ހުވަދޫ ވާރެވެރި (އަތޮޅުވެރި) މީހާ ފަޔާ ކަޑަންނަން ވޮންޑީ ވާހަކެޔާ
















މިޙާދިޘާ ހިނގި ދުވަސްވަރު ހުވަދުއަތޮޅުގައި ވާރު(އަތޮޅުވެރިކަން) ކުރީ ހޯޑެއްދޫގައެވެ. އޭގެފަހުން ހަވަރުތިނަދޫ ޙާޖީ މުޙައްމަދު ކަލޭގެފާނުގެ ވާރުވެރިކަމުގައި ހަވަރުތިނަދޫގައި ވާރުގެ ބިނާކުރައްވައި އެރަށަށް ވާރުކުރުން ބަދަލުކުރެއްވީއެވެ. ހުވަދޫ ފޯކްލޯރގައި ކިޔައިއުޅުނު ވާހަކައިގައި ރަސްގެފާނަށް ހުވަދޫ ވާރުވެރިންގެ ފައި ކެނޑުއްވޭނޭ ގޮތެއް ނުވިއެވެ. އެއީ ރަސްގެފާނުގެ ދަރިކަނބަލުންނާއި ހުރެއެވެ. 

ހުވަދޫ ބަހުރުވައިން މިފޯކްލޯރ ކިޔައި އުޅުނުގޮތަށް މާލޭ ބަހުރުވައޭ އެކިޔާ ބަހުރުވައިން ލިޔުއްވާފައިވަނީ ތިނަދޫ ޖަނަވަރީގޭ އަލްމަރުޙޫމް ޙަސަން ޙިލްމީއެވެ. އެއަށްފަހު އެލިޔުއްވުން މިހާރު މިއޮތްގޮތަށް ހުވަދޫ ބަހުރުވައަށް ބަދަލުކުރީ ޙަސަން ޙިލްމީގެ ކާފަ ދަރިއެކެވެ. މިއީ ހުވަދޫ ބަހުރުވަ އެނގިވަޑައިގަންނަވާ ނުވަތަ އެބަހުރުވައަށް ލޯބިކުރައްވާ ބޭފުޅުން ފޫހިފިލުވައިލެއްވުމަށް ވިދާޅުވެލެއްވުން ވެސް އެންމެރަނގަޅު ދިވެހިތާރީޚާ ގުޅުންހުރި ފޯކްލޯރއެކެވެ. 
                                         ************

އެކެދޮހާކު އެކެދޮހާކު އުތުރުކަރާން ހުރައިގެން ދަތެރެކެރަމުން، މާލެއަށްޖެހެވީ ނަވެކެއަ. މިހެލާނެ ޖެހެވޫ، މާލެއާ ބަލައިލަންނަން. ދެން މާލެއަށް މިނަވުމީހެންނެ އެރީގަތާ. މިނަވުންއާ މީހެންނަގެއެތެރޭ މާލެއަށްއެރުނެ އެހަކުނަށް ކެޔަންނޫ، ނަސްރަތު. އެނެކެމީހަށް ކެޔަންނޫ، މުހައްމަދު. މިހެލާނެ މާލެއަށްއެރީގެން ހިގަންނާދެކޮން ވީލިހައްކޫ، މަގެއޮޅީގެ. އޮޅީގެން ދެންހިގަންނޫ، ހިގަންނޫ، ހިގަންނޫ. އެތެކެވޭލާކުން ދިހެރެއަށް ނިކެތެވެލޭ އަޅާމަނިކާ، މިދެވެނެ ބާއިތިއައި ނަވާހުރައިގެން އެބަގެ. ކެހައިދެރައިދާ. މިދެވެނެ ހާލުޖިހީގެ. ބަޑަށްއަސް ޖިހީގެ.

ދެން މިދެވެނެ މާލެއެތެރޭ ހިގަންނާދެކޮން، ވަލުމައިޒާންދޮށުގޭ މީހެންނާއި އެގޭބޮޑެމީހަށް ފެނީގެން މިހަގެ ދެވެންނަށް އެހެލާނެ ސަހަރާ ހީވެގެން، އެގޭ އެހެލާނެ ބާއިތެއްޔާ. ދުވަސްކޮޑަކުން އެހެލާންނަށް، ވައްތަރެކަށް މާލޭ ބަހުންއަސް ވާހަކަދައްކަންނަން އެގީގެ. ދެން ވީލިހައްކޫ، މާގިނަދޮހައިކެނުވެ އެގޭ ވެރިމީހާ ވަލުމައިޒާންދޮށުގޭ އެދެރެކަލޭފާނު ލޮޅޭފައި މަރޭގެ. މަރެވީމައި، އެގޭ ދެންތެއި މީހެންނެ ހެދީލިހައްކޫ، މިދެވެނެ އެގޭން ނެރެލިޔާ. އެނެއްކަލައިއަސް މިދެވެނެ ހާލުޖިހީގެ. ބަޑަށްއަސް ޖިހީގެ. ހޯނުވެންނެއިކުން.

ހާލު ޖެހުނެމެއި މިދެވެނެ ރަޓުއެތެރޭ ހިގަމުންގޮހޮ ނިކެމެވުންނޫ، ދިހެރެއަށް. ދިހެރެއަށް ނިކެތެވޭލޭ ދިމާވޫ ހުވަދޫ ވާރެ ވޮއްޑާ ލަފައިގެން އެއްތެތި ބާންނަށް ވޮންނާދެކޮން. ދެން މިދެވެނެފެނީގެން، އެވޮއްޑެން އާ ވާރެވެރިމީހާ ބޮނޫ  ކުއްދުނޭއަ، މިތަން އެނެ ކައޮޑާއި، މީދަލާއި، ފަހައިދެންނަށް މިތާ ތެއިފަހޭ، ތެހެލާންނަށް ހުވަދޫ ބޯޑެކެ ދެންނެއިމާއަ. މިހެންބޮނީމައި، އެދެކޫދު ކައޮޑާއި، މީދަލާއި، ފަހަންނަށް އެތާތޮއު. ދެން އެއްތެތި ބާއި ނިމުނެމެއި އެދެކޫދު ވާރެވެރިމީހާއި ދިމާއަށް ބޮނޫ އަހަންނާންނަށް ވާރެވެރިމީހާ ދެންނޭމާއަބޮނީ ބޯޑާ ކޮބައިހޭ. އޭއްތާ ދީހެލެންނާއަ. މިހެންބޮނީމެއި ވާރެވެރިމީހާ ބޮނޫ ތެހެލާނެ ކުދެކޮށް މަޑެކެރަންނާއަ. އޭއްތާ ތެންމިހި ދެންނެއިމާއަ. ދެން އެދެކޫދު އެތާތޮއު. ވޭލެކޮޑަކުން އެނެއްކަލައިއަސް އެކޫދުބޮނޫ ބޯޑާ ކޮބައިހޭ. އެއްތާ ދީހެލެންނާއަ. މިހެން ބޮނީމައި ވާރެވެރިމީހާ ހެދީލިހައްކޫ، އެތާތެއި އެއްތެއްތޭ އެތެރެން ކުދެކުދެބޯޑެކެ ފާން ޖަހައި އެކުއްދުނާއި ދިމާން އެއްލައިލޫ. އެއްލީވޭލޭ އެއްލީ ފާން ނަސްރަތުގާ ކުދެކޮށްޖިހީގެ. 

ދެން މިދެކޫދު ބޯޑާ ހިފައިގެން ގޮހޮ ހިއްތަން ދޮރޮއްޓޭ ކަބެއްރޭތިޔެ ބޯޑާ ކަންނަށް ފައްޓައިގައްތޫ. ކަމުން ނަސްރަތު ބޮނޫ އަދެ ކެރަންނޭ ކަމެކެނެތިޔަ. ކެރަންނާ ކޮންކަމެކެހޭ. އަހަންނާނެ ގާން، ބޮލަށް، ލޮލަށް، ވޭލިއޮޑީފަހޭއަސް އެމީހަކުނަށް އަދެ ކަމެކެ ނުވެންނެއިއަ. އަހަންނާންނަގެ ރަޓާސްނުންމެއި. ދޮހައިކެ އާދޮހާކުން އެގިޔަންނެއިއަ. މަގާ ޖިހީ ފަޔާ ނުކަޑައި ނުބާންނެއިމާއަ. ދެން މިދެކޫދު އެހެން ދަތިހާލުގައި ރަޓުތެރޭ ވޮންނާދެކޮން މުހައްމަދު ކަންނަށް ނުލެބީގެން ބަޑަށްމަރޭގެ. ނަސްރަތު ފަކީރާ އެކަނިވެގެ. ދެން ކޭއްކޮޅައު!

ދެން ނަސްރަތު އެޔާއެކަނި އެހެންމިހެން ރަޓުތެރޭ ސަލާންޖަހައި ކަނެތިވިއްދެކެ ލެބުނެފަހޭ ކައިގެން، ނުލެބުނެފަހޭ ނުކައި، މިހެންވޮންނާދެކޮން މާލޭ ބޮޑެބަޑޭރިމީހަށް ނަސްރަތު ފެނީގެން އެޔަށްގޭދޮރަށް ނަސްރަތު ގޮވައިގެންގޮހޮ އެގޭ ނަސްރަތު ބާހުއްޓި. މިގޭ ނަސްރަތު ހުއްޓީހުއްޓުމުގައި އެޔަށް ކަންނަށްދީ، ލަންނަށްދީ، އަކެރެ އަގޮވައިދީ، ރާއްދޭ ރައްރަޓުން މާލޭ ރަސްކުހާނަށް ބޮޑެމީހެންނަށް ގެނެނެ ވާރެ ބަލަހުއްޓަންނަށްއަސް އެޔާއި ހަވާލެކޮށްލިޔާ. 

މިހެން ނަސްރަތު ވޮންނާތަން އެތެކެދޮހާވީފަހުން ބޮޑެބަޑޭރިމީހާ ލޮޅޭފައި އެޔާ މަރޭގެ. މަރެވީމެއި ދެން ބޮޑެބަޑޭރިކަން ދިންނޫ ނަސްރަތުއަށް. އޭބޫ އެޔަށް އެމަސައްކަތެ އެގެނެކަމާއިހެދި. މިކަމާ ލެބުނެމެއި ނަސްރަތު ހެދީލިހައްކޫ މީހަކުނާއިއަސް ވެގަތެ. ވެގެން އެޔަށް އަންހެނެ ކުއްދަކުނާސް ލެބީގެ. މިދިޔެ ދޯކޮއްޅާފަރަށް އެރީތަން ގިނަދޮހައިކެނުވެ ވީލިހައްކޫ ރަސްކުހާނު އަވަހާރަވެގެ. ރަސްކުހާނު އަވަހާރަވީމެއި މާލޭ ތެއި ތެއްޔެހައި ބޮޑުންނަގެ އެންމެނެ އެކެބަހެކެ ކެޔާހައި ހެދީލިހައްކޫ އެއްކަލެ ނަސްރަތު ރަސްކަމަށް އެރެވޫ. ރަސްކަމަށް އަރޮވާހައި އެޔަގެ ނަމައްކޫ "ނާޞިރުއްދީން ރަސްގެފާނު" ކެޔާހައި، ނަމެކަސްދީފިޔާ. އެޔަށް ގަޑެވަރާސްދީފިޔާ.

ރަސްކަން ލެބުނެމެއި އެޔާ ހިތަށްއެރޫ، އެއްކަލެދޮހާ އެޔާގާ ފާންޖެހުނެ ވާރެވެރިމީހާ ފަޔާ ކަޑަންނޭމާއަ. ދެން ހެދީ ލިހައްކޫ ފަތްކޮޅެކެ ލޭފައި ހުވަދުއަތޮޅޭ ހޯޑެއްދޫ ވާރެވެރިމީހާއަށް ފޮނޮވައިލި. އެއްތޭ ލޭއު، މީއްތާ ލެބުނެމެއި ތިންދޮހާއެތެރޭ މާލޭ އެންނާ. ވޮއްޑާ ރަޓުންހުރައިގެން ނިކިންނަށް ޖެހެންނާ ހޫޓިކަޑުންއަ. ވަންނަށް ޖެހެންނާ ގާދޫކޮލުންއަ. މިދޭތެރޭ އެއްވިޔަސް ރަޓަކު ޖަހޮވައިގެން ނުވެންނެއިއަ. އެންނަށްވެންނާ ރޯބޯލު ކަޑުން ނަގަމުންއަ. މިހެން ނުހެދީފެހޭ، ވާރެ ވެރިމީހާ ފަޔާ ކަޑަންނެއިމާއަ.

ރަސްކުހާނު ފަތްކޮޅަކުން މިހެންއެގެވީވޭލޭ ހޯޑެއްދޫ ވާރެވެރިމީހައްގޭ ދޮޅެހިޔެ ރާވެންނެ ތިޔެތާއަ. އެހެލާންނަގެ އެތެރޭ މުހައްމަދާ ކެޔަނެ މުލަކު ރާވެރިޔަކުނާސް ހުޓެތާ. އެޔާއްކޫ އެކެފާބަޑެ މީހެކެ. މިޔާ ރުކެއަރާހައި އަހަ ބޮނޫ، ތެންމިހަށް ކަންނަން ދެންނާއަ. ބޮނީމެއި ބަދިގޭމީހެންނެ ބޮނިޔާޔަ، ލިބެންނައު ކޮންކަނެއްތެކެހޭއަ. ވާރެ ވެރިމީހާ މިހެންމިހެން މާލޭއެންނަށް އަގޮވައިގެން އެކަމާއިހެދި ހިތާމާން ކައްކަނެ މީހަކުނާސް ނުވީއަ. މިގޭ ނުކައްކަތެއަ. ދެން މިމުހައްމަދާ ބޮނޫ ތިފަޔާ ނޮކޮޑެނެ ގޮތާ ހަދައިދީފަންނޭމާއަ. ހެދެންނާ ވާރެވެރިމީހަގެ ދިޔެ ދޮންފާނާއި މާއި ދެވަންނެއިފަހޭއަ.

ދެން ވާރެވެރިމީހާ ހެދީލިހައްކޫ އެޔާގާތަށް މިމުހައްމަދާ ގެނަހަ ބޮނޫ، މަފަޔާ ނޮކޮޑެނެ ގޮތާ ހަދައިދީފަހޭ، މަގެ ދޮންފާނާއި ތާއި ދެވަންނޭމާއަ. ދެން މުހައްމަދާ ބޮނޫ އެހެންފަހޭ، ހެދެނޭ މަ ރުކަށްގޮހޮފައި އެންތަން ދުންމޫޓިގަޑަކާއި މާވަހަރެ ވިއްދެކާއި ހޮވާހައި އޭއްތެތި ދިހެރޭ  ދެފަހަ ބެދުނެހިސާބަށް އެރެފައި ބާހުއްޓަންނާއަ. އެވޭލޭ ވާރެ ވޮއްޑާސް ބާންނަން ތައްޔާރެ ކެރެންނާއަ.

އެނެކެދޮހާ މުހައްމަދާ ދިހެރެއަށްގޮހޮ، ކޭވެލި ކޭވާހައި ވާރެވޮއްޑާ ބާއިލި. ބާހައި ހުރަންނަށް އަގޮވައިފި. މަނިކާ ރޯއްދާ ހޫޓިކަޑުން ހަމަނިކިތެމާއެކަށް ރޯބޯލު ވޮއްޑޭ ބޭރޭ ބަޑެފެލާ ހިފައިގެން އެބޯލު ވޮއްޑަށް އަރަންނަށް ފައްޓައިގަތެ. ގާދޫ ކޮލާއި ހަމާން ގެޔަތަންނެން، ބޯލު ބައިވަރާ ގިނަވެގެން ވޮއްޑާ ބަރޭގެން ވޮއްޑާ ގާދޫކޮލަށް ހެރީގެ. ދެން އެނެކެދޮހާ ރަސްކުހާނު ބެލީވޭލޭ، އެގުންނޫ ވާރެވެރިމީހާ އާ ވޮއްޑާ ހެރުންނޫ، ހޫޓި ކަޑުން ނިކެތެމެއި ފައްޓައިގެން ބޯލު އަރަމުން އަރަމުން ގޮހޮ، ވޮއްޑާ ބަރޭގެންކަން. އެހެންވެގެން ވާރެވެރިމީހާ ފަޔާ ކޮޑެންނޭ ލިހެކެ ނުވީމެއި އެޔާ ރަޓަށް އެޔަންނަށް ހުއްދަދީފި. އެޔާ ފަޔާ ބުރިވެންނެއި ގޮތެކެ އެދަތެރަކު ނުވީ. ދެން ވާރެވެރިމީހެ ރަޓަށް އެބަގެ. އެކަމަކު އެޔަގެދިޔެ ދޮންފާނާއި މުހައްމަދާއި ނުދެވީ. ކޮންކަހަލައި މީހެކެދާ!

ދުވަސްކޮޑަކުން އެނެއްކަލައި މާލޭން ރަސްކުހާނަގެ ފަތްކޮޅެކެ ހުވަދޫ ވާރެވެރީންނަށް ހޯޑެއްދުއަށް އެބަގެ. އޭއްތޭ އޮއްތޫ މި ފަތްކޮޅާ ލެބެންތަން ތިނެވަނަށް ވެނެދޮހާ، ލަހަނޮކޮޓެ މާލޭ އެންނާއަ. އެނެވޭލޭ މިކަލެ ހޫޓިކަޑުން ފައްޓައިގެން ގާދޫކޮލާއިހިސާބަށް ނަގަމުން އެންނަށްވެންނައު ތަލަވައްކައޮޓިއަ. މީތި ނުނަގައި ބާފަހޭ ވާރެވެރިމީހާ ފަޔާ ކަޑައިނެންނެއިމާއަ. ދެން ވާރެވެރިމީހާ ކަންބޮޑޭގެ. ކަންބޮޑޭގެން ކެރަންނެއި ނުކެރަންނެއި ކަމެކެ އެޔަށްއަސް، އެހެކުނަށްއަސް، ނުއެގުނެ. ދެން ވާރެވެރިމީހާ ހެދީލިހައްކޫ، އެއްކަލެ މުހައްމަދާ ގެނަހަފައި އެޔާގާތު ބޮނޫ، ދޮންފާނާއި ތާއި ދެވަންނެއިމާއަ މިކަލެ، މަފަޔާ ނުކަޑައި ސަލާމަތެވެގެފަހޭ. ދެން މުހައްމަދާ ބޮނޫ އެންމެރަގަޅެއަ. ވާރެވެރިމީހާ ސަލާމަތެވެގެފަހޭ ތަގެ ދިޔާއި މާއި ދެވަންނަށް ވެންނެއިއަ. ކުރިޔޭކަލެ ބޮނީ އެއްތެތި މިކަލެސް ހޮވާހައި، އެލިކަން ވޮއްޑާ ބާންނަށް ތައްޔާރެ ކެރަންނާއަ.

ދެން ކުރިޔޭކަލެސް ހެދީލިކަން ވާރެވޮއްޑާ ބާހައި، މުހައްމަދާ ހެދީ ލިހައްކޫ، ވޮއްޑާ ހުރުވައިލި. މިކަލެސް ހޫޓި ކަޑުން ހަމަނިކުއްތޫ އެފޮއްޓޫ ކަޑުން ތަލަވައްކައޮއްޓާއި ދިމާވެންނަށް. ދެން ވޮއްޑޭ މީހެންނެ ހެދީލިހައްކޫ ކުދެކޮށް ވޮއްޑާ ދޮއްވަމުން ތަލަވައްކައޮޓި ނަގަންނޫ. ނަގަންނޫ. ނަގަމުން ނަގަމުން ނަގަމުން ގޮހޮ، މާލޭ ފަޅަށް ވޮއްޑާ ވަންތަންނެން ތަލަވައްކައޮޓި ގިނަވެގެން ބަރޭގެން ވޮއްޑާ މާލޭފަޅަށް ހެރީގެ. އެނެކެދޮހާ ރަސްކުހާނު ބެލީވޭލޭ، އެޔަށް އެގުންނޫ ވާރެވެރިމީހާ މާލޭއާ ވޮއްޑާ ހެރުންނޫ ކަޑުން ނިކެތެމެއި ފައްޓައިގެން، ތަލަވައްކައޮޓި ނަގަމުން ނަގަމުން ގޮހޮ ވޮއްޑާ ބަރޭގެންކަން. އެހެންވެގެން ވާރެވެރިމީހާ އެނެއްކަލައިއަސް ރަޓަށް އެޔަންނަށް ހުއްދަދީފި. އެޔާ ފަޔާ ބުރިވެންނެއި ލިހެކެ އެދަތެރޭސް ނުވީ. ދެން ވާރެވެރިމީހެ ރަޓަށް އެބަގެ. އެކަމަކު އެޔަގެ ދިޔެ ދޮންފާނާއި މުހައްމަދާއި ނުދެވީ. ކޮންކަހަލައި މީހެކެދާ! ހޯނުވެންނެއި! 

ދުވަސްކޮޑަކުން އެނެއްކަލައި މާލޭން ރަސްކުހާނަގެ ފަތްކޮޅެކެ ހުވަދޫ ވާރެވެރީންނަށް ހޯޑެއްދުއަށް އެބަގެ. އޭއްތޭ އޮއްތޫ، މި ފަތްކޮޅާ ލެބެންތަން ތިނެވަނަށްވެނެ ދޮހާ މާލެ އެންނާއަ. އެނެވޭލޭ މިކަލެ ހޫޓިކަޑުން ފައްޓައިގެން ގާދޫކޮލާއި ހިސާބަށް ނަގަމުން އެންނަށްވެންނައު، ހިއްތަބައަ. ހިއްތަބާއްކޫ ދެޔަގަޑޭ ވޮންނާ އެއްތެކެ. މީތި ނުނަގައި ބާފަހޭ، ތަފަޔާ ކަޑައިނެންނެއިމާއަ. ދެން ވާރެވެރިމީހާ ހެދީލިހައްކޫ ރަސްކުހާނަގެ ފަތްކޮޅާ ލެބުނެމެއި އެޔާގާތަށް އެއްކަލެ މުހައްމަދާ ގެނަހަ ބޮނޫ، މަފަޔާ މިކަލެ ނޮކޮޑެނެ ގޮތާ ހަދައިދީފަހޭ މަގެ ދޮންފާނާއި ތާއި ދެވަންނޭމާއަ. ބޮނީމައި މުހައްމަދާ ބޮނޫ ވާރެވެރިމީހާއަ. މިކަލެ ތިކަމާ ވެންނައޫ ތަގެދިޔެ ދޮންފާނާއި މާއި ކާވެންނާ ބެއްދީމެއިއަ. އެހެންނުން ލިހެކެ މިކަލަކު ނޯންނެއިއަ. ދެން ކެރަންނޭ ކަމެކެ ނެތިމެއި ވާރެވެރިމީހާ ހެދީ ލިހައްކޫ އެޔަގެ ދިޔެ ދޮންފާނާއި މުހައްމަދާއި ދެވައިލި. ދެވީމެއި ދެން މުހައްމަދާ ބޮނޫ މިކަލެ އެއްވިޔަސް އެއްތެކެ ހޮވަންނޭ ކައިކެނެތިޔަ. މަގޮވައިގެން އަވަހަށް މާލޭ ހިގަންނާއަ.

ވާރެވެރިމީހާ ވޮއްޑާ މިކަލެ މާލޭ ގެޔަވޭލޭ، ކަޑުމަންތެން ހިއްތަބެކަސް، ބޮއްލެކަސް އެކަހަލައި އެހެންއެއްތެކަސް، ދިމާނުވެ ގޮހޮ، މާލޭފަޅަށް ވެދެގެ. ވޮއްޑާ ބީހެނެހިސާބަށް ނުލެފެނީ މުހައްމަދާ ހެދީލިހައްކޫ ފޮންގެންގޮހޮ، ދެފަހަ ބެދުނެހިސާބު ކެރެދި ތޭރައިކެ ޖަހާހައި އެއްތޭ ވޮއްޑޭ ވަލާ ބެދެލި. ދެން މުހައްމަދާ ބޮނޫ ފަންޑިތަވެރިއަކުން ހޮވަންނަށް އެއްގަމުން މީހަކުން ބާފަހޭ ވާރެވެރިމީހާ ތިނާޑެ ބިލެތެ ހިފައިގެން ވޮއްޑެން އެރީގެން، ކަލަކު ބިލެތާޑެކެ އަގާންލަމުން ދޮހަމުން ގޮހޮ، ތިނާޑެ ބިލެތެ ހުއްސީމެއި ދެފަހަބެދުނެތާ ޖިހީ ތޭރެޔާ ދިލައިލަންނާއަ. ދިލާހައި، ދެން ބޮނަންނާއަ ފަންޑިތަވެރިމީހާ މިހިދެވޫ، އެއްގަމުއަ. މިހެންބޮނެފައި، މުހައްމަދެ އެބަގެ. ވޭލެކޮޑަކުން ފަންޑިތަވެރިއަކުން ހޮވަންނަށް މީހެކެބާޔާ.

މިވީލިހައްކޫ ކެހެނަކުންކަން އެގެއި! ވީލިހައްކޫ، މުހައްމަދާ އެއްކަލެ ތޭރެޔާ ދެފަހަބެދުނެ ހިސާބު ހަމަ ޖުހުމާއެކު، ރަސްކުހާނަގެ އިނެ އިކިން ދިޔެ ކަމަނާފާނު، ބަޑަށް އެވެންނަށް ފޮއްޓީ ތަދެކެ ކޭކިޔާ ބޮންނަށްނާ. ކަލޮވާންނޭ، ދިޔާންނޭ، މަނިކާ، އެވާހަކެޔާ ހޮއްވޫ، ނޮބޮނީފަހޭ. ބަޑަށްވީ ތަދަކުން އެދިޔެ ގެޔައު އެބެރެންތެއްލާ ޖެހެމުން، ކުރޮއްޓެއްކެހެން އެބެރެމުން. އެހެންވެގެން ހުވަދޫ ވޮއްޑެކެ އޮއްތޯއާއި، އެވޮއްޑެން ފަންޑިތަވެރިއަކުން އާތޯ ބަލަންނަށް މިމީހަކުން މިއާއު.

ދެން ވާރެވެރިމީހެ މާލެ އެރީގެން ކުރިޔޭ މުހައްމަދާ ބޮނީލިކަން ހަދާހައި، ބޮނޫ ފަންޑިތަވެރިޔާވޫ އެއްގަމުއަ. ދެން މިމީހާ އަވަހަށް މުހައްމަދާ  ހޮވައިގެން އެޔާ ގޮވައިގެން ރަސްކުހާނު ގާތަށް އެބަގެ. ގެޔަމެއި، އެދިޔަށް ވެންލިކާ ރަސްކުހާނު ކެޔައިދީފި. ކެޔައިދިނެމެއި، މުހައްމަދާ ފެރެތަމަ ލޭފައިދިނެ ތައްޓާ ރަސްކުހާނަގެ ދިޔެ ބީމެއި ކުރޮއްޓެކެ ލިކަން އެބެރެންތެއްލާ ޖުހުމާ ހުއްޓީގެ. ދެވަނަ ތައްޓެން، ތަދޭގެން ނޮގޮވަނެވަރާ ވެގެ. ތިނެވަނަ ތައްޓެން އެދިޔަށް މުޅިންރަގަޅޭގެ.

އެނެކެދޮހާ، ހުވަދޫ ވާރެވެރިމީހާ މާލެއާއު ރޯހިއްތަބެ ނަގަމުންތޯ ރަސްކުހާނު ބަލައިފިޔާއަ. ބެލީވޭލޭ އެޔާއާއު، ހިއްތަބެ ނުނަގައިކަމަށް ވެގެ. އެކަމާއިހެދި އެޔާފަޔާ ކަޑަންނަށް ޖިހީގެ. އެޔާ ގެނަހަ ފަޔާ ކަޑަންނަށް އެޔާ ބިމު ބާހައި ކަދާޑަކުމަންތޭ ފަޔާ ބާއްވިޔާ. މިތަނާ ދެކެފައި އެއްކަލެ މުހައްމަދާ ހެދީލިހައްކޫ، އަވަހަށްގޮހޮ އެޔަގެ ބަފައިމީހާ ފަޔާ ކަދާޑޭމަންތެން ނަގާހައި، އެޔާފަޔާ ބާއްވި. އެޔާބޮނޫ، ބަފައިމީހާ ފަޔާ ނުކަޑައި މަފަޔާ ކަޑައިލަންނާއަ. މިތަނާ ދެކެފައި ރަސްކުހާނަގެ ދިޔެ ހެދީލިހައްކޫ، އަވަހަށްގޮހޮ މުހައްމަދާ ފަޔާ ކަދާޑޭ މަންތެން ނަގާހައި އެދިޔެ ފަޔާ ކަދާޑޭމަންތޭ ބާހައި ބޮނޫ، މުހައްމަދާއްކޫ، މަ އެފަދަބޮޑެ ވޭނަކުން ސަމާމަތެކޮޅަ މީހާއަ. އެޔާ ފަޔާ ނުކަޑައި، މަފަޔާ ކަޑަންނާއަ.

މިހެން މިކަމާހިގީމެއި ރަސްކުހާނު ވިދާޅުވޫ، އަދާއިއައްޓައި ފަހުން ފާ ކޮޑުމެކެ ދެންނޯންނެއިއަ. އެކަމާ ހުއްޓުންނޫއަ. ހުވަދޫ ވާރެވެރިމީހާ ދެން ރަޓަށްގެޔަސް، އެންމެރަގަޅެއަ. މަ މިދެނެ މިވާރެފަތްކޮޅާ ރަޓަށްގޮހޮ ބަލަންނާއަ. ރަސްކުހާނު މިހެން ވިދާޅުވީމެއި، ވާރެވެރިމީހާއި، އެޔަގެދިޔާއި ވެނެ މުހައްމަދާއި، ދިހަރެއަށް ގޮހޮ ވޮއްޑެން ހުރައިގެން ރަޓަށް އެބަގެޔާ.

ދެން ވާރެވެރިމީހާ ރަޓަށް ގޮހޮ، ވާރެ ފަތްކޮޅާ ބެލީވޭލޭ، އަދާއައްޓައި ފަހުން ވާރެވެރިންނަށްކޫ، މުހައްމަދާ ކަމަށް އެފަތްކޮޅު އޮތެ. އިތިއްރަށް ހޯޑެއްދޫ ކަބެއްރޭ އޮންނާ ހާދުވެން ފައްޓައިގެން ކަނަންދުވާ ޖެހެންނާދެކަން، އެތާތެއި ތެއްޔެހައި ފަޅެރައްރަޓާއި ފަރެފަރާއިއަސް އޭބޫ މުހައްމަދަށް ރަސްކުހާނު ދެއްވާހައިވެނެ ތަންތަނެކަމަށްއަސް، ފަތްކޮޅުއޮތެ. ދެން އަވަހަށް މުހައްމަދާ ކޮވައިތޯ ބެލީވޭލޭ، އެޔާ އެބަގެޔާއަ ރުކަށް. ރާ އަރަންނަށް. ދެން ކުރިޔޭ ވާރެވެރިމީހާ ފޮނޮވީ މީހެންނާއި، އެޔަގެދިޔާއި، ވަލަށް ރުއްގަޑަށް ގެޔަވޭލޭ މުހައްމަދާ އޮއްތޫ ރުކު.

މުހައްމަދާއި ވެނެ ދޮންފާނު ގޮވައިލިޔާއަ މުހައްމަދާ އެރީގެން އަހަފެލަންނާއަ. މުހައްމަދާ ރުކުން އެރީގެން އާމެއި، އެޔާއަތުން ރާވައްޅާއި އެއްތެތި އަތުލައިގެން އޭއްތެތި ވަލަށް އެއްލައިލައި ވާރެގޭދޮރަށް ގޮހޮ، ވަޑު ފޮޑަހުން އެޔާ ހެނޮވާހައި، މަރައްކާރު މުންޑުވެކެ އަދޮވާހައި، މައުލާނާ ގަންޖުފަރާހެކެ ލަވާހައި، ރަސްކުހާނަގެ ފަރާތުން އެޔަށް ދިނެ އެއްތެއްތޭ ވާހަކައަސް ބޮނެފިޔާ. އެދޮހާން ފައްޓައިގެން މުހައްމަދައްކޫ، ހުވަދޫ ވާރެވެރިމީހެ. އެޔާ ވެންނޫ ކުރިޔޭ ވާރެވެރިމީހަގެ ދިޔެ ދޮންފާނާއި.

މިވާރެ ފަތްކޮޅުން ނާސިރުގެ ވެރިކަމާއި ހިސާބަށް އެގެންނަށް އޮއްތޫ، މެރަންގަލާއި، ދެކާންބާއި. މާލޭ ރަސްކަންކޮޅަ ބެއިފުޅުންނަގެ އެތެރޭ، އައްސުލްޠާން ނާޞިރުއްދީން ސިރީވީރު އަބާރަނަ މަހާރަދުން ކެޔަނެ ރަސްކުހާނަކުން 1408މ. ން 1411މ. ށް ރަސްކަން ކޮޅަކަމާ ދިވެހިތާރީޚުން އެގެއި. އެހެންފަހޭސް އެރަސްކުހާނައްކޫ ކޮންތާކު ކޮންދަރިކޮޅަކު ކޮންބެއިފުޅަކުންކަން ނުވެގެއި. ކުރިޔޭޒަމާނު ހޯޑެއްދޫ ވާރެ ކޮޅަކަމާ އެގެއި. އަދި ހަވަރެތެނަދޫ ޙާޖީ މުޙައްމަދުކަލޭފާނަގެ އަތޮޅުވެރިކަމު ހޯޑެއްދޫން ތެނަދުވަށް ވާރެގެޔާ ބަދަލެކޮޅަކަންއަސް އެގެއި. މިހިސާބަށް މިވާހަކެޔާ ކޮޑޭ، ދަބަރެކައިގެ. ތިން ނޮންޓަށް، މުހަރެކައިގެ. ދެންތެއި ނޮންޓަށް، ގޮހޮރެކައިގެ. (ނިމުންނު)
                -------------------
"ގަލެހިރި"