ބޮސްނިއާގެ ގަތުލުޢާއްމުގެ ހަނދާނުގައި

 

ބޮސްނިއާގެ މުސްލިމުންނަށް ސާބުން ކުރަމުން ގެންދިޔަ ބޮޑެތި އަނިޔާއާއި ގަތުލުޢާއްމުގެ ވާހަކައަކީ 1992 ވަނަ އަހަރުން ފެށިގެން 1995 ވަނަ އަހަރާ ހަމަޔަށްވެސް މުޅިދުނިޔޭގައި އިވެމުންދިޔަ ވާހަކައެކެވެ. ފިރިހެނުންނާއި ކުޑަކުދިންގެ ގަޔަށް ބަޑިޖަހައި މަރާލައި އަންހެނުންގެ ޢިއްފަތްތެރިކަން ފޭރި ދިރިތިއްބާ އެތައްބަޔަކު ވަޅުލިއެވެ. ޢާއިލާތަކުގެ ބައެއްމީހުން މަރާލީ އެޢާއިލާގެ ދެންތިބި ބަޔެއްގެ ކުރިމަތީގައެވެ.

މިކަންކަމުގެ ތަފުޞީލަކީ މިހާރުވެސް މީޑިޔާގެ އެކި ވަސީލަތްތަކުން އެނގެންހުރި ކަންކަމަށްވާތީ އެބަޔަށް ދިޔުމަކީ ކޮންމެހެން މިލިޔުމުގެ ބޭނުމަކަށްނުވާތީ އެބައި ދޫކޮށްލީއެވެ.

އެދުވަސްވަރު ކާބޯތަކެތި ނުލިބި ބޮސްނިއާގެ މުސްލިމުންގެ އެތައް ބަޔަކު މަރުވަމުންދާތީވެ، އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރާއި ރައްޔިތުން މަސައްކަތްކޮށް ބޮސްނިއާ ފަންޑެއް ހުޅުވައި ވަރަށް ގިނަ ޢަދަދެއްގެ ފައިސާ އެތަނަށް ފޮނުވިއެވެ. މިގޮތުން ރާއްޖޭގެ މީހުންއުޅޭ އެހެން ރަށްރަށެކޭވެސް އެއްގޮތަށް ގދ. ތިނަދޫގެ މަސްވެރިންނާއި މުވައްޟަފުންނާއި ކޮމިޓީތަކާއި ރަށުގެ ކުދިބޮޑު އެންމެންވެސް އެކަމުގައި ބައިވެރިވިއެވެ.

ތިރީގައި އެވަނީ ބޮސްނިޔާގެ އެޖަރީމާތަކާއި ގުޅިގެން އެދުވަސްވަރު ގދ. ތިނަދޫގައި މަޝްހޫރުވެގެންދިޔަ ލަވައެކެވެ. މިލަވަ އޭރު ދިވެހިރާއްޖޭގެ އަޑުންވެސް ފޮނުވާފައިވެއެވެ. ލަވަ ކިޔާފައިވަނީ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިއެއް ކަމަށްވާ ތިނަދޫ ސްޓާރލިންގ މަރްޔަމް އަޙުމަދު ދީދީ އެވެ. ރެކޯޑްކުރީ ތިނަދޫ މަދަރުސާދޮށުގޭގައެވެ. ލަވަ ހެދީ އަޅުގަނޑެވެ.

                         

              --------------------

ޢަބްދުﷲ ޙިލްމީ

27 ފެބްރުއަރީ 2024މ.