ދުނިޔޭގެ ކަންކަން
ހިނގަމުންދާ ގޮތަށް ބަލައި އެއިން ޢިބްރަތެއް ލިބިގަތުމަކީ ބުއްދިވެރިންގެ މައްޗަށް
އޮތް ކަމެކެވެ. އަދި ޚާއްޞަކޮށް އެ ބައެއްގެ ތެރޭ އުޅޭ ބަޔަކަށެވެ.
ތިމާމެންގެ ވެށީގައި ކަންކަން ހިނގާފައިވާ ގޮތަކީ ކޮބައިތޯ އަދި ހިނގަމުންދާ ގޮތަކީ ކޮބައިތޯ އޭގެ ނަތީޖާއަކީ ކޮބައިތޯ ބެލުމަކީ ކަންކަމާއި އެއްޗެހި ބެލެހެއްޓުމަށް އިސްވެ ތިބޭ ބަޔަކަށާއި އެ ބަޔަކު ލައްވައި އެކަމެއް ކުރުވަން ތިބި ބައެއްގެ މައްޗަށް ވެސް ލާޒިމު ކަމެކެވެ.
ތިމާމެންގެ ވެށީގައި ކަންކަން ހިނގާފައިވާ ގޮތަކީ ކޮބައިތޯ އަދި ހިނގަމުންދާ ގޮތަކީ ކޮބައިތޯ އޭގެ ނަތީޖާއަކީ ކޮބައިތޯ ބެލުމަކީ ކަންކަމާއި އެއްޗެހި ބެލެހެއްޓުމަށް އިސްވެ ތިބޭ ބަޔަކަށާއި އެ ބަޔަކު ލައްވައި އެކަމެއް ކުރުވަން ތިބި ބައެއްގެ މައްޗަށް ވެސް ލާޒިމު ކަމެކެވެ.
މާއްދީ އެއްޗެތީގައި
އޭގެ ޒާތުގައި ކަތުރުފަނި އެޅުމާއި އޭގެ ޒާތުގައި ނޫން ގޮތަކަށް ކަތުރުފަނި އެޅުވުމަކީ ވެސް ވަމުންދާ ކަމެކެވެ. ޢާއްމު ގޮތެއްގައި ކަތުރުފަނި އަޅަނީ ރަނގަޅަށް ނުބެލެހެއްޓޭ
ފޮތްފޮތާއި ކަރުދާހުގައެވެ. ނަމަވެސް އެކި އެއްޗިއްސާއި ކަންކަމަށް ނިސްބަތްކޮށް ވެސް
އެއެއްޗެއްގައި ނޫނީ އެކަމެއްގައި ކަތުރުފަނި އެޅުމޭ ބުނެ އުޅެއެވެ. އެއީ މިސާލު ބަހެކެވެ.
އެބަސް މާނަ ކުރެވިދާނެ އެއްގޮތަކީ އެއްޗެއްގެ ނުވަތަ ކަމެއްގެ އެކި ތަންތާނގައި ފަނިއަޅައި
އެއެއްޗެއް ނުވަތަ އެކަމެއް ކައި ހުސްކޮށްލުމެވެ. ހަލާކުވުމެވެ. އޭގެބޭނުން ރަނގަޅަށް
ނުކުރެވޭ ގޮތް ވުމެވެ. އެންމެ ފަހުން އެއެއްޗެއް ނުވަތަ އެކަމެއް ނެތިގެން ދިޔުމެވެ.
އެއްޗެއްގައި ކަތުރުފަނި
އަޅައިފާނެ ގޮތްގޮތް ހުރެއެވެ. އެއްގޮތަކީ އެއެއްޗެއް ރަނގަޅަށް ނުބެލެހެއްޓުމުގެ
ސަބަބުން އޭގެ ޒާތުގައި ކަތުރުފަނި އެޅުމެވެ. އަނެއް ގޮތަކީ އެހެން ފަރާތެއްގެ ފޮރުވިފައިވާ
ބޭނުމެއްގައި އެފަރާތަކުން ކަތުރުފަނި އެޅުވުމެވެ. އެކަމަށްޓަކައި މަސައްކަތް ކުރުވުމެވެ.
ކޮންމެ ސަބަބެއް މެދުވެރިވެގެން ވިޔަސް މިކަން މިހެން ވުމެވެ. މިއީ ވެދާނެ ކަމެކެވެ. ވަމުންދާ ކަމެކެވެ.
މިފަދަ ކަންކަން ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެނިފައިވެއެވެ. އަދި ފެންނަމުން އެބަދޭ ވެސް މެއެވެ. ނަމަވެސް ތިމާމެން ގެންގުޅެ ބަލަހައްޓަމުންދާ އެއްޗަކީ ފަރުވާތެރި ކަމާއި ވިސްނުންތެރި ކަމާއެކު ބަލަހައްޓަމުންދާ އެއްޗެއްކަމުގައި ވަނީނަމަ ކަތުރުފަންޏެއްގެ ސަބަބުން އެއްޗެއް
ކައި ހުސްކޮށް އޭގެ ބޭނުން ނުކުރެވޭގޮތް ވުމަކީ ވާނޭކަމެއް ނޫނެވެ. އެފަދަ ޖާގައެއް ފުރުޞަތެއް
ނޯންނާނެއެވެ.
މިހެންވުމުން އެބައެއްގެ ވެށީގައި ކަންކަން ހިނގާފައިވާ ގޮތަކީ ކޮބައިތޯ އަދި ހިނގަމުންދާ ކޮބައިތޯ އޭގެ
ނަތީޖާއަކީ ކޮބައިތޯ ބެލުމަކީ ކަންކަމާއި އެއްޗެހި ބެލެހެއްޓުމަށް އިސްވެ ތިބޭ ބަޔަކަށާއި
އެ ބަޔަކު ލައްވައި އެކަމެއް ކުރުވަން ތިބި ބައެއްގެ މައްޗަށް ވެސް ލާޒިމު ކަމެކެވެ.
ތިމާމެންގެ އެއްޗެއްގައި ނުވަތަ ތިމާމެން ކުރާ ކަމެއްގައި ކަތުރުފަނި އެޅިޔަ ނުދީވޭތޯ
ބެލުމަކީ ބުއްދިވެރިންގެ މައްޗަށް އޮތް ކަމެކެވެ. އެފަދަ މީހުން ކުރަން ޖެހޭ ކަމެކެވެ.
---------------------
ލިޔުއްވާފައިވަނީ:
އަލްމަރުޙޫމް ޢަލީ
ނަޞީރު ޒޫރިޔާގެ/ މަޑަވެލި