ހުވަދުއަތޮޅު ތިނަދޫ
ދެވަނަ އާބާދީ ފަންސަވީސްކަމަށް މިމަޟްމޫނުގެ ސުރުޚީގައި ލިޔެފައިވަނީ 1962މ.ގައި ހުވަދުއަތޮޅު
ހަވަރުތިނަދޫން މީހުންބޭލުމުން 1966މ.ގައި އެ ރަށުގައި ވަޒަންވެރިވީބަޔަކު ވަޒަންވެރިވުމުން
އެ އާބާދީއަށް 25 އަހަރު ފުރުމަށެވެ. ބައެއް ލިޔުންތަކާއި ކިޔުންތަކުގައި "ތިނަދޫ
އާބާދީ ފަންސަވީސް" ނުވަތަ "ތިނަދޫ އާބާދީމަރުކަޒު" މިގޮތަށް ހުރުމުން
އެ ބުނެވޭ އާބާދީ ނިސްބަތްވަނީ ހުވަދުއަތޮޅު ތިނަދޫގައި އެންމެފުރަތަމަ އުޅުނު މީހުންގެ
އާބާދީއަށްތޯ އެހެންނޫނީ އެއީ ތިނަދޫގައި ދެވަނަ ފަހަރަށް އުޅެމުންދާ އާބާދީއަށްތޯ
ސުވާލުއުފެދުން އެކަށީގެންވާތީ ކުރިންވެސް ދެންނެވިގޮތަށް މިމަޟްމޫނުގައި ބޭނުންކޮށްފައިވާ
އާބާދީއަކީ 1962މ.ގައި ހުވަދުއަތޮޅު ހަވަރުތިނަދޫން މީހުންބޭލުމުން 1966މ.ގައި އެ ރަށުގައި
ވަޒަންވެރިވި އާބާދީއެވެ.
ހަވަރުތިނަދޫ
ބިމުގެ ދެވަނަ އާބާދީއަކީ 1962މ. ގައި ހަވަރުތިނަދޫން ބޭލި މީހުން އަނެއްކާ އަނބުރައި
އެރަށަށް ގެންގޮސްގެން އެ މީހުންނަށް ނިސްބަތްކުރެވޭ އާބާދީއެއްނޫނެވެ. ހަވަރުތިނަދޫން
ބޭލި މީހުން އެ ރަށަކަށް އަނބުރައި ނުގެންދެއެވެ. ގެންދަން އުޅުނުކަމެއްވެސް އަޅުގަނޑު
ނުދެނެހުރީމެވެ. ހުވަދުއަތޮޅުގެ ފަޅުރަށެއްގެގޮތަށް އޮތް ހަވަރުތިނަދޫ ކިޔާ ރަށެއްގައި
ވަޒަންވެރިވާން ބޭނުންބަޔަކަށް އެކަމުގެ ފުރުޞަތު ހުޅުވާލީމާ، އެ ރަށަށް ދިޔަބަޔަކު ދިޔައީއެވެ. ނުދިޔަބަޔަކު ނުދިޔައީއެވެ.
ޙަގީގަތަކީ މިއެވެ.
ތިނަދޫ
ދެވަނަ އާބާދީ ފަންސަވީހުގެ މަސައްކަތް ފަށައި ހިނގަމުންދިޔައިރު ރަށުގެ ފެންވަރުންނާއި
އެ މީހެއްގެ ފެންވަރުން އެއްބާރުލުމާއި އެހީތެރިކަން އެކަމުގައިއޮތެވެ. އޭރު ހުވަދުއަތޮޅު
ދެކުނުބުރީގެ އަތޮޅުވެރިއަކީ އަލްފާޟިލް އަޙުމަދު ރަޝީދު މ.ނިޔަމި / މާލެއެވެ.
ތިނަދޫގެ ބޮޑުކަތީބަކީ އަލްފާޟިލް އަލްމަރުޙޫމް ޙަސަން ޙިލްމީ ޖަނަވަރީގެ/ ހުވަދު އަތޮޅު
ތިނަދޫ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ
ޝަރަފުގައި ބޯޅަދަނޑުގައި ބޭއްވި ކުޅިވަރުތަކުގެ ތެރެއިން:
ޢަބުދުﷲ ޙިލްމީ
ފަންނީ އެހީތެރިކަން:
އަލްފާޟިލް އާދަމް ޝަރީފު ނާރެސް/ ހުވަދުއަތޮޅު ތިނަދޫ
ފަންނީ އެހީތެރިކަން:
އަލްފާޟިލް އާދަމް ޝަރީފު ނާރެސް/ ހުވަދުއަތޮޅު ތިނަދޫ