ދިވެހިބަހުގައި މުޖުތަމަޢަކީ ޖަމާޢަތެވެ. ނުވަތަ
ރައްޔިތުންނެވެ. މިފަދަ މުޖުތަމަޢެއް ނޫނީ ރައްޔިތެއް ނިސްބަތްވެފައިވަނީ އިސްލާމިއްޔަތުގެ
ވަރުގަދަ ބިންގަލެއްގެ މަތީގައިނަމަ އެބިންގާ ފުނޑުފުނޑުކޮށް އެބައިމީހުންގެ
އިސްލާމީ އަޚުވަންތަކަމާއި ޞުލްޙަ މަސަލަސްކަން ނަގާލައި ތަނުގައި ފިތުނަފަސާދަ
އުފެއްދުމަށްޓަކައި ޔަހޫދީ (ހީލަތާއި މަކަރުވެރި) އުކުޅުތައް ބޭނުންކުރުމަކީ މީގެ
އެތައް އަހަރެއްގެ ކުރިއްސުރެ ފެށިގެން ދުންޔަވީ ބާރުވެރި ކާފިރުން ކުރަމުންގެންދާ
ކަމެކެވެ. ހުއްޓުމެއްނެތިއެވެ. މިފަދަ ޔަހޫދީއުކުޅުތައް ބޭނުންކުރަނީ ފުރިހަމަ
މުސްލިމުންނަކީ އެބައިމީހުންގެ އީމާންތެރިކަމާއި އިސްލާމީ ޢަޤީދާގެ ވަރުގަދަކަމާ
ހުރެ ނަފުސަށް ގެއްލުންދެނިވި ހަތިޔާރުން ހަނގުރާމަކޮށް ބަލިކުރުން އުނދަގޫ
ބަޔެއްކަން ކާފިރުންނަށް ތަޖުރިބާކުރެވި އެކަން ކަށަވަރުވެފައިވާތީ، ފައިސާއާއި
ތަކެއްޗާއި ޖިންސީ އުފާތަކުގައި މުސްލިމުން ޝިކާރަކޮށް އެމީހުންގެ ސިކުނޑިތަކުގެ
ކޮންޓްރޯލް ކާފިރުންގެ ބާރުގެ ދަށަށް ގެނައުމަށެވެ. މިހެންވެ އެތަނާއި އެބަޔެއްގެ
ޙާލަތާއި މިންވަރަށް ރަނގަޅަށް ބެލުމަށްފަހު ޔަހޫދީއުކުޅުތަކުގެ ބޭނުންކުރަމުން
ގެންދަނީއެވެ.
ޔަހޫދީއުކުޅު
ޕްލޭން - އޭ
އިސްލާމީ
މުޖުތަމަޢުގައި ކާފިރުންގެ މީހުން ޔަހޫދީއުކުޅު ޕްލޭން – އޭ ބޭނުންކުރަނީ އެކަން ކުރެވެންއޮތް
ގޮތަކުން އެތަނެއްގެ ވަލިއްޔުލްއަމްރު ނުވަތަ އެތަނެއްގެ އެންމެމަތީ ވެރިމީހާ އެމީހުންގެ
އަތްދަށަށް ގެނެވޭތޯ ބެލުމަށެވެ. މިކަން ކާމިޔާބުވެއްޖެނަމަ ޔަހޫދީ އެޖެންޑާގައި
ދެން ހުރި ކަންކަން ކުރުން އެހާ ދަތިނުވާނެކަމަށް ކާފިރުން ޤަބޫލުކުރެއެވެ. މިކަން
ކާމިޔާބު ނުވެއްޖެނަމަ ދެން ބޭނުންކުރާނީ ޔަހޫދީއުކުޅު ޕްލޭން - ބީ އެވެ.
ޔަހޫދީއުކުޅު
ޕްލޭން - ބީ
ޔަހޫދީއުކުޅު
ޕްލޭން - ބީ ބޭނުންކުރަނީ ކާފިރުންގެ ފުރިހަމަ ކޮންޓްރޯލާއި ބާރުގެ ދަށަށް
އެތަނުގެ ވަލިއްޔުލްއަމްރު ގެނެވޭނޭ އެއްވެސްމަގެއް ނުފެނުމުން އޭނާގެ ކިބައިން
ތަނުގެ އެންމެމަތީ ބާރު ނިގުޅައިގަނެ ކާފިރުންގެ ގޮނޑިކޮއްކޮ ސަރުކާރެއް
ޤާއިމްކުރުމަށެވެ. މިކަމަށްޓަކައި ކުރަންޖެހޭ ތަފާތު ކަންކަމަކަށް ހިސާބުއަކުރުގެ
ޢަދަދެއް ހަމަޖެހިފައި އޮވެއެވެ. މިއީ އޭގެ ވަކި ތަރުތީބެއް ނެތި އެފަހަރަކަށް
ކުރެވެން އޮތް ކަމެއް ކުރެވެންއޮތް ކޮންމެގޮތަކަށް ކުރާ ކަންކަމެކެވެ.
·
އިސްފަޑީގެ ބާރުވެރިކަން
އޮންނަ މީހުން ކާފިރުންގެ ކޮންޓްރޯލްގެ ދަށަށް ގެނައުން
މިއީ ޔަހޫދީއުކުޅު
ޕްލޭން – ބީގެ އެންމެ ޚާއްޞަކަމެއް ދީފައިވާ ކަންތައްކަމަށް ބެލެވެއެވެ. މީގެބޭނުމަކީ
އިސްފަޑީގެ ބާރުވެރިކަން އޮންނަ މީހުން ކާފިރުންގެ ކޮންޓްރޯލްގެ ދަށަށް ގެނެސް އެތަނެއްގެ
ވަލިއްޔުލްއަމްރުގެ ބާރުވެރިކަން ކުޑަކުރުމެވެ. އޭރުން ވެރިކަމުގެ ސިއްރުތައް
ދެނެގަނެ ވެރިކަމުގައި ރެނދު އަޅުވާލުމަށް ދަތިނުވާނެކަމަށް ކާފިރުން ދެކެއެވެ.
މިކަން ކާމިޔާބުވުމާއެކު އެމުޖުތަމަޢުގެ ނުވަތަ އެރައްޔިތުންގެ ހެވާއި
ލާބައަށްޓަކައި ވަލިއްޔުލްއަމްރު އެކަށައަޅައި ކުރަން ހަމަޖެހިފައިވާ ކަންކަން
ކުރިއަށް ގެންދިއުމުގައި ވަލިއްޔުލްއަމްރު ހީނުކުރާހާ ދަތިތަކާއި ހުރަސްތައް އޭނާއާއި
ކުރިމަތިވަމުން ދާނެއެވެ.
·
އިސްލާމީ ޢިލްމުވެރިން ކާފިރުންގެ
ކޮންޓްރޯލްގެ ދަށަށް ގެނައުން
އިސްލާމީ ޢިލްމުވެރިންގެ ތެރެއިން އެމުޖުތަމަޢެއްގައި
ބަސްވިކި އިސްލާމުންގެ ބޯލެނބުން ލިބިލައްވާފައިވާ ޢިލްމުވެރިންނަކީ
ކޮބައިތޯބަލައި އެބޭކަލުން ކާފިރުންގެ ކޮންޓްރޯލްގެ ދަށަށް ގެނެއުމަށްޓަކައި
ކުރަންޖެހޭ ކޮންމެކަމެއް އެކަމެއް ކުރެވެންއޮތް ކޮންމެގޮތަކަށް ކުރާނެއެވެ. މީގެ ބޮޑު
ބޭނުމަކީ ދީނީގޮތުން އިސްލާމުންގެ ފިކުރާއި ކުޅެ ކާފަރުން ބޭނުންވާ ކަންކަމަށް
އިސްލާމުންގެ ވިސްނުން ބައްޓަންކުރުމެވެ.
·
ތާޖަރުން
(ވިޔަފާރިވެރިން) ކާފިރުންގެ ކޮންޓްރޯލްގެ ދަށަށް ގެނައުން
ކާފިރުންގެ ކޮންޓްރޯލްގެ ދަށަށް ތާޖަރުން ގެނެއުމުގެ
ބޭނުމަކީ ފައިސާއާއި ތަކެތީގެ ގޮތުން އެމުޖުތަމަޢުގެ އަފުރާދުންނަށް ނުފޫޒު
ފޯރުވުމުގެ ފުރުޞަތު އެބައިމީހުންނަށް ލިބިފައިވުމެވެ. މިހެންވެ ކާފިރުންގެ
ކޮންޓްރޯލަށް ތާޖަރުން ގެނައުމަށްޓަކައި ކުރަންޖެހޭ ކޮންމެކަމެއް އެކަމެއް
ކުރެވެންއޮތް ކޮންމެގޮތަކަށް ކާފިރުން ކުރާނެއެވެ. އޭގެފަހުން ތާޖަރުންނަށް
ފައިސާއާއި ތަކެތީގެ މިންނެތް އެހީތެރިކަން ފޯރުވައިގެން ތާޖަރުންގެ މެދުވެރިކޮށް އެމުޖުތަމަޢުގެ
ފޯރުންތެރިކަން ކުޑަ މުސްލިމުން އަޅުވެތިކޮށް އެބައިމީހުންގެ ވިސްނުމާއި ކުޅެނީއެވެ.
(ނުނިމޭ)
-----------------------
ލިޔުއްވީ: މީމު ނޫނު