ބަގުވާން ނިންދެވި ލަވަ










ބަގުވާން ނިންދެވި ލަވައަކީ 1962މ. ގައި ހަވަރުތިނަދޫން މީހުން ބޭލުމުގެ ދެތިން އަހަރު ކުރިއްސުރެ ފެށިގެން އެ ރަށުގެ ބައެއް ކުދިން ފޯރިއާއެކު ތަމްސީލު ކުޅުމަށް ބޭނުންކުރި ލަވައަކަށް ވާތީ، އެ ހަނދާން އާކޮށްލުމަށް ބޭނުންވާ އޭރުގެ ކުދީން މިހާރު ބޮޑެތިވެފައި އެބަ ތިއްބެވެ. ހަވަރުތިނަދޫގެ އެ ދުވަސްވަރުގެ ކުދިން ކުޅުނު އެ ތަމްސީލުގައި މާގިނަ ބައިތަކެއް ނޯވެ އެވެ. އޮންނަ ކަމަކީ ކޮންމެވެސް ކުއްޖަކު ތަނެއްގައި އޮށޯތުމުން އެ ކުއްޖަކު ނިންދަވަން އެހެން ކޮންމެވެސް ކުއްޖަކު ލަވައެއް ކިޔުމެވެ. އެ ލަވައަކީ ހިންދީ ފިލްމު "އަލްބޭލާ 1951" ގައި ބަގުވާން ނިންދެވުމަށް "ބިމްލާ ކުމާރީ" އެކްޓްކޮށްފައިވާ "ދީރޭ ސޭ އާޖާ ރީ އަނކިޔަން މޭނ، ނިނދިޔާން އާޖާ ރީ އާޖާ، ދީރޭ ސޭ އާޖާ" މިލަވަ އެވެ. ނިންދެވުމުގެ މިތަމްސީލު ކުޅެނީ ކުދިންގެ ފެންވަރުން އެ ކުދިންނަށް ވާންއޮތް ގޮތަކަށެވެ.

"ބިމްލާ ކުމާރީ" ނިންދެވި ބަގުވާނަކީ ބަޔަކު އެއަށް އަޅުކަންކުރާ ބަގުވާނެއް ނޫނެވެ. އަޅުކަން ނުކުރާ ބަގުވާނެވެ. މިއީ 1 އޯގަސްޓް 1913މ. މުމްބާއީގައި އުފަންވެ އަދި  4 ފެބްރުއަރީ 2002މ. މުމްބާއީގައި ދުނިޔެދޫކުރި ހިންދީ ފިލްމީ ދުނިޔޭގައި މަޝްހޫރު ބަގުވާން ދާދާ އެވެ.

ބަގުވާން ނިންދެވުމަށް "އަލްބޭލާ-1951" ގައި ބިމްލާ ކުމާރީ "ދީރޭ ސޭ އާޖާ ރީ މިލަވައަށް އެކްޓް ކުރަނިކޮށް (ނުވަތަ ލަވަކިޔާގޮތް ދައްކަނިކޮށް) ހަވަރުތިނަދޫގެ ކުދިންނަށް ފެނުނީ 20 ސެޕްޓެމްބަރ 1959މ. ދުވަހުގެ ރޭ ހަވަރުތިނަދޫ "ޑޭޒީ" މަގުގައި ފިލްމު "އަލްބޭލާ" ދެއްކުމުންނެވެ. ބިމްލާ ކުމާރީ "އަލްބޭލާ-1951" ގައި ކުޅެނީ ބަގުވާންގެ ކޮއްކޮއެއްގެ ރޯލެވެ. ހަވަރުތިނަދޫގައި މިފިލްމު ދެއްކުމާބެހޭ މަޢުލޫމާތު ތިރީގައިވާ ލިންކުން ވެސް ހޯއްދެވިދާނެ އެވެ.



1951 ގައި ރިލީޒްކުރި ހިންދީ ފިލްމު "އަލްބޭލާ"ގެ ވާހަކަލިޔެ ޑައިރެކްޓްކޮށް އަދި އެކްޓަރއެއްގެ ބައި ކުޅުނީ ބަގްވާން ދާދާ އެވެ. ފިލްމުގެ އެކްޓްރެސްއަކީ ގީތާބާލީ އެވެ. ގީތާބާލީ އުފަންވީ 1930މ. ގައި ޕާކިސްތާނުގަ އެވެ. އަދި އޭނާ ދުނިޔެ ދޫކުރީ 21 ޖެނުއަރީ 1965ގައި މުމްބާއީގަ އެވެ. "އަލްބޭލާ" ފިލްމު ކުޅުނުއިރު ބަގުވާން ދާދާގެ ޢުމުރަކީ 38 އަހަރެވެ. ގީތާބާލީގެ ޢުމުރަކީ 21 އަހަރެވެ. މިފިލްމު ކުޅުނުއިރު ގީތާބާލީއާއި މަޝްހޫރު ހިންދީ ތަރި ޝައްމީ ކަޕޫރުގެ ކައިވެނި ނުކުރެއެވެ.

ބަގްވާންއާއި ގީތާބާލީ ލީޑްރޯލް ކުޅެ، އަދި ބަގްވާން ޑައިރެކްޓް ކޮށްފައިވާ ހިންދީ ފިލްމު "އަލްބޭލާ" އަކީ، 1951މ. ގައި ނެރެ އެ ދުވަސްވަރުގެ ވަރަށް މަޝްހޫރުވީ ފިލްމަކަށް ވުމާއެކު، ބަގްވާނުގެ ޙަޔާތުގެ މައްޗަށް އަލިއަޅުވާލާ އޭނާގެ ހަނދާނެއްގެ ގޮތުން "މަރާޓީ" ބަހުން ކުޅުނު ފިލްމު "އޭކް އަލްބޭލާ" ވެސް މިހާރުވަނީ ކުޅެފަ އެވެ. މިފިލްމުގައި ބަގުވާންގެ ރޯލް އަދާކުރީ މަންގޭޝް ދެސާއީ އެވެ. ގީތާބާލީގެ ރޯލްކުޅުނީ ވިދްޔާ ބާލަން އެވެ.




"އަލްބޭލާ – 1951" ގައި ބަގްވާން ދާދާ ނިންދެވުމަށް ބިމްލާ ކުމާރީ އެކްޓްކޮށްފައިވާ ދީރޭ ސޭ އާޖާ ރީގެ ވީޑިއޯ



ބަގްވާން ދާދާ ނިންދެވުމަށް ފިލްމު "އަލްބޭލާ – 1951" ގައި ބިމްލާ ކުމާރީ އެކްޓް ކޮށްފައިވާ "ދީރޭ ސޭ އާޖާ ރީ" ލަވަ ދިވެހިބަހުން މާނަކޮށް ދެއްވީތީވެ އަލްފާޟިލް މުޙައްމަދު ޝާހިދު ޙަލީމަށް އިޚުލާޞްތެރިކަމާ އެކު، ޝުކުރު ދަންނަވަމެވެ. 
                 *************

ދީރޭ ސޭ އާޖާ ރީ އަނކިޔަން މޭނ، މަޑުމަޑުން ލޮލުގެ ތެރެއަށް އަންނާށެވެ.
ނިނދިޔާން އާޖާ ރީ އާޖާ، ނިންޖާއެވެ. އަންނާށެވެ.
ދީރޭ ސޭ އާޖާ  މަޑުމަޑުން އަންނާށެވެ.
ދީރޭ ސޭ އާޖާ ރީ އަނކިޔަން މޭނ، މަޑުމަޑުން ލޮލުގެ ތެރެއަށް އަންނާށެވެ.
ނިނދިޔާން އާޖާ ރީ އާޖާ، ނިންޖާއެވެ. އަންނާށެވެ.
ދީރޭ ސޭ އާޖާ  މަޑުމަޑުން އަންނާށެވެ.
ޗުޕް ކޭ ސޭ ނައިނަން ކީ ބާގިޔަން މޭނ،   ލޮލުގެ ބަގީޗާތެރެއަށް ސިއްރުސިއްރުން
ނިނދިޔާން އާޖާ ރީ އާޖާ، ނިންޖާއެވެ. އަންނާށެވެ.
ދީރޭ ސޭ އާޖާ  މަޑުމަޑުން އަންނާށެވެ.

އޯ...   އޯ...
ލޭކަރް ސުހާނޭ ސަޕްނޯން ކީ ކަލިޔާން،  އުފާވެރި ހުވަފެންތަކުގެ ނުފޮޅޭ މާތައް ހިފައިގެން
ސަޕްނޯން ކީ ކަލިޔާން  ހުވަފެންތަކުގެ ނުފޮޅޭ މާތައް
ލޭކަރް ސުހާނޭ ސަޕްނޯން ކީ ކަލިޔާން،   އުފާވެރި ހުވަފެންތަކުގެ ނުފޮޅޭ މާތައް ހިފައިގެން
އާކެ ބަސާ ދޭ ޕަލަކޯން ކީ ގަލިޔާން،   އައިސް އެސްފިޔަތަކުގެ ގޯޅިތަކަށް ވެރިކޮށްދޭށެވެ.
ޕަލަކޯން ކީ ޗޯޓީ ސީ ގަލިޔާން މޭނ   އެސްފިޔަތަކުގެ ކުދިކުދި ގޯޅިތަކަށް
ނިނދިޔާން އާޖާ ރީ އާޖާ،  ނިންޖާއެވެ. އަންނާށެވެ.
ދީރޭ ސޭ އާޖާ ރީ އަނކިޔަން މޭނ،   މަޑުމަޑުން ލޮލުގެ ތެރެއަށް އަންނާށެވެ.
ނިނދިޔާން އާޖާ ރީ އާޖާ،   ނިންޖާއެވެ. އަންނާށެވެ.
ދީރޭ ސޭ އާޖާ  މަޑުމަޑުން އަންނާށެވެ.
ޗުޕް ކޭ ސޭ ނައިނަން ކީ ބާގިޔަން މޭނ،  ލޮލުގެ ބަގީޗާތެރެއަށް ސިއްރުސިއްރުން
ނިނދިޔާން އާޖާ ރީ އާޖާ، ނިންޖާއެވެ. އަންނާށެވެ.
ދީރޭ ސޭ އާޖާ   މަޑުމަޑުން އަންނާށެވެ.

އޯ...
ތާރޯން ސޭ ޗުޕްކަރް ތާރޯން ސޭ ޗޯރީ،   ތަރިތަކަށް ސިއްރުން ތަރިތަކަށް ނާންގައި
ތާރޯން ސޭ ޗޯރީ  ތަރިތަކަށް ނާންގައި
ތާރޯން ސޭ ޗުޕްކަރް ތާރޯން ސޭ ޗޯރީ،   ތަރިތަކަށް ސިއްރުން ތަރިތަކަށް ނާންގައި
ދޭތީ ހޭ ރަޖަނީ ޗަންދާ ކޯ ލޯރީ،   ޕަރީ ހަނދަށް ނާނާކިޔައިދެއެވެ.
ހަނސްތާ ހޭ ޗަންދާ ބީ ނިނދިޔާން މޭނ   ހަނދު ވެސް ނިދީގައި ހިނިތުންވެއެވެ.
ނިނދިޔާން އާޖާ ރީ އާޖާ، ނިންޖާއެވެ. އަންނާށެވެ.
ދީރޭ ސޭ އާޖާ   މަޑުމަޑުން އަންނާށެވެ.
ދީރޭ ސޭ އާޖާ ރީ އަނކިޔަން މޭނ، މަޑުމަޑުން ލޮލުގެ ތެރެއަށް އަންނާށެވެ.
ނިނދިޔާން އާޖާ ރީ އާޖާ، ނިންޖާއެވެ. އަންނާށެވެ.
ދީރޭ ސޭ އާޖާ   މަޑުމަޑުން އަންނާށެވެ.
ޗުޕް ކޭ ސޭ ނައިނަން ކީ ބާގިޔަން މޭނ،   ލޮލުގެ ބަގީޗާތެރެއަށް ސިއްރުސިއްރުން
ނިނދިޔާން އާޖާ ރީ އާޖާ، ނިންޖާއެވެ. އަންނާށެވެ.
ދީރޭ ސޭ އާޖާ   މަޑުމަޑުން އަންނާށެވެ.
          ------------------
"ޢަބުދުﷲ ޙިލްމީ"
ލަވައިގެ ތަރުޖަމާ: 
އަލްފާޟިލް މުޙައްމަދު ޝާހިދު ޙަލީމް