މާތް ﷲ، އާދަމުގެފާނު ހައްދަވައި، އެކަލޭގެފާނު ތަކުރީމުކުރެއްވި އެވެ. ތަކުރީމުކުރެއްވުމަކީ، އެންމެހައި ރަނގަޅު ސިފަތައް ދެއްވައި މާތްކުރެއްވުމެވެ. މާތް ﷲ، ތަކުރީމުކުރައްވައިފި މީހެއްގެ ކިބައިން އެންމެހައި ރަނގަޅު ސިފަތައް ފެންނާނެ އެވެ. އޭނާ ވާނީ ޢަމަލީ ގޮތުން ހެޔޮކަންތައްތައް ކޮށްއުޅޭ މީހެއް ކަމަށެވެ.
މާތް ﷲ، އާދަމުގެފާނު ތަކުރީމުކުރެއްވިކަން ސާބިތުވާ އެތައް ދަލީލެއް ވެ އެވެ. އެކަލާނގެ ވަޙީކުރައްވާފައިވެ އެވެ.
(قَالَ أَرَأَيْتَكَ هَذَا الَّذِي كَرَّمْتَ عَلَيَّ) އަލްއިސްރާ: 62
މާނައީ، "އެކަލޭގެ
ދެންނެވި އެވެ. އިބަރަސްކަލާނގެ ތިމަންގެ މައްޗަށް މާތްކުރެއްވި، މި އިންސާނާއާމެދު އިބަރަސްކަލާނގެ އަންގަވައިދެއްވާނުތޯ އެވެ؟"
މާތް ﷲ، އާދަމުގެފާނު ތަކުރީމުކުރެއްވުމުގެ ގޮތުން އެކަލޭގެފާނަށް ދެއްވާފައިވާ ޚާއްޞަ ކަންތައްތަކެއް ވެ އެވެ. އެކަންތައްތައް ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވެ އެވެ. އޭން ބައެއް ކަންތައްތަކަކީ:
1. ޔަދުޤުދުރަތްފުޅުން ހެއްދެވުން
މާތް ﷲ
އާދަމުގެފާނު ހެއްދެވީ އެކަލާނގެ ޔަދުޤުދުރަތްފުޅުންނެވެ. މިކަމުގެ ދަލީލަކީ:
(مَا مَنَعَكَ أَنْ تَسْجُدَ لِمَا خَلَقْتُ بِيَدَيَّ) ޞާދު: 75
މާނައީ،
"ތިމަންރަސްކަލާނގެ ޔަދުޤުދުރަތްފުޅުން (އެއްވެސް ވާސިޠާއަކާ ނުލައި) ހެއްދެވި މީހަކަށް ސަޖިދަކުރުން ކަލޭގެޔަށް މަނާކުރީ ކޮންކަމެއްހެއްޔެވެ؟"
2. ރޫޙުފުޅުން ފުމެލެއްވުން
ތް ﷲ އާދަމުގެފާނު ހައްދަވައި ފުރިހަމަކުރައްވައި، އެކަލާނގެ ރޫޙުފުޅުން އާދަމުގެފާނަށް ފުމެލެއްވި އެވެ. މިކަމުގެ ދަލީލަކީ:
(فَإِذَا سَوَّيْتُهُ وَنَفَخْتُ فِيهِ مِنْ رُوحِي فَقَعُوا لَهُ سَاجِدِينَ) ޞާދު: 72
މާނައީ،
"ފަހެ، ތިމަންރަސްކަލާނގެ އެ އިންސާނާ (އެބަހީ: އާދަމުގެފާނު) ހައްދަވައި ފުރިހަމަކުރައްވައި، ތިމަންރަސްކަލާނގެ ރޫޙުފުޅުން އެ އިންސާނާއަށް ފުމެލައްވައިފިހިނދު، ތިޔަބައިމީހުން އޭނާއަށްޓަކައި ސަޖިދައަށް ތިރިވާހުށިކަމެވެ!"
3. ބުރުސޫރަ ރިވެތިކުރެއްވުން
މާތް ﷲ
އާދަމުގެފާނު ހެއްދެވީ، އެހެން މަޚުލޫޤުންނަށްވުރެ ރިވެތި ބުރުސޫރައެއްގަ އެވެ. މިކަމުގެ ދަލީލަކީ:
(لَقَدْ خَلَقْنَا الإِنْسَانَ فِي أَحْسَنِ تَقْوِيمٍ) އައްތީން: 4
މާނައީ،
"ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، އެންމެ ރިވެތި ޞޫރާގައި އިންސާނާ ހެއްދެވީމެވެ."
4. އިޙުތިރާމުގެ ސަޖިދަ ޖެއްސެވުމަށް އެންގެވުން
އާދަމުގެފާނަށް
އިޙުތިރާމުގެ ސަޖިދަ ޖެއްސެވުމަށް،
މާތް ﷲ، މަލާއިކަތުންނަށް އެންގެވި އެވެ. މިކަމުގެ ދަލީލަކީ:
(وَإِذْ قُلْنَا لِلْمَلائِكَةِ اسْجُدُواْ لآدَمَ فَسَجَدُواْ) އަލްބަޤަރާ: 34
(وَإِذْ قُلْنَا لِلْمَلائِكَةِ اسْجُدُواْ لآدَمَ فَسَجَدُواْ) އަލްބަޤަރާ: 34
މާނައީ،
"އަދި އާދަމުގެފާނަށް ތިޔަބައިމީހުން ސަޖިދަކުރާށޭ ތިމަންރަސްކަލާނގެ މަލާއިކަތުންނަށް ވަޙީކުރެއްވި ހިނދު، ހަނދުމަކުރައްވާށެވެ!'
5. ޚަލީފާއެއް ކަމުގައި ލެއްވުން
5. ޚަލީފާއެއް ކަމުގައި ލެއްވުން
މާތް ﷲ،
އާދަމުގެފާނަކީ ބިމުގެ ޚަލީފާއެއްކަމުގައި
ލެއްވި އެވެ. މިކަމުގެ ދަލީލަކީ:
(وَإِذْ قَالَ رَبُّكَ لِلْمَلائِكَةِ إِنِّي جَاعِلٌ فِي الأَرْضِ خَلِيفَةً) އަލްބަޤަރާ: 30
މާނައީ،
"ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ބިމުގައި ޚަލީފާއަކު ލައްވާހުށީމޭ މަލާއިކަތުންނަށް ވަޙީކުރެއްވި ހިނދު ހަނދުމަކުރައްވާށެވެ!"
6. ޢިލްމުދެއްވުން
6. ޢިލްމުދެއްވުން
މާތް ﷲ
އާދަމުގެފާނަށް އެންމެހައި ތަކެތީގެ ނަންތައް ދަސްކޮށްދެއްވައި، ޢިލްމު ދެއްވި އެވެ. މިކަމުގެ ދަލީލަކީ:
(وَعَلَّمَ آدَمَ الأَسْمَاء كُلَّهَا) އަލްބަޤަރާ: 31
(وَعَلَّمَ آدَمَ الأَسْمَاء كُلَّهَا) އަލްބަޤަރާ: 31
މާނައީ،
"އަދި އާދަމުގެފާނަށް ހުރިހައި ތަކެތީގެ ނަންތަތއް އެކަލާނގެ އުނގަންނަވައިދެއްވި އެވެ. (އެބަހީ: ނަންކިއުނު ތަކެއްޗާއި
އެތަކެތީގެ ޙަޤީޤަތެވެ.)
7. އިޚުތިޔާރު ދެއްވުން
މާތް ﷲ،
އާދަމުގެފާނަށް އަމިއްލަފުޅަށް އިޚުތިޔާރުކުރެއްވުމުގެ ބާރާއި މިނިވަންކަން ދެއްވި އެވެ. މިކަމުގެ ދަލީލަކީ:
(فَكُلاَ مِنْ حَيْثُ شِئْتُمَا) އަލްއަޢުރާފު: 19
(فَكُلاَ مِنْ حَيْثُ شِئْتُمَا) އަލްއަޢުރާފު: 19
މާނައީ،
"ފަހެ، ތިޔަ ދެކަނބަލުން ބޭނުން އެއްޗަކުން ފަރިއްކުޅުއްވާށެވެ!"
8.
ތައުބާ ލެއްވުން
މާތް ﷲ،
އާދަމުގެފާނުގެ މައްޗަށް ތައުބާ ލެއްވި އެވެ. މިކަމުގެ ދަލީލަކީ:
(فَتَلَقَّى آدَمُ مِن رَّبِّهِ كَلِمَاتٍ فَتَابَ عَلَيْهِ) އަލްބަޤަރާ: 37
މާނައީ،
"ދެންފަހެ، އާދަމުގެފާނު، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟުރަތުން ކަލިމަފުޅުތަކެއް ބާވައިގަންނަވައި (އެ ކަލިމަފުޅުތައް ވިދާޅުވެ، ތައުބާވެވަޑައިގަތުމުން) އެކަލާނގެ އެކަލޭގެފާނުގެ މައްޗަށް ތައުބާ ލައްވައިފި އެވެ."
9. ސުވަރުގޭގައި ވަޒަންވެރިކުރެއްވުން
މާތް ﷲ
އާދަމުގެފާނާއި ޙައްވާގެފާނު ސުވަރުގޭގައި ވަޒަންވެރިކުރެއްވި އެވެ. މިކަމުގެ ދަލީލަކީ:
(وَقُلْنَا يَا آدَمُ اسْكُنْ أَنتَ وَزَوْجُكَ الْجَنَّةَ) )
އަލްބަޤަރާ: 35
މާނައީ،
"އަދި ތިމަންރަސްކަލާނގެ ވަޙީކުރެއްވީމެވެ. އޭ އާދަމުގެފާނޭވެ! ކަލޭގެފާނާއި ކަލޭގެފާނުގެ
އަނބިކަނބަލުން ސުވަރުގޭގައި
ވަޒަންވެވަޑައިގެން އުޅުއްވާށެވެ!"
10. ތެދުމަގު ދެއްކެވުން
މާތް ﷲ
އާދަމުގެފާނަށް ތެދުމަގު ދެއްކެވި އެވެ. މިކަމުގެ ދަލީލަކީ:
(قُلْنَا اهْبِطُواْ مِنْهَا جَمِيعًا فَإِمَّا يَأْتِيَنَّكُم مِّنِّي هُدًى فَمَن تَبِعَ هُدَايَ فَلاَ خَوْفٌ عَلَيْهِمْ وَلاَ هُمْ يَحْزَنُونَ) އަލްބަޤަރާ: 38
މާނައީ،
"ތިމަންރަސްކަލާނގެ (އާދަމުގެފާނުގެ ދެކަނބަލުންނަށާއި އިބްލީސަށް) ވަޙީކުރެއްވީމެވެ.
ތިޔަބައިމީހުން އެންމެން އެ ސުވަރުގެއިން (ބިމަށް) ފައިބާށެވެ! ފަހެ، ތިޔަބައިމީހުންގެ ގާތަށް، ތިމަންރަސްކަލާނގެ ޙަޟުރަތުން ތެދުމަގު އަތުވެއްޖެހިނދަކު، ތިމަންރަސްކަލާނގެ ތެދުމަގާ ތަބަޢަވެއްޖެ ބަޔަކަށް އެއްވެސް ބިރެއް ނެތެވެ. އަދި އެއުރެންނީ ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެ އެވެ."
11. ދިރިއުޅޭނެ ތަނަކާއި އުފާ ދެއްވުން
މާތް ﷲ،
އާދަމުގެފާނަށް، ބިމަކީ ޤަރާރުވެތިބެނިވި
ތަނެއް ކަމުގައި ލައްވައި ދުނިޔޭގެ އުފާވެރިކަން ދެއްވި އެވެ. މިކަމުގެ ދަލީލަކީ:
(وَلَكُمْ فِي الأَرْضِ مُسْتَقَرٌّ وَمَتَاعٌ إِلَى حِينٍ) އަލްބަޤަރާ: 36
މާނައީ،
"އަދި ބިމުގައި ތިޔަބައިމީހުންނަށްޓަކައި،
ޤަރާރުވެތިބެނިވި ތަނަކާއި،
ހިނދުކޮޅަކަށް ދުނިޔޭގެ ވަގުތީ އުފަލެއް ވެ އެވެ."
12. ދަރިފަސްކޮޅު ތަކުރީމުކުރެއްވުން
މާތް ﷲ،
އާދަމުގެފާނުގެ ދަރިފަސްކޮޅު ތަކުރީމުކުރެއްވި އެވެ. މިކަމުގެ ދަލީލަކީ:
(وَلَقَدْ كَرَّمْنَا بَنِي آدَمَ) އަލްއިސްރާ: 70
މާނައީ،
"ހަމަކަށަވަރުން ތިމަންރަސްކަލާނގެ އާދަމުގެ ދަރިން މާތްކުރެއްވީމެވެ."
---------------------
މުޞަންނިފު:
އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން