މަޑަވެލީ
އިސްމާޢީލުކަލޭގެ ކައިދާއި، ދޮންނެއިގެ ދޮންމުޙައްމަދު (ފަހުން މުޙައްމަދު
ކަތިއަކަލޭގެ) ނަންއެނގޭ ދަރީނީ:
1- ޢިސާ ކަތީބު/ޝޭޑީވިލާ
2- މުދިން ހަސަނު/އަސަރީގެ
3- ދެބެއާ(ރަނގަޅުނަން
ނޭނގޭ) ކަނދިލިމާގެ
4- ޢުޘްމާނު/ގާރޑްނިންގުގެ
5- ފާތިންދިޔެ/ރޯސްވިލާ
6- އޮޅު ދޮންއައިސަ/ދިހަރޭގެ
7- ބަޑެކުދެހުތާ/ފޫޅުމާގެ
8- ކުދެދިޔެ/ތަޑިރަތްމާގެ
މިމީސްމީހުންނެވެ.
މުޙަންމަދު
ކައްތިކަލޭގެ ވެރިކަމާއިދެކޮޅަށް އަޑުއުފުލުމުގެސަބަބުން، އިސްމާޢީލު ކަލޭގެ
މޫސިއާ މަޑަވެލި ދޫކޮށް ހަވަރުތިނަދުއަށް ހިޖްރަކުރީ 1920 ހާތަނުގައެވެ. މި މޫސިއާ
ކައިވެނިކުރީ، ހަވަރުތިނަދޫ/މެރަދޫގެ އާމިނަ އާއިއެވެ. މި މޫސިއާއަކީ (އެއްތިރީސް
އަހަރު) ހުވަދުއަތޮޅުގެ އަތޮޅުވެރިކަންކުރެއްވި، ޙާޖީ މުޙަންމަދުކަލޭފާނުގެ މާފަ(މަންމަގެ
ބައްޕަ)އެވެ. މި މޫސިއާގެ ދަރިފަސްކޮޅަކީ، ހުވަދުއަތޮޅުގެ ސިޔާސީދާއިރާގައި
މިއަދުވެސް ޙަރަކާތްތެރިވަމުންދާ ގިނަބަޔަކު އެދަރިފަސްކޮޅަށް ނިސްބަތްވާ
ދަރިފަސްކޮޅެކެވެ. ސިޔާސީދާއިރާ ނޫން އެހެނިހެން ދާއިރާތަކުގައި މިއަދުވެސް
އެދަރިފަސްކޮޅުގެ އެތައްބަޔަކު ޙަރަކާތްތެރިވެއެވެ. މިޢާއިލާގެ ބައެއްމީހުން ނިސްބަތްވާ
ގެތަކުގެ ތެރޭގައި ތިނަދޫ/ގުލްދަސްތާގެ، ސީބްރީޒް، ހިރިހަމައިދިގެ (ކުރީގެ
ޗާންދަނީގެ) ހ.ހުވަދޫގެ. ހ.ތެވެލި. ގދ.ފިޔޯރީ ފިނިވާގެ. ގދ.މާތޮޑާ ގުލްފާމްގެ
ހިމެނެއެވެ. މީގެއިތުރަށް (މިހާރު 2013) ރައްޔިތުންގެމަޖިލީހުގެ ވިލިގިނލީ ދާއިގެ
މެމްބަރ މުޙައްމަދު ޒާމިޒް، ތިނަދޫ ދާއިރާގެ މެމްބަރ މުޙައްމަދު ޤަސަމް، ފިނޭންސް މިނިސްޓަރ ޢަބްދުﷲ ޖިހާދު،
ފޮރިން މިނިސްޓަރ ޑރ.ޢަބްދުއްސަމަދު ޢަބްދުﷲ އާއި، އައްޝޭޚް ޢަބްދުﷲ ޖަމީލް،
އައްޝޭޚް ޠާހާ ނަޢީމު އާއި އަދި މިނޫންވެސް އެތައްބަޔަކު ހިމެނެއެވެ.
ރާއްޖޭގެ
އެކިއެކިރަށްރަށުން މަޑަވެއްޔަށް، ހިޖްރަކުރި ބައެއްމީހުންނަކީ:
1- ކެރެއްދޫގެ
ދޮންއަލިފުތު/ތަޑިރަތްމާގެ
2- ކާށިހުޅުދޫ އުތުވާނާ/ފެކްޓަރީ
3- ފަރެހު ދޮންހަސަނު/ގާރޑްނިންގގޭ
4- ފަރެހު ކުދައްޕާ/ސޯސަންގެ
5- މާލެއަތޮޅު ރަސްދޫކުރަމަތި ކަޅުއައްޔާ/ވައިމަތީގެ
6-
ހަވޮއްޑޭ މޭނާކަލޭފާނުގެ ސިއްތިފާނުގެ އިބްރާހިމް/ޒޫރިޔާގެ
7- ކެލާއަލިފުޅުގެ
މޫސާފުޅު/މާފޮޅޭގެ
8- އައްޑު ޢަބްދުﷲ ނުވަތަ
އަބުއްލާގެކަލޯ، ދޮންކަލޯ، ހުތާ
9- މަޑަވެލީ އިރޯހޮ ދޮންކަލޯގެ މަރިޔާ އެރަށު
ރޯސްވިލާ ކަރެއްޔަ ކަޅުތުއްތުދީދީ އާއި އެއްބަނޑު އައްޑޫ މުޙައްމާދީދީ
10- މަޑަވެލީ "ލޫނާރ"ގޭ މަރިޔަމް
ނިސްބަތްވާ ގައްދޫ ނޫރުޢަލީ
11- މަޑަވެލީ
މާތޮޑާގޭ ދިޔާއި މާތޮޑާ ޔޫސުފް
12- މާލޭ ޔޫސުބާ އަށް ނިސްބަތްވާ މަޑަވެލީ "ޔާރޑްލީ"
އީސާގެ ޙަލީމާ. އަދި އައްޑޫ ދޮންފުތާއި ހަވަރުތިނަދޫ ރަންދިޔަގެ ކަމަނަގެ
އިބްރާހީމް ނަޖީބު (އަސުރުމާގެ) އާއި އަދި މިނޫންވެސް ބައެއް މީސްމީހުންނެވެ. މިއެންމެންގެ
ޢާއިލާތައް އެނގެން އެބައޮތެވެ.
ރަށުންބޭރަށް ހިޖްރަކުރި
ބައެއްމީހުންނަކީ، ކޮނޑޭޙަސަނާ ނުވަތަ ބޮޑުދޮންމަނިކާގެ ރައްކަލާ ނުވަތަ ހޯނޑެއްދޫ
ބޮޑުކަލޭފާނު މީނާ މަޑަވެލީ އިސްމާޢީލު ކަލޭގެ ދެދަރީންނާއި ދެފަހަރަށް (އެކަކު ނިޔާވުމުން
އަނެކަކާއި) ކައިވެނިކޮށްގެން ދިރިއުޅުއްވީ ހޯނޑެއްދޫގައެވެ. މާލޭ ބޮޑުގަލު
ތުއްތުބޭ މަޑަވެލީ މީހަކާއި ކައިވެނިކޮށްގެން ދިރިއުޅުއްވީ ހޯނޑެއްދޫގައެވެ.
ޢާއިލާ އެބައޮތެވެ. (ތަފްޞީލް ފަހުންލިޔާނަމެވެ.) އިސްމާޢީލްކަލޭގެ މޫސާ،
ހަވަރުތިނަދޫ މެރަދޫގެ އާމިނާއި
ކައިވެނިކޮށްގެން ދިރިއުޅުއްވީ ހަވަރުތިނަދޫގައެވެ. އިތުރު ތަފްޞީލް މަތީގައި
ލިޔެފައި އެވަނީއެވެ. އިސްމާޢީލްކަލޭގެ ދޮންހުސައިން ހަވަރުތިނަދޫ ކުދެކުއްދެ އާއި
ކައިވެނިކޮށްގެން ދިރިއުޅުއްވީ ހަވަރުތިނަދޫގައެވެ. މިއީ މއ.ތިނަދޫގޭ ޖަމާލު
ނިސްބަތްވާ ޢާއިލާއެވެ. އިސްމާޢީލްކަލޭގެ ސަންފާކަމަލޭ ދިއްކަލޯގެ
މުޙައްމަދުފުތުގެ ފާތިޔެ. މީނާގެއާއިލާ ދިރިއުޅެނީ ލ.އަތޮޅު މާވަށު (މާފޮޅޭގޭ) މީހަކާއި
ކައިވެނިކޮށްގެން އެރަށުގައެވެ. އިސްމާޢީލްކަލޭގެ ބޮޑުއަލިފުތުގެ ދޮންކަލޯގެ "ފަހާގޭ"
އާދަމްފުތުގެ ވަޙީދާ ލ.އަތޮޅު ކުނަހަންދޫ ޢަލީއާއި ކައިވެނިކޮށްގެން ދިރިއުޅުނީ،
އެރަށުގައެވެ. އޮޅުދޮންއައިސާގެ މަރިޔާ، މޭނާކަލޭފާނުގެ ސިއްތިފާނުގެ މުޙައްމާ ތަކުރުފާނު
(ސިއްތިކޮއްޔާ) އާއި ކައިވެނިކޮށްގެން ދިރިއުޅުނީ ގައްދޫގައެވެ. އެރަށު މާލިލީގެ،
އިރުދަށުގެ އެވެ.
ހޯނޑެއްދޫ
ބުއްޑާރައްކަލާގެ ކުޑަދިޔެ މާލޭ (ސޯޅިޔާ އާއިލާގެ" ހަލިމަސޮރުގޮއްޔަގެ ތުއްތު
(އަރުވާލިތުއްތު) އާއި ކައިވެނިކޮށްގެން ދިރިއުޅުނީ މަޑަވެލީގައެވެ. އޭނާގެ ޢާއިލާ
ނިސްބަތްވަނީ، އެރަށު ކެލިފޯރނިއާ،ހަނީކޯމް، އިރޯސް، ފޫޅުމާގެ އަށެވެ. ހޯނޑެއްދޫ މުޙައްމަދު ޢަލީ (މަޑަވެލީ
މިސްކިތްދޮށުގޭ) ގެ ދޮންކަލޯ ގައްދޫ މީހަކާއި ކައިވެނިކޮށްގެން ދިރިއުޅުނީ
ގައްދޫގައެވެ. މުޙައްމަދު ޢަލީ ގެ ދޮންދިޔެ ދިއްކަލޯގެ މުޙައްމަދުފުތުގެ ޔޫސުފްފުޅު
(ކަޅުބެއްޔާ) އާއި ކައިވެނިކޮށްގެން ދިރިއުޅުނީ މަޑަވެލީގައެވެ. ޗާރްޗީގެ އަހަންމަދުގެ
ރެކެދިޔަގެ ހަސަންފުތު (މިރުސްމާގެ) ގެ ދޮންފާތުމާ މާލޭ ކާށި ކަޅުތުއްތުއާއި ކައިވެނިކޮށްގެން
ދިރިއުޅުނީ (މ.ސްލީޓް) މާލޭގައެވެ. (ޢާއިލާ މާލޭގައި އެބައޮތެވެ.) މަޑަވެލީ
އިސްމާޢީލްކަލޭގެ ބޮޑު ދޮންއާމިނަގެ އިބިރިހިމާގެ އަހަންމަދުގެ އާމިނަތު ވަޙީދާ މ.އަސުރުމާގެ
(ދޮންކުދެދިޔެ) އިސްމާޢީލް ޢަބްދުﷲ އާއި ކައިވެނިކޮށްގެން ދިރިއުޅުނީ މާލޭގައެވެ. ފުރަތަމަ
މި ވަޙީދާއާއި ކައިވެނިކުރީ ރޯސްވިލާ ހަސަން ކަލޯ އާއި އެވެ. ޗާރްޗީގެ އަހަންމަދު
ހުސައިނުގެ ދޮންކަލޯގެ ޙަރީރާ (ޢާބިދާ) މާލޭ ޓިނު އަލިފުޅުގެ ސައީދު (ހ.ޒެފްރޯލް) އާއި އަދި މިނާގޭ ދޮހުއްތުއާއި ކައިވެނިކޮށް
ދިރިއުޅުނީ މާލޭގައެވެ. ޢަލިވިލާގެ ނަޖީބާ މާލޭ މިނާގޭ މެދުތުއްތު އާއި ކައިވެނިކޮށްގެން
ދިރިއުޅުނީ މާލޭގައެވެ. ފުރަތަމަ މި ނަޖީބާއާއި ކައިވެނިކުރީ ތިނަދޫ ސްޕޮޓްލައިޓް
ޤާސިމު ޙަސަން އެވެ. ދިރިއުޅުނީ ތިނަދޫގައެވެ. އަދި މިނޫން މީސްމީހުން ރަތަފަންދޫ،
ދެއްވަދޫ، ވާދޫ، ފޯއްމުލައް، އައްޑޫ (އަޒުމް) ހއ.މުރައިދޫ (ބްލޫހެވަން) ލ.މާވަށު
މާފޮޅޭގެ، ދ.މާއެނބޫގައިވެސް ދިރިއުޅެ އެވެ. މިއެންމެންގެވެސް ޢާއިލާ އެބައޮތެވެ.
މަޑަވެލީ
އިސްމާޢީލްކަލޭގެ ބޮޑުއަލިބޭގެ މޫސިއާ (މަޑަވެލީ މޫސިޔާ) ގެ ދަރީނީ:
1- ހައްވާދިޔެ،
މީނާއާއި ކައިވެނިކުރީ، މުކުރިބެއްޔާ އެވެ. މިދެމަފިރިންގެ ދޮންފުތުބޭގެ ފާތިންދިޔެ ކައިވެނިކުރީ،
ހަވަރުތިނަދޫ މާކޯނި ހަސަންކަލޭގެ
ހުސައިންކަލޭގެފާނާއި އެވެ. މިހުސައިންކަލޭފާނުގެ ޢާއިލާ ފެށެނީ، ހޯނޑެއްދުއަށް އަރުވާލި
އެކަނި ބަބުރުގެ ފަރާތުންކަމަށް (ތިންވަނަ ހިސާބުން ތިމާގެ ދެމީހުންކަމަށްވާ) މާލޭ
ޗަންޕާ މުޙައްމަދު މޫސާ އާއި، ތިނަދޫ މާކޯނި ޢަބުއްޞަމަދު ބުނުއްވިއެވެ. އެކަނިބަބުރުގެ ފުތުއަލިފުޅުގެ
ތުއްތުއަކީ، ޗަންޕާމެންގެ ބައްޕައެވެ. (އެކަނިބަބުރުގެ ތަފްޞީލަކީ އެހެންބައެކެވެ.)
2- އޮޅަދިޔެ، މީނާއާއި
ކައިވެނިކުރީ ގޮޓެރައްކަލެބެއްޔާ އެވެ.
3- ދޮންރެކެދިޔެ،
ތިނަދޫ މަދަރުސާދޮށުގޭ ޢަބްދުﷲ ޙިލްމީ މިއާއިލާ ލިޔުއްވައިފައިވަނީ، ހަވަރުތިނަދޫ ބޮޑުކައްތިކަލަހާނުގެ
ޢާއިލާގައެވެ.
4-
މަރިޔަންދިޔެ މީނާއާއިކައިވެނިކުރީ، ހަވަރުތިނަދޫ ޢަލީ ކަޅުބެއްޔާ އެވެ. މި
ދެމަފިރިންގެ ދަރިއަކީ ޙާޖީ މުޙައްމަދު ކަލޭފާނެވެ. ހ.ތެވެލި މުޙައްމަދު ޝަރީފަކީ،
މި މުޙައްމަދު ކަލޭފާނުގެ މުސްޠަފާ މަންޞޫރުގެ ދަރިއެކެވެ.
5- މާވަޑިކަލޯ.
މީނާގެ މާވަޑިބޭގެ ކަނޭބޭގެ އެއްކުއްޖަކީ، ތިނަދޫ ޢަލިތަކުރުފާނު (ޢަލީ ފާއިޒް) އެވެ.
6- ކައިދާ، މީނާއާއި
ކައިވެނިކުރީ، ހުޅުދެލީ ކާސިން ކަލޭގެ އެވެ. ލިބުނުކުދީންގެ ތެރޭގައި މޫސެބެއްޔާ،
ކުދެކުއްދާބެއްޔާ އާއި އަދިވެސް ބައެއްކުދީން ހިމެނެއެވެ. ތިނަދޫ / ގެލަ
ކުދެކުއްދާބެއްޔަގެ އެއްކުއްޖަކީ ޝަކީބު އެވެ.
7- ކާސިމަ. މިކާސިމުގެ
އެއްކުއްޖަކީ، އައިސަ އެވެ. އަނެއްކުއްޖަކީ، ޔޫސުފު އެވެ. ގދ. ތިނަދޫ ދެލްވައްތަ
މުޙައްމަދު ޙަމީދަކީ، ޔޫސުފުގެ ރެކިދައިތަގެ ކުއްޖެކެވެ. ބޭސް ދޮންކަލޭފާނަކީ، މިކާސިމަގެ
އައިސަގެ ކުއްޖެކެވެ.
8- ސަންފާ، މީނާގެ
އެއްކުއްޖަކީ، ޢަބްދުއްރަޙުމާނު
(އޮޅަފުތުބޭ) އެވެ. އޮޅަފުތުބޭގެ އެއްކުއްޖަކީ، ހުސައިނު އެވެ. އަނެއް ކުއްޖަކީ ގދ. ތިނަދޫ/ޗާންދަނީގެ (ހިރިހަމައިދިގެ)
ރެކިދައިތަ އެވެ. ރެކިދައިތައާއި ފުރަތަމަ ކައިވެނިކުރީ ހަވަރުތިނަދޫ މާލިއްޔާ
ޢަލިކަލޭފާނުގެ ބައްޕަ ސީވިއު ދޮންކަލޯ އެވެ. މިދެމަފިރީންނަށް ކުދިން ނުލިބެއެވެ.
ރެކިދައިތައާއި ދެން ކައިވެނިކުރީ އައްޑޫ ހުޅުދޫ މާލިމީގޭ މޫސާ މަނިކުފާނާއި އެވެ.
ފަހުން އޭނާއަކީ، މޫސާ ހިރިހަމައިދި ކަލޭފާނެވެ. ޢާއިލާ އެބަ އޮތެވެ.
މަޑަވެލީ މޫސާ މާލިމީގެ
ޢާއިލާ އާއި ބެހޭގޮތުން، ދޮށީ ޢުމުރުގެމީހުން ބުނަނީ، އެޢާއިލާއަކީ، ހުވަދުއަތޮޅު
އިރުމަތީފަރުގައި ކުރިންއޮތް ރަށެއްކަމަށްވާ ގެމެންދޫ ނުވަތަ ގަލަންދޫ ކިޔާ (މިހާރު
ގިރާފައިވާ) ރަށަކަށް ނިސްބަތްވާ މޫސާ މާލިމީގެ ޢާއިލާކަމަށެވެ. މިޢާއިލާ
އެއްރަށުން އަނެއްރަށަށް ބަދަލުވަމުންއައިސް އެންމެފަހުން އުޅުނީ، ހުވަދުއަތޮޅު ކެރަމިންތާގައި
(އެރަށް ވަރުވާއަށް ލިޔެގެން) ކަމަށެވެ. މިޢާއިލާގެމީހުން ކެރަމިންތާއިން
ބާލުއްވައި ހޯނޑެއްދޫގައި ވަޒަންވެރިވުމަށް އެންގެވީ، އޭރު އެއަތޮޅުގެ
އަތޮޅުވެރިއަކަށްހުންނެވި މާކަނާ
ބަނޑޭރީގެ އާދަނު އެވެ. (އޭރު އަތޮޅުވެރިކަންކުރާ ރަށަކީ، ހޯނޑެއްދޫ އެވެ.) މި
އާދަނު އަތޮޅުވެރިކަން ކުރެއްވިކަމަށް ބުނެވެނީ (1835 ން 1882 ށް ރަސްކަންކުރެއްވި)
މުސްކުޅިބަންޑާރައިންގެ ދުވަސްވަރުގައެވެ.
މޫސާ މާލިމީގެ ޢާއިލާ ހޯނޑެއްދޫގައި ވަޒަންވެރިވުމަށް،
އަތޮޅުވެރިން އެންގެވުމުން، އެރަށުގައި ވަޒަންވެރިނުވެ، މަޑަވެއްޔަށްއައިސް އެ
ޢާއިލާ ވަޒަންވެރިވީ އެރަށުގައެވެ. އެމީހުން އެރަށަށް އައިއިރު 7 މީހަކު
އެރަށުގައި ބަނޑަހަޖަހައިގެން އުޅެއެވެ. އެމީހުންނަކީ ކަނޑުމަހުގެ
މަސްވެރިކަންކުރާ ބައެކެވެ. އެމީހުން ފާހަގަކުރެވިފައިވަނީ، ދޮންނެއިގެ 7 ބެއިންގެ
ނަމުގައެވެ. އެއީ ހަތް ފިރިހެނުންނެވެ. މަޑަވެލީގެ ވަޒަންވެރިކަންފެށުނީ މި ދެ
ޢާއިލާގެ މީހުން އެރަށުގައި ވަޒަންވެރިވުމާއި ގުޅިގެންނެވެ. (ނުނިމޭ)
--------------------------
ލިޔުއްވީ: ޢަލީ
ނަޞީރު ޒޫރިޔާގެ/މަޑަވެލި
20 ޖުލައި 2013
މަޢުލޫމާތު:
މަޑަވެލީ
ހިރުދުމާގެ ޚަދީޖާ، ޒޫރިޔާގޭ ޢަލީ އިބްރާހީމް، ދޭލިޔާގެ ޙަސަން އިބްރާހިމް، މާފޮޅޭގޭ
ޢަބްދުﷲ އިބްރާހިމް، ރިޒްލާ ޢަލީ ވަޙީދު، ވާރޭވިލާ މުޙައްމަދު ޢަލީ،
ތިނަދޫ މަދަރުސާދޮށުގޭ ޢަބްދުﷲ ޙިލްމީ