ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޢާއިލާ


ނޯޓެއް:
"ގަލެހިރި" ވެބްސައިޓްގައި ލިޔެފައި ހުންނަ ޢާއިލާތައް ލިޔެފައި ހުންނަނީ ކޮންމެވެސް މީހެއްގެ ފަރާތުން އެ މީހަކާއި ގުޅިގެން އަންނަ ޢާއިލާ އެކެވެ. މިހެންވުމުން ލިޔެފައި ހުންނަ ޢާއިލާއެއްގައި ހިމެނޭ ކޮންމެވެސް ބަޔަކާއި އެއްބަނޑު ނުވަތަ އެއްބަފާ ބަޔަކު ލިޔެފައިވާ އެހެން ޢާއިލާއެއްގައި ނުހިމެނި ހުރެދާނެއެވެ. އޭގެ މިސާލަކަށް މި ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޢާއިލާ ވެސް ބެލިދާނެއެވެ.
ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ދަރިންގެ ތެރެއިން ޢާއިލާ އުފެދިފައިވާ ދަރިއަކީ ޙައްވާ ކަނބުލޭގެފާނެވެ. ލިޔެފައި މިވަނީ މި ޙައްވާ ކަނބުލޭގެފާނުގެ ފަރާތުން އޭނާއާއި ގުޅިގެން އައި ޢާއިލާއެވެ. މި ޙައްވާ ކަނބުލޭގެފާނަށް ދެ ބަފައެއްގެ ދަރިން ލިބިލެއްވިއެވެ. އެއީ ހަވަރުތިނަދޫ ރާގުޅި އަޙުމަދު ކަލޭގެފާނާއި، ސ. ހިތަދޫ ދޮންކޮއްޔެގެ ޢަލިތައްޚާނު (މޭނާ ކަލޭގެފާނު) އެވެ. މިހެންވުމުން މޭނާ ކަލޭގެފާނު އެހެނިހެން ބޭކަނބަލުންނާއި ކައިވެނިކުރައްވައިގެން ލިބިލެއްވި ހުރިހާ ދަރިންވެސް މި ލިޔެފައިވާ ޙައްވާ ކަނބުލޭގެފާނާއި މޭނާ ކަލޭގެފާނުގެ ހުރިހާ ދަރިންނާއި އެއްބަފާ ދަރިންނަށްވާނެއެވެ. މިހެންވީ ނަމަވެސް މޭނާ ކަލޭގެފާނު އެހެނިހެން ބޭކަނބަލުންނާއި ކައިވެނިކުރައްވައިގެން ލިބިލެއްވި އެއްވެސް ދަރިއަކު ލިޔެފައިމިވާ ޢާއިލާގައި ނުހިމެނޭނެއެވެ. އެހެންވާން ޖެހުނީ އެއީ ޙައްވާ ކަނބުލޭގެފާނުގެ ފަރާތުން އޭނާއާއި ގުޅިގެން އައި ބަޔަކަށް ނުވެފައި، ލިޔެފައިވަނީ ޙައްވާ ކަނބުލޭގެފާނުގެ ފަރާތުން އޭނާއާއި ގުޅިގެން އައި ޢާއިލާކަމަށްވީތީ އެވެ.
ވީމާ، ދެންނެވިދިޔަ ކަންކަމަށް ވިސްނާވަޑައިގަތުމަކީ އެދެވިގެންވާ ކަމެކެވެ.

     
 ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނަކީ ހުވަދުއަތޮޅުގެ ވާރުވެރިކަން(އަތޮޅުވެރިކަން) ކުރެއްވި ގަދަރުވެރި ބޭކަލެކެވެ. މީނާގެ ފަރާތުން ޢާއިލާ އުފެދިފައިވާ ދަރިއަކީ ޙައްވާ ކަނބުލޭގެފާނެވެ.
ޙައްވާ ކަނބުލޭގެފާނާއި ފުރަތަމައަށް ކައިވެނިކުރެއްވީ ހަވަރުތިނަދޫ ރާގުޅި އަޙުމަދު ކަލޭގެފާނެވެ. މިއީވެސް ހުވަދުއަތޮޅުގެ ވާރުވެރިކަން(އަތޮޅުވެރިކަން) ކުރެއްވި ގަދަރުވެރި އަދި ވަރަށް މުއްސަނދި ބޭކަލެކެވެ.
ޙައްވާ ކަނބުލޭގެފާނާއި ދެވަނައަށް ކައިވެނިކުރެއްވީ މީދޫ ޝަމްސުއްދީން  ބޮޑު ފަނޑިޔާރު ތަކުރުފާނުގެ ބޮޑު ފާތުމާބީފާނުގެ، މޫސާ ކުޑަބަނޑޭރި ތަކުރުފާނުގެ، ޙަސަން ތައްޚާނުގެ، ޙުސައިން ތައްޚާނުގެ، އާމިނާފާނުގެ، ޢަލިތައްޚާނު (ދޮންކޮއްޔެގެ ޢަލިތައްޚާނު ނުވަތަ މޭނާ ކަލޭގެފާނު) އެވެ. މީނާ ޙައްވާ ކަނބުލޭގެފާނާއި ކައިވެނިކުރެއްވީ ރާގުޅި އަޙުމަދު ކަލޭގެފާނު ނިޔައުވުމުންނެވެ.
1- ސަންފާފާނު
2- މަރިޔަމްފާނު
3- ދޮންތަކުރުފާނު (ދޮންބެ)
4- އާމިނާފާނު އެވެ.


5- މޫސާތަކުރުފާނު މާމެންދޫ
6- ކުޑަބީފާނު (ކުދެއިފާނު) މާމެންދޫ
7- ދަލިކާފާނު ހަވަރުތިނަދޫ އެވެ.


1- ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނާއި ހަވަރުތިނަދޫ ރާގުޅި އަޙުމަދު ކަލޭގެފާނާއި ދެކަނބަލުންގެ ސަންފާފާނު
ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ ސަންފާފާނާއި ކައިވެނިކުރެއްވީ އައްޑޫ ފޭދޫ ފަސްކެނޑިގޭ އިބްރާހީމް ކަލޭގެފާނެވެ. މިއީވެސް ހުވަދުއަތޮޅުގެ ވާރުވެރިކަން(އަތޮޅުވެރިކަން) ކުރެއްވި ބޭކަލެކެވެ. މިދެކަނބަލުންނަށް ފާތުމާފާނު ލިބިލެއްވިއެވެ.
ފާތުމާފާނާއި ފުރަތަމައަށް ކައިވެނިކުރެއްވީ ހަވަރުތިނަދޫ ބޮޑުކަތީބު ކަލޭގެފާނުގެ މުޙައްމަދު ކަތީބު ކަލޭގެފާނުގެ ވަލުގޭ ދޮންޙުސައިން ތަކުރުފާނު(ގޮއިވެރި ކަލޭގެފާނު)އެވެ.


ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ ސަންފާފާނުގެ ފާތުމާފާނުގެ އައިސާފާނާއި 3 ބޭކަލަކު ކައިވެނިކުރައްވައި ޢާއިލާ އުފެދިފައިވެއެވެ. އެއީ:

(ނ) ހަވަރުތިނަދޫ ޢަބުދުއްރަޙުމާނު (ކުދެކަލޯބެ) އެވެ.

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ ސަންފާފާނުގެ ފާތުމާފާނުގެ އައިސާފާނާއި އަޙުމަދު ކަލޭގެފާނު (މުދިމްބެއްޔާ) އާއި ދެމަފިރިންގެ ދަރިންނަކީ:
ޙުސައިންތަކުރުފާނު (މުދިމް)، އިސްމާޢީލްބެ، ބޮޑުބެއްޔާ، ދޮންބީފާނު، އައިހާފާނު، ކޮއްކޯބެ އެވެ.

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ ސަންފާފާނުގެ ފާތުމާފާނުގެ އައިސާފާނާއި އަޙުމަދު ކަލޭގެފާނާއި ދެކަނބަލުންގެ ޙުސައިންތަކުރުފާނު ކައިވެނިކުރެއްވީ ހަވަރުތިނަދޫ ޢަލިކަލޭގެ ދި ފޫޅުމާ ޙައްވާފާނުގެ ޙުސައިން ތަކުރުފާނުގެ އާމިނާފާނުގެ ދޮންމަނިކެ އާ އެވެ. މިކައިވެނީގެ ދަރިންނަކީ އަޙުމަދު ޞާބިރު (އަޙުމަދު މަނިކު) އާމިނަތު ޙުސައިން، މަރިޔަމް ޙުސައިން، ފާޠިމަތު ޙުސައިން، އިބްރާހީމް ޝިހާބު، ޚަދީޖާ ޙުސައިން، ޖަމީލާ ޙުސައިން އެވެ.

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ ސަންފާފާނުގެ ފާތުމާފާނުގެ އައިސާފާނާއި އަޙުމަދު ކަލޭގެފާނާއި ދެކަނބަލުންގެ ޙުސައިންތަކުރުފާނުގެ އަޙުމަދު ޞާބިރު (އަޙުމަދު މަނިކު) ކައިވެނިކުރެއްވީ އިންޑިއާގެ ހައިދަރުއާބާދުން ޝާހުޒާދީ ބޭޤަމް އާއި އެވެ. މިދެމަފިރިންނަށް ލިބިލެއްވި ދަރިންނަކީ މުޖީބުއްނިސާ ބޭޤަމް، ފާރޫޤު އަޙްމަދު، މުޙައްމަދު އަކްރަމް، ހާޖިރާ ބޭޤަމް އޮރެންޖްގާޑަން/ ގދ. ތިނަދޫ، ހާރޫން އަޙްމަދު އެވެ.

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ ސަންފާފާނުގެ ފާތުމާފާނުގެ އައިސާފާނާއި އަޙުމަދު ކަލޭގެފާނާއި ދެކަނބަލުންގެ ޙުސައިންތަކުރުފާނުގެ އާމިނަތު ޙުސައިން ސަވޭރާ/ ތިނަދޫ ގެ ދަރިންނަކީ މުޙައްމަދު ފަހުމީދީދީ ސަވޭރާ/ ތިނަދޫ، ސާރާ ފަހުމީ ޖާވާ/ ތިނަދޫ އެވެ.

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ ސަންފާފާނުގެ ފާތުމާފާނުގެ އައިސާފާނާއި އަޙުމަދު ކަލޭގެފާނާއި ދެކަނބަލުންގެ ޙުސައިންތަކުރުފާނުގެ މަރިޔަމް ޙުސައިން އަތިރީގެ/ ތިނަދޫ ގެ ދަރިންނަކީ މުޙައްމަދު ޒުހައިރު މާގަލާ/ ތިނަދޫ، ރަޒީނާ ފަތުޙީ މާގަލާ/ ތިނަދޫ، ޢަބުދުލް ޢަޒީޒު އާދަމް މާގިރި/ ތިނަދޫ، ޝިރުމީނު ފަތުޙީ އަތިރީގެ/ ތިނަދޫ، ނާޒުނީނު ފަތުޙީ އަތިރީގެ/ ތިނަދޫ އެވެ.

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ ސަންފާފާނުގެ ފާތުމާފާނުގެ އައިސާފާނާއި އަޙުމަދު ކަލޭގެފާނާއި ދެކަނބަލުންގެ ޙުސައިންތަކުރުފާނު ފާޠިމަތު ޙުސައިން ޖަނަވަރީގެ/ ތިނަދޫ ގެ ދަރިންނަކީ މުޙައްމަދު ޙިލްމީ ހ.ހަޒްވިޔު/މާލެ، އާމިނަތު ޙިލްމީ ޖަނަވަރީގެ/ ތިނަދޫ، ޚަދީޖާ ޙިލްމީ ޖަނަވަރީގެ/ ތިނަދޫ، މަރިޔަމް ޙިލްމީ ޖަނަވަރީގެ/ ތިނަދޫ، ޢާއިޝަތު ޙިލްމީ ޖަނަވަރީގެ/ ތިނަދޫ، ޙައްވާ ޙިލްމީ ޖަނަވަރީގެ/ ތިނަދޫ، އިބްރާހީމް ޙިލްމީ ޖަނަވަރީގެ/ ތިނަދޫ އެވެ.

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ ސަންފާފާނުގެ ފާތުމާފާނުގެ އައިސާފާނާއި އަޙުމަދު ކަލޭގެފާނާއި ދެކަނބަލުންގެ ޙުސައިންތަކުރުފާނުގެ އިބްރާހީމް ޝިހާބުގެ ޢާއިލާ ނެތެވެ.

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ ސަންފާފާނުގެ ފާތުމާފާނުގެ އައިސާފާނާއި އަޙުމަދު ކަލޭގެފާނާއި ދެކަނބަލުންގެ ޙުސައިންތަކުރުފާނުގެ ޚަދީޖާ ޙުސައިން ގެ ދަރިންނަކީ ފާޠިމަތު ޝީރީން ފޮނިމާގެ/ ތިނަދޫ، މުޙައްމަދު ނިޒާރު ލާޓް/ ތިނަދޫ، ޢާއިޝަތު ނިޝްރީން ގަޒީރާ/ ތިނަދޫ، ޢަދުނާނު ޙަލީމް އޭޝް/ ވިލިގިލި، މުއުމިނާ ޙަލީމް ގޮންގަލި/ ވިލިގިލި، މުޙައްމަދު ޝަރީފު ގޮންގަލި/ ވިލިގިލި އެވެ.

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ ސަންފާފާނުގެ ފާތުމާފާނުގެ އައިސާފާނާއި އަޙުމަދު ކަލޭގެފާނާއި ދެކަނބަލުންގެ ޙުސައިންތަކުރުފާނުގެ ޙުސައިންތަކުރުފާނުގެ ޖަމީލާ ޙުސައިންގެ ޢާއިލާ ނެތެވެ.

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ ސަންފާފާނުގެ ފާތުމާފާނުގެ އައިސާފާނާއި އަޙުމަދު ކަލޭގެފާނާއި ދެކަނބަލުންގެ އިސްމާޢީލްބޭގެ ދަރިންނަކީ ހުތާބެ، އަލިބެ (ޢަލީ މުޞްޠަފާ)، ކަމާލު، ދޮންބީފާނު، ފާތުމާދިޔެ އެވެ.

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ ސަންފާފާނުގެ ފާތުމާފާނުގެ އައިސާފާނާއި އަޙުމަދު ކަލޭގެފާނާއި ދެކަނބަލުންގެ އިސްމާޢީލްބޭގެ ހުތާބެގެ ދަރިންނަކީ ފާތުމާފާނު، އާމިނާފާނު، ދޮންތައްކާނު އެވެ. މިކުދިންވީ މާލޭގައެވެ.

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ ސަންފާފާނުގެ ފާތުމާފާނުގެ އައިސާފާނާއި އަޙުމަދު ކަލޭގެފާނާއި ދެކަނބަލުންގެ އިސްމާޢީލްބޭގެ އަލިބެ (ޢަލީ މުޞްޠަފާ)ގެ ދަރިންނަކީ، ޢަބުދުﷲ ރުޝްދީ ފުލޫނިޔާގެ/ ތިނަދޫ، މުޙައްމަދު ރަޝީދު ޢަލީ، މަރިޔަމް ވަޙީދާ (ދޮންދީދި)، ޢާއިޝަތު ޢަލީ (އައިސާދީދި)، މުޙައްމަދު ޢަލީ ރަޝީދު އެވެ.

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ ސަންފާފާނުގެ ފާތުމާފާނުގެ އައިސާފާނާއި އަޙުމަދު ކަލޭގެފާނާއި ދެކަނބަލުންގެ އިސްމާޢީލްބޭގެ ކަމާލުގެ ދަރިންނަކީ ފައުޒިއްޔާ ކަމާލު މ. ސަބްރާތު، މުޙައްމަދު ޖުނައިދު މ. ސަބްރާތު، މުޙައްމަދު ނާޞިރު މ. ސަބްރާތު އެވެ.

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ ސަންފާފާނުގެ ފާތުމާފާނުގެ އައިސާފާނާއި އަޙުމަދު ކަލޭގެފާނާއި ދެކަނބަލުންގެ އައިސާފާނުގެ އިސްމާޢީލްބޭގެ ދޮންބީފާނުގެ ދަރިންނަކީ މުޙައްމަދު ނަޢީމު މ. ޕިންކްޑްރީމް، މަރިޔަމްފާނު މ. ވިލުފުށީގެ އެވެ.

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ ސަންފާފާނުގެ ފާތުމާފާނުގެ އައިސާފާނާއި އަޙުމަދު ކަލޭގެފާނާއި ދެކަނބަލުންގެ އިސްމާޢީލްބޭގެ ފާތުމާދިޔެގެ ..................

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ ސަންފާފާނުގެ ފާތުމާފާނުގެ އައިސާފާނާއި އަޙުމަދު ކަލޭގެފާނާއި ދެކަނބަލުންގެ ބޮޑުބެއްޔާގެ ހުތާގެ ރެކިބީފާނު(ދިޔެ) ފޮރިންވިލާ/ ތިނަދޫ ގެ ދަރިންނަކީ މުޙައްމަދު ރަޝީދު، މަރިޔަމް ޙުސައިން، ތުއްތު، ވަޙީދު، ޢާއިޝަތު ޙުސައިން، ޙަސަން ރުޝްދީ، އާމިނަތު ޙުސައިން، ފާރޫގު ޙުސައިން އެވެ.

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ ސަންފާފާނުގެ ފާތުމާފާނުގެ އައިސާފާނާއި އަޙުމަދު ކަލޭގެފާނާއި ދެކަނބަލުންގެ ދޮންބީފާނު ގްރީންސްޓާރ/ ތިނަދޫގެ ދަރިންނަކީ ޙަސަން ފަހުމީދީދީ ސަވޭރާ/ ތިނަދޫ، ތުއްތުދީދީ، މަރިޔަމްފާނު ގްރީންސްޓާރ/ ތިނަދޫ އެވެ.

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ ސަންފާފާނުގެ ފާތުމާފާނުގެ އައިސާފާނާއި އަޙުމަދު ކަލޭގެފާނާއި ދެކަނބަލުންގެ އައިހާފާނާއި ކޮއްކޯބެގެ ޢާއިލާ ނެތެވެ.
ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ ސަންފާފާނުގެ ފާތުމާފާނުގެ އައިސާފާނާއި ހަވަރުތިނަދޫ ޙަސަން ކަލޭގެފާނު (ހަސަންކަލަހާނު)ގެ އިބްރާހީމް (އިބްރާހިމްފުތު)ގެ ދަރިންނަކީ:
ތުއްތުބެ އަސަރީގެ/ތިނަދޫ، މުޙައްމަދު ވަޖުދީ، އަޙަންމާބެ، ޤާސިމް ތަކުރުފާނު ހެޕީސައިޑް/ތިނަދޫ، ދޮންމަނިކެދިޔެ، ޙައްވަންދިޔެ، ޢަބުދުލްޙަމީދު އެވެ.
ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ ސަންފާފާނުގެ ފާތުމާފާނުގެ އައިސާފާނާއި ޢަބުދުއްރަޙުމާނު(ކުދެކަލޯބެ) އާއި ދެމަފިރިންގެ ދަރިއަކީ މަރިޔަމްފާނު ސީވިޔް/ތިނަދޫ އެވެ.


ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ ސަންފާފާނުގެ ފާތުމާފާނުގެ އައިސާފާނާއި ޢަބުދުއްރަޙުމާނު(ކުދެކަލޯބެ) އާއި ދެކަނބަލުންގެ މަރިޔަމްފާނުގެ ޚަދީޖާ މޫސާ (ކައިދާފާނު)އާއި ހަވަރުތިނަދޫ ޢަލިކަލޭގެ ދި ފޫޅުމާ ޙައްވާފާނުގެ އޮޅަކޮއިދައިތާގެ ކުޑަ އާދަމް(ކުދެ އާދަމްބެއްޔާ)ގެ ޢަލީ ރަޝީދު ކަލޭގެފާނު ސީވިޔް/ ތިނަދޫ ކައިވެނިކުރައްވައިގެން ލިބިލެއްވި ދަރިންނަކީ މުޙައްމަދު ރަޝީދު ސީވިޔް/ ތިނަދޫ، މަރިޔަމް ރަޝީދާ ސީވިޔް/ ތިނަދޫ، ޢަބުދު ރަޝީދު ސީވިޔް/ ތިނަދޫ، ފާޠިމަތު ރަޝީދު ސީވިޔް/ ތިނަދޫ، އިބްރާހީމް ރަޝީދު ސީވިޔް/ ތިނަދޫ، އާމިނަތު ރަޝީދު ސީވިޔް/ ތިނަދޫ، ޙުސައިން ރަޝީދު ސީވިޔް/ ތިނަދޫ، ޢާއިޝަތު ރަޝީދު ސީވިޔް/ ތިނަދޫ އެވެ. މިއީ ހަވަރުތިނަދޫ ފޫޅުމާ ޙައްވާފާނުގެ ޢާއިލާގައިވެސް އަދި މަޑަވެލީ މޫސިޔާގެ ޢާއިލާގައިވެސް ލިޔެފައިވާ ޢާއިލާއެކެވެ.

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ ސަންފާފާނުގެ ފާތުމާފާނުގެ އައިސާފާނާއި ޢަބުދުއްރަޙުމާނު(ކުދެކަލޯބެ) އާއި ދެކަނބަލުންގެ މަރިޔަމްފާނުގެ ޙަސަން ޙަލީމު އާއި ހަވަރުތިނަދޫ ފޫޅުމާ ޙައްވާފާނުގެ ޙުސައިން ތަކުރުފާނުގެ އާމިނާފާނުގެ ދޮންމަނިކެގެ ޚަދީޖާ ޙުސައިން އާއި ކައިވެނިކުރައްވައި ލިބިލެއްވި ދަރިންނަކީ، ޢަދުނާނު ޙަލީމް އޭޝް/ ވިލިގިލި، މުއުމިނާ ޙަލީމް މޫމިޔާ/ ވިލިގިލި އެވެ.

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ ސަންފާފާނުގެ ފާތުމާފާނުގެ އައިސާފާނާއި ޢަބުދުއްރަޙުމާނު(ކުދެކަލޯބެ) އާއި ދެކަނބަލުންގެ މަރިޔަމްފާނު ސީވިޔް/ތިނަދޫ އާއި ދެވަނައަށް ކައިވެނިކުރެއްވީ ދެއްވަދޫ އިސްމާޢީލްދީދީގެ މުޙައްމަދުދީދީ (ގޮއިވެރި މުޙައްމަދުދީދީ)ގެ ޙުސައިންދީދީ (އޮޅަދީދި ކަތީބު) އެވެ. މި ޙުސައިންދީދީ (އޮޅަދީދި ކަތީބު)ގެ މަންމައަކީ ހަވަރުތިނަދޫ ދިހެރޭ ޙުސައިން ކަލޭގެފާނުގެ މަރިޔަމްފާނު އެވެ. ހަވަރުތިނަދޫ ދިހެރޭ ޙުސައިން ކަލޭގެފާނަކީ ހުވަދުއަތޮޅުގެ ވާރުވެރިކަން (އަތޮޅުވެރިކަން) ކުރެއްވި ބޭކަލެކެވެ.
(މަތީގައިވާ ދެއްވަދޫ އިސްމާޢީލްދީދީގެ ބައްޕައަކީ ކޮނޑޭ ޢަލިމަނިކުފާނާއި ވާރުލޫދީދީ (ފާޠިމާމަނިކުފާނު) އާއި ދެކަނބަލުންގެ މޫސާދީދީގެ އަޙުމަދުދީދީ އެވެ. ދެއްވަދޫ އިސްމާޢީލްދީދީގެ މަންމައަކީ ކޮނޑޭ ޢަލިމަނިކުފާނާއި މުޙައްމަދު ޣިޔާސުއްދީނުގެ އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ އައިސާދީދި އާއި ދެކަނބަލުންގެ ދޮންދީދީގެ އިބްރާހީމްދީދީގެ ޚަދީޖާދީދި(ކަތްދައިދި) އެވެ.)
ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ ސަންފާފާނުގެ ފާތުމާފާނުގެ އައިސާފާނާއި ޢަބުދުއްރަޙުމާނު(ކުދެކަލޯބެ) އާއި ދެކަނބަލުންގެ މަރިޔަމްފާނު ސީވިޔް/ތިނަދޫ އާއި ދެއްވަދޫ އިސްމާޢީލްދީދީގެ މުޙައްމަދުދީދީ (ގޮއިވެރި މުޙައްމަދުދީދީ)ގެ ޙުސައިންދީދީ (އޮޅަދީދި ކަތީބު) ގެ ދަރިންނަކީ އާމިނަތު ޙުސައިން (އާމިނާދީދި) ޕްލެނެޓް/ ތިނަދޫ، ޙަސަން ޙިލްމީ (ޙަސަންދީދި) މޫންލައިޓް/ ތިނަދޫ ޢާއިޝަތު ފަރީދާ (އައިސާދީދި) ގޯލްޑަން ހައުސް/ ތިނަދޫ، ފާޠިމަތު ފަރީދާ (ފާޠިމާދީދި)، ފަރީދާ ޙުސައިންދީދީ (ދޮންދީދި) އެވެ.

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ ސަންފާފާނުގެ ފާތުމާފާނާއި ދޮންޙުސައިން ތަކުރުފާނު (ގޮއިވެރި ކަލޭގެފާނު) އާއި ދެކަނބަލުންގެ ޚަދީޖާ(ކައިދާފާނު)ގެ ދަރިންނަކީ ޙަސަންބެއްޔާ، މަރިޔަމްފާނު އާބާދުގެ/ތިނަދޫ އެވެ.

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ ސަންފާފާނުގެ ފާތުމާފާނާއި ދޮންޙުސައިން ތަކުރުފާނު (ގޮއިވެރި ކަލޭގެފާނު) އާއި ދެކަނބަލުންގެ ޚަދީޖާ(ކައިދާފާނު)ގެ ޙަސަންބެއްޔާގެ ދަރިންނަކީ ދޮންތުއްތު، ކަތްދާމަނިކެ އެވެ.

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ ސަންފާފާނުގެ ފާތުމާފާނާއި ދޮންޙުސައިން ތަކުރުފާނު (ގޮއިވެރި ކަލޭގެފާނު) އާއި ދެކަނބަލުންގެ ޚަދީޖާ(ކައިދާފާނު)ގެ މަރިޔަމްފާނު އާބާދުގެ/ތިނަދޫގެ ދަރިންނަކީ ޙަސަން އިސްމާޢީލް އުނިމާގެ/ތިނަދޫ، ދޮންބީފާނު އާގަރާ/ތިނަދޫ އެވެ.

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ ސަންފާފާނުގެ ފާތުމާފާނާއި ދޮންޙުސައިން ތަކުރުފާނު (ގޮއިވެރި ކަލޭގެފާނު) އާއި ދެކަނބަލުންގެ ޢަލިތަކުރުފާނު(ކުޑަތަކުރުފާނުގެ) ދަރިންނަކީ އާދަމް ތަކުރުފާނު ރިވެލްފިޝް/ތިނަދޫ، މަރިޔަމްފާނު(ދިޔެ)އެވެ.

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ ސަންފާފާނުގެ ފާތުމާފާނާއި ދޮންޙުސައިން ތަކުރުފާނު (ގޮއިވެރި ކަލޭގެފާނު) އާއި ދެކަނބަލުންގެ މުޙައްމަދު ތަކުރުފާނުގެ ޒުލައިޚާ(ދަލިކާފާނު)ގެ ދަރިންނަކީ ޢާއިޝާ(އައިސާދިޔެ) ތާޒާގެ/ތިނަދޫ، މަރިޔަމްމަނިކެ، އާމިނާމަނިކެ، ޢަބުދުﷲ މަނިކުފާނު އެވެ.

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ ސަންފާފާނުގެ ފާތުމާފާނާއި ދެވަނައަށް ކައިވެނިކުރެއްވީ އައްޑޫ މުޙައްމަދުދީދީ (އޮޅަދީދީ) އެވެ. މިކައިވެނީގެ ދަރިއަކީ ދޮންދީދީ އެވެ.
މި ދޮންދީދީ އާއި ފުރަތަމަ ކައިވެނިކުރެއްވީ ހިތަދޫ ދޮންކޮއްޔަގެ ތުއްތުމަނިކު އެވެ. މިކައިވެނިން އެ ދެމަފިރިންނަށް ލިބިލެއްވީ އާމިނާދީދީ އާއި ޢަލިދީދީ އެވެ.
މި ދޮންދީދީ އާއި ދެވަނައަށް ކައިވެނިކުރެއްވީ ހަވަރުތިނަދޫ ޢުސްމާނު ކަލޭގެ ދި އައިސާގެ ރެކިފުތު އެވެ.

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ ސަންފާފާނުގެ ފާތުމާފާނާއި އައްޑޫ މުޙައްމަދުދީދީ (އޮޅަދީދީ) އާއި ދެމަފިރިންގެ ދޮންދީދީގެ އާމިނާދީދީގެ މަރިޔަމްދީދީ ވިންސެންޓް/ ތިނަދޫ އާއި ކައިވެނިކުރެއްވީ ހަވަރުތިނަދޫ ސީޕިއާގޭ ޢަލީ ނަޞީރެވެ. މި ދެމަފިރިންނަށް މުޙައްމަދު ނަޞީރު، ފާޠިމަތު ނަޞީރާ، ޢާއިޝަތު ނަޞީރު، ޙުސައިން ނަޞީރު، އާމިނަތު ނަޞީރު، ޚަދީޖާ ނަޞީރު، ޙަސަން ނަޞީރު، ޙައްވާ ނަޞީރު ލިބިލެއްވި އެވެ.

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ ސަންފާފާނުގެ ފާތުމާފާނާއި އައްޑޫ މުޙައްމަދުދީދީ (އޮޅަދީދީ) އާއި ދެމަފިރިންގެ ދޮންދީދީގެ ޢަލިދީދީއާއި އައިސާދިޔެ (ކުދެއައިސާދިޔެ) އާއި ދެމަފިރިންގެ ކުއްޖަކީ އަޙުމަދު ޢަލިދީދީ (އަޙުމަދުދީދީ) މެދުރި/ ތިނަދޫ އެވެ.

އައްޑޫ މުޙައްމަދުދީދީ (އޮޅަދީދީ)ގެ ދޮންދީދީގެ ބައްޕައަކީ ސުލްޠާނު ޢަލީ(7ވަނަ)ގެ ސުލްޠާނު ޙަސަން(10ވަނަ)ގެ ޢަލިމަނިކުފާނުގެ ބަނޑޭރި ޙަސަން މަނިކުފާނުގެ ފާޠިމާދީދީގެ އައިސާދީދީގެ މުޙައްމަދުދީދީ(އޮޅަދީދީ) އެވެ. މި މުޙައްމަދުދީދީ(އޮޅަދީދީ)އަކީ އައްޑުއަތޮޅު ހިތަދޫ ފިނިފެންމާގޭ އަލްމަރުޙޫމު ޢަބުދުﷲ ޢަފީފުގެ ކާފައެވެ.

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ ސަންފާފާނުގެ ފާތުމާފާނުގެ ދޮންދީދީ އާއި ހަވަރުތިނަދޫ ޢުސްމާނު ކަލޭގެ ދި އައިސާގެ ރެކިފުތުއާއި ދެމަފިރިންނަށް ލިބިލެއްވި ދަރިންގެ ތެރެއިން ޢާއިލާ އުފެދިފައިވާ 4 ދަރިންނަކީ، މަރިޔަމްދީދީ ފުލޫނިޔާގެ/ ތިނަދޫ، ކަތްދާދީދީ އައްސޭރި/ ތިނަދޫ، އަޙުމަދު ލުޠުފީ ރަންދޯދި/ ތިނަދޫ، ފާޠިމާދީދީ ކުޅިދޮށުގެ/ ތިނަދޫ އެވެ.

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ ސަންފާފާނުގެ ފާތުމާފާނުގެ ދޮންދީދީ އާއި ހަވަރުތިނަދޫ ޢުސްމާނު ކަލޭގެ ދި އައިސާގެ ރެކިފުތުއާއި ދެކަނބަލުންގެ މަރިޔަމްދީދީ ފުލޫނިޔާގެ/ ތިނަދޫ އާއި ޢަލީ މުޞްޠަފާގެ ދަރިންނަކީ، ޢަބުދުﷲ ރުޝްދީ، މުޙައްމަދު ރަޝީދު ޢަލީ، މަރިޔަމް ވަޙީދާ، ޢާއިޝަތު ޢަލީ، މުޙައްމަދު ޢަލީ ރަޝީދު އެވެ.
ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ ސަންފާފާނުގެ ފާތުމާފާނުގެ ދޮންދީދީ އާއި ހަވަރުތިނަދޫ ޢުސްމާނު ކަލޭގެ ދި އައިސާގެ ރެކިފުތުއާއި ދެކަނބަލުންގެ ކަތްދީދީ އައްސޭރި/ ތިނަދޫ އާއި ޢަބުދުﷲ ގެ ދަރިންނަކީ  ޙަސަން ޢަބުދުﷲދީދީ(ޙަސަންދީދީ) ނީލުގެ/ ތިނަދޫ، އަޙުމަދު ޢަބުދުﷲދީދީ އައްސޭރި/ ތިނަދޫ، މުޙައްމަދު ޢަބުދުﷲދީދީ އައްސޭރި/ ތިނަދޫ، ތުއްތުދީދީ އައްސޭރި/ ތިނަދޫ، މޫސާ ޢަބުދުﷲދީދީ އައްސޭރި/ ތިނަދޫ އެވެ.

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ ސަންފާފާނުގެ ފާތުމާފާނުގެ ދޮންދީދީ އާއި ހަވަރުތިނަދޫ ޢުސްމާނު ކަލޭގެ ދި އައިސާގެ ރެކިފުތުއާއި ދެކަނބަލުންގެ އަޙުމަދު ލުޠުފީ ރަންދޯދި/ ތިނަދޫއާއި ޚަދީޖާ ގާސިމް(ރެކިދިޔެ)ގެ ދަރިންނަކީ ޢަބުދުﷲ ލުޠުފީ، ފާޠިމަތު ލުޠުފީ، އާމިނަތު ލުޠުފީ، މުޙައްމަދު ލުޠުފީ، އިބްރާހީމް ލުޠުފީ، ޢާއިޝަތު ލުޠުފީ އެވެ.

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ ސަންފާފާނުގެ ފާތުމާފާނުގެ ދޮންދީދީ އާއި ހަވަރުތިނަދޫ ޢުސްމާނު ކަލޭގެ ދި އައިސާގެ ރެކިފުތުއާއި ދެކަނބަލުންގެ ފާޠިމާދީދީ ކުޅިދޮށުގެ/ ތިނަދޫގެ ދަރިންނަކީ އައިސާދިޔެ ކުޅިދޮށުގެ/ ތިނަދޫ، ދޮންބީފާނު ގަދަގެ/ ތިނަދޫ އެވެ.


ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނާއި ހަވަރުތިނަދޫ ރާގުޅި އަޙުމަދު ކަލޭގެފާނާއި ދެކަނބަލުންގެ މަރިޔަމްފާނާއި ކައިވެނިކުރެއްވީ ހަވަރުތިނަދޫ ކަތީބު އަލެގޭބެއްޔާ އެވެ. މިކައިވެނިން މިދެކަނބަލުންނަށް ލިބިލެއްވި ދޮންއައިސާފާނާއި ހަވަރުތިނަދޫ ދިހެރޭ ޙުސައިން ކަލޭގެފާނުގެ ދިހެރޭ ކުޑަތަކުރުފާނު ކައިވެނިކުރައްވައި ލިބިލެއްވީ އަލްޙާފިޡު ތުއްތު އާއި ޙައްވާފާނެވެ. މި ތުއްތުގެ ޢާއިލާ ނެތެވެ. 


ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނާއި ހަވަރުތިނަދޫ ރާގުޅި އަޙުމަދު ކަލޭގެފާނާއި ދެކަނބަލުންގެ މަރިޔަމްފާނުގެ ދޮންއައިސާފާނުގެ ޙައްވާފާނާއި ފުރަތަމަ ކައިވެނިކުރެއްވީ މުންޑޫ ޢަލިތަކުރުފާނެވެ. މިދެކަނބަލުންގެ ދަރިންނަކީ މުޙައްމަދު ޢަލީ/ އަލިވާގެ، ޢާއިޝަތު ޢަލީ (އައިސާފާނު)/ އަލެގެ އެވެ. (މި ޢާއިލާ ނަމްބަރ 7 ގައި ލިޔެފައިވާނެއެވެ.)

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނާއި ހަވަރުތިނަދޫ ރާގުޅި އަޙުމަދު ކަލޭގެފާނާއި ދެކަނބަލުންގެ މަރިޔަމްފާނުގެ ދޮންއައިސާފާނުގެ ޙައްވާފާނާއި ދެވަނައަށް ކައިވެނިކުރެއްވީ ހަވަރުތިނަދޫ ދޭދަރުގޭ ތުއްތު (ތުއްތުބެ) އެވެ. މިދެކަނބަލުންގެ ދަރިއަކީ ދޮންބީފާނު ދޭދަރުގެ/ ތިނަދޫ އެވެ. 

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނާއި ހަވަރުތިނަދޫ ރާގުޅި އަޙުމަދު ކަލޭގެފާނާއި ދެކަނބަލުންގެ މަރިޔަމްފާނުގެ ދޮންއައިސާފާނުގެ ޙައްވާފާނުގެ ދޮންބީފާނު/ ދޭދަރުގެ/ ތިނަދޫގެ ދަރިންނަކީ، މުޙައްމަދު ޝަރީފު ދޭދަރުގެ/ ތިނަދޫ، މަރިޔަމް ޢަބުދުﷲ ވައިމަތީގެ/ ތިނަދޫ، އަޙުމަދު ރަޝީދު ވައިމަތީގެ/ ތިނަދޫ، ޢަދުނާނު ގާސިމު ވައިމަތީގެ/ ތިނަދޫ، ޝަހީމާ ޢަބުދުﷲ ވައިމަތީގެ/ ތިނަދޫ އެވެ. މީގެތެރެއިން މުޙައްމަދު ޝަރީފުއާއި މަރިޔަމް ޢަބުދުﷲ އާއި ޝަހީމާ ޢަބުދުﷲ ގެ ބައްޕައަކީ ޢަބުދުﷲ އިބްރާހީމް(ކަލޯބެ) ދޭދަރުގެ/ ތިނަދޫ އެވެ. އަޙުމަދު ރަޝީދުގެ ބައްޕައަކީ ތުއްތުބެ (ކަނޑުހުޅުދޫ ތުއްތު) އެވެ. ޢަދުނާނު ގާސިމްގެ ބައްޕައަކީ ގާސިމް ބުލޫބާރޑް/ ތިނަދޫ އެވެ.
ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނާއި ހަވަރުތިނަދޫ ރާގުޅި އަޙުމަދު ކަލޭގެފާނާއި ދެކަނބަލުންގެ ދޮންތަކުރުފާނު (ދޮންބެ) ކައިވެނިކުރެއްވީ ބޮޑުގޭ މަރިޔާ އާ އެވެ. މިކައިވެނީގެ ދަރިންނަކީ އަޙުމަދު ތަކުރުފާނު، މުޙައްމަދު ތަކުރުފާނު، ދޮންބީފާނު (ރަތަފަންދޫގައި ހުންނަވާ ތިނަދޫ މޫސާ މުޙައްމަދުގެ މަންމަ) އެވެ.

4- ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނާއި ހަވަރުތިނަދޫ ރާގުޅި އަޙުމަދު ކަލޭގެފާނާއި ދެކަނބަލުންގެ އާމިނާފާނު
މިއީ ހަވަރުތިނަދޫގައި ވަރަށް މަޝްހޫރު ބޭކަނބަލެކެވެ. ހުވަދުއަތޮޅުގައި އެހާތަނަށް އުފެދުނު އެންމެ މުއްސަނދި ބޭކަލެއްކަމަށްވާ ހަވަރުތިނަދޫ ރާގުޅި އަޙުމަދު ކަލޭގެފާނުގެ އެންމެހަނގު އަންހެން ބޭކަނބަލަކީ މިއެވެ. އަތުގައި އެންމެފުރަތަމަ ރަން އުޅާބަޔެއް އެޅި ހަވަރުތިނަދޫގެ އަންހެނަކީ ވެސް މިއީކަމަށް ތިނަދޫ ޖަނަވަރީގޭ މަރުޙޫމު ޙަސަން ޙިލްމީ ލިޔުއްވާފައިވެއެވެ.
މި އާމިނާފާނާއި ފުރަތަމައަށް ކާވެނިކުރެއްވީ ހަވަރުތިނަދޫ ބޮޑުކަތީބު ކަލޭގެފާނުގެ މުޙައްމަދު ކަތީބު ތަކުރުފާނުގެ ޢަލިތަކުރުފާނު ކަތީބު އެވެ. މި ދެކަނބަލުންނަށް ލިބިލެއްވީ މޫސާ ކަލޭގެފާނެވެ.


ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ އާމިނާފާނާއި ހަވަރުތިނަދޫ ޢަލިތަކުރުފާނު ކަތީބާއި ދެކަނބަލުންގެ މޫސާ ކަލޭގެފާނުގެ ދަރިންނަކީ ދޮނެކުއްދާބެ، އަޙުމަދު ތަކުރުފާނު، އޮޅަފުތުބެ، ޙައްވާދިޔެ އެވެ.

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ އާމިނާފާނާއި ހަވަރުތިނަދޫ ޢަލިތަކުރުފާނު ކަތީބާއި ދެކަނބަލުންގެ މޫސާ ކަލޭގެފާނުގެ ދޮނެކުއްދާބެގެ ދަރިންނަކީ ރެކިބީފާނު، ޙަސަންތަކުރުފާނު، އާދަމްތަކުރުފާނުއެވެ.

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ އާމިނާފާނާއި ހަވަރުތިނަދޫ ޢަލިތަކުރުފާނު ކަތީބާއި ދެކަނބަލުންގެ މޫސާ ކަލޭގެފާނުގެ ދޮނެކުއްދާބެގެ ރެކިބީފާނުގެ ދަރިންނަކީ އަޙުމަދު ނަޖީބު ލޭޑީމޫން/ސ.ހިތަދޫ، އަދި އިސްމާޢީލް ނަޖީބު އެވެ.

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ އާމިނާފާނާއި ހަވަރުތިނަދޫ ޢަލިތަކުރުފާނު ކަތީބާއި ދެކަނބަލުންގެ މޫސާ ކަލޭގެފާނުގެ ދޮނެކުއްދާބެގެ ޙަސަންތަކުރުފާނުގެ ދަރިންނަކީ ނަސްރީނާ ޙަސަން ކެރަމްލިން/ތިނަދޫ، އަޙުމަދު ޙަސަން ކެރަމްލިން/ތިނަދޫ އެވެ.

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ އާމިނާފާނާއި ހަވަރުތިނަދޫ ޢަލިތަކުރުފާނު ކަތީބާއި ދެކަނބަލުންގެ މޫސާ ކަލޭގެފާނުގެ ދޮނެކުއްދާބެގެ އާދަމްތަކުރުފާނުގެ ޢަލިތަކުރުފާނުގެ ދަރިންނަކީ ޢަލީ ޒުބައިރު ތާރޓީފޯރ/ތިނަދޫ، ޙަސަން ޒަރީރު، ނަސްމާ އެވެ.

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ އާމިނާފާނުގެ މޫސާ ކަލޭގެފާނުގެ އަޙުމަދު ތަކުރުފާނު ކައިވެނިކުރެއްވީ، މާމެންދޫ މޫސާބެއްޔާ ނުވަތަ ތިނަދޫ ފޮޑަހުތެރޭ މޫސާބެއްޔާގެ އާމިންދިޔެ(ކުދެއާމިންދިޔެ)އާ އެވެ. މިކައިވެނީގެ ދަރިންނަކީ، އައިހާފާނު ޕިންކްރޯޒް/ތިނަދޫ، ޢަލިތަކުރުފާނު ނިއުޒީލް/ތިނަދޫ، ޚަދީޖާ އާދަމް(ކުދެއިފާނު) ސްޓާރލިންގ/ތިނަދޫ އާދަމްތަކުރުފާނު ސޫރަޖުގެ/ތިނަދޫ އެވެ.

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ އާމިނާފާނުގެ މޫސާ ކަލޭގެފާނުގެ އަޙުމަދު ތަކުރުފާނުގެ އައިހާފާނު ޕިންކްރޯޒް/ތިނަދޫ އާއި ކައިވެނިކުރެއްވީ، ގައުމާތުގޭ ޢީސާފުޅުކަލޭގެފާނުގެ މޫސާ މަނިކުފާނާއި މީދޫ ގަނޑުވަރު އަޙްމަދުދީދީގެ ޙައްވާދީދީ އާއި ދެކަނބަލުންގެ ޙަސަންދީދީގެ ޢަލިދީދީ އެވެ. މިކައިވެނީގެ ދަރިއަކީ މަރިޔަމް ޙަސީނާ(މަރިޔަމްދީދީ) ޕިންކްރޯޒް/ ތިނަދޫ އެވެ.

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ އާމިނާފާނުގެ މޫސާ ކަލޭގެފާނުގެ އަޙުމަދު ތަކުރުފާނުގެ ޢަލިތަކުރުފާނު ނިއުޒީލް/ތިނަދޫ ކައިވެނިކުރެއްވީ ހަވަރުތިނަދޫ ދިހެރޭ ޙުސައިން ކަލޭގެފާނުގެ އިބްރާހީމް ތަކުރުފާނާއި ހަވަރުތިނަދޫ ބޮޑުކައްތި ކަލަހާނު (ބޮޑުކަތީބު ކަލޭގެފާނު)ގެ މުޙައްމަދު ކަތީބު ކަލޭގެފާނުގެ ޚަދީޖާ(ކައިދާފާނު)އާއި ދެކަނބަލުންގެ އާދަމް ތަކުރުފާނުގެ ދޮންކަމަނަގެ ޙައްވާފާނު/ ނިއުޒީލް އާއި އެވެ. މިކައިވެނީގެ ދަރިންނަކީ، ޢަބުދުﷲ ޝަރީފު، މަރިޔަމް ޝަރީފާ، ޚަދީޖާ ޝަރީފު، މުޙައްމަދު ޝަރީފު، އާމިނަތު ޝަރީފު، އިބްރާހީމް ޝަރީފު، ސީމާ ޝަރީފު އެވެ.

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ އާމިނާފާނުގެ މޫސާ ކަލޭގެފާނުގެ އަޙުމަދު ތަކުރުފާނުގެ ޚަދީޖާ އާދަމް(ކުދެއިފާނު) ސްޓާރލިންގ/ތިނަދޫ އާއި ކައިވެނިކުރެއްވީ، އަޙުމަދު ޙިލްމީދީދީ ސްޓާރލިންގ/ ތިނަދޫ އެވެ. އަޙުމަދު ޙިލްމީދީދީގެ ބައްޕައަކީ ގައުމާތުގޭ ޢީސާފުޅުކަލޭގެފާނުގެ މޫސާ މަނިކުފާނުގެ ޢަލިމަނިކުފާނެވެ. މަންމައަކީ، ދެއްވަދޫ އިސްމާޢީލްދީދީގެ މުޙައްމަދުދީދީ އާއި ހަވަރުތިނަދޫ ދިހެރޭ ޙުސައިން ކަލޭގެފާނުގެ މަރިޔަމްފާނާއި ދެކަނބަލުންގެ ދި ދޮންދީދީ އެވެ. މިކައިވެނީގެ ދަރިންނަކީ އާމިނަތު އަޙުމަދު ޙިލްމީ، މަރިޔަމް އަޙުމަދު ޙިލްމީ، ޙަސަން އަޙުމަދު ޙިލްމީ، ފާޠިމަތު އަޙުމަދު ޙިލްމީ، މުޙައްމަދު އަޙުމަދު ޙިލްމީ އެވެ.


ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ އާމިނާފާނުގެ މޫސާ ކަލޭގެފާނުގެ އަޙުމަދު ތަކުރުފާނުގެ އާދަމްތަކުރުފާނު ސޫރަޖުގެ/ތިނަދޫ ކައިވެނިކުރެއްވީ ޢާއިޝަތު ޙުސައިން (އައިސާދިޔެ) ސޫރަޖުގެ/ ތިނަދޫ އާ އެވެ. މިކައިވެނީގެ ދަރިންނަކީ، އާމިނަތު އާދަމް، މުޙައްމަދު އާދަމް، ޝަރީފާ އާދަމް، ޝުޢައިބާ އާދަމް، މުޙައްމަދު ނިޔާޒު އެވެ.

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ އާމިނާފާނާއި ހަވަރުތިނަދޫ ޢަލިތަކުރުފާނު ކަތީބާއި ދެކަނބަލުންގެ މޫސާ ކަލޭގެފާނުގެ އޮޅަފުތުބެގެ ދަރިންނަކީ ދޮންބީފާނު އުތުރުގެ/ތިނަދޫ، މަރިޔަމްފާނު ހެޕީލައިޓް/ތިނަދޫ، އައިހާފާނު ތާޒާގެ/ތިނަދޫ އެވެ.

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ އާމިނާފާނާއި ހަވަރުތިނަދޫ ޢަލިތަކުރުފާނު ކަތީބާއި ދެކަނބަލުންގެ މޫސާ ކަލޭގެފާނުގެ ޙައްވާދިޔެގެ ދަރިންނަކީ އާމިނާފާނު، ޢަލިފުޅު އައްސޭރިވިލާ/ތިނަދޫ، ރެކިބީފާނު، އައިސާފާނު (އައިސާދިޔެ) އުތުރުގެ/ތިނަދޫ އެވެ.

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ އާމިނާފާނާއި ހަވަރުތިނަދޫ ޢަލިތަކުރުފާނު ކަތީބާއި ދެކަނބަލުންގެ މޫސާ ކަލޭގެފާނުގެ ޙައްވާދިޔެގެ އައިސާފާނު (އައިސާދިޔެ) އުތުރުގެ/ތިނަދޫގެ ދަރިއަކީ ޢާއިޝަތު ނަފުޙަތު މުޙައްމަދު އެވެ. 

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ އާމިނާފާނާއި ހަވަރުތިނަދޫ މާވަށްދިހެރޭ މުޙައްމަދު ތަކުރުފާނު ކަތީބާއި ދެކަނބަލުންނަށް ލިބިލެއްވީ ކަތީބު އިބްރާހީމް ތަކުރުފާނު، ކަތީބު ކުޑަތަކުރުފާނު، ކަތީބު ދޮން ޢަލިތަކުރުފާނެވެ.
ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ އާމިނާފާނާއި ހަވަރުތިނަދޫ މާވަށްދިހެރޭ މުޙައްމަދު ތަކުރުފާނު ކަތީބުގެ ކަތީބު އިބްރާހީމް ތަކުރުފާނު ކައިވެނިކުރެއްވީ ޢަލިކަލޭގެ ދި ފޫޅުމާ ޙައްވާފާނުގެ ދަލިކާފާނުގެ ޢާއިޝާދީދީ އާ އެވެ. މިކައިވެނީގެ ދަރިންނަކީ، ތުއްތުދީދީ ފަނޑުނުވާގެ/ ތިނަދޫ، އަޙުމަދު އިބްރާހީމްދީދީ، ޙުސައިން އިބްރާހީމްދީދީ ސިލްވަރކްއީން/ ތިނަދޫ، މަރިޔަމް އިބްރާހީމްދީދީ ޖައްވު/ ތިނަދޫ އެވެ.

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ އާމިނާފާނާއި ހަވަރުތިނަދޫ މާވަށްދިހެރޭ މުޙައްމަދު ތަކުރުފާނު ކަތީބުގެ ކަތީބު އިބްރާހީމް ތަކުރުފާނުގެ ތުއްތުދީދީ ފަނޑުނުވާގެ/ ތިނަދޫ ގެ ފާޠިމަތު ޙަފީޡާ ފަނޑުނުވާގެ/ ތިނަދޫގެ ދަރިންނަކީ އާމިނަތު ޙަބީބާ މާބަނޑޭރިގެ/ ތިނަދޫ، ޢާއިޝަތު ޒުބައިދާ ފަނޑުނުވާގެ/ ތިނަދޫ، މުޙައްމަދު ޒުބައިރު ފަނޑުނުވާގެ/ ތިނަދޫ އެވެ.

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ އާމިނާފާނާއި ހަވަރުތިނަދޫ މާވަށްދިހެރޭ މުޙައްމަދު ތަކުރުފާނު ކަތީބުގެ ކަތީބު އިބްރާހީމް ތަކުރުފާނުގެ އަޙުމަދު އިބްރާހީމްދީދީގެ ދަރިއަކީ އާމިނަތު އަޙުމަދުދީދީ (ދީދައިތަ) އެވެ.

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ އާމިނާފާނާއި ހަވަރުތިނަދޫ މާވަށްދިހެރޭ މުޙައްމަދު ތަކުރުފާނު ކަތީބުގެ ކަތީބު އިބްރާހީމް ތަކުރުފާނުގެ ޙުސައިން އިބްރާހީމްދީދީ ސިލްވަރކްއީން/ ތިނަދޫ ގެ ދަރިއަކީ މަރިޔަމް ޙުސައިންދީދީ ސިލްވަރކްއީން/ ތިނަދޫ އެވެ.

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ އާމިނާފާނާއި ހަވަރުތިނަދޫ މާވަށްދިހެރޭ މުޙައްމަދު ތަކުރުފާނު ކަތީބުގެ ކަތީބު އިބްރާހީމް ތަކުރުފާނުގެ މަރިޔަމް އިބްރާހީމްދީދީ ޖައްވު/ ތިނަދޫ ގެ ދަރިއަކީ ޢަލީ ޙަސަން ޖައްވު/ ތިނަދޫ އެވެ.

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ އާމިނާފާނާއި ހަވަރުތިނަދޫ މާވަށްދިހެރޭ މުޙައްމަދު ތަކުރުފާނު ކަތީބުގެ ކަތީބު ކުޑަތަކުރުފާނު ކައިވެނިކުރެއްވީ ދިހެރޭ ޙުސައިން ކަލޭގެފާނުގެ ޢާއިޝާފާނުގެ ޚަދީޖާ(ކައިދާފާނު) އާ އެވެ. މިކައިވެނީގެ ދަރިންނަކީ ދޮންތަކުރުފާނު، ޙުސައިން ތަކުރުފާނު ތަރިވިދާގެ/ ފަރެސް، މަރިޔަމްފާނު/ ގައްދޫގައި، މޫސާ ތަކުރުފާނު، ގާސިމްތަކުރުފާނު ފިނިވާގެ/ ތިނަދޫ، ޙަސަން ތަކުރުފާނެވެ.


ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ އާމިނާފާނާއި ހަވަރުތިނަދޫ މާވަށްދިހެރޭ މުޙައްމަދު ތަކުރުފާނު ކަތީބުގެ ކަތީބު ކުޑަތަކުރުފާނުގެ ދޮންތަކުރުފާނުގެ ޢާއިލާ އުފެދިފައިވާ ދަރިއަކީ ސާމަތާ އެވެ. މީނާ އިންނެވީ މާލޭގަ އެވެ.
ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ އާމިނާފާނާއި ހަވަރުތިނަދޫ މާވަށްދިހެރޭ މުޙައްމަދު ތަކުރުފާނު ކަތީބުގެ ކަތީބު ކުޑަތަކުރުފާނުގެ ޙުސައިން ތަކުރުފާނު ތަރިވިދާގެ/ފަރެސް ގެ ދަރިންނަކީ އާމިނަތު ޙުސައިން ނޫވިލާގެ/ފަރެސް، ޙަސަން ޙުސައިން ތަރިވިދާގެ/ފަރެސް އެވެ.

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ އާމިނާފާނާއި ހަވަރުތިނަދޫ މާވަށްދިހެރޭ މުޙައްމަދު ތަކުރުފާނު ކަތީބުގެ ކަތީބު ކުޑަތަކުރުފާނުގެ ޤާސިމްތަކުރުފާނު ފިނިވާގެ/ތިނަދޫ ގެ މުޙައްމަދު މާހިރު ފިނިވާގެ/ތިނަދޫ ގެ ދަރިންނަކީ ޢަބުދުﷲ މާހިރު، އާމިނަތު މާހިރު، ސާދިޔާ މާހިރު، ޖީޒާ މާހިރު، ޝުމްރަތު މާހިރު، އަޙުމަދު ޝާފިޢު މާހިރު، ޙުސައިން ޝަހާމަތު މާހިރު އެވެ.

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ އާމިނާފާނާއި ހަވަރުތިނަދޫ މާވަށްދިހެރޭ މުޙައްމަދު ތަކުރުފާނު ކަތީބުގެ ކަތީބު ދޮން ޢަލިތަކުރުފާނު ކައިވެނިކުރެއްވީ ހަވަރުތިނަދޫ ޢަލިކަލޭގެ ދި ފޫޅުމާ ޙައްވާފާނުގެ ދަލިކާފާނުގެ މަރިޔަމްދީދީ އާ އެވެ. މިކައިވެނިން ލިބިލެއްވި އާމިނާދީދީ އާ ކައިވެނިކުރެއްވީ މަޑަވެލީ މޫސިޔާ (މޫސާ ޢަލީ)ގެ މާވަޑިކަލޯގެ އޮޅަފުތުބެގެ ގާސިމްތަކުރުފާނު އެވެ. މިކައިވެނީގެ ދަރިއަކީ މުޙައްމަދު ޙަނީފު ގ.މަތިވަރު/މާލެ އެވެ.


ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނާއި ދެވަނައަށް ކައިވެނިކުރެއްވި މޭނާކަލޭގެފާނާއި ދެކަނބަލުންގެ ދަރިންނަކީ، މޫސާ ތަކުރުފާނު މާމެންދޫ، ކުޑަތަކުރުފާނު މާމެންދޫ، ދަލިކާފާނު ހަވަރުތިނަދޫ އެވެ.


ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނާއި މޭނާކަލޭގެފާނާއި ދެކަނބަލުންގެ މޫސާ ތަކުރުފާނުގެ ދަރިންނަކީ ޙުސައިން ތަކުރުފާނު (ޙުސައިންފުތު)، ކައިދާފާނު އެވެ.

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނާއި މޭނާކަލޭގެފާނާއި ދެކަނބަލުންގެ މޫސާ ތަކުރުފާނުގެ ޙުސައިން ތަކުރުފާނު (ޙުސައިންފުތު) ދެ އަންހެން ބޭކަނބަލަކާއި ކައިވެނިކުރައްވައި ޢާއިލާ އުފެދިފައިވެއެވެ. މި ޢާއިލާތައް ތިރީގައި ލިޔެފައި އެވަނީއެވެ.

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނާއި މޭނާކަލޭގެފާނާއި ދެކަނބަލުންގެ މޫސާ ތަކުރުފާނުގެ ޙުސައިން ތަކުރުފާނު (ޙުސައިންފުތު) ފުރަތަމަ ކައިވެނިކުރެއްވީ ކޮނޑޭ ޢަލިމަނިކުފާނުގެ ޒުލައިޚާދީދީގެ ޙަސަންދީދީގެ ފާތުމާދީދީގެ ކުޑަދީދީ(ކުއްދިޔެ) އާ އެވެ. މިކައިވެނިން ލިބިލެއްވި ދަރިއަކީ ސަންފާދީދީ (ސަންފާފާނު) އެވެ. މި ސަންފާދީދީ އަށް ވެސް ދެކައިވެންޏަކުން ދަރިންލިބި ޢާއިލާ އުފެދިފައިވެއެވެ.

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނާއި މޭނާކަލޭގެފާނާއި ދެކަނބަލުންގެ މޫސާ ތަކުރުފާނުގެ ޙުސައިން ތަކުރުފާނުގެ ސަންފާދީދީ (ސަންފާފާނު)އާއި ފުރަތަމަ ކައިވެނިކުރެއްވީ މާމެންދޫ ޢަލިކަތީބު (ކޭވަނެބެއްޔާ)ގެ ޙަސަން ކަތީބުގެ އޮޅަތައްކާނެވެ. މިކައިވެނީގެ ދަރިންނަކީ އާމިނަތު ޝަރީފާ މެރިންގޯލްޑް/ ސ. ހިތަދޫ، ޢަލީ މުނީރު އާބާދު/ މާމެންދޫ. ޢަބުދުއްނަޞީރު އާޒާދު/ މާމެންދޫ އެވެ.

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނާއި މޭނާކަލޭގެފާނާއި ދެކަނބަލުންގެ މޫސާ ތަކުރުފާނުގެ ޙުސައިން ތަކުރުފާނުގެ ސަންފާދީދީ (ސަންފާފާނު)އާއި ދެވަނައަށް ކައިވެނިކުރެއްވީ މާމެންދޫ ޢަލިކަތީބު (ކޭވަނެބެއްޔާ)ގެ އައިސާގެ ޙަސަންގެ ޢަލީ ޙަސަން (ޢަލީ) އެވެ. މިކައިވެނީގެ ދަރިންނަކީ މޫސާ ނަޞީރު ސްޓާރލިންގ/ މާމެންދޫ، ޒަހީރާ ޢަލީ ގްރީންނީޑް/ މާމެންދޫ، މުޙައްމަދު ނަޞީރު ޢަލީ މޭނާގެ/ މާމެންދޫ އެވެ.

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނާއި މޭނާކަލޭގެފާނާއި ދެކަނބަލުންގެ މޫސާ ތަކުރުފާނުގެ ޙުސައިން ތަކުރުފާނު (ޙުސައިންފުތު) ދެވަނައަށް ކައިވެނިކުރެއްވީ ޙައްވާ އާ އެވެ. މިކައިވެނިން ލިބިލެއްވީ އަޙުމަދު ތައްކާނެވެ. މި އަޙުމަދު ތައްކާނު ކައިވެނިކުރެއްވީ ތިނަދޫ ގ. ޢުސްމާނުބޭގެ ޙައްވާ އާ އެވެ. މިކައިވެނީގެ ދަރިންނަކީ މުޙައްމަދު ޙަމީދު މޫރިތިވިލާ/ މާމެންދޫ، އާމިނަތު ޙަބީބާ ސަމްނާވިލާ/ މާމެންދޫ، ޞަބީޙާ އަޙުމަދު، މަރިޔަމް ޝަހީބާ ޑައިމަންޑްވިލާ/ މާމެންދޫ، ދިޔާނާ އަޙުމަދު ގެރަދޫގެ/ މާމެންދޫ، ފަހީމާ އަޙުމަދު އެވެ.

6- ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނާއި މޭނާކަލޭގެފާނާއި ދެކަނބަލުންގެ ކުޑަބީފާނު (ކުދެއިފާނު) މާމެންދޫ
ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނާއި މޭނާކަލޭގެފާނާއި ދެކަނބަލުންގެ ކުޑަބީފާނު (ކުދެއިފާނު) އާއި ކައިވެނިކުރެއްވީ ހަވޮއްޑޭ ތިރުގޭ ޙަސަނެވެ. އެ ދެ ކަނބަލުންގެ މިކައިވެނިން ރެކިބީފާނު އާއި ތަކުރުފާނު ލިބިލެއްވި އެވެ. މީގެތެރެއިން ރެކިބީފާނާއި ކައިވެނިކުރެއްވީ މާމެންދޫ ޔޫސުފު އެވެ.
ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނާއި މޭނާކަލޭގެފާނާއި ދެކަނބަލުންގެ ކުޑަބީފާނު (ކުދެއިފާނު)ގެ ރެކިބީފާނުގެ ދަރިންނަކީ ޙަސަން ޚަލީލު ކަރަންކާގެ/ މާމެންދޫ، ޙުސައިން މަޖުދީ، އާމިނަތު ރަޝީދާ ގުމްރީގެ/ މާމެންދޫ، މަރިޔަމް ރަޝީދާ އެވެ. (މީގެތެރެއިން ޙުސައިން މަޖުދީ އާއި މަރިޔަމް ރަޝީދާގެ ޢާއިލާ ނެތެވެ.

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނާއި މޭނާކަލޭގެފާނާއި ދެކަނބަލުންގެ ކުޑަބީފާނު (ކުދެއިފާނު)ގެ ރެކިބީފާނުގެ ޙަސަން ޚަލީލު ކަރަންކާގެ/ މާމެންދޫ ކައިވެނިކުރެއްވީ، މާމެންދޫ ޢަލި ކަތީބު (ކޭވަނެބެއްޔާ)ގެ ޚަދީޖާ (ކައިދާ)ގެ އައިސާދިޔެގެ އިބްރާހީމް މުޙައްމަދު(ކާބުލު ތުއްތުބެ)ގެ ޢާއިޝަތު ޙަފީޡާ (ދޮންމަނިކެ)އާ އެވެ. މި ޢާއިޝަތު ޙަފީޡާގެ މަންމައަކީ މާމެންދޫ ޢަލިކަތީބު (ކޭވަނެބެއްޔާ)ގެ ޚަދީޖާ (ކައިދާ)ގެ ދޮންބީފާނުގެ ޙައްވާ އިބްރާހީމް (ޙައްވާ) އެވެ.

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނާއި މޭނާކަލޭގެފާނާއި ދެކަނބަލުންގެ ކުޑަބީފާނު (ކުދެއިފާނު)ގެ ރެކިބީފާނުގެ ޙަސަން ޚަލީލު ކަރަންކާގެ/ މާމެންދޫގެ ދަރިންނަކީ މުޙައްމަދު މުފީދު ކަރަންކާގެ/ މާމެންދޫ، ޢަބުދުލްމުޢީދު ޙަސަން ކަރަންކާގެ/ މާމެންދޫ، މަރިޔަމް ޚަލީލު ކަރަންކާގެ/ މާމެންދޫ، ފާޠިމަތު ޚަލީލު ކަރަންކާގެ/ މާމެންދޫ، ފާޠިމަތު ޚަލީލު އެވެ.

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނާއި މޭނާކަލޭގެފާނާއި ދެކަނބަލުންގެ ކުޑަބީފާނު (ކުދެއިފާނު)ގެ ރެކިބީފާނުގެ އާމިނަތު ރަޝީދާ ގުމްރީގެ/ މާމެންދޫގެ ދަރިންނަކީ ޢާޘިމް، ޢާޒިމު، އަސްލަމު، ޢާދިލު، އަސްމާ، ޢަޛުރާ އެވެ.

7- ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނާއި މޭނާކަލޭގެފާނާއި ދެކަނބަލުންގެ ދަލިކާފާނު/ ހަވަރުތިނަދޫ

ދަލިކާފާނާއި ފުރަތަމަ ކައިވެނިކުރެއްވީ މުންޑޫ އިބްރާހީމް (މުންޑޫބެ) އެވެ. މިކައިވެނީގެ ދަރިންނަކީ ޙަސަން ތަކުރުފާނު ޖައްވު/ ތިނަދޫ، ގާސިމް ތަކުރުފާނު ނަރުގިސްވިލާ/ ތިނަދޫ، މުޙައްމަދު ތަކުރުފާނު ކެނދިފަށުވިގެ/ ތިނަދޫ، ޢަލިތަކުރުފާނު އަލިވާގެ/ ތިނަދޫ، ދޮންކަލޭގެފާނު ގްރީންޕާކް/ ތިނަދޫ އެވެ.

ދަލިކާފާނާއި ދެވަނައަށް ކައިވެނިކުރެއްވީ މުންޑޫ އިބްރާހީމް (މުންޑޫބެ) ނިޔައުވީމާ، ހަވަރުތިނަދޫ ދިހެރޭ ޢަލިފުތުބެއްޔާ އެވެ. މި ދެކނަބަލުންނަށް ލިބިލެއްވި ދަރިންނަކީ އިބްރާހީމް ތަކުރުފާނާއި މޫސާ ތަކުރުފާނެވެ.

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ ދަލިކާފާނުގެ ޙަސަން ތަކުރުފާނު ޖައްވު/ ތިނަދޫ އަށް ދެކައިވެންޏަކުން ދަރިން ލިބިލެއްވި އެވެ. ޙަސަން ތަކުރުފާނު ފުރަތަމަ ކައިވެނިކުރެއްވީ ދެއްވަދޫ އިސްމާޢީލްދީދީގެ އައިސާދީދީގެ މަރިޔަމްދީދީ އާ އެވެ. މިކައިވެނީގެ ދަރިއަކީ ޢަލީ ޙަސަން ޖައްވު/ ތިނަދޫ އެވެ. ޙަސަން ތަކުރުފާނު ދެވަނައަށް ކައިވެނިކުރެއްވީ ހަވަރުތިނަދޫ ޢަލީ (ކަޅުބެއްޔާ)ގެ އައިސާދިޔެގެ ދޮންކަމަނަގެ ރެކިދިޔެ އާ އެވެ. މިކައިވެނީގެ ދަރިންނަކީ މާރިޔަތު ޙަސަން ދީފުރަމްގެ/ ތިނަދޫ، ރަމްލާ ޙަސަން ދީފުރަމްގެ/ ތިނަދޫ އެވެ.

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ ދަލިކާފާނުގެ ގާސިމް ތަކުރުފާނު ނަރުގިސްވިލާ/ ތިނަދޫ ކައިވެނިކުރެއްވީ މަޑަވެލީ މޫސިޔާ (މޫސާ ޢަލީ)ގެ ސަންފާގެ ޤާސިމް(ކާސިމާ)ގެ ފާޠިމާ(ފާތިންދައިތާ) އާ އެވެ. މިކައިވެނީގެ ދަރިންނަކީ މަރިޔަމް ޤާސިމް ފުއްޓަރުގެ/ތިނަދޫ، އާމިނަތު ޤާސިމް ނަރުގިސްވިލާ/ތިނަދޫ، ޢާއިޝަތު ޤާސިމް މާރާދަގެ/ތިނަދޫ އެވެ.

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ ދަލިކާފާނުގެ ގާސިމް ތަކުރުފާނު ނަރުގިސްވިލާ/ ތިނަދޫގެ މަރިޔަމް ޤާސިމް ފުއްޓަރުގެ/ތިނަދޫގެ ދަރިންނަކީ ޢަބުދުﷲ ރަޝީދު ފުއްޓަރުގެ/ ތިނަދޫ، މުޙައްމަދު ރަޝީދު ފުއްޓަރުގެ/ ތިނަދޫ އެވެ.

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ ދަލިކާފާނުގެ ގާސިމް ތަކުރުފާނު ނަރުގިސްވިލާ/ ތިނަދޫގެ އާމިނަތު ޤާސިމް ނަރުގިސްވިލާ/ތިނަދޫ އާ ކައިވެނިކުރެއްވީ، ހަވަރުތިނަދޫ ބޮޑުކަތީބު ކަލޭގެފާނުގެ ދޮން ޙުސައިން ތަކުރުފާނު(ބޮޑުދޮންބެ) ގެ ފާޠިމާފާނުގެ ފާޠިމާ(ފާތުމާދިޔެ)ގެ ދޮން އައިސާދައިތާގެ ޢަލީ ނަރުގިސްވިލާ/ތިނަދޫ އެވެ. މިކައިވެނީގެ ދަރިންނަކީ، ފާޠިމަތު ޢަލީ ނަރުގިސްވިލާ/ ތިނަދޫ، ޢަބުދުﷲ ޢަލީ ނަރުގިސްވިލާ/ ތިނަދޫ، ސަލީމު ޢަލީ ނަރުގިސްވިލާ/ ތިނަދޫ، އާސިޔަތު ޢަލީ ނަރުގިސްވިލާ/ ތިނަދޫ، ޝާހީނާ ޢަލީ ނަރުގިސްވިލާ/ ތިނަދޫ އެވެ.

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ ދަލިކާފާނުގެ ގާސިމް ތަކުރުފާނު ނަރުގިސްވިލާ/ ތިނަދޫގެ ޢާއިޝަތު ޤާސިމް މާރާދަގެ/ތިނަދޫ އާ ކައިވެނިކުރެއްވީ، މަޑަވެލީ މޫސިޔާ (މޫސާ ޢަލީ)ގެ ސަންފާގެ އޮޅަދިޔެގެ ޙައްވާދިޔެގެ ޢަލީ ޙުސައިން(ޢަލިބެ) މާރާދަގެ/ތިނަދޫ އެވެ. މިކައިވެނީގެ ދަރިންނަކީ މުޙައްމަދު ނަޞީރު މޯނިންގްސަން/ ތިނަދޫ، މަރިޔަމް ޢަލީ ޖަންބުގަސްދޮށުގެ/ ތިނަދޫ، މުޙައްމަދު ޝަރީފު މާރާދަގެ/ ތިނަދޫ، ރަޝީދާ ޢަލީ ސަވޭރާ/ ތިނަދޫ، ޢަބުދުއްޞަމަދު ޢަލީ މާރާދަގެ/ ތިނަދޫ، އަޙުމަދު ނަޞީރު މާރާދަގެ/ ތިނަދޫ، ޝަރީފާ ޢަލީ މާރާދަގެ/ ތިނަދޫ އެވެ.

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ ދަލިކާފާނުގެ މުޙައްމަދު ތަކުރުފާނު ކެނދިފަށުވިގެ/ ތިނަދޫ ކައިވެނިކުރެއްވީ މަޑަވެލީ މޫސިޔާ (މޫސާ ޢަލީ)ގެ ޚަދީޖާ(ކައިދާދިޔެ)ގެ ދިޔެގެ ޢާއިޝާ(އައިސާދައިތާ) އާ އެވެ. މިކައިވެނީގެ ދަރިންނަކީ އަޙުމަދު މުޙައްމަދު(އަޙުމަދުބެ) ކެނދިފަށުވިގެ/ތިނަދޫ، އާދަމް މުޙައްމަދު(އާދަމްބެ) އޭސިޔާ/ތިނަދޫ، ތުއްތު(ތުއްތުބެ)، މަރިޔަމް ފަހީމާ އެވެ.


ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ ދަލިކާފާނުގެ މުޙައްމަދު ތަކުރުފާނުގެ އަޙުމަދު މުޙައްމަދު (އަޙުމަދުބެ) ކައިވެނިކުރެއްވީ، ހަވަރުތިނަދޫ ކައްބޮއްލޭ ދޮންކަމަނާއާއި ފޮޑަހުތެރޭ ކަލޯބެއްޔާގެ  ކުދެބެއްޔާގެ ރެކިދައިތަ ކެނދިފަށުވިގެ/ ތިނަދޫ އާ އެވެ. މިކައިވެނީގެ ދަރިންނަކީ މުޙައްމަދު ނަޢީމު އަޙުމަދު ތޭންކް/ ތިނަދޫ، ފާޠިމަތު އަޙުމަދު ކެނދިފަށުވިގެ/ ތިނަދޫ، މުޙައްމަދު ޝިޔާމު ކެނދިފަށުވިގެ/ ތިނަދޫ އެވެ.

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ ދަލިކާފާނުގެ މުޙައްމަދު ތަކުރުފާނުގެ އާދަމް މުޙައްމަދު އޭސިޔާ/ ތިނަދޫ ކައިވެނިކުރެއްވީ ހަވަރުތިނަދޫ ޢަލިކަލޭގެ ދި ކުއްދައިތާގެ ހުތާބެއްޔާ(ހުތެބެއްޔާ)ގެ މަރިޔަމްގެ ދޮންކަލޯގެ ރެކިބީފާނު އޭސިޔާ/ތިނަދޫ އާ އެވެ. މިކައިވެނީގެ ދަރިންނަކީ މުޙައްމަދު ރަޝީދު އޭސިޔާ/ ތިނަދޫ، ޢަބުދުﷲ ލަޠީފު އޭސިޔާ/ ތިނަދޫ، އަޙުމަދު ވަޙީދު އޭސިޔާ/ ތިނަދޫ، ޒާހިރު އާދަމް އޭސިޔާ/ ތިނަދޫ، އިބްރާހީމް ޝަރީފު އޭސިޔާ/ ތިނަދޫ، ޙުސައިން ރަޝީދު އޭސިޔާ/ ތިނަދޫ، އިސްމާޢީލް އާދަމް އޭސިޔާ/ ތިނަދޫ އެވެ.

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ ދަލިކާފާނުގެ މުޙައްމަދު ތަކުރުފާނު ކެނދިފަށުވިގެ/ ތިނަދޫގެ ތުއްތު(ތުއްތުބެ)ގެ ދަރިންނަކީ، ފާޠިމަތު، އާމިނަތު، ވަލީދު ވެލްސަ/ ސ. ހިތަދޫ އެވެ.

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ ދަލިކާފާނުގެ މުޙައްމަދު ތަކުރުފާނު ކެނދިފަށުވިގެ/ ތިނަދޫގެ މަރިޔަމް ފަހީމާގެ ދަރިންނެތެވެ.

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ ދަލިކާފާނުގެ ޢަލިތަކުރުފާނު އަލިވާގެ/ ތިނަދޫ ކައިވެނިކުރެއްވީ، ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނާއި ހަވަރުތިނަދޫ ރާގުޅި އަޙުމަދު ކަލޭގެފާނާއި ދެކަނބަލުންގެ ދަރި މަރިޔަމްފާނާއި ކައިވެނިކުރެއްވި ހަވަރުތިނަދޫ އަލެގޭބެއްޔާގެ ކައިވެނީގެ ދަރި ދޮންއައިޝާފާނުގެ ދި ޙައްވާފާނާ އެވެ. މި ޙައްވާފާނުގެ ބައްޕައަކީ ހަވަރުތިނަދޫ ދިހެރޭ ޙުސައިން ކަލޭގެފާނުގެ ކުޑަތަކުރުފާނެވެ.   

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ ދަލިކާފާނުގެ ޢަލިތަކުރުފާނު އަލިވާގެ/ ތިނަދޫގެ ދަރިންނަކީ، މުޙައްމަދު ޢަލީ/ އަލިވާގެ، ޢާއިޝަތު ޢަލީ (އައިސާފާނު)/ އަލެގެއެވެ.

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ ދަލިކާފާނުގެ ޢަލިތަކުރުފާނު އަލިވާގެ/ ތިނަދޫގެ މުޙައްމަދު ޢަލީ/ އަލިވާގެ ކައިވެނިކުރެއްވީ ޢަލިކަލޭގެ ދި ކުއްދައިތާގެ ހުތާބެއްޔާ(ހުތެބެއްޔާ)ގެ މަރިޔަމްގެ ޢާއިޝަތު އިބްރާހީމް(އައިހާދިޔެ) އަލިވާގެ/ތިނަދޫ އާ އެވެ. މިކައިވެނީގެ ދަރިންނަކީ، މުޞްޠަފާ މުޙައްމަދު އަލިވާގެ/ ތިނަދޫ، ޢަޒުމަތު މުޙައްމަދު އަލިވާގެ/ ތިނަދޫ، މުޖުތަބާ މުޙައްމަދު އަލިވާގެ/ ތިނަދޫ، އާސިޔަތު މުޙައްމަދު އަލިވާގެ/ ތިނަދޫ، ޙާރިސަތު މުޙައްމަދު އަލިވާގެ/ ތިނަދޫ، އާމިނަތު މުޙައްމަދު އަލިވާގެ/ ތިނަދޫ އެވެ.

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ ދަލިކާފާނުގެ ޢަލިތަކުރުފާނު އަލިވާގެ/ ތިނަދޫގެ ޢާއިޝަތު ޢަލީ (އައިސާފާނު)/ އަލެގެ އާ ކައިވެނިކުރެއްވީ، ހަވަރުތިނަދޫ ޢުސްމާނު ކަލޭގެ ފުތް މުޙައްމަދުފުތުގެ ޙަސަން މުޙައްމަދުގެ މުޙައްމަދު ޙަސަން (ތުއްތުބެ) އެވެ. މިކައިވެނީގެ ދަރިންނަކީ މުޙައްމަދު ޝަމީމު އަލެގެ/ ތިނަދޫ، ޢަބުދުﷲ ނާހިދު އަލެގެ/ ތިނަދޫ އެވެ.  

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނުގެ ދަލިކާފާނުގެ ދޮންކަލޭގެފާނު ގްރީންޕާކް/ ތިނަދޫގެ ދަރިންނަކީ، އާދަމް ތަކުރުފާނު ވިލާތުގެ/ ތިނަދޫ، ޙަސަން ތަކުރުފާނު ވިލާތުގެ/ ތިނަދޫ، ޙަސަންދީދީ، މަރިޔަމްދީދީ، އާމިނާދީދީ، ފާޠިމާދީދީ، މުޙައްމަދުދީދީ، އިބްރާހީމްދީދީ އެވެ. މީގެ ތެރެއިން އާދަމް ތަކުރުފާނު، ޙަސަން ތަކުރުފާނުގެ މަންމައަކީ، ހަވަރުތިނަދޫ މެދުއަވަށު ދޮން މޫސާ ކަލޭގެ ފުތް ރައްކަލާކަލޭގެ ފުތް މޫސާފުޅުގެ މަރިޔަމްގެ ދޮންކަމަނަ ވިލާތުގެ/ ތިނަދޫ އެވެ. އެހެން ދަރިންގެ މަންމައަކީ ދޮންދީދީ ގްރީންޕާކް/ ތިނަދޫ އެވެ.
·         މި ޢާއިލާއަށް ގެންނަންޖެހޭ ޞައްޙަ އުނިއިތުރެއްވާނަމަ އެކަން އަންގަވާލަދެއްވުން އެދެމެވެ.
               --------------------
ޢަބުދުﷲ ޙިލްމީ
11 ޖުލައި 2020މ.