ކުޑަދޮންތުގެ އަނބި ޙައްވާފުޅުގާތުގައި
މަނިކުބޭގޯތީ މަރިޔަނބު ބުނިއެއްޗަކުން ޙައްވާފުޅުގެ އެހުންނަ ރަސްމީ ރުޅިގަނޑު އޭގެ
ޖަގަހައިން ކުއްލިއަކަށް ބޭރަށްނުކުމެ ބުއްރާސްކުކުޅެއްހެން ނައިބުކަލޭގެ(ޤާޟީ)ގެ ގެއާދިމާލަށް
ދުއްވައިގަތެވެ.
(ކުކުޅުހައު
ކުއްލިއަކަށް އަޑުގޮއްވަމުން އުދުހިގެންދާ ދިއުމަށް "ބުއްރާސް" ކިޔައެވެ.
އަދި މަޖާޒީބަހެއްގެގޮތަށް ރުޅިގަދަ އަންހެނުން ރުޅިއައިސްގެން ހަޅޭލަވައިގަންނަގަތުމަށްވެސް "ބުއްރާސް" ކިޔައެވެ.)
ނައިބުކަލޭގެ ގެ
ހުންނަ މަގަށް ޙައްވާފުޅަށް ނުކުމެވުނުއިރު ގޭގެދޮރޯށި ހުޅުވާލައްވާފައި އެތެރެއަށްވަންނަވަން ނައިބުކަލޭގެ އުޅުއްވަނީއެވެ. ނަމަވެސް އެމަގުގެ އުތުރުފަރާތުން އަންހެނެއްގެ
ހަޅޭކުގެއަޑު އިވިލައްވައިގެން އެދިމާލަށް ބައްލަވައިލެއްވިއިރު ކަމަކުދާކަށްނެތެވެ.
އަޑުގެކޮޅަށް(އަޑުގައިހުރި އެންމެ ބާރަށް) ހަޅޭލަވަމުން މާނޭވާލަމުން ދުވެފައި މިހިރައަންނަނީ އެއްކަލަ ޙައްވާފުޅެވެ. މިއަޑުފަށްގަނޑަށް ތަންގަނޑުމީހުންވެސް މިވަނީކީއްތޯބަލަން
މަގުމައްޗަށް ނުކުންނަނީއެވެ.
ޙައްވާފުޅު އެ އައިގޮތަށްއައިސް "ދޮންތު އަހަރެންވަރިކޮށްފިކަން ދެނަހުރީމުހޭ" ނައިބުކަލޭގެގާތުގައި އެހުމުން ނައިބުކަލޭގެ ޙައިރާންވެ ހުންނަވާފައި ބުނުއްވިއެވެ.
"ނުދެނެހުރީމެވެ. ވަރިކުރީ ކޮންއިރަކުހެއްޔެވެ."

ޙައްވާފުޅު ބުންޏެވެ.
"އާނ! ނޭނގޭނެއެވެ. އެނގޭނީ ކިހިނަކުންހެއްޔެވެ. އެކަންކުރީ ސިއްރުންނެވެ. މަނިކުބޭގޯތީ މަރިޔަނބު މަގޭގާތުގައި ބުނީ ވަރިކުރީ އެއުޅޭ ޙަރީރާ ބުނެގެން އޭނާއާއި އިނުމަށްޓަކައި
ލާ-މަރުކަޒީގޮތުންނެވެ. އެހެންވީމާ ލާ-މަރުކަޒީގޮތުންކުރާ ވަރިއެއްނޭނގޭނެއެވެ.
ބަލަ!
ނައިބުކަލޭގެމެން މިލާމަރުކަޒީއެއް ހެދިފަހުން ހަމަޖެހިލައިގެން މިރަށުގައި ބަޔަކަށްއުޅެވޭނޭ އެއްވެސްގޮތެއް ނެތެވެ. ޖެހިޖެހީނުން މީހަކު ބިންމައްޗަށް ދަންމާލައިފާވެސް
މިދަންމާލީ ލާމަރުކަޒީގޮތުންނޭ، މިކަމާ ކުރެވޭނެކަމެއް ނޯންނާނެޔޭ ބުނީމާ އެނިމުނީ އެވެ. ޙައިރާންވެއެވެ."
ނައިބުކަލޭގެއަކީ ޙައްވާފުޅުގެ ފިރި ކުޑަދޮންތުގެވެސް ރައްޓެއްސަކަށްވުމާއެކު ޙައްވާފުޅުގެ އެހުންނަ ޒީލަގަދަ ރުޅިގަނޑު އޭނާއަށްވެސް އެނގިލައްވައެވެ. އެހެންވުމާއެކު، މިދެމަފިރިންގެ ދެމެދުގައި ޖެހޭ ކުނިބުނީގެ ކަންތައް ޙައްލުކޮށްދެއްވުމަށްވެސް ބައެއްފަހަރު އުޅުއްވަން ޖެހިލައްވައެވެ. ޙައްވާފުޅާއި ކުޑަދޮންތުއާ ދެމަފިރީންގެ ދެމެދަށް ވަންނަ ކުނިބުނީގެ އެންމެބޮޑު މައްސަލައަކަށްވެފައި އޮންނަނީ ހަފުތާއެއްގެތެރޭ ހުކުރު ހޯމަ އަންނަގޮތަށް ހަފުތާއަކު ދެފަހަރު އެ ޙަރީރާއެއްގެ ރޯގާ ޙައްވާފުޅަށްޖެހުމެވެ.

ޙައްވާފުޅު ދެއްކިވާހަކަ އައްސަވަން ހުންނަވާފައި އޭނާގެކޮނޑުގައި އަތްޖައްސަވާލައްވާފައި ނައިބުކަލޭގެ
ބުނުއްވިއެވެ.
"ލާ-މަރުކަޒީގޮތުން ވަރިކުރާގޮތެއް އަދި ކައިވެނިކުރާގޮތެއްވެސް
ލާ-މަރުކަޒީ ޤާނޫނުގައި ނޯވެއެވެ. އެނޫނަކީ މުޅިން އެހެންކަހަލަ ޤާނޫނެއް ނޫންހެއްޔެވެ.
އެހެންވީމާ އެނޫނުގެ ދަށުން އެކަންކަމެއް ނުކުރެވޭނެއެވެ. ލާމަރުކަޒީއާއި ގުޅުވައިގެން ތިޔަކަހަލަ އަޑުއަޑު
އެހާ ގަދަވެގެންއުޅެނީ ލާމަރުކަޒީގައި އެހެން ކޮންމެވެސް ކަންކަމެއް ހުރެގެންކަމަށް
ވެދާނެއެވެ. އަޅާނުލާށެވެ. ތިޔަވަރިއެއްގެ ވާހަކަވާނީ، ދޮގަކަށެވެ. ގެއަށްދާށެވެ."
ނައިބުކަލޭގެ އެގޮތަށް
ބުނުއްވުމުން ގޮތަކަށް ހަމަޖެހިލައިގެންހުރެ ޙައްވާފުޅު ގެއަށްދާން ހިނގައިގަތީ ޝައްކެއްގައި
ހުރެގެންނެވެ. އެހެންވަނީވެސް ސަބަބެއް އޮވެގެންނެވެ. އެހެނީ، އެބުނާ ޙަރީރާއަކީވެސް
ހެދިހުރި ހަށިގަނޑާއި ވަނާތަކާއި ޝާއްބަކަން އާސްމާނަށް ގޮންޖަހާލެވޭވަރުގެ ރީތި އަންހެނަކަށްވާތީ، ޙަރީރާގެ މޯހިރުގައި ކުޑަދޮންތުއަށް ޖެހެވުމަކީވެސް ނުވާނޭކަމެކޭ ބުނެވޭނީ ކާކަށްހެއްޔެވެ!؟
-----------------
ލިޔުއްވީ: މީމު
ނޫނު