ދެއަތް ނެތް އަންހެން ކުއްޖެއްގެ ކުޅަދާނަކަން


ޖެސިކާ ކޮކްސް އަކީ، އުފަންވިއިރު ދެ އަތް ނެތް އަންހެން ކުއްޖެކެވެ. އުފަންވިއިރު އޭނާގެ ދެއަތް ނެތީ ކީއްވެގެންކަން ބުނެދޭކަށް ޑޮކްޓަރުންނަކަށް ވެސް ނޭނގެ އެވެ. އޭނާގެ މަންމަގެ ފުށުން ޞިއްޙީ މައްސަލައެއް ކުރިމަތިވެފައިވާ ކަމަކަށް އެއްވެސް ޓެސްޓަކުން ނުދައްކަ އެވެ. ޖެސިކާއަށް ކުރިމަތިވެފައިވަނީ، ވަރަށް ނާދިރު ޖެނެޓިކް މައްސަލައެކެވެ. ނަމަވެސް އޭނާގެ މައުނަވިއްޔާތު ވަރަށް ވަރުގަދަ އެވެ.

އެހެން މީހުން ދެ އަތުން ކުރާ ކަންތައްތައް، ޖެސިކާ އޭނާގެ ދެފައިން ކުރަންފަށާފައިވަނީ ވަރަށް ކުޑައިރު އެވެ. ކެއުމާއި، ލިއުމާއި، އެނޫނަސް އެފަދަ ކަންތައްތައް ދެފައިން ކުރުމަށް އޭނާވަނީ ނުހަނު ކުޑައިރުއްސުރެ ދަސްކުރަން ފެށި އެވެ. ސްކޫލްގައި އެހެން ކުދިންނާއެކު، ފެތުމާއި، ނެށުމާއި، ޖިމްނާސްޓިކް ފަދަ އެކްޓިވިޓީތަކުގައި ވެސް އޭނާ ބައިވެރިވި އެވެ. ޢުމުރުން 10 އަހަރުގައި (tae-kwan-do) ކުޅެންފަށައި، އުމުރުން 14 އަހަރުގައި ބްލެކް ބެލްޓް ޙާޞިލުކުރި އެވެ .އަދި އޭނާގެ ކުޅަދާނަކަން، މަތިންދާބޯޓް ދުއްވުމާ ހަމައަށް ވެސް އުފުލާލި އެވެ.

ތިރީގައި މިވަނީ، ޖެސިކާގެ ބައެއް ފޮޓޯތަކެވެ.    




 


 

 

    


                ----------------------------
ލިޔުއްވީ: އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން