ސުވާލު:
ދުވަސްވެފައިވާ
އިހުގެ ޤަބުރުސްތާނެއްގެ މައްޗަށް އަރާނެހެން މިސްކިތެއް ބޮޑުކޮށް
ޢިމާރާތްކުރުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟ އަދި، މީހުން ވަޅުނުލާތާ ސާޅީސް އަހަރު
ވެފައިވާ ޤަބުރުސްތާނެއްގެ މައްޗަށް ފަސްއަޅައި ފޮރުވުމުގެ ޙުކުމަކީ ކޮބައިތޯ
އެވެ؟
ޖަވާބު:
މާތް ﷲ ގެ
ޙަޟުރަތަށް ޙަމްދު ހުށްޓެވެ. އެކަލާނގެ ރަސޫލާ އަށް ޞަލަވާތާއި ސަލާމް ލައްވާށި
އެވެ! މި ޞަލަވާތާއި ސަލާމުގައި އިތުރު އާލުންނާއި މިތުރު ޞަޙާބީން ޝާމިލުކުރައްވާށި
އެވެ! އެއަށްފަހު ދަންނަވަމެވެ.
މައްޔިތުންގެ ކަށިތައް ފީވެ، އިންދިރާސްވެފައިވާ ޤަބުރުސްތާނެއްގެ މަތީގައި ނޫނީ، މިސްކިތެއް (ނުވަތަ މިސްކިތަކުން ބައެއް) ބިނާކުރުމަކީ ހުއްދަ ކަމެއް ނޫނެވެ. ތިޔަ ވިދާޅުވާ ޤަބުރުސްތާނުގައި ވަޅުލާފައިވާ މައްޔިތުން ސާޅީސް އަހަރުދުވަހުގެ ތެރޭގައި ކަށި ފީވެ، އިންދިރާސްވެއްޖެ ކަމަށް، ކަމާބެހޭ މާހިރުން ބުނެފިނަމަ، ތިޔަ ޤަބުރުސްތާނުގެ މަތީގައި ބިނާކުރުމާއި، ދަނޑުވެރިކަން ފަދަ މަންފާކުރަނިވި ކަންތައްތައް ކުރުމަކީ ހުއްދަ ކަމެކެވެ. އަދި ޤަބުރުސްތާން ބިމާ ހަމަކުރުމަށްފަހު، އޭގެ މަތީގައި ހިނގުމާއި، އެނޫން ކަންކަމަށް ބޭނުންކުރުމަކީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫނެވެ.

މައްޔިތުންގެ ކަށިތައް ފީވެ، ޤަބުރުސްތާން އިންދިރާސްވެފައި ނުވާކަމަށް ވަނީނަމަ، ޤަބުރުސްތާނުގެ މަތީގައި ބިނާކުރުމާއި ދަނޑުވެރިކަން ކުރުން ފަދަ މަސައްކަތްތައް ކުރުމަކީ ހުއްދަ ކަމެއް ނޫނެވެ.
والله أعلم.
ނޯޓް:
މިއީ،
"ޠަރީޤުލްއިސްލާމް" (islamway.net) ގެ
ފަތުވާގެ ބައިގެ ނަމާދުގެ ފިޤުހު ނުވަތަ "ފިޤުހުއްޞަލާތި" (فقه الصلاة) ގައި ތަޞްނީފުކޮށްފައިވާ ފަތުވާއެކެވެ. މި ފަތުވާ
ޝާއިޢުކޮށްފައިވަނީ، 17 ޝަޢުބާން 1436 (4 ޖޫން 2015) ގަ އެވެ.
-------------------
ތަރުޖަމާ:
އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން