
އެންމެ ލޮލަކާއި ހަޔެއްކަ އަނގަ ހުންނަ އިންސާނުންނަކީ ދިވެހިރާއްޖެއިން މިހާތަނަށް ޢާއްމުކޮށް ފެންނަމުން ދިޔަ ބަޔެއްނޫނެވެ. ނަމަވެސް މިހާރަކަށް އައިސް ހީވެސްނުކުރާ ގޮތަކަށް މީސްމީހުންގެ ސިފަ ގޮތްގޮތަށް ބަދަލުވެގެން ދާތީ މިވާގޮތަކާ މެދު ފާލުބަލާމީހުންނާއި ރަމަލުވެރިންނާއި ނަކަތްތެރިންގެ މަހާސިންތާއެއް 3 ދުވަސްވަންދެން ބާއްވައިފިއެވެ.
އޭގެފަހުން އެބައިމީހުން
ނެރުނު ރިޕޯޓުގައި ބުނެފައިވަނީ އެ ކަމަކީ ޤުދުރަތުގެ އުފެއްދެވުމެއްނޫން ކަމަށާއި،
އެގޮތަށް މަދުވެގެން ހަޔެއްކަ އަނގައާއި އެންމެ ލޮލޮލެއްހުންނަ އިންސާނީ ސިފަތަކެއްގެ
ބަޔަކު ދިވެހި ވެށީގެތެރެއިން މި ފެންނަނީ ފަހުޒަމާނުގެ ޙީލަތްތެރި ސިޙުރުވެރިން ތައްޔާރުކޮށްފައިވާ
ސިޙުރުވެރި ފައިސާތަކެއްގެ ދަންތޫރައެއްގައި މީދަލެއްހެން އެ ބަޔަކުޖެހި އެއިން މިންޖުނުވުމުން
ކަމަށެވެ. މިހެންވުމުން ހަޔެއްކަ އަނގައާއި އެންމެ ލޮލެއްހުންނަ އިންސާނީ ސިފަ ލިބިފައިވާ
ފަރާތްތަކެއް ދިވެހިރާއްޖެއިން ފެންނަމުން ދާތީ އެއްވެސްމީހަކު އެކަމާއި ޙައިރާންވެ
ކަންބޮޑުވެ ރާއްޖެދޫކޮށް ބޭރުޤައުމަކަށް ހިޖުރަނުކުރުމަށް ވެސް އެ ފަރާތުން އެދިފައިވެއެވެ.
ފާލުބަލާ މީހުންނާއި ރަމަލުވެރިންނާއި ނަކަތްތެރިންގެ މަހާސިންތާގެ މީޑިއާ ކޯޑިނޭޓަރ ބުނެފައިވަނީ އެ ގޮތަށް ސިފަބަދަލުވެފައިވާ ބަޔަކަށް ފުރަތަމަ ފެންނަނީ ވަރަށްގިނަ ޢަދަދެއްގެ ފައިސާތަކެކެވެ. މިހާގިނަ ފައިސާތަކެއް އެއްފަހަރާ ފެނުމުން ފައިސާއަށް ދަހިލަވާފައިވާ މީހާގެބުއްދި ތަޣައްޔަރުވެ އަމިއްލައެދުމުގެ ބަލިގަނޑު ކުއްލިއަކަށް ހިއްލި ސިއްރުސިއްރުން ގޮސް އެ ފައިސާތައް ނަގަން އޭގައި ހިފުމާއެކު މީހާގެއަތް ކުއްލިއަކަށް ދަންތޫރައެއްގައި ތާށިވަނީއެވެ.
ފާލުބަލާ މީހުންނާއި ރަމަލުވެރިންނާއި ނަކަތްތެރިންގެ މަހާސިންތާގެ މީޑިއާ ކޯޑިނޭޓަރ ބުނެފައިވަނީ އެ ގޮތަށް ސިފަބަދަލުވެފައިވާ ބަޔަކަށް ފުރަތަމަ ފެންނަނީ ވަރަށްގިނަ ޢަދަދެއްގެ ފައިސާތަކެކެވެ. މިހާގިނަ ފައިސާތަކެއް އެއްފަހަރާ ފެނުމުން ފައިސާއަށް ދަހިލަވާފައިވާ މީހާގެބުއްދި ތަޣައްޔަރުވެ އަމިއްލައެދުމުގެ ބަލިގަނޑު ކުއްލިއަކަށް ހިއްލި ސިއްރުސިއްރުން ގޮސް އެ ފައިސާތައް ނަގަން އޭގައި ހިފުމާއެކު މީހާގެއަތް ކުއްލިއަކަށް ދަންތޫރައެއްގައި ތާށިވަނީއެވެ.
މި ދަންތޫރައަކީ ފަހުޒަމާނުގެ ޙީލަތްތެރިން ވަރަށްމޮޅަށް ޒަމާނުގެ ޓެކްނޮލޮޖީއާ އެކު ތައްޔާރުކޮށްފައިވާ އެއްޗަކަށްވުމުން އެ ފައިސާތަކުގައި އެ މީހަކުޖެހުމުގެ ކުރިން އެ މީހާ ތާށިވާނޭ ޙީލަތުގެ މި ދަންތޫރައެއް އެ މީހަކަށް ނުވެސް ފެންނާނެއެވެ. މި ދަންތޫރަ އެންމެ ވައްތަރުވާނީ ވެސް ޢާއްމުކޮށް މީދާ ހިފަން ބޭނުންކުރާ ދަންތޫރަ ނުވަތަ ދައްޗާއެވެ.
ފާލު ބަލާމީހުންނާއި ރަމަލުވެރިންނާއި ނަކަތްތެރިންގެ މަހާސިންތާގެ ބައިވެރިއަކު ނަންނުޖެހުން ޝަރުޠުކޮށްފައި ބުނެފައިވަނީ ދިވެހިރާއްޖޭގެ މީސްތަކުންގެ ތެރެއިން ވީނުވީއެއް ނޭނގި މީހެއްގެ ސިފަ ކުއްލިއަކަށް ބަދަލުވެ އެ މީހެއްގެ ގިނަ އަނގަތަކެއް ފައުޅުވެ އެކި އަނގައިން އެކި ވާހަކަދައްކަނީ މިބާވަތުގެ ސިޙުރުވެރި ދަންތޫރައެއްގައި ޖެހިފައިވާ މީހުންނެވެ. އެފަދަ މީހެއްގެ އެއް އަނގައިން ތިމަންނާއަކީ ފިރިހެނެކޭ ބުނާއިރު، ހަމަ އެވަޤުތު އެމީހާގެ އެހެން އަނގައަކުން ތިމަންނާއަކީ އަންހެނެކޭ ވެސް ބުނާނެއެވެ. އެހާ ވެސް އެކި އަނގައިން ދައްކާ ވާހަކައިގެ ފުށުއެރުމާއި ތަފާތު ބޮޑުވާނެއެވެ. މަހާސިންތާގެ މި ބައިވެރިއަކު އިތުރަށް ބުނީ ފަހުޒަމާނުގެ ޙީލަތްތެރިން އެހާމެ މޮޅަށް ޒަމާނުގެ ޓެކްނޮލޮޖީއާ އެކު ތައްޔާރުކޮށްފައި ވަނީ މިބާވަތުގެ މީދާހިފާ ފާޑުގެ ސިޙުރުވެރި ދަންތޫރަ އެކަންޏެއްނޫނެވެ. އެއާއެކުމެ ޒުވާން ބުރުޞޫރަ ރީތި އަންހެން ޞޫރަތަކާއި ފާޑުފާޑުގެ ފުޅިތަކެއް ވެސް ވަނީ ތައްޔާރުކޮށްފައެވެ. އެފަދަ އެއްވެސް އެއްޗެއްގައި މީހަކު ބީހިލި ނަމަވެސް އެ މީހެއްގެކަންތައް އެ ހިސާބުން މުޅިން އިންދިރާސްވެ ނިމުނީއެވެ.
-------------------
ލިޔުއްވީ: މީމު
ނޫނު