ފްރިކްއެންސީ ދަށް
(low frequency) އަޑުތައް ބޭނުންކޮށްގެން އަލިފާން ނިއްވާ
އާލަތަކީ، އަލިފާން ނިއްވުމުގެ މައިދާނަށް ބޮޑު އިންގިލާބެއް ގެންނާނެ ވަސީލަތެއް ކަމަށް
ބެލެވެ އެވެ. އެ އުފެއްދީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ވަރޖީނިއާ (Virginia) ސްޓޭޓް ގެ ފެއަރފެކްސް (Fairfax)
ގެ ޖޯޖް މޭސަން ޔުނިވަރސިޓީ (George Mason
University)
ގެ ދެ ދަރިވަރަކެވެ. އެ އާލަތް އުފެއްދުމަށްޓަކައި އެ ދެ ދަރިވަރުން ކުރި ދިރާސާތަކުން
އެނގުނު ގޮތުގައި، (hip-hop) ގެ އަކުރުތަކުން
ބޭރުވާ އަޑުތަކަކީ، ފްރިކްއެންސީ ދަށް (low
frequency)
އަޑުތަކެކެވެ. އަދި އެއީ އަލިފާން ރޯވާ މާއްދާއާ އޮކްސިޖަން ދުރުކޮށްލާ އެއްޗެކެވެ.
އެހެންކަމުން، އޭގެ ބޭނުންކޮށްގެން އަލިފާން ނިއްވައިލެވިދާނެކަން އެ ދެ ދަރިވަރުންނަށް
އެނގުނެވެ.
(hip-hop) ގައިވާ އަކުރުތަކުގެ އަޑުގައިވާ ފްރީކްއެންސީގެ މިންވަރަކީ،
Hertz 60-30 އެވެ. އެ އަޑު ފޮނުވައިލުމުން، އަލިފާންގަނޑުގެ ވަށައިގެންވާ
ވައިގެ ފަޝަލަ ފިއްތައި، އެ ފަޝަލަ އަލިފާންގަނޑާ ވަކިކޮށްލަ އެވެ.
އަޅުގަނޑުމެން އެންމެން ދަންނަ ފަދައިން އަލިފާން ރޯވުމަށްޓަކައި އޮކްސިޖަން ބޭނުންވާނެ އެވެ. އޮކްސިޖަން ނެތިއްޖެނަމަ، އެސާހިތަކު އަލިފާންގަނޑު ނިވޭނެ އެވެ. ފްރިކްއެންސީ ދަށް އަޑުތައް ބޭނުންކޮށްގެން އަލިފާން ނިއްވުމަކީ، ތިމާވެށި ކިލަނބުކުރުމެއްނެތި އެކަން ކުރުމަށް އޮތް އަގުހެޔޮ ޢަމަލީ ގޮތެކެވެ. މިހާރު އަލިފާން ނިއްވުމަށްޓަކައި ބޭނުންކުރާ ގިނަ މާއްދާތަކަކީ، ތިމާވެށްޓަށް ނޭދެވޭ އަސަރުތައް ކުރާނެ ކެމިކަލްތައް ހިމެނޭ އެއްޗިއްސެވެ. އަޑު ބޭނުންކޮށްގެން އަލިފާން ނިއްވުމަށްޓަކައި އަލަށް އުފެއްދި އާލަތް ތައްޔާރުކޮށްފައިވަނީ، ކުދިކުދި އަލިފާންގަނޑު ނިއްވައިލުމަށެވެ. އެހެނަސް އެ އާލަތް އިތުރަށް ތަރައްޤީކޮށް، އެއިން ބޮޑެތި އަލިފާންގަނޑު ނިއްވައިލެވިދާނެ ކަމުގެ އުންމީދު ވެސް އެބައޮތެވެ.
އަޅުގަނޑުމެން އެންމެން ދަންނަ ފަދައިން އަލިފާން ރޯވުމަށްޓަކައި އޮކްސިޖަން ބޭނުންވާނެ އެވެ. އޮކްސިޖަން ނެތިއްޖެނަމަ، އެސާހިތަކު އަލިފާންގަނޑު ނިވޭނެ އެވެ. ފްރިކްއެންސީ ދަށް އަޑުތައް ބޭނުންކޮށްގެން އަލިފާން ނިއްވުމަކީ، ތިމާވެށި ކިލަނބުކުރުމެއްނެތި އެކަން ކުރުމަށް އޮތް އަގުހެޔޮ ޢަމަލީ ގޮތެކެވެ. މިހާރު އަލިފާން ނިއްވުމަށްޓަކައި ބޭނުންކުރާ ގިނަ މާއްދާތަކަކީ، ތިމާވެށްޓަށް ނޭދެވޭ އަސަރުތައް ކުރާނެ ކެމިކަލްތައް ހިމެނޭ އެއްޗިއްސެވެ. އަޑު ބޭނުންކޮށްގެން އަލިފާން ނިއްވުމަށްޓަކައި އަލަށް އުފެއްދި އާލަތް ތައްޔާރުކޮށްފައިވަނީ، ކުދިކުދި އަލިފާންގަނޑު ނިއްވައިލުމަށެވެ. އެހެނަސް އެ އާލަތް އިތުރަށް ތަރައްޤީކޮށް، އެއިން ބޮޑެތި އަލިފާންގަނޑު ނިއްވައިލެވިދާނެ ކަމުގެ އުންމީދު ވެސް އެބައޮތެވެ.
ޢިލްމީ ހޯދުންތަކުން
ކަށަވަރުވި ޙަޤީޤަތަކީ، ފްރިކްއެންސީ ދަށް އަޑުތަކުން އަލިފާން ނިއްވައިލެވޭނެ ކަމެވެ.
(hip-hop) ގައިވާ އަކުރުތައް ފަދަ، ފްރިކްއެންސީ
ދަށް އަޑުތައް ނެރެދޭ އަކުރުތައް ޢަރަބި ބަހުގައި ވެސް ވެ އެވެ. އެފަދަ އަކުރުތަކުގެ
ތެރޭގައި އަލިފާއި ބާ ހިމެނެ އެވެ. މި ޙަޤީޤަތުގެ އަލީގައި، ކީރިތި މާތް ނަބިއްޔާ ޞައްލަ
ﷲ ޢަލައިހި ވަސައްލަމަ، މީގެ އެތައް ޤަރުނެއް ކުރިން ޙަދީޘްކުރައްވާފައިވާ ޙަދީޘްފުޅަކަށް
ނަޒަރު ހިންގައިލަމާތޯ އެވެ. އަލިފާން ރޯވުމުން ޢަމަލުކުރަންވީ ގޮތް ބަޔާންކުރައްވަމުން
އިތުރުއެކަލޭގެފާނު ޙަދީޘްކުރައްވާފައިވެ އެވެ.
(إذَا رَأَيْتُمُ اْلحَرِيقَ فَكَبِّرُوا فَإِنَّ التَّكْبِيْرَ يُطْفِئُهُ)
ރިވާކުރެއްވީ، އިބްނުއްސުންނީ
އެވެ.
މާނައީ، "ތިޔަބައިމީހުންނަށް
އަލިފާންރޯވެ އަނދަމުންދާތަން ފެނިއްޖެއްޔާ، ފަހެ، ތިޔަބައިމީހުން ތަކުބީރު ކިޔާށެވެ!
ފަހެ، ތަކުބީރު، އަލިފާން ނިއްވައިލަ އެވެ."
މި ޙަދީޘްފުޅު ހިމަނާލެވިފައިވަނީ،
ޣަރީބު ޙަދީޘް (حديث غريب) ގެ ބާބުގަ އެވެ. އެހެނަސް، މި ޙަދީޘްފުޅުގައިވާ ޢިލްމީ މާނައަކީ،
ސައްތަ އިންސައްތަ ޞައްޙަ މާނައެކެވެ. މި ޙަދީޘްފުޅުގައި އިތުރުއެކަލޭގެފާނު އިރުޝާދު
ދެއްވާފައި އެވަނީ، ތަކުބީރު ކިއުމަށެވެ. ތަކުބީރަކީ (الله أكبر) އެވެ. (الله أكبر) ގައިވާ ކޮންމެ އަކުރެއްގެ އަޑަކީ ފްރިކްއެންސީ ދަށް އަޑެކެވެ!
މިތާނަގައި ފާހަގަކޮށްލަންޖެހޭ
މުހިންމު ނުކުތާއެއް ވެ އެވެ. އަލިފާން ރޯވެފައިވާ ތަން ފެނުމުން ޢަމަލުކުރަންވީ ގޮތް
ބަޔާންކޮށްދެއްވާފައިވާ ޙަދީޘްފުޅުގައި، ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި
ވަސައްލަމަ އިރުޝާދު ދެއްވާފައިވަނީ، ތަކުބީރު ކިއުމަށެވެ! ތަސްބީޙަ ކިއުމަކަށް ނޫނެވެ!!!
އިތުރުއެކަލޭގެފާނު ޙަދީޘްކުރެއްވީ، (فَسَبِّحُوا) "ފަހެ، ތިޔަބައިމީހުން ތަސްބީޙަ ކިޔާށެވެ!" މިހެނެއް
ނޫނެވެ. އެކަމަކު، (فكبروا) "ފަހެ، ތިޔަބައިމީހުން ތަކުބީރު ކިޔާށެވެ!" މިހެންނެވެ. މިކަމުގައި
ސައިންޓިފިކް ސިއްރެއް ވެސް ވެ އެވެ. އެ ސިއްރަކީ، ސީނުގެ އަޑެވެ. ސީނުގެ އަޑަކީ ފްރިކްއެންސީ
މަތި އަޑެކެވެ!!! ފްރިކްއެންސީ މަތި އަޑުތަކަކީ އަލިފާން ނިއްވައިލާ އަޑުތަކެއް ނޫނެވެ.
ނަންގަނެވިދިޔަ
ޙަދީޘްފުޅުގެ މައްޗަށް ވާހަކަދައްކަވަމުން، އަލްމުހަންދިސް ޢަބްދުއްދާއިމް ވިދާޅުވެފައި
ވެ އެވެ. (އޭނާއަކީ، ޤުރުއާނާއި ސައިންސްގެ ރޮނގުން ދިރާސާތައް ކުރައްވާ ފުންނާބުއުސް
އިންޖިނޭރެކެވެ.)
"ބައެއް ޢިލްމުވެރިން
ވިދާޅުވެފައި ވަނީ މި ޙަދީޘްފުޅަކީ ޟަޢީފު ޙަދީޘްފުޅެއް ކަމަށެވެ. އެހެނަސް އިބްނުލްޤައްޔިމު
(ރަޙިމަހު ﷲ) ވަނީ، މީގެ އެތައް ސަތޭކަ އަހަރެއް ކުރިން މި ޙަދީޘްފުޅުގެ ޞައްޙަކަން
ޢަމަލީގޮތުން ބަޔާންކޮށްދެއްވާފަ އެވެ."
މި މޭރުމުން ވާހަކަދައްކަވަމުން
ޢަބްދުއްދާޔިމް ބަޔާންކުރައްވާފައިވަނީ، އަލިފާން ނިއްވުމަށްޓަކައި ތަކުބީރު ކިއުމުގެ
ތަޖުރިބާ އޭނާ ވެސް ކުރައްވާފައިވާ ކަމަށެވެ. އަދި އޭނާގެ އަމިއްލަ ތަޖުރިބާއިން ވެސް
އެނގުނު ގޮތުގައި، ތަކުބީރު ކިއުމަކީ އަލިފާން ނިއްވައިލާ ކަމެއް ކަމަށެވެ.
އަޚުންނާއި އުޚުތުންނޭވެ!
އަޅުގަނޑުމެންގެ ލޮބުވެތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އަކީ، އިތުރުއެކަލޭގެފާނުގެ
އަމިއްލަ އެދުންފުޅުތަކުގެ މައްޗަށް ބުރަވެވަޑައިގެން އުންމަތަށް އިރުޝާދު ދެއްވި ބޭކަލެއް
ނޫނެވެ. އައްނަޖުމު ސޫރަތުގެ 3 ވަނަ އާޔަތާއި 4 ވަނަ އާޔަތުން ވެސް މިކަން އެނގެ އެވެ.
މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ އެ ދެ އާޔަތުގައި ވަޙީކުރައްވާފައި ވެ އެވެ.
(وَمَا يَنطِقُ عَنِ الْهَوَى)
(إِنْ هُوَ إِلَّا وَحْيٌ يُوحَى)
މާނައީ:
"އަދި އެކަލޭގެފާނު
އަމިއްލަ އެދުންފުޅަކަށް ވާހަކަފުޅެއް ނުމެދައްކަވާމެ އެވެ."
"އެއީ އެކަލޭގެފާނަށް
އިއްވަވާ ވަޙީއެއް ކަމުގައި ނޫނީ ނުވެ އެވެ."
މިޒަމާނުގެ ކުރިއަރާފައިވާ
ސައިންސާއި ޓެކްނޮލޮޖީގެ އާހޯދުންތަކާއި، އާ އީޖާދުތަކުން ވެސް ހާމަވަމުންމިދަނީ ކީރިތި
ޤުރުއާނުގެ މޫރިތި އާޔަތްތަކުގައި ގަދަ ކީރިތިވަންތަ މާތް ﷲ ބަޔާންކުރައްވާފައިވާ މި
ޙަޤީޤަތެވެ. ފްރިކްއެންސީ ދަށް (low frequency) އަޑުތައް
ބޭނުންކޮށްގެން އަލިފާން ނިއްވާ އާލަތަކީ ވެސް މި ސިލްސިލާއަށް އިތުރުވެގެންދިޔަ އާ
ބޮޅެކެވެ.
--------------------
މުޞަންނިފު: އަލްއުސްތާޛު
ޢަބުދުލްމުޢީދު ޙަސަން