ހަވީރުގައި
ޝާއިޢު މިކުރާ މި ލިއުން ބިނާކޮށްފައި ވަނީ، އެމެރިކާގެ ދެ ރިސާޗަރަކު 1994 އަދި 2000 ވަނަ އަހަރު
ހައްދަވާފައިވާ ޑޮކްޓޯރަލް ރިސާޗެއްގައި ހިމަނާފައިވާ މަޢުލޫމާތުގެ މައްޗަށެވެ.
1000 ސަފްހާ އަށްވުރެ ދިގު މި ދެ ރިސާޗްގައި ރާއްޖެއާ ބެހޭ ވަރަށް ގިނަ
ޖިއޮލޮޖިކަލް މައުލޫމާތާއި ކުރެހުންތައް ހިމަނާފައި ވެއެވެ. އަޅުގަނޑުމެން އެ
މައުލޫ މާތުތައް ބޭނުންކޮށްގެން ރާއްޖެ އުފެދިފައިވާ ގޮތުގެ ތާރީޚީ މައުލޫމާތު
ހިމަނައިގެން މިލިއުން ތައްޔާރުކޮށްފައި މިވަނީ އެމެރިކާގެ ދެ ރިސާޗަރުން
ކަމުގައިވާ އޮލިވާ އާރބަޓާއި އަންދްރޭ ބެލޮޕޮލްސްކީ ކުރައްވާފައިވާ މަސައްކަތް
ވަރަށްބޮޑަށް ފާހަގަ ކުރަމުންނެވެ.
ރާއްޖެއާއި
ބަހާމާސް އަކީ ދުނިޔޭގައި ވަކިން އޮތް އެންމެ ބޮޑު ދެ ކާބަނެޓް (ވިރިކެކޭ އަޅިން އުފެދިފައިވާ) ޕްލެޓްޕޯމެވެ.
ރާއްޖޭގެ ރަށްތައް އުފެދިފައިވަނީ މި ޕްލެޓްފޯމުގައެވެ. މިފަށަލައިގެ ދިގުމިނަކީ
800 ކިލޯ މީޓަރެވެ. ފުޅާމިނަކީ 130 ކިލޯ މީޓަރެވެ. ބޯމިނުގައި 23 ކިލޯ މީޓަރު
ހުންނާނެއެވެ. މި ކާބަނޭޓް ޕްލެޓްފޯމުގެ އަޑީގައި ވަނީ ވޯލްކެނިކް ހިލައިގެ
(އަލިފާންފަރުބަދައިގެ) ފަށަލައެކެވެ. އެއީ އެއީ 60 ވަރަކަށް މިލިއަން އަހަރުގެ
ކުރިން ގޮވާފައިވާ އަލިފާން ފަރުބަދައަކުން ފޭބި ދިޔާ އަލިފާނުން (ލާވާއިން)
އުފެދުނު ފަށަލައެކެވެ. މިލާވާ ފަށަލައިގެ އަސްލަކީ އިންޑިއާ ކަނޑުގެ ދެކުނުގައިވާ
ރީޔުނިއަން "އަލިފާންފަރުބަދަ" އެވެ.
ރާއްޖޭގެ
ރަށްތައް އުފެދިފައިވާ ގޮތުގެ ދިރާސާތަކެއް އެންމެ ފުރަތަމަ ކޮށްފައިވަނީ 19 ވަނަ
ގަރުނުގެ ކުރީކޮޅުގައެވެ. އެއީ 1835 ގައި މޮރެސްބީ އާއި 1842 ގައި ޑާވިން
ކުރި ދިރާސާ އެވެ. އިނގިރޭސީން
ތައްޔާރުކޮށްފައިވާ އެޑްމިރަލްޓި ޗާޓުގެ އަލީގައި މޮރެސްބީ އާއި ޑާވިން
ވިދާޅުވެފައިވަނީ ރާއްޖޭގެ ފަރުތައް އުފެދިފައި ވަނީ ގެނބެމުންދާ ރަށްތަކެއްގެ
މަތީގައި ކަމަށެވެ. އަތޮޅުތައް އުފެދޭ ގޮތުގެ މޮޑެލެއް ޑާވިން ގާއިމްކުރެއްވީ
މިދިރާސާވެސް ބޭނުން ކުރައްވައިގެންނެވެ. އަދި 20 ވަނަ ގަރުނުގެ ކުރީކޮޅުގައިވެސް
ރާއްޖޭގެ ފަރުތަކާބެހޭ ދިރާސާތަކެއް ކޮށްފައި ވެއެވެ. ނަމަވެސް، ރާއްޖެ
އުފެދިފައިވާގޮތުގެ އަސްލާ ބެހޭ އެންމެ ފުރިހަމަ މައުލޫމާތުތަކެއް ލިބުނީ ތެޔޮ
ހުރިތޯ ބެލުމަށް ކުރި މަސައްކަތުންނެވެ. ރާއްޖޭގެ އެތެރެވަރީގައި ތެޔޮ ހުރިތޯ
ބެލުމަށް ކަނޑުގެ އަޑިން ބިންގަނޑު ތޮރުފައިގެންހޯދި ސެއިސްމިކް އަދި ޖިއޮލޮޖިކަލް
މައުލޫމާތު ތަކުންނެވެ.
މިގޮތުން
އެލްފް އަކުއިޓޭން އިން 1976 ގައި މާލެ އަތޮޅު އުތުރުން ރަސްދޫ ކައިރިން 47 މީޓަރު
ފެނެ އަޑިން ބިންގަނޑު ތޮރުފައިގެން މައުލޫމާތު އެއްކުރިއެވެ. އެތަނުން މީގެ 55
މިލިއަން އަހަރު ވެފައިވާ 2100 މީޓަރު ބޯ ކާބަނޭޓް ފަށަލައަކާއިނ ދިމާވިއެވެ. އަދި
އޭގެ އަޑީގައި 115 މީޓަރުގައި "ލާވާ" އިން އުފެދިފައިވާ ހިލައިގެ
ފަށަލައެއް އޮތެވެ. އެކިސަރަހައްދުތަކުގެ ބިމުން ނެގި ތަކެތި ދިރާސާ ކުރުމުން
ސާބިތުވީ ހިލައިގެ ފަށަލައިގެ އުމުރު ގާތްގަނޑަކަށް 57 މިލިއަން އަހަރު ކަމެވެ.
އަދި އެފަށަލައަކީ ރީޔުނިއަން އަލިފާން ފަރުބަދަ ގޮވައިގެން އުފެދުނު
ފަށަލައެއްކަމެވެ. އެފަރުބަދަ ގޮވާފައި ވަނީ މީގެ 67 މިލިއަން އަހަރު ކުރިންނެވެ.
ރާއްޖެ ހިމެނޭ ރިޖާއީ، ލެކަޑިވްސް އަދި ޗާގޮސް އުފެދިފައި ވަނީ އެއަށްފަހުއެވެ.
ލަފާކުރެވެނީ އެއީ މީގެ 33 އާއި 65 މިލިއަން އަހަރު ކުރިން ކަމަށެވެ.
އެދުވަސްވަރަކީ
ދުނިޔޭގެ އެކި ބައްރުތައް ބައިބައިވެފައިވާ ދިގު ޒަމާނެވެ. އިންޑިއަން
ސަބްކޮންޓިނެންޓް އޮތީ ޔޫރޭޝިއާއާ ވަކިންނެވެ. ހިމާލިއާ ފަރުބަދަ އުފެދެން ފަށައިފައިވަނީ
މީގެ 45 އާއި 50 މިލި އަން އަހަރު ކުރިންނެވެ. ކޮންޓިނެންޓްތަކަށް އަންނަމުންދިޔަ
ބަދަލުގައި ނުވަތަ ކޮންޓިނެންޓަލް ޑްރިފްޓްގައި އިންޑިއާ ކަނޑުގެ ދެކުނުން
ރީޔުނިއަން ކައިރީގައި ރާއްޖޭގެ ރިޖް (ބިނމުގެ ސަރަޙައްދު) އޮތުމަށްފަހު
ސަބްކޮންޓިނެންޓާ އެކު، މިހާރު މިއޮތް ސަރަހައްދަށް "އެ ރިޖް" ބަދަލުވީއެވެ.
(ބުރެކެޓްކޮށްފައި އެވަނީ އަމިއްލަ ބަސްތަކެވެ.)
ރާއްޖެ
އުފެދެންފެށީ މީގެ 55 މިލިއަން އަހަރު ކުރިން
(އެމެރިކާގެ
ސައިންސްވެރިން ބުނަނީ ރާއްޖޭގެ ރަށްތައް ވަނީ އަލިފާން ފަރުބަދަތަކެއްގެ މައްޗަކު
ނޫން ކަމަށް)
ނޯޓް: މީގެ 55
މިލިއަން އަހަރުކުރިން ރާއްޖެ އޮތީ ކޮންތާކު، ކޮންގޮތަކަށް؟
އެމެރިކާގެ
ސައޮންސްވެރީން ބުނަނީ އެންމެ ފުރަތަމަ ރާއްޖެ އޮތީ ރިޔުނިއަން އައިލެންޑް
ކައިރީގައި ކަމަށެވެ. މިދިޔަ ހަފުތާގައި ޝާއިޢުކުރި ލިއުމުގައި ފާހަގަކޮށްފައިވާ
ގޮތުން ރާއްޖެ އުފެދެން ފާށާފައިވަނީ މީގެ
55 ވަރަކަށް މިލިއަން އަހަރު ކުރިންނެވެ. އެއީ އިންޑިއާ ކަނޑުގެ ސަރަހައްދަށް
އަންނަން ފެށި ބަދަލުތަކަށްފަހުގައެވެ. އެންމެ ފުރަތަމަ ކަމަކަށް ފާހަގަ ކުރެވެނީ
ރީޔުނިއަންގެ އަލިފާން ފަރުބަދަ ގޮވުމެވެ. އަދި އިންޑިއަން ސަބްކޮންޓިނެންޓްގެ
ޑެކަން ޓްރެފް އަލިފާންފަރުބަދަ އޭގެ ތަންކޮޅެއް ކުރިން ގޮވާފައި ވެއެވެ. މި
ކަންތައްތަކުގެ ސަބަބުން ޖިއޮލޮޖިކަލް އަދި ތިމާވެށީގެ ބޮޑު ބަދަލުތަކެއް
އަންނަންފެށީއެވެ. ރާއްޖޭގެ ސަރަހައްދުގެ ބިމު އަޑީގެ ބައެއް ހިސާބު ތަކުގައި "ލާވާ" ގެ އެކެއް ނޫނީ
ދެފަށަލަ (ޅަފަތުގެ އަޅި) ވާކަމަށް ދިރާސާތަކުން އެނގެއެވެ. ރާއްޖޭގެ ރަށްތައް
އުފެދިފައިވަނީ އެލާވާ ފަށަލައިގެ މަތީގައި އުފެދުނު ކާބަނޭޓް ޕްލެޓްފޯމް ގެ
މަތީގައެވެ.
ރާއްޖެ
އުފެދިފައި ވަނީ ދުނިޔެއަށް ޚާއްޞަކޮށް އިންޑިއާ ކަނޑުގެ ސަރަހައްދަށް އަންނަމުން
ދިޔަ ޖިއޮލޮޖިކަލް ތިމާވެށީގެ އަދި މޫސުމީ ބަދަލުތަކާ އެކުއެވެ. މިގޮތުން
ތިމާވެއްޓަށް އައި އެންމެ ބޮޑު މޫސުމީ ބަދަލުތަކާ އެކުއެވެ. މިގޮތުން ތިމާވެއްޓަށް
އައި އެންމެ ބޮޑު އެއްބަދަލަކީ ކަނޑުގެ ލޮނުގަނޑު ތިރިވެ އަދި އުފުލުމެވެ. މީގެ 30
މިލިއަން އަހަރު ކުރިން ކަނޑުގެ ލޮނުގަނޑު ވަރަށް ބޮޑަށް ތިރިވުމުން
ލޮނުގަޑަށްވުރެ މައްޗަށް ބިން އެރި އެވެ. އަދި ފަހުން ކަނޑުގެ ލޮނުގަނޑު އުފުލެން
ފެށުމުން އެއާ އެއްވަރަކަށް ފަރުތައްވެސް އުފެދި ރަށްތައްވެސް ބޮޑުވަމުން ދިޔަ
އެވެ.
ކަނޑުގެ
ލޮނުގަނޑު އުފުލުމުގެ ސަބަބުން މީގެ ހަތަރު ވަރަކަށް މިލިއަން އަހަރު ކުރިން
ރާއްޖޭގެ މެދުތެރޭގައިވާ އަތޮޅުތަކުގެ ހުޅަނގު ފަރާތުގައިވާ ބައެއް ކާބަނެޓް
ޕްލެޓްފޯމްތައް އަޑިއަށްގޮސްފައިވާކަމަށްވެސް ކޮށްފައިވާ ރިސާޗުން ދައްކައެވެ.
މީގެ ތެރެއިން ރަސްދޫ (އަތޮޅު) އަކީ އަޑިއަށް ނުގޮސް އޮތް އަތޮޅެކެވެ. މާލެ
އަތޮޅުގެ ހުޅަނގު ފަރާތުގައި 250 މީޓަރު އަޑީގައި އަދިވެސް ބައެއް ޕްލެޓްފޯމްތައް
އެބަހުއްޓެވެ. މިހާރު ރާއްޖޭގައި މިފެންނަ ފަރުތައް އުފެދެން ފެށީ ގާތްގަނޑަކަށް
މީގެ 000'10 އަހަރު ކުރިން ކަމަށް ލަފާކުރެވެއެވެ.
އެމެރިކާގެ ދެ
ރިސާޗްރުން ބުނެފައިވާ ގޮތުގައި މާލެއަތޮޅުގެ ފަރުތައް އަދި ފަހުން ރަށްތަކުގެ
ބިން ފާހަގަވާން ފެށީ ގާތްގަނޑަކަށް 33 މިލިއަން އަހަރު ކުރިންނެވެ.
އަންނަމުންދިޔަ ޖިއޮލޮޖިކަލް އަދި ތިމާވެށީގެ ބަދަލުތަކުގެ ތެރޭގައި މޯލްޑިވްސް
ރިޖްގައި އުފެދިފައިވާ ކާބަނޭޓް ޕްލެޓްފޯމުގެ ސެޑިމެންޓް (ކުނޑިތައް) އޮޔާގޮސް، މިހާރު އަތޮޅުތައް
މިހުރި ގޮތަށް ރަށްތަކާއި ފަރު އަދި އަތޮޅުތައް އުފެދުނީއެވެ. ހުޅަނގު މޫސުމާއި، އިރުވައި މޫސުން ފެށުނީ މީގެ 12 ވަރަކަށް މިލިއަން އަހަރު
ކުރިން ޓިބެޓް ޕްލެޓޯ މައްޗަށް އުފުލުމުން ކަމަށް ގަބޫލުކުރެވޭ އިރު ރާއްޖޭގެ ރަށްތަކަށްވެސް މި ދެ މޫސުމުގެ
އަސަރުކުރަން ފެށިކަމަށްވެއެވެ. ކަނޑުގެ ލޮނިގަނޑު އުފުލުމުގެ ސަބަބުން މީގެ
ހަތަރު ވަރަކަށް މިލިއަން އަހަރު ކުރިން ރާއްޖޭގެ މެދުތެރޭ ގައިވާ އަތޮޅުތަކުގެ
ހުޅަނގު ފަރާތުގައިވާ ބައެއް ކާބަނެޓް
ޕްލެޓްފޯމްތައް އަޑިއަށް ގޮސްފައިވާ ކަމަށް ވެސް ކޮށްފައިވާ ރިސާޗުން ދައްކައެވެ.
މީގެ ތެރެއިން ރަސްދޫ އަކީ އަޑިއަށް ނުގޮސް އޮތް އަތޮޅެކެވެ.
އެ
ރިސާޗަރުންގެ ކުރެހުމުގައި ދައްކައިދެނީ މީގެ ގާތްގަނޑަކަށް 23 މިލިއަން އަހަރު
ކުރިން އަރިއަތޮޅު އަދި ބ. އައަތޮޅު ސަރަހައްދުގެ
ކާބަނޭޓް ޕްލެޓްފޯމް އޮތްގޮތާއި އަދި މީގެ 1.8 މިލއަން އަހަރު ކުރިން
އޮތްގޮތް. އެންމެ ފުރަތަމަ ރާއްޖޭގެ ކާބަނޭޓް އޮތީ އެއް ފަސްގަނޑަކަށެވެ. ނަމަވެސް
ތިމާވެއްޓަށް އަންނަމުން ދިޔަ ބަދަލުތަކާއެކު ބައެއް ސަރަހައްދުތަކުން ކާބަނޭޓް
ޕްލެޓްފޯމް ގޮސް، ކަނޑު އޮޅި އުފެދި އަދި ފުންވެ، އަތޮޅުތައް ވަކިވެގެން
ދިޔައީއެވެ. ކުރެހުމުގައި ވާގޮތުން އެންމެ
ފުރަތަމަ ރަސްދޫ އޮތީ ކާބަނޭޓް ޕްލެޓްފޯމް ގައެވެ. އެހެން ނަމަވެސް މީގެ 1.8
މިލިއަން އަހަރު ކުރީގައި ފުން ކަނޑަކުން ރަސްދޫ ހިމެނޭ އަތޮޅު ވަނީ ވަކިވެފައެވެ.
ރާއްޖޭގެ
ރަށްތަކަކީ އެއްގޮތަކަށްވެސް އަލިފާން ފަރުބަދަތަކެއްގެ މަތީގައި އުފެދިފައިވާ
ރަށްތަކެއް ނޫނެވެ. އެކަމަކު ރާއްޖެ އުފެދިފައި ވަނި ރާއްޖޭގެ ދެކުނުގައި އިންޑިއާ
ކަނޑުގައިހުރި ރީޔުނިއަން ފަރުބަދައިން ފޭބި ލާވާ އިން އުފެދިފައިވާ ހިލައިގެ
ފަށަލައިގެ މަތީގައި އުފެދިފައިވާ ކާބަނެޓް ޕްލެޓްފޯމުތަކެއްގެ މަތީގައި ކަމަށް
ސައިންސްގެ ހޯދުންތަކުން ދައްކައެވެ. ރީޔުނިއަން އަލިފާންފަރުބަދަ ވަރަށް ވަރުގަދައަށް ގޮވާފައިވަނީ މީގެ 65
މިލއަން އަހަރު ކުރިންނެވެ.އަދި މި އަލިފާން ފަރުބަދަ ގޮވުމުގައި އިންޑިއާގެ
ޑެކާން ޕްލެޓްފޯމް އުފެދުމާ ވެސް ގުޅުމެއް ހުރެދާނެ ކަމަށް ބެލެވެ އެވެ. ސަބްކޮންޓިނެންޓްގެ ހުޅަނގުގައި މިހާރު ބޮމްބޭ
އޮތް ސަރަހައްދުގައި މީގެ 65 ނުވަތަ 68 މިލިއަން އަހަރު ކުރިން އަލިފާން
ފަރުބަދަތައް ގޮވައި ވަރަށް ބޮޑުސަރަހައްދަކަށް ލާވާ ފެތުރުފައި
ވެއެވެ.ގާތްގަނޑަކަށް 000'33 އަހަރު ވަނަދެން އަލިފާންފަރުބަދަތައް ގޮވަމުން
ގޮސްފައި ވެއެވެ. ޑެކާން ޓްރެފާއި
ރީޔުނިއަން އަލިފާން ފަރުބަދައިގެ ސަބަބުން ވަރަށް ބޮޑު ބަދަލުތަކެއް
މިސަރަހައްދުގެ ބިމުގެ އުފެދުމަށް އައުމުގެ އިތުރަށް މޫސުމަށްވެސް އައެވެ.
(ކާބަނޭޓް ޕްލެޓްފޯމަށް އައި ބަދަލުތައް ރިސާޗަރުންގެ ކުރެހުމުގައި ދައްކާދީފައިވެއެވެ.)
ދިވެހިރާއްޖޭގެ
ހުޅަނގު ފަރާތް ހުޅުވިފައިވަނީ މާކަނޑަށެވެ. އިރުމަތީ ފަރާތް ހުޅުވިފައިވަނީ
ހުވަދޫ ކަނޑާވީފަރާތަށެވެ. އެއްފަރާތުން
ސޯމާލީ ކަރަޔާވީ ފަރާތަށް ހުޅުވިފައިވާއިރު އަނެއް ފަރާތުން ހުޅުވިފައިވަނީ
އަސޭކަރަޔާވީ ފަރާތަށެވެ. ކުރީގައި ދިވެ ރާއްޖޭގެ ބައެއްކަމަށްވާ މަލިކު އޮންނަނީ
ދިވެހިރާއްޖެ އުތުރުގަ އެވެ. އެދުވަސްވަރު
ރާއްޖޭގެ ސަރަހައްދު ކަމަށް ކިޔައިއުޅެނީ މަލިކައްޑޫ މި ދެމެދެވެ.ނަމަވެސް މިހާރު
ކިޔެނީ ތިލައްޑޫ މިދެމެދެވެ. އެއީ ތިލަދުންމަތިން ފެށިގެން އައްޑު އަތޮޅުގެ
ނިޔަލަށެވެ. ރާއްޖޭގެ ދެކުނުން އޮންނަ ފޯޅަވައްސަކީ ރާއްޖޭގެ ބައެއްނޫންކަމަށް
ތާރީޚް ހެކިދެއެވެ. އާދެ! ސަތާރަވަނަ ޤަރްނުގެ މެދެންހާ ހިސާބަށް އައިއިރު
ފަސްސަތޭކަ ތިރީސްހާސް އަހަރުވެފައިވާ އަލިފާންފަރުބަދަ ސަތޭކަ ހަތްދިހަ ފަހަށް
ގޮވާފައިވާކަމަށް ވެއެވެ. ލާ ރީޔުނިއަން އަކީ މަޑަގަސްކަރައާއި މޮރިޝަޝް އާއި
ދެމެދުގައިވާ ކުދިކުދިރަށްތަކެކެވެ. (ހަފުތާ ނޫސް 11 – 12 އަދި 18 – 19 ސެޕްޓެމްބަރ 2008 ޢަލީ
ރަފީޤް / ހަވީރު ނިއުސް ސާރވިސަސް ޢަލީ ރަފީޤް)
------------------------------------------
ލިޔުއްވީ" ޢަލީ ނަޞީރު ޒޫރިޔާގެ/މަޑަވެލި
7/2/2013