
ކުރިންވެސް ދަންނަވާލެވިފައި ވާނޭ ފަދައިން ޝައިޚް އަބޫ ޙަނީފާ އައްދައިނޫރީ ވަނީ އެކިއެކި ޢިލްމުތަކާއި ގުޅޭގޮތުން ވަރަށް ގިނަ ދިރާސާ ކުރައްވާ ފޮތްފޮތް ތަޞްނީފް ކުރައްވާފައެވެ. އެގޮތުން މި ޝައިޚް ތަޞްނީފް ކުރެއްވި ބަޔެއް ފޮތްފޮތުގެ މަޢުލޫމާތު ދަންނަވާލާނަމެވެ.
ހިސާބު
ޢިލްމާއި ޤުދުރަތީ ސައިންސުގެ ދާއިރާއިން:
1 ކިތާބުލް ޖަބްރު
ވަލް މުޤާބިލާ ( ޙިސާބު ޢިލްމާއި ބެހޭ ފޮތެކެވެ.)
2 ކިތާބުއް ނަބާޠު
( ގަސްގަހާއި ގެއްސާއި ގުޅޭ ގޮތުން ލިޔުއްވި ފޮތެކެވެ.)
3 ކިތާބުލް ކުސުފް
( ކޭތަހިފުމާއި ބެހޭ ގޮތުން ލިޔުއްވި ނުޖޫމީ ޢިލްމުގެ ފޮތެކެވެ.)
4 ކިތާބުއް ރައްދު
ޢަލާ ރަޝަދިލް އިސްފަހާނީ
6 ބަޙްޘް ފީ ހިސާބިލް
ހިންދު
7 ކިތާބުއް ޖަމްޢު
ވައް ތަފްރީޤް
8 ކިތާބުލް ޤިބްލަ
ވައްޒިވާލް ( ކުދި ކުދި ޒައްރުތަކާއި ބެކްޓީރިޔާތަކުގެ މަސައްކަތާއި ބެހޭ ފޮތެކެވެ.)
9 ކިތާބުލް އަންވާ
( މޫސުން ބަދަލުވުމާއި ނަކަތްތަކާއި ގުޅޭ ގޮތުން ލިޔުއްވާފައިވާ ފޮތެކެވެ.)
10 އިޞްލާޙުލް މަންޠިޤު
( ޢަރަބި ބަހުގެ ޤަވާޢިދު ފޮތެކެވެ.)
11 ކިތާބުލް އަޚްބާރުއް
ޠިވާލް ( ޢާއްމު ތާރީޚާއި ބެހޭ ތާރީޚް ފޮތެކެވެ.)
ސޯޝަލް ސައިންސަސް އަދި ހިޔުމެނިޓީސް ގެ ދާއިރާއިން:
ސޯޝަލް ސައިންސަސް އަދި ހިޔުމެނިޓީސް ގެ ދާއިރާއިން:
12 ކިތާބުލް ކަބީރު
( ސައިންސްގެ ތާރީޚާއި ބެހޭ ފޮތެކެވެ.)
13 ކިތާބުލް ފަޞާޙާ
( ވާހަކަ ދެއްކުމުގެ ހުނަރުތަކާއި ބެހޭ ގޮތުން ލިޔުއްވި ފޮތެކެވެ.)
14 ކިތާބުލް ބުލްދާން
( ޖިއޮޣްރަފީ ޢިލްމާއި ބެހޭ ފޮތެކެވެ.)
15 ކިތާބުއް ޝިޢްރު
ވައް ޝުޢަރާއި ( އަދަބިއްޔާތުގެ ތެރެއިން ޅެން ޅެމާއި ބެހޭ ގޮތުން ލިޔުއްވި ފޮތެކެވެ.)
16 އަންސާބުލް އަކްރަދު
( ކުރުދީންގެ ދަރިފަސްކޮޅާއި ޤަދީމީ ތާރީޚާއި ބެހޭ ގޮތުން ލިޔުއްވި ފޮތެކެވެ.)
މި ދެންނެވި ފޮތްތަކުގެ ތެރެއިން އަލް އަޚްބާރުއް ޠިވާލް ވަނީ ކިތަންމެ ފަހަރަކު ޗާޕު ކުރެވިފައެވެ. މި ފޮތް އެންމެ ފުރަތަމަ ޗާޕްކޮށްފައި ވަނީ މީލާދުން 1888 ވަނަ އަހަރު ވިލަޑްމީރު ނަމަކަށް ކިޔުނު ޔޫރަޕުގެ ބޭފުޅެކެވެ. ދެވަނަ ފަހަރަށް މި ފޮތް ޗާޕް ކުރެވިފައިވަނީ މީލާދުން 1911 ވަނަ އަހަރުގައެވެ. އަދި މީލާދުން 1960 ވަނަ އަހަރާއި މީލާދުން 2001 ވަނަ އަހަރުގައިވެސް މި ފޮތް ވަނީ ޗާޕްކުރެވިފައެވެ. އަދި ކުރިންވެސް ދަންނަވާލެވިފައިވާނޭ ފަދައިން ކިތާބުއް ނަބާޠު ރަސްމީ ޙައިސިއްޔަތަކުން ޗާޕް ކުރެވިފައި ނެތް ކަމުގައި ވިޔަސް، އެ ފޮތުގައި ހިމެނުނު ބައިތަކުގެ ތެރެއިން 400 އަށް ވުރެ ގިނަ ގަސްގަހާއި ބެހޭ މައުލޫމާތުވަނީ އެކިއެކި ފޮތްފޮތުގައި ބަޔާންވެ ޢާއްމުވެފައެވެ.
މި ދެންނެވި ފޮތްތަކުގެ ތެރެއިން އަލް އަޚްބާރުއް ޠިވާލް ވަނީ ކިތަންމެ ފަހަރަކު ޗާޕު ކުރެވިފައެވެ. މި ފޮތް އެންމެ ފުރަތަމަ ޗާޕްކޮށްފައި ވަނީ މީލާދުން 1888 ވަނަ އަހަރު ވިލަޑްމީރު ނަމަކަށް ކިޔުނު ޔޫރަޕުގެ ބޭފުޅެކެވެ. ދެވަނަ ފަހަރަށް މި ފޮތް ޗާޕް ކުރެވިފައިވަނީ މީލާދުން 1911 ވަނަ އަހަރުގައެވެ. އަދި މީލާދުން 1960 ވަނަ އަހަރާއި މީލާދުން 2001 ވަނަ އަހަރުގައިވެސް މި ފޮތް ވަނީ ޗާޕްކުރެވިފައެވެ. އަދި ކުރިންވެސް ދަންނަވާލެވިފައިވާނޭ ފަދައިން ކިތާބުއް ނަބާޠު ރަސްމީ ޙައިސިއްޔަތަކުން ޗާޕް ކުރެވިފައި ނެތް ކަމުގައި ވިޔަސް، އެ ފޮތުގައި ހިމެނުނު ބައިތަކުގެ ތެރެއިން 400 އަށް ވުރެ ގިނަ ގަސްގަހާއި ބެހޭ މައުލޫމާތުވަނީ އެކިއެކި ފޮތްފޮތުގައި ބަޔާންވެ ޢާއްމުވެފައެވެ.
ޝައިޚް އަބޫ ޙަނީފާގެ
ގިނަ މަޢުލޫމާތު އަޅުނގަޑުމެންނާއި ހަމަޔަށް ފޯރާފައި ނެތުމުގެ ސަބަބުން އެބޭފުޅާގެ
އަމިއްލަ ދިރިއުޅުއްވުމާއި އަދި އެހެނިހެން މަޢުލޫމާތާއި މެދު އެއްޗެއް ދަންނަވާން
ދައްޗެވެ. އަދި މި ޒަމާނާއި ހަމަޔަށް ފޯރާފައިވާ އެބޭފުޅާގެ އަމިއްލަ ދިރިއުޅުއްވުމާއި
ބެހޭ މަޢުލޫމާތު ތަކާއި މެދު ގިނަ އިޚްތިލާފްތައް އުފެދިފައިވެއެވެ. އެހެން ނަމަވެސް
ޝައްކެއްނެތް ގޮތުގައި ހުރިހާ ބޭފުޅުންވެސް އެއްބަސްވެލައްވާ ކަމެއް އޮވެއެވެ. އެއީ
އެބޭފުޅާގެ ޢިލްމުގެ މަތިވެރިކަމާއި މެދުގައެވެ. އެބޭފުޅާގެ ކުޑަ ނަމަވެސް ލިޔުންކޮޅެއް
އަތުޖެހިފައި ވާނަމަ އެތަކެތި ވަނީ ރައްކާކުރެވިފައެވެ. އެތަކެތީގެ އަގު ނިހާޔަތަށް
އަރާފައިވެއެވެ.
އަބޫ ޙަނީފާ އައްދައިނޫރީ
މާތް ﷲ ސުބްޙާނަހޫ ވަތަޢާލާގެ މަތިވެރިވެގެންވާ ރަޙްމަތަށް ދަތުރުކުރެއްވެވީ މީލާދުން
894 ވަނަ އަހަރުގައި ނޫނީ 895 ވަނަ އަހަރުގައި ކަމަށް ގިނަ ތާރީޚް ޢިލްމުވެރީން އެއްބަސްވެލައްވައެވެ.
އަވަހާރަވީ އިރު ޢުމުރަކީ 65 އަހަރުކަމުގައި ބެލެވެއެވެ. ޔާޤޫތީ ލިޔުއްވި ފޮތުގައި
ލިޔުއްވާފައިވަނީ، އަބޫ ޙަނީފާ އަވަހާރަވީ މީލާދުން 894 ނުވަތަ 895 ވަނަ އަހަރުގައި
ކަމަށެވެ. އަދި މިޒަމާނުގެ ޢިލްމުވެރީން ވިދާޅުވަނީ ޔަގީނުންވެސް މީލާދުން 903 ވަނަ
އަހަރަށްވުރެ ކުރީން އެބޭފުޅާ އަވަހާރަވެއްޖެކަމުގައެވެ.
އާދެ ! ދުނިޔެ ދެމިއޮތްހާ
ދުވަހަކު އަބޫ ޙަނީފާ އައްދައިނޫރީ ފަދަ ބޭބޭފުޅުން ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްތަކުގެ
ހަނދާތަކެއް ނެތިގެން ނުދާނޭ ކަމީ ޝައްކެއް އެގައި އޮތް ކަމެއް ނޫނެވެ. އެހާމެ ވަޞީލަތްތައް
މަދު ޒަމާނެއްގައި އެފަދަ ބުރަ މަސައްކަތް ކުރައްވާގެން މި އިންސާނީ ޙަޔާތަށްޓަކައި
އެކޮށްދެއްވި ޚިދުމަތަށްޓަކައި އަޅުނގަޑުމެންގެ ބޮލުގައި އެޅިފައިވާ ޝުކުރު ވަރަށްވެސް
ބޮޑެވެ. އަޅުނގަޑުގެ ނަޒަރުގައި އެބޭބޭފުޅުންގެ އެފަދަ މަސައްކަތްތަކަށް ޝުކުރު އަދާކުރުމަކީ
އެބޭފުޅުންގެ މަސައްކަތްތައް އެއްޖީލުން އަނެއް ޖީލަށް ފޯރުކޮށްދެއްވުމެވެ. އެބޭފުޅުންގެ
އަގު ވަޒަންކުރުމަކީ އެ ޢިލްމުތަށް ދިރުވާ އާލާކުރުމެވެ. ހިތްތަކުގައި އެ ޢިލްމުތަކަށް
ޝައުޤު އުފެއްދުމެވެ.
މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ ޝައިޚް އަބޫ ޙަނީފާ އައްދައިނޫރީ
އަށް ހެޔޮ ރަޙްމަތް ލައްވާށި އަދި ޖަންނަތުލް ފިރުދައުސްގެ މަތިވެރި ނިޢުމަތް މިންވަރު
ކުރައްވާށި –އާމީން- (ނިމުނީ)
---------------------
ލިޔުއްވީ: އަޙްމަދު
ޢަލާ ( ޢަލާ ދީދީ)