ހުވަދު އަތޮޅުގެ ވިދުންގަދަ ޝަޚްޞިއްޔަތްތައް - ދެވަނަބައި













އައްޑު އަތޮޅު ފޭދޫ ފަސްގަނޑުގޭ އިބްރާހީމް ކަލޭފާނު:
އިތުރު މަޢުލޫމާތެއް ނޭނގެ އެވެ.

ހަވަރުތިނަދޫ ދިހަރޭ ހުސައިން ކަލޭފާނު:
އިތުރު މަޢުލޫމާތެއް ނޭނގެއެވެ.

ހުވަދު އަތޮޅު ދާންދޫ ދޮންކޮއްކޮ ކަލޭފާނު:
އަތޮޅުވެރިކަމުގެ ދުވަސްވަރު މީނާ ހުންނެވީ އޭނާގެ އަމިއްލަ ރަށް ކަމަށްވާ ދާންދޫގަ އެވެ. އިތުރު މަޢުލޫމާތެއް ނޭނގެ އެވެ.

އައްޑު އަތޮޅު ވާރުގޭ ދީދީ:
މީނާގެ އިތުރު މަޢުލޫމާތެއް ނޭނގެ އެވެ.


މާލޭ ކުންނާރުމުދިންކަލޭފާނު:
މީނާ މަޝްހޫރު ވެފައިވަނީ، ކަޅުވާރުވެރިޔާގެ ނަމުންނެވެ. އިތުރު މަޢުލޫމާތެއް އެނގޭކަށް ނެތެވެ.

އައްޑު އަތޮޅު ވާރުގޭ ޢަލި ދީދީ:
މީނާ އަކީ އައްޑޫ ވާރުގޭ ދީދީގެ ބޭފުޅެކެވެ. އިތުރު މަޢުލޫމާތެއް ނޭނގެ އެވެ.

މާލޭ ކަންޒުދޮށުގޭ ޢަބްދުލްމަޖީދު:
އިތުރު މަޢުލޫމާތެއް ނޭނގެ އެވެ.

ހަވަރުތިނަދޫ ވަލުގޭ ޙަސަންތަކުރުފާނު:
އިތުރު މަޢުލޫމާތެއް ނޭނގެ އެވެ.

އައްޑޫ އައްޝޭޚް ޙުސައިން ރަހާ:
މީނާ ހަމަޖެއްސެވީ ދެކުނުގެ 3 އަތޮޅުގެ އަތޮޅުވެރިކަމުގެ މަޤާމަށެވެ. އޭނާއަށް ދެއްވި ފަތްކޮޅު މިލިޔުމުގައި އެވަނީ އެވެ.

ހަވަރުތިނަދޫ އަލްފާޟިލް އިސްމާޢީލް ޙާޖީ:  
މީނާ އަތޮޅުވެރިކަންކުރެއްވީ ދެއަހަރެއްހާ ދުވަހު އެވެ.  މީނާއަށް އެ މަޤާމު ލިބިވަޑައިގަތީ، ޙާޖީމުޙައްމަދު ކަލޭފާނުގެ ފުރަތަމަ ދަވްރުގެ ފަހުންނެވެ.

ހަވަރުތިނަދޫ ޙާޖީމުޙައްމަދުކަލޭފާނު:
މީނާއަށް ފުރަތަމަ ފަހަރަށް އަތޮޅުވެރިކަން ލިބިވަޑައިގަތީ، މުޙައްމަދު ޝަމްސުއްދީނު ރަދުންގެ ފުރަތަމަ ރަސްކަމުގެ ދަވްރުގަ އެވެ. އޭނާއަށް ދެވަނަ ފަހަރަށް އަތޮޅުވެރިކަން ލިބިވަޑައިގަތީ އެ ރަދުންނަށް ދެވަނަ ފަހަރަށް ރަސްކަން ލިބިވަޑައި ގަތުމުންނެވެ. ހޯނޑެއްދޫގައިހުރި ވާރުގެ، ޑިސެމްބަރ 16، 1930މ. ގައި އަތޮޅުގޭގެ ނަމުގައި ހަވަރުތިނަދުވަށް ބަދަލުކުރެއްވީ އޭނާ އެވެ. ދެފަހަރެއްގެ މަތިން 31 އަހަރު އެއަތޮޅުވެރިކަންކުރެއްވި ޙާޖީ މުޙައްމަދު ކަލޭފާނުގެ އަތޮޅުވެރިކަން ނިމުނީ، ޖުލައި 29، 1943މ. ގައެވެ. އެއަތޮޅުގެ އުފަން ބޭފުޅަކަށް ހުވަދުއަތޮޅުގެ އަތޮޅުވެރިކަން އެންމެ ފަހުން ކުރެއްވީ އޭނާއެވެ. އޭނާގެ ސިޔަރަތަކީ ތާރީޚައްޓަކައި ވަރަށް މުހިންމު ސިޔަރެތެވެ. (ނަމަވެސް އެއީ އެހެން ބަޔާނެކެވެ.) އޭނާ އަވަހާރަވީ މެއި 31، 1951މ. ގަ އެވެ. މާލޭ ވީރު ޢަލި ދީދީ: މީނާއަށް ހުވަދުއަތޮޅުގެ އަތޮޅުވެރިކަން ލިބިވަޑައިގަތީ، ޖުލައި 29، 1943މ. ގައެވެ. ދެފަހަރެއްގެމަތިން 9 އަހަރެއްހާދުވަހު އެމަޤާމުގައި އޭނާ ހުންނެވި އެވެ. ޢަލި ދީދީ އަވަހާރަވީ ސިޙުރު ހަދައިގެން ކަމަށް ތާރީޚުގައި ލިޔެފައި ވެއެވެ. އޭނާއަށް އަތޮޅުވެރިކަމުގެ މަޤާމު ދެއްވީ އަލްއަމީރު މުޙައްމަދު އަމީނު ދޮށިމޭނާ ކިލެގެފާނެވެ. ޢަލި ދީދީގެ އިތުރު ތަފްޞީލް "ކަނޑުން ފިރުކެމުން ވައިން އުނދު ހެމުން" މި ފޮތުގައި ލިޔެފައިވާނެ އެވެ.

މާލޭ ކުއްޅަވައް ޢަލި ދީދީ:
މީނާ އެމަޤާމު ފުރުއްވީ ހައެއްކަމަސްދުވަހު އެވެ. އިތުރު މަޢުލޫމާތެއް އެނގޭކަށް ނެތެވެ.

ގެދަރު ޢަލިމަނިކު:
މީނާ އަކީ، އައްޑު އަތޮޅު ބޭކަލެކެވެ. ނަމަވެސް އޭނާ ދިރިއުޅުއްވީ ހުވަދު އަތޮޅު ވާދޫގަ އެވެ. މަޝްހޫރު ރުއްގަލު ބޭސްވެރިޔާ ވާދޫ (މާލޭ) ގައްދަޑު ލަޠީފުގެ ބައްޕައަކީ، މީނާ އެވެ. މީނާއަށް އެ މަޤާމުގައި ހުންނެވުނީ ދެތިން މަސްދުވަހު އެވެ. ވީރުޢަލި ދީދީގެ ދުވަސްވަރު އޭނާ ހުންނެވީ، އެއަތޮޅުގެ މުސްތަޝާރު ކަމުގެ މަޤާމުގަ އެވެ. ހަވަރުގެ ތިނަދޫގެ ފުރަތަމަ ބަޣާވާތަށްފަހު މީނާއަކީ، ހުވަދުއަތޮޅުގައި ހުންނެވި ސުވާދީބު ސަރުކާރު ރައީސް ވެސް މެއެވެ. އެމައްސަލާގައި ޖަލަށް ލައްވާފައި ޖަލުގައި ހުންނަވަނިކޮށް، އެތާނގައި ހިނގި ކަމަކާއިގުޅިގެން މީނާ އަރުވާލެއްވީ ހއ.މުޅަދުވަށެވެ. ދެ އަހަރެއްހާ ދުވަސް ފަހުން އޭނާ އަވަހާރަވީ، އެރަށުގަ އެވެ. ހުވަދުއަތޮޅު ހަވަރުތިނަދޫގައި ފުރަތަމަ ފަހަރަށް ބަޣާވާތްކުރީ ފެބްރުއަރީ 16، 1959މ. ވަނަ ދުވަހުގެރޭ 8:30 އެހާކަންހާ އިރު އެވެ.

އަލްޙާއްޖަ މޫސާ ހިރިހަމައިދިކަލޭފާނު:
މީނާ އަކީ، އައްޑު އަތޮޅު ހުޅުދޫ ބޭކަލެކެވެ. އަތޮޅުވެރިކަން ދެއްވީ 17 އޭޕްރީލް 1953 ވަނަ އަހަރު  އަލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ. އޭނާ އެމަޤާމުން ވަކިކުރެއްވީ 1958 ވަނަ އަހަރު އިބްރާހިމް ނާޞިރެވެ. އަވަހާރަވީ 13 ޖެނުއަރީ 1962 (15 ޝަޢުބާން 1381 (ހޮނިހިރު) ދުވަހު އެވެ.
(ނުނިމޭ)
                            ------------------------