މަޑަވެލީގެ
ވަޒަންވެރިކަމާ ގުޅޭގޮތުން އަލްއުސްތާޒް މުހަންމަދު އިބްރާހީމް ލުޠުފީ
ވިދާޅުވެފައިވަނީ، ކާނޑެއްދޫ ފަޅުކޮށްފައި ފޭބި މީހުން އެރަށުގައި
ވަޒަންވެރިވެފައިވާކަމަށް ލާފާކުރެވޭ ކަމަށެވެ. ނަމަވެސް ކާނޑެއްދުވަށް ނިސްބަތްވާ
އެއްވެސް ޢާއިލާއެއް އެރަށުން ފާހަގައެއް ނުކުރެވެ އެވެ. އާދެ! އޭރު (1975މ. ވަނަ
އަހަރު) ޢުމުރުން 80 ވަރަކަށް އަހަރުވެފައިވާ މަޑަވެލީ ޝޭޑީވިލާ ހައްވާ ޔޫސުފުގެ
ފަރާތުން މަޢުލޫމާތު ލިބިފައިވާގޮތުގައި އެރަށަށް ހިޖްރަކުރި ދެވަނަ ޢާއިލާގެ
މީހުންނަކީ، ފަރުބިތުން
(މަޑަވެލީންފެށިގެން ވާދުވާ ދެމެދު) އައި ބައެކެވެ.
މި ހައްވާދިޔަގެ ބައްޕަޔަކީ،
މޫސާ މާލިމީގެ އިސްމާޢީލުކަލޭގެ އަލިފުތުގެ ޢީސަގެ ޔޫސުފުކަމަށްވާތީ، މޫސާ މާލިމީ
އުފަންވެފައި ވަނީ 1820މ. ހާތަނުގައި ކަމަށް ބެލެވެ އެވެ. އެތައްގޮތަކުން
އެނގިކަށަވަރުވެފައިވަނީ، މޫސާ މާލިމީމެން އެންމެފަހުން އުޅުނީ ކެރަމިންތާގައި
ކަމަށެވެ. މަޑަވެލި ގާރޑްނިންގގޭ ޢަބްދުﷲ މުޙަންމަދު ބުނުއްވަނީ، އެންމެ ފުރަތަކަ
އެރަށަށް އައީ ދަށްބިތުން (ގައްދޫން ފެށިގެން ކޮލަމާފުއްޓާއާ ދެމެދު) އައި
ބައެއްކަމަށެވެ. ޒޫރިޔާގޭ ޢަލީ އިބްރާހީމު އާއި އެރަށު ހިރުދުމާގޭ ޚަދީޖާ
ބުނުއްވަނީ ދޮންނެއިގެ ހަތްބެއިން އެންމެ ފަހުން އުޅުނީ ކޮންނޮންޓާގައިކަމަށް
އެނގިފައިވާ ކަމަށެވެ.
މަޑަވެލީގެ
އެންމެ ފުރަތަމަ ވަޒަންވެރީގެތެރޭގައި ފާހަގަކުރެވެނީ ހަމައެކަނި ދެ ޢާއިލާ
އެކެވެ. އެއީ މަޑަވެލީ ޗާރްޗީ ނިސްބަތްވާ "ދޮންނެއި" ގެ ޢާއިލާ އާއި،
މަޑަވެލީ އިސްމާޢީލުކަލޭގެ ނިސްބަތްވާ މޫސާމާލިމީގެ ޢާއިލާ އެވެ. މަޑަވެއްޔަށް
ހިޖްރަކުރުމުގެ ކުރިން ދޮންނެއިގެ ޢާއިލާ ދިރިއުޅުނީ "ކޮނޮންޓާ" ގަ
އެވެ. (ކޮނޮންޓާ އަކީ މިހާރު ފަޅުރަށެކެވެ.) ބުނެވޭގޮތުގައި ޗާރްޗީގެ ޢާއިލާ އަކީ
ފުވައްމުލަކުގެ އެޒަމާނުގެ މުދިންގޭ ޢާއިލާ އާއި ގުޅިފައިވާ ޢާއިލާ އެކެވެ.
މުދިންގޭ ޢާއިލާ އާއި ގުޅިފައިވާކަން އެނގެނީ، މަޑަވެލީގައި ދޮންނެއިގެ 7 ފިރިހެން
ދަރީން ބިނާކުރި ހިރިގަލު މިސްކިތުގެ ޤަބްރުސްތާނުގައި ހުރި މަހާނަ ގަލެއްގައި
މުޙައްމަދުކައްތިކަލޭގެ ބައްޕަ (ޗާރްޗީ ނުވަތަ ރާވެރިހަސަނު) ގެ މައިފުށުގެ
ވަނަވަރު ފުވައްމުލަކު މުދިންގެއިން ފަށާފައިވާތީ އެވެ. (އެމިސްކިތް ރޫޅާލީ 1980
ގެ އަހަރުތަކުގަ އެވެ.) ދޮންނެއި ޢާއިލާ އާއި، މުދިންގޭ ޢާއިލާގެ ގުޅުން
ފެށިފައިވަނީ، ތިންވަނަ ފަހަރަށް ފުވައްމުލައް ފަޅުކުރުމަށްފަހު، އެރަށުން ފޭބި
މީހުން ހުވަދުއަތޮޅު ހުޅުވާރުލަށް ހިޖްރަކުރުމާއި ގުޅިގެންކަމަށް ބުނެވެ އެވެ.
(ހުޅުވާރުލަކީ މިހާރު ފަޅުރަށެކެވެ.)
މޫސާ މާލިމީގެ
ދަރިފަސްކޮޅު އެންމެފަހުން (މަޑަވެއްޔަށް ހިޖްރަކުރުމުގެ ކުރިން) ދިރިއުޅުނީ
ކުރަމަތީގަ އެވެ. އޭރު އޭނާ އެރަށުގައި ދިރިއުޅުނީ އެރަށް ވަރުވާއަށް އާދެ!
އަހަރަކު ބޮލިކޮއްޓޭއަކަށް ލިޔެގެންނެވެ. (ކުރަމައްޗަކީ މިހާރު ފަޅުރަށެކެވެ.) މި
މޫސާމާލީގެ ދަރި މަޑަވެލީ އިސްމާޢީލްކަލޭގެ މަންމަ ނިސްބަތްވަނީ
"ކަނަންދޫ" އަދި "ކެރެއްދޫ" އަށެވެ. ކެރެއްދޫ އާއި
ކަނަންދޫއަކީވެސް މިހާރު ފަޅުވެފައިވާ ދެރަށެވެ. އެދެރަށަށް އެނާ ނިސްބަތްވާކަން
އެނގެނީ، މަޑަވެލީގައި އެމީހުންގެ ދަރިފަސްކޮޅު ޤާއިމުވުމާއި ގުޅިގެން އެމީހުންގެ
ގާތްތިމާގެ މީހުން އެމީހުންގެ ހެވަތައިގައި މަޑަވެއްޔަށް ހިޖްރަކޮށްފައިވާތީ އެވެ.
އެގޮތުން ފާހަގަކުރެވޭ މީހުންގެތެރޭގައި ކެރެއްދޫ ދޮންއަލި ފުތާއި، ކަނަންދޫ
ޔާސީނާ ހިމެނެއެވެ. މި ދެމީހުންނަކީވެސް މައިފުށުގެ ދެފަރާތުން އިސްމާޢީލްކަލޭގެ
އާއި، ދެބެއިންގެދެދަރި ދެމީހުންނެވެ. އަދި މީގެ އިތުރަށް ކާށިހުޅުދޫ
"އުތުވާނާ" އަކީ ވެސް އެދަރިފަސްކޮޅާއި ގުޅިފައިވާ މީހެކެވެ.
(ކާށިހުޅުދޫ އަކީ މިހާރު ފަޅުރަށެކެވެ.) މި އުތުވާނާގެ ދަރި ކުއްދާ (ފަހުން
ކުއްދާބޭ) މަޑަވެއްޔަށް ގެނައީ އިސްމާޢީލްކަލޭގެ އަލިފުތު (ބޮޑުއަލިބޭ) އެވެ.
މަޑަވެލީ ޝޭޑީވިލާ ހައްވާ ޔޫސުފު މަޢުލޫމާތުދިން ގޮތުގައި އެރަށަށް ހިޖްރަކުރި
ދެވަނަ ޢާއިލާގެ މީހުންނަކީ، ފަރެބިތުން އައި ބައެކެވެ. ފަރެބިތަކީ، މަޑަވެލީންފެށިގެން ވާދުވާއި
ދެމެދެވެ. މިހައްވާދިޔަގެ ބައްޕަޔަކީ، މޫސާ މާލިމީގެ އިސްމާޢީލުކަލޭގެ އަލިފުތުގެ
ޢީސަގެ ޔޫސުފު އެވެ. މަޑަވެލި ގާރޑްނިންގގޭ ޢަބްދުﷲ މުޙަންމަދު (ފަރެހު
ދޮންހަސަނުގެ އަބުދޫގެ ދޮންކަލޯ) ބުނުއްވަނީ، އެންމެ ފުރަތަކަ އެރަށަށް އައީ
ދަށްބިތުން އައި ބައެއް ކަމަށެވެ. ދަށްބިތަކީ (މެދަތޮޅުގެ ރަށްރަށާއިއެކު) ގައްދޫ
އިން ފެށިގެން ކޮލަމާފުއްޓާއި ދެމެދުގެ ރަށްރަށެވެ. ޒޫރިޔާގޭ ޢަލީ އިބްރާހީމު
އާއި، ހިރުދުމާގޭ ޚަދީޖާ އާއި ގާރޑްނިންގގޭ ދޮންކަލޯ ބުނުއްވަނީ، ދޮންނެއި ޢާއިލާގެ ހަތް ބެއިން އެންމެ ފަހުން އުޅުނީ،
ކޮންނޮންޓާގައި ކަމަށެވެ.
ތިންވަނައަށް
އެރަށަށްއައި ކެލާ އަލިފުޅުގެ މޫސާފުޅަކީ ހޯނޑެއްދޫގައި ބަންނަމުންދިޔަ ސަރުކާރުގެ
ބަނޑުއޮޑިއެއްގެ މަސައްކަތާއި ޙަވާލުކޮށްފައި ފޮނުވި މީހެކެވެ. (އޭރު ވާރުކުރަނީ
އެރަށުގަ އެވެ.) މި މޫސާފުޅު ކައިވެނިކުރީ އިސްމާޢީކަލޭގެ ބޮޑޮދޮންއާމިނަ އާއި
އެވެ. ފަހުން މޫސާފުޅުގެ ހެވަތައިގައި ކެލާ ބޮޑޮދޮންބޭގެ ރައްކަލާ އާއި އަދި
އޭނާގެ ކޮއްކޮ ކަމަލޭ މަޑަވެއްޔަށް ހިޖްރަކުރީ އެވެ. (މި މީހުންގެ ޢާއިލާވެސް
އެރަށުގައި އެބައޮތެވެ.) އަދި ހަމަ އެދުވަސްވަރު ދެން އެރަށަށް އައީ ކުޅުދުއްފުށީ
ނުވަތަ ރަސްދޫކުރަމަތީގެ ބޭކަލެއްކަމަށްވާ ކަޅުއައްޔާ އެވެ. އޭނާއަކީ
ވިޔަފާރިކަމުގަ އެވެ. އޭނާ ކައިވެނިކުރީ އިސްމާޢީލްކަލޭގެ ކަމަލޭ އާއި އެވެ.
ކަޅުއައްޔާގެ ދިއްކަލޯގެ ޢާއިލާ އެރަށުގައި އެބައޮތެވެ. މި ކަމަކޭ ފުރަތަމަ
ކައިވެނިކުރީ ކެރެއްދޫ ދޮންއަލިފުތު އާއި އެވެ. ޢާއިލާ އެބައޮތެވެ.
އައްޑޫއަތޮޅު
ދޮންކޮއްޔަގޭ އަލިތައްކާނު (ފަހުން ހަވޮއްޑޭ މޭނާކަލޭފާނު) ގެ ސިއްތިފާނުގެ
އިބްރާހިމް ތަކުރުފާނު (ޒޫރިޔާގެ) މަޑަވެއްޔަށް ހިޖްރަކުރީ ހަވޮއްޑާ ފަޅުވުމުގެ
ކުރިންނެވެ. އޭގެފަހުން އެރަށް ފަޅުކޮށްފައި ހަވޮއްޑޭ ސަންފާ އާއި އެރަށު
އާކުރެއްޔާ (އަބޫބަކުރު) ވެސް ހިޖްރަކުރީ މަޑަވެއްޔަށެވެ. ޢާއިލާ އެބަ އޮތެވެ.
އެރަށް ފަޅުކުރީ 1929 ވަނަ އަހަރު އެވެ. އިބްރާހިމް ތަކުރުފާނު ކައިވެނިކުރީ
އިސްމާޢީލްކަލޭގެ ބޮޑުދޮންއާމިނަގެ މަރިޔަމުގެ ދިޔެ އާއި އެވެ. އާކުރެއްޔާގެ
ކާސިމު ކައިވެނިކުރީ ޗާރްޗީގެ މުޙައްމަދުގެ ކުޑަދިޔެ (ބަށިމާގެ) އާއި އެވެ. ޢާއިލާ
އެބައޮތެވެ. ސަންފާ ކައިވެނިކުރީ އިސްމާއީލުކަލޭގެ މަގުދައިތަގެ ބީރެއަލިބެ
(ތަނޑިރަތްމާގެ) އާއި އެވެ. ޢާއިލާ އެބަ އޮތެވެ. ކަނަންދޫ ޔަސީނާ (ނެވިގޭ ސާހިބާ)
ކައިވެނިކުރީ މުޙައްމަދު ކައްތިކަލޭގެ ކައިދާ އާއި އެވެ. ފުވައްމުލަކު
ބޮޑުކަޅުމުލަކުހުތާ ކައިވެނިކުރީ ހަވޮއްޑޭ މާލިމްމޫސާގެ ރެކިފުތުގެ ފާތިންދިޔެ
(ސްނޫމޫން) އާއި އެވެ. ކޮނޑޭ ބޮޑުދޮންމަނިކުގެ ރައްކަލާ (ފަހުން ހޯނޑެއްދޫ
ބޮޑުކަލޭފާނު) ފުރަތަމަ ކައިވެނިކުރީ ދޮންނެއިގެ އަޙުމަދު ކަމަލޭއާއި އެވެ. ކަމަލޭ
ނިޔާވުމުން ދެން ކައިވެނިކުރެއްވީ ކަމަލޭގެ ކޮއްކޮ ދޮންބީފާނާއި އެވެ.
ފަރެހު
ދޮންހަސަނުގެ ޢަބްދުﷲ ހިޖްރަކުރީވެސް ހަމައެދުވަސްވަރުއެވެ. ފަހުގެ ތާރީޚެއްގައި
އައްޑޫ ކުދުއަބޫގެ ތުއްތުގެ އިބްރާހިމް ދީދީ އާއި މާތޮޑާ ޔޫސުފް ހިޖްރަކުރިއެވެ.
މިދެންނެވި މީސްމީހުންގެ ޢާއިލާވެސް އެރަށުގައި އެބައޮތެވެ. ފަރެހު ދޮންހަސަނާގެ
އަބްދުﷲ (އަބުދޫ) ކައިވެނިކުރީ ކުއްދާބޭ ހައްވާދިޔެ (ގާރޑްނިންގގެ) އާއި އެވެ.
އިބްރާހިމް ދީދީ (ރޭލައިޓް) ކައިވެނިކުރީ ކުއްދާބޭގެ ކުޑަފުތު (ދިހަރޭކުދެއްޔާގ)
ގެ ރެކެދިޔެ (ގްރާމީޒް) އާއި އެވެ. މާތޮޑާ ޔޫސުފް (މާތޮޑާގެ) ކައިވެނިކުރީ
ކުއްދިޔަގެހުތާގެ ދިޔެ އާއި އެވެ. އެދުވަސްވަރު ދެން ހިޖްރަކުރީ ފުވައްމުލަކު
ދޮންފުތު (ހިމިތީގެ) އެވެ. އޭނާ ކައިވެނިކުރީ ޗާރްޗީގެ މުޙައްމަދުކައްތިކަލޭގެ
އީސާކަތީބުގެ ކައިދާ އާއި އެވެ. ގައްދޫ ނޫރެ ޢަލީ (ލޫނާރ) ކައިވެނިކުރީ ކުއްދާބޭގެ
އަބްދުﷲ ގެ ދިޔެ އާއި އެވެ. ރަތަފަންދޫ ޔޫސުފު ކައިވެނިކުރީ ކުއްދާބޭގެ
ހައްވާދިޔެގެ ރެކެދިޔެ (އާގޭ ނާއިލާ ޔޫފުގެ މަންމަ) އާއި އެވެ. ފުވައްމުލަކު
ކަރިއްޔަ ކަޅުތުއްތުދީދީ އާއި ދެބެއިންގެދެދަރި މުޙައްމަދު ދީދީ ކައިވެނިކުރީ
އިރޯހޮދޮންކަލޯގެ މަރިޔާ (ރޯސްވިލާ) އާއި އެވެ. އޭނާ މަޝްހޫރުވެފައިވަނީ އައްޑޫ
މުހައްމާދީދީގެ ނަމުންނެވެ.
ފުވައްމުލަކު
ރާމުލަކުފުތުގެ މުޙައްމަދު (މުއުޒިކުގެ) ކައިވެނިކުރީ ޗާރްޗީގެ އަޙުމަދު
ޙުސައިނުގެ ކުޑަދިޔެ އާއި އެވެ. މި ރާމުލަކުފުތަކީ، މޭނާކަލޭފާނާއި، ހަވޮއްޑޭ
ތިރުގޭ ހައްވާކަނބުލޭގެފާނާއި ދެމަފިރިންގެ ކަޅުތަކުރުފާނު ފުވައްމުލަކު
ފަހަމަލިގޭ ދިޔެ އާއި ކައިވެނިކޮށްގެން ލިބުނު ކުއްޖެކެވެ. މީނާ (ރާމުލަކުފުތު)
ހަވަރުތިނަދޫ ތިމަންބޭގެ ކަޅުދިޔެ އާއި ކައިވެނިކޮށްގެން ލިބުނު ކުއްޖަކީ
މިއުޒިކުގޭ މުޙައްމަދު އެވެ. މުއުޒިކުގޭ ކުޑަދިޔެ އަކީ، މޭނާކަލޭފާނާއި، ހަވޮއްޑޭ
ތިރުގޭ ހައްވާކަނބުލޭގެފާނުގެ ސަންފާދިޔެ، ހަވޮއްޑޭ ދިގުއަހުމަދުބޭ އާއި
ކައިވެނިކޮށްގެން ލިބުނު ފުތު، ޗާރްޗީގެ އަޙުމަދު ޙުސައިނުގެ އާމިނެ އާއި
ކައިވެނިކޮށްގެން ލިބުނު ކުއްޖެކެވެ. ހޯނޑެއްދޫ ބުއްޑާރައްކަލާ ކައިވެނިކުރީ
ކުއްދާބޭގެ އާމިންދިޔެ (ކެލިފޯރނިއާ) އާއި އެވެ. މާލޭ ސޯޅިޔާ ދަރިކޮޅުގެ
ހަލިމަސޮރު ގޮއްޔެގެ ތުއްތު (އަރުވާލިތުއްތު) ކައިވެނިކުރީ ބުއްޑާރައްކަލާގެ
ކުޑަދިޔެ އާއި އެވެ. މިއީ 1930 ގެ އަހަރުތަކުގެ ފަހުގެ އަދި 1950 ގެ އަހަރުތަކުގެ
ކުރީގެ ދުވަސްވަރުގެ ވަޒަންވެރީންނެވެ.
ކެޕްޓަން
މޮރަސްބީގެ އާރުކާޓީ، ހޯނޑެއްދޫ
ބޮޑުކަލޭފާނު (ކޮނޑޭ ބޮޑުދޮންމަނިކުގެ ރައްކަލާ) ގެ ދެއަނބިކަނބަލުންކަމަށްވާ
ކަމަލޭއާއި، ދޮންބީފާނަކީ، މަޑަވެއްޔަށް އުފަން (އެއްބަނޑު އެއްބަފާ)
ދެބެއިންކަމަށް ވުމާއި، މޮރަސްބީގެ ދަތުރުގައި، ބޮޑުކަލޭފާނު ދުރުވި އިރު، އޭނާ
ކައިވެނި ކުރައްވައިގެން ހުންނެވީ، ކަމަލޭއާއި އެވެ. މި ދެބެއިންގެ ބައްޕައަކީ ދޮންނެއިގެ އަޙުމަދު އެވެ.
ނަމަވެސް ބޮޑުކަލޭފާނު މާލެ ދުރުވިއިރު ބޮޑުކަލޭފާނު އުޅުއްވަނީ، ކަމަލޭގެ ކޮއްކޮ
ދޮންބީފާނާއި ކައިވެނި ބައްލަވައިގެންނެވެ.(ނުނިމޭ)