ތާކުންތާކު ނުޖެހޭ ބުއްދިވެރި ސުވާލުތަކެއް











ތިރީގައިވާ ސުވާލުތަކަކީ، ތާކުންތާކު ނުޖެހޭ ސުވާލުތަކެކެވެ. ނަމަވެސް އެއީ ބުއްދީގެ ހަމަތަކުން ބަލާއިރު ކޮށްލަން އެންމެ ރަނގަޅު ސުވާލުތަކެކެވެ. އަދި އެ ސުވާލުތަކަށް ޖަވާބެއް ވާނެކަން ވެސް ޔަޤީނެވެ.

ސުވާލުތަކަކީ


1. ތަރުކާރީ އާއި މޭވާއަކީ، ބަރުދަން ލުއިކޮށްދީ މީހާ ހިއްކައިދޭ އެއްޗެއްކަމަށް ވަނީނަމަ، އެތަކެތި ކައިއުޅޭ އެތްތައް ލޫޅާފަތިނުވަނީ ކީއްވެގެން ހެއްޔެވެ؟  

2. ހިކެންވެގެން މީހުން ކުރިޔަށް ދުވަ އެވެ. ދުވުމަކީ މީހާ ހިއްކައިދޭ ކަމެއްކަމަށް ވަނީނަމަ، ފަހަތަށް ނުދުވަނީ ކީއްވެގެން ހެއްޔެވެ؟

3. ގަދައަށް ތަތްލާ ތެރަސް އަޅާފައިވާ ފުޅިފުޅި އާއި ދަޅުދަޅު ގައި އެ ތެރަސް ތަތްނުލަނީ ކީއްވެގެން ހެއްޔެވެ؟

4. މީހުން ބުނެއުޅެ އެވެ. ދުނިޔެއަކީ، މަސްރަޙެކެވެ. އެހެންކަމަށް ވަނީނަމަ، އެމަސްރަޙު ބަލާނެ މީހުން ކުޅިބަލަން އިށީނދެގެން ތިބެންވީތަން ކޮބައި ހެއްޔެވެ؟

5. ރީތިކޮށް ހައްދާފައިވާ ފެހި ވިނަތަކުގެ ތެރޭގައި، "ވިނަގަނޑުގެ މަތީގައި ހިނގުން މަނާ" ކަމަށް ލިޔެފައިވާ ބޯޑުތައް ބަހައްޓާފައި ވެ އެވެ. އެ ބޯޑްތައް ބެހެއްޓުމަށްޓަކައި މީހުން އޭގެމަތީގައި ނުހިނގާ ހެއްޔެވެ؟

6. އަލި ދަތުރުކުރާ ބާރުމިނުގެ ވާހަކަ ވަރަށް ގިނައިން ދެކެވެ އެވެ. އެންމެ ރަނގަޅެވެ. އަނދިރި ދަތުރުކުރަނީ ކިހާ ބާރުމިނެއްގައިކަން ބުނެނުދެނީ ކީއްވެގެން ހެއްޔެވެ؟

7. ބުޅަލަށް ތައްޔާރުކުރާ ކާނާގައި މީދަލުގެ ރަހަ ނުހިމަނަނީ ކީއްވެގެން ހެއްޔެވެ؟

8. މެރުމަށް ޙުކުމްކުރެވޭ މީހުންގެ ގަޔަށް ޖަހާ ވިހަ އިންޖެކްޝަންގައި، ޖަރާސީމާއި ބެކްޓީރިއާ ފަދަތަކެތި ނެއްތާލާފައިވާ ސާފު ކަށްޓެއް ބޭނުންކުރަނީ ކީއްވެގެން ހެއްޔެވެ؟

9. ޖަޕާނުގެ ދަންޖެހެންދާ ޕައިލެޓުން ބޮލުގައި ސަލާމަތީ ހެލްމެޓް އަޅަނީ ކީއްވެގެން ހެއްޔެވެ؟

10. އެއް އަހަރު ދުވަހުގެ މުއްދަތަށް، ސައުވީސް ގަޑިއިރު ހުޅުވާފައި ހުންނަ ފިހާރަތަކުގެ ދޮރުފަތްތަކުގައި ތަޅު ހަރުކޮށްފައިވަނީ ކީއްވެގެން ހެއްޔެވެ؟

މިތުރުންނޭވެ! މި ސުވާލުތަކާމެދު ބޯ ނުގާނާށެވެ! އޭރުން ތިޔަ މިތުރުންނަށް ވެސް، އަހަރެންނަށް ޖެހިފައިވާ ފަދަ ބޮލުގައި ރިހުމުގެ މުޞީބާތެއް ޖެހިދާނެ އެވެ. ނަމަވެސް އަހަރެންގެ ކިބައިން ވެދުމާއި ސަލާމް ޤަބޫލުކުރާށެވެ!
                 -------------------

ތަރުޖަމާ: އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން