އާދަވެގެން ހިގަމުންދާގޮތުން ރަމަޟާންމަހު މާލޭގައި ރޯދަ ވީއްލަނީ އާކޯއްޓޭ ބުރުޒުގެ ބަޑިޖަހާގެއިން އިރު އޮއްސޭވަގުތު ޖަހާ ބަޑިއެއްގެ އަޑަށެވެ. މިބަޑި ޖަހަނީ މުންނާރުން ގޮވާ މީހާ މުންނާރުން އަރާ މައްޗަށް ބޯ ދައްކާލުމާއެކުއެވެ. މިގަވާޢިދުން ހިގަމުންއައިސް 2 ރަމަޟާން 1382 ، 28 ޖަނަވަރީ 1963 ވީ ހޯމަދުވަހުގެ އިރު އޮއްސުނުއިރުގެ ބަޑިޖެހީ އިރު ނުއޮއްސި 10 މިނިޓް ހުއްޓައެވެ. ޖަހަންވީ 6.19 ގައެވެ. ޖެހީ 6.09 ގައެވެ.
ވީގޮތަކީ
މުންނާރުން ގޮވަންހުރި ޢުމަރުކަލޭގެ ޢަބުދުﷲ އަށް އެރި ކޮންމެވެސް އޮޅުމަކުން
ވަގުތު ނުޖެހެނީސް މުންނާރަށް އެރުނުކަމެވެ. އެރުމާއި އެކީގައި ސިފައިން ބަޑިޖަހާ
ގެއިން ބަޑިޖެހީއެވެ. މިކަމާއިބެހޭ ގޮތުން މިރޭ އުއްތަމަފަޑިޔާރު މަނިކުފާނު
ނިންމެވީ މިބަޑީގެއަޑަށް ރޯދަވީއްލި އެންމެން އަލުން އެރޯދަ ހިފުމަށެވެ.
ގެއްލުނު
ރޯދަ ޤަޟާކުރުމާ ބެހޭ އިޢްލާން
2 ރަމަޟާން
1382ހ. ވަނަ ދުވަހުގެ މުންނާރުކަލޭގެ އިރު ނޯއްސެނީސް ގޮވި ބަންގީގެ އަޑަށް
ބަޑިޖެހުމުގެ ސަބަބުން ވަރަށްގިނަ ބައެއްގެ ރޯދަ ވީއްލުނުކަމަށް މިފޮތުގައިވާނީ
ލިއެވިފައެވެ. މިރޯދަ ޤަޟާކުރުމާ މެދު މަޙުކަމަތުއް ޝަރުޢިއްޔާއިން 28 ޖަނަވަރީ
1963 ދުވަހުގެ ރޭ (3 ރަމަޟާން 1383) ގައި ނެރުއްވި އިޢްލާން ތިރީގައި މިވަނީއެވެ.
މަޙުކަމަތުއް
ޝަރުޢިއްޔާ
މާލެ ނަމްބަރ ށ- 63/10
އިޢްލާން
ރަމަޟާންމަހުގެ
2ވަނަ ދުވަހު އިރު ނޯއްސެނީސް މުންނާރުން ގޮވި ގޮވުމަށް ބަޑިޖެހުމުގެ ސަބަބުން
އިރު ނޯއްސެނީސް ރޯދަ ވީއްލުނު މީހުން އެރޯދަ ޤަޟާކުރަން ޖެހޭނެއެވެ.
އަންނަ އަހަރު
ރަމަޟާން މަސް އައުމުގެކުރިން އަހަރުދުވަހުގެ ތެރެއިން އެމީހަކަށް ފަސޭހަ
ދުވަހަކުން އެރޯދަ ޤަޟާކުރުމުން ފުދޭނެއެވެ.
މިހެންވެ މިކަން އިޢްލާން ކުރަމެވެ.
28 ޖަނަވަރީ
1963މ.
ޚާދިމްކުމް
އަޙުމަދު ޒަކީ
މަޙުކަމަތުއް ޝަރުޢިއްޔާގެ ވެރިޔާ
· މިބަންގި ގޮވި އަލްމުޙުތަރަމް ޢުމަރުކަލޭގެ ޢަބުދުﷲ އާއި މެދު ޤަޟިއްޔާ ހުށަހެޅި
ނިޔާ ކަޑައެޅުއްވީ 15 ފަހަރުން ތަޢުޒީރުކޮށް 6 މަސްދުވަހަށް ގޭގައި
ބަންދުކުރެއްވުމަށެވެ.
--------------
"ގަލެހިރި"
މަޢުލޫމާތު:
ދިވެހިރާއްޖޭގެ
އެކިއެކި ކަންކަން ހިނގިގޮތް (ފޮތް) 25