ހިޖުރީ
ކަލަންޑަރުގައިވާ ބާރަ މައްސަރަށް
ނަންދެވިފައިވަނީ ސަބަބުތަކަކާއެކުގަ
އެވެ. ތިރީގައި މިވަނީ އެ
މައްސަރުތަކަށް ނަންކިއުނު ސަބަބުތަކެވެ. މި ސަބަބުތަކަށް ބަލާއިރު ކޮންމެ މައްސަރަކަށް ދީފައިވާ ނަމުގެ މާނަ ދޭހަވެ އެވެ.
1. މުޙައްރަމް (محرم)
މިނަން ކިއުނީ، އިސްލާމްދީނާއިގެން ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ވަޑައިގެންނެވުމުގެ ކުރިން، މުޙައްރަމް މަހުގައި، ޢަރަބީން ހަނގުރާމަކުރުން ޙަރާމްކޮށްފައިވާތީ އެވެ.
2. ޞަފަރް (صفر)
މިނަން ކިއުނީ، ޞަފަރުމަހުގައި ޢަރަބީންގެ ގެދޮރުން މީހުން ހުސްވާތީ އެވެ. އެމީހުން ގެދޮރު ދޫކޮށްފައިދަނީ ހަނގުރާމައިގެ މައިދާނަށެވެ. އަދި ކާބޯތަކެތި ހޯދުމަށް ވެސް ދެ އެވެ.
3. ރަބީޢުލްއައްވަލް (ربيع الأول)
މިނަން ކިއުނީ، ބަހާރުމޫސުމެއްގައި މި މައްސަރަށް ނަންކިއުމުގެ ސަބަބުންނެވެ. ރަބީޢަކީ ބަހާރުމޫސުމެވެ.
4. ރަބީޢުލްއާޚިރް (ربيع الآخِر)
މިނަން ކިއުނީ، ބަހާރުމޫސުމެއްގައި މި މައްސަރަށް ވެސް ނަންކިއުމުގެ ސަބަބުންނެވެ. ޢަރަބީންނަކު "ރަބީޢުއްޘާނީ" (ربيع الثاني) އެވެ، ނުކިޔަ އެވެ. އެކަމަކު އެމީހުން ކިޔަނީ ރަބީޢުލްއާޚިރް އެވެ. ރަބީޢުއްޘާނީ ގެ މާނައަކީ، ދެވަނަ ބަހާރުމޫސުމެވެ. ރަބީޢުލްއާޚިރް ގެ މާނައަކީ، ފަހު ބަހާރުމޫސުމެވެ. އެމީހުން ރަބީޢުއްޘާނީ އެވެ، ނުކިޔަނީ، ތިންވަނަ ރަބީޢު މައްސަރެއް ވާކަމަށް އެއިން އިލްހާމުވެދާނެތީ އެވެ.
5. ޖުމާދަލްއޫލާ (جُمادى الأولى)
މިނަން ކިއުނީ، ފިނި މޫސުމެއްގައި މި މައްސަރަށް ނަންކިއުމުގެ ސަބަބުންނެވެ. އެހެނީ ފިނި މޫސުމުގައި ފެން ގަނޑުވެ އެވެ. ގަނޑުވުމަށް ޢަރަބި ބަހުން ކިޔަނީ "ތަޖައްމުދު" (التجمد) އެވެ. މި މައްސަރުގެ ނަން ނެގިފައިވަނީ އެއިންނެވެ.
6. ޖުމާދަލްއާޚިރާ (جمادى الآخِرة)
މިނަން ކިއުނީ، ފިނި މޫސުމެއްގައި މި މައްސަރަށް ވެސް ނަންކިއުމުގެ ސަބަބުންނެވެ. ޢަރަބީންނަކު "ޖުމާދައްޘާނިޔާ" އެވެ، ނުކިޔަ އެވެ. އެކަމަކު އެމީހުން ކިޔަނީ ޖުމާދަލްއާޚިރާ އެވެ. އެމީހުން ޖުމާދައްޘާނިޔާ އެވެ، ނުކިޔަނީ، އެނަން ކިޔޭ ތިންވަނަ މައްސަރެއް ވާކަމަށް އެއިން އިލްހާމުވެދާނެތީ އެވެ.
7. ރަޖަބް (رجب)
މިނަން ކިއުނީ، ޢަރަބީން މި މައްސަރު މާތްކޮށް، މި މައްސަރުގައި ހަނގުރާމަ ނުކުރާތީ އެވެ.
8. ޝަޢުބާން (شعبان)
މިނަން ކިއުނީ، މި މައްސަރުގައި ޢަރަބީން ބައިބަޔަށް ބައިވެގެން ފައުޖުތަކެއްގެ ސިފައިގައި، އެކި ފަރާތްފަރާތަށް ދާތީ އެވެ. އެމީހުން އެގޮތަށް ދަނީ، އަވަށްތަކަށް ހަމަލަދީ، އަވަށްތައް ލޫޓުވުމަށްޓަކަ އެވެ.
9. ރަމަޟާން (رمضان)
މިނަން ކިއުނީ، މި މައްސަރަށް ނަންކިއުނު ދުވަސްވަރުގެ ހޫނުގަދަ ކަމުންނެވެ. މިމައްސަރުގެ ނަން ނެގިފައިވަނީ، ރަމްޟާއު (الرمضاء) އިންނެވެ. ރަމްޟު ވުމަކީ، ހޫނުގަދަވުމެވެ.
10. ޝައްވާލް (شوال)
މިނަން ކިއުނީ، މި މައްސަރަށް ނަންކިއުނު ދުވަސްވަރު އަންހެން ޖަމަލުތަކުގެ ކިރު މަދުވެ، ގިނަ ޖަމަލުތަކުން ކިރު ހުސްވެފައިވާތީ އެވެ.
11. ޛުލްޤަޢިދާ (ذو القعدة)
މިނަން ކިއުނީ، މި މައްސަރުގައި ޢަރަބީން ހަނގުރާމަ ނުކޮށް، ހަމަހިމޭނުން ތިބޭތީ އެވެ. އެމީހުން ބަލާފައިވަނީ، މިއީ ޙުރުމަތްތެރިވެގެންވާ މައްސަރެއް ކަމަށެވެ.
12. ޛުލްޙިއްޖާ (ذو الحجة)
މިނަން ކިއުނީ، މި މައްސަރުގައި ޢަރަބީން މައްކާގެ ގެފުޅަށް ގޮސް ޙައްޖުވާތީ އެވެ.
---------------------
މުޞަންނިފު:
އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން