ހުވަދުއަތޮޅު
ތިނަދޫ މަދަރުސަތުލް ޣާޒީ މުޙައްމަދުގެ ދަރިވަރުން ކިޔާފައިވާ މިލަވައަކީ 1980މ.
ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ކަންކޮޅުތަކުގައި ވަރަށްބޮޑަށް މަޝްހޫރުވެގެން
ދިޔަ ލަވައެކެވެ. އެކި މުނާސަބާތަކުގައެވެ. ތިރީގައިވަނީ ކުޑަކުދިންގެ
ބްރޯޑްކާސްޓިންގ ދުވަސް – 1993 ގައި ހުވަދުއަތޮޅު ތިނަދޫ ބޯޅަދަނޑުގައި
ތަމްސީލުކޮށްދިން "ބޮނޑިބަތްތޯއެ އުދަންވީ" ލަވައެވެ.
ބައިވެރިވެފައިވަނީ މަދަރުސަތުލް ޣާޒީ މުޙައްމަދު (ފަހުން އަމީރު އިބްރާހީމް
ޕްރީސްކޫލް)ގެ ކުދިންކޮޅެކެވެ. މިހެންވީނަމަވެސް ލަވައިގެ އޯޑިއޯ ނުވަތަ އަޑަކީ
އެންމެކުރިންވެސް މިލަވަ ކިޔާފައިވާ މަދަރުސަތުލް ޣާޒީ މުޙައްމަދުގެ
އެދުވަސްވަރުގެ ކުދިންގެ އަޑެވެ.
ދިވެހިރާއްޖޭގެއަޑު
(ރޭޑިޔޯމޯލްޑިވްސް) އާއި ޓީވީ މޯލްޑިވްސް އާއި އެހެނިހެން ވެސް ބްރޯޑްކާސްޓް، އަދި
ޓެލެކާސްޓް ކުރާ ފަރާތްތަކުގެ އިތުރަށް އަމިއްލަ ފަރުދުންގެ އަތުގައިވެސް
މިލަވައިގެ އޯޑިއޯ އަދި ވީޑިއޯ ރެކޯޑިންގ ހުރުން އެކަށީގެންވެއެވެ.
މިލަވަޔާއި
ގުޅޭ ބައެއް މަޢުލޫމާތު ތިރީގައިވާ ލިންކުންވެސް ލިބިވަޑައިގަންނަވާނެއެވެ.
-----------------------
"ގަލެހިރި" އެޑްމިން
"ގަލެހިރި" އެޑްމިން