އާ ރައީސަކު 2008މ. ގައި މަގާމުގެ ހުވާކުރެއްވުމަށް ފަހު، ލަސްނުކޮށް އެޓޯލްސޭ ކިޔުނު ވުޒާރާ އުވައިލައްވައިފޫއެވެ.
އޭގެފަހުން މިތަނެއްގައި ހުރި ތަކެއްޗާއި ސާމާނު ވެހާމާނުވެސް ފީސަބީލިއްލާހި
ކުރައްވައި ނަންގަނެވުނު ވުޒާރާހިންގި ޢިމާރާތްވެސް ތަޅައިލެއްވުމަށް ނިންމަވައިފިއެވެ.
މިކަންކަން އެމަގަށް ގެންދެވުމުގައި ބޮޑެތިބޮޑެތީންގެ ބޭނުންފުޅާ މެދު ގިނަގުނަ ރިވާޔަތްތައް ހުއްޓެއްކަމަކު އެއިންކަމަކަށް ބަލައިލެވެން ނެތީ އެއްކަލަ އުވައިލެއްވި ތަނުން ކުރަމުންދިޔަ އެންމެހައި ކަމަކާއި އެ ތަނުން ކުރާންހުރި ކަމެއް ވެސް ހޯމްއެފެއާޒޭ ކިޔުނު ވުޒާރާއާއި މަތިކުރައްވައި ނިމުނުއިރު އަސްތާ! ކަމަކުދާކަށް ނެތެވެ. ފަރުމަނަންޓު ސެކްރުޓަރީންގެ ދެޖިންސްގެ ބާވަތުން ދެބޭފުޅަކު ހޯމްއެފެއާޒޭ ކިޔުނުތަނަށް ހަމަ އެހިނދުމެ ކަމާލްވެ ގަރާރުވެއްޖެއެވެ.
މިއީކީ ސިވިލްސައުވީސް ކިޔުނު ތަނުގެ ފަންސަވީސްވަނަ އަސާސީ ބާބުގެތެރެން ފަރުމަނަންޓުގެ ސައްބީސްވަނަ ފަޞްލު ހުއްދަނުކުރާ ކަމަކަށްވެ، ފަރުމަނަންޓުންގެ އެއްބޭފުޅަކު ހޯމްއެފެއާޒޭ ކިޔުނު ތަނުން ބޭރުކޮށް ގެއަށް ފޮނުވައިލާން ލަސްނުކޮށް ނިންމައިފޫއެވެ.
ފަރުމަނަންޓު ދެބޭފުޅުންގެ ތެރެއިން ބަޔާންވެދިޔަ މަގުން ގެއަށް ފޮނުވައިލެއްވުމަށް ބޮޑެތީން ބޭނުންފުޅުވާ ބޭފުޅަކީ އުފެއްދެވި ޖިންސުގެގޮތުން ދަރިމައިވުމުގެ އަނެއްކޮޅުގެ ބޭފުޅާއެވެ. އާޚިރުގައި މިބޭފުޅާއާއި މިލައިގަތްކަމަކީ އެހިނދަށް ރާއްޖެއަށް ލައިގެންފައިވާ މޫސުމުގެވައި މިބޭފުޅެއްގެ ނެތުން ނޫން ދެވަނަކަމެއް ނޫނޭ ހޯމްއެފެއާޒޭ ކިޔުނު ތަނުގައި މަސައްކަތު މީހަކަށްއުޅުނު މަގޭ ރައްޓެއްސަކު ގަންދީހުވައިކޮށްފައި ބުންޏެވެ.

ހޯމްއެފެއާޒޭ ކިޔުނުތަނުން ބޭރުކޮށް ގެއަށް ފޮނުވައިލެއްވުމަށް ބޮޑެތީން ބޭނުންފުޅުވި ބޭފުޅާ އެތަނުން ބޭރުކޮށްލެއްވުމަށް މޭކަޕެއް ދަހަނާއެއްނެތި ބާވަތެއްގެ ގުޅަމަތި ހިފުމުގެ މުބާރާތެއް ބޭއްވޫއެވެ. މިކަމެއް ހިނގަމުން ދިޔައިރު ބޮޑެތީން ބޭނުންފުޅުވާ ބޭފުޅަކު ބަލިވާލެއް ލަސްވުމުން ބޮޑެތީން ހެއްދެވިގޮތަކީ ގަދަވާން އެބޭފުޅުން ބޭނުންފުޅުވާ ބޭފުޅާއާއި އެއްކޮޅަށް ސިއްރުވެރިގޮތަކަށް ފާޅުގައި ޖެހިވަޑައިގެން އަނެއްބޭފުޅާގެ ކިހިލިފަތްދޮށުގައި ގިލިގިލިކޮއްޓައި އުކުޅަށްއަރުވައި އެންމެފަހުން މިބޭފުޅާ ވަތަކުތޯ ޖައްސުވައިފިއެވެ. މިހުނަރުތަކުގެ ލަފާދާރަކަށް އަޑިއަޑިން ހުންނެވިކަމަށް ބުނެވެނީ ވިލިގިލީގައި އަތޮޅުވެރިކަމެއްކުރެއްވި ކޮންމެވެސް ސަޢީދެއް ކިޔާ ބޭފުޅެކެވެ.
ބަޔާންވެދިޔަ ކަންކަމާއެކުމެ
އުވައިލެއްވި އެޓޯލްސޭ ކިޔުނު ވުޒާރާއިން ހޮވައިލައި އުކައިލުމަށް މޫސުމުގެ ބޮޑެތިބޮޑެތީން ޒަމާނުއްސުރެ ބޭނުންވާ ބަޔަކުވެސް ލަހެއްފަހެއްނެތި އެމީހަކާއި އެކަށޭނަފަދައެއްގެ
އާނގައަކާއި ލޯވަޅަކުން އެމީހަކު ކޮއްޕައި ބޭރުކޮށްފިއެވެ. ނަސީބަކުން އެއިންމީހެއްގެ
ޢައުރަ ކަޝްފުވެ ތިބީންގެ ލޯތަކަށް ނުކުޅަދާނަވީކަމުގެ ޚަބަރެއް ޝަކުވާއެއްނެތެވެ.
މިއެންމެހައި ކަމެއްގައިވެސް އެއްކަލަ ވިލިގިލީގައި އަތޮޅުވެރިކަމެއްކުރެއްވި ސަޢީދެއްގެ
ގާތްކަމާއި މިތުރުކަމެއް ބޮޑެތީންނަށް ވެދުންކޮށްފައި އޮތްކަމުގެ ގަދަވެގެންވާއަޑެއް
އެދުވަސްވަރު ބާޒާރުމަތީ އޮތެވެ. އެސަޢީދަކު ހުންނެވީ ސިވިލްސައުވީހޭ ކިޔުނު ތަނެއްގެ
އަމީނުލްމަކުތަބާ އަކަށް ނޫނީ އަމީނުލްމަދުރަސާ އަކަށް ކަމަށް ބުނާތީ އަހަމެވެ.
----------------
ލިޔުއްވީ: އިބްރާހީމް ޙުސައިން