
ދިވެހި ޑިމޮކްރަސީގެ 13ވަނަ ބާބުގެ 14ވަނަ ފޮޅުވަތުގެ މެދުތެރޭ ކަޅާއި ހުދުން ލިޔެފައިވަނީ، ދިވެހިރާއްޖެއަށް ޑިމޮކްރަސީ ލައްގައި އެ އެތި ބާލިޣުވުމާއެކު ދިވެހިބަހުން ޑިމޮކްރަސީ ސަޓަނި ތައްޔާރުކުރާނޭ ގޮތް އެނގުން ކޮންމެހެން ލާޒިމުކަމަށެވެ. އެހެންނަމަވެސް ޑިމޮކްރަސީ ބާލިޣުވެ މީހަކާއި ކައިވެނިކުރުވިތާ ދޮޅުގަޑިއިރު ތެރޭ އެއްމާބަނޑު 13 ކުދިން ވިހައި އެކުދިން ސާނަވީ ނިމިގެންދާއިރުވެސް ދިވެހިބަހުން ޑިމޮކްރަސީ ސަޓަނި ތައްޔާރުކުރާނޭ ގޮތަށް ރަސްމީސިފަ އައިސްފައި ނުވުމަކީ ގައުމީ ކަންބޮޑުވުމެވެ.
މިހެން ދެންނެވީ ގައުމީ ކަންބޮޑުވުމެއް ކަމަށް ދެކޭބަޔަކު ދެކޭކަމެއްގައި އެކަމަކާ ދިވެހި ސަރުކާރާއި އެބަޔަކާއި ދެމެދު އެކިކަހަލަ ވާހަކަދައްކާ ވަންނިވަންނީގެ ފޯވަހިތައް ފެންނަމުންދާއިރު ދިވެހިބަހުން ޑިމޮކްރަސީ ސަޓަނި ތައްޔާރުކުރާނޭ ގޮތް ނޭނގުމަކީ ގައުމީ ކަންބޮޑުވުމެއްކަމަށް ދެކިގެން މިކަމާ އެއްވެސްބަޔަކު އުޅޭތަނެއް ނުފެންނާތީއެވެ. މިއީ އެއްވާނަކަށް ޑިމޮކްރަސީ ދެމެހެއްޓުމަށް ދިވެހިންނަށް ކުރިމަތިވާ ވަރަށްބޮޑު ގޮންޖެހުމެކެވެ. އަދި ނުހަނު ހިތާމަހުރި ކަމެކެވެ.
ދިވެހިބަހުން
ޑިމޮކްރަސީ ސަޓަނި ތައްޔާރުކުރުމަކީ ސަޓަނި ތައްޔާރުކުރާނޭ ގޮތް ދިވެހިބަހުން
ބުނެދިނުމެއްނޫނެވެ. ދިވެހިބަހުން ޑިމޮކްރަސީ ސަޓަނި ތައްޔާރުކުރުމަކީ ދިވެހިބަހުން
ވާހަކަދެއްކުމާއި ލިޔުމުގައި ބޭނުންކުރާ ދިވެހިބަހުގެ ދަރަޖަތައް އެޔެއްމިޔެއް
ވަކިނުވާވަރަށް ރަނގަޅަށް މޮޑެލައިގެން އެއިން ސަޓަނިހެދުމެވެ. އޭގެފަހުން އޭގެ
ބޭނުންކުރަން ބޭނުންވާ ބަޔަކު ބޭނުންކުރަންވީއެވެ.
ދިވެހިރާއްޖެއަށް
ޑިމޮކްރަސީ ލައްގައި އެ އެތި ބާލިޣުވުމާއެކު ލަސްނުކޮށް ދިވެހިބަހުން ޑިމޮކްރަސީ ސަޓަނި
ތައްޔާރުކުރާނޭ ގޮތް އެނގުން ކޮންމެހެން ލާޒިމުކަމަށް ދިވެހި ޑިމޮކްރަސީގެ 13ވަނަ
ބާބުގެ 14ވަނަ ފޮޅުވަތުގެ މެދުތެރޭ ކަޅާއި ހުދުން ލިޔެފައިވަނީ، ނުހަނުމާތް
މަޤުޞަދެއްގައެވެ. ދިވެހިންގެ އެފަދަ ދެވަނައެއްނުވާ ޑިމޮކްރަސީގެ ރަނގަޅަކަށެވެ.
އެއީ ދިވެހިބަހުން ޑިމޮކްރަސީ ސަޓަނި ތައްޔާރުކުރާނޭ ގޮތް އެނގޭ ކޮންމެމީހެއްގެ
ހިތަށް ތަޞައްވަރު ކުރެވިގެންދާނޭ ހަނދާންނެތުމެއްނެތް ނުހަނު ހިތްފަސޭހަ ޑިމޮކްރަސީގެ
މަންޒަރަކަށްޓަކައެވެ.
ޑިމޮކްރަސީގެ މިމަންޒަރު އިންސާނެއްގެ ޞޫރައިގައި ކުރުގޮތަކަށް ސިފަކޮށްދޭނަމަ ބަލާބެލުމަށް ފެންނާނީ، ދިވެހި ޑިމޮކްރަސީގެ ރަސްމީ ހެދުމެއްގައި ހުރި މީހެކެވެ. ހުސްގަޔާ(ގަޔަށް އެއްޗެއްނުލައި) ކަނާތު ފައިގައި ފެންފައިވާނެއް ވާތު ފައިގައި ބޫޓެއްހުރި މީހަކު ކަރުގައިވަނީ ޓައީއެއް އޮލާލާފައެވެ. މީހާގެ ތިރީ ތުންފަތުގައި ރަތްކުލަ އަދި މަތީ ތުންފަތުގައިވަނީ ރަތްކުލަ ޖައްސާފައެވެ. ބޮލުގެ އިސްތަށިހުރީ ހަމައެކަނި ވާތްފަރާތުގައެވެ. ކަނާތްފަރާތުގައި ހުރި އިސްތަށިވަނީ ބާލާފައެވެ. އަޅައިގެންހުރީ އައިނެއްގެ ފްރޭމެވެ. އޭގައި ބިއްލޫރިގަނޑެއް ނެތެވެ. މިއީ ދިވެހި ޑިމޮކްރަސީގެ ރަސްމީ ހެދުމުގައި ހުރި ރަސްމީ މީހެކެވެ. ހަނދާންނެތުމެއްނެތް ނުހަނު ހިތްފަސޭހަ ޑިމޮކްރަސީގެ މަންޒަރެކެވެ.
ޑިމޮކްރަސީގެ މިމަންޒަރު އިންސާނެއްގެ ޞޫރައިގައި ކުރުގޮތަކަށް ސިފަކޮށްދޭނަމަ ބަލާބެލުމަށް ފެންނާނީ، ދިވެހި ޑިމޮކްރަސީގެ ރަސްމީ ހެދުމެއްގައި ހުރި މީހެކެވެ. ހުސްގަޔާ(ގަޔަށް އެއްޗެއްނުލައި) ކަނާތު ފައިގައި ފެންފައިވާނެއް ވާތު ފައިގައި ބޫޓެއްހުރި މީހަކު ކަރުގައިވަނީ ޓައީއެއް އޮލާލާފައެވެ. މީހާގެ ތިރީ ތުންފަތުގައި ރަތްކުލަ އަދި މަތީ ތުންފަތުގައިވަނީ ރަތްކުލަ ޖައްސާފައެވެ. ބޮލުގެ އިސްތަށިހުރީ ހަމައެކަނި ވާތްފަރާތުގައެވެ. ކަނާތްފަރާތުގައި ހުރި އިސްތަށިވަނީ ބާލާފައެވެ. އަޅައިގެންހުރީ އައިނެއްގެ ފްރޭމެވެ. އޭގައި ބިއްލޫރިގަނޑެއް ނެތެވެ. މިއީ ދިވެހި ޑިމޮކްރަސީގެ ރަސްމީ ހެދުމުގައި ހުރި ރަސްމީ މީހެކެވެ. ހަނދާންނެތުމެއްނެތް ނުހަނު ހިތްފަސޭހަ ޑިމޮކްރަސީގެ މަންޒަރެކެވެ.
ދިވެހިރާއްޖެއަށް
ޑިމޮކްރަސީ ލެއްގުމުގެ ކުރިން ދިވެހިބަހުން ވާހަކަދެއްކުމާއި ލިޔުމުގައި
ބޭނުންކުރާ ދިވެހިބަހުގެ ދަރަޖަތަކުގެ ތެރޭ މަތިވެރި ﷲ އާއި ކީރިތި ރަސޫލާ އަށް ނިސްބަތްކޮށް ބޭނުންކުރާ ގޮތާއި އެންމެމާތް ގޮތާއި މާތްގޮތާއި އަދި އާދައިގެ
ގޮތް ފަދަ ދިވެހިބަހުގެ ދަރަޖަތައް ހުރެއެވެ. ނަމަވެސް ދިވެހިރާއްޖެއަށް
ޑިމޮކްރަސީ ލައްގައި އޭގެ ބޭނުންކުރަން ފެށުމާއެކު ދިވެހިބަހުގެ ދަރަޖަތައްވަނީ
ގާދުކޮލުން ބޭރުކޮށްލާފައެވެ. ދިވެހިބަހުން ޑިމޮކްރަސީ ސަޓަނި ތައްޔާރުކުރުމަށެވެ.
މިއީ ހިތާމަހުރިކަމެކެވެ. ދިވެހިބަހަކީ ދިވެހިރާއްޖޭގެ މީހުންގެ އަމިއްލަބަހެވެ.
ދިވެހީންގެ މާދަރީބަހެވެ. ދިވެހީންގެ އަމިއްލަ އަގުހުރި ތަރިކައެކެވެ.
އަމިއްލަބަހާއި އަމިއްލަ ތަރިކައެއް ނެތް ބަޔަކަށް ޑިމޮކްރަސީގެ ބޭނުމެއް
ނުކުރެވޭނެއެވެ. އޭގެ ބޭނުމެއްވެސް ނޯންނާނެއެވެ.
ގާދުކޮލުން ދިވެހިބަހުގެ
ދަރަޖަތައް ބޭރުކޮށްލިފަހުން އިވެނީ އަދި ފެންނަނީ އަހަރެން ވިދާޅުވުމާއި
އަހަރެންނަށް ދެންނެވުމާއި އަހަރެންނަށް ފެނިވަޑައިގަތުމާއި އެބޭފުޅާގެ ބުނުމާއި މިބޭފުޅާގެ
ނިދުމާއި ބުރާންތި ކައިގެން އެމަނިކުފާނު އުޅުމާއި އެކަމަނާ ހޭބަލިވެގެން ވެއްޓުން
ފަދަ އޭގެވާހަކަތައް ލިޔެ ކޮޅުން ނުލާނެހާ ގިނަގުނަ ކިތަންމެ ވާހަކައެކެވެ. ކިތަންމެ
ކަމެކެވެ. ކުރާނެކަމެއް ނެތެވެ. ކުރެވޭކަށްވެސް ކަމެއް އޮތެކޭ ހިޔެއްނުވެއެވެ.
އެހެނީ، ދިވެހި ޑިމޮކްރަސީގެ 13ވަނަ ބާބުގެ 14ވަނަ ފޮޅުވަތުގެ މެދުތެރޭ ކަޅާއި
ހުދުން ލިޔެފައިވަނީ، ދިވެހިރާއްޖެއަށް ޑިމޮކްރަސީ ލައްގައި އެ އެތި
ބާލިޣުވުމާއެކު ދިވެހިބަހުން ޑިމޮކްރަސީ ސަޓަނި ތައްޔާރުކުރާނޭ ގޮތް އެނގުން
ކޮންމެހެން ލާޒިމުކަމަށެވެ. މިކަން މިހެން އޮތުމުން ދިވެހިރާއްޖޭގައި މިއަދުވަނީ
ދިވެހިބަހުން ޑިމޮކްރަސީ ސަޓަނި ތައްޔާރުކޮށް އޭގެ ބޭނުންކުރަން ފަށާފައެވެ.
---------------------
ލިޔުއްވީ: މީމު
ނޫނު