
މީބޫ، 1962 ވަނަ އަހަރޭ ހަވަރެތެނަދޫން މީހެންނެ ބޭއުމުގެ ކުރިޔެން އެރަޓު ކޯޑިޔާ ޖަހަނެ ލިކާ ލޭފައި އޮތެ ލެއުމެކެ. އެހެން ފަހޭސް 1966 ވަނަ އަހަރޭ ކޮންމިއަސް ބައިކެންނެ އެރަޓު ގޭގޭ އޮޑައި ވޮންނަން ފޮއްޓީފަހުން އަސް ތިނެހަތަރެ ކަލަކު، ނުންފަހޭ އެޔައްޓެއި ގިނަ ކަލަކު އެރަޓު މިވައްތަރަށް ކޯޑިޔާ ތިޖެހިޔާ. އެއަށްޓައި ފަހުން މިހިދެ ނުޖަހަތެ. މިކަމާއްކޫ ބޯދާ ކަމަކަށް ވެގެ. ކަޓުމުއްލާ ކަމަކަށް ވެގެ. ބައިކެންނަން ނުއެގެނެ ވައްތަރަކު ބިދުއާކަން ވެގެ. ކޭކިޔާ ބޮނަންނާ. މަނިކާ ރޯއްދާ.
ހައްޖު މަހު 13 މައްރެއި ރަޓު ވެރީންނަގެ ފަރާތުން ރަޓު ހުއްޓީ އެންމެހަލޫލެ، އެންމެރީތި، ދޯނިޔާ ކޯޑިޔާ ޖަހަންނަން ހޮވައިދެންނޫ. މި ދޯނިޔަށް އަގަކަށް ދެންނޫ ދިވެހިރުހެކެ.
ދެން އެރެއި ރަޓާއި އެންމެ ކަބެއްރޭ އޮތެ ފަޅެރަޓަށް (ތެނަދޫ މާހުއްޓަށް) ލަވަކެޔަނެ މީހެންނާއި ބެރެޖަހަނެ މީހެންނެ ގޮވައިގެން އެދޯނިޔާ އެޔަންނޫ. ގޮހޮ އެދޮހާ ހެދެނޭ އެރަޓުން ފަނެ ކަޑައިގެން ވައްތަރަކު ސާތިގަޑެކެ ލިކަން ފަނެހަތެ ލައިގެން އެއްތެކެ ވެޔަންނޫ. ދެން ހަދަންލިކާވޫ ހަތަރެފަރާތަށް ހަތަރެ އިފަ ހުއްޓީ ދުބުރުގެހެކެ ކަޑައިގެން އޭއްތޭ މަންތޭ އެއްކަލެ ސާންތިގަޑާ ބާއްވަންނޫ.
ދެން ފަނެހަތުން ވައްތަރެ ވައްތަރަށް ޒާތްޒާތަށް އެކި ކަހަލައި ސޫރަ ސޫރާ ދޫންނާއި އެކިކަހަލައި އެއްތެތި ހަދައިގެން އެއްކަލެ ސާންތިގަޑޭ ތިރިޔޭ އެލެވައިލަންނެއްޔާ. މިހެން ހެދީމައި ހީވެންނައު ބޮޑެ ކުޑާކު ވައްތަރެ ވައްތަރެ އެއްތެތި އެލެވާހައި ހުންނާހެން.
ދެން އެއްކަލެ
އެއްތާ ހިފައިގެން ދޯނިޔަށް ގޮހޮ ދޯނިޔޭ ކަނިގަޑާއި އެއްކޮށް އޭއްތާ ކޮޑަން
ހަރެކެރަންނު. އެވޭލޭ ދޯނިޔޭ ތިޔެންނާ ފާލު ޖަހަނެ 10 ވެންނާއި، 2 ބެރެ ޖަހަނެ 10
ވެންނާއި، ލަވަކެޔަނެ 10 ވެންނާއި، ދެން ހުންގާނިޔޭ ހިފަނެ އެހަކުނާއި.
މިދޮހާ
ނެވަޔެން ޖަހައި އެހައްކަ ވޭލޭ ފަޅެރަޓުން ހުރައިގެން ލަވަކެޔައި ބެރެޖަހަމުން
ގޮހޮ ރަޓާއި (ތެނަދުއާއި) އަރައި ހަމަވީމެއި އެކޯޑިޔޭ ނަޓަންނަން ހަމަޖެހެވީ މީހާ ރަޓުން
ދޯނިޔަށް އަރޮވަންނެއިޔާ.
އެޔާ ހުންނާ
ހުދެ ފޮތިގަޑަކުން ރޫބައިކެ ހަދައި އޭއްތާ އަދޮވާހައި، ގަންޖުފަރާހެކެ ލަވާހައި،
ބާސްކީލަށް ގޮއްފައްޓަރެ އޮޑާހައި، އަތުކުރިޔޭ ވޮޅާ އޮޑާހައި، ބޮލު އޮޑާހައި
އޮންނާ ކަޅެ ކަޑިކާޑޭ ހުޅިޔެކެ ޖަހާހައި ބިއްދަރު މެންދަން ހުޅިޔާ ވައްޓާހައި، ކޭވަކެފަތުން
ހަދާހައި އޮންނާ އައިނެކެ ލޮލު އޮޑޮވާހައި. ޗާލުކަމުން ހީވެންނާ އެހެންކަމެހެން.
ކޭކިޔާ ބޮނަންނާ.
ދެން ނަޓަނެ
މީހާ ދޯނިޔަން އެރީމައި ބެރެޖަހައި ލަވަ ކެޔަމުން ނަޓަމުން އެދޯނިޔާ ކިރިޔާ
ކުރިޔަށް އެޔަނެވަރަން ފާލު ޖަހާހައި ރަޓު ދިހެރޭފަޓު ކަބެއްރެން އެޔަންނެއި.
އެވޭލޭ ރަޓު ތެއްޔަހައި ފިރިހެންނާއި ކުއްދުނާއި ތިޔެންނައު ދިހެރެއަށް އަހަ.
ދޯނިޔާ މިހިސާބަށް އާމެއި ނަދިރެ ބޮނެގެން ކައްކައިގެން ކޫދު އެދޯނިޔަށް އަރޮވައި
ހަދަންނެއިޔާ. މިދޮހާ މިންދަރެ ވީމެއި ވޮޑިދޯނިފަހަރޭ ވެރީންނެ ކަނެތި
ކައްކައިގެން މީހެންނަން ކަންނަންދީއަސް ހަދަންނެއްޔާ.
މިހިސާބަށް އެޔަނެ ވޭލޭ ކޯޑިޔާ
ޖަހަނެ ދޯނިޔޭ އެތެރާ ކަނެއްތާއިގެން ހުންނާ ހުރީގޮހޮ. ކޭކިޔާ ބޮނަންނާ. އެދޮހާ ކޮންމި
މީހަކުނާސް އެމީހަކުނަން ލެބުނެ ކަނެއްތެކެ އެއްތެކެ ފަހޭ ދެންނެއްޔާ.
މިކުޅިވަރެ
މިގޮތަށް ކޮޅެމުން ގޮހޮ، ހަވީރެ ފަސްގަޑިބައި ވީމެއި ދޯނިޔާ ރަޓަން ލަފާހައި
އެއްކަލެ ކޯޑިޔާ ތެނަދޫ މާވަށްދިހެރޭ ހުންނާ ރުހަކަށް އެލޮވައިލަންނެއިޔާ.
ދެން އެދޮހާ ކޯޑިޔާ
ކަޑަންނަން ހަމަޖަހޮވާހައި ރަޓު ހުންނާ މީހަކުން ހަދަންލިހައްކޫ މަޣުރިބު ނަމާދުން
އެރީގެން މާވަށްދިހެރެޔަށް ގޮހޮ ރުކު އޮތެ އެއްކަލެ ކޯޑިޔާ އެލޮވީ ވަލާޑާ ކަޑާހައި
ކޯޑިޔާ ބިންމަންތަން ވައްޓައިލަންނެއި. އެމީހާ އެކަމާ ކޮޅަމެއި ދެން ހަމަ އެވޭލޭ ރަޓު
ފިރިހެންނެ ހަދަންލިހައްކޫ "ދޮން އަލިބޭ
މޫދަށްލައްވާ، އަންހެނުންނޭ މޫދުން އަރުވާ" މިލަވެޔާ ކެޔަމުން ކޯޑިޔާ
ކޮޑީ މީހާ ދެޔަގަޑަށް އެއްލައިލަންނޫ. އެއްލައިލީމެއި ދެން އެޔާ އޮންނާ ދެޔަގަޑޭ.
މިމީހާ ދެޔާން
އެއްލީމެއި އެވޭލޭ ރަޓު ބޮޑެ ވެރިޔަކުނަށް ހުންނާ މީހަކުން ވެނެ އަންހެނެމީހާ
ހަދަންލިހައްކޫ އަންހެންނަގެ ޖަމާއަތެކެ ގޮވައިގެން ދެޔާން ގޮހޮ އެއްކަލެ ދެޔާ އޮތެ
މީހާ ނަގައިގެން ލަވަކެޔަމުން އަންހެނެ މީހަގެ ގޭދޮރަށް ގޮހޮ އެޔާގަޔާ ހުނެ ފެނުން މޮޑެ، ހެނޮވާހައި، ރީތި ހެދުމެކެ ލަވާހައި، އަތެރެ ލަވާހައި، ކަރު
ފައްޓަރެބަޔެކެ އޮޑާހައި ކޮޑުނެން ކޮޑަށް ނަލަ ހަދޮވާހައި ބާއިދުވަންނޫ. އެވޭލޭ
ރެއިގަޑު އަޓެން ޖެހުމާއި ގާތެ ވެޔަންނެއި.
ހަމަ އެވޭލޭ
ރަޓު ފިރިހެންނާއި އަންހެންނާއި ކުއްދުނާއި ތިޔެންނައު ރަޓު މާވަށްދިހެރެއަށް
ގޮހޮ. އެވޭލޭ ކޯޑިޔާ ދޯނިޔޭ ތެއި ލަވަކެޔަނެ މީހެންނާއި ބެރެ ޖަހަނެ މީހެންނާއި އެންމެނެ
ތިޔެންނާ އެތަން ގޮހޮ ތައްޔާރޭގެން. ކުދެ ވޭލެކޮޑަކުން ބެރެޖަހައި ނަޓަންނަން
ފޮއްޓީމެއި އެއްކަލެ ކޯޑިޔާ ކޮޑީ މީހާ އެތަން އެބޭރަންނެއިޔާ. އެޔާ ހަމަ އޮޑައުމާއެކު
އެދެ ނަޓަންނަން ފައްޓައިގަންނެއި.
މިލިކަން ކޯޑިޔާ ކުޅިވަރެ ކޮޅެމުން ގޮހޮ އެރެއި މެންދަމާއި ގާތެވީމެއި ކުޅިވަރެ
ހުއްޓައިލަންނޫ. އެހިސާބުން އެދޮހާކުގެ ކޯޑިޔާ ކުޅިވަރެ ނިމުންނޫ.
ނޯޓް:
މިލިޔުމޭ ބޭނުންކޮޓެފައި ވެނެ ފޮޓޯއައްކޫ ހަވަރެތެނަދޫ ފޮޓޯއެކެ ނުން.
އެހެންފަހޭސް އޭބޫ ރާއްދޭ ކޮންމިއަސް ރަޓަކު ކޯޑިޔާ ފޮޓޯއެކެ.
----------------
ލިޔުއްވާހައިވެންނޫ: އަލްމަރުޙޫމް ޙަސަން ޙިލްމީ ޖަނަވަރީގެ/ ގދ. ތެނަދޫ
ޝާއިޢުކޮޅައު:
"ގަލެހިރި" އެޑްމިން