އެއްޒަމާނެއްގައި ރަސްކަލަކު އުޅުއްވި އެވެ. އެއީ ވަރަށް ގިނައިން ރައްޔިތުންގެ ޙާލުއަޙުވާލު ބައްލަވައި އުޅުއްވި އޯގާވެރި ރަސްކަލެކެވެ. އެއްދުވަހަކު
އެ ރަސްގެފާނާއި އެ ރަސްގެފާނުގެ ވަޒީރު، ރަށުތެރޭގައި ހިންގަވަނިކޮށް ޢުމުރުން ދުވަސްވެ އަބަހައްދަވެފައިވާ މުސްކުޅިއަކު ފެނިވަޑައިގަތެވެ.
ރަސްގެފާނު، އެ މުސްކުޅިޔާއާ ސަލާމްކުރެއްވި އެވެ.
"އައްސަލާމު ޢަލައިކުމް."
މުސްކުޅިއާ
ސަލާމް ބަލައިގަތުމުގެ
ގޮތުން ދެންނެވި އެވެ.
"ދެމީހުންގެ ޙާލު ކިހިނެއްހެއްޔެވެ؟"
މުސްކުޅިއާ
ދެންނެވި އެވެ.
"ތިންމީހުނަށް ވެއްޖެ އެވެ."
ރަސްގެފާނު
އެއްސެވި އެވެ.
"ބާރުވެރިޔާގެ ޙާލު ކިހިނެއްހެއްޔެވެ؟"
މުސްކުޅިއާ ދެންނެވި އެވެ.
މުސްކުޅިއާ ދެންނެވި އެވެ.
"އޭނާ ބަލިކަށިވެއްޖެ އެވެ."
ރަސްގެފާނު
އެއްސެވި އެވެ.
"ދުރަށްދާ ދަތުރުވެރިޔާގެ ޙާލު ކިހިނެއްހެއްޔެވެ؟
މުސްކުޅިއާ ދެންނެވި އެވެ.
"ކައިރިއަށް އަތުވެއްޖެ އެވެ."
ރަސްގެފާނު
ވިދާޅުވި އެވެ.
"ހެޔޮއަގުގައި ނުވިއްކާށެވެ!"
މުސްކުޅިއާ
ދެންނެވި އެވެ.
"ތިޔަކަމަށް ބާރު ނޭޅުއްވިއަސް އެންމެރަނގަޅެވެ."
ރަސްގެފާނާއި މުސްކުޅިއާއާ ދެމެދުގައި ދެކެވުނު ވާހަކަ އަޑުއަހަން ވަޒީރު ހުންނެވީ ނުހަނު ޙައިރާންކަންމަތީގަ އެވެ. ރަސްގެފާނު ވިދާޅުވި އެއްޗަކާއި، މުސްކުޅިއާ ދެންނެވި އެއްޗެއްގެ ދޭހަ ވަޒީރަކަށް އެނގިވަޑައެއް ނުގަތެވެ.
ރަސްގެފާނުގެ
އަރިހުގައި، ރަށުތެރޭގައި އުޅުއްވުމަށްފަހު، ރަސްގެފާނު ގަނޑުވަރަށް ވަޑައިގަތުމުން، މުސްކުޅިޔާގެ
ގާތަށް ވަޒީރު
ވަޑައިގެންނެވި އެވެ.
ރަސްގެފާނާއި މުސްކުޅިޔާ އާ
ދެމެދުގައި ދެކެވުނު
ވާހަކައިގެ ދޭހަ ހޯއްދެވުމަށްޓަކަ
އެވެ.
ވަޒީރު
އެއްސެވި އެވެ.
"ރަސްގެފާނު ސުވާލުކުރެއްވީ ކޮން ދެމީހަކާ ބެހޭ ގޮތުންތޯ އެވެ؟"
މުސްކުޅިޔާ
ދެންނެވި އެވެ.
"ތިޔަ ސުވާލުގެ ޖަވާބު ދެވޭނީ އަގު ދެއްވީމަ އެވެ."
ދެން ވަޒީރު،
އެއްހާސް ރުފިޔާ
ދެއްވާފައި ވިދާޅުވި އެވެ.
"ޖަވާބު ދެއްވާށެވެ!"
މުސްކުޅިޔާ
ދެންނެވި އެވެ.
"އެ ދެމީހުންނަކީ ދެފަޔެވެ. ތިންވަނަ މީހަކީ ތިމަންނާ މިގެންގުޅޭ އަސާގަނޑެވެ."
ވަޒީރު
އެއްސެވި އެވެ.
"ބާރުވެރިޔަކީ ކާކުތޯ އެވެ؟"
މުސްކުޅިޔާ
ދެންނެވި އެވެ.
"ފުރަތަމަ ދެއްވި އަގުގެ ދެގުނަ ދެއްވައިފިނަމަ، ޖަވާބު ދީފާނަމެވެ."
ދެން ވަޒީރު،
ދެހާސް ރުފިޔާ
ދެއްވުމުން، މުސްކުޅިޔާ
ދެންނެވި އެވެ.
"ބާރުވެރިޔަކީ، އަޑުއިވުމުގެ ޙިއްސެވެ. މިހާރު އެ ޙިއްސުވަނީ، ބަލިކަށިވެފަ އެވެ."
ވަޒީރު
އެއްސެވި އެވެ.
"ދުރަށްދާ ދަތުރުވެރިޔަކީ ކޮބައިތޯ އެވެ؟"
މުސްކުޅިޔާ
ދެންނެވި އެވެ.
"ދެވަނައަށް ދެއްވި އެއްޗެއްގެ ދެގުނަ ދެއްވައިފިނަމަ، ޖަވާބު ދީފާނަމެވެ."
ދެން ވަޒީރު
ހަތަރު ހާސް ރުފިޔާ
ދެއްވުމުން، މުސްކުޅިޔާ
ދެންނެވި އެވެ.
"އެއީ ލޮލަށް ފެނުމެވެ. މިހާރަކު
ދުރެއް ނުފެނެ އެވެ. މިހާރު
ފެންނަނީ ކައިރި އެވެ."
ދެން ވަޒީރު،
އެންމެ ފަހު ސުވާލުގެ
ދޭހައަކީ ކޮބައިތޯ ސުވާލުކުރެއްވުމުން މުސްކުޅިޔާ ދެންނެވި އެވެ.
"އެއްލައްކަ ރުފިޔާ ދެއްވުމުން ނޫނީ އެ ސުވާލުގެ ދޭހައެއް ނުދަންނަވާނަމެވެ."
ވަޒީރު،
އެއްލައްކަ ރުފިޔާ
ދެއްވުމުން މުސްކުޅިޔާ
ދެންނެވި އެވެ.
"މިވާހަކަތަކުގެ ދޭހަ ހޯއްދަވަން ވަޒީރު ވަޑައިގަންނަވާނެކަމަށް ރަސްގެފާނު ލަފާފުޅުކުރެއްވި
އެވެ. ހެޔޮއަގުގައި ނުވިއްކުމަށް
ރަސްގެފާނު ވިދާޅުވީ، މި
ދޭހަތަކެވެ."
----------------------
ތަރުޖަމާ:
އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން
މަސްދަރު: މުންތަދަޔާތު
އަރުޖުވާން