ދިވެހީންގެ ބަޔަކާއި ކުރިމަތިވެގެން އުޅޭ 3 ހިތާމައެއް











މިބައިގައި އަޅުގަނޑު ބަލާލާނީ، ރައީސް ޔާމީންގެ ރިޔާސީ ދައުރު ފެށުމާއެކު ދިވެހިންގެ ބަޔަކާއި ކުރިމަތިވެގެން އުޅޭ ބޮޑުވެގެންވާ 3 ހިތާމައެއްގެ މައްޗަށެވެ. މިއީ ގައުމީފެންވަރުގެ ހިތާމައަކާއި، ޖަމާޢަތުގެ ފެންވަރުގެ ހިތާމައަކާއި، އަދި ފަރުދީފެންވަރުގެ ހިތާމައެކެވެ.

ގައުމީ ފެންވަރުގެ ހިތާމައަކީ މިދާގޮތަށްދާނަމަ ސިވިލްސާރވިސްގައި ޚިދުމަތްކުރާނޭ ޢުމުރުން 65 އަހަރުނުވާ އެއްވެސް މުވައްޒަފެއް ދިވެހިރާއްޖެއިން ލިބުން ދަތިވެދާނެކަމުގެ ޢާލާމަތްތައް ފެންނަމުންދާތީ މިކަމުގެ ހިތާމައެވެ.

މިކަން މިހެން އޮތްއިރު ސިވިލް ސާރވިސް ކޮމިޝަންވަނީ ގޮތަކަށް ހުވަފަތްވެފައެވެ. އެކަމުގައި މެދުވެރިވީ ދެސަބަބެކެވެ. ފުރަތަމަ ސަބަބަކީ، މެދުޓާރމް ޢުމުރުގައި ވެވެންއޮތް ރިޓަޔާރއެވެ. މަސައްކަތަށް ފޫހިވެއްޖެނަމަ، ނުވަތަ އެތަނެއްގެވެރީން ކޯފާވެއްޖެނަމަ، މެދުޓާރމްޢުމުރަކީ، އޭނާއަށްއޮތް ދިފާޢީ އައްޑަނައެކެވެ. ޑަކްޓަރުގެ ލެތުމަކާއެކު ސިޓީއެއް ހުށަހަޅައިގެން ފަސޭހަކަމާއެކު މަޤާމުން އަތްދޮވެލެވޭނެއެވެ. ދެވަނަ ކަމަކީ ޤާބިލުވިއަސް ނުވިއަސް ޢުމުރުގެ ފަހުޓާރމުގެ ރިޓަޔާރއެވެ. ރުހުނަސް ނުރުހުނަސްމެއެވެ. ރިޓާޔަރކޮށް ގެއަށްފޮނުވާލުން ނޫން އެހެންގޮތެއް ޤާނޫނު ލާޒިމެއް ނުކުރެއެވެ. ސިވިލް ސާރވިސް ކޮމިޝަނަށް އޮތީ ހަމައެކަނި ދެކަމެއްކުރުމުގެ ޤާނޫނީ ދަވްރެކެވެ. އެއީ އޮފީހަކުންއެދުމުން މަޤާމެއް ހަމަޖެއްސުމާއި، ވަކިކުރުމުގެ ދަވްރެކެވެ. ނުވަތަ އަމިއްލައަށް ކައިވެނިކުރުމާއި، ވަރިކުރުމުގެ ދަވްރެކެވެ. އެދަވްރު އެއީ އަމިއްލައަށް ހުވަފަތްވެގަތުމުގެ ދަވްރެކެވެ.

މިހެންވުމުގެ ސަބަބުން އެމީހަކު މިދުނިޔެއަށް ނޭވާލާންފެށިފަހުން އަދި މިހާތަނަށް 65 އަހަރު ނުވިޔަސް އެމީހަކީ ޢުމުރުން 65 އަހަރުވެފައިވާ މީހެއްކަމަށް ހެކިދޭނޭ ބާލިޣުވެ، ތަޞައްރަފު ފުދިފައިވާ 2 މީހަކުލައްވައި ފަނޑިޔާރުންގެ ކުރިމަތީގައި ކަނޑައެޅިގެން ދޮގުހެކި ދިނުމަކީވެސް ފައިސާގެ އަވައިގައި ޖެހިފައިވާ ބަޔަކު ނުކުރާނެކަމެކޭ ބުނެވޭކަށްނެތެވެ. އެފަދަ ސާބިތު ހެއްކެއް އޮތްނަމަ ޢުމުރުން 65 އަހަރުވީ މީހުންނަށް ސަރުކާރުން ފޯރުވައިދޭ ފައިސާއާއި އެހެނިހެން ޢިނާޔަތްތައް އެމީހަކަށް ލިބޭގޮތް ހަމަޖެހިގެންދާނެއެވެ. ނަމަވެސް އެބަޔަކަށް މިކުރެވުނުކަމަކީ ޙަގީގަތުގައި ވަރަށްބޮޑު ފާފައަކަށްވެ، އެކަމުގެ ތައުބާނުވެ، މަރުވެ، އެއްކަލަ ދޮގުހެކިދިން 2 މީހުންނާއެކު ނަރަކައަށްވަނުމަށް ބަޔަކު މަސައްކަތްކުރާތަން ފެނުމަކީ ކުޑަ ހިތާމައަކަށް ނުވާނެއެވެ.

ޖަމާޢަތުގެފެންވަރުގެ ހިތާމައަކީ ޢުމުރު ހަނގުކަމުގެ ސަބަބުން ބައެއްމީހުން ފަސްހާސް ރުފިޔާއިން މަޙުރޫމްވުމުގެ ހިތާމައެވެ. މިއީ އެބަޔަކަށް އެމީހުންނަށް ކުޑަކުޑަ ހިތާމައެއްނޫނެވެ. ރައީސް ޔާމީންގެ ރިޔާސީ ވަޢުދެއްގެގޮތުން 65 އަހަރުންމަތީގެ ކޮންމެމީހަކަށް ފަސްހާސް ރުފިޔާ ހަމަޖައްސަވައިދެއްވާނެ ވާހަކަ ވިދާޅުވުމުން ވަރަށް ގިނަބަޔަކަށް އޭރު ޤަބޫލުކުރެވުނީ މިކަމަކީ، ސަރިދާލޭސްގައި ރެދަލިކުރެއްވޭނެ ކަމުގެ ޔަޤީންކަމެއްނެތި، ވެވަޑައިގަތް ވަޢުދެއްކަމަށެވެ. ނަމަވެސް އެބަޔަކަށް މިހާރު މަޖްބޫރުވަނީ ކޮންކަމަކަށްތޯއެވެ. ފަންސަހައްޓި އަހަރު ވުމަށެވެ. އަށާރައަހަރުން މަތީގެ ބައެއް ދިވެހިން މިހާރު ބޭނުންވަނީ، ފަންސަހައްޓި އަހަރަށްވުރެ، ދޮށީ ޢުމުރެކެވެ. ފަސްހާސް ރުފިޔާ ލިބޭނެތީއެވެ. ކޮންމެ މީހެއްގެވެސް މިހާރުގެ ޝަކުވާއަކީ، ޢުމުރު މާހަނގެވެ. މިހެންވެފައިވަނީ ކަތީބަށް ކުރެއްވުނު ކަމަކުންނެވެ. އޮޅުވާލީ ހަމަ ކަތީބެވެ. އޭރުވެސް އަހަރެންގެ ޢުމުރު އަހަރެންނަށް އެނގެއެވެ. ނަމަވެސް ކަތީބު ކުރިކަމަކަށްވާތީ، މިހާތަނަށް އަޅާނުލެވި ހުރެވުނީއެވެ. އެކަމަކު މިއަދު މިއީ ދޫކޮށްލެވެންއޮތް ކަމެއްނޫނެވެ.

ފަރުދީފެންވަރުގެ ހިތާމައަކީ މީހަކު މިދުނިޔެއަށް ނޭވާލާންފެށިފަހުން މިހާތަނަށް 65 އަހަރުވެފައިވާ މީހެއްގެޢުމުރުން އެހާ ދުވަސްވެއްޖެކަމަށް ކަނޑައަޅައިދިނުން އެދި ނައިބުގެއަށް(ކޯޓަށް) ފޮނުވާނޭ ފޯމެއް ސިޓީއެއް ފަދަ ލިޔުމެއް ލިޔެދޭނެ މީހަކު ހޯދުމުގެ އުދަނގޫ މިހާބޮޑުވެގެން އުޅެނީ މީގެ އަހަރުތަކެއްގެކުރިން އެކަހަލަ ލިޔުންތައް ކުޑަ އުޖޫރައަކަށް ނުވަތަ ހިލޭ ވިއަސް ލިޔެދެމުންދިޔަ އެސްއެލްޓީ އެންޑް ހިރުކާން އެޖެންސީ ފަދަ ތަނެއްވެސް މިހާރު ފެންނަން ނެތުމުން މިކަމުގެހިތާމައެވެ.

އެސްއެލްޓީ އެންޑް ހިރުކާން އޭޖެންސީ އަކީ، 1980 ގެ އަހަރުތައް ނިމުނުއިރުވެސް ދިވެހީންގެ މެދުގައި ވަރަށް މަޤުބޫލު ކުންފުންޏެކެވެ. އެކުންފުންޏަކީ (އަތުފަތުނުޖެހި) ބޯޓުދަތުރުކުރަން ދިވެހީން ރާއްޖެއިން ބޭރަށް ފޮނުވުމާއި، ވިޔަފާރި އުޞޫލުން ޝަކުވާގެ ސިޓީ ލިޔެދިނުމުގައި ވަރަށްވެސް އަވަދިނެތި ހިނގަމުންދިޔަ ތަނެކެވެ. ދަމާ އެއްރޮއްޖަކަށް ފޫގަޅައިގެން ހުއްޓާނުލައި އިތުރުގަޑީގައިވެސް މަސައްކަތްކޮށްގެން، އެކަމަށް ބޭނުންވި ފަރާތްތަކަށް (ބޮޑުއަގު ދިން ފަރާތަކަށް ރީތިކޮށް އަވަހަށް) ސަރުކާރުގެ އެކިއެކި އިދާރާތަކަށް ޝަކުވާގެ ސިޓީތައް ލިޔެ ދިން އެކުންފުނީގެ ބޭނުންތެރިކަން އިޙްސާސް މިކުރެވުނީ، އަނެއްކާވެސް އެފަދަ ޙާލަތެއް މެދުވެރި ވުމުންނެވެ. ހިތާމައިގެ ކޮޅުނެތްކޮޅަށް ހިތާމައެވެ. އޭރު އެތަނުގައި އެންމެ އިސްކޮށް އެމަސައްކަތް ކުރައްވަން އިސްކޮށް ހުންނެވި (އަޅުގަނޑަށް އެނގޭ) ބޭފުޅާ މިހާރު ހުންނެވީ، ސަރުކާރުގެ ބައެއްދާއިރާތަކުން ކަންކުރާއްވަގޮތަކުން އޭގެ ޝަކުވާއެއް ވިއަސް ލިޔެނުދެއްވޭނެ ފަދަ "ސަރުކާރުގެ" މަޤާމެއްގައެވެ. ކޯޓުތަކުގައި މަސައްކަތްނުކުރައްވާ އެހެންނަމަވެސް މިނިސްޓްރީތަކުގައި މަސައްކަތްކުރައްވާ ނާއިބެއްގެ މަޤާމުގައެވެ. އެހެންވީމާ އޭނާއަށް ހައްސަރަން ދިންކަމަށް ވިއަސް ޝަކުވާގެ ސިޓީއެއް ލިޔެނުދެއްވާނެއެވެ.

ރައީސް ޔާމީންގެ ރިޔާސީ ވަޢުދުގެތެރޭ ޢުމުރުން 65 އަހަރުވެފައިވާ ދިވެހީންގެ ކޮންމެމީހަކަށް ފަސްހާސް ރުފިޔާ ލިބޭނޭގޮތް ހަމަޖައްސައިވައިދެއްވުން އޮތުމުން އެފަދަ މީސްމީހުންނަށް މިފައިސާ އެބަ ލިބެއެވެ. މިހެންވީމާ، ޙީލަތާ މަކަރާ މިދުނިޔެއާ އެއްކޮށް މޮޑެގެން ކައިއުޅޭ އާދަމުގެދަރިންގެ ބަޔަކު ނީސްތާއްޓަށް އަރައިގެން ޢުމުރު ބަދަލުކުރުމަށް ތެޅިފޮޅި އެބަ އުޅެއެވެ. މިރާއްޖޭގެ ގިނަ ރަށްރަށުގައި މިކަން އެބަ ހިނގައެވެ. ކޯޓްތަކަށް މިކަމުގެ ލިޔުންތައް އޮހެމުން އެބަދެއެވެ.

ޙީލަތާ މަކަރާދޮގާ އޮޅުވައިލުމުގެތެރެއިން ހޯދާ ފައިސާއިން ތިމާމެންގެ ކުށެއްނެތް މަޢުޞޫމް ޅަ ދަރިންނާއި މައިންބަފައިންނަށް ކާންދީ ހޭދަކުރުމެކޭ ހުރިގޮތަށް އަނދައަނދާ ހުރި އަނގުރު އަލިފާން އެބައިމީހުންނަށް ކާންދިނުމެކޭ ހުރި ތަފާތަކީ ކޮބައިހެއްޔެވެ. އަމިއްލައެދުމާއި ދުނިޔޭގެ ދަހިވެތިކަމުގައިވެސް މިވަރު ފުކެއްބޮޑެވެ. މާދަމާވެސް މަރުވެދާނެއެވެ. މިކަމަށް ވިސްނައިލާކަށް ނުވޭހެއްޔެވެ.
                     --------------------------
ލިޔުއްވާފައިވަނީ: އަލްމަރުޙޫމް ޢަލީ ނަޞީރު ޒޫރިޔާގެ/މަޑަވެލި