ތެލުގެ ހުވަފެން




  










ރާއްޖެއިން ތެޔޮ ނުފެންނާނެ ކަމަށް ކުރީގެ ސާވޭތަކުން ދެއްކި ނަމަވެސް މިހާރުގެ ޓެކްނޮލޮޖީގެ އެހީގައި ރާއްޖެއިން ތެޔޮ ފެނުމުގެ ފުރުސަތު ބޮޑު ކަމަށް ބައެއް ފަރާތްތަކުން ދެކޭ. ރާއްޖޭގެ ސަރަހައްދުން ތެލާއި ގޭހުގެ މާއްދާތައް ފެނޭތޯ ބެލުމަށް ރާއްޖެއިން ބޭރުގެ ދެ ކުންފުންޏަކާއެކު މިހާތަނަށް ކޮށްފައިވާ މަސައްކަތުން، ރާއްޖެއިން ތެޔޮ ފެންނާނެ ކަމުގެ އެއްވެސް އަލިމަގެއް ނުފެނުނު ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.


އެ މިނިސްޓްރީން އެހެން ބުނިއިރު މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ މާމިގިލީ ދާއިރާގެ ޖުމްހޫރީ ޕާޓީ މެމްބަރު ގާސިމް އިބްރާހީމާއި ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރައްވާ މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ވިދާޅުވަމުން ގެންދަވަނީ ރާއްޖެ އިން ތެޔޮ ހޯދުމަކީ ކުރެވިދާނެ ކަމެއް ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ކަމަށް ހޮވިވަޑައިގެންފިނަމަ އެކަމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ
.

ރާއްޖެއިން ތެޔޮ ފެނޭތޯ ބަލައި އިގުތިސޯދު ފުޅާކުރެވޭނެ ގޮތްތަކެއް ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފޮނުވި ސިޓީއެއްގެ ޖަވާބުގައި އިކޮނޮމިކް މިނިސްޓްރީން ޑިސެމްބަރު 20، 2012 ގައި މަޖިލީހަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ ރާއްޖޭގެ އިގުތިސޯދީ ސަރަހައްދުން ތެޔޮ ފެނޭތޯ ބެލުމުގެ މަސައްކަތް ކޮށްފައި ވަނީ "އެލްފް އެކުއިޓެއިން" ކިޔާ ކުންފުންޏެއް ހިމެނޭ ކޮންސޯޓިއަމަކާއި "ޝެލް މޯލްޑިވްސް އެކްސްޕްލޮރޭޝަން އެންޑް ޕްރޮޑަކްޝަން ބީ.ވީ" ން ކަމަށެވެ.

އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހަންމަދު ސޮއިކުރައްވައި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ފޮނުއްވި މި ސިޓީގައި ވިދާޅުވެފައިވާ ގޮތުން، ރާއްޖެއިން ތެޔޮ ފެނޭތޯ ބެލުމުގެ މަސައްކަތް އެ ދެ ކުންފުނިން ހުއްޓާލީ، "ތެޔޮ ފެނުމުގެ އެއްވެސް ކަހަލަ ފުރުސަތެއް ނެތް ކަމަށް" ބަޔާންކުރުމަށް ފަހު އެވެ.

މިހާތަނަށް ކުރި ސާވޭތަކަށް ބަލާއިރު ރާއްޖެއިން ތެޔޮ ނުފެނުނު ނަމަވެސް އިކޮނޮމިކް މިނިސްޓްރީގެ ސިޓީގައި ބުނެފައި ވަނީ "ކުރިއަށް އޮތްތަނުގައި ތެޔޮ ފެނޭތޯ ބެލުމަށް މަސައްކަތް ކުރުމަކީ ރާއްޖޭގެ އިގުތިސޯދީ ބިންގާ ފުޅާކުރުމަށް ކުރެވިދާނެ ކަމެއް ކަމަށް ގަބޫލުކުރެވޭ" ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނިގޮތުގައި ދެ ކުންފުނީގެ ތެރެއިން ރާއްޖެއިން ތެޔޮ ފެނޭތޯ ބެލުމުގެ މަސައްކަތްކުރަން "އެލްފް އެކުއިޓެއިން" ގެ ކޮންސޯޓިއަމަށް ލައިސަންސް ދޫކޮށްފައި ވަނީ 1968-1978ގެ ނިޔަލަށެވެ. އަދި ތެޔޮ ފެނޭތޯ ބެލުމަށްޓަކައި މާލެ އަތޮޅު އުތުރުން "ޑްރައި ވެލް" އެއް "އެލްފް އެކުއިޓެއިން" ގެ ކޮންސޯޓިއަމް އިން ތޮރުފާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެ އެވެ. ނަމަވެސް އެ ކުންފުނިން ތޮރުފި ވަޅުން ތެޔޮ ފެންނާނެ ކަމުގެ އަސަރެއް ނުފެނުމުން، އެލްފް އެކުއިޓެއިން އިން ލައިސަންސްގެ މުއްދަތު ހަމަވުމުގެ ގާތްގަނޑަކަށް 3 އަހަރު ކުރިން، ލައިސަންސް ދޫކޮށްލާފައިވެ އެވެ،" މިނިސްޓްރީގެ ސިޓީގައިވެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި "އެލްފް އެކުއިޓެއިން"ގެ ކޮންސޯޓިއަމްގެ އިތުރުން ތެޔޮ ފެނޭތޯ ބެލުމަށްޓަކައި ތޮރުފުމުގެ މަސައްކަތް "ޝެލް މޯލްޑިވްސް އެކްސްޕްލޮރޭޝަން އެންޑް ޕްރޮޑަކްޝަން ބީ.ވީ" ން ކުރުމަށް ފެބްރުއަރީ 23، 1989 ގައި އެއްބަސްވެފައިވެ އެވެ. އަދި ރާއްޖެ އިން ތެޔޮ ފެނޭތޯ ބެލުމަށްޓަކައި ޖުލައި 22، 1991 ގައި "ކޮމިޓްމަންޓް ވެލް" ތޮރުފި ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެ އެވެ. އެ އޮޕަރޭޝަންސެޕްޓެމްބަރު 2، 1991 ގައި ނިންމާލިއިރު ވެސް ރާއްޖެއިން ތެޔޮ ފެންނާނެ ކަމުގެ އެއްވެސް އަލިމަގެއް "ޝެލް މޯލްޑިވްސް އެކްސްޕްލޮރޭޝަން އެންޑް ޕްރޮޑަކްޝަން ބީ.ވީ" އަށް ވެސް ނުފެނުނު ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ. ޝެލް މޯލްޑިވްސް އެކްސްޕްލޮރޭޝަން އެންޑް ޕްރޮޑަކްޝަން ބީ.ވީ" ން ތޮރުފި ވަޅާ ގުޅިގެން ކުރި ދިރާސާއަށް ފަހު، ރާއްޖެ އިން ތެޔޮ ފެނުމުގެ އެއްވެސް ކަހަލަ ފުރުސަތެއް ނެތް ކަމަށް ބަޔާންކޮށް، ޝެލް މޯލްޑިވްސް އެކްސްޕްލޮރޭޝަން އެންޑް ޕްރޮޑަކްޝަން ބީ.ވީ އިން ޑްރިލް ޝިޕް "ޕެލެރިން" އާ އެކު ރާއްޖެއިން ފުރައިގެން ދިޔައީ 12 ސެޕްޓެމްބަރު 1991 ވަނަ ދުވަހު އެވެ،" މިނިސްޓްރީގެ ސިޓީގައިވެ އެވެ.

މިހާތަނަށް ކުރި މަސައްކަތުން ރާއްޖެއިން ތެޔޮ ނުފެންނާނެ ކަމަށް ސާވޭތަކުން ދެއްކި ނަމަވެސް މާލިއްޔަތު ކޮމިޓީގެ މުގައްރިރު ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް މިރޭ ވިދާޅުވީ މިހާރު ޓެކްނޮލޮޖީތައް ބަދަލުވެ، ތެޔޮ ފެނުމުގެ ފުރުސަތު އޮންނާނެ ކަމަށް ގަބޫލު ކުރެއްވޭ ކަމަށެވެ. އަދި އެކަން ކުރަން ސަރުކާރަށް ބާރު އެޅުމަށްޓަކައި، ރާއްޖެއިން ތެޔޮ ފެނޭތޯ މިހާތަނަށް ކުރި މަސައްކަތްތައް އެ ކޮމިޓީން އެއްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖެއިން ތެޔޮ ފެނޭތޯ މަސައްކަތްކުރީ ވަރަށް ކުރިން. އޭރުގެ ޓެކްނޮލޮޖީއަށް ބަލާއިރު މިހާރުގެ ޓެކްނޮލޮޖީ އެޑްވާންސް ވާނެ. ރާއްޖެއިން ތެޔޮ ފެނުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ދޭހަވާ ކަމުގެ ލިޔުންތައް ވެސް އަޅުގަނޑުމެން އަތުގައި އެބަހުރި،" ނާޒިމް ވިދާޅުވި އެވެ. "އަޅުގަނޑުމެން މި ބުނާ އެއްޗަކީ ތެޔޮ ފެނޭތޯ ބަލައި އިގުތިސޯދު ފުޅާ ކުރާށޭ. ޓޫރިޒަމަށް އެކަނި ބުރަވެގެން ތިބެވޭކަށް ނެތޭ." (އިކޮނޮމިކް މިނިސްޓްރީ)

Crude oil was made over millions of years from tiny plants and animals, called plankton. The plankton on the left would form oil in about 150 million years time if the sea bed is not disturbed.
The plankton that lived in the Jurassic period made our crude oil.
This was the time of the dinosaurs. It was about 180,000,000 years ago.
When plankton die, they fall to the bottom of the sea.
The plankton are trapped under many layers of sand and mud. Over millions of years, the dead animals and plants got buried deeper and deeper. The heat and pressure gradually turned the mud into rock and the dead animals and plants into oil and gas.
Oil is formed over millions of years. It is held in tiny spaces in underground rock, like water in a sponge.
Some rocks have tiny spaces called pores. The rocks with these pores can hold the oil like a sponge.
The cap rock stops the oil from escaping.
Over millions of years, the rocks fold. Sometimes they form a dome shape that can catch the oil.
Oil can float up through the tiny spaces in the rock. We call these tiny spaces pores and we say that the rock is porous. This takes millions of years.
The oil can't get through the cap rock and is trapped in the dome of rock underneath.
The cap rock stops the oil from escaping.
The rock layer underneath has tiny spaces, or pores, in it. Although it is solid, it can hold the oil like a sponge.
The oil companies can drill into this rock to recover the oil

"ރާއްޖެއިން ތެޔޮ ފެނޭތޯ ބެލުން" މި ސުރުޚީގެ ދަށުން ލިޔެފައިވާ ބަޔާނުގައި އެވަނީ މިރާއްޖޭގެ އުފެދުނުގޮތާއި އަދި މިރާއްޖެއިން ތެޔޮ ހޯދުމަށް ކުރިން ކުރެވުނުގެ މަސައްކަތުގެ ވާހަކަ އެވެ. ރާއްޖެ އުފެދުނުގޮތުގެ މަޢުލުމާތަށްބަލާއިރު މިރާއްޖެ މިއޮތީ "މިރާއްޖެއަށް" ބަލަދުވެރިކަން ލިބިފައިވާ (ޤަދީމީ) އައްޓެއްގެ (ޓެކްޓޯނިކް) މަތީގައެއް ނޫނެވެ. މިރާއްޖެ މިއޮތީ އިންޑިއާ އަށް ބަލަދުވެރިކަން އޮތް އައްޓެއްގެ ގޮނޑުދޮށުގަ އެވެ.

މަތީގައި އިނގިރޭސިން ލިޔެފައި އެވަނީ "ތެލަކީ ކޮންއެއްޗެއްތޯ" ކުރެވޭ ސުވާލުގެ ސައިންޓިފިކް ޖަވާބެވެ. އެ ޖަވާބުތަކުން އެނގެނީ އެއީ ވަރަށްވެސް "އަންޒަމާނު" ގެ ކަންތައްތަކެއް ކަމަށެވެ. ވުމާއެކު، އެ މަޢުލޫމާތަށް ރިޢާޔަތްކޮށް މިރާއްޖެއާ އަންޒަމާނާ އޮތޮ "ޖިއޮލޮޖިކަލް" ގުޅުމުގެ އެހީތެރިކަމުގެ ތެރެއިން މިރާއްޖެއިން ތެޔޮ ފެނިދާނެތޯ ނުވަތަ ނޫންތޯ އަދި އެއީ ކުރިއަށް އޮތް "ތެޔޮ" ހުވަފެނެކެވެ.
                         ------------------------------------------

  

ލިޔުއްވީ: ޢަލީ ނަޞީރު ޒޫރިޔާގެ/މަޑަވެލި
7/2/2013