އިންސާނުންގެތެރެއިން ޚާއްޞަކޮށް މުސްލިމުން ތެދުމަގުން އެއްކިބާކޮށް އެބައިމީހުންނަށް ނަރަކައިގެ އެކިވަރުގެ ފްލެޓްތައް ހޯދައިދިނުމުގައި ހުއްޓުމެއްނެތި ގިޔާމަތާ ހަމައަށް މިދުނިޔޭގައި އިބްލީސް މަސައްކަތްކުރާނެކަމީ ޝައްކެއްއޮތް ކަމެއްނޫނެވެ. ނުބައިކުރެއްވި މިކަލޭގެ މިމަސައްކަތްކުރުމުގެ ތެރޭ ޒަމާނާ ޙާލަތަށް ބަލައި އެކިވަރުން އެކި ގިންތީން އެކި ކަންކަން ކުރަމުން ގެންދާއިރު ކޮންމެ ރަނގަޅުކަމެއް ފުށުންޖެހޭތޯ ބަލާއިރު ކޮންމެ ނުބައިކަމެއް ހިއްލޭތޯވެސް ގަދައަޅައި އުޅެއެވެ.
އިންސާނުން
މަގުފުރެއްދުމަށްޓަކައި އައު ވައްތަރުތައް އުފައްދައި އޭގެ އަވާގައި އިންސާނުން
ޖައްސައި އެބައިމީހުންގެ ވަގުތުތައް އޭގެތެރޭ ހޭދަކުރުވުމަކީ އިބްލީހާއި އޭނާގެ
އަޢުވާނުން ނުހަނުބޮޑަށް ގަޔާވެ ކުރަމުންގެންދާ ކަމެކެވެ. މިގޮތުން މިކިޔާ އިބްލީހުގެ
ޑިމޮކްރަސީ އުފެއްދީ ސީދާ އިބްލީހެވެ. އޭނާގެ އަޢުވާނެއްނޫނެވެ. އިބްލީސް އުފެއްދި
މިޑިމޮކްރަސީގައި އިންސާނުންކުރުން ހެޔޮނުވާނޭކަމެއް އަދި އެކަމެއްކުރުން
ނުބައިވެގެންވާނޭ އެއްވެސްކަމެއް ނޯންނާނެއެވެ. މިޑިމޮކްރަސީގައި ކޮންމެ
ނުބައިކަމެއް ހުއްދަ ޙަލާލެވެ. އަދި ކޮންމެ ރަނގަޅުކަމެއް މަނާވެފައި ބޮޑުވެގެންވާ
ޙަރާމުން ޙަރާމެވެ.
އިބްލީހުގެ ޑިމޮކްރަސީ
އުފެއްދީ އިބްލީހެވެ. އެކަމަށް ދެބަސްވެވޭކަށް ނެތެވެ. ނަމަވެސް އެޑިމޮކްރަސީ ލިބިގަތުމަށް
މިންނެތް މަސައްކަތްކޮށްގެން އެއެއްޗެއް ލިބިގެންފައިވާ ގައުމުތަކުގެތެރޭ އެތަނެއްގައި
މިނިވަންކަމާއި ސިޔާދަތެއްވާ ގައުމެއްވާނަމަ އެބައިމީހުންގެ ގައުމީ ދިދަ ބޭނުންކުރެވިދާނޭ
ތަފާތު ކަންކަމެއް އެކުލަވައި ދަސްކޮށްދީފައިވަނީ އިބްލީހުގެ އަޢުވާނުންގެ ތެރެއިން
އެއްފަޅީގެ ވާގިނެތިފައިވާ މަޚުލޫގެކެވެ. މިކަންކަން ދަސްކުރުމަށްފަހު ދުނިޔޭގެ
އެކި ތަންތާނގައި އެކި ކަންކަމުގައި އެތަނެއްގެ ގައުމީ ދިދަ ބޭނުންކުރަމުން އެބަ
ގެންދެއެވެ. މީގެތެރޭ ޑިމޮކްރަސީކަމަށް ހީކޮށް އިބްލީހުގެ ޑިމޮކްރަސީ
ލިބިގެންފައިވާ ބަޔަކު ދިވެހިރާއްޖޭގައި ތިބިނަމަ އެބަޔަކު ގައުމީ ދިދަ ބޭނުންކުރަމުން
ގެންދަނީ ކޮން ކަންކަމެއްގައި ކޮންގޮތަކަށްތޯ އެނގޭނީ އިބްލީހުގެ ޑިމޮކްރަސީއާއި
ދުރުން އިންސާނީ ހަމަބުއްދިން އެކަންކަން ހޯދައި ބަލައިގެންނެވެ.
އިބްލީހުގެ
އަޢުވާނުންގެ ތެރެއިން އެއްފަޅީގެ ވާގިނެތިފައިވާ މަޚުލޫގު ދަސްކޮށްދީފައިވާ ގައުމީ
ދިދަ ބޭނުންކުރެވިދާނޭ ކަންކަމުގެ ޓޮޕް 5 ގައި ހިމެނޭ ކަންކަން:
-
ސުލްޙައިގެ ނަމުގައި ބާއްވާ ހިނގުމާއި ދުވުމާއި ފުންމުމާއި އިށީނުމާއި
ނިދުމުގެ ރޭސްތަކުގައި
-
ކަރުތެރެ ސާފުކޮށް ވޮއިސް ޓްރޭނިންގް ހެދުމަށް ބޭނުންވާ ސިޔާސީ ކަރުފެލުންތަކުގައި
-
ލާމަރުކަޒީގޮތުން އެކަކު އަނެކާއާއި އަރައިރުންވެ ޒުވާބުކުރުމާއި ތަޅާފޮޅުމާއި
މާރާމާރީގައި
-
ފޭރުމާއި ލޫޓްވުމުގައި
-
ވައްކަންކުރުމުގައި
-----------------------
ލިޔުއްވީ: މީމު ނޫނު