ހުވަދުއަތޮޅު
ތިނަދޫ މަދަރުސަތުލް ޣާޒީ މުޙައްމަދުގެ ދަރިވަރުން ކިޔާފައިވާ މިލަވައަކީ 1980މ.
ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ކަންކޮޅުތަކުގައި ވަރަށްބޮޑަށް މަޝްހޫރުވެގެން
ދިޔަ ލަވައެކެވެ. އެހެންވުމާއެކު، ދިވެހިރާއްޖޭގެ އަޑު (ރޭޑިޔޯ މޯލްޑިވްސް) އާއި
ޓީވީ މޯލްޑިވްސް އާއި އެހެނިހެން ވެސް ބްރޯޑްކާސްޓް، އަދި ޓެލެކާސްޓް ކުރާ
ފަރާތްތަކުގެ އިތުރަށް އަމިއްލަ ފަރުދުންގެ އަތުގައިވެސް މިލަވައިގެ ރެކޯޑިންގ
ހުރުމަކީ އެކަށީގެންވާ ކަމެކެވެ.
"ބޮނޑިބަތްތޯއެ
އުދަންވީ" މިލަވައަކީ ހުވަދުއަތޮޅު ތިނަދޫގައި ބާއްވާ ރަސްމީ މުނާސަބާތަކާއި
ޙަފުލާތަކުގެ އިތުރަށް ގައުމީ މުނާސަބާތަކުގައި މާލޭގެ ރަސްމީ ބޯޅަދަނޑާއި
އޮލިމްޕަހާއި އެނޫންވެސް އެކަމަށްޓަކައި ކަނޑައެޅިފައިވާ މާލޭގެ ބައެއް
ސަރަޙައްދުތަކުގައި ތިނަދޫ މަދަރުސަތުލް ޣާޒީ މުޙައްމަދުގެ އެކި ދުވަސްވަރު އެކި ދަރިވަރުން
ތަމްސީލުކޮށްދީފައިވާ ލަވައެކެވެ. ތިރީގައި އެވަނީ، މާލޭގެ ރަސްމީ ބޯޅަދަނޑާއި
އޮލިމްޕަހާއި އެނޫންވެސް އެކަމަށްޓަކައި ކަނޑައެޅިފައިވާ މާލޭގެ ބައެއް
ސަރަޙައްދުތަކުގައި "ބޮނޑިބަތްތޯއެ އުދަންވީ" މިލަވަ ތަމްސީލުކޮށްދިން ތިނަދޫ
މަދަރުސަތުލް ޣާޒީ މުޙައްމަދުގެ ބައެއް ދަރިވަރުންގެ ފޮޓޯއެކެވެ.
މިފޮޓޯ ނަގާފައިވަނީ 1982މ. ގައި އޮލިމްޕަސް ތިއެޓަރުގައެވެ.
ފޮޓޯ ބަލާމީހުންގެ ކަނާތުން ވާތަށް (ފުރަތަމަ ސަފު)
މިފޮޓޯ ނަގާފައިވަނީ 1982މ. ގައި އޮލިމްޕަސް ތިއެޓަރުގައެވެ.
ފޮޓޯ ބަލާމީހުންގެ ކަނާތުން ވާތަށް (ފުރަތަމަ ސަފު)
މަރިޔަމް
ޝަރީފާ/ ކީރަންމާގެ، ރަޝީދާ އާދަމް/ ތަރާނާގެ، ނަޝީދާ މުޙައްމަދު/ ބްލޫހެވަން،
އާމިނަތު ޝާކިރު/ ކާޕެންޓަރވިލާ، އާމިނަތު ސީމާ/ މޮސްކޯގެ، މަޢުޞޫމާ މުޙައްމަދު/
ގޯލްޑަންކްއީން، މަރިޔަމް ގާސިމް/ ބްލޫނިޔާގެ
ފޮޓޯ ބަލާމީހުންގެ ކަނާތުން ވާތަށް (ދެވަނަ ސަފު)
ޢާއިޝަތު ރަޝީދާ/ ރަނައުރާގެ، ޢާޠިފާ އިބްރާހީމް/ ޒިންދަގީ، މަރިޔަމް ޙުސައިން/ ސަރިންދާގެ، ޙަފީޒާ ސަޢީދު/ ޕާކްލޭން، ނާޒިމާ ޙަސަން/ ޢަބުހަރީގެ
ތިރީގައިވާ ފޮޓޯތައް
ނަގާފައިވަނީ ހުވަދުއަތޮޅު ތިނަދޫ ބޯޅަދަނޑު (1980މ.)ގައެވެ.
-----------------------------
ބޮނޑިބަތްތޯއެ
އުދަންވީ
ލަވަހެއްދެވީ: ޢަބުދުﷲ ޢަފީފު އަލިދޯދި/ ގދ.
ތިނަދޫ
ރާގު: ކޯގަޔާހެ މެރާޕިޔާރު (ހިންދީ ފިލްމް
ހަރިޔާލި އައުރެ ރާސްތާ 1962)
ކިޔާފައިވަނީ: ގދ. ތިނަދޫ މަދަރުސަތުލް ޣާޒީ
މުޙައްމަދުގެ ދަރިވަރުން
ރޯކުރާށެ
އުދަންވީ، ރޯކުރާށެ އުދަންވީއެ އުދަންވީ
ބޮނޑިބަތްތޯއެ އުދަންވީ، ބޮނޑިބަތްތޯއެ
އުދަންވީ
ކާށިން
ހުނިގާނާލާފަ ކިރު، ފެލުމުގާ އަތުގާލާށެވަރު
ވީ ކައްކާށެ ލާފަ ދަރު،ހުގަނޑާ
ބަލަމުން ހޫނުވަރު
ރޯކުރާށެ އުދަންވީ ...................
ގެންނަވާށޭ ހަކުރުކޮޅާ،
ސާފުކޮށްފާ ހަނޑޫކޮޅާ
މިހިރަ ތެއްޔަށްލާށޭ އަޅާ، ތެދެކޭ
ފެންނާޅާ ވާނެހޭ
ރޯކުރާށެ
އުދަންވީ ...................
ކެކުމުން
ބާލާއިރު މާފެނާ، އެކުގާ އަޅަނީއެ ފިނިފެނާ
މިކަމުންވާނޭ ރަހަ ހަރުދަނާ، ނުކެޔަސްވާނޭ ހަމަ
ކުޅުދިޔާ
ރޯކުރާށެ އުދަންވީ
...................
ފުށްތައް
މަޑުވީޔޭ ޔާރުނޭ، މީރުވާނީވެސް އޭރުނޭ
އުނދުނުން ބާލަން މިހާރުވީ، ކެކުނީ ކާށޭވީ
މީރުތޯ
ރޯކުރާށެ
އުދަންވީ ...................
--------------------
"ގަލެހިރި" އެޑްމިން