މަރިޔަމްގެ ޙައްވާ އިބްރާހީމް
ރިސޭޓްވިލާ/ ތިނަދޫގެ ދަރިންނަކީ ޤާސިމް އިބްރާހީމް، އަޙުމަދު އިބްރާހީމް އަކިރި/ ތިނަދޫ،
އާމިނަތު އިސްމާޢީލް ރެޑްއޯޝަން/ ތިނަދޫ، ޢަބުދުﷲ ޤާސިމް ހެޕީލައިފް/ ތިނަދޫ، ޢާއިޝަތު
ޤާސިމް ރިސޭޓްވިލާ/ ތިނަދޫ އެވެ.
ކައްބޮއްލޭ ދޮންމަނިކުބޭގެ
އިބްރާހީމްއާއި އޮޅަކޮއިދައިތާގެ މަރިޔަމްގެ ޚަދީޖާ އިބްރާހީމް ބިއުޓީކްއީން/ ތިނަދޫ
ގެ ދަރިންނަކީ ފާޠިމާދިޔެ ޑޯލްވިލާ/ ތިނަދޫ، ޢާއިޝަތު ޒުހައިރު ބްރޫމް/ ތިނަދޫ، ޙައްވާ
ޒުހައިރު ލިލީއޮފްދަވެލީ/ ތިނަދޫ، އާމިނަތު ޒުހައިރު ބިއުޓީކްއީން/ ތިނަދޫ، މަރިޔަމް
ޒުހައިރު ދޯދިލް/ ތިނަދޫ، ސަޢީދާ ޒުހައިރު ތާނގީދޮށުގެ/ ތިނަދޫ، ޞަފިއްޔާ ޒުހައިރު
ބިއުޓީކްއީން/ ތިނަދޫ އެވެ.
ކައްބޮއްލޭ ދޮންމަނިކުބޭގެ
އިބްރާހީމްއާއި އޮޅަކޮއިދައިތާގެ މަރިޔަމްގެ މޫސާ އިބްރާހީމް ބާދަލްގެ/ ތިނަދޫ ގެ ދަރިންނަކީ
ފާޠިމަތު ޙަބީބާ ބާދަލްގެ/ ތިނަދޫ، ޢާއިޝަތު ޙަބީބާ ބާދަލްގެ/ ތިނަދޫ، މަރިޔަމް ޙަބީބާ
ބާދަލްގެ/ ތިނަދޫ، އާމިނަތު ޙަބީބާ ބާދަލްގެ/ ތިނަދޫ، ޢަބުދުﷲ ރަޝީދު ބާދަލްގެ/ ތިނަދޫ،
ޢަލީ ވަޙީދު ބާދަލްގެ/ ތިނަދޫ އެވެ.
3- ކައްބޮއްލޭ ކަމަނާ ދައިތާ (މީނާގެ
ޢާއިލާނެތެވެ.)
4- ކައްބޮއްލޭ ޢަލިބެއްޔާ ވައިލެޓްވިލާ/
ތިނަދޫ
މީނާ ކައިވެނިކުރީ
ހަވަރުތިނަދޫ ޢަލިކަލޭގެ ދި ފޫޅުމާ ކަޅުދައިތަގެ އާދަމް ކަލޭގެފާނުގެ ޙައްވާއާއި އެވެ.
މި ޙައްވާގެ ޢާއިލާ ފޫޅުމާ ކަޅުދައިތަގެ ޢާއިލާގައިވެސް ލިޔެފައިވާނެއެވެ. ކައްބޮއްލޭ ޢަލިބެއްޔާއާއި ޙައްވާގެ ދަރިންނަކީ މުޙައްމަދު ކަލޭގެފާނު ވައިލެޓްވިލާ/ ތިނަދޫ، ދޮންކަމަނަ މިލެޓް/ ތިނަދޫ
އެވެ.
ކައްބޮއްލޭ ޢަލިބެއްޔާއާއި
ޙައްވާގެ މުޙައްމަދު ކަލޭގެފާނު ވައިލެޓްވިލާ/ ތިނަދޫ ގެ ދަރިންނަކީ ޢާއިޝާފާނު ފަތިސް/
ތިނަދޫ، ޢަލީ ނަޞީރު، އަޙުމަދު ނަޞީރު ވައިލެޓްވިލާ/ ތިނަދޫ އެވެ.
ކައްބޮއްލޭ ޢަލިބެއްޔާއާއި
ޙައްވާގެ މުޙައްމަދު ކަލޭގެފާނު ވައިލެޓްވިލާ/ ތިނަދޫގެ ޢާއިޝާފާނު ފަތިސް/ ތިނަދޫގެ
ދަރިންނަކީ މުޙައްމަދު ނަޢީމު ފަތިސް/ ތިނަދޫ، މުޙައްމަދު ރަޝީދު ހ.ފޭދޫގެ/މާލެ، ޢަބުދުލް
ޢަޒީޒު ޙަސަން ފަތިސް/ ތިނަދޫ، ޢަބުދުﷲ ސަޢީދު ފަތިސް/ ތިނަދޫ އެވެ.
ކައްބޮއްލޭ ޢަލިބެއްޔާއާއި
ޙައްވާގެ މުޙައްމަދު ކަލޭގެފާނު ވައިލެޓްވިލާ/ ތިނަދޫ ގެ ޢަލީ ނަޞީރުގެ ޢާއިލާގެ މަޢުލޫމާތު
ލިބުމުން ލިޔާނަމެވެ.
ކައްބޮއްލޭ ޢަލިބެއްޔާއާއި
ޙައްވާގެ މުޙައްމަދު ކަލޭގެފާނު ވައިލެޓްވިލާ/ ތިނަދޫ ގެ އަޙުމަދު ނަޞީރުގެ ޢާއިލާގެ
މަޢުލޫމާތު ލިބުމުން ލިޔާނަމެވެ.
ކައްބޮއްލޭ ޢަލިބެއްޔާއާއި
ޙައްވާގެ ދޮންކަމަނަ މިލެޓް/ ތިނަދޫ ގެ ދަރިންނަކީ މުޙައްމަދު ތަކުރުފާނު، އަޙުމަދު
ތަކުރުފާނު މިލެޓް/ ތިނަދޫ އެވެ.
ކައްބޮއްލޭ ޢަލިބެއްޔާއާއި
ޙައްވާގެ ދޮންކަމަނަ މިލެޓް/ ތިނަދޫގެ އަޙުމަދު ތަކުރުފާނު މިލެޓް/ ތިނަދޫ ގެ ދަރިންނަކީ
މަރިޔަމް އަޙުމަދުދީދީ ބްލެކްބާރޑް/ ތިނަދޫ، ފާޠިމަތު އަޙުމަދު މިލެޓް/
ތިނަދޫ، ޙަސަން އަޙުމަދު މިލެޓް/ ތިނަދޫ އެވެ.
މީނާގެ ދަރިއަކީ ޢަބުދުއްރަޙުމާނެވެ.
މި ޢާބުދުއްރަޙުމާނު ކައިވެނިކުރީމަޑަވެލީ މޫސިޔާ (މޫސާ ޢަލީ)ގެ ކައިދާދިޔެ (ޚަދީޖާ
މޫސާ)އާއި ހުޅުދެލީ ކާސިންކަލޭގެ ކައިވެނިކުރައްވައިގެން ލިބިލެއްވި ދަރިންގެ ތެރެއިން
ސަންފާދިޔެއާއި އެވެ. މި ސަންފާދިޔެގެ ޢާއިލާވަނީ މަޑަވެލީ މޫސިޔާ (މޫސާ ޢަލީ)ގެ ޢާއިލާގައިވެސް
ލިޔެފައެވެ.
ކައްބޮއްލޭ ދޮންފާންދައިތާގެ
ޢަބުދުއްރަޙުމާނާއި ސަންފާދިޔެގެ ދަރިންނަކީ، އާމިނަތު ޢަބުދުއްރަޙުމާނު(އާމިންދިޔެ)
އެދުރުގެ/ތިނަދޫ، އިބްރާހީމް ޢަބުދުއްރަޙުމާނު(އިބްރާހީމްފުތު)، މަރިޔަމް ޢަބުދުއްރަޙުމާނު
ރަނައުރާގެ/ތިނަދޫ، ޢާއިޝަތު ޢަބުދުއްރަޙުމާނު، ޤާސިމް ޢަބުދުއްރަޙުމާނު އެވެ.
6- ކައްބޮއްލޭ ދޮންކަމަނާ ހަސްތީގެ/ ތިނަދޫ
މީނާއާއި ކައިވެނިކުރެއްވީ ހަވަރުތިނަދޫ ފޮޑަހުތެރޭ
ކަލޯބެއްޔާ އެވެ. ހަވަރުތިނަދޫ "ފޮޑަހުތެރޭ" ދަރިކޮޅަކީ ހުވަދުއަތޮޅު މާމެންދޫގައި ދިރިއުޅުއްވި
އެދުވަސްވަރުގެ ޢިލްމީ ބޭކަލެއްކަމަށްވާ ޢަލިކަތީބު ނުވަތަ މަޝްހޫރު "ކޭވަނެބެއްޔާ"
އާއި ހުވަދުއަތޮޅު ވިލިގިލީގައި ދިރިއުޅުއްވި "އޮޅަފުތު ބެއްޔާ"އާއި ދެބެއިންނާއި
ޢާއިލީގޮތުން ގުޅިފައިވާ ދަރިކޮޅެއްކަމަށް ބުނެވެއެވެ. "ފޮޑަހުތެރެ" މިއީ
ޢާއިލީ ނަމެކެވެ. މިސާލަކަށް "ފޮޑަހުތެރޭ" މޫސާބެއްޔާ، "ފޮޑަހުތެރޭ"
ޙަސަންބެއްޔާ މިގޮތަށެވެ.
ކައްބޮއްލޭ ދޮންކަމަނާއާއި ފޮޑަހުތެރޭ ކަލޯބެއްޔާގެ ދަރިންނަކީ އަޙުމަދުބެ ހަސްތީގެ/
ތިނަދޫ، އިބްރާހީމްބެ ސަންގަމް/ ތިނަދޫ، ޙަސަންބެ (ޙަސަނާބެ) ހެލެގެލި/ ތިނަދޫ، ދޮންކަލޯބެ
ޕެރިސްގާޑްން/ ތިނަދޫ، ސަންފާދައިތާ ފީރޯޒްގެ/ ތިނަދޫ، ފާތިންދައިތާ ކިޔުޕިޑް/ ތިނަދޫ،
ޙައްވާދައިތާ ވެސްޓްލައިޓް/ ތިނަދޫ ކުދެބެއްޔާ ގުލްޝަންގެ/ ތިނަދޫ އެވެ.
ކައްބޮއްލޭ ދޮންކަމަނާއާއި
ފޮޑަހުތެރޭ ކަލޯބެއްޔާގެ އަޙުމަދުބެ ހަސްތީގެ/ ތިނަދޫ ގެ ދަރިންނަކީ
ފާޠިމަތު އަޙުމަދު ބީޗްހެވަން/ ތިނަދޫ، ޙައްވާ އަޙުމަދު ހަސްތީގެ/ ތިނަދޫ، ޢާއިޝަތު
އަޙުމަދު، މަރިޔަމް އަޙުމަދު އެވެ.
ކައްބޮއްލޭ ދޮންކަމަނާއާއި
ފޮޑަހުތެރޭ ކަލޯބެއްޔާގެ އިބްރާހީމްބެ ސަންގަމް/ ތިނަދޫގެ ދަރިންނަކީ
ޙައްވާ އިބްރާހީމް މަޑުފެހިގެ/ ތިނަދޫ، އާދަމް އިބްރާހީމް ގޯލްޑަންކްއީން/ ތިނަދޫ،
ޢަލީ އިބްރާހީމް، ފާޠިމަތު އިބްރާހީމް/ ކޮލަމާފުށި، ޤާސިމް އިބްރާހީމް ސަންގަމް/ ތިނަދޫ،
މަރިޔަމް އިބްރާހީމް ނެލްޝަން/ ތިނަދޫ، ޢާއިޝަތު އިބްރާހީމް ރޯމަރު/ ތިނަދޫ އެވެ.
ކައްބޮއްލޭ ދޮންކަމަނާއާއި
ފޮޑަހުތެރޭ ކަލޯބެއްޔާގެ ޙަސަންބެ (ޙަސަނާބެ) ހެލެގެލި/ ތިނަދޫ
ގެ ދަރިންނަކީ އިބްރާހީމް ޝާކިރު ހެލެގެލި/ ތިނަދޫ، މަރިޔަމްފާނު ޓައިމްލެސް/ ތިނަދޫ
އެވެ. މިދަރިންގެ ޢާއިލާ އެބައޮތެވެ.
ކައްބޮއްލޭ ދޮންކަމަނާއާއި
ފޮޑަހުތެރޭ ކަލޯބެއްޔާގެ ދޮންކަލޯބެ ޕެރިސްގާޑްން/ ތިނަދޫ ގެ ދަރިންނަކީ
ރެކިފުތު، ޢަލިބެ ޕެރިސްގާރޑްން/ ތިނަދޫ، ފާޠިމާ ސައިޑްބީޗް/ ތިނަދޫ އެވެ. މިދަރިންގެ ޢާއިލާ އެބައޮތެވެ.
ކައްބޮއްލޭ ދޮންކަމަނާއާއި
ފޮޑަހުތެރޭ ކަލޯބެއްޔާގެ ސަންފާދައިތާ ފީރޯޒްގެ/ ތިނަދޫ ގެ ދަރިންނަކީ
އާމިނާދީދީ ސީނިއަރުގެ/ ތިނަދޫ، ތުއްތުދީދީ ޑޯލްވިލާ/ ތިނަދޫ، ޢާއިޝާދީދީ ކްރިމްސަން/
ތިނަދޫ، އިސްމާޢީލް ޒާހިރު ފީރޯޒުގެ/ ތިނަދޫ އެވެ.
ކައްބޮއްލޭ ދޮންކަމަނާއާއި
ފޮޑަހުތެރޭ ކަލޯބެއްޔާގެ ފާތިންދައިތާ ކިޔުޕިޑް/ ތިނަދޫ ގެ ދަރިންނަކީ
ސަންފާދިޔެ އަލިދޯދި/ ތިނަދޫ، ޙަސަން ރުޝްދީ ކިޔުޕިޑް/ ތިނަދޫ، ޤާސިމްފުތު، މަރިޔަމްދިޔެ
އަލިހަނދުވަރުގެ/ ތިނަދޫ، އަޙުމަދުބެ، ޙައްވާ މުޙައްމަދު ދީދީ އޯޝަންމީޑް/ ތިނަދޫ އެވެ.
ކައްބޮއްލޭ ދޮންކަމަނާއާއި
ފޮޑަހުތެރޭ ކަލޯބެއްޔާގެ ޙައްވާދައިތާ ވެސްޓްލައިޓް/ ތިނަދޫ ގެ
ދަރިންނަކީ ޙަސަން ޙަބީބު، ޚަދީޖާ އިސްމާޢީލް (ކަތްދާމަނިކެ) އެވެ.
ކައްބޮއްލޭ ދޮންކަމަނާއާއި
ފޮޑަހުތެރޭ ކަލޯބެއްޔާގެ ކުދެބެއްޔާ ގުލްޝަންގެ/ ތިނަދޫ ގެ ދަރިންނަކީ
މުޙައްމަދުފުތު، ރެކިދައިތަ ކެނދިފަށުވިގެ/ ތިނަދޫ، ޢަލިތަކުރުފާނު ގުލްޝަންގެ/ ތިނަދޫ،
މޫސާކަލޯ ސެލްވީން ތިނަދޫ އެވެ.
މީނާގެ ދަރިންނަކީ
ޢަލިބެއްޔާ، މޫސާ ތަކުރުފާނު، މަރިޔަމްދައިތާ، ކުއްދައިތާ އެވެ.
ކައްބޮއްލޭ ދޮންމުޙައްމަދުބޭގެ ޢަލިބެއްޔާގެ ދަރިންނަކީ
ނަޑެއްލާ މަރިޔަމްދީދީ އާއި ކަވެނިކުރައްވައި ލިބިލެއްވި ޙަސަންދީދީ ފޭރުމާގެ/ ތިނަދޫ
އާއި، އަދި މަޑަވެލީ މޫސިޔާ (މޫސާ ޢަލީ)ގެ ސަންފާގެ
އޮޅަދިޔެގެ ޙައްވާދިޔެގެ ޢާއިޝާ(އައިސާފާނު) މަސްރޫމުގެ/ތިނަދޫ އާއި ކައިވެނިކުރައްވައި
ލިބިލެއްވި މުޙައްމަދު ތަކުރުފާނު އެވެ.
ކައްބޮއްލޭ ދޮންމުޙައްމަދުބޭގެ ޢަލިބެއްޔާގެ ޙަސަންދީދީ ފޭރުމާގެ
ތިނަދޫގެ ދަރިންނަކީ މަރިޔަމް ޙަސަންދީދީ، މުޙައްމަދު ޙަސަންދީދީ، ޢާއިޝަތު ޙަސަންދީދީ، ފާޠިމަތު ޙަސަންދީދީ އެވެ. މިދަރިންގެ
ޢާއިލާތައް އެބައޮތެވެ.
ކައްބޮއްލޭ ދޮންމުޙައްމަދުބޭގެ
ޢަލިބެއްޔާގެ މުޙައްމަދު ތަކުރުފާނާއި ހ. ކާމްސީ/މާލެ، މަރިޔަމް ޝަރީފާއާއި ދެމަފިރިންގެ
ދަރިންނަކީ، ޢާއިޝަތުޝަނޫރާ، އަޙްމަދު އަޒީލް، އިބްރާހީމް ނަދީމް، އާމިނަތު ޝާހާ، ޢަލީ
ފަޒްލީ އެވެ. މިކުދިންގެ މަންމަ މަރިޔަމް ޝަރީފާއަކީ ޤާސިމްއާއި ޙައްވާ ޢަލީ އާއި ދެމަފިރިންގެ
ދަރިއެކެވެ.
ކައްބޮއްލޭ ދޮންމުޙައްމަދުބޭގެ މޫސާތަކުރުފާނުގެ ދަރިންނަކީ ކައިދާފާނު (ޚަދީޖާ މޫސާ)އާއި ޙަސަން ޙަލީމު އާއި އައިސާފާނު (ޢާއިޝަތު މޫސާ) އެވެ.
ކައްބޮއްލޭ ދޮންމުޙައްމަދުބޭގެ މޫސާތަކުރުފާނުގެ ދަރިންގެ ތެރެއިން ކައިދާފާނު (ޚަދީޖާ
މޫސާ)އާއި ޙަސަން ޙަލީމުގެ މަންމައަކީ، ހަވަރުތިނަދޫ ބޮޑުކަތީބު ކަލޭގެފާނުގެ މުޙައްމަދު ކަތީބު
ކަލޭގެފާނުގެ ވަލުގޭ ދޮން ޙުސައިން ތަކުރުފާނު(ގޮއިވެރި ކަލޭގެފާނު)ގެ އައިސާފާނުގެ
މަރިޔަމްފާނެވެ. (މި މަރިޔަމްފާނުގެ ބައްޕައަކީ ޢަބުދުއްރަޙުމާނު (ކުދެކަލޯބެ) އެވެ.
ހަވަރުތިނަދޫ ބޮޑުކަތީބު ކަލޭގެފާނުގެ ޢާއިލާގައި މި މަރިޔަމްފާނުގެ ޢާއިލާ ލިޔެފައިވާނެއެވެ.
ކައްބޮއްލޭ ދޮންމުޙައްމަދުބޭގެ މޫސާތަކުރުފާނުގެ ކައިދާފާނު (ޚަދީޖާ
މޫސާ)އާއި، ހަވަރުތިނަދޫ ޢަލިކަލޭގެ ދި ފޫޅުމާ ޙައްވާފާނުގެ އޮޅަކޮއިދައިތާގެ
ކުޑަ އާދަމް(ކުދެ އާދަމްބެއްޔާ)ގެ ޢަލީ ރަޝީދު ކަލޭގެފާނު
ސީވިޔް/ ތިނަދޫ ކައިވެނިކުރައްވައިގެން ލިބިލެއްވި ދަރިންނަކީ މުޙައްމަދު ރަޝީދު ސީވިޔް/ ތިނަދޫ، މަރިޔަމް ރަޝީދާ ސީވިޔް/ ތިނަދޫ، ޢަބުދުﷲ ރަޝީދު ސީވިޔް/ ތިނަދޫ، ފާޠިމަތު ރަޝީދު ސީވިޔް/ ތިނަދޫ، އިބްރާހީމް ރަޝީދު ސީވިޔް/ ތިނަދޫ، އާމިނަތު ރަޝީދު ސީވިޔް/ ތިނަދޫ، ޙުސައިން ރަޝީދު ސީވިޔް/ ތިނަދޫ، ޢާއިޝަތު ރަޝީދު ސީވިޔް/ ތިނަދޫ އެވެ. މިއީ ހަވަރުތިނަދޫ ފޫޅުމާ
ޙައްވާފާނުގެ ޢާއިލާގައިވެސް ލިޔެފައިވާ ޢާއިލާއެކެވެ.
ކައްބޮއްލޭ ދޮންމުޙައްމަދުބޭގެ
މޫސާތަކުރުފާނުގެ ޙަސަން ޙަލީމު އާއި ހަވަރުތިނަދޫ ފޫޅުމާ ޙައްވާފާނުގެ ޙުސައިން ތަކުރުފާނުގެ
އާމިނާފާނުގެ ދޮންމަނިކެގެ ޚަދީޖާ ޙުސައިން އާއި ކައިވެނިކުރައްވައި ލިބިލެއްވި ދަރިންނަކީ، ޢަދުނާނު ޙަލީމް އޭޝް/ ވިލިގިލި، މުއުމިނާ ޙަލީމް މޫމިޔާ/ ވިލިގިލި އެވެ.
ކައްބޮއްލޭ ދޮންމުޙައްމަދުބޭގެ މޫސާތަކުރުފާނުގެ ދަރިންގެ ތެރެއިން އައިސާފާނު (ޢާއިޝަތު މޫސާ)ގެ މަންމައަކީ މިހާރުވެސް ލިޔެފައިވާ ޢާއިލާއެއްކަމަށްވާ
ހަވަރުތިނަދޫ ފޫޅޫމާ ކަޅުދައިތަގެ ފާތިންދައިތާ(ބޮޑެފޮޑަހު ފާތިންދައިތާ)އާއި ޢަލިބެއްޔާއާއި
ދެމަފިރިންގެ ދަރި ރެކިބެއްޔާ (ވަލުރެކިބެއްޔާ)ގެ އާމިނާދިޔެ މ. ގުޑްނެސް އެވެ. މި ރެކިބެއްޔާގެ ބައްޕަ ޢަލީ (އަލިބެއްޔާ)
އަކީ ގދ. ތިނަދޫގައި މިހާރުވެސް ފެންނަންހުރި މިސްކިތެއްކަމަށްވާ "މަސްޖިދު ޢަލީ"
ނިސްބަތްވާ ފަރާތެވެ. މި މިސްކިތުގެ ޢިމާރާތަށް ބައެއްބަދަލުތައް މިހާރު އައިސްފައި
ވިޔަސް މިތާނގައި ފުރަތަމަ މިސްކިތް ބިނާކުރެއްވީ އެ ޢަލިބެއްޔާ އެވެ.
މަތީގައި ބަޔާންކުރި
އައިސާފާނު (ޢާއިޝަތު މޫސާ)ގެ މަންމަ އާމިނާދިޔެ މ. ގުޑްނެސްގެ މަންމައަކީ، ހަވަރުތިނަދޫ ފޮޑަހުތެރޭ ޙަސަންބެއްޔާގެ ކުއްދައިތަ އެވެ. މި ކުއްދައިތައަކީ، ކޫއްޑޫ ޙަސަން ކަތީބާއި އެރަށު ކައިދާ ކަނބުލޭގެއާއި ދެމަފިރިންގެ ދި އާމިނާ ކަނބުލޭގެ
އާއި މާމެންދޫ ކޭވަނެބެއްޔާ (ޢަލިކަތީބު) ކައިވެނިކުރައްވައިގެން ލިބިލެއްވި މަރިޔަމްދިޔެ
އާއި ހަވަރުތިނަދޫ ފޮޑަހުތެރޭ ޙަސަންބެއްޔާ ކައިވެނިކުރައްވައިގެން ލިބިލެއްވި ދަރިންގެ
ތެރެއިން އެކެކެވެ.
ކައްބޮއްލޭ ދޮންމުޙައްމަދުބޭގެ
މޫސާތަކުރުފާނުގެ އައިސާފާނު (ޢާއިޝަތު މޫސާ)ގެ ދަރިންނަކީ، ފާޠިމަތު ޞާފިޔާ، މުޙައްމަދު ޝާހިދު، ފައިޞަލު އަޙުމަދު، ޝަބާނާ މަޙުމޫދު، އުއްމުކުލްސޫމު، ނުޢުމާނު މުޙައްމަދު، ޙަސަން އަފުޞަލް، އަޙުމަދު ޖަވާޒު، ޙުސައިން ޖަވާދު އެވެ.
ކައްބޮއްލޭ ދޮންމުޙައްމަދުބޭގެ
މަރިޔަމްދައިތާގެ ދަރިންނަކީ، މުޙައްމަދު (މުޙައްމަދުބެ)އާއި
ރަޝީދު އެވެ.
ކައްބޮއްލޭ ދޮންމުޙައްމަދުބޭގެ މަރިޔަމްދައިތައާއި އިބްރާހީމް ސޯސަންގެ/ތިނަދޫ
(އަލޯބެއްޔާގެ ރެއްކާބެ)ގެ ދަރިއަކީ މުޙައްމަދު އިބްރާހީމް (މުޙައްމަދުބެ) އެވެ. މި
މުޙައްމަދު އިބްރާހީމް (މުޙައްމަދުބެ) ކައިވެނިކުރީ ހަވަރުތިނަދޫ މެދުއަވަށު ދޮން މޫސާ
ކަލޭގެ ފުތް ދޮން ޢަލިކަލޭގެ ދަރިއެއްކަމަށްވާ ޢަލީ (ޢަލިބެ) ރަތްމަސްގެ/ ތިނަދޫގެ
ޙައްވާ ޢަލީ އާއި އެވެ. މިދެމަފިރިންގެ ދަރިންނަކީ، ޢަނީޤާ މުޙައްމަދު، ޢާއިޝަތު މުޙައްމަދު، ޚަދީޖާ މުޙައްމަދު، ޢަފީފާ މުޙައްމަދު، އާސިފް މުޙައްމަދު، އަޙްމަދު އަޝްރަފް، ނާޒު މުޙައްމަދު، ޢާތިކާ މުޙައްމަދު އެވެ.
ކައްބޮއްލޭ ދޮންމުޙައްމަދުބޭގެ
މަރިޔަމްދައިތައާއި ފިޔޯރީ ޢުސްމާނާއި ދެމަފިރިންގެ ދަރިއަކީ އިބްރާހީމް ރަޝީދު ވާދީގެ/
ތިނަދޫ އެވެ. މި އިބްރާހީމްރަޝީދުއާއި ޞަފިއްޔާ ޢަބުދުﷲގެ ދަރިންނަކީ އަޙްމަދު ރަޝީދު، ޙަސަން ރަޝީދު، ޙުސައިން ރަޝީދު، ޢަލީ ރަޝީދު، އެވެ.
ކައްބޮއްލޭ ދޮންމުޙައްމަދުބޭގެ
ކުއްދައިތާގެ ޢާއިލާވަނީ މާލޭގައެވެ. (މިޢާއިލާގެ މަޢުލޫމާތު ލިބުމުން ލިޔާނަމެވެ.)
ނޯޓް: މިޢާއިލާއަށް
ގެންނަންޖެހޭ ޙަގީގީ އުނިއިތުރެއްވާނަމަ އެކަން އެނގުމުން އެބަދަލުތައް ގެނެވޭނެއެވެ.
------------------
ޢަބުދުﷲ ޙިލްމީ
09 ޖޫން 2020މ.
މަޢުލޫމާތުގެ ޙިއްޞާ:
އެކި ފަރާތްތަކުން
ދެއްވާފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް "ގަލެހިރި" ވެބްސައިޓްގައި
ލިޔެފައިވާ ބައެއް ޢާއިލާތަކާއި އަދި އފ. ޢަދުނާނު ޙަލީމު އޭޝް/ ހުވަދުއަތޮޅު ވިލިގިލި
ދެއްވި މަޢުލޫމާތު