މާލޭގައިވާ ދަރިކޮޅުތަކުގެ އެކިއެކި ގޮފިތަކުގެ ތެރެއިން އެދުރުދީދީގެ ޢާއިލީގޮފި - 3










އާދެ! އެދުރުދީދީގެ ޢާއިލާ އާއި ބެހޭގޮތުން އަޅުނގަޑު ލިޔަމުން މި ގެންދާ ސިލްސިލާގެ ތެރެއިން މިހާރު ވާނީ އެދުރުދީދީގެ ޢަބްދުﷲ ދީދީ ގެ ބައި ނިމިފައެވެ. ޤަލަން ނަގައިގެން މިހާރު މި އުޅެވެނީ އެދުރުދީދީގެ ޙުސައިން ދީދީގެ ދަރިފަސްކޮޅުން އެނގެން ހުރި ބަޔެއް ދަންނަވާލަ ދެވޭތޯއެވެ !

ހުސައިންދީދީ ( އެދުރުދީދީ ޙުސައިންދީދީ)
 މި އެދުރުދީދީގެ ޙުސައިންދީދީގެ ކައިވެނި ކުރައްވަނީ ފުވައްމުލަކު ގޫފަހަވަތު ކަމަނަ ދައިތަގެ ދޮންކަމަނަ އާއި އެވެ. މި ކައިވެނިން މި ދީދީއަށް ލިބިވަޑައިގަންނަވާ ބޭފުޅުންނަކީ
މުޙައްމަދު ދީދީ
2 ދޮންތުއްތުދީދީ
3 ކަޅުތުއްތުދީދީ
4 ކުޑަތުއްތުދީދީ
5 ތުއްތު ފާޠުމަތުދީދީ އެވެ
މި ނޫން އެހެން އެއްވެސް ދަރިޔަކު ހުންނެވިކަމެއް އަދި އިތުރު ކައިވެނި ފުޅެއް އެދުރުދީދީގެ ޙުސައިންދީދީ ކުރައްވާފައިވާ ކަމެއް ހޯދިފައެއް ނުވެއެވެ. މި ބޭފުޅުންގެ ދަރިފަސްކޮޅުގެ ތަފްސީލުތަށް ތިރީގައި މި ބަޔާން ކުރަނީއެވެ. 

1 ގައި ބަޔާން ކުރެވުނު މުޙައްމަދު ދީދީ ( އެދުރުދީދީގެ ޙުސައިންދީދީގެ މުހައްމަދު ދީދީ)
އެދުރުދީދީގެ ޙުސައިންދީދީގެ މުހައްމަދުދީދީ ކައިވެނި ކުރެއްވީ މާދޫގޭ އަޙްމަދު ކަލޭގެފާނުންގެ ދޮންމަނިކެ އާއި އެވެ. މި ކައިވެނިން މި މުހައްމަދު ދީދީއަށް ލިބިވަޑައިގަތީ
1.2 ފާޠިމަތުދީދީ އެވެ.

މި  ދެންނެވި މުޙައްމަދު ދީދީގެ ފާޠިމަތުދީދީ ނޫން އެހެން ބޭފުޅަކު ހުންނަވާކަމެއް އެނގިފައެއް ނެތެވެ. މި ފާޠިމަތުދީދީ ކައިވެނި ކުރެއްވީ ބާބާގޭ ދޮންމަނިކު އާއި އެވެ. މި ދޮންމަނިކު އާއި ކުރެއްވި ކައިވެނިން ފާޠިމަތުދީދީއަށް ލިބިވަޑައިގަތް ބޭފުޅަކީ 1.3 އަހްމަދު ޢާޠިފް ( އެކްސް ރޭ ޢާޠިފެވެ)  

ނޯޓް: މަތީގައި ދަންނަވާލެވިފައި އެވާ މާދޫގޭ އަޙްމަދު ކަލޭގެފާނަކީ ދިވެހި އަދަބީ ގުލްޝަނުގައި ވިދާލި އެއް ތަރި ކަމުގައިވާ ޢަލީ އަޙްމަދު ( މާދޫގޭ އަޙްމަދު ކަލޭގެފާނުގެ ދޮންތުއްތު) ގެވެސް ބައްޕައެވެ. އަދި މި ދެންނެވި އެދުރުދީދީގެ ޙުސައިންދީދީގެ މުޙައްމަދު ދީދީ ގެ ފާޠިމަތު ދީދީގެ ފިރިކަލުން ބާބާގެ ދޮންމަނިކަކީ ރާއްޖޭގައި އެންމެ ފަހުން ކޮލިލާން ހިނގި ކޮލި ކަލޭގެ އެވެ. އަދި މަޝްހޫރު ފޮޓިގާރާފަރު ބާބާގެ ތުއްތު މަނިކުގެ ބޭބޭވެސް މެއެވެ.

2 ގައި ބަޔާން ކުރެވުނު ދޮންތުއްތުދީދީ
 މިއީ މާލޭގައި މަޝްހޫރު އެދުރުދީދީ ދޮހުއްތީދިއެވެ. ފަނޑިޔާރުގޭ ނައިބުކަންވެސް ކުރެއްވި ބޭފުޅެކެވެ. އެދުރުދީދީގެ ޙުސައިން ދީދީ ގެ ދޮންތުއްތުދީދީ ގެ ޢަރަބި ނަންފުޅަކީ އިބްރާހިމްދީދީ އެވެ. އަލްމަރުޙޫމް އެދުރުދީދި ދޮންތުއްތުދީދީ އެތަށް ކައިވެންޏެއް ކުރެއްވި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެހެންނަމަވެސް ބޭފުޅުން ލިބިވަޑައިގަތީ އާމިނަތު މޫސާ ( ބޮއިގޭ ތުއްތު) އާއި ކުރެއްވި ކައިވެނިންނާއި ކޮއިފުޅުގެ އާމިނާދީ އާއި ކުރެއްވި ކައިވެނިންނާއި ތުއްތު މަނިކެ އާއި ކުރެއްވި ކައިވެނިންނެވެ. އަލްމަރުޙޫމް އެދުރުދީދީ ދޮންތުއްތުދީދީ  ތިއްބެވި ބޭފުޅުންނަކީ:

2.1 ޅަތުއްތުދީދީ
2.2 ޒަރީނާ އިބްރާހިމް ދީދީ
2.3  ޝަމްސިއްޔާ އިބްރާހިމް ދީދީ
2.1 ގައިވާ ޅަތުއްތުދީދީ
 ޅަތުއްތުދީދީ ގެ ތިއްބެވީ 4 ބޭފުޅުންނެވެ އެއީ
2.1.1 އިބްރާހިމް ޒުހޫރު
2.1.2 ޙުސައިން ރަމީޒް
2.1.3 ލައިލާ
2.1.4 ޝާހިދު އެެވެ. (ދަރިކޮޅު ނެތް)

ނޯޓް: އެދުރުދީދީގެ ޙުސައިންދީދީ ގެ ދޮންތުއްތުދީދީ އާއި މި ދޮންތުއްތުދީދީގެ ދަރިކަލުން ޅަތުއްތުދީދީ އަވަހާރަވީ ވަރަށް ގާތުގައެވެ. ކުރިން އަވަހާރަވީ ޅަތުއްތުދީދީ އެވެ. ޖެހިގެން އައި ދުވަހު މި ޅަތުއްތުދީދީގެ ބައްޕާ ދޮންތުއްތުދީދީ އެވެ. މި ދެބޭފުޅުންމެ އަވަހާރަވީ މީލާދުން 1977 ގައެވެ.
މި ހުރިހާ ބޭފުޅުންގެ ފަރާތުންވެސް ދަރިކޮޅު މާލެގައި ހިނގާފައި އެބަ އޮތެވެ.

2.1.1 ގައިވާ އިބްރާހިމް ޒުހޫރު
 މިއީ އެދުރުދީދީ ޙުސައިންދީދީގެ ދޮންތުއްތުދީދީގެ ޅަތުއްތުދީދީގެ އިބްރާހިމް ޒުހޫރެވެ. މި އިބްރާހިމް ޒުހޫރު ކައިވެނި ކުރެއްވީ ހިމިތީ ކުޑަ މުޙައްމަދު ކަލޭގެފާނުގެ ޝަރީފާ އާއި އެވެ. މި ކައިވެނި ނޫން އެހެން ކައިވެންޏެއް އިބްރާހިމް ޒުހޫރު ކުރައްވާފައެއް ނުވެއެވެ. ޒުހޫެރު އަވަހާރަވީ މީލާދުން 2004 ވަނަ އަަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައި ތައިލޭންޑުގެ ބެންކޮކުގައި ބޭސް ފަރުވާއަކަށް ވަޑައިގެން ހުންނަވަނިކޮށެވެ. ޒުހޫރުގެ ބޭފުޅުންނީ:

2.1.1.1 އިސްމާޢިލް ނާޒިމް
2.1.2 އާމިނަތު ނާޝިޔާ
2.1.3 އާއިޝަތު ނާދިރާ
2.1.4 ފާޠިމަތު ނާޒިޔާ
2.1.5 އަޙްމަދު ނިޔާޒް
2.1.6 މަރިޔަމް ނާދިރާ
2.1.7 ޢަބްދުﷲ ނާފިޢު
2.1.8  މުޙައްމަދު ނާޝިތު

2.2 ގައިވާ ޒަރީނާ އިބްރާހިމްދީދީ
 ޒަރީނާ އިބްރާހިމްދީދީ އަކީ އެދުރުދީދީ ގެ ޙުސައިންދީދީ ގެ ދޮންތުއްތުދީދީ ގެ ބޭފުޅެކެވެ. މި ޒަރީނާ ކައިވެނި ކުރެއްވީ ކުއްޅަވައް އިބްރާހިމް ދީދީ އާއިއެވެ. މިކައިވެނީން ޒަރީނާއަށް ލިބިވަޑައިގެންނެވި ބޭފުޅަކީ
2.2.1 ނަޝީދާ އިބްރާހިމްދީދީ އެވެ.

ނޯޓް: ޒަރީނާ އިބްރާހިމް ދީދީގެ ފިރިކަލުން ކުއްޅަވައް އިބްރާހިމް ދީދީ އަކީ ދިޔަމިނގިލީ ބަންޑާރައިންގެ އިބްރާހިމް ރަސްގެފާނުންގެ އަލްއަމީރާ މަރިޔަމް ކަނބާފާނުގެ އައްނަބީލް މުޙައްމަދު ދީދީ ގެ ކުއްޅަވައް ޢާއިޝަތު ދީދީ ގެ ކުއްޅަވައްދީދީގެ ކުއްޅަވަށް ޙަސަން ދީދީ ގެ ކުއްޅަވައް ޢަލިދީދީ ގެ ކުއްޅަވައް އިބްރާހިމް ދީދީ އެވެ.

2.3 ގައިވާ ޝަމްސިއްޔާ އިބްރާހިމް ދީދީ
 ޝަމްސިއްޔާ އިބްރާހިމްދީދީ ކައިވެނި ކުރެއްވީ ރާޅު ތުއްތު އާއި އެވެ. މި ކައިވެނީން ލިބިވަޑައިގެންނެވި ބޭފުޅުންނަކީ:

2.3.1 މުޙައްމަދު ސަޢީދު
2.3.2 އަހްމަދު ސަޢީދު
2.3.4 އިބްރާހިމް ސަޢީދު
2.3.5 ޙުސައިން ފަޟީލް
2.3.6 ޙަސަން ފަޟީލް
2.3.7 ފާޠިމަތު ލައިޒާ
2.3.8 ޢާއިޝަތު ލައިޒާ
2.3.9 މަރިޔަމް ލައިޒާ
2.3.10 އާމިނަތު މަޝްފޫޤާ
2.3.11 ފާޠިމަތު ލީޒާ
2.3.12 މުސްލިމާ އާދަމް
2.3.13 ސުހާ އާދަމް
2.3.14 އާމިނަތު އާދަމް (ޅަފަތުގައި މަރުވީ)
2.3.15  ޝަމީމާ އާދަމް ( ޅަފަތުގައި މަރުވީ)

ރާޅު ތުއްތު މިހާރު ވަނީ ނިޔައުވެފައެވެ. އެހެންނަމަވެސް ޝަމްސިއްޔާ އިބްރާހިމް ދީދީ އަދިވެސް ދުނިޔޭގައި އެބައިންނެވިއެވެ. ޝަމްސިއްޔާ އިބްރާހިމްދީދީ ދިރިއުޅުއްވަނީ ފިރިކަލުންގެ ގެ ކަމުގައިވާ މއ. ކޫލިންގްވިލާ ގައެވެ.
(ނުނިމޭ)
              ----------------------

ލިޔުއްވީ: އަޙްމަދު ޢަލާ ( ޢަލާ ހިލާލީ)
މަޢުލޫމާތު : ޕާކަރު ރަޝީދުގެ ދަރިފަސްކޮޅު ނޯޓްތަކަކުން
       : ޝަމްސިއްޔާ އިބްރާހިމް ދީދީ ( މއ. ކޫލިންގ ވިލާ)  ގެ އަރިހުން

       : ހިމިތީ މުޙައްމަދު ކަލޭގެފާނުގެ ޝަރީފާ މުޙައްމަދުގެ އަރިހުން