ރާއްޖޭގެމީސްތަކުންގެ ދުޅަހެޔޮކަމުގެ ކަންކަމުގައި މިކުރާ ގޮތަށް ޑޮކްޓަރީ ބޭސްކުރުން ޢާއްމުވެފައިނުވާ ދުވަސްވަރެއް ދިވެހިރާއްޖޭގައި ދިޔައެވެ. އެ ދުވަސްވަރު ދުޅަހެޔޮކަމަށް ކުރިމަތިވާ ކަންކަމުގައި ގިނަ ބަޔަކަށް ޢާއްމުކޮށް ކުރެވޭ ކަމަކަށް އޮންނަނީ ފަންޑިތަ ހެއްދުމެވެ. ފުދުންތެރިކަން ހުރިގޮތުން ބޭސް (ދިވެހިބޭސް) ކުރެވެން އޮންނަނީ މަދު ބަޔަކަށެވެ. އެއީވެސް ފަސޭހައިން ލިބެންހުރި ފަތްޕިލާވެލީގެ ބާވަތްތަކުން ކުރެވޭނަމަ ކުރެވޭ ބޭހެކެވެ.
(ޑޮކްޓަރީ ބޭސްކަމަށް މިހާރު މީހުންކިޔައި އުޅޭ ބޭރުގެ ތައްޔާރީބޭސް ހަދާފައި ހުންނަނީވެސް ދިވެހިބޭސް ކުރުމުގައި ބޭނުންކުރާ ބޭހުގެ ބާވަތްތަކާއި އޭގެ ތާސީރުންނެވެ.)
އެދުވަސްވަރު މީހަކަށް ބައްޔެއްޖެހި ދުޅަހެޔޮކަމަށް ގޮތްގޮތްވެ ބޭސްވެރި ފަންޑިތަވެރިއެއްގެ ފަންޑިތައަށް ބޭނުންވުމުން ފަންޑިތަވެރިޔާ އެމީހަކަށް ތަވީދެއްލިޔެދިނުން ފެންފޮދެއްމެތުރުން ކިޔެވުމެއްކިޔެވުންފަދަ އެކަމަކާ ގުޅުންހުރި ބޭސްވެރި ފަންޑިތައިގެ ކޮންމެވެސްކަމެއް ކޮށްދޭނެއެވެ.
ރާއްޖޭގައި އެދުވަސްވަރު ތިއްބެވި ބޭސްވެރި
ފަންޑިތަވެރިންގެ ގިނަބޭފުޅުން އެކަން
އުނގެނިވަޑައިގަތީ
މޮޅު އިލްމުވެރިން ލިޔުއްވާފައިވާ ޢަރަބި އުރުދޫ ފޮތްތަކުގެ އެހީތެރިކަމާއެކު އެފަންނުގެ އުސްތާޛުންގެ
އަރިހުންނެވެ. މިފަދަ
ޢިލްމުވެރި ބޭފުޅުން އެ ދުވަސްވަރު ގިނައިން ތިއްބެވީ ދެކުނުގެ އަތޮޅުތަކުގައެވެ. ޚާއްޞަކޮށް އައްޑޫ
އާއި ފުވައްމުލަކުގައެވެ.
އައްޑުއަތޮޅަކީ
ކުރިއްސުރެ ޢަރަބިބަހާއި ދީނީ ތަޢުލީމުގެ ބޮޑެތި ޢިލްމުވެރިން ތިއްބެވި އަތޮޅަކަށްވުމުން އެ ބޭފުޅުންގެއަރިހުން ޢިލްމު އުނގެނިވަޑައިގަތުމަށްޓަކައި
ރާއްޖޭގެ ކަންކޮޅުތަކުން (ފޯރުންތެރިކަމާއި ގުޅުންތެރިކަން ހުރި ވަރެއްގެ ނިސްބަތުގައި) އެކިއެކި
ބޭފުޅުން އެއަތޮޅަށްވަޑައިގެން
ޢިލްމު އުނގެނިވަޑައިގެން ދަރިވަރުވެވަޑައިގަތެވެ. އޭގެފަހުން އެދަރިވަރުން އުސްތާޛުންނަށްވެ އެ އުސްތާޛުންގެ އަރިހުން އެހެން މީހުންނަށްވެސް ދަރިވަރުވުމުގެ ފުރުޞަތު ތަނަވަސްވެގެންދިޔައެވެ.
ރޯނާވާ (އިރު އޮއްސުނީއްސުރެ އިރުކޮޅެއްވަންދެން
ލޮލަށް އަނދިރިވެފައިހުންނަ)
މީހަކަށް
ބޭސްވެރިކަމުގެ ފަންޑިތައިގައި ކުރާ އެއްކަމަކީ ކަނޑުމަހުގެ މޭ (މޭގަނޑު) ގައި މާމުއިން ހެޔޮއެއްޗެއް
ލިޔެދީ އެމީހަކަށް ކާންދިނުމެވެ.
އެހެންވުމުން
އެއީ ރޯނާވުމަށް ރަނގަޅު ފަރުވާއަކަށް ވެދެއެވެ. ރޭގަނޑު ރޯނާވަނީ ކާނާއިން ލޮލަށް ބޭނުންވާ ބައިތައް ނުލިބޭތީވެއެވެ. މަހުގެމެއަކީ ލޮލުގެ
އެބައި ލިބިދޭ އެއްޗަކަށްވާތީ އެހެދީ ބޭސްވެރިކަމުގެ ފަންޑިތައެކެވެ.
ދެން އެހެންކަމެކެވެ. މާބޮޑަށްފަނިވެ އޭގެ އުނދަގޫބޮޑުވާ ބައެއް ކުދިންނަކީ ޚާއްޞަކޮށް އިރުއޮއްސި އަނދިރިވާން ފަށާ ވަޤުތުގައި (ފަނީގެ ޙަރަކާތް އިތުރުވުމުން) ކުއްޖާގެ ހަށިގަނޑަށް ބާރެއްއަރައި ދެލޯ ބޮޑުވެ ނޭވާލުމަށްދަތިވެ މިކަހަލަ ގޮތަކަށް އުޅޭތީ (ޖިންނިވަޑާމެކޭ ހީކޮށް) އެދުވަސްވަރު ކަންބޮޑުވާ ހިސާބަށްދާ ކުދިންނެވެ. އެހެންވުމުން ބޭސްވެރި ފަންޑިތަވެރިއަކަށް ކުއްޖާ ދެއްކުމުން ފެނުގައި ހުނގު ގިރައިގެން އެ ތައްޓަކަށް އަޅައި ހެޔޮއެއްޗެއް ކިޔަވައި މަތުރައި ކުއްޖާގެ ބަނޑާއި ކަންފަތުގެ ހިނދުރީގައި އެ އުނގުޅައި ކުއްޖާގެ ނޭފަތާއި ކައިރިކޮށް އޭގެ ވަސް ދުއްވައެވެ. މިހެން ހެދުމުން ކުއްޖާއަށް ލުއިލިބި އެވަގުތަށް ރަނގަޅުވެދެއެވެ. އޭގެފަހުން ފަނި ނައްތައިލުމަށް ތައްޔާރުކޮށްފައިވާ (ބޭސްވެރި ފަންޑިތައިގެ) ސަރުބަތެއްފަދަ ބުއިމެއް އެއްޗެއް ދިނުމުން އެ ރަނގަޅުވީއެވެ. އެހެންވުމުން އެހެދީ ބޭސްވެރިކަމުގެ ފަންޑިތައެކެވެ.
(ހުނގަކީ ގަހެއްގެ ކިރެކެވެ. އޭގައި ހުންނަ ޒަވި ވަހެއްގެ ސަބަބުން ފަނީގެ ޙަރަކާތްކުރުން އެ ހިނދަށް ހުއްޓުވައިލާ އެއްޗެކެވެ.)

ބޭސްވެރިކަމުގެ ފަންޑިތައިގެތެރޭ މަތިވެރި ﷲ ގެ
ޙަޟުރަތުގައި އެ ކަމެއް ފުއްދަވައިދެއްވައިތޯ
އެދި (އެ ކަމެއްގެ އަސްބާބުގައި ހިފައި) ދުޢާކޮށް ދެންނެވުން ހުއްދަ ކަންކަމަކީ ނުބައި ކަންކަމެއް ނޫންކަމަށް
ޢިލްމުވެރިން ވިދާޅުވެއެވެ.
މިހެނީ ދީނީގޮތުން އެ ކަމެއްގައި ނުބައިކަމެއްނެތް ހުއްދަވެގެންވާ ކަމެއް ފުއްދަވައިދެއްވުން އެދި އެ
ދަންނަވަނީވެސް މަތިވެރި ﷲގެ
ޙަޟުރަތުގައިކަމަށް ވާތީވެއެވެ.
ބޭސްވެރި ފަންޑިތަވެރިންނަކީ އެ ކަމުގައި މީހުންނަށް އޮޅުވައިލައި މަކަރުހަދާނޭ ބަޔެއްނޫނެވެ. އެއީ އެދުވަސްވަރެއްގެ ނިސްބަތުގައި ވެސް ޢިލްމުވެރި އީމާންތެރި ހިތްހެޔޮ ޚުލްޤުރަނގަޅު ލަފާދާރު ބަޔެކެވެ. ފަސްވަގުތު ނަމާދުކުރާ ތަޤުވާވެރި ބަޔެކެވެ. މީސްތަކުންނަށް ހެޔޮކަމުގެ މަގުދައްކައި ނަޞޭޙަތްތެރިވެ އުޅޭނެތެވެ. ދައްކާ ވާހަކައާއި އެމީހަކުކުރާ ކަމަކާ ދިމާވާނެއެވެ. ކުރާ ކަމެއްކުރާނީ މަތިވެރި ﷲ ގެ ޙަޟުރަތުން އެކަމުގެ ހެޔޮ ތައުފީޤުދެއްވުން އެދިގެންނެވެ. އެކަމެއް ފުއްދަވައިދެއްވުން އެދިގެންނެވެ.

ކުރީގެ ދުވަސްވަރު ފަންޑިތަ އަޅުން ވެސް
އުޅުނެވެ. ފަންޑިތަ އަޅުންނަކީ ބައްޔެއް
ކަމެއްދިމާވެ
ބޭނުމެއްޖެހުމުން ފަންޑިތަވެރިއެކޭ ހީކޮށް އެމީހަކަށް މި ދެވެނީ ކޮންފެންވަރެއްގެ ކާކުގެ ގާތަށްތޯވެސް
ވިސްނައިނުލައި އުޅޭ ބަޔެކެވެ. އެ
ފަންޑިތަވެރިއަކީ ކީރިތި ޤުރުއާނާއި އިތުރު ނަބީކަލޭގެފާނުގެ ސުންނަތުން ވާރިދުވެފައިވާ ހެޔޮއެއްޗެއް
ކިޔަވަންވާގޮތަށް ކިޔަވަންއެނގޭ
މީހެއްތޯ
ނޫންތޯވެސް ކަށަވަރުނުވާ ބަޔެކެވެ. މިވަރު ނުދަނެ އެކަމަކާ އުޅޭނީ ފަންޑިތައަޅުންނެވެ. ފަންޑިތައާހުރެ މަރުދަންޖެހޭ މީހުންނެވެ. އެދުވަސްވަރު
މިބައިވެސް ވަކި މަދެއްނޫނެވެ.
މިބަޔަކު ފަންޑިތަހައްދާ ފަންޑިތަވެރިޔާ ފަންޑިތައިގެ ތެރޭ އެއްޗެއް ކިޔަވަމުންދާއިރު ދޭތެރެއަކުން "މިވެނި ބަޔަކު ނޫނީ އެވެނި ދޯންޏެއް އިއްޔެ މަސްބޭނިތޯއާއި ޖެހިގެންހުންނަ ގޭގައިއުޅޭ މިވެނިމީހަކު މިހާރު ވަރަށް ނުފެންނަ ވާހަކަ އާއި" މިފަދަ އެ ޙާލަތުގެ މަޑުމޮޅިކަމާއި އަދަބުވެރިކަމާއި ހިމޭންކަމާއި ފުށުއަރާ ވާހަކަތައްވެސް ދައްކަމުންދާނެއެވެ. އަދި އެފަދަ ފަންޑިތަވެރިއަކު ކިޔަވާ އެއްޗެއްގެ އަޑެއްބަޑެއް ނުއިވިގެން ދޭތެރެއަކުން ބަލައިލާއިރު ފަންޑިތަވެރިޔާ ނިދި ތާއްޔާޖެހި ނުވަތަ ހެޔޮވަރެއްގެ ހުވަފެނެއްގައި ވާތީވެސް ފެނިދާނެއެވެ. ދެން ކޮންމެވެސްމީހަކު މަޑުމަޑުން ކޮއްޓައިލުމުން ސިއްސައިގެން ދިޔުމާއެކު އަނެއްކާ އެފެށުނީއެވެ. ވުޟޫއެއްނެތެވެ. އެންމެފަހުން ކިޔެވި ހިސާބެއް ނުކިޔަވާ ހިސާބެއްވެސް ހަނދާނެއް ނުހުންނާނެއެވެ. އެކަމަކު ހަމަ ރަނގަޅެވެ. ފަންޑިތަވެރިއެއްވީމައެވެ. އަދި އެމީހަކުލައްވައި އެކަމެއްކުރުވަން ތިބީވެސް ފަންޑިތަ އަޅުންނަށްވީމައެވެ.

ބޭސްވެރި ފަންޑިތަވެރިންނަކީ ބޭސްވެރިކަމުގެ ފުދޭ
މިންވަރެއް އެނގުމުގެ އިތުރަށް
ކީރިތި ޤުރުއާނާއި
މާތް ރަސޫލާގެ ސުންނަތުން ވާރިދުވެފައިވާ ހެޔޮއެއްޗެހި ކިޔެވުމުގައި ކިޔަވަންވާ ގޮތަށް (ޢަރަބިން) ރަނގަޅަށް
ކިޔަވަން އެނގޭ ބަޔެކެވެ.
އެފަދަ މާތް އިތުރުކަން ބޮޑު އެއްޗެހި ކިޔެވުމުގައި އޭގެ ކަލިމަތަކާއި މަޢުނަ ފުށުނާރާނޭހެން އެއަށް
ރައްކައުތެރިވާނެ ބަޔެކެވެ.
މިކަމާއެކުމެ
ތިމާކިޔަވާ އެއްޗަކީ ކޮންއެއްޗެއްތޯ އާއި އެބޭނުމަކަށް ފައިދާކުރަނިވި އެއްޗެއްތޯއާއި މިކަންކަން ކަށަވަރުކޮށް ދެނެގަތުމަށްޓަކައި ބޭސްވެރި
ފަންޑިތަވެރިންނަށް ޢަރަބިބަސް އެނގުމަކީވެސް މޮޅުއިތުރު ނުހަނު ބޭނުންތެރި ކަމެކެވެ.
(ޢަރަބިބަސް ނޭނގުނުކަމަށް ވިޔަސް މަތިވެރި ﷲގެ ޙަޟުރަތުގައި އެކަމެއް ފުއްދަވައިދެއްވުން އެދި ޚުޝޫޢަތްތެރިކަމާއެކު އެމީހަކު ދަންނަބަހަކުން ދުޢާ ދަންނަވާ މީހާ އެދަންނަވާ އެއްޗަކާއި އެމީހެއްގެ އެޙާލަތާއި އަދި އެމީހެއްގެ ހިތުގައިއޮތް އެއްޗެއްވެސް ދެނެވޮޑިގެންވުމުގައި މަތިވެރި އިލާހުގެ ކުޅަދުންވަންތަކަމަށް ހަމަ އެއްވެސް ހުރަހެއްނުވެއެވެ.)

ފަންޑިތައިގެ އަނެއް ކޮޅަކީ ސިޙުރެވެ. ފަންޑިތައިގެ
ނުބައިކޮޅެވެ. މިއީ ފަންޑިތައިގެ
ނަމުގައިކުރާ މަކަރާއި ޙީލަތާއި އޮޅުވައިލުމާއި ގުޅިފައިވާ ކަމެކެވެ. އުރެދުމާއި ފާފަވެރިކަން ބޮޑު ނުބައި
ކަމެކެވެ. ސިޙުރާއި ކަންވެރިކަމުގެ
ބޭނުމަކަށްވެފައި
އޮންނަނީ މީހަކަށް ނުވަތަ ބަޔަކަށް ގެއްލުމެއް ދިނުމެވެ. ސިޙުރުވެރިން ނުވަތަ ކަންވެރިން އެކަމުގެ މަދަދުހޯދަނީ
ޝައިޠާނާގެ ފުށުންނެވެ.
ސިޙުރުވެރިންނަކީ ބައެއްކަހަލަ ސިޙުރު ހެދުމަށްޓަކައި މައްޔިތުންގެ ގުނަވަންތަކާއި ކަށިވެސް ބޭނުންކޮށްއުޅޭ
ބަޔެކެވެ. ބަރަހަނާ ހާލުގައި
ތަނާއި ގައިގެވަސް ނުބައިކޮށް އަތްފައި ބުޅިކޮށް ވައްތަރުޖައްސައި ބައެއްފަހަރު ކަރުނައަޅައި ރޮއި
ޝައިޠާނާގެ މަދަދަށްއެދި
އާދޭސްކޮށް
އުޅޭ ބަޔެކެވެ. މިފަދަ ކަންކަން ކުރުމަކީ އެއްގޮތަކަށްވެސް މުސްލިމުންނަށް ހުއްދަވާނޭ ކަންކަމެއްނޫނެވެ. އަދި އީމާންތެރި މުސްލިމުން
ކުރާނޭކަމެއްވެސް ނޫނެވެ. އެހެނީ މިއީ ކާފިރުކަމަށް އަރައިގަނެވޭ ބޮޑެތި ފާފަވެރި ކަންކަމެވެ. މަތިވެރި އިލާހު ރުހިވޮޑިގެން ނުވާނޭ
އަދި އިންތިހާއަށް ނުބައިކަމެކެވެ. ސިޙުރުހަދާ މީހުންނަކީ ނުވަތަ ކަންވެރިކަން
ކުރާ
މީހުންނަކީ ސިޙުރުވެރިންނެވެ. ކަންވެރިންނެވެ. އެއީ އެއްވެސްޙާލެއްގައި ހުއްދަ ފަންޑިތަހަދާ
ފަންޑިތަވެރިންނެއްނޫނެވެ. ބޭސްވެރި
ފަންޑިތަވެރިންނެއްވެސް ނޫނެވެ.
އުރެދުމެއްނުވާ ޙަލާލު ބޭސްވެރި ފަންޑިތައަކީ އޭގެ
މަންފާ ލިބެނެވި އެއްޗެކެވެ. ނަމަވެސް
އެ ކަން
ކުރަންވާ ގޮތަށް ކުރުމުންނެވެ. އެ ކަމުގެ އަސްބާބުގައި ހިފައިގެން މަތިވެރި އިލާހުގެ ވާގިފުޅުއެދިގެން އެއިލާހަށް ވަކީލުކޮށް ކުރާ ހެޔޮ
ކަންކަމުގައެވެ.
-------------------
ޢަބުދުﷲ ޙިލްމީ
29 ޖުލައި 2012މ.