ތާރީޚުގައި
ލިޔެވެންޖެހޭނީ ހިނގި ކަމެކެވެ. ހިނގާނޭ
ކަމެއްނޫނެވެ. ތާރީޚަކީ ވަރަށްބޮޑު އަމާނާތެކެވެ. އެއަށް ރައްކައުތެރިވުން
ލާޒިމް އެއްޗެކެވެ. ހިނގި ކަމެއް ކުރިމީހަކު ނެތި، ދުށްމީހަކު
ނެތި، ދެނެހުރި މީހަކު ނެތި، ޔޯލަކޮށް ބަޔަކު ދެއްކި ނުއުފަންނަ ނުހައްދަވާ ކަމެއްގެ ވާހަކަ އޭގެ އެތައްއަހަރެއްގެ ފަހުން
ތާރީޚީ ކަމެއްގެ ގޮތަށް އުފަންކުރުވަން އުޅެގެން ނުވާނެއެވެ.
ތާރީޚުގައި ފާހަގަކުރަންޖެހޭ ކަމެއް
ހާމަކުރަންވާނީ އެކަމެއް ހިނގި ގޮތަށެވެ. ތިމާ ނުވަތަ ތިމާގެ ގާތްފަރާތެއްގެ މަޞްލަޙަތު އޮވެގެން ވިޔަސް ހިނގާފައިވާ
ތާރީޚީކަމެއް ހިނގިގޮތަށް ނޫން ގޮތަކަށް ދުލުން ނުވަތަ
ޤަލަމުންވިޔަސް ބަޔާންކުރުމަކީ ދޮގު ހެދުމުގެ
އިތުރަށް ތާރީޚީ ވަރަށްބޮޑު ޖަރީމާއެކެވެ.
ކުރިއްސުރެ ލިޔެވި ފެންނަންހުރި ދިވެހި ތާރީޚުގެ ޞަފުޙާތަކުގައި
ގިނައިން ލިޔެވިފައިވަނީ ރަސްކަމާއި މާލެއާއި
ގުޅުންބޮޑު ކަންކަމެވެ. ރާއްޖެތެރެއާއި ގުޅުންހުރި
ރަސްރަސްކަލުންގެ ދިރިއުޅުއްވުމުގެ ބައެއް ޙާލަތާއި އެބޭފުޅުންގެ
ޢާއިލާ ހިނގާފައިވާ ގޮތާއި ރާއްޖެތެރޭގެ ގިނަ ކަންކަން ދިވެހިތާރީޚުގެ
ޞަފުޙާތަކުން ވަރަށް ނުފެނެއެވެ. މިހެންވާން ޖެހުމުގެ ޤަބޫލުކުރެވޭ
ސަބަބާއި ޤަބޫލުކުރުން ދަތިވާ ސަބަބުތަކެއް ވެސް އޮވެދާނެއެވެ.
ނަމަވެސް އެވާހަކަ ދެއްކުމަކީ މިލިޔުމުގެ ބޭނުމާއި ގުޅޭ ކަމެއް
ނޫނެވެ.
އިސްދޫ ދަރިކޮޅުގެ ތިން ބޭފުޅަކު ދިވެހި ރަސްކަމުގެ ތަޚުތުގައި
ރެދަލި ކުރެއްވިއެވެ. އިސްދޫ *އިބްރާހީމް
ވެލާނާތަކުރުފާނުގެ ޢަލީ (ހަތްވަނަ) ރަސްގެފާނާއި،
އޭނާގެ ދަރިކަލުން ޙަސަން (ދިހަވަނަ) ރަސްގެފާނާއި، އަދި އިސްދޫ
*އިބްރާހީމް ވެލާނާތަކުރުފާނުގެ ޙަސަން މާފަތްތަކުރުފާނުގެ އިބްރާހީމް
މުޡުހިރުއްދީން ރަސްގެފާނެވެ. ދެއްވަދޫ ރަސްގެފާނުގެ އަނބިކަނބަލުން
ޚަދީޖާ ކަނބާފާނަކީ އިސްދޫ *އިބްރާހީމް ވެލާނާތަކުރުފާނުގެ ބޭފުޅެކެވެ.
ޚަދީޖާ ކަނބާފާނު އަވަހާރަވުމުން ދެން ދެއްވަދޫ ރަސްގެފާނު ކައިވެނިފުޅުކުރެއްވީ
އިސްދޫ *އިބްރާހީމް ވެލާނާތަކުރުފާނުގެ ދަރިކަލުން ޙުސެން
ތަކުރުފާނުންގެ، ސަންފާ ކަނބާފާނާއެވެ. ދެއްވަދޫ ރަސްގެފާނު އަވަހާރަވީއިރު
މި އަނބިކަނބަލުން އިންނެވިއެވެ.
ވިކިޕީޑިއާ ގައި ދެއްވަދޫ ރަސްގެފާނު ހިމަނާފައިވަނީ އިސްދޫ
ދަރިކޮޅުގެ ރަސްކަލެއްގެ ގޮތުގައެވެ.
ނަމަވެސް އިސްދޫ ދަރިކޮޅުގެ ދެބޭފުޅަކާއި ކައިވެނީގެ ގޮތުން ގުޅިވަޑައިގަތުން
ފިޔަވައި އެދަރިކޮޅާއި އެރަސްގެފާނާއި ހުރި ސީދާ ގުޅުމެއް ނުފެނެއެވެ.
އެހެނެއްނޫނެވެ. އިސްދޫ ދަރިކޮޅުގެ ޢަލީ (ހަތްވަނަ) ރަސްގެފާނުގެ
އަނބިކަނބަލުންނަކީ މީދޫ ޝަމްސުއްދީން ފަނޑިޔާރު ތަކުރުފާނުގެ އިބްރާހީމް ނާއިބު ފަޑިޔަތް ތަކުރުފާނުގެ، މާވައު ރަންދި
ބީފާނުގެ، މުޙައްމަދު ފަޑިޔަތް ތަކުރުފާނުގެ، ޢާއިޝާ
ކަނބާފާނު (ކަނބޯވަތި އައިސާ ކަނބާފާނު) އަށް
ވެފައި، ދެއްވަދޫ ރަސްގެފާނަކީ ޝަމްސުއްދީން ފަނޑިޔާރު ތަކުރުފާނުގެ
އަލްޙާއްޖު ޢަލީ ތުއްކަލާގެ ބޭފުޅަކަށް ވީމާ އެއީ އިސްދޫ ދަރިކޮޅަށް
ނިސްބަތްވާން ޖެހޭ ގުޅުމެއްނަމަ އެގުޅުން އެބަ އޮތެވެ.
މުޡުހިރުއްދީން ރަސްގެފާނަކީ އިސްދޫ ދަރިކޮޅަށް ނިސްބަތްވާ
ރަސްކަލެއްކަމާއި މިރަދުންގެ ރަސްކަން
ފެށުނުގޮތާއި ނިމުނުގޮތުގެ ޚުލާޞާ ލިޔުމެއް ދިވެހިތާރީޚުން ފެނުނަސް
މިރަދުންނާއި ސީދާ ގުޅިގެން އުފެދުނު ޢާއިލާގެ
ވާހަކައެއް ދިވެހިތާރީޚީ ޞަފުޙާއަކުން ނުފެނެއެވެ.
ދިވެހިތާރީޚީ ލިޔުންތަކެއް ލިޔުއްވި މުއައްރިޚު
އުސްތާޛު މަރުޙޫމު މުޙައްމަދު އިބްރާހީމް ލުޠުފީ ވެސް ތާރީޚުގެ މިބައި ލިޔުއްވާފައިވާތީ ނުދެކެމެވެ. ނަމަވެސް މިބައި
ލިޔުއްވުމަށް އެންމެއައުލާ އެއްބޭފުޅަކީވެސް އެމުއައްރިޚު
ކަމަށް އަޅުގަނޑު ދެކެމެވެ. މުޡުހިރުއްދީން
ރަދުންގެ ޢާއިލާއާބެހޭ ގިނަ މަޢުލޫމާތު އެމުއައްރިޚަށް އެނގިވަޑައިގަނެއެވެ.
އޭނާގެ އަރިހުގައި އެއްގެއްގައި އަހަރެއްހާ ދުވަހު އަޅުގަނޑު
އުޅެންޖެހުމުން އެމުއައްރިޚަކީ ރާއްޖެއާއި ބެހޭ ވަރަށްގިނަ މަޢުލޫމާތު
އެނގިވަޑައިގަންނަވާ ބޭފުޅެއްކަމަށް އަޅުގަނޑު ދެކެމެވެ.
ޣާޒީރަދުންގެ ރަސްކަމުގެ ފަހުން ބައެއް ރަސްރަސްކަލުންގެ ދަރިކޮޅު
ލިޔެވި ފެންނަފަށުގައި ވެއެވެ. ނަމަވެސް
މުޡުހިރުއްދީން ރަދުންގެ ދަރިކޮޅު ނުފެނެއެވެ.
މުޡުހިރުއްދީން ރަދުންނާއި ގާތް ބައެއް ބޭފުޅުން ދިވެހިތާރީޚުގެ
ޞަފުޙާތަކެއްވެސް ލިޔުއްވައިފިއެވެ. އެބޭފުޅުންގެ ހަނދުމަފުޅެއްވެސް
އެކަމަށް ނެތީބާއެވެ. އަދި މިރަދުންނާއި ގާތް ބައެއް ބޭފުޅުން
ރާއްޖޭގެ އެންމެމަތީ ވެރިކަން ކުރައްވައިފިއެވެ. އެބޭފުޅުންގެ "އެދިވަޑައިގަތުމެއް، އަމުރުފުޅެއް"ވެސް
އެކަމަށް ނެތީބާއެވެ.
ތާރީޚީ ޞަފުޙާތަކެއް ވުޖޫދަށް ނެރުއްވި ޝައިޚް ޙުސައިން
ޞަލާޙުއްދީނަކީ މުޡުހިރުއްދީން ރަދުންނާއި އެއްބަނޑު ފާޠިމާ
މާވާކިލެގެފާނުގެ، ޢާއިޝާ ކަނބާފާނުގެ،
ޢާއިޝާ ރަންދި ކަނބާފާނުގެ، މާވާ މަރިޔަމްދީދީގެ، މާވާ ޙުސައިންދީދީގެ،
އާމިނާ މެދުދީދީގެ، ބޮޑުގަލު މޫސާދީދީގެ، ބޭފުޅެކެވެ.
ތާރީޚީ ގިނަ ޞަފުޙާތަކެއް ވުޖޫދަށް ނެރުއްވި އުސްތާޛު މަރުޙޫމް
މުޙައްމަދު އިބްރާހީމް ލުޠުފީއަކީ މުޠުހިރުއްދީން
ރަދުންގެ، މުޙައްމަދު މަނިކުފާނުގެ، މޫސާ
މަނިކުފާނުގެ، ކޮނޑޭ ޢަލިމަނިކުފާނުގެ ހުޅެދޫދީދީ(އ)ގެ، ޢާއިޝާދީދީގެ، ޒުލޭޚާދީދީ (ދަލޭކާދީދީ، ނުވަތަ ދީދީ)ގެ، ފިޔޯރީ
ދޮންދީދީގެ، އިބްރާހީމްދީދީ، (އިބްރާހީމް ލުޠުފީ، ނުވަތަ
އައްޑޫ ތުއްތީދި)ގެ، ބޭފުޅެކެވެ.
ތާރީޚީ ޞަފުޙާތަކެއް ވުޖޫދަށް ނެރުއްވި އަޙުމަދު ޝަފީޤަކީ މުޡުހިރުއްދީން ރަދުންނާއި އެއްބަނޑު ޙަސަން ހޮޅި ހަކުރާމަނިކުފާނުގެ، ވީރު ޢަލީ ދޮށިމޭނާކިލެގެފާނުގެ، ކީހި އިބްރާހީމްދީދީގެ، ވީރު ޙަސަންދީދީގެ، ޢަލީ މަލިމް މަނިކުފާނުގެ، މަލިންގޭ ޙަސަންދީދީގެ، ތުއްތުދީދީގެ، މަނިއްޕުޅު (ތުއްތުމަނިއްޕުޅު)ގެ، ބޭފުޅެކެވެ.
ތާރީޚީ ޞަފުޙާތަކެއް ވުޖޫދަށް ނެރުއްވުމުގެ ބާރު
ލިބިވަޑައިގެންނެވި ޝަމްސުއްދީން ރަދުންނަކީ
މުޡުހިރުއްދީން ރަދުންނާއި އެއްބަނޑު ޙަސަން ހޮޅި ހަކުރާމަނިކުފާނުގެ،
ވީރު ޢަލީ ދޮށިމޭނާކިލެގެފާނުގެ، ދޮންބީނާގޭ އާމިނާދީދީގެ،
ޢާއިޝާ ރަނި ކިލެގެފާނު (ކަކާގޭ ކަޅުގޮމާ)ގެ، ޢަލީ ރަންނަބަނޑޭރި
ކިލެގެފާނުގެ، ޚަދީޖާ ދޮށީދީދީގެ، ކަކާގޭ ގޮމާގެ، ބޭފުޅެކެވެ.
ތާރީޚީ ޞަފުޙާތަކެއް އަމިއްލަފުޅަށް ވުޖޫދަށް ނެރުއްވުމާއި އަދި
އެކަމަށް އަމުރުފުޅު ކުރެއްވުމުގެ ބާރު
ލިބިވަޑައިގެންނެވި ރައީސް އަމީނަކީ މުޡުހިރުއްދީން
ރަދުންނާއި އެއްބަނޑު ޙަސަން ހޮޅި ހަކުރާ މަނިކުފާނުގެ، ވީރު
ޢަލީ ދޮށިމޭނާކިލެގެފާނުގެ، ދޮންބީނާގޭ އާމިނާދީދީގެ، ޢާއިޝާ ރަނި ކިލެގެފާނު (ކަކާގޭ ކަޅުގޮމާ)ގެ، ޢަލީ ރަންނަބަނޑޭރި
ކިލެގެފާނުގެ، މަރިޔަމް ޅަދީދީގެ، އަޙުމަދު ދޮށިމޭނާ
ކިލެގެފާނުގެ، ބޭފުޅެކެވެ.
ތާރީޚީ ޞަފުޙާތަކެއް ވުޖޫދަށް ނެރުއްވުމުގެ ބާރު
ލިބިވަޑައިގެންނެވި މުޙައްމަދު ފަރީދު
ރަސްގެފާނަކީ މުޡުހިރުއްދީން ރަދުންނާއި އެއްބަނޑު ޙަސަން ހޮޅި ހަކުރާ މަނިކުފާނުގެ، ވީރު ޢަލީ ދޮށިމޭނާކިލެގެފާނުގެ،
ދޮންބީނާގޭ އާމިނާދީދީގެ، ޢާއިޝާ ރަނި ކިލެގެފާނު
(ކަކާގޭ ކަޅުގޮމާ)ގެ، ޢަލީ ރަންނަބަނޑޭރި
ކިލެގެފާނުގެ، ޚަދީޖާ ދޮށީދީދީގެ، ކަކާގޭ ގޮމާގެ، ދޮންގޮމާގެ،
ބޭފުޅެކެވެ.
ތާރީޚީ ޞަފުޙާތަކެއް ވުޖޫދަށް ނެރުއްވުމުގެ ބާރު
ލިބިވަޑައިގެންނެވި ރައީސް ނާޞިރަކީ
މުޡުހިރުއްދީން ރަދުންނާއި އެއްބަނޑު ޙަސަން ހޮޅި ހަކުރާ މަނިކުފާނުގެ،
ވީރު ޢަލީ ދޮށިމޭނާކިލެގެފާނުގެ، ކީހި އިބްރާހީމްދީދީގެ ވީރު ޙަސަންދީދީގެ ޢަލީ މަލިމް މަނިކުފާނުގެ މަލިންގޭ
ޙަސަންދީދީގެ މުޙައްމަދުދީދީގެ އަޙުމަދުދީދީގެ
ބޭފުޅެކެވެ. ރައީސް ނާޞިރުގެ މަންމާފުޅަކީ މުޡުހިރުއްދީން
ރަދުންނާއި އެއްބަނޑު ފާޠިމާ މާވާ ކިލެގެފާނުގެ، ޢާއިޝާ ކަނބާފާނުގެ،
ޙާޖީ ބަންޑާރައިން (ޣިޔާޘުއްދީން ރަދުން)ގެ، އިބުރާހީމް ފާމުލަދޭރި
ކިލެގެފާނުގެ، ޙަސަންދީދީގެ، ޙުސައިންދީދީގެ، މަރިޔަމްދީދީގެ، މޫސާދީދީގެ، ޢާއިޝާދީދީއެވެ.
ތާރީޚީ ޞަފުޙާތަކެއް ވުޖޫދަށް ނެރުއްވުމުގެ ބާރު
ލިބިވަޑައިގެންނެވި ރައީސް މައުމޫންއަކީ
މުޡުހިރުއްދީން ރަދުންގެ މުޙައްމަދު މަނިކުފާނުގެ މޫސާ މަނިކުފާނުގެ
ކޮނޑޭ ޢަލިމަނިކުފާނުގެ ދޮންދީދީ(ކޮނޑޭދީދީ)ގެ މުޙައްމާދީދީގެ ޢާއިޝާދީދީގެ މަރިޔަމްދީދީގެ ޚަދީޖާދީދީ
(ކަތްދާދީދީ)ގެ، ބޭފުޅެކެވެ.
ދިވެހިރާއްޖޭގެ މޮޅު ތާރީޚީ ބައެއް ލިޔުންތެރިންނާއި އަދި ދިވެހިރާއްޖޭގެ
އެންމެމަތީ ވެރިންގެ ބައެއް ބޭފުޅުންނާއި
މުޡުހިރުއްދީން ރަދުންނާއި އެހާބޮޑަށް ގުޅިފައި ވެއެވެ.
އެގުޅުމަކީ ކާކުގެދަރި ކާކުކަން އެނގޭގޮތަށް އެކަކު އަނެކަކާއި
ގުޅިފައިވުމެވެ. އެއީ ދުރުތާ ތިމާގެވުންތޯ ގާތުން ތިމާގެވުންތޯ ދަރިންގެ ދަރި ދަރިންނަށްވުންތޯ ނިންމަވާނީ
އޭގެ ޙައްގުވެރިންނެވެ. ކޮންމެގޮތެއްވިޔަސް މިދެންނެވި އެއްވެސް ބޭފުޅަކު
މުޡުހިރުއްދީންގެ ފަރާތްޕުޅުން އުފެދުނު ޢާއިލާގެ ވާހަކައެއް
ލިޔުއްވައި، ނުވަތަ އެވާހަކަ ލިޔުމަށް
"ބާރެއް" އެޅުއްވިނަމަ، އެބައި ހާދަ ފުރިހަމަވީހެވެ.
މުޡުހިރުއްދީން
ރަދުންގެ ޢާއިލާއާއި އެ ޢާއިލާއާއި ގުޅުންހުރި ގިނަ
މަޢުލޫމާތުކޮޅެއް ގެނެސްދެވޭތޯ އަޅުގަނޑު އުޅެންޖެހުނު އިރު
ނަޞީބު ދެރަކަމުން އަޅުގަނޑާއި ވަރަށްގާތް ދިވެހި މުއައްރިޚު އުސްތާޛު މުޙައްމަދު އިބްރާހީމް ލުޠުފީ ވެސް މިދުނިޔެ
ދޫކުރައްވައިފިއެވެ. ފެންނަންއޮތީ އޭނާ ލިޔުއްވި
މަޢުލޫމާތްތަކުން ކުޑަ މިންވަރެއްކަމަށް ޤަބޫލުކުރެވެއެވެ.
މިހެންވުމުން އަޅުގަނޑާއި ހަމައިގައިވާ (މުޡުހިރުއްދީން ރަދުންގެ
ދަރިފަސްކޮޅުގެ ބޭފުޅަކު އެދަރިފަސްކޮޅާއި އަދި އޭރު ތިބި ދުވަސްވީ
މީހުންގެ ގާތުން ކުރިއްސުރެ ހޯއްދަވާފައިވާ) މަޢުލޫމާތަށް އިތުރު މުއްސަނދިކަމެއް ގެނެވޭތޯ މުޡުހިރުއްދީން ރަދުންގެ
ދަރިފަސްކޮޅުގެ ދުވަސްވީ ހަރުދަނާ ބައެއް
ބޭފުޅުންގެ އެހީތެރިކަން މިފަހަރުވެސް ހޯދީމެވެ.
މިދެންނެވި ގޮތުން ހޯދައި އެއްކުރެވުނު މަޢުލޫމާތާއި ބައެއް ފޮތާއި އިންޓަރނެޓް ބައެއް ސައިޓުތަކުން ހޯދުނު ތާރީޚީ މަޢުލޫމާތުގެ އަލީގައި މިލިޔުން ލިޔެ ފެންނަފަށަށް ތިލަވިއިރު އިސްދޫ ދަރިކޮޅުން މުޡުހިރުއްދީން ރަދުންގެ ޢާއިލާގެ މިހާރު ދުނިޔޭގައި ތިއްބެވި ގިނަ ބޭފުޅުންނާއި އަދި އެރަދުންގެ ޢާއިލާއާއި ގުޅިފައިވާ އެހެން ޢާއިލާތަކުގެ ގިނަ ބޭފުޅުންނަށްވެސް މީގެ ކުރިން ރަނގަޅަށް އެނގިވަޑައިގެންފައި ނެތް ނުވަތަ ހަނދުމަފުޅު ނެތް ދަރިފަސްކޮޅާއި އަދި އިތުރު މަޢުލޫމާތްތަކެއް މިލިޔުމުގައި ހުރެދާނެކަމަށް ޤަބޫލުކުރެވެއެވެ. އެފަދަ މަޢުލޫމާތަކީ މިހާތަނަށް ގިނަބަޔަކަށް ޢާއްމުކޮށް އެނގިފައި ނެތް "ތަދު" މަޢުލޫމާތަކަށްވެސް ވެދާނެއެވެ.
މުޡުހިރުއްދީން ރަދުންގެ ބައްޕާފުޅަކީ ފުވައްމުލަކު ފުނާޑު ދޮންމަޙުމޫދު
ޚަޠީބުގެ ދޮންއަޙުމަދު އެދުރުކަލޭގެފާނުގެ ދައިގަޑު
ދޮންޢީސާ ޚަޠީބުކަލޭގެފާނު، ހައްދުންމަތީ
އިސްދޫ އައިސާދިޔޯ (ކުޑައިބީކަމަނާ)އާއި ކައިވެނިކުރައްވައިގެން
ލިބިވަޑައިގެންނެވި ދައިގަޑު މާފަތްތަކުރުފާނު ( އިސްދޫ *އިބްރާހީމް ޝާހުބަންދަރު ބޮޑު ވެލާނާތަކުރުފާނު)ގެ
ޙަސަން މާފަތްތަކުރުފާނުކަމާއި *އިބްރާހީމް
ވެލާނާތަކުރުފާނަކީ ވެލާނާކަން ލިބިވަޑައިގަތުމުގެކުރިން
ފުވައްމުލަކު ދައިގަޑު މާފަތްތަކުރުފާނުކަމަށް ދިވެހި
މުއައްރިޚު މުޙައްމަދު އިބުރާހީމް ލުޠުފީ ލިޔުއްވާފައިވެއެވެ.
މުޡުހިރުއްދީން ރަދުންގެ މަންމާފުޅަކީ އަލްޙާފިޡް މުޙައްމަދުގެ،
ފުވައްމުލަކު އެދުރު ޙަސަން ނާއިބު ރަނަހަމާދި ތަކުރުފާނުގެ،
މީދޫ ޝަމުސުއްދީން ފަނޑިޔާރު ތަކުރުފާނުގެ،
އަލްޙާފިޡާ ފާޠިމާފާނުގެ، ކޮރުވަލު ޒުލޭޚާބީގެ، އަތިރީ ޙައްވާބީ
އާއި ނޮޅިވަރަންފަރު ބޮޑު ހަނދޭގިރި ތަކުރުފާނު ކައިވެނިކުރައްވައިގެން
ލިބިވަޑައިގެންނެވި *އަތިރީކަމަނާ އެވެ.
މުޡުހިރުއްދީން ރަދުންގެ މަންމާފުޅު އަތިރީ ކަމަނާގެ މަންމަ ޙައްވާބީއަށް އަތިރީފަނޑިޔާރުގޭ ޚަދީޖާ މަނިކެފާނު ކިޔާކަމަށް ބައެއް
ލިޔުންތަކުގައި ހުރެއެވެ. ނަމަވެސް 1984ގައި ސަރުކާރުން
ނެރުއްވި "މާލޭ ހުކުރުމިސްކިތް" ފޮތުގެ 321
ވަނަ ޞަފުޙާގައިވާ 68 ނަމްބަރު އަންހެން މަހާނަގަލަކީ *އަތިރީކަމަނާގެ އިބްރާހީމް ބޮޑު
ވެލާނާމަނިކުފާނުގެ ކުޑަ ހަކުރާ ޢަލިމަނިކުފާނުގެ
ޚަދީޖާ މަނިކެފާނުގެ މަހާނަގައު ކަމަށް އެގަލުން އެނގެއެވެ.
މިކަމަނާގެ މަންމައަކީ ގަމު ރައްބެއި އައްނާއިބު ޙުސައިން ޢަފީފުއްދީން
ނާއިބުތަކުރުފާނުގެ އަލްގާޟީ މުޙައްމަދު މުޙިއްބުއްދީން ފަނޑިޔާރުތަކުރުފާނުގެ
ޢާއިޝާމަނިކެފާނު ކަމާއި އަވަހާރަވީ 29 ރަޖަބު 1236 ބުދަ
ވިލޭރޭ ނުވަނަ ސާޢަތުގައި ކަމަށް އެގަލުން އެނގެއެވެ. އަދި މިއީ އަތިރީ ފަނޑިޔާރުގޭ ޚަދީޖާ މަނިކެފާނުކަމަށް ވެސް
އެފޮތުގައި ވެއެވެ.
މުޡުހިރުއްދީން ރަދުންގެ މުނިކާފާފުޅު ފުވައްމުލަކު ދައިގަޑު
ދޮންޢީސާޚަޠީބަށް ތިންބަޑަށް ބޭފުޅުން
ލިބިވަޑައިގަތެވެ. ދޮށީ ދަރިކަލަކީ ވައުރުލު (ވާރުލޫ) ޢަލިތަކުރުފާނެވެ.
މީނާއަކީވެސް މަޝްހޫރު ބޮޑު ޢާއިލާއެއްގެ ބޮޅެކެވެ. މީނާގެ
މަންމައަކީ ހުވަދުއަތޮޅު ވައުރުލު (މިހާރު ފަޅުރަށެއްކަމަށްވާ ވާރުލޫ) ބޭކަނބަލެކެވެ. ޚަޠީބު ކަލޭގެފާނުގެ އަނެއް
ދެބެއިންނަކީ މުލަކު ދިގެލަގެދަރު ކުޑަތަކުރުފާނާއި ދައިގަޑު
މާފަތްތަކުރުފާނު (އިބްރާހީމް)އެވެ.
ކުޑަތަކުރުފާނުގެ މަންމައަކީ މުލަކު ދިގެލެގެދަރު ބޭކަނބަލެކެވެ.
ދައިގަޑު މާފަތްތަކުރުފާނު ނުވަތަ އިބްރާހީމް ޝާހުބަންދަރުގެ
މަންމައަކީ އިސްދޫ ކުޑައިބީކަމަނާއެވެ.
ދައިގަޑު ދޮންޢީސާޚަޠީބު ހައްދުންމަތީ އިސްދޫގެ ބޭކަނބަލަކާއި
ކައިވެނިކުރައްވަން މެދުވެރިވިގޮތާއެކު ތާރީޚުގައި
ފާހަނގަވެގެންދާނޭ ގިނަ ކަންކަމެއް މުއައްރިޚު
މުޙައްމަދު އިބްރާހީމް ލުޠުފީ ލިޔުއްވާފައިވާ ލިޔުއްވުމަކުން އެނގެއެވެ.
"
އިސްދޫ ދަރިކޮޅާބެހޭ މަޢުލޫމާތު
ހޯދުމުގެތެރޭގައި މުހިންމު ތިންރޮނގަކުން އިތުރު އަލިކަމެއް ލިބުނެވެ.
އައްޑުއަތޮޅާއި މުލަކާއި އަދި ހުވަދުއަތޮޅާއި ހައްދުންމައްޗާއި ދެމެދުގައި ކުރީގެ ޒަމާނެއްގައި ހުރި ނަސްލީ އަދި
އިޤްތިޞާދީ ގުޅުންތަކާއި އެއްއަތޮޅުން
އަނެއްއަތޮޅަށް ހިޖުރަކުރުމުގެ މައްޗަށެވެ. އަދި އައްޑުއަތޮޅު ހިތަދުއާއި ފުވައްމުލައް އެއްފަހަރަށްވުރެ ގިނަފަހަރު
ފަޅުވެފައި އަލުން އާބާދުވީ ގޮތްތަކުގެ މައްޗަށެވެ. އަލްޣާޒީ މުޙައްމަދު ބޮޑުތަކުރުފާނާއި އެރަދުންގެފަހަށް
އައްސުލްޠާނު މުޙައްމަދު ޢިމާދުއްދީން
(1ވަނަ) އާއި އެރަދުންގެ ދަރިކަލުން އައްސުލްޠާނު އިބްރާހީމް އިސްކަންދަރުގެ ރަސްކަމާއި ދެމެދުގައި އިސްވެ ދެންނެވި 4
އަތޮޅުގެ މީހުން އާދަވެގެން އެއްއަތޮޅުން އަނެއްއަތޮޅަށް
އަގަމަތި މަސްދޯނިފަހަރުގައި ދަތުރުފަތުރުކޮށް
އެއްއަތޮޅެއްގައި އުފައްދާ ތަކެތި އަނެއްއަތޮޅަކަށް ގެންގޮސްގެން
ވިޔަފާރީގެ މުޢާމަލާހިންގަމުން ދިޔަކަން ފާހަގަކުރެވެއެވެ. އަދި
އައްޑުއަތޮޅު ހިތަދޫ ދެތިންފަހަރެއްގެމަތިން ފަޅުވެ އަލުން އާބާދުވީކަމަށް
ދޫދޫމަތިން ދެކެވެމުންދިޔަ ވާހަކަތަކަށް އިތުރު ހެކިތަކާއި ޤަރީނާ
ލިބިގެންދިޔައެވެ. އެންމެފަހުން ހިތަދޫ ފަޅުވިފަހުން އަލުން އެރަށް އާބާދުކުރީ އައްޑުއަތޮޅު މީދޫމަގުން އައި މުލަކުގެ 3
ޢާއިލާއެއްގެ މީހުންނެވެ. އާދެ! އަލްޤާޟީ މުޙައްމަދު
ޝަމްސުއްދީން ބޮޑުފަނޑިޔާރުތަކުރުފާނުގެ ޢާއިލާއާއި
މުލަކު އިހަލަގެދަރު ދޮން ޢުމަރުކަލޭގެ އާއި ދޮން ޙަސަންކަލޭގެ
ޢާއިލާއެވެ. މިކަން ހިގާފައިވަނީ އައްސުލްޠާން
ޙުސައިން ފާމުލަދޭރިކިލެގެފާނުގެ ރަސްކަމާއި އައްސުލްޠާނު އިބްރާހީމް
އިސްކަންދަރު (1ވަނަ)ގެ ރަސްކަމާއި ދެމެދުގައެވެ. ފުވައްމުލައްވެސް ދެތިންފަހަރު
ފަޅުވިކަމާއި އަލުން އާބާދުވީކަމަށްވެސް ބުނެވެއެވެ.
މީގެކުރީގައި ބުނާ ބުނުންފިޔަވައި އިތުރުހެކިތަކެއް ލިބިފައެއް ނުވެއެވެ. ނަމަވެސް އެވާހަކައަކީވެސް ޙަޤީޤަތެއްކަމުގައި
ވެއެވެ.
އެންމެފަހުން އެރަށް ފަޅުވެފައި އޮތުމަށްފަހު އަލުން އާބާދުވީ
އައްސުލްޠާނު މުޙައްމަދު ސިރީދަންމަރު
ބަވަނަ މަހާރަދުންގެ (ކަޅު މުޙައްމަދު ރަސްގެފާނު)ގެ 3ވަނަ ރަސްކަމާއި
އައްސުލްޠާނު އަބޫބަކުރު (2ވަނަ) ސިރީ އަސާލީސްލޯކަ މަހާރަދުންގެ
ރަސްކަމާ ދެމެދުގެ ދުވަސްވަރެއްގައެވެ. މުލަކުން ހިޖުރަކުރާމީހުން
އެޒަމާނުގައި ގޮސްފައިވަނީ އައްޑުއަތޮޅު މީދުއަށާއި ހުވަދުއަތޮޅާއި
އަދި ހައްދުންމައްޗަށެވެ. ފަހުގެ ދެއަތޮޅުން ޙާއްޞަގޮތެއްގައި
ވާދުއަށާއި ފިޔޯރިއަށާއި ކޮނޑޭއަށާއި އަދި ވައުރުލު (ވާރުލޫ)އަށެވެ. ލ.އަތޮޅު އިސްދޫއަށާއި
ދަނބިދޫއަށާއި އަދި ފޮނަދޫއަށެވެ. އެންމެފަހުން
މުލަކުން ފޭބި މީހުންގެތެރެއިން ހައްދުންމައްޗަށް ދިޔަ މީހުން އެނބުރިރަށަށް ދިޔައީ އިސްދޫ ނުވަތަ ދަނބިދޫގައި ހުރި
އެދުރުބޭކަލަކު ގޮވައިގެންނެވެ. މިދެންނެވި
އެދުރުކަލޭގެފާނުގެ ޢާއިލާއިން އެންމެމަޝްހޫރުވީ
ބޭކަލަކީ (ވާދޫ ދަންނަކަލޭގެފާނުގެ އަރިހުން ޢިލްމު އުނގެނިވަޑައިގަތް)
މުލަކު ދޫޑިގަމު އެދުރުކަލޭގެފާނެވެ.
ރަށްރަށް ވަގުތީގޮތުން ފަޅުކޮށްފައި އެހެންރަށްރަށަށް މީހުން
ދިޔުމަށްފަހު އަލުން އެރަށަކަށް އެނބުރި އައިސް އެރަށް
އާބާދުކުރުމަކީ ރާއްޖޭގެ ވަރަށްގިނަ އަތޮޅުގައި
ހިނގާފައިވާ ކަމެކެވެ. ގިނަފަހަރު ރަށްރަށް ފަޅުކުރަންޖެހެނީ "ބަނޑުވޭން" ގަދަހުން (މެލޭރިއާ) ފަދަ
ވަބާއީ ބަލިތައް ކުއްލިގޮތެއްގައި ފެތުރިގެންދިޔުމާއެކު
މީހުންމަރުވެ، ރަށް ނާމާންވުމުންނެވެ. މަރުނުވެ ބަލިހާލުގައިތިބޭ
މީހުން އަވަސްއަވަހަށް އެރަށްދޫކޮށްލާފައި އެހްނަރަށަކަށްދަނީ
އަމާންކަމެއް ހޯދުމަށްޓަކައެވެ. އެބަޔަކު ފަޅުކުރި ރަށަކަށް
އަމާންކަމެއްލިބޭހައި ދުވަސްކޮށްފައި އަލުންއެނބުރި ރަށަށްގޮސް ވަޒަންވެރިވުމުން އަލުން އެރަށެއް އާބާދުވީކަމުގައި
ބެލެވެއެވެ.
އިސްވެދެންނެވިގޮތުން ކުރާ ހިޖުރައިގައި އެބަޔަކު ވަގުތީގޮތުން ވަޒަންވެރިވީ
ރަށަކުން މީހުނާއިދެ އައު ޙަޔާތެއް ފަށާފައިވެސް
ވެއެވެ. މިގޮތުން މުލަކު ދައިގަޑު ދޮންޢީސާ
ކަލޭގެފާނުވެސް އިސްދުއަށްކުރެއްވި ދަތުރުގައި އެރަށުގައި ވަޒަންވެރިވެލެއްވީއެވެ.
ނަތީޖާއެއްގެގޮތުން އޭނާގެ ޢާއިލާގެ އިސްދޫކުރި އިސްދޫޢާއިލާގެ
ނަމުގައި ރާއްޖޭގެ ތާރީޚުގައި ފާހަގަވާން ޖެހުނީއެވެ. ރާއްޖޭގައި
ރަސްކަންކުރެއްވި ޢާއިލާތަކުގެ ނަން ނިސްބަތްވެފައިވަނީ އެޢާއިލާއެއްގެ
ފެށުން އުފަންވި ރަށަކަށް ނިސްބަތްކޮށެވެ. މިގޮތުން އިސްދޫ ޢާއިލާގެ
ނަން ލ.އިސްދުއަށް ނިސްބަތްވެފައިވަނީއެވެ. އިސްދުއަށް އެޢާއިލާ ނިސްބަތްވެފައިވީ ނަމަވެސް ޙަޤީޤަތުގައި އެޢާއިލާގެ
އަޞްލަކީ 4 މަތިފުށުން ފުވައްމުލަކުގެ ޢާއިލާއެކެވެ. އިސްދުއަށް
ނިސްބަތްވާނަމަ ނިސްބަތްވަނީ އިސްދޫ
ކުޑައިބީކަމަނާގެ ސަބަބުންނެވެ."
މުޡުހިރުއްދީން ރަދުންނަކީ ރާއްޖެއަށް މަޝްހޫރު މީދޫ ޝަމްސުއްދީން
ފަނޑިޔާރުތަކުރުފާނުގެ ދަރިކޮޅުގެ ބޭފުޅެކެވެ. ޝަމްސުއްދީން
ފަނޑިޔާރުތަކުރުފާނަކީ އެތަކުރުފާނުގެ ޢިލްމުވެރިކަމާއި
ފިޤުހުވެރިކަމުގެ އިތުރުން އެތަކުރުފާނުގެ ބޭފުޅުންނާއި ދަރިފަސްކޮޅުގެ
ބޭބޭފުޅުންގެ ދީނީ ޤައުމީ ޚިދުމަތަށް ބެލިކަމަށްވިޔަސް އެގޮތުން
ދަރަޖަ ކުރުމުގައި އެތަކުރުފާނާއި ފައިހަމަކުރެވޭނޭ އެއްވެސް ދިވެއްސެއް ނެތް ބޭފުޅެކެވެ. މިއީ އިންކާރުކުރެވެން
ނޯންނާނޭ ކަމެކެވެ. މިތަކުރުފާނާއި މިތަކުރުފާނުގެ
ދަރިދަރިކޮޅުގެ ބޭފުޅުންގެ ޚިދުމަތަށް ބަލާލެވޭތޯ މީހަކު
އުޅުމަކީ ކަނޑުގެ ލޮނުކަން ފޮނިކުރެވޭތޯ ކަނޑަށް ހަކުރު އެޅުންފަދަ
ކަމެކެވެ.
ވަކި
ދަރިކޮޅަކަށް މީހަކު ނިސްބަތްވުމަކީ ނުވަތަ މީހެއްގެ
ޙަސަބާއި ނަސަބުގެ މޮޅުކަމެއް ހުރިކަމަށް
ބެލެވުމަކީ މީހަކު ފަޚުރުވެރިވާން ޖެހޭ ކަމެއްނޫނެވެ. އެހެނީ، ޙަގީގީ ފަޚުރުވެރިއަކީ ސުވަރުގޭގެ ބާއްޖަވެރި ނިއުމަތް
ލިބިގަންނަ މީހާއެވެ. މިދުނިޔޭގައި ގަދައަޅައި އެކަން
ހޯދާ މީހާއެވެ. އެމަގުން ކަސިޔާރުވެ މަގު
އޮޅިގެން ނުދާ މީހާއެވެ. ހުރިހާ ފަޚުރެއްގެ ޙައްގުވެރި ބާއްޖަވެރިއަކީ
އެއީއެވެ.
ޙަސަން
(ދިހަވަނަ) ރަސްގެފާނުގެ ބައްޕާފުޅަކީ އިސްދޫ
*އިބްރާހީމް ވެލާނާ ތަކުރުފާނު (ފުވައްމުލަކު ދައިގަޑު މާފަތްތަކުރުފާނު) ގެ ޢަލީ
(ހަތްވަނަ) ރަސްގެފާނަށްވީމާ ޙަސަން ރަސްގެފާނާއި
މުޡުހިރުއްދީން ރަދުންނާއި ދެބެންގެ ދެދަރިއެވެ.
ޙަސަން ރަސްގެފާނުގެ މަންމާފުޅަކީ، މީދޫ ޝަމްސުއްދީން ފަނޑިޔާރު
ތަކުރުފާނުގެ އިބްރާހީމް ނާއިބު ފަޑިޔަތް ތަކުރުފާނުގެ، މާވައު ރަންދި ބީފާނުގެ، މުޙައްމަދު ފަޑިޔަތް ތަކުރުފާނުގެ،
ޢާއިޝާ ކަނބާފާނު (ކަނބޯވަތި އައިސާ
ކަނބާފާނު) އަށް ވީމާ މިފަރާތުންވެސް މުޡުހިރުއްދީން ރަދުންނާއި
ގުޅެއެވެ .
"އައްޑުއަތޮޅު ގަމު ހުކުރު
މިސްކިތުގެ ޤަބުރުސްތާނުގައި ދިވެސް އަކުރުން ލިޔެ ގިނަ ދުވަސްވެފައިވާ
މުހިންމު މަހާނަ ގާތަކުގެތެރޭގައި "އަތިރެ ގަނޑުވަރު ކަނބޯވަތި
ޢާއިޝާ ކަނބާ" ފާނާއި އެ ކަމަނާގެ މާމަ ދަރިކަލުން ހިތަދޫ އިބްރާހީމް މަނިކުފާނުގެ މަހާނަ، މިސްކިތުގެ އިރު އުތުރު
ކަނާ ދިމާލުގައިވާ ބިސްތާނުގައި އެބަހުރިކަމާއި ޢާއިޝާ
ކަނބާއަކީ އައްސުލްޠާން ޢަލީ (ހަތް ވަނަ) ގެ
އަނބިކަނބަލުންކަމަށް" އަލްއުސްތާޛު މުޙައްމަދު އިބުރާހީމް ލުޠުފީ ލިޔުއްވާފައިވާކަމަށް އަލްފާޟިލާ ނަސީމާ މުޙައްމަދު
ލިޔުއްވާފައިވެއެވެ.
މުޡުހިރުއްދީން ރަދުންގެ މަންމާފުޅު *އަތިރީކަމަނާގެ ބައްޕަ ހަނދޭގިރި
ތަކުރުފާނަކީ ޢިމާދުއްދީން (ދެވަނަ) ރަސްގެފާނާއި
އެއްބަނޑު ބޭފުޅަކަށްވީމާ ޢިމާދުއްދީން (ދެވަނަ) ރަސްގެފާނުގެ ދަރިކަލުން އިބްރާހީމް (ދެވަނަ)
ރަސްގެފާނަކީ *އަތިރީކަމަނާއާއި
ދެބެންގެދެދަރި ބޭފުޅެކެވެ. އަދި އިބްރާހީމް (ދެވަނަ) ރަސްގެފާނު ކައިވެނިފުޅު
ކުރައްވައިގެން ހަ ބޭފުޅުން ލިބިވަޑައިގެންނެވި ޢާއިޝާ
ކަނބާފާނަކީ *އަތިރީކަމަނާގެ، ފާޠިމާ މާވާކިލެގެފާނުގެ، ދަރިކަނބަލުންނެވެ.
މަޝްހޫރު ޙާޖީ ބަންޑާރައިން (ޣިޔާޘުއްދީން ރަދުން)ނަކީ އިބްރާހީމް
ރަސްގެފާނާއި ޢާއިޝާ ކަނބާފާނާއި ދެމަފިރިކަނބަލުންގެ ބޭފުޅެކެވެ.
މުޡުހިރުއްދީން
ރަދުންގެ މުނިމާމަ އަލްޙާފިޡާ ފާޠިމާފާނަކީވެސް
ފާހަގަކުރެވޭ ޚިދުމަތްތެރި ބޭކަނބަލެކެވެ.
އައްޑުއަތޮޅު ހިތަދޫ ތިންވަނަ ފަހަރަށް ފަޅުވީމާ
އެރަށް އާބާދު ކުރެއްވުމުގެ މަސައްކަތުގައި
އިސްކޮށް އުޅުއްވި ޝަމްސުއްދީނު ފަނޑިޔާރު
ތަކުރުފާނުގެ ބޭބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. އެފަހަރު ހިތަދޫ އާބާދުކުރުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވި
ތިންބޭފުޅުން ހިތަދޫގައި ތިން މިސްކިތެއް
ބިނާ ކުރެއްވިއެވެ. އެއީ އަލްޙާފިޡާ ފާޠިމާފާނު ބިނާކުރެއްވި
ހުކުރުމިސްކިތާއި، ދޮން ޢުމަރުކަލޭގެ ބިނާކުރެއްވި ހިތަދޫ މެދުމިސްކިތާއި،
އަދި ދޮން ޙަސަންކަލޭގެ ބިނާކުރެއްވި މެދުވަލުމިސްކިތެވެ. ހިތަދޫ
"ތަކުރުފާނުމިސްކިތް" ނިސްބަތްވަނީ އަލްޙާފިޡާ ފާޠިމާފާނުގެ ދަރިކަލުން ޙުސައިން ތަކުރުފާނަށެވެ. އެމިސްކިތް
ބިނާކުރެއްވީ އޭނައެވެ. އަލްޙާފިޡާ
ފާޠިމާފާނާއި ޙަސަން (ދިހަވަނަ) ރަސްގެފާނާއި އޭނާގެ އަނބިކަނބަލުންނާއި
ޙަސަން ރަސްގެފާނުގެ ކާފަ ދަރިކަލުން މަޝްހޫރު ބަނޑޭރި ޙަސަން
މަނިކުފާނާއި އަދި އެޢާއިލާގެ ވަރަށްގިނަ ބޭފުޅުން "ތަކުރުފާނު" މިސްކިތު ޤަބުރުސްތާނުފައި ފަސްދާނުލެވިފައި
ވެއެވެ.
އެންމެފަހުން އެރަށް ފަޅުވެފައި އޮތުމަށްފަހު އަލުން އާބާދުވީ
އައްސުލްޠާނު މުޙައްމަދު ސިރީދަންމަރު
ބަވަނަ މަހާރަދުންގެ (ކަޅު މުޙައްމަދު ރަސްގެފާނު)ގެ 3ވަނަ ރަސްކަމާއި
އައްސުލްޠާނު އަބޫބަކުރު (2ވަނަ) ސިރީ އަސާލީސްލޯކަ މަހާރަދުންގެ
ރަސްކަމާ ދެމެދުގެ ދުވަސްވަރެއްގައެވެ. މުލަކުން ހިޖުރަކުރާމީހުން
އެޒަމާނުގައި ގޮސްފައިވަނީ އައްޑުއަތޮޅު މީދުއަށާއި ހުވަދުއަތޮޅާއި
އަދި ހައްދުންމައްޗަށެވެ. ފަހުގެ ދެއަތޮޅުން ޙާއްޞަގޮތެއްގައި
ވާދުއަށާއި ފިޔޯރިއަށާއި ކޮނޑޭއަށާއި އަދި ވައުރުލު (ވާރުލޫ)އަށެވެ. ލ.އަތޮޅު އިސްދޫއަށާއި
ދަނބިދޫއަށާއި އަދި ފޮނަދޫއަށެވެ. އެންމެފަހުން
މުލަކުން ފޭބި މީހުންގެތެރެއިން ހައްދުންމައްޗަށް ދިޔަ މީހުން އެނބުރިރަށަށް ދިޔައީ އިސްދޫ ނުވަތަ ދަނބިދޫގައި ހުރި
އެދުރުބޭކަލަކު ގޮވައިގެންނެވެ. މިދެންނެވި އެދުރުކަލޭގެފާނުގެ
ޢާއިލާއިން އެންމެމަޝްހޫރުވީ ބޭކަލަކީ (ވާދޫ
ދަންނަކަލޭގެފާނުގެ އަރިހުން ޢިލްމު އުނގެނިވަޑައިގަތް)
މުލަކު ދޫޑިގަމު އެދުރުކަލޭގެފާނެވެ.
ރަށްރަށް ވަގުތީގޮތުން ފަޅުކޮށްފައި އެހެންރަށްރަށަށް މީހުން
ދިޔުމަށްފަހު އަލުން އެރަށަކަށް އެނބުރި އައިސް އެރަށް އާބާދުކުރުމަކީ
ރާއްޖޭގެ ވަރަށްގިނަ އަތޮޅުގައި ހިނގާފައިވާ ކަމެކެވެ.
ގިނަފަހަރު ރަށްރަށް ފަޅުކުރަންޖެހެނީ "ބަނޑުވޭން"
ގަދަހުން (މެލޭރިއާ) ފަދަ ވަބާއީ ބަލިތައް ކުއްލިގޮތެއްގައި ފެތުރިގެންދިޔުމާއެކު
މީހުންމަރުވެ، ރަށް ނާމާންވުމުންނެވެ. މަރުނުވެ ބަލިހާލުގައިތިބޭ
މީހުން އަވަސްއަވަހަށް އެރަށްދޫކޮށްލާފައި އެހްނަރަށަކަށްދަނީ
އަމާންކަމެއް ހޯދުމަށްޓަކައެވެ. އެބަޔަކު ފަޅުކުރި ރަށަކަށް
އަމާންކަމެއްލިބޭހައި ދުވަސްކޮށްފައި އަލުންއެނބުރި ރަށަށްގޮސް ވަޒަންވެރިވުމުން އަލުން އެރަށެއް އާބާދުވީކަމުގައި
ބެލެވެއެވެ.
އިސްވެދެންނެވިގޮތުން ކުރާ ހިޖުރައިގައި އެބަޔަކު ވަގުތީގޮތުން ވަޒަންވެރިވީ
ރަށަކުން މީހުނާއިދެ އައު ޙަޔާތެއް ފަށާފައިވެސް
ވެއެވެ. މިގޮތުން މުލަކު ދައިގަޑު ދޮންޢީސާ
ކަލޭގެފާނުވެސް އިސްދުއަށްކުރެއްވި ދަތުރުގައި އެރަށުގައި ވަޒަންވެރިވެލެއްވީއެވެ.
ނަތީޖާއެއްގެގޮތުން އޭނާގެ ޢާއިލާގެ އިސްދޫކުރި އިސްދޫޢާއިލާގެ
ނަމުގައި ރާއްޖޭގެ ތާރީޚުގައި ފާހަގަވާން ޖެހުނީއެވެ. ރާއްޖޭގައި
ރަސްކަންކުރެއްވި ޢާއިލާތަކުގެ ނަން ނިސްބަތްވެފައިވަނީ އެޢާއިލާއެއްގެ
ފެށުން އުފަންވި ރަށަކަށް ނިސްބަތްކޮށެވެ. މިގޮތުން އިސްދޫ ޢާއިލާގެ
ނަން ލ.އިސްދުއަށް ނިސްބަތްވެފައިވަނީއެވެ. އިސްދުއަށް އެޢާއިލާ ނިސްބަތްވެފައިވީ ނަމަވެސް ޙަޤީޤަތުގައި އެޢާއިލާގެ
އަޞްލަކީ 4 މަތިފުށުން ފުވައްމުލަކުގެ ޢާއިލާއެކެވެ. އިސްދުއަށް
ނިސްބަތްވާނަމަ ނިސްބަތްވަނީ އިސްދޫ
ކުޑައިބީކަމަނާގެ ސަބަބުންނެވެ."
މުޡުހިރުއްދީން ރަދުންނަކީ ރާއްޖެއަށް މަޝްހޫރު މީދޫ ޝަމްސުއްދީން
ފަނޑިޔާރުތަކުރުފާނުގެ ދަރިކޮޅުގެ ބޭފުޅެކެވެ. ޝަމްސުއްދީން
ފަނޑިޔާރުތަކުރުފާނަކީ އެތަކުރުފާނުގެ ޢިލްމުވެރިކަމާއި
ފިޤުހުވެރިކަމުގެ އިތުރުން އެތަކުރުފާނުގެ ބޭފުޅުންނާއި ދަރިފަސްކޮޅުގެ
ބޭބޭފުޅުންގެ ދީނީ ޤައުމީ ޚިދުމަތަށް ބެލިކަމަށްވިޔަސް އެގޮތުން
ދަރަޖަ ކުރުމުގައި އެތަކުރުފާނާއި ފައިހަމަކުރެވޭނޭ އެއްވެސް ދިވެއްސެއް ނެތް ބޭފުޅެކެވެ. މިއީ އިންކާރުކުރެވެން
ނޯންނާނޭ ކަމެކެވެ. މިތަކުރުފާނާއި މިތަކުރުފާނުގެ
ދަރިދަރިކޮޅުގެ ބޭފުޅުންގެ ޚިދުމަތަށް ބަލާލެވޭތޯ މީހަކު
އުޅުމަކީ ކަނޑުގެ ލޮނުކަން ފޮނިކުރެވޭތޯ ކަނޑަށް ހަކުރު އެޅުންފަދަ
ކަމެކެވެ.
ވަކި
ދަރިކޮޅަކަށް މީހަކު ނިސްބަތްވުމަކީ ނުވަތަ މީހެއްގެ
ޙަސަބާއި ނަސަބުގެ މޮޅުކަމެއް ހުރިކަމަށް
ބެލެވުމަކީ މީހަކު ފަޚުރުވެރިވާން ޖެހޭ ކަމެއްނޫނެވެ. އެހެނީ، ޙަގީގީ ފަޚުރުވެރިއަކީ ސުވަރުގޭގެ ބާއްޖަވެރި ނިއުމަތް
ލިބިގަންނަ މީހާއެވެ. މިދުނިޔޭގައި ގަދައަޅައި އެކަން
ހޯދާ މީހާއެވެ. އެމަގުން ކަސިޔާރުވެ މަގު
އޮޅިގެން ނުދާ މީހާއެވެ. ހުރިހާ ފަޚުރެއްގެ ޙައްގުވެރި ބާއްޖަވެރިއަކީ
އެއީއެވެ.
ޙަސަން
(ދިހަވަނަ) ރަސްގެފާނުގެ ބައްޕާފުޅަކީ އިސްދޫ
*އިބްރާހީމް ވެލާނާ ތަކުރުފާނު (ފުވައްމުލަކު ދައިގަޑު މާފަތްތަކުރުފާނު) ގެ ޢަލީ
(ހަތްވަނަ) ރަސްގެފާނަށްވީމާ ޙަސަން ރަސްގެފާނާއި
މުޡުހިރުއްދީން ރަދުންނާއި ދެބެންގެ ދެދަރިއެވެ.
ޙަސަން ރަސްގެފާނުގެ މަންމާފުޅަކީ، މީދޫ ޝަމްސުއްދީން ފަނޑިޔާރު
ތަކުރުފާނުގެ އިބްރާހީމް ނާއިބު ފަޑިޔަތް ތަކުރުފާނުގެ، މާވައު ރަންދި ބީފާނުގެ، މުޙައްމަދު ފަޑިޔަތް ތަކުރުފާނުގެ،
ޢާއިޝާ ކަނބާފާނު (ކަނބޯވަތި އައިސާ
ކަނބާފާނު) އަށް ވީމާ މިފަރާތުންވެސް މުޡުހިރުއްދީން ރަދުންނާއި
ގުޅެއެވެ .
"އައްޑުއަތޮޅު ގަމު ހުކުރު
މިސްކިތުގެ ޤަބުރުސްތާނުގައި ދިވެސް އަކުރުން ލިޔެ ގިނަ ދުވަސްވެފައިވާ
މުހިންމު މަހާނަ ގާތަކުގެތެރޭގައި "އަތިރެ ގަނޑުވަރު ކަނބޯވަތި
ޢާއިޝާ ކަނބާ" ފާނާއި އެ ކަމަނާގެ މާމަ ދަރިކަލުން ހިތަދޫ އިބްރާހީމް މަނިކުފާނުގެ މަހާނަ، މިސްކިތުގެ އިރު އުތުރު
ކަނާ ދިމާލުގައިވާ ބިސްތާނުގައި އެބަހުރިކަމާއި ޢާއިޝާ ކަނބާއަކީ
އައްސުލްޠާން ޢަލީ (ހަތް ވަނަ) ގެ
އަނބިކަނބަލުންކަމަށް" އަލްއުސްތާޛު މުޙައްމަދު އިބުރާހީމް ލުޠުފީ ލިޔުއްވާފައިވާކަމަށް އަލްފާޟިލާ ނަސީމާ މުޙައްމަދު
ލިޔުއްވާފައިވެއެވެ.
މުޡުހިރުއްދީން ރަދުންގެ މަންމާފުޅު *އަތިރީކަމަނާގެ ބައްޕަ ހަނދޭގިރި
ތަކުރުފާނަކީ ޢިމާދުއްދީން (ދެވަނަ) ރަސްގެފާނާއި
އެއްބަނޑު ބޭފުޅަކަށްވީމާ ޢިމާދުއްދީން (ދެވަނަ) ރަސްގެފާނުގެ ދަރިކަލުން އިބްރާހީމް (ދެވަނަ)
ރަސްގެފާނަކީ *އަތިރީކަމަނާއާއި
ދެބެންގެދެދަރި ބޭފުޅެކެވެ. އަދި އިބްރާހީމް (ދެވަނަ) ރަސްގެފާނު
ކައިވެނިފުޅު ކުރައްވައިގެން ހަ ބޭފުޅުން ލިބިވަޑައިގެންނެވި ޢާއިޝާ ކަނބާފާނަކީ *އަތިރީކަމަނާގެ، ފާޠިމާ
މާވާކިލެގެފާނުގެ، ދަރިކަނބަލުންނެވެ. މަޝްހޫރު ޙާޖީ
ބަންޑާރައިން (ޣިޔާޘުއްދީން ރަދުން)ނަކީ އިބްރާހީމް
ރަސްގެފާނާއި ޢާއިޝާ ކަނބާފާނާއި ދެމަފިރިކަނބަލުންގެ ބޭފުޅެކެވެ.
މުޡުހިރުއްދީން
ރަދުންގެ މުނިމާމަ އަލްޙާފިޡާ ފާޠިމާފާނަކީވެސް
ފާހަގަކުރެވޭ ޚިދުމަތްތެރި ބޭކަނބަލެކެވެ.
އައްޑުއަތޮޅު ހިތަދޫ ތިންވަނަ ފަހަރަށް ފަޅުވީމާ
އެރަށް އާބާދު ކުރެއްވުމުގެ މަސައްކަތުގައި
އިސްކޮށް އުޅުއްވި ޝަމްސުއްދީނު ފަނޑިޔާރު
ތަކުރުފާނުގެ ބޭބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. އެފަހަރު ހިތަދޫ އާބާދުކުރުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވި
ތިންބޭފުޅުން ހިތަދޫގައި ތިން މިސްކިތެއް
ބިނާ ކުރެއްވިއެވެ. އެއީ އަލްޙާފިޡާ ފާޠިމާފާނު ބިނާކުރެއްވި
ހުކުރުމިސްކިތާއި، ދޮން ޢުމަރުކަލޭގެ ބިނާކުރެއްވި ހިތަދޫ މެދުމިސްކިތާއި،
އަދި ދޮން ޙަސަންކަލޭގެ ބިނާކުރެއްވި މެދުވަލުމިސްކިތެވެ. ހިތަދޫ
"ތަކުރުފާނުމިސްކިތް" ނިސްބަތްވަނީ އަލްޙާފިޡާ ފާޠިމާފާނުގެ ދަރިކަލުން ޙުސައިން ތަކުރުފާނަށެވެ. އެމިސްކިތް
ބިނާކުރެއްވީ އޭނައެވެ. އަލްޙާފިޡާ
ފާޠިމާފާނާއި ޙަސަން (ދިހަވަނަ) ރަސްގެފާނާއި އޭނާގެ އަނބިކަނބަލުންނާއި
ޙަސަން ރަސްގެފާނުގެ ކާފަ ދަރިކަލުން މަޝްހޫރު ބަނޑޭރި ޙަސަން
މަނިކުފާނާއި އަދި އެޢާއިލާގެ ވަރަށްގިނަ ބޭފުޅުން "ތަކުރުފާނު" މިސްކިތު ޤަބުރުސްތާނުފައި ފަސްދާނުލެވިފައި
ވެއެވެ.
1970މ. ވަނަ އަހަރު ކޮނޑޭ ފަޅުކުރި އިރު އެމަހާނަގައު ހުރިކަމަށް
ވެއެވެ. ނަމަވެސް 1975މ. ގައި ކޮނޑޭ މީހުން އެބުރި ރަށަށް
އައުމާއެކު ރަށުގެ މަގުފާރާއި ގެދޮރު ރޭނުމަށް
މަހާނަގައު ބޭނުންކުރުމުގައި އެ މުހިއްމު މަހާނަގައުވެސް ގެއްލިދިޔައީ
ކަމުގައި ބުނެވެއެވެ. މުޙައްމަދު މަނިކުފާނު އަވަހާރަވީ 1175ހ. ވަނަ
އަހަރު ރަމަޟާންމަހު 9 ވަނަ ދުވަހުގައެވެ. އެއީ އައްސުލްޠާނު ޙަސަން ޢިއްޒައްދީންގެ ރަސްކަމުގެ ތިންވަނަ އަހަރެވެ. އޭރު
އެމަނިކުފާނުގެ (މުޙައްމަދު މަނިކުފާނުގެ) ޢުމުރުފުޅަކީ 85
އަހަރެވެ. ކޮނޑެއަށް އެމަނިކުފާނު ވަޑައިގަތް ސަބަބެއް ނޭގެއެވެ.
ނަމަވެސް ބުނެވޭގޮތުގައި އެމަނިކުފާނު
އެރަށަށް އަރުވާލެއްވީއެވެ.[
އަދިވެސް
ލިޔުއްވަ އެވެ. [އެދަރިކޮޅުގެ އެންމެ މަޝްހޫރު ބޭފުޅަކީ މުޙައްމަދު މަނިކުފާނުގެ ކޮނޑޭ މޫސާ މަނިކުފާނުގެ މަޝްހޫރު ކޮނޑޭ
ޢަލިމަނިކުފާނެވެ. ޢަލިމަނިކުފާނު ކޮނޑޭގައި އުޅުއްވީ
އައްސުލްޠާން ޙަސަން ޢިއްޒައްދީނާއި އައްސުލްޠާނުލް
ޙާއްޖު ޙަސަން ނޫރައްދީންގެ ރަސްކަމުގެ ދުވަސްވަރު 1213-1173ހ.)ގައެވެ.]
ދިވެހި މުއައްރިޚު މުޙައްމަދު އިބްރާހީމް ލުޠުފީ އަކީ
މުޡުހިރުއްދީން ރަދުންގެ، މުޙައްމަދު މަނިކުފާނުގެ، މޫސާ
މަނިކުފާނުގެ، ކޮނޑޭ ޢަލިމަނިކުފާނުގެ ހުޅެދޫދީދީ(އ)ގެ، ޢާއިޝާ ދީދީގެ، ފިޔޯރީ
ދޮންދީދީގެ، އިބްރާހީމް ދީދީގެ ބޭފުޅެކެވެ.
އަދިވެސް
މުއައްރިޚު މުޙައްމަދު އިބްރާހީމް ލުޠުފީ ލިޔުއްވުމުން ބޭނުންތެރި ކަންކަމެއް
އެނގެއެވެ. އޭނާ ލިޔުއްވާފައިވެއެވެ.
[ތާރީޚުން އެގޭގޮތުގައި
އިބްރާހީމް މުޡުހިރުއްދީންރަދުންގެ ހުންނެވީ އެންމެ ފިރިހެން ބޭފުޅެކެވެ. އެއީ މުލަކު މުޙައްމަދު މަނިކުފާނެވެ.
ނަމަވެސް މުލަކު "ކަރިއްޔާ"އިން ފެނުނު ލިޔުމެއްގައިވަނީ
"ބޮޑުކިލެގެފާނު (މުޡުހިރުއްދީން ރަދުން)ގެ ދަރީނީ،
މުޙައްމަދު މަނިކުފާނު، ބޮޑު ޢާއިޝާފާނު. ބޮޑުޢާއިޝާފާނުގެ
ދަރީނީ ދެއްވަދޫ މީހުން" މިފަދައިންނެވެ. އަދި މިހައިތަނަށް
ބޮޑު ޢާއިޝާފާނުގެ ދަރިކޮޅު ހޯދައި ބެލިފައިނުވެއެވެ. ނަމަވެސް
މުޙައްމަދު މަނިކުފާނުގެ ދަރިކޮޅު ފާހަގަ ކުރެވެއެވެ. މުޙައްމަދު މަނިކުފާނުގެ ތިއްބެވިކަން އަދި އެގި ޘާބިތުވެފައިވަނީ 4
ބޭފުޅުންނެވެ. އެއީ ޙަސަން މަނިކުފާނާއި، ޢަލިމަނިކުފާނާއި
ކޮނޑޭ މޫސާ މަނިކުފާނާއި އާމިނާ
މަނިކެފާނެވެ. ޙަސަން މަނިކުފާނުގެ ދަރިކޮޅުވަނީ "ހުޖުބު"ވެފައެވެ. ޢަލިމަނިކުފާނާއި އާމިނާ މަނިކުފާނުގެ ދަރިކޮޅު އަދި
ހޯދިފައި ނުވެއެވެ. މިއަދާއި ހަމައަށް ފާހަގަކުރެވެނީ މޫސާ
މަނިކުފާނުގެ ކޮނޑޭ ޢަލިމަނިކުފާނުގެ ދަރިކޮޅެވެ. މޫސާ
މަނިކުފާނުގެ މުޙައްމަދު މަނިކުފާނުގެ ދަރިކޮޅުވެސްވަނީ
"ނަޑާލި"ވެފައެވެ. މުލަކު އަލްގެދަރު މިސްކިތުގެ އުތުރު ފަރާތުގައި ވެލިގަލުން ހަދާފައިހުރި ބިސްތާނައަކީ ދައިގަޑު
ގަނޑުވަރު ބޭފުޅުންނަށް ޚާއްޞަކުރެވިފައިވާ
ތަނެއްކަމުގައި ބުނެވެއެވެ. އެ ބިސްތާނައިގައި
ހުރި މަހާނަގަލުގެތެރެއިން ކިޔަން އެގެނީ ދައިގަޑު ގަޑުވަރު ޙަސަން
މަނިކުފާނުގެ މަހާނަގަލެވެ. އޭގައިވަނީ " ދައިގަޑު ގަޑުވަރު ޙަސަން ބުނު މުޙައްމަދު ބުނު އައްސުލްޠާނު އިބްރާހީމް
އިސްކަންދަރު . . . ." މިފަދައިންނެވެ.]
މުޙައްމަދު މަނިކުފާނު ކޮނޑޭގައި ހުންނެވި ގެ "ކޮނޑޭ
ތިރުގަނޑުވަރު"ގެ ނަމުގައި މަޝްހޫރުވެފައި
ވެއެވެ. އެގަނޑުވަރު ހުރީ ކޮނޑޭ ކުރީގެ ހުކުރުމިސްކިތް ސަރަޙައްދުގައެވެ.
މީގެ އިތުރަށް އެ ޢާއިލާގެ ބޭފުޅުން "ކޮނޑޭ އެއްގަމުގަނޑުވަރު"
ވެސް ހެއްދެވި އެވެ. އެއީ ކުރީގެ ގަނޑުވަރުގެ އިތުރަށް މުޙައްމަދު
މަނިކުފާނުގެ މޫސާ މަނިކުފާނުގެ ޢަލިމަނިކުފާނުގެ ބޭފުޅުން ތިއްބެވުމަށް
ކަމަށް ވުން އެކަށީގެންވެއެވެ. މި ތަން ހުރީ މިހާރު ކޮނޑޭއޮފީސް
(ކައުންސިލް އިދާރާ) ހުރި ތާނގައެވެ.
ކޮނޑޭގައި ހުރި ދެ ގަނޑުވަރުގެ ދޭތެރޭ ރުއްގަސް ހުރި (ބަންޑާރަ)
ބިމެއްގައި ޝަމްސުއްދީން ރަދުންގެ ރަސްކަމުގެ
ދުވަސްވަރު، ކޮނޑޭ އިސްމާޢީލް ދީދީ (ދާރުއްސަލާމް،
އިބްރާހީމް އިސްމާޢީލްދީދީގެ ބައްޕަ) ގެއެއް އެޅުއްވިއެވެ. އެދުވަސްވަރު
ބަންޑާރަ ބިމުގައި ރުއްގަސް ހައްދައި އެތަކެތިން ސަރުކާރަށް ބައެއް
(ނަފާ) ލިބެއެވެ. މިހެންވުމުން އެފަދަ ބަންޑާރަ ބިމެއްގައި އިސްމާޢީލް
ދީދީ ގެއެއް އެޅުއްވުމުން އެޝަކުވާ ރަދުންގެ އަރިހަށް މާލެއަށް ހިނގައްޖެއެވެ. ލަހެއްނުވެ އިސްމާޢީލް ދީދީ މާލެ
ގެންދަވައިފިއެވެ. އަދި ބަނޑޭރިގޭގައި އޭނާއާއި ބޮޑުވަޒީރު އިބްރާހީމް
ދޮށިމޭނާ ކިލެގެފާނު އަމިއްލަފުޅަށް ސުވާލު ކުރެއްވިއެވެ.
ޖަވާބުގައި އިސްމާޢީލް ދީދީ ކިލެގެފާނަށް
ދެންނެވީ ކުރީގެ "ދެގަނޑުވަރު" ދޭތެރޭ އޮތް ހުސްބިމަކަށް ވީމާ ގެއެއް އެޅުއްވީ ކަމަށެވެ. ކިލެގެފާނު މިވާހަކަ އައްސަވައި
ރަދުންނަށް ވެސް ދެންނެވިއެވެ. އެއަށްފަހު އޭރު
ހަމަޖެހިފައިވާ އުޞޫލާއި އެއްގޮތަށް އެގޭގެ (ގޯތީގެ)
ކަންތައް އިސްމާޢީލް ދީދީއަށް ނިންމަވައި ދެއްވިއެވެ. މިއީ މިކަން
ވެދާނެކަމަށް ކުރިން ވެސް އިސްމާޢީލް ދީދީ ބެއްލެވި ގޮތެވެ.
އިސްމާޢީލް ދީދީ އަކީ މުޡުހިރުއްދީން ރަދުންގެ، މުޙައްމަދު
މަނިކުފާނުގެ، މޫސާ މަނިކުފާނުގެ، ކޮނޑޭ ޢަލިމަނިކުފާނުގެ،
ޢުމަރު ދީދީގެ، އިބްރާހީމް ދީދީގެ، ބޭފުޅެކެވެ.
ޝަމްސުއްދީން ރަދުންނާއި އަދި އިބްރާހީމް ދޮށިމޭނާ ކިލެގެފާނުގެ
އަނބިކަނބަލުން (އަޙުމަދު ދޮށިމޭނާ ކިލެގެފާނުގެ މަންމާފުޅު)
މަރިޔަމް ޅަދީދީ އަކީ ކޮނޑޭ އިސްމާޢީލް ދީދީ
އާއި ޢާއިލީގޮތުން ގުޅޭ ބޭފުޅުންނެވެ. ނަމަވެސް ދިމާވި މައްސަލަ
ނިންމެވީ ޤަވަޢިދާ އެއްގޮތަށެވެ. އެއާއި ފުށުއަރާ ގޮތަކަށް ނޫނެވެ.
މުޡުހިރުއްދީން ރަދުންގެ ދަރިކަލުން މުޙައްމަދު މަނިކުފާނުގެ ދަރިކަލުން
މޫސާ މަނިކުފާނު ކައިވެނިކުރެއްވީ ވާދޫ ގައްދަނޑުގެ ޢުސްމާނު
މަނިކުފާނުގެ ދަރިކަލުން މުޙައްމަދު
މަނިކުފާނު (ވާދޫ ގައްދަނޑު މަނިކުފާނު) ގެ ދަރިކަނބަލުން ސަންފާ
މަނިކެފާނާ އެވެ. ލިބިވަޑައިގަތީ ކިތައް ބޭފުޅުންކަމެއް އެނގެން ނެތެވެ. ނަމަވެސް ދަރިފަސްކޮޅު ހިނގާފައިވާކަން އެނގޭ
ދަރިކަލަކީ މި ޢަލިމަނިކުފާނު (ކޮނޑޭ ޢަލިމަނިކުފާނު)
އެވެ.
ފެންނަން ހުރި ލިޔުންތަކުން ހުވަދުއަތޮޅުގައި މަނިކުފާނު
ކިޔައިފައިވާކަން އެނގެނީ ވާދޫ ގައްދަނޑު
ޢާއިލާގެ ޢުސްމާނު މަނިކުފާނާއި ހަމައިންނެވެ. މިއީ އެންމެ ކުރިން
ހުވަދުއަތޮޅުގައި މަނިކުފާނު ކިޔާފައިވާ ބޭފުޅަކަށް ނުވެދިޔުން އެކަށީގެން ވިޔަސް މަނިކުފާނު ކިޔާފައިވާނީ ޢުސްމާނު
މަނިކުފާނުގެ ޢާއިލާގެ ބޭފުޅަކަށް ކަމަށް ބެލެވެ އެވެ.
އެދުވަސްވަރު ހުވަދުއަތޮޅުގައި "ގައްދަނޑުގެ"
ނޫން އެހެން ޢާއިލާއެއްގެ މީހަކަށް މަނިކުފާނު ކިޔާފައި ނެތެވެ.
ނަމަވެސް ގައްދަނޑުގެ ޢާއިލާއާއި ވެސް ގުޅޭ ކޮނޑޭ ޢަލިމަނިކުފާނަށް ފަހު އެދުވަސްވަރު "މަނިކުފާނު" ކިޔަމުން
ގޮސްފައި ނުވެއެވެ. އޭގެފަހުން ތިއްބެވީ
"ދީދީ"ންނެވެ.
އޭގެފަހުން ހުވަދުއަތޮޅުން ފެނުނު "މަނިކުފާނު" އަކީ
އަހަރުތަކެއްގެ ފަހުން މާލެއާއި އައްޑުވާއި
ފުވައްމުލަކުން ހުވަދުއަތޮޅަށް ހިޖުރަކުރެއްވި ބޭފުޅުންނާއި އެ ބޭފުޅުންގެ ޢާއިލާއެވެ.
ކޮނޑޭ ޢަލިމަނިކުފާނަށް އެކި ބަނޑުގައި ލިބިވަޑައިގަތްކަމަށް
ބުނެވޭ 11 ބޭފުޅުންގެ ތެރެއިން 10 ބޭފުޅެއްގެ ޢާއިލާ
މިހާތަނަށް ހޯދިފައިވެއެވެ. އެ ޢާއިލާތައް
ހުވަދުއަތޮޅުގެ ގިނަ ރަށްރަށާއި އެނޫން ވެސް ރާއްޖޭގެ ބައެއް ރަށްރަށުގައި އެބަވެއެވެ. މީގެއިތުރަށް އައްޑުއަތޮޅާއި
ފުވައްމުލަކާއި މާލޭގައި ވެސް އެ ބޭފުޅުންގެ ޢާއިލާ ވެއެވެ.
ޢަލިމަނިކުފާނު އެންމެފުރަތަމަ ކާވެނިބެއްލެވީ އައްސުލްޠާނު މުޙައްމަދު
ޣިޔާޘުއްދީންގެ ދަރިކަލުން އަލްއަމީރު އިބްރާހީމް
ފާމުލަދޭރި ކިލެގެފާނުގެ ދަރިކަނބަލުން ޢާއިޝާ ދީދީ
(ދޮށީދީދީ) އާ އެވެ. މި ދީދީއަށް ދެ ބޭފުޅުން ލިބިވަޑައިގަތުމަށް
ފަހު ފާމުލަދޭރިކިލެގެފާނުގެ އެދިވަޑައިގަތުމުގެމަތިން ދޮށީދީދީ
ވަރިކުރައްވައި މުލަކަށް ފޮނުއްވެވިއެވެ. އެއަށްފަހު އެދީދީ ކައިވެނިބެއްލެވީ
އައްޑޫ މީދޫ ގަނޑުވަރު މުޙައްމަދު ތަކުރުފާނާއެވެ. ތަކުރުފާނަކީ
އަލްޤާޟީ މުޙައްމަދު ޝަމްސުއްދީނުގެ ނާއިބު ޙަސަންގެ ދަރިކޮޅުގެ
ޢިލްމުވެރިއެކެވެ. މި ދެމަފިރިކަނބަލުންނަށް ޙަސަން ދީދީ، އަޙުމަދު
ދީދީ، ކަތްދާ ދީދީ، އާމިނާ ދީދީ ލިބިވަޑައިގެން އެ ބޭފުޅުންގެ ޢާއިލާ އުފެދިފައިވެއެވެ.
މުއައްރިޚު މުޙައްމަދު އިބްރާހީމް ލުޠުފީ ލިޔުއްވަނީ [ބުނެވޭގޮތުގައި
ކޮނޑޭ ޢަލިމަނިކުފާނަކީ ޝާހީވަންތަކަން ގަދަ ބާރާއި ނުފޫޛުހުރި
ޝަޚުޞިއްޔަތެކެވެ. ކަޑިބަޑީގެ ހެވިކަމަށް އަރާހުންނެވި
ބޭފުޅެކެވެ. އޭނާގެ ދަރިކޮޅަށް ހުވަދުއަތޮޅުގެ
ވަރަށްގިނަ ރަށްރަށް ވަޤުފުކުރެވިފައި ހުއްޓެވެ. ޢަލިމަނިކުފާނު
އަވަހާރަވެ ވަޅުފުޅުލެވިފައި ވަނީ (އޭނާގެ މަންމާފުޅު ގައްދަޑުގޭ
ސަންފާމަނިކުފާނުގެ ރަށް) ވާދޫގެ ހުކުރުމިސްކިތު ޤަބުރުސްތާނުގަ އެވެ.]
ޙާޖީ ބަންޑާރައިން (ޣިޔާސުއްދީން ރަދުން)ގެ އިބްރާހީމް
ފާމުލަދޭރި ކިލެގެފާނުގެ ޢާއިޝާދީދީ (ދޮށީދީދީ) އާއި ކޮނޑޭ
ޢަލިމަނިކުފާނާއި ކައިވެނިކުރައްވައިގެން ލިބިވަޑައިގަތީ
ދޮންދީދީ (ކޮނޑޭދީދީ) އާއި މުޙައްމަދުދީދީ (ތުއްކަލާދީދީ) އެވެ.
ހުވަދުއަތޮޅުގެ ދެކުނުބައިގެ މިހާރު މީހުން ނޫޅޭ ރަށެއްކަމަށްވާ
ކެރެއްދޫގެ ނާއިބު ތަކުރުފާނާއި ވާރުލޫ (ހުޅުވާރުލޫ)
ބޭކަނބަލަކާއި ދެ ބޭފުޅުންގެ ދަރިކަނބަލުން
ވާރުލޫދީދީ އާއި ޢަލިމަނިކުފާނު، ކައިވެނިކުރައްވައިގެން ޒުލޭޚާ
ދީދީ، މޫސާ ދީދީ، ހުޅެއްދީދި (ހުޅެދޫދީދީ) ލިބިވަޑައިގެން މިބޭފުޅުންގެ
ޢާއިލާ އުފެދިފައިވެއެވެ.
ކޮނޑޭ "އެތެރެކެބަ"ގެ ބޭފުޅަކާއި
ޢަލިމަނިކުފާނު ކައިވެނިކުރައްވައިގެން ލިބިވަޑައިގަތް
ޢާއިޝާ ދީދީ، ޢުމަރު ދީދީ، ޙަސަން ދީދީ ގެ ޢާއިލާ އެނގެން އެބައޮތެވެ. ޢުމަރުދީދީ އާއި އޭނާގެ ދެ ބޭފުޅުންކަމަށްވާ
މުޙައްމަދު ދީދީ އާއި ޢަލިދީދީގެ މަހާނަގަލުގެ ލިޔުން ކޮނޑޭ
މާލި މިސްކިތުގެ ޤަބުރުސްތާނުން ހޯއްދަވައި
މުއައްރިޚު މުޙައްމަދު އިބްރާހީމް ލުޠުފީ ލިޔުއްވާފައި ވެއެވެ. ޢުމަރު ދީދީ އަވަހާރަވީ 8 ރަޖަބު 1135ހ. ގައެވެ.
("ކެރެއްދޫ އާއި
ވާރުލޫއަކީ ހުވަދުއަތޮޅު (ދެކުނުބައި) ގައި ކުރިން މީހުން އުޅުނު ރަށްރަށެވެ. ދޮންބަންޑާރައިންގެ ޒަމާނުގައި
ހުވަދުއަތޮޅުގައި މީހުން އުޅުނު 70 އަށް ވުރެ ގިނަ ރަށްރަށް ހުރިކަމަށް
ބުނެވެއެވެ. އެދުވަސްވަރަކީ ފަޅުރަށްރަށް
ލިޔުއްވައިގެން އުޅުނު ބައެއް މީހުން އެމީހެއްގެ ޢާއިލާއާއި ގާތް
ބަޔަކުވެސް އެރަށްރަށަށް ގެންގޮސްގެން ވަޒަންވެރިވެ އުޅުނު ޒަމާނަކަށްވާތީ
މީހުން އުޅުނުކަމަށް އެބުނާ 70 ރަށުގެތެރޭ އެފަދަ ރަށްރަށް ހުރުމަކީވެސް
ވެދާނެ ކަމެކެވެ. ނަމަވެސް 1836މ. ގައި ހުވަދުއަތޮޅުގައި މީހުންއުޅުނު
30 ރަށް އޮތްކަމަށްވެ އެވެ. އޭގެކުރިން ހުވަދުއަތޮޅުގެ މަދުވެގެން
39 ރަށުގައި މީހުން ދިރިއުޅެފައިވާކަން އެރަށްރަށުގައި ހުރި ތަރަހަތަކުންނާއި،
ޤަބުރުސްތާން، އަދި ވަޅު، ވެއުފަދަ ތަންތަނުން ސާބިތުކޮށްދެއެވެ.
އޭގެތެރެއިން އެކި ސަބަބުތަކާ ހުރެ މިހާތަނަށް ފަޅުވެފައިވާ
ރަށްރަށަކީ ކާޑެއްދޫ، ކާށިހުޅުދޫ، ކެރަމިންތާ، ދެޔަނިގިއްލާ، ހެވާހުޅޫދޫ، ކަޅުހިނގިއްލާ، ފޮނަހިގިއްލާ، ކަނަންދޫ، މާދޫ، މީހުންތިބޭހުއްޓާ، އާކިރާހުއްޓާ، ކެރެއްދޫ، މާނައިދޫ، މަގުއްދޫ، ގަން، ހުޅުވާރުލު، މާވާރުލު، ކޫއްޑޫ، ހަވޮއްޑާ، އަދި ދިޔަދޫއެވެ.
ދިޔަދޫ ފަޅުވީ އެރަށުގެ މީސްކޮޅު މަދުވުމުން ރަށުގައި
ދެންތިބި މީހުން މީހުންއުޅޭ އެހެން ރަށްރަށުގައި
ސަރުކާރުން ވަޒަންވެރި ކުރުވުމުންނެވެ.
ވާރުލޫ (ހުޅުވާރުލޫ) ގައި ދިރިއުޅުނު މީހުން ރަށުން
ފައިބައި ރަށުން މީހުން ހުސްވާން ޖެހުނު ދެ ސަބަބެއް ހުވަދުއަތޮޅުގެ
އެޒަމާނުގެ މީސްމީހުންގެ ފަރާތުން
ނަގުލުވަމުން އައިސްފައިވެއެވެ. ފުރަތަމަ ސަބަބަކީ
އެޒަމާނުގައި މުޅި ރާއްޖެއިން އަންހެނުން ރީތިކަމަށް މަޝްހޫރު ރަށަކަށް ވާރުލޫ ވުމުން އެހެން ރަށްރަށުން މީހުން ގޮސް
ވާރުލޫ އަންހެނުންނާއި ކައިވެނިކޮށްގެން އެމީހުންގެ
ރަށްރަށަށް ގެންދިޔުމެވެ. މިކަމުގެ ސަބަބުން
ވާރުލޫއިން އަންހެނުން މަދުވަމުންދާ ކަމާއި އެހާގިނައިން އަންހެނުން
އެރަށް ދޫކޮށް ދާން ޖެހެނީ އަންހެނުންނާއި އެއްވަރަށް އެރަށުގެ ފިރިހެނުން ރީތިނުވުމުން ކަމަށް އަތޮޅާ ބެހޭ އިހުގެ
ވާހަކަތަކާއި ލިޔުންތަކުން އެނގެއެވެ. އެދުވަސްވަރު
ހަވަރުތިނަދޫގެ ތަނަވަސް ފޯރުންތެރިން ވެސް
ވާރުލޫ ބޭކަނބަލުންނާއި ކައިވެނިކުރައްވައިގެން ހަވަރުތިނަދޫއަށް
ގެންދަވައި ޢާއިލާ އުފެދިފައިވެއެވެ. ހަވަރުތިނަދޫ ބޮޑުކައްތި
ކަލަހާނު (ބޮޑުކަތީބު ކަލޭގެފާނު) ކައިވެނި ކުރެއްވީ ވާރުލޫ ދޮންބީފާނާ
އެވެ.
ވާރުލޫ ފަޅުވި ދެވަނަ ސަބަބަކީ ވާރުލޫގެ އިސް ދެ ފަރާތެއްގެ
މެދުގައި އުފެދުނު ބޮޑު ފިތުނަވެރި (ފަންޑިތަ ހާހޫރަ) ކަމަކާއި
ގުޅިގެން ގިނަބަޔަކު ރަށް ދޫކޮށް އެހެން
ރަށްރަށަށް ހިޖުރަ ކުރުމެވެ. ގިނަމީހުން ދިޔައީ ގައްދޫއާއި ކަނޑުހުޅުދޫއަށެވެ.")
ހުވަދުއަތޮޅުގައި
ފުރަތަމަ "ދީދީ" ކިޔާފައިވަނީ ކޮނޑޭ ޢަލިމަނިކުފާނުގެ
ދޮންދީދީ (ކޮނޑޭދީދީ) އަށެވެ. ދޮންދީދީގެ މަންމައަކީ ޙާޖީ ބަންޑާރައިންގެ
ކިލެގެފާނުގެ ޢާއިޝާދީދީ އެވެ. ރާއްޖޭގައި ފުރަތަމަ ދީދީ ކިޔާފައިވާކަމަށް
އެނގޭ ކީހި އިބްރާހީމްދީދީ އާއި ދޮންބީނާގޭ އާމިނާދީދީ އާއި
ދެބެއިންނަކީ މިދެންނެވި ދޮންދީދީ (ކޮނޑޭދީދީ) އާއި ވަރަށްތިމާގެ ބޭފުޅުންނެވެ. ކީހި އިބްރާހީމްދީދީ އާއި ދޮންބީނާގޭ
އާމިނާދީދީގެ ބައްޕައަކީ މުޡުހިރުއްދީން ރަދުންނާއި
އެއްބަނޑު ޙަސަން ހޮޅި ހަކުރާމަނިކުފާނުގެ، ވީރު ޢަލީ
ދޮށިމޭނާކިލެގެފާނެވެ. މަންމައަކީ އިބްރާހީމް
ރަސްގެފާނުގެ، ސަންފާ ރަންދި ކަނބާފާނެވެ. (އިބްރާހީމް ރަސްގެފާނާއި
މުޡުހިރުއްދީން ރަދުންގެ މަންމާފުޅާއި ދެބެންގެ ދެދަރިއެވެ. އަދި އިބްރާހީމް ރަސްގެފާނު ކައިވެނިފުޅު ކުރައްވައިގެން ހަބޭފުޅުން
ލިބިވަޑައިގެންނެވި ޢާއިޝާ ކަނބާފާނަކީ މުޡުހިރުއްދީން
ރަދުންނާއި އެއްބަނޑު ފާޠިމާ މާވާކިލެގެފާނުގެ،
ދަރިކަނބަލުންނެވެ. މަޝްހޫރު ޙާޖީ ބަންޑާރައިންނަކީ އިބްރާހީމް
ރަސްގެފާނާއި ޢާއިޝާ ކަނބާފާނުގެ ބޭފުޅެކެވެ.)
ކޮނޑޭ ޢަލިމަނިކުފާނާއި ޙާޖީ ބަންޑާރައިންގެ އިބުރާހީމް
ފާމުލަދޭރި ކިލެގެފާނުގެ ޢާއިޝާދީދީ
(ދޮށީދީދީ) އަށް ލިބިވަޑައިގަތް ދޮންދީދީ (ކޮނޑޭދީދީ) އާއި ކައިވެނިކުރެއްވީ
ދެއްވަދޫ ގަނޑުވަރު ދޮންދަލޭކާ ކަނބުލޭގެފާނުގެ ޙަސަން މަނިކުފާނު
(ތުއްކަލާ) އެވެ. ދެއްވަދޫ ގަނޑުވަރު ދޮންދަލޭކާ ކަނބުލޭގެފާނުގެ
މަންމަ މަރިޔަމް ކަނބުލޭގެފާނަކީ ދެއްވަދޫ ދޮންދަލޭކާ ކަނބުލޭގެފާނުގެ
ބޭފުޅެކެވެ. ދޮންދީދީ (ކޮނޑޭދީދީ) އާއި ޙަސަން މަނިކުފާނު (ތުއްކަލާ)އަށް
ލިބިވަޑައިގަތް ބޭފުޅުންނަކީ މުޙައްމަދުދީދީ (ތުއްކަލާގެ، ދީދީ)
އާއި އަދި *އިބްރާހީމްދީދީއެވެ. މުޙައްމަދުދީއަށް ލިބިވަޑައިގަތް ބޭފުޅަކީ ޢާއިޝާދީދީ އެވެ. ޢާއިޝާދީދީ ކައިވެނިފުޅު
ކުރެއްވީ ވިލިގިލީ ޚަޠީބު ދޮންމަނިކުފާނާއެވެ. މިއީ ކޫއްޑޫ
ޢީސާޚަޠީބުގެ ވިލިގިލީ ދޮންޢަލިތަކުރުފާނު ޚަޠީބުގެ ދަރިކަލެކެވެ.
ވިލިގިލީ ދޮންޢަލިތަކުރުފާނު ޚަޠީބުގެ ތިން
އަނބިކަނބަލަކަށް ބޭފުޅުން ލިބިވަޑައިގެންފައިވެއެވެ. އޭނާ ކުނބުރުދޫ
ދޮންތަކުރުގެ ދޮންފާޠިމާއާ ވެސް ތަންކޮޅެއްކުރިން ކައިވެނިކުރެއްވިއެވެ.
ދޮންތަކުރަކީ ޙާޖީ ބަންޑާރައިން ކަނޑުލައި ޝަހީދުކުޅަ
ޙާދިޘާގައި ބައިވެރިވި ތުނބުޅިގޯތީ ކުދިންނާއެކީ އެދޯނީގެ ހުންގާނުގައި
ހުރި މީހާއެވެ. އޭގެ އިނާމަކަށް ރަސްކަމުގެ ފަރާތުން އޭނާއަށް ދެއްވީ ހުވަދުއަތޮޅުގެ ވާރެވެ. ދޮންތަކުރު ހުވަދުއަތޮޅަށް
އައިއިރު އޭނާއާއެކީ އަޅެއްފަދަ ޅަވަރެއްގެ
އިންސާނަކު ގެނައެވެ. އެއީ މާލޭ ތުބުޅިގޯތީ
ކުއްޖެއްކަމަށް ބުނެއެވެ. މީނާއަށް ހުވަދުއަތޮޅުގެ މީހުން ކިޔައިއުޅުނީ
"އުތުރުކޮއްޔާ" (އުތުރުކޮއި) އެވެ. ދޮންފާޠިމާގެ މަންމައަކީ ދޮންތަކުރު ހުވަދޫ ވާރުވެރިއަކަށް ހޯޑެއްދޫގައި ހުރެގެން
ކައިވެނިކުރި ހުވަދޫ މީހެކެވެ. އެދުވަސްވަރު
ހުވަދުއަތޮޅުގެ ވާރު (އަތޮޅުވެރިކަން) ކުރަނީ
ހޯޑެއްދޫގައެވެ.
ކޮނޑޭ ޢަލިމަނިކުފާނާއި ޙާޖީ ބަންޑާރައިންގެ އިބްރާހީމް
ފާމުލަދޭރި ކިލެގެފާނުގެ ޢާއިޝާދީދީ
(ދޮށީދީދީ) އަށް ލިބިވަޑައިގަތް މުޙައްމަދުދީދީ (ތުއްކަލާދީދީ) ކައިވެނިކުރެއްވީ ދެއްވަދޫ ގަނޑުވަރު ދޮންދަލޭކާ
ކަނބުލޭގެފާނުގެ އާމިނާ މަނިކެފާނާއެވެ. މުޙައްމަދުދީދީ
ތުއްޕުޅުއިރު މަންމަ (ޢާއިޝާދީދީ) އާ އެކީ ފުވައްމުލަކަށް
ވަޑައިގަތުމަށްފަހު މަންމަ އައްޑުއަތޮޅު މީދޫއަށް ދިރިއުޅުއްވުމުން
ބަދަލުކުރެއްވުމުން މުޙައްމަދުދީދީ ހުންނެވީ މާފާފުޅު (މަންމަގެ ބައްޕަ)
ފާމުލަދޭރިކިލެގެފާނުގެ އަރިހުގައި މުލަކު "ކަރިއްޔަ" ގައެވެ. މުޙައްމަދުދީދީ ދެއްވަދޫއަށް ވަޑައިގެން ދެއްވަދޫ
ގަނޑުވަރު އާމިނާމަނިކެފާނާއި ކައިވެނިކުރެއްވީ
މުޙައްމަދުދީދީގެ ދައްތަ ދޮންދީދީ (ކޮނޑޭދީދީ)
އެދިވަޑައިގެންނެވެ.
މުޙައްމަދުދީދީ
އާއި ދެއްވަދޫ ގަނޑުވަރު އާމިނާމަނިކެފާނާއި
ކައިވެނިކުރައްވައިގެން ލިބިވަޑައިގަތް ބޭފުޅުންގެތެރޭ ދޮންދީދީގެ
ޢާއިލާ އެބަ ވެއެވެ. މިދޮންދީދީއާއި ފުރަތަމަ ކައިވެނިކުރެއްވީ އޭނާއާއި
ދެފަރާތުން ދެބެންގެ ދެދަރި (މަތީގައިވާ) *އިބުރާހީމް ދީދީއެވެ.
ލިބިވަޑައިގަތީ ދެއްވަދޫ ގަނޑުވަރުދީދީ(އ)، ޒަކަރިއްޔާދީދީ އެވެ. އޭގެފަހުން ދޮންދީދީ
ހައްދުންމަތީ މުންޑޫ ހައްދަރައްގޭ ޙުސައިން ކަލޭގެފާނާއި
ކައިވެނިކުރައްވައިގެން *އިސްމާޢީލްދީދީ
ލިބިވަޑައިގަތެވެ. ހައްދުންމައްޗާއި ކޮޅުމަޑުލާއި އެހެން ބައެއް
ދިމަދިމާލުގައި އުފެދިފައިވާ "ދެއްވަދޫ އިސްމާޢީލްދީދީ"ގެ ޢާއިލާގެ ފެށުމަކީ މަތީގައިވާ (ޙާޖީބަންޑާރައިންގެ ދަރިކޮޅުގެ) މި
*އިސްމާޢީލްދީދީ އެވެ. އިސްމާއީލްދީދީ ހައްދުންމަތީގައި
އުޅުއްވީ ގަމު ތުނޑީ އަވަށުގައި ކަމަށާއި އޭގެފަހުން މިޢާއިލާގެ ބޭފުޅަކު
މާބައިދޫގައި ވެސް ދިރިއުޅުއްވިއެވެ. ތަންކޮޅެއްފަހުން
ޒަކަރިއްޔާދީދީ އޭނާގެ ބޭބެ އަރިހަށް އެއަތޮޅަށް ވަޑައިގެން އެތާނގައި
އުޅުއްވިއެވެ. ނަމަވެސް ފަހުން ޢާއިލާ އުފެދުނީ ހުވަދުއަތޮޅުގައެވެ.
ހައްދުންމަތީގައި (ޙާޖީބަންޑާރައިންގެ ދަރިކޮޅުގެ) އަދި އެހެން
އިސްމާޢީލްދީދީއެއް ވަޒަންވެރިވެ އުޅުއްވިއެވެ. މި އިސްމާޢީލްދީދީ
އަކީ ޙާޖީ ބަންޑާރައިންގެ އިބްރާހީމް
ފާމުލަދޭރިކިލެގެފާނުގެ ކަރެއްޔަ ޙަސަންދީދީގެ ބޭފުޅެކެވެ.
ދެއްވަދޫގަނޑުވަރު ޢާއިލާގެ ދެބޭފުޅަކާއި ކައިވެނިކުރެއްވި ދޮންދީދީ
(ކޮނޑޭދީދީ) އާއި މުޙައްމަދުދީދީ (ތުއްކަލާދީދީ) އަކީ
މުޡުހިރުއްދީން ރަދުންނަށް ހޫރުކާފަ (ކާފަގެ ކާފަ) އަދި
ޙާޖީ ބަންޑާރައިންނަށް މުނިކާފަ (ބައްޕަގެ ކާފަ) ވިދާޅުވާ
ބޭފުޅުންނަށްވީމާ އެބޭފުޅުން ދެއްވަދޫ ގަނޑުވަރުގެ ބޭފުޅުންނާއި ކައިވެނިކުރައްވައިގެން ލިބިވަޑައިގެންނެވި ބޭފުޅުންގެ
ދަރިފަސްކޮޅު ހިމެނިގެންދަނީ ޝަމްސުއްދީން ފަނޑިޔާރު
ތަކުރުފާނުގެ ދަރިކޮޅާއި އަބޫބަކުރު ފަނޑިޔާރު
ތަކުރުފާނުގެ ދަރިކޮޅާއި އިސްދޫ ދަރިކޮޅާއި އަދި ދިޔަމިގިލީ ދަރިކޮޅުގެ
ބޭފުޅުންނަށެވެ. މިދަރިކޮޅު މިހާރު ހުވަދުއަތޮޅުގެ ރަށްރަށުގައި ވެއެވެ.
1961 ހާ ތާނގައި
މާލޭ ޤައުމީހޮޓެލުން ހައްދުންމަތީ މާބައިދޫގެ ބޭފުޅަކާއި ބައްދަލުވެ
"ތިމަންނާމެންގެ ދެއްވަދޫ އިސްމާޢީލްބޭގެ ޢާއިލާގެ ޙާލުއަޙުވާލަކީ
ކޮބައިތޯ" ހަވަރުތިނަދޫ ކަތީބު ޙުސޭންދީދީ (އޮޅަދީދި ކަތީބު)
އެއްސެވީމާ އެބޭފުޅަކު ވިދާޅުވީ "އެބޭފުޅަކީވެސް އެޢާއިލާގެ ބޭފުޅެއް"ކަމަށެވެ. މިބޭފުޅަކީ ވަރަށް
ފަހަކާޖެހެންދެން ވެސް މާބައިދޫގެ ކަތީބަކަށް
ހުންނެވި މުޙައްމަދު ޖަމީލުކަމަށް ފަހުން އެނގިފައިވެއެވެ. މިދެންނެވި
*އިސްމާޢީލްދީދީގެ ހައްދުންމަތީ ޢާއިލާގެ ބައެއް ބޭފުޅުން އެދަރިކޮޅުގެ
ފެށުން އައިސްފައިވާ ގޮތް ހޯއްދެވުމަށް އުޅުއްވައެވެ.
ދެއްވަދޫ ގަނޑުވަރުގައި އުޅުއްވި ބޭފުޅުންނަކީ އަބުރުވެރި މީހުންގެ
އިޙުތިރާމް ލިބިވަޑައިގަތް ބޭފުޅުންކަމަށް ބުނެވެއެވެ.
އަދި އެގަނޑުވަރުގެ އަންހެން ބޭފުޅުންނަކީ
އެބޭފުޅުންގެ މާމާފުޅު އައިސާދިޔޯ ފަދަ "ތޫނުފިލި" ބޭފުޅުންކަމަށްވެސް ބުނެވެއެވެ. އައިސާދިޔޯއަކީ އަބޫބަކުރު ފަނޑިޔާރުތަކުރުފާނުގެ ދަރިކަނބަލެކެވެ. ފިރިކަލަކީ
ޝަމްސުއްދީން ފަނޑިޔާރުތަކުރުފާނުގެ ދަރިކަލުން
އަލްޙާއްޖު ޢަލީތުއްކަލާއެވެ. އިބުރާހީމް ރަސްގެފާނުވެސް
މިގަނޑުވަރަށް ނިސްބަތްވާ ބޭފުޅަކާއި ކައިވެނިފުޅު ކުރެއްވިއެވެ.
ކޮނޑޭ ޢަލިމަނިކުފާނާއި ކިލެގެފާނުގެ ޢާއިޝާދީދީ އާއި
ދެބޭފުޅުނަށް ލިބިވަޑައިގަތް ދޮންދީދީ އާއި
މުޙައްމަދުދީދީ ދެއްވަދޫ ގަނޑުވަރުގެ ބޭފުޅުންނާއި
ކައިވެނިފުޅު ކުރެއްވުމުގެ ކުރިން ޢަލިމަނިކުފާނާއި ޢާއިޝާދީދީ
އާއި ދެބޭފުޅުންވަނީ ވަކިވެވަޑައިގެންފައެވެ. މުއައްރިޚު މުޙައްމަދު
އިބްރާހީމް ލުޠުފީ ލިޔުއްވާފައިވަނީ "ޢަލިމަނިކުފާނު އެންމެފުރަތަމަ
ކާވެނިބެއްލެވީ އައްސުލްޠާނު މުޙައްމަދު ޣިޔާޘުއްދީންގެ ދަރިކަލުން
އަލްއަމީރު އިބްރާހީމް ފާމުލަދޭރިކިލެގެފާނު (ޢަބުދުﷲ)ގެ ދޮށީދީދީއާއެވެ.
މިދީދީއަށް ދެބޭފުޅުން ލިބިވަޑައިގަތުމަށްފަހު ފާމުލަދޭރިކިލެގެފާނުގެ
އެދިވަޑައިގަތުމުގެމަތިން ދޮށީދީދީ ވަރިކުރައްވައި މުލަކަށް
ފޮނުއްވެވިއެވެ." މިގޮތަށެވެ. އެފަހަރު ޢާއިޝާދީދީގެ ބައްޕާފުޅު މާލެއިން މުލަކަށް ވަޑައިގަންނަވަމުން ކޮނޑޭމަތީ ލާބަދޫގެ
ބޭރުގައި އޮޑިކޮޅުގައި ހުންނަވައިގެން ކޮނޑޭއިން
ޢާއިޝާދީދީ އޮޑިކޮޅަށް ގެންނަވައި އެދީދީ ގޮވައިގެން
މުލަކަށް ވަޑައިގަތީއެވެ. ހުވަދުއަތޮޅުގެ ވާރުވެރިއާއަށް ވުރެ
ކިލެގެފާނުގެ ބާރުފުޅު ހުވަދުއަތޮޅުގައިވެސް ގަދަކަން އެދަތުރުފުޅުގައި
އެނގުނެވެ.
ދަރިކޮޅު ނުވަތަ ޢާއިލާ ހިނގަމުން ގޮސްފައިވާ ގޮތް
ދެނެގަތުމަށްޓަކައި އެކަމުގެ ވަސީލަތް ހޯދައި
ލިބިގަންނަން ޖެހެއެވެ. އެވަސީލަތަކީ ދަރިކޮޅާއި ދަރިކޮޅާއި
ގުޅުން ހުރި ފަރާތްތަކަކީ ކޮބައިތޯ އެނގޭނޭ ތަކެއްޗާއި ކަންކަމެވެ.
ލިޔުންތަކެވެ. ދަރިކޮޅުގެ ޗާޓެވެ. ޢާއިލީގަސް (ފެމިލީޓްރީ)އެވެ.
ޢާއިލާ އެނގޭ އިތުބާރު ހުރި ފަރާތްތަކެވެ. އެހެންނޫނީ އެދަރިކޮޅުގެ
މީހެކޭ މީހުން ބުނާ މީހަކީ އޭގެ މީހެއްތޯ، މިވެނިމީހަކު މިވެނިމީހަކާއި
ގުޅޭތޯ، ގުޅޭނަމަ ގުޅެނީ ކޮންގޮތަކަށް ކިހާ ހިސާބަކުންތޯ، މިކަމެއް
ނޭނގޭނެއެވެ.
އާދަމް ޢަލައިހިއްސަލާމްގެ ދެމަފިރިކަނބަލުންނާއި ޢީސާ
ޢަލައިހިއްސަލާމް ފަދަ މަތިވެރިﷲ ގެ ކުޅަދުންވަންތަ ކަމުގެ
ބޮޑުކަމުން އުފައްދަވައި ދުނިޔެއަށް ފޮނުއްވާ ބޭފުޅުން
ފިޔަވައި އެހެން ކޮންމެ އިންސާނަކު ދުނިޔެއަށް އުފަންވުމާއި
ގުޅިފައިވާނޭ ދެމީހެއްވާނެއެވެ. އެއިން ކޮންމެމީހެއްގެ ހަތަރު މަތިފުށުގައި ހަތަރު މީހުން ވާނެއެވެ. އޭގެ މައްޗަށްވެސް
ހަމަ އެގޮތަށެވެ. މިހެންގޮސް ކޮންމެމީހެއްގެ ފެށުން ގުޅޭނީ
އާދަމް ޢަލައިހިއްސަލާމް އާއި ކަމަށް ވިޔަސް
ކޮންމެމީހަކާއި އާދަމް ޢަލައިހިއްސަލާމް އާއި ގުޅިފައިވާ ގޮތް
ހޯދުމަކީ އިލާހީ މަދަދެއްނެތި އާދައިގެ އިންސާނަކަށް ކުރެވޭނޭކަމެއް ނޫނެވެ. ނަމަވެސް އެންމެދުރުން އެނގޭ ހިސާބަކުން
އެމީހަކާއި ހަމަޔަށް އެނގެން އޮތްނަމަ އެކަން ބަލައި
ދެނެގަތުމަކީ ކޮށްއުޅޭ ކަމެކެވެ.
މިލިޔުމުގެ ބޭނުމަށްޓަކައި މުޡުހިރުއްދީން ރަދުންގެ ޢާއިލާއާއި
އެޢާއިލާއާއި ގުޅޭ ބައެއް ބޭފުޅުންނަށް ބަލާލެވިފައި އެވަނީ
އެބޭފުޅުންގެ ހަމައެކަނި އެއްމަތިފުށުން
ނުވަތަ ސިންގަލް ލައިނުންނެވެ. ބަލާލުމުގެ ފަސޭހައަކަށެވެ. ނަމަވެސް
ބޭފުޅެއްގެ ދެ މަތިފުށުން، ތިން މަތިފުށުން، ހަތަރު މަތިފުށުން، ބަލާލައިފިނަމަ އެބޭފުޅަކާއި އިތުރު ބޭފުޅުންނާއި
ގުޅޭނެއެވެ. މިލިޔުމުގެ ބޭނުމަށްޓަކައި މިގޮތަށް ބަލާލެވިފައިވާ
ބޭފުޅުންނަކީ ގިނަ މީހުންނަށް އެނގޭ
ބޭފުޅުންނަށް ވެދާނެކަމަށް ބެލެވޭ ބޭފުޅުންނެވެ. އެނޫން އެހެން ބޭނުމެއް އެކަމުގައި އަޅުގަނޑުގެ ނެތެވެ. މިއީ
މިސިލްސިލާގައި ގެނެސްދެވޭ މުޡުހިރުއްދީން
ރަދުންގެ ޢާއިލާގެ ހުރިހާ ބޭފުޅުން ނޫންކަމާއި ހޯދައި ދެނެގަތުމުގެ
މަރުޙަލާގައިވެސް ބޭފުޅުން ވެދާނެކަމާއި އަދި ޢާއިލާއެއްގެ ވަކި
ބޭފުޅުންތަކެއް ފާހަގަކުރެވިފައި ވުމުން އެޢާއިލާގެ ދެން ތިއްބެވި އެހެން ބޭފުޅުން ހޯދުމަށްވެސް ފަސޭހަވެގެން ދާނެކަން ހަނދުމަކުރެއްވުން އެދެވިގެންވެއެވެ.
"އިސްދޫ
ދަރިކޮޅުން މުޡުހިރުއްދީން ރަސްގެފާނުގެ ޢާއިލާ"ގެ ބައިބައި
"ގަލެހިރި" ސައިޓްގައި ލިޔެފައި މިވަނީ ބައެއް އިންޓަރނެޓް
ސައިޓްތަކުގައި މި ޢާއިލާގެ ބައިބައި ލިޔެފައިވާ ޢަދަދަށްވުރެ ޢަދަދުގެގޮތުން
ގިނައިންނެވެ. އެއީ ސައިޓްގެ ޓެކްނިކަލް ފަސޭހައަކަށްޓަކައެވެ. ނަމަވެސް ޢާއިލީ
ވަނަވަރުތައް ހުންނާނީ އެހެނިހެން ސައިޓްތަކުގައި ވެސް ލިޔެފައިވާގޮތަށެވެ.
ކޮނޑޭ ޢަލިމަނިކުފާނުގެ މުޙައްމަދުދީދީ (ތުއްކަލާދީދީ)، ދެއްވަދޫ ގަނޑުވަރު އާމިނާ
މަނިކުފާނާއި ކައިވެނިކުރައްވައި ލިބިވަޑައިގަތް ދޮންދީދީ އާއި ކައިވެނިކުރެއްވީ އޭނާއާއި ދެފަރާތުން ދެބެންގެ ދެދަރި
*އިބުރާހީމްދީދީ ކަމާއި އެ ދެކަނބަލުންނަށް ލިބިވަޑައިގަތް
ދެއްވަދޫ ގަނޑުވަރުދީދީ(އ) ޒަކަރިއްޔާދީދީގެ ވާހަކަ ދެންނެވިއްޖެއެވެ.
(ޒަކަރިއްޔާދީދީ އޭނާގެ ބޭބެ އިސްމާޢީލްދީދީގެ
އަރިހަށް ހައްދުންމައްޗަށް ވަޑައިގެން އުޅުއްވި ނަމަވެސް ފަހުން
ދިރި އުޅުއްވައި ޢާއިލާ އުފެދުނީ ހުވަދުއަތޮޅުގައެވެ.) ތުއްކަލާދީދީ (މުޙައްމަދުދީދީ)ގެ ދޮންދީއާއި ފަހުން
ކައިވެނިކުރެއްވި މުންޑޫ ހަންދަރައްގޭ
ޙުސައިން ކަލޭގެފާނަށް ލިބިވަޑައިގެންނެވި އިސްމާޢީލްދީދީ ދިރިއުޅުއްވީ
ހައްދުންމަތީގައި ކަމަށް ވެސް ދެންނެވިއްޖެއެވެ. އެ ޢާއިލާ އެ އަތޮޅުގައިވެއެވެ.
(*އިބުރާހީމްދީދީ އަކީ،
ދެއްވަދޫ ގަނޑުވަރު ދޮންދަލޭކާ ކަނބުލޭގެފާނުގެ ޙަސަން މަނިކުފާނު(ތުއްކަލާ)، ކޮނޑޭ ޢަލިމަނިކުފާނުގެ ދޮންދީދީ (ކޮނޑޭދީދީ) އާއި، ކައިވެނިކުރައްވައިގެން ލިބިވަޑައިގަތް 2
ބޭފުޅުންގެތެރެއިން *އިބުރާހީމްދީދީ އެވެ. އަނެއްބޭފުޅަކީ
މުޙައްމަދުދީދީ (ތުއްކަލާގެދީދީ) އެވެ. މި
މުޙައްމަދުދީދީ އަށް ލިބިވަޑައިގަތް ޢާއިޝާދީދީ އާއި ކައިވެނިކުރެއްވީ
ވިލިގިލީ ޚަޠީބު ދޮންމަނިކުފާނު ކަމަށް ވެސް ދެންނެވިއްޖެއެވެ.
ދޮންމަނިކުފާނާއި ޢާއިޝާދީދީގެ ބޭފުޅުންގެތެރެއިން ދޮންދީދީ، ޙަސަންދީދީ،
ފާޠިމާދީދީ، މުޙައްމަދުދީދީ، މޫސާދީދީ، ޢަލިދީދީގެ
ޢާއިލާގެ ގިނަ ބޭފުޅުން މިހާރުވެސްވަނީ ވިލިގިލީގައެވެ.
ދޮންމަނިކުފާނާއި ޢާއިޝާދީދީގެ މަރިޔަމްދީދީ އާއި
ކައިވެނިކުރެއްވީ މާލޭ ބޮއިގަސްދޮށުގޭ މޫސާ ކަލޭގެފާނެވެ.
ލިބިވަޑައިގަތީ އާމިނާދީދީ، ޢާއިޝާދީދީ، ކަތްދާދީދީ އެވެ. އުސްތާޛު
މައުމޫން ޢަބުދުލްޤައްޔޫމް އަކީ ކަތްދާދީދީ އާއި ޝައިޚު ޢަބުދުލް ޤައްޔޫމް ކައިވެނިކުރައްވައިގެން ލިބިވަޑައިގަތް
ބޭފުޅެކެވެ. ކުރިންދެންނެވި މަރިޔަމްދީދީ އާއި
ބޮއިގަސްދޮށުގޭ މޫސާ ކަލޭގެފާނާއި ދެމަފިރިކަނބަލުންގެ
ޢާއިލާގެ ގިނަ ބޭފުޅުންވަނީ މާލޭގައެވެ.
ހައްދުންމަތީގައި ވަޒަންވެރިވެލެއްވި އިސްމާޢީލްދީދީގެ އެއްބަޑު ދެއްވަދޫ
ގަނޑުވަރުދީދީ(އ) އާއި ކައިވެނިކުރެއްވީ ކޮނޑޭ
ޢަލިމަނިކުފާނުގެ މޫސާދީދީގެ އަޙުމަދުދީދީ އެވެ.
ލިބިވަޑައިގަތީ އިސްމާޢީލްދީދީ، ފާޠިމާދީދީ، އިބްރާހީމްދީދީ، މުޙައްމަދުދީދީ، އަދި ޙާޖީދީދީ ނުވަތަ ޅަކޮއި ދީދީއެވެ.
ޙާޖީދީދީގެ ކަޅުތުއްތުދީދީ އަކީ ހަވަރުތިނަދޫގެ
ގޮއިވެރިކަން ކުރެއްވި ބޭފުޅެކެވެ. ފަހުން ވަޒަންވެރިވެލެއްވީ
މާލެ އަތޮޅު ގުރައިދޫގައެވެ. އޭނާގެ ޢާއިލާ އެތާނގައިވެއެވެ.
(މި ޢާއިލާ ގެނެސްދެވޭތޯ މަސައްކަތް ކުރަމުން ގެންދެވެއެވެ.)
(މިހާރުގެ ބައެއް
މީހުން ދެއްވަދޫ ގަނޑުވަރުދީދީ(އ)ގެ ނަން ކުރުކޮށް ކިޔައި ލިޔަނީ "ދެއްވަދޫދީދީ" އެވެ. ނަމަވެސް އެންމެ ކުރިންވެސް
"ދެއްވަދޫދީދީ" ކިޔައި އުޅުނީ ކޮނޑޭ
ޢަލިމަނިކުފާނާއި ޢާއިޝާދީދީގެ ދަރިކަލުން މުޙައްމަދުދީދީ (ތުއްކަލާދީދީ)ގެ
ދޮންދީދީ އަށެވެ. މިނުކުތާ ހަނދުމަކޮށްލެއްވުން އެދެވިގެންވެއެވެ.)
ދެއްވަދޫ ގަނޑުވަރުދީދީ(އ) ގެ އިސްމާޢީލްދީދީ ކައިވެނިކުރެއްވީ
ހަވަރުތިނަދޫ ފޫޅުމާ ދަލޭކާފާނާއެވެ. އިސްމާޢީލްދީދީ އާއި
ދަލޭކާފާނު ދިރިއުޅުއްވީ ހަވަރުތިނަދޫގައެވެ.
އެޢާއިލާ އެރަށާއި އެހެން ބައެއް ރަށްރަށުގައި އެބަވެއެވެ.
މިސިލްސިލާގެ 4ވަނަ ބައިގައި ދަންނަވާފައިވާ މާލޭ ޤައުމީ ހޮޓެލުން
ހައްދުންމަތީގެ ބޭފުޅެއްކަމަށްވާ މުޙައްމަދު ޖަމީލުއާއި ވާހަކަދެއްކެވި
ހަވަރުތިނަދޫ ކަތީބު ޙުސޭންދީދީ (އޮޅަދީދިކަތީބު) ގެ ބައްޕައަކީ
ދެއްވަދޫ ގަނޑުވަރުދީދީ(އ) ގެ އިސްމާޢީލްދީދީގެ މުޙައްމަދުދީދީއެވެ.
ދެއްވަދޫ ގަނޑުވަރުދީދީ(އ) ގެ ފާޠިމާދީދީ އާއި ވާދޫ ގައްދަޑުގޭ
ޙުސައިން މަނިކުފާނު ކައިވެނިކުރައްވައިގެން އުޅުއްވީ
ވާދޫގައެވެ. މިދެމަފިރިކަނބަލުންނަށް އިބްރާހީމްދީދީ
އަދި ކަތްދައިދީ (ޚަދީޖާދީދީ) ލިބިވަޑައިގަތެވެ. މިބޭފުޅުން ލިބިވަޑައިގަތްފަހުން
ޙުސައިން މަނިކުފާނު އަވަހާރަވުމުގެ އާލާސްކަންފުޅުގައި
އޮންނަވަނިކޮށް އޭނާގެ އެދިވަޑައިގަތުމަށް ދެން ފާޠިމާދީދީއާއި
ކައިވެނިކުރެއްވީ ޙުސައިން މަނިކުފާނުގެ ކޮއްކޮ ގައްދަޑުގޭ ޢުސްމާނު
މަނިކުފާނެވެ. ލިބިވަޑައިގަތީ ތުއްތުދީދީ (މަރިޔަމްދީދީ) ސަންފާދީދީ،
އަދި މުޙައްމަދުދީދީ އެވެ. މިހާރު ފެންނަންއޮތް ވާދޫ ގައްދަޑުގެ
ދަރިފަސްކޮޅުގެ ބޮޑުބަޔަކީ ދެއްވަދޫ ގަނޑުވަރުދީދީ(އ) ގެ ފާޠިމާދީދީއާއި
ގައްދަޑުގޭ ދެ ބޭފުޅުންގެ ދަރިފަސްކޮޅެވެ.
ގައްދަޑުގޭ ޢުސްމާނު މަނިކުފާނުގެ ތުއްތުދީދީ (މަރިޔަމްދީދީ)އަކީ ވާދޫ
ތުއްތުކަތީބުގެ މުންނަ (ބައްޕަގެ މަންމަ)އެވެ. ޢުސްމާނު
މަނިކުފާނުގެ އިބްރާހީމްދީދީ ކައިވެނިކުރެއްވީ
ކޮނޑޭ ޢަލިމަނިކުފާނުގެ ހުޅެދޫދީދީ (ހުޅެއްދީދި)އާއި ހަވަރުތިނަދޫ
ދޮންޢަލިތަކުރުފާނު (ހަވަރުތިނަދޫ ޙާޖީ މުޙައްމަދު ކަލޭގެފާނުގެ
ބައްޕައާއި ދެބެންގެ ދެދަރި) ކައިވެނިކުރައްވައިގެން ލިބިވަޑައިގަތް
ބޭފުޅުންގެތެރެއިން އާމިނާދީދީއާ އެވެ. އިބްރާހީމްދީދީ އާއި އާމިނާދީދީއަށް
ލިބިވަޑައިގަތީ މުދިމް މުޙައްމަދުދީދީ، ގައްދަޑުގޭ ދޮންތުއްތުދީދީ(އ)، އަޙުމަދުދީދީ، ދޮންދީދީ އެވެ.
މުދިމް މުޙައްމަދުދީދީ އަށް ދެ ބަނޑަކުން ބޭފުޅުން
ލިބިވަޑައިގަތެވެ. އާމިނާދީދީއާއި ކައިވެނިކުރައްވައިގެން
ދޮންދީދީ އެވެ. ހަވަރުތިނަދޫ ވަލުގޭ ޙަސަންތަކުރުފާނުގެ
ޢާއިޝާފާނާއި ކައިވެނިކުރައްވައިގެން އާމިނާދީދީ، އަޙުމަދުދީދީ
އެވެ. ޑރ. ޢަލީ ލަޠީފުގެ މަންމައަކީ ފަހުން މިދެންނެވި އާމިނާދީދީ
(އާމިނަތު މުޙައްމަދުދީދީ) އެވެ. ބައްޕައަކީ ގައްދަޑުގޭ ޢަބުދުﷲ ލަޠީފެވެ. އާމިނަތު މުޙައްމަދުދީދީ އާއި ކުރިން
ކައިވެނިކުރެއްވީ ހަވަރުތިނަދޫ ޙަސަން ހަބީބެވެ. އެ
ކައިވެނިން ޙަބީބާ ޙަސަން ޙަބީބު ލިބިވަޑައިގަތެވެ.
ގައްދަޑުގޭ ދޮންތުއްތުދީދީ(އ) އާއި މުލަކު ދުޑޭރެ އަޙުމަދުދީދީ ކައިވެނިކުރައްވައިގެން ލިބިވަޑައިގަތީ ގައްދަޑުގޭ
ދޮންދީދީ އެވެ. ދޫޑޭރެ އަޙުމަދުދީދީ އަކީ ޙާޖީ ބަންޑާރައިންގެ
ފާމުލަދޭރިކިލެގެފާނުގެ އަޙުމަދުދީދީގެ ދޫޑޭރެ ޢަލިދީދީ، ޙާޖީ
ބަންޑާރައިންގެ ކިލެގެފާނުގެ ޙުސައިންދީދީގެ
ދޮންދީދީއާއި ކައިވެނިކުރައްވައިގެން ލިބިވަޑައިގަތް އާމިނާދީދީ،
އިބްރާހީމް މަޖުދުއްދީންގެ ދޮންމަނިކުއާއި ކައިވެނިކުރައްވައިގެން
ލިބިވަޑައިގަތް ބޭފުޅެކެވެ.
ގައްދަޑުގޭ ދޮންތުއްތުދީދީ(އ) އާއި ގެދަރު ޢަލިމަނިކު
ކާވެނިކުރައްވައިގެން މަރިޔަމްދީދީ ޑރ. އަޙުމަދު ލަޠީފު އަދި
ޢަބުދުﷲ ލަޠީފު ލިބިވަޑައިގަތެވެ.
"އިސްދޫ
ދަރިކޮޅުން މުޡުހިރުއްދީން ރަސްގެފާނުގެ ޢާއިލާ"ގެ ބައިބައި
"ގަލެހިރި" ސައިޓްގައި ލިޔެފައި މިވަނީ ބައެއް އިންޓަރނެޓް
ސައިޓްތަކުގައި މި ޢާއިލާގެ ބައިބައި ލިޔެފައިވާ ޢަދަދަށްވުރެ ޢަދަދުގެގޮތުން
ގިނައިންނެވެ. އެއީ ސައިޓްގެ ޓެކްނިކަލް ފަސޭހައަކަށްޓަކައެވެ. ނަމަވެސް ޢާއިލީ
ވަނަވަރުތައް ހުންނާނީ އެހެނިހެން ސައިޓްތަކުގައި ވެސް ލިޔެފައިވާގޮތަށެވެ.
ކުރިން ދެންނެވި ގައްދަޑުގޭ ދޮންތުއްތުދީދީ(އ)ގެ ދޮންދީއާއި
ޝައިޚު ޢަބުދުﷲ ޒުހުރީ ކައިވެނިކުރައްވައިގެން ލިބިވަޑައިގަތް
ބޭފުޅަކީ އަޙުމަދު ޒާހިރެވެ. ޝައިޚު ޢަބުދުﷲ ޒުހުރީއަކީ ގައްދަޑުގޭ
ޢުސްމާނު މަނިކުފާނުގެ އިބްރާހީމްދީދީ، ކޮނޑޭ ޢަލިމަނިކުފާނުގެ ހުޅެއްދީދިގެ އާމިނާދީދީއާއި ކައިވެނިކުރައްވައިގެން
ލިބިވަޑައިގަތް ދޮންދީދީއާއި، ކޮނޑޭ ޢަލިމަނިކުފާނުގެ
ހުޅެއްދީދިގެ ފާޠިމާދީދީއާއި މުލަކު މައިގެ ޙަސަން މާރާދަކަލޭގެފާނު
ކައިވެނިކުރައްވައި ލިބިވަޑައިގަތް ޙުސައިންދީދީ (ފިޔޯރީ ތުއްތީދީ)
ކައިވެނިކުރައްވައިގެން ލިބިވަޑައިގަތް ޢަބުދުﷲ ޒުހުރީ އެވެ. ދޮންދީދީ އާއި ޙުސައިންދީދީ (ފިޔޯރީ ތުއްތީދީ)ގެ އަޙުމަދު
ޙުސައިންދީދީ، ޝައިޚު ޢަލީ ޙުސައިންދީދީ، އާމިނަތު
ޙުސައިންދީދީ، ޢާއިޝަތު ޙުސައިންދީދީގެ ޢާއިލާވެސް އެބަ
އޮތެވެ. ޙަސަން މާރާދަކަލޭގެފާނާއި ފާޠިމާދީދީ އަށް 5 ބޭފުޅުން
ލިބިވަޑައިގެން ޢާއިލާ ހިނގާފައިވެއެވެ.
ގައްދަޑުގޭ ޙުސައިން މަނިކުފާނުގެ އިބްރާހީމްދީދީ، ކޮނޑޭ
ޢަލިމަނިކުފާނުގެ ހުޅެއްދީދިގެ އާމިނާދީދީއާއި
ކައިވެނިކުރައްވައިގެން ލިބިވަޑައިގަތް އަޙުމަދުދީދީ، އައްޑޫ ޙަސަންދީދީގެ ސަންފާދީދީ
އާއި ކައިވެނިކުރައްވައިގެން ލިބިވަޑައިގަތީ މުޙައްމަދު ރަޝީދު، ޢަބުދުލް
ޢަޒީޒު، ޢަލީ މުޞްޠަފާ (ކުރީގެ
އެމް.އީ.އެސްގެ ޕްރިންސިޕަލް) އަދި މަރިޔަމްދީދީ ލިބިވަޑައިގަތެވެ.
ކޮނޑޭ ޢަލިމަނިކުފާނުގެ ހުޅުދޫދީދީ (ހުޅެއްދީދި)ގެ ޒުލޭޚާދީދީ
އާއި ކައިވެނިކުރެއްވީ މީދޫ ގަނޑުވަރު ޙަސަންދީދީ އެވެ.
ޙަސަންދީދީ އަކީ ޙާޖީ ބަންޑާރައިންގެ ކިލެގެފާނުގެ ޢާއިޝާދީދީ އާއި
މީދޫ ގަނޑުވަރު މުޙައްމަދު ތައްޚާނާއި ކައިވެނިކުރައްވައިގެން
ލިބިވަޑައިގެންނެވި ބޭފުޅުންގެތެރެއިން ބޭފުޅެކެވެ. އަނެއް
3 ބޭފުޅުންނަކީ އަޙުމަދުދީދީ، ކަތްދާދީދީ، އަދި އާމިނާދީދީ
އެވެ. މީދޫ ގަނޑުވަރު ޙަސަންދީދީ، ހުޅުދޫދީދީގެ ޒުލޭޚާދީދީ
އާއި ކައިވެނިކުރައްވައިގެން ލިބިވަޑައިގަތް ފިޔޯރީ ދޮންދީދީ
އާއި ކައިވެނިކުރެއްވީ ހުޅުދޫ ވާރުގޭ އަޙުމަދުދީދީ އެވެ. މި ދެމަފިރިކަނބަލުންނަށް މަރިޔަމްދީދީ، މުޙައްމަދުދީދީ،
އާމިނާދީދީ، އިބްރާހީމްދީދީ، ކަތްދާދީދީ، ޙަސަންދީދީ
ލިބިވަޑައިގަތެވެ. ހުޅުދޫ ޢަބުދުﷲ ރަޝީދަކީ ފިޔޯރީ ދޮންދީދީގެ މަރިޔަމްދީދީގެ
ބޭފުޅެކެވެ.
ފިޔޯރީ ދޮންދީދީގެ މުޙައްމަދުދީދީގެ، މަރިޔަމްދީދީގެ ބޭފުޅަކީ
ފިޔޯރީ އިރަމާގޭ ޢަބުދުﷲ ޙުސައިންދީދީ އެވެ. ޑރ.
އިބްރާހީމްދީދީ (ޑރ.ޑީޑީ) އާއި ޝައިޚު މުޙައްމަދު ފާރޫޤަކީ
މުޙައްމަދުދީދީގެ، ޒުލޭޚާދީދީގެ، އާމިނާދީދީގެ ބޭފުޅުންނެވެ. ޢަބުދުއްރަޝީދު ނާފިޒުމެންނަކީ
މުޙައްމަދުދީދީގެ ރަޝީދާގެ ބޭފުޅުންނެވެ.
ފިޔޯރީ ދޮންދީދީގެ ކަތްދާދީއާއި ދީދީގެ އެޅަދީދީގެ އިބްރާހީމްދީދީ
އާއި ކައިވެނިކުރައްވައިގެން އަޙުމަދު އިބްރާހީމްދީދީ (ސަންދާނު
އަހައްމައިދީ) މެން ބޭފުޅުން ލިބިވަޑައިގަތެވެ.
މުޙައްމަދުދީދީ (ކޫއްޑޫދީދީ) މެންނަކީ ފިޔޯރީ ދޮންދީދީގެ، ޙަސަންދީދީގެ،
މަރިޔަމްދީދީގެ ބޭފުޅުންނެވެ.
ފިޔޯރީ ދޮންދީދީގެ އިބްރާހީމްދީދީ (އައްޑޫ ތުއްތީދި، ނުވަތަ
ޝައިޚު އިބްރާހީމް ލުޠުފީ) ހިތަދޫ އެޅަދީދީގެ ފާތިމަތު ދީދީއާއި
ކައިވެނިކުރައްވައިގެން މުޙައްމަދު އިބްރާހީމް ލުޠުފީ، ހިތަދޫ
ގަނޑުވަރު ބެއްޔާގެ އިބްރާހީމް ދީދީގެ ޢާއިޝާދީދީއާއި ކައިވެނިކުރައްވައިގެން
ފާޠިމަތު އިބްރާހީމް ލުޠުފީ، މާލޭ ކަންޒުދޮށުގޭ އަހުމަދުދީދީގެ ޢާއިޝާދީދީ
އާއި ކައިވެނިކުރައްވައިގެން ސަމީރާ އިބްރާހީމް ލުޠުފީ، އަދި ހުޅުދޫ މުސްކުޅިއާގޭ
އާމިނަތު ސުފައިދާ އާއި ކައިވެނިކުރައްވައިގެން ޑރ މުޞްޠަފާ
ލުޠުފީ އާއި އަހުމަދު ލުތުފީ ލިބިވަޑައިގަތެވެ.
ދެއްވަދޫ ގަނޑުވަރުދީދީ(އ) ގެ ފާޠިމާދީދީ އާއި ވާދޫ ގައްދަޑުގޭ
ޢުސްމާނު މަނިކުފާނާއި ކައިވެނިކުރައްވައި
ލިބިވަޑައިގަތް ސަންފާދީދީގެ ޙަސަންދީދީގެ އާމިނާދީދީ އާއި
ކައިވެނިކުރެއްވީ، ދެއްވަދޫ ގަނޑުވަރު ދޮންދަލޭކާ ކަނބުލޭގެފާނުގެ
މާވާ ކިލެގެފާނުގެ އޮޅަދީދީގެ މޫސާދީދީގެ ޙަސަންދީދީ އެވެ. ވާދޫ
ފިނިފެންމާގޭ މުދިމް ތުއްތުދީދީ އާއި ޢަލިދީދީ އަކީ މި ޙަސަންދީދީ އާއި އާމިނާދީދީގެ 2 ބޭފުޅެކެވެ. މުދިމް ތުއްތުދީދީގެ
ބޭފުޅުންނަކީ އަޙުމަދު ނަޞީރު، މުޙައްމަދު ސަޢީދުދީދީ،
ޒުބޭދާ، ދޮންދީދީ އެވެ. އަޙުމަދު ނަޞީރު ވަޒަންވެރިވެ ހުންނެވީ އައްޑުއަތޮޅު
ހިތަދޫގައެވެ. އެހެން ބޭފުޅުން މިވަގުތު ތިއްބެވީ މާލޭގައެވެ. ޢަލިދީދީގެ
އާމިނާދީދީގެ ބޭފުޅުންނަކީ ފާޠިމާދީދީ އާއި މަރިޔަމްދީދީ އެވެ.
ދެއްވަދޫ ގަނޑުވަރުދީދީ(އ) ގެ ފާޠިމާދީދީ އާއި ވާދޫ ގައްދަޑުގޭ
ޢުސްމާނު މަނިކުފާނާއި ކައިވެނިކުރައްވައި
ލިބިވަޑައިގަތް އިބްރާހީމްދީދީގެ މުޙައްމަދުދީދީ (މުދިމް މުޙައްމަދުދީދީ)ގެ
ދޮންދީދީއަކީ، ޙާޖީ ބަންޑާރައިންގެ ކިލެގެފާނުގެ ޙަސަންދީދީގެ ޙުސައިންދީދީގެ
ޙައްވާދީދީގެ ޙަސަންދީދީގެ އާމިނާދީދީއާއި، މުދިމް
މުޙައްމަދުދީދީ ކައިވެނިކުރައްވައިގެން ލިބިވަޑައިގެންނެވި
ބޭފުޅެކެވެ. މިދޮންދީދީ އާއި ތުއްތުދީދީ ކައިވެނިކުރައްވައިގެން ނަފީސާ،
ރަޙުމަތު، ޢަދުނާނު (ކުރީގެ އެމް.އީ.އެސް އެސިސްޓެންޓް ޕްރިންސިޕަލް)
ނިޒާރު ލިބިވަޑައިގަތެވެ.
ޙާޖީ ބަންޑާރައިންގެ ކިލެގެފާނުގެ ޙަސަންދީދީގެ ޙުސައިންދީދީގެ
ޙައްވާދީދީގެ ޙަސަންދީދީގެ ޢަލީ ލުޠުފީ ފިޔަވައި އެހެން
ބޭފުޅުންކަމަށްވާ ޢަބުދުލްމަޖީދު، ޢަބުދުﷲ ދީދީ، ސަންފާދީދީ،
ފާޠިމާދީދީ، އާމިނާދީދީގެ ޢާއިލާގެ ގިނަ ބޭފުޅުން ކުރިން އުޅުއްވީ
ވާދޫގައެވެ. ޢަލީ ލުޠުފީގެ ޢާއިލާ ފިޔޯރީގައެވެ.
ކޮނޑޭ ޢަލިމަނިކުފާނާއި ޢާއިޝާދީދީގެ ދަރިކަނބަލުން ދޮންދީދީ
(ކޮނޑޭދީދީ) އާއި، ދެއްވަދޫ ގަނޑުވަރު ޙަސަންމަނިކުފާނު
(ތުއްކަލާ) ކައިވެނިކުރައްވައިގެން ލިބިވަޑައިގަތް ބޭފުޅުންގެތެރެއިން
ޙަސަންދީދީ، ކައިވެނިކުރެއްވީ ދޮންދީދީ (ކޮނޑޭދީދީ)ގެ ބޭބެ
މުޙައްމަދުދީދީ (ތުއްކަލާދީދީ)ގެ ދޮންދީދީގެ ދެއްވަދޫ ގަނޑުވަރުދީދީ(އ)ގެ
ތުއްތުދީދީއާ އެވެ. ލިބިވަޑައިގަތީ ކަތީބުދީދީ، ދޮންޢަލިދީދީ،
ޢަބުދުﷲ ދީދީ، ދަލޭކާދީދީއެވެ. ޢަބުދުﷲ މުޙައްމަދުދީދީ (ވާދޫ ތުއްތުކަތީބު) އަކީ ކަތީބު ދީދީގެ ބޭފުޅެކެވެ.
ވާދޫ ފިޔާތޮށިގޭ ތުއްތުދީދީ އަކީ ދޮންޢަލިދީދީގެ ބޭފުޅެކެވެ.
ތުއްތުދީދީގެ ބޭފުޅުންނަކީ އަޙުމަދުދީދީ، މުޙައްމަދުދީދީ،
މަރިޔަމްދީދީ، ދޮންދީދީ، ޢާއިޝާދީދީ އެވެ.
ޢަބުދުﷲ ދީދީ ކައިވެނިކުރެއްވީ ޙާޖީ ބަންޑާރައިންގެ ކިލެގެފާނުގެ
ޙަސަންދީދީގެ ޙުސައިންދީދީގެ ޙައްވާދީދީގެ އަޙުމަދުދީދީގެ
ފާޠިމާދީދީއާ އެވެ. ލިބިވަޑައިގަތް ބޭފުޅުންނަކީ ވާދޫ ގަނޑުވަރު
މުޙައްމަދުދީދީ، ޢަލިދީދީ، އަޙުމަދުދީދީ، އިބްރާހީމްދީދީ އެވެ. ގަނޑުވަރު
މުޙައްމަދުދީދީ ވަޒަންވެރިވެ ހުންނެވީ މުލަކަތޮޅު ނާލާފުށީގައެވެ. އެހެން
ބޭފުޅުންގެ ޢާއިލާ ވާދޫގައިވެސް އެބަ އޮތެވެ.
ދެއްވަދޫ ގަނޑުވަރުދީދީގެ ކޮއްކޮ ޒަކަރިއްޔާދީދީ ހައްދުންމަތީގައި
އުޅުއްވުމަށްފަހު އެނބުރި އަތޮޅަށް ވަޑައިގެން ދެއްވަދޫ
ދެކުނު ގަނޑުވަރު ކައްތާދީދީ އާއި ކައިވެނިކުރައްވައި
ދަލޭކާދީދީ، ސަންފާދީދީ، ތުއްތުދީދީ ލިބިވަޑައިގަތެވެ. ދަލޭކާދީދީގެ
ޗިޗަންޑާގޭ ޢާއިޝަތުދީދީގެ ބޭފުޅުންނަކީ ފާޠިމަތު ވަޙީދާ އާއި ޢަލީ ވަޙީދާއި އަޙުމަދު ޤާސިމެވެ.
ސަންފާދީދީގެ ބޭފުޅުންނަކީ އަޙުމަދުދީދީ އާއި ޢަލިދީދީ އާއި
އިބްރާހީމްދީދީ އެވެ. ފިލްމު އެކްޓްރެސް ނިޢުމާ މުޙައްމަދުގެ
މަންމައަކީ މި އިބްރާހީމްދީދީގެ ފާޠިމާދީދީއެވެ.
މުޙައްމަދުދީދީގެ ބޭފުޅަކީ ޙުސައިންދީދީ އެވެ.
ގައްދަނޑުގޭ ޙުސައިން މަނިކުފާނުގެ ކަތްދާދީދީއާ ކައިވެނިކުރެއްވީ
ހުޅެއްދީދި (ހުޅުދޫދީދި)ގެ މުޙައްމަދުދީދީއެވެ.
ދެބޭފުޅުން ލިބިވަޑައިގަތެވެ. ސަންފާދީދީއާއި
ޢާއިޝާދީދީއެވެ. ސަންފާދީދީއާއި ކޮނޑޭ ޢަލިމަނިކުފާނުގެ ޢުމަރުދީދީގެ
މުޙައްމަދުދީދީ އާއި ކައިވެނިކުރައްވައިގެން ލިބިވަޑައިގެންނެވި
ބޭފުޅަކީ އިބްރާހީމްދީދީ (އިބްރާހީމް ޢަފީފު) އެވެ. ޢަފީފުގެ
ޢާއިލާވަނީ ބ.އަތޮޅުގައެވެ.
ޢާއިޝާދީދީއާއި ކައިވެނިކުރެއްވީ އައްޑޫ ޙަސަންދީދީއެވެ. ލިބިވަޑައިގަތީ
އާމިނާދީދީ، ސަންފާދީދީ، ފާޠިމާދީދީ، ޢަބުދުﷲ ދީދީ،
ޢަލީލުޠުފީ، ޢަބުދުލް މަޖީދެވެ. ފާޠިމާދީދީގެ
ޢާއިލާ ނެތެވެ. އެހެން ބޭފުޅުންގެ ޢާއިލާ އެބަ އޮތެވެ. (އައްޑޫ
ޙަސަންދީދީއަކީ ޙާޖީ ބަންޑާރައިންގެ ކިލެގެފާނުގެ ޙަސަންދީދީގެ ޙުސައިންދީދީގެ ޙައްވާދީދީގެ ބޭފުޅެކެވެ.)
ގައްދަޑުގޭ ޢުސްމާނު މަނިކުފާނާއި ދެއްވަދޫ ބޮޑުގަނޑުވަރު
ފާޠިމާދީދީގެ ސަންފާދީދީއާއި ކައިވެނިކުރެއްވީ ފަރެހު
ބެއްޔާގެ މޫސާދީދީގެ ޙަސަންދީދީއެވެ. ލިބިވަޑައިގަތީ އާމިނާދީދީ،
ތުއްތުދީދީ(އ)އެވެ. ތުއްތުދީދީއާއި ކައިވެނިކުރެއްވީ އައްޑޫ އަޙުމަދުދީދީއެވެ.
(އައްޑޫ އަޙުމަދުދީދީއަކީ ޙާޖީ ބަންޑާރައިންގެ
ކިލެގެފާނުގެ ޙަސަންދީދީގެ ޙުސައިންދީދީގެ ޙައްވާދީދީގެ ބޭފުޅެކެވެ.)
ތުއްތުދީދީ(އ) އާއި އަޙުމަދުދީދީގެ ބޭފުޅުންނަކީ ޢާއިޝާދީދީ، އާމިނާދީދީ،
ފާޠިމާދީދީ، ސަންފާދީދީ، މަރިޔަމްދީދީ، ދޮންދީދީއެވެ. މި
ޢާއިޝާދީދީއަށް ގާތްކޮށްލެއްވުމުގެ ނަމަކަށް އައިސާރަނާ
ކިޔައެވެ.
ޢާއިޝާދީދީއާއި ކައިވެނިކުރެއްވީ ކޮނޑޭ ޢަލިމަނިކުފާނުގެ ޢުމަރުދީދީގެ
ފާޠިމާދީދީގެ ޢަބުދުﷲ ދީދީއެވެ. ދިވެހިރާއްޖޭގެ އަޑުގެ
މަޝްހޫރު ޕްރެޒެންޓަރ ޢަލީ ޢަބުދުﷲ އަކީ
ޢާއިޝާދީދީއާއި ޢަބުދުﷲ ދީދީގެ ބޭފުޅެކެވެ.
ތުއްތުދީދީ(އ) އާއި އަޙުމަދުދީދީގެ ފާޠިމާދީދީއާއި ކައިވެނިކުރެއްވީ ވާދޫ
ގަނޑުވަރު ޢަބުދުﷲ ދީދީ އެވެ. ގަނޑުވަރު ޢަބުދުﷲ
ދީދީއަކީ ޢުސްމާނުމަނިކުފާނުގެ ތުއްތުދީދީ(މަރިޔަމްދީދީ)އާއި
ދެއްވަދޫ ގަނޑުވަރު ޙަސަންދީދީއާއި ކައިވެނިކުރައްވައި
ލިބިވަޑައިގަތް ބޭފުޅެކެވެ. ޢަބުދުﷲ ދީދީއާއި އެއްބަނޑު އެއްބައްޕަ
ބޭފުޅުންނަކީ ކަތީބު މުޙައްމަދުދީދީ، ދޮންދީދީ، ދޮންޢަލިދީދީއެވެ.
ގަނޑުވަރު ޢަބުދުﷲ ދީދީގެ ބޭފުޅުން މީގެކުރިން ލިޔެފައިވެއްޖެއެވެ.
ދެއްވަދޫ
ގަނޑުވަރުދީދީ(އ)ގެ އިބްރާހީމްދީދީ އާއި މުޙައްމަދުދީދީގެ ޢާއިލާވަނީ
ދެއްވަދޫގައެވެ.
ގަނޑުވަރުދީދީ(އ)ގެ އިބްރާހީމްދީދީ، މަރިޔަމްދީދީ އާއި ކައިވެނިކުރައްވައި
ފާޠިމާދީދީ، ކައްދާދީދީ، ތުއްތުދީދީ(އ)، ސަންފާދީދީ ލިބިވަޑައިގަތެވެ.
ތުއްތުދީދީ(އ)ގެ އިބްރާހީމްދީދީގެ އަޙުމަދުދީދީ (އަޙުމަދުކަލޯ) އަކީ
ގެމަނަފުށީ އޯކިޑްމާގެ އިލްހާމް އަޙުމަދުގެ ބައްޕައެވެ.
ތުއްތުދީދީ(އ)ގެ ފާޠިމަތުދީދީގެ ބޭފުޅުންނަކީ
އާމިނަތު ސަޢީދާ، ޙުސައިން ތައުފީޤު، ޢަބުދުﷲ
ފަހުމީއެވެ.
ސަންފާދީދީގެ ޙަސަންދީދީގެ މުޙައްމަދު މުނީރު (މުޙައްމާކަތީބު) އަކީ
ދެއްވަދޫގެ ކުރީގެ އިސް ކަތީބެކެވެ. މުޙައްމަދު މުނީރުގެ
ޢާއިލާ އެބައޮތެވެ.
ފާޠިމާދީދީ އާއި ވާރުގޭ އަޙުމަދުދީދީ ކައިވެނިކުރައްވައި
މުޙައްމަދުދީދީ މަރިޔަމްދީދީ ޢަބުދުﷲ ދީދީ
ޙައްވާދީދީ ކަތްދާދީ (ޚަދީޖާ އަޙުމަދު) ލިބިވަޑައިގަތެވެ.
މުޙައްމަދުދީދީގެ
ޢަބުދުލް ޤާދިރަކީ ދެއްވަދޫ ފަހުގެ ބޮޑުކަތީބު މުޙައްމަދުދީދީގެ ބައްޕައެވެ.
ޢަބުދުﷲ
ދީދީގެ އިބްރާހީމް ރަޝީދަކީ ދެއްވަދޫ މާވެޔޮދޮށުގޭ ޑރ. އަޙުމަދު ޝަމްހީދުގެ
ބައްޕައެވެ.
ދެއްވަދޫ ގަނޑުވަރުދީދީގެ މުޙައްމަދުދީދީ، އާމިނާދީދީ އާއި
ކައިވެނިކުރައްވައިގެން އިސްމާޢީލްދީދީ، ކުއްދީދީ، ޢާއިޝާދީދީ،
ދޮންހުތާ ލިބިވަޑައިގަތެވެ. ދެއްވަދޫ ކުރީގެ
އިސް ކަތީބެއްކަމަށްވާ ޢަލިދީދީ އަކީ ދޮންހުތާގެ ބޭފުޅެކެވެ.
ކޮނޑޭ ޢަލިމަނިކުފާނުގެ ޢުމަރުދީދީ އާއި ޒައިނަބުދީދީގެ ޢާއިލާ
އެބަ އޮތެވެ. މުޡުހިރުއްދީން ރަދުންގެ ޢާއިލީ ޗާޓު
ތައްޔާރު ކުރެއްވުމަށް މަސައްކަތްކުރެއްވި ތިނަދޫ ޖަނަވަރީގޭ
އަލްމަރުޙޫމް ޙަސަން ޙިލްމީ އަށް ޢާއިލާގެ
މަޢުލޫމާތު ދެއްވި އެއް ބޭފުޅަކީ ޢުމަރުދީދީގެ އިބްރާހީމްދީދީގެ އިސްމާޢީލްދީދީގެ ކޮނޑޭ ދާރުއްސަލާމް އިބްރާހީމް
އިސްމާޢީލްދީދީ އެވެ. ޙަސަން ޒަރީރު، މުޙައްމަދު އިބްރާހީމް،
ފާޠިމަތު ސަޢާދާ، އިސްމާޢީލް ރަމީޒަކީ
ދާރުއްސަލާމް އިބްރާހީމް އިސްމާޢީލް ދީދީގެ ބޭފުޅުންނެވެ.
ކޮނޑޭ ޢަލިމަނިކުފާނުގެ ޒައިނަބުދީދީ މާލޭ ތޮއްޑޫ ޢަލިމަނިކާއި ކާވެނިބައްލަވައިގެން މިދެކަނބަލުންގެ ބޮޑު ދަރިކޮޅެއްވެސް އުފެދިފައިވާކަމަށް މުއައްރިޚު މުޙައްމަދު އިބްރާހީމް
ލުޠުފީ ލިޔުއްވާފައިވެއެވެ. މީގެ އަހަރުތަކެއްގެ
ކުރިންނާއި ދާދި މިފަހަކުންވެސް ޒައިނަބުދީދީގެ
ޢާއިޝާދީދީގެ ދަލޭކާދީދީގެ އިދުރީސްދީދީގެ ފާޠުމާދީދީގެ ކޮނޑޭ
އަލްފާ މުޙައްމަދު ޢަބުދުﷲ ދީދީ އަޅުގަނޑަށް ވެސް އެޢާއިލާގެ ބައެއް މަޢުލޫމާތު ދެއްވިއެވެ. އަލްފާ މުޙައްމަދު ޢަބުދުﷲ ދީދީގެ
ބައްޕައަކީ ކޮނޑޭ ޢަލިމަނިކުފާނުގެ ޢުމަރުދީދީގެ،
ޢާއިޝާދީދީގެ، ޙަސަންދީދީގެ، އިސްމާޢީލްދީދީގެ
ޢަބުދުﷲ ދީދީ އެވެ.
ކޮނޑޭ ޢަލިމަނިކުފާނުގެ ޢުމަރުދީދީގެ ޢަލިޚަޠީބާއި ބައެއް
ބޭފުޅުންގެ ޢާއިލާ އަދި ނުހޯދެއެވެ. އެބޭފުޅުންގެ މަހާނަގައު،
އެރަށު މާލި މިސްކިތުގެ ޤަބުރުސްތާނުން މުޙައްމަދު އިބްރާހީމް
ދެކިވަޑައިގެން މަހާނަގަލުގެ ލިޔުން ނަކަލު
ކުރައްވާފައިވެއެވެ.
ކޮނޑޭ ޢަލިމަނިކުފާނުގެ ޢުމަރުދީދީގެ ފާޠިމާދީދީގެ ބޭފުޅުންނަކީ
އަޙުމަދު ނަޖީބު އާއި ޙަރިއްޔާއެވެ. އަޙުމަދު ނަޖީބު
ހުންނެވީ ނަޑެއްލާގައެވެ. ޙަރިއްޔާ ފުވައްމުލަކުގައެވެ.
ޙަރިއްޔާގެ ވަޙީދާ އިންނެވީ މާލޭގައެވެ.
ކޮނޑޭ ޢަލިމަނިކުފާނުގެ ޙުސައިންދީދީ (ޙުސައިންތަކުރުފާނު) ގެ
ޙަސަންދީދީ (ޙަސަންތަކުރުފާނު) ގެ ކަތްދާދީދީ
(ކަތްދައިތަ) އާއި ކައިވެނިކުރެއްވީ ދެއްވަދޫ
ގަނޑުވަރު ދޮންދަލޭކާ ކަނބުލޭގެފާނުގެ މާވާ ކިލެގެފާނުގެ އޮޅަދީދީގެ
މޫސާދީދީގެ އިބްރާހީމްދީދީގެ ޢަބުދުﷲ ދީދީ އެވެ. ވާދޫ ހިލިހިލާގޭ
މޫސާދީދީ އާއި ދޮންދީދީ އަކީ އެދެމަފިރިންގެ 2 ބޭފުޅުންނެވެ. ދޮންދީދީގެ ބޭފުޅުންނަކީ އާމިނާދީދީ، މަރިޔަމްދީދީ،
ފާޠިމާދީދީ، މުޙައްމަދުދީދީ، ޢާއިޝާދީދީ އެވެ. ވާދޫ
ހިލިހިލާގޭ މުޙައްމަދު މޫސާދީދީއަކީ ހިލިހިލާގޭ
މޫސާދީދީގެ ބޭފުޅެކެވެ. ވާދޫ ކެތި އަޙުމަދު ރުޝްދީއަކީ ދޮންދީދީގެ
އާމިނާދީދީގެ ބޭފުޅެކެވެ.
ކޮނޑޭ ޢަލިމަނިކުފާނުގެ ޢުމަރުދީދީގެ އިބްރާހީމްދީދީގެ
އިސްމާޢީލްދީދީގެ ދޮންދީދީގެ ބޭފުޅުންނަކީ ޢަބުދުލް ޙަމީދު،
ފާޠިމާދީދީ، ޙަސަން އިބްރާހީމްދީދީ، މުޙައްމަދު ސަލީމެވެ.
މިބޭފުޅުންގެ ޢާއިލާ ކޮނޑެއާއި މަރަދޫއާއި
މާލޭގައި ވެސް އެބައޮތެވެ.
ކޮނޑޭ ޢަލިމަނިކުފާނުގެ ޢުމަރުދީދީގެ އިބްރާހީމްދީދީގެ އިސްމާޢީލްދީދީގެ ދޮންދީދީގެ ޙަސަން އިބްރާހީމްދީދީގެ ބޭފުޅުންނަކީ ޙަބީބާ ޙަސަން، ނާހިދާ ޙަސަން، އަމްސޫދާ ޙަސަން، މުސްލިމު ޙަސަން، ޝާފިޢު ޙަސަން، ޢިމާދު ޙަސަން އަދި ތަސްލީމާ ޙަސަން އެވެ.
ކޮނޑޭ ޢަލިމަނިކުފާނުގެ ޢުމަރުދީދީގެ އިބްރާހީމްދީދީގެ އިސްމާޢީލްދީދީގެ ދޮންދީދީގެ ޙަސަން އިބްރާހީމްދީދީގެ ބޭފުޅުންނަކީ ޙަބީބާ ޙަސަން، ނާހިދާ ޙަސަން، އަމްސޫދާ ޙަސަން، މުސްލިމު ޙަސަން، ޝާފިޢު ޙަސަން، ޢިމާދު ޙަސަން އަދި ތަސްލީމާ ޙަސަން އެވެ.
ކޮނޑޭ ޢަލިމަނިކުފާނުގެ
އެތެރެކެބަދީދީ(އ)ގެ ޒަިނަބުދީދީގެ ކުއްދީދީ(ފ)ގެ އިބްރާހީމްދީދީގެ އާމިނާދީދީގެ ބޭފުޅުންގެތެރޭ
ޢަބުދުﷲ މުޙައްމަދުދީދީ(ވާދޫ ތުއްތުކަތީބު)އަޅިވިލާގ/ގދ.ވާދޫ، ޢާއިޝަތު ޢަބުދުﷲދީދީ
ބިއްލޫރިޖެހިގެ/ގދ.ވާދޫ، ޙައްވާދީދީ އާކަކާގެ/ގދ.ވާދޫ، ދޮންދީދީ(ސަމީނާ)ތަނޑިރަތްމާގެ/ގދ.ވާދޫ
އެވެ. މީގެތެރެއިން ޢަބުދުﷲ މުޙައްމަދުދީދީ ނޫން ބޭފުޅުންނަކީ އެއްބަނޑު އެއްބަފާ ބޭފުޅުންނެވެ.
ކޮނޑޭ ޢަލިމަނިކުފާނުގެ ޒައިނަބުދީދީގެ ޙުސައިންދީދީގެ ސަންފާދީދީގެ ޙައްވާދީދީގެ
ބޭފުޅަކީ ޢަބްދުﷲ ސަޢީދު އާބަހާރުގެ/ ދާންދޫ އެވެ. ޢަބްދުﷲ ސަޢީދުގެ ޢާއިލާ އެބައޮތެވެ.
ކޮނޑޭ ޢަލިމަނިކުފާނުގެ ބޭރުކެބަ ދީދީގެ އަޙުމަދުދީދީގެ ކުއްދީދީ(ޢަލިދީދީ)ގެ
އިބްރާހީމްދީދީގެ ދޮންދީދީގެ ބޭފުޅުންގެތެރޭ ސަޢީދު އިބްރާހީމް ޕެރިސް/ގދ. ވާދޫ
ހިމެނެއެވެ.
ވާދޫ ބިއްލޫރިޖެހިގޭ ޢާއިޝަތު ޢަބުދުﷲ ދީދީ، ވާދޫ ފިޔާތޮށިގޭ
އަޙުމަދުދީދ، ދެއްވަދޫ ނާރެސް މުޙައްމަދުދީދީ، ކޮނޑޭ
ދާރުއްސަލާމް އިބްރާހީމް އިސްމާޢީލްދީދީގެ
ފަރާތްޕުޅުން މިޢާއިލާ ހޯދައި ލިޔުމުގައި ވަރަށްބޮޑު އެހީތެރިކަމާއި
ގާތްކަން ލިބިފައިވެއެވެ. ތިނަދޫ ޖަނަވަރީގޭ އަލްމަރުޙޫމް ޙަސަން
ޙިލްމީ ލިޔުއްވާފައިވަނީ މި ޢާއިލާގެ އެންމެއިސް ތިން ހަތަރު ވަނަވަރެކެވެ. އޭގެ ފަހު ބައިތަކުގެ އެންމެގިނަ މަޢުލޫމާތު
ދެއްވީ މަތީގައި އެވާ ބޭފުޅުންނެވެ. އަޅުގަނޑުގެ ކަމަކަށް
ވެފައި މިއޮތީ އޭގެ އެއްބޭފުޅެއްގެ މަޢުލޫމާތު އަނެއް
ބޭފުޅުންނާއި ޙިއްޞާކޮށް މަޢުލޫމާތު އެއްގޮތް
ކުރުމެވެ.
އަޅުގަނޑުލިޔަމުންދާ
ޢާއިލީވަނަވަރުގެ ސިލްސިލާ "އިސްދޫ ދަރިކޮޅުން
މުޡުހިރުއްދީން ރަސްގެފާނުގެ ޢާއިލާ"ގައި ހިމެނޭ
ފަރާތްތައް ނިސްބަތްވާންޖެހެނީ ހަމައެކަނި އެރަދުންގެ ޢާއިލާއަށްތޯ ބައެއް ފަރާތްތަކުން އައްސަވައިލެއްވުމުން އެކަން އޮތީ
އެހެން ނޫންކަމަށާއި ޢާއިލާއަކީ ތިމާގެ މީހުންނާއި ތިމާ
ނިސްބަތްވާ ދަރިކޮޅާއި ތިމާގެ މައްޗަށް އެ މީހުންގެ
ނަފަޤާތް ދިނުން ވާޖިބުވާ މީހުން ކަމަށް ދިވެހިބަހުގެ ރަދީފުގައި އޮންނަކަމަށް އެ ބޭފުޅުންގެ އަރިހުގައި
އަޅުގަނޑު ދަންނަވަމެވެ.
އާދަމް
ޢަލައިހިއްސަލާމްގެ ދެމަފިރިކަނބަލުންނާއި ޢީސާ ޢަލައިހިއްސަލާމް
ފަދަ މަތިވެރިﷲ ގެ ކުޅަދުންވަންތަ ކަމުގެ ބޮޑުކަމުން އުފައްދަވައި
ދުނިޔެއަށް ފޮނުއްވާ ބޭފުޅުން ފިޔަވައި އެހެން ކޮންމެ އިންސާނަކު
ދުނިޔެއަށް އުފަންވުމާއި ގުޅިފައިވާނޭ ދެމީހެއް ވާއިރު، އެއިން ކޮންމެމީހެއްގެ ހަތަރު މަތިފުށުގައި ހަތަރު މީހުން
ވާނެއެވެ. އޭގެ މައްޗަށް ވެސް ހަމަ
އެގޮތަށް ގޮސް އާދަމް ޢަލައިހިއްސަލާމާއި ހަމައަށް ނިމޭއިރު އޭގެތެރޭގައިވާ
ކޮންމެ މީހަކީ އެތައްއެތައް ޢާއިލާއަކަށް ނިސްބަތްކުރެވިދާނެ
މީހެކެވެ. މި ކަމަކީ އާދައިގެ ކުޑަކުޑަ ވިސްނުމަކުން ވެސް
އެނގެން އޮތް ކަމެކެވެ.
އިސްދޫ ދަރިކޮޅުން މުޡުހިރުއްދީން ރަސްގެފާނުގެ ޢާއިލާގެ ފުރަތަމަ 6 ބައި
ނިމިގެންދިޔައިރު އޭގެތެރޭ ދެއްވަދޫ ގަނޑުވަރު
ދީދީ(ޚަދީޖާދީދީ ނުވަތަ ކަތްދައިދީ) ގެ 4 ދަރިންގެތެރެއިން
3 ދަރިންގެ ޢާއިލާ ލިޔެވިފައިވެއެވެ. އެއީ ދެއްވަދޫގައި ދިރިއުޅުއްވަމުން
ގެންދެވި ދެ ބޭފުޅެއްކަމަށްވާ މުޙައްމަދު ދީދީ އާއި އިބްރާހީމް
ދީދީ ގެ ޢާއިލާއާއި އަދި ވާދޫގައި ދިރިއުޅުއްވަމުން ގެންދެވި ފާޠިމާދީދީ ގެ ޢާއިލާ އެވެ. މިހާތަނަށް ނުލިޔެވިވަނީ
ހަވަރުތިނަދޫގައި ދިރިއުޅުއްވަމުން ގެންދެވި އިސްމާޢީލް
ދީދީ(ދެއްވަދޫ އިސްމާޢީލް ދީދީ) ގެ ޢާއިލާއެވެ.
ކުރިންދެންނެވި
ދެއްވަދޫ ގަނޑުވަރު ދީދީ(ޚަދީޖާ ދީދީ ނުވަތަ
ކަތްދައިދީ)އަކީ "ދެއްވަދޫ ދީދީ" ނޫނެވެ. މިވާހަކަ ކުރީގެ ބައެއްގައިވެސް ދަންނަވައިލީ ބައެއް ފަރާތްތަކަށް މިކަމުގެ
އޮޅުމެއް އުޅޭކަމަށް ފެންނާތީއެވެ. އެންމެ ކުރިންވެސް
"ދެއްވަދޫ ދީދީ" ކިޔައި އެނަމުން
މަޝްހޫރުވެފައިވަނީ ދެއްވަދޫ ގަނޑުވަރު ދީދީ(ޚަދީޖާ ދީދީ ނުވަތަ ކަތްދައިދީ)ގެ މަންމަ ދޮންދީދީ އެވެ. މިއީ ކޮނޑޭ
ޢަލިމަނިކުފާނާއި ޢާއިޝާ ދީދީ(ދޮށީދީދީ)ގެ
ދަރިކަލުން މުޙައްމަދު ދީދީ (ތުއްކަލާ ދީދީ)ގެ ދޮންދީދީ އެވެ.
އެހެންވީމާ ދެއްވަދޫ ގަނޑުވަރު ދީދީ(ޚަދީޖާ ދީދީ ނުވަތަ ކަތްދައިދީ)އަކީ
ދެއްވަދޫ ދީދީ(ދޮންދީދީ)ގެ ދަރިއެކެވެ. މިލިޔުމުގައިވާ ޢާއިލީ
ޗާޓުން އެކަން އެނގިވަޑައިގަންނަވާނެއެވެ.
ދެއްވަދޫ ގަނޑުވަރު ދީދީ(ޚަދީޖާ ދީދީ ނުވަތަ ކަތްދައިދީ) އާއި
ކައިވެނިކުރައްވައި ބޭފުޅުން ލިބިވަޑައިގަތް ފިރިކަލަކީ ކޮނޑޭ
ޢަލިމަނިކުފާނާއި ވާރުލޫ ދީދީ އާއި
ދެކަނބަލުންގެ ދަރިކަލުން މޫސާ ދީދީގެ އަޙުމަދު ދީދީ އެވެ. އަނެއްކޮޅުން
ދެއްވަދޫ ގަނޑުވަރު ދީދީ(ޚަދީޖާ ދީދީ ނުވަތަ ކަތްދައިދީ) އަކީ ކޮނޑޭ ޢަލިމަނިކުފާނާއި ޢާއިޝާދީދީ(ދޮށީދީދީ) އާއި ދެ
ކަނބަލުންގެ ދެ ބޭފުޅުންކަމަށްވާ ދޮންދީދީ އާއި މުޙައްމަދު
ދީދީ އާއި ދެ ބޭފުޅުންނާއި ވެސް ޢާއިލީގޮތުން
ގުޅިވަޑައިގެންފައިވާ ބޭފުޅެކެވެ.
ދެއްވަދޫ ގަނޑުވަރުދީދީ ގެ އިސްމާޢީލްދީދީ(ދެއްވަދޫ އިސްމާޢީލް
ދީދީ) ކައިވެނިކުރެއްވީ ހަވަރުތިނަދޫ ފޫޅުމާ ދަލޭކާފާނާ ކަމަށާއި
އެ ދެކަނބަލުން ދިރިއުޅުއްވީ ހަވަރުތިނަދޫގައި ކަމަށް
އިސްދޫ ދަރިކޮޅުން މުޡުހިރުއްދީން ރަސްގެފާނުގެ
ޢާއިލާ (5) ގައި ދަންނަވައިފައިވާނެއެވެ. މި ދެކަނބަލުންގެ ދަރިންނަކީ:
1- މުޙައްމަދު
ދީދީ
2- ޢާއިޝާ ދީދީ
3- އިބްރާހީމް
ދީދީ
4- މަރިޔަމް
ދީދީ އެވެ.
1- ދެއްވަދޫ އިސްމާޢީލް
ދީދީގެ މުޙައްމަދު ދީދީ
ދެއްވަދޫ އިސްމާޢީލް ދީދީ އާއި ހަވަރުތިނަދޫ ފޫޅުމާ ދަލިކާފާނުގެ
މުޙައްމަދު ދީދީގެ ދަރިންނަކީ ތުއްތުދީދީ، އިބްރާހީމް ދީދީ،
ދޮންދީދީ، އާމިނާ ދީދީ، ޢާއިޝާ ދީދީ، ޙުސައިން
ދީދީ، މޫސާ ދީދީ، ދޮންތުއްތު ދީދީ، އަދި ޢަބުދުލް ޙަމީދު ޒާހިރު
އެވެ.
ދެއްވަދޫ
އިސްމާޢީލް ދީދީ އާއި ހަވަރުތިނަދޫ ފޫޅުމާ ދަލިކާފާނުގެ
މުޙައްމަދު ދީދީގެ ތުއްތުދީދީގެ ދަރިންނަކީ ޢަބުދުﷲ ސަޢީދު، ހާޖަރާ
ތުއްތުދީދީ ހާޖަރާގެ/ ތިނަދޫ، މުޙައްމަދު ސަޢީދު ތުއްތުދީދީ މީނާނީޒް/
ތިނަދޫ އެވެ.
ދެއްވަދޫ
އިސްމާޢީލް ދީދީ އާއި ހަވަރުތިނަދޫ ފޫޅުމާ
ދަލިކާފާނުގެ މުޙައްމަދު ދީދީގެ ތުއްތުދީދީގެ ހާޖަރާ ތުއްތުދީދީ ހާޖަރާގެ/ ތިނަދޫ ގެ ދަރިންނަކީ ޢަބުދުލްމަޖީދު ހާޖަރާގެ/
ތިނަދޫ، ޢަބުދުﷲ ލުޠުފީ ހާޖަރާގެ/ ތިނަދޫ، ޙުސައިން ލުޠުފީ
ހާޖަރާގެ/ ތިނަދޫ، އަޙުމަދު ލުޠުފީ ހާޖަރާގެ/
ތިނަދޫ، މުޞްޠަފާ ލުޠުފީ ހާޖަރާގެ/ ތިނަދޫ އެވެ.
ދެއްވަދޫ އިސްމާޢީލް ދީދީ އާއި ހަވަރުތިނަދޫ ފޫޅުމާ ދަލިކާފާނުގެ
މުޙައްމަދު ދީދީގެ އިބްރާހީމްދީދީގެ ދަރިންނަކީ މަރިޔަމްދީދީ ބީޗްވިލާ/ ތިނަދޫ ޙަސަންދީދީ އެވަރފާސްޓް/
ތިނަދޫ، ދޮންދީދީ، ފާޠިމާދީދީ، ޢަބުދުﷲ ދީދީ، ތުއްތުދީދީ ހިތްފަސޭހަވިލާ/
ތިނަދޫ އެވެ.
ދެއްވަދޫ
އިސްމާޢީލް ދީދީ އާއި ހަވަރުތިނަދޫ ފޫޅުމާ ދަލިކާފާނުގެ
މުޙައްމަދު ދީދީގެ ދޮންދީދީގެ ދަރިންނަކީ ރެކިދީދީ،
ފާތުމާދީދީ، މަރިޔަމްދީދީ، އަޙްމަދު ޙިލްމީ(އަޙްމަދު ދީދީ) ސްޓާރލިންގ/
ތިނަދޫ، ޙަސަން ޙިލްމީ ޖަނަވަރީގެ/ ތިނަދޫ،
މުޙައްމަދު ޙިލްމީ(މުޙައްމަދު ދީދީ) ހަލަވެލި/ ތިނަދޫ
އެވެ.
ދެއްވަދޫ އިސްމާޢީލް ދީދީ އާއި ހަވަރުތިނަދޫ ފޫޅުމާ ދަލިކާފާނުގެ
މުޙައްމަދު ދީދީގެ ދޮންދީދީގެ ރެކިދީދީ، ފާތުމާދީދީ،
މަރިޔަމްދީދީގެ ޢާއިލާ ނެތެވެ.
ދެއްވަދޫ އިސްމާޢީލް ދީދީ އާއި ހަވަރުތިނަދޫ ފޫޅުމާ ދަލިކާފާނުގެ
މުޙައްމަދު ދީދީގެ ދޮންދީދީގެ އަޙްމަދު ޙިލްމީ(އަޙްމަދު ދީދީ)
ސްޓާރލިންގ/ ތިނަދޫ ގެ ދަރިންނަކީ އާމިނަތު އަޙުމަދު ދީދީ
މ.ގާވިޔާ/މާލެ، ޙަސަން އަޙުމަދު ދީދީ ސްޓާރލިންގ/
ތިނަދޫ، މަރިޔަމް އަޙުމަދު ދީދީ ސްޓާރލިންގ/ ތިނަދޫ، ފާޠިމަތު އަޙުމަދު ދީދީ ސްޓާރލިންގ/ ތިނަދޫ، މުޙައްމަދު އަޙުމަދު
ދީދީ ސްޓާރލިންގ/ ތިނަދޫ އެވެ.
ދެއްވަދޫ
އިސްމާޢީލް ދީދީ އާއި ހަވަރުތިނަދޫ ފޫޅުމާ ދަލިކާފާނުގެ
މުޙައްމަދު ދީދީގެ ދޮންދީދީގެ ޙަސަން ޙިލްމީ ޖަނަވަރީގެ/ ތިނަދޫ
ގެ ދަރިންނަކީ ޢަބުދުﷲ ޙިލްމީ މަދަރުސާދޮށުގެ/ ތިނަދޫ، މުޙައްމަދު ޙިލްމީ ހ.ހަޒްވިޔު/މާލެ، އާމިނަތު ޙިލްމީ ޖަނަވަރީގެ/
ތިނަދޫ، ޚަދީޖާ ޙިލްމީ ޖަނަވަރީގެ/ ތިނަދޫ، މަރިޔަމް ޙިލްމީ
ޖަނަވަރީގެ/ ތިނަދޫ، ޢާއިޝަތު ޙިލްމީ
ޖަނަވަރީގެ/ ތިނަދޫ، ޙައްވާ ޙިލްމީ ޖަނަވަރީގެ/ ތިނަދޫ، އިބްރާހީމް ޙިލްމީ ޖަނަވަރީގެ/ ތިނަދޫ އެވެ.
ދެއްވަދޫ
އިސްމާޢީލް ދީދީ އާއި ހަވަރުތިނަދޫ ފޫޅުމާ ދަލިކާފާނުގެ
މުޙައްމަދު ދީދީގެ ދޮންދީދީގެ މުޙައްމަދު ޙިލްމީ(މުޙައްމަދު
ދީދީ) ހަލަވެލި/ ތިނަދޫ ގެ ދަރިންނަކީ ޢަލީ ޙިލްމީ ހަލަވެލި/
ތިނަދޫ، ޢަބުދުﷲ ޙިލްމީ ހަލަވެލި/ ތިނަދޫ، ޙުސައިން ޙިލްމީ ހަލަވެލި/
ތިނަދޫ، އިސްމާޢީލް ޙިލްމީ ހަލަވެލި/ ތިނަދޫ، އަޙުމަދު މުޙައްމަދު
ހަލަވެލި/ ތިނަދޫ އެވެ.
ދެއްވަދޫ
އިސްމާޢީލް ދީދީ އާއި ހަވަރުތިނަދޫ ފޫޅުމާ ދަލިކާފާނުގެ
މުޙައްމަދު ދީދީގެ ޢާއިޝާ ދީދީގެ ދަރިއަކީ
މަރިޔަމްދީދީ މުޝްތަރީގެ/ ތިނަދޫ އެވެ.
ދެއްވަދޫ އިސްމާޢީލް ދީދީ އާއި ހަވަރުތިނަދޫ ފޫޅުމާ ދަލިކާފާނުގެ
މުޙައްމަދު ދީދީގެ ޙުސައިން ދީދީ (އޮޅަދީދީ)ގެ ދަރިންނަކީ
އާމިނަތު ޙުސައިން ޕްލެނެޓް/ ތިނަދޫ، ޙަސަން
ޙިލްމީ މޫންލައިޓް/ ތިނަދޫ ޢާއިޝަތު ފަރީދާ ގޯލްޑަން ހައުސް/
ތިނަދޫ، ފާޠިމަތު ފަރީދާ، ފަރީދާ ޙުސައިން ދީދީ އެވެ.
ދެއްވަދޫ އިސްމާޢީލް ދީދީ އާއި ހަވަރުތިނަދޫ ފޫޅުމާ ދަލިކާފާނުގެ
މުޙައްމަދު ދީދީގެ ޢަބުދުލް ޙަމީދު ޒާހިރުގެ ދަރިންނަކީ
މުޙައްމަދު ޙަމީދު ދެލްވައްތަ/ ތިނަދޫ، އާމިނަތު ޙަމީދު ޑައިމަންޑްވިލާ/ ތިނަދޫ، ޙަސަން ޙަމީދު ބީޗްހެވަން/ ތިނަދޫ، މަރިޔަމް ޒާހިރާ މީނާނީޒް/ ތިނަދޫ،
ޢާއިޝަތު ޒާހިރާ ކޭވަކުގެ/ ތިނަދޫ، ޙައްވާ ޒާހިރާ
ބީޗްހެވަން/ ތިނަދޫ، ޚަދީޖާ ޒާހިރު ބީޗްހެވަން/
ތިނަދޫ، ޢަލީ ޙަމީދު ބީޗްހެވަން/ ތިނަދޫ އެވެ.
2- ދެއްވަދޫ
އިސްމާޢީލް ދީދީގެ ޢާއިޝާދީދީ
ދެއްވަދޫ އިސްމާޢީލް ދީދީ އާއި ހަވަރުތިނަދޫ ފޫޅުމާ ދަލިކާފާނުގެ
ޢާއިޝާދީދީގެ ދަރިންނަކީ ތުއްތުދީދީ ފަނޑުނުވާގެ/ ތިނަދޫ،
އަޙުމަދު އިބްރާހީމްދީދީ، ޙުސައިން
އިބްރާހީމްދީދީ ސިލްވަރކްއީން/ ތިނަދޫ، މަރިޔަމް އިބްރާހީމްދީދީ ޖައްވު/ ތިނަދޫ އެވެ.
ދެއްވަދޫ
އިސްމާޢީލް ދީދީ އާއި ހަވަރުތިނަދޫ ފޫޅުމާ
ދަލިކާފާނުގެ ޢާއިޝާދީދީގެ ތުއްތުދީދީ ފަނޑުނުވާގެ/ ތިނަދޫ ގެ ފާޠިމަތު ޙަފީޡާ ފަނޑުނުވާގެ/ ތިނަދޫގެ ދަރިންނަކީ
އާމިނަތު ޙަބީބާ މާބަނޑޭރިގެ/ ތިނަދޫ، ޢާއިޝަތު ޒުބައިދާ
ފަނޑުނުވާގެ/ ތިނަދޫ، މުޙައްމަދު ޒުބައިރު
ފަނޑުނުވާގެ/ ތިނަދޫ އެވެ.
ދެއްވަދޫ
އިސްމާޢީލް ދީދީ އާއި ހަވަރުތިނަދޫ ފޫޅުމާ ދަލިކާފާނުގެ
ޢާއިޝާދީދީގެ އަޙުމަދު އިބްރާހީމްދީދީގެ ދަރިއަކީ އާމިނަތު
އަޙުމަދުދީދީ (ދީދައިތަ) އެވެ.
ދެއްވަދޫ އިސްމާޢީލް ދީދީ އާއި ހަވަރުތިނަދޫ ފޫޅުމާ ދަލިކާފާނުގެ
ޢާއިޝާދީދީގެ ޙުސައިން އިބްރާހީމްދީދީ ސިލްވަރކްއީން/
ތިނަދޫ ގެ ދަރިއަކީ މަރިޔަމް ޙުސައިންދީދީ
ސިލްވަރކްއީން/ ތިނަދޫ އެވެ.
ދެއްވަދޫ
އިސްމާޢީލް ދީދީ އާއި ހަވަރުތިނަދޫ ފޫޅުމާ ދަލިކާފާނުގެ
ޢާއިޝާދީދީގެ މަރިޔަމް އިބްރާހީމްދީދީ ޖައްވު/ ތިނަދޫ ގެ ދަރިއަކީ
ޢަލީ ޙަސަން ޖައްވު/ ތިނަދޫ އެވެ.
3- ދެއްވަދޫ
އިސްމާޢީލް ދީދީގެ އިބްރާހީމްދީދީ
ދެއްވަދޫ އިސްމާޢީލް ދީދީ އާއި ހަވަރުތިނަދޫ ފޫޅުމާ ދަލިކާފާނުގެ
އިބްރާހީމް ދީދީގެ ޙުސައިންދީދީގެ ދަރިންނަކީ ޙަސަންދީދީ،
އަޙުމަދުދީދީ، ރުސްތުމް ރަންތަރި/ ތިނަދޫ، އަޙުމަދު
ރަންތަރި/ ތިނަދޫ އެވެ.
4- ދެއްވަދޫ އިސްމާޢީލް
ދީދީގެ މަރިޔަމްދީދީ
ދެއްވަދޫ އިސްމާޢީލް ދީދީ އާއި ހަވަރުތިނަދޫ ފޫޅުމާ ދަލިކާފާނުގެ
މަރިޔަމް ދީދީގެ ދޮންދީދީގެ އާމިނާދީދީގެ ދަރިއަކީ
މުޙައްމަދު ޙަނީފު ގ.މަތިވަރު/ މާލެ އެވެ. (ނުނިމޭ)
---------------------
ޢަބުދުﷲ ޙިލްމީ
19 އޯގަސްޓް 2013މ.
19 އޯގަސްޓް 2013މ.