މުޚްތަޞަރު ތާރީޚު ދީބާމަޙަލް ފޮތުގައި ދިވެހި މުއައްރިޚު އުސްތާޛުލް މަރުޙޫމް މުޙައްމަދު އިބްރާހީމް ލުޠުފީ ލިޔުއްވައިފައި ވަނީ "މިއަދާ ޖެހެންދެން ރާއްޖޭގެ ތާރީޚު ލިޔުމަކީ ވެރިކަމުގެ ދާއިރާއިން ކުރަމުން އައި ކަމެކެވެ. ތާރީޚުލިޔާ ފަރާތަކަށް އެތާރީޚް އޮޅުންފިލުވައިދީ ހަދަނީ އެ ދާއިރާއިންނެވެ. ލިޔުމުގެ މަސައްކަތްކުރަނީ ވެސް އެ ދާއިރާގެ މުވައްޒަފުންނެވެ. މިހެންވުމުން ތާރީޚް އޮތީ ޤައުމީ ތާރީޚަށްވުރެ ބޮޑަށް ވެރިކަމުގެ ތާރީޚުކަމުގައި ވެފަ އެވެ. ވެރިކަމުގެ ފަރާތުން ޖެއްސި ކުލައެއް އޭގައި ޖެހިފަ އެވެ."
މިހެންވީއިރު ޙާޖީ ބަންޑާރައިން ޝަހީދު ކުޅައުމުގެ
ކަންތައް ހިންގެވި ބޭފުޅުން އެ ކަން ނިންމަވައިލެއްވި ގޮތާއި، އަދި އޭގެފަހުން އެ ރަދުންގެ
އޭރު ހުންނެވި ހަމައެކަނި ދަރިކަލުން ޤަތުލުކުރައްވަން އުޅުއްވިގޮތަކީ ވެސް އޭގެ ޙަޤީޤަތާއި
އެއްގޮތަށް ރަސްމީ ދިވެހިތާރީޚު ފޮތުގައި ލިޔެވެން އޮތް ކަންކަމެއް ނޫނެވެ. މިހެންވުމުން
އޭގެ ފަހުގެ ޖީލުތަކާއި ހަމައަށް އަންނައިރު އެ ކަންކަން ހިނގީ ކިހިނެއް ކޮން ގޮތަކަށް
ކަމެއް އެ ފޮތުން ރަނގަޅަށް އެނގޭނޭ ގޮތެއް ނޯންނާނެ ކަމަށް ޤަބޫލުކުރަން ޖެހެ އެވެ.
ދިވެހި މުއައްރިޚު ޝައިޚުލް މަރުޙޫމް ޙަސަން ތާޖުއްދީން
ލިޔުއްވަން ފައްޓަވައި މިހާރު ފެންނަން އޮތް ތާރީޚުފޮތަކީ ޝައިޚުލް މަރުޙޫމާއި އަދި އެ މަނިކުފާނު
އަވަހާރަވުމުގެ ފަހުންވެސް އެ ފޮތްލިޔުއްވި ބޭފުޅުންނަށް އެ ފަހަރަކަށް ލިޔުއްވެން އޮތް
އެންމެ ރަނގަޅަކަށް ލިޔުއްވައިފައިވާ ފޮތެކެވެ. މިއީ ޝުކުރު ޙައްޤު ކަމެކެވެ. އެ ބޭފުޅުންނަށް
ލިޔުއްވެން އޮތީ އެ ފަހަރެއްގެ ވެރިކަމުގެ އެންމެމަތީ ފަރާތަށް "ލޮނުރަހަ"
މާ ގަދަ ނުކޮށް "ފޮނިރަހަ" އެހާ މަޑު ނުކޮށެވެ. އެ ދެ ރަހައިން ގަދައީ ކޮން އެއްޗެއްގެ
ކަމެއް ވެރިކަމުގެ އެންމެމަތީ ފަރާތަށް އިޙުސާސް ކުރެއްވިއްޖެ ނަމަ ދެން ވެދާނެ ގޮތެއް ވެސް
ރަސްމީ ދިވެހިތާރީޚު ލިޔުއްވި ބޭފުޅުންނަށް އެނގިވަޑައިގަނެވެ. ވެރިކަމުގެ އެންމެމަތީ
ފަރާތުގެ "ކީރިތިކަމުގެ ފުރަމާނަ" ރަނގަޅަށް ދެނެވަޑައިގަނެވެ. ކޮންމެ ޒަމާނެއްގައި ވެސް
މި ކަންއޮތީ ހަމަ މިހެންނެވެ.
39 އަހަރު ދިވެހިރާއްޖޭގެ އިސް ފަނޑިޔާރުކަން ކުރެއްވި
އައްޑޫ މީދޫ މުޙައްމަދު ޝަމްސުއްދީން ބޮޑުފަނޑިޔާރު ތަކުރުފާނުގެ ފަނޑިޔާރުކަމުގައި
ފަނޑިޔާރު ތަކުރުފާނުގެ ޢިލްމުވެރި ތިން ދަރިކަލުންނާއި އެކު އެތަކުރުފާނު އައްޑުއަތޮޅު
މީދޫއަށް އަރުވާލެއްވީ ކީއްވެތޯ އެވެ. އޭނާ އެއްދުވަހަކު ވިދާޅުވި ހުކުރު ޚުޠުބާގައި ރަސްގެފާނަށް
ހެޔޮ ދުޢާކުރެއްވުމުގެ ތެރޭ ރަސްގެފާނުގެ ނަންފުޅުގެ ކުރިއަށް ގެންނަވަން ޖެހިވަޑައިގަންނަވާ
ހަމަ އެންމެ ކަލިމައެއް ތަޣައްޔަރުކުރެއްވި ކަމަށްޓަކަ އެވެ. ކޯފާގެ ކޮޅުނެތްކޮޅަށް
ރަސްގެފާނު ކޯފާވީ އެވެ. ފަނޑިޔާރު ތަކުރުފާނަށް ތަޣައްޔަރު ކުރެއްވުނު ކަލިމައަކީ ކޮބައިތޯ އެވެ.
އެއީ ރަސްގެފާނުގެ ނަންފުޅުގެ ކުރިއަށް މަލިކުލްބައްރު ވަލްބަޙުރު (އެއްގަމާއި ކަނޑުގެވެރި
ރަސްގެފާނު) މީގެ ތެރެއިން "ވަލްބަޙުރު" ވިދާޅު ނުވުމެވެ. މިއޮތް ފެންނަ މާސިންގާ
ކަނޑު އޮތްކަމާއި އެކަނޑުގެ ވެރިއަކީ އެއްގަމުގެ ވެސް ވެރި ރަސްގެފާނުކަން ފަނޑިޔާރު
ތަކުރުފާނަށް ހަނދުމަފުޅުނުވި ކަމީ ފަހެ ކުޑަކަމަކަށް ވާނެތޯ އެވެ. މިހެންވީމާ ފަނޑިޔާރު
ތަކުރުފާނަށް ޖެހިވަޑައިގަތީ އެއްގަމާއި ކަނޑުގެ ވެރި ރަސްގެފާނުގެ "ކީރިތިކަމުގެ
ފުރަމާނަ" ދެނެވަޑައިގަންނަވާށެވެ.
ޙާޖީ ބަންޑާރައިންގެ ދަރިކަލުން ޤަތުލުކުރަން އުޅުމުގެ
ޙާދިޡާގެ ވާހަކަ ދިވެހިތާރީޚުފޮތުގައި ލިޔެފައިވަނީ ]ދެން
ޝަހީދުކުޅަ ރަދުންގެ ޢަބުދުﷲ ޔޭ ކިޔާ ދަރިކަލުން ތުއްޕުޅު ބޭފުޅަކަށްހުންނެވި ޙާލުގައި
ފުވައްމުލަކަށް ފޮނުވައިލެއްވެވިޔޭ. ޙަސަން ނޫރައްދީން ރަދުންގެ ޒަމާނަށް އަންނާންދެން
އެމަނިކުފާނު އެތާގައި ހައްޔަރުވެހުންނެވިޔޭ، ދެން އެރަދުން އެމަނިކުފާނު
ގެންނަވައިފައި ފާމުލަދޭރިކިލެގެކަން ދެއްވެވިޔޭ.[ މިހެންނެވެ.
ޙާޖީ ބަންޑާރައިން ޝަހީދު ކުޅައުމަށްފަހު އެ ކަންތައް ހިންގެވިބޭފުޅުން އެ ރަދުންގެ އޭރު ހުންނެވި ހަމައެކަނި ދަރިކަލުން ޤަތުލު ކުރައްވަން އުޅުއްވުމުން އެ ދަރިކަލުންގެ ސަލާމަތަށް މަތިވެރި ﷲ މެދުކުރެއްވި ފުވައްމުލަކުގެ ދެމަފިރިންނަކީ ގިނަ ބަޔެއްގެ ހިތްތަކުގައި ވަރަށްބޮޑު ލޯތްބަކާއި ޝުކުރެއް ރައްދުކުރެވޭ ބަޔެކެވެ. ފެންނަން ހުރި ފަތްފުށްތަކުން ފަހަކާ ޖެހެންދެން އެނގެނީ މި ދެމަފިރިންނަކީ ޙާޖީ ބަންޑާރައިންގެ ބައްޕާފުޅު އިބްރާހީމް ރަސްގެފާނާއި "ވަރަށްގާތް" ފުވައްމުލަކުގެ ދެމަފިރިއެއް ކަމެވެ. އަދި މި ދެމަފިރިން މި ބޭފުޅާ ގޮވައިގެން ފުވައްމުލަކަށް ގޮސް މި މީހުންގެ ދަރިއެއް ފަދައިން މި ބޭފުޅާ ބަލައި ބޮޑުކުރިކަމާއި، އަދި މި ދެމަފިރިންގެ ދަރިޔަކު ނެތުމާއެކު އެ މީހުންގެ އަމިއްލަ "ގެ" ވެސް މިބޭފުޅަކަށް އެރުވިކަމެވެ. ނަމަވެސް ފުވައްމުލަކުގެ މި ދެމަފިރިންނަކީ ކޮން ބައެއްތޯ، މި ދެމަފިރިންނާއި ގާތްކަން ބޮޑީ އިބްރާހީމް ރަސްގެފާނާއިތޯ، ނޫނީ އެ ރަސްގެފާނުގެ ބޭފުޅުންނާތޯ، މި ކަމަކީ ފަހަކާ ޖެހެންދެން ގިނަ ބަޔަކަށް ޢާއްމުކޮށް އެނގިފައި ނެތް ކަންކަމެވެ. މިހެންވާން ޖެހުނީ މި ކަން އެނގޭ ފަރާތްތަކުން އެ މަޢުލޫމާތު ހޯދައި އެ މަޢުލޫމާތު ޢާއްމުކުރެވިފައި ނެތުމުންނެވެ. ބައެއްކަހަލަ ވިސްނުމަކުން ވިސްނާއިރު މިކަހަލަ ބައެއް ކަންކަމަކީ އެ ކަމެއް ހޯދުމަކުން ލިބޭނެ ފަރުދީ ވަކި މޮޅެއްވެސް ނޫންނަމަ އެ ކަމެއް ނުހޯދުމަކުން ލިބޭނެ ފަރުދީ ވަކި ދެރައެއްވެސް ނެތް ކަމެއްކަމަށް ހީވެދާނެއެވެ. ނަމަވެސް އެކަން އޮތީ އެހެނެއްނޫނެވެ. އަދި ކީއްތޯއެވެ. އެފަދަ ގިނަ ކަންކަމަކީ އެ ކަންކަމާމެދު ހަމައެކަނި އިންސާނީ އަދި ތާރީޚީ ނަޡަރަކުން ބެލިކަމަށް ވިޔަސް ނުހަނު ބޭނުންތެރި ކަންކަމެވެ.
ކޮންމެ ކަމަކީވެސް އެ ކަމެއްވުމަށް މަތިވެރި ﷲ ސުބްޙާނަޙޫ
ވަތަޢާލާ އިރާދަފުޅު ކުރެއްވުމާއެކު ލަހެއްފަހެއް ނެތި އެ ކަމެއް ވެދާ ކަންކަމެވެ. މާލޭގެ
ރަސްކަމުގެ ނުފޫޛު ހުރި ބޮޑުންގެ މަދު ބޭފުޅުންކޮޅެއްގެ ރޭއްވެވުމުގެ ތެރެއިން ޙާޖީ
ބަންޑާރައިން ޝަހީދު ކުޅައުމަށްފަހު އެ ރަދުންގެ ހުންނެވި ހަމައެކަނި ދަރިކަލުން ޢަބުދުﷲ
(ފަހުން އިބްރާހީމް ފާމުލަދޭރިކިލެގެފާނު) ޤަތުލުކުރަން އުޅުމުން އެ ދަރިކަލުންގެ ސަލާމަތަށް
މަތިވެރިﷲ މެދުވެރިކުރެއްވި ފުވައްމުލަކު ދައިގަޑު ގަނޑުވަރު އަޙުމަދު މަނިކުފާނާއި
އޭނާގެ އަނބިކަނބަލުން ދިގަލެގެދަރު އާމިނާ މަނިކުފާނާއި ދެ ކަނބަލުންނަށް އެ ފުރުޞަތު
ފަހިވެގެން ދިޔުމުގައި އިންސާނީ އަސްބާބުތަކެއް ވެސް މަތިވެރި ﷲ ސުބްޙާނަޙޫ ވަތަޢާލާ
މެދުވެރި ކުރެއްވިކަމަށް ޤަބޫލު ކުރެވެ އެވެ.
ފުރަތަމަކަމަކީ،
ޙާޖީ ބަންޑާރައިންގެ ދަރިކަލުން ޢަބުދުﷲ (ފަހުން އިބްރާހީމް ފާމުލަދޭރިކިލެގެފާނު)އާއި ދައިގަޑު ގަނޑުވަރު އަޙުމަދު މަނިކުފާނާއި ދެމެދު ގިނަ ދިމަދިމާލުން އޮތް ޢާއިލީ ގުޅިވަޑައިގަތުމެވެ.
ޙާޖީ ބަންޑާރައިންގެ ދަރިކަލުން ޢަބުދުﷲ (ފަހުން އިބްރާހީމް ފާމުލަދޭރިކިލެގެފާނު)އާއި ދައިގަޑު ގަނޑުވަރު އަޙުމަދު މަނިކުފާނާއި ދެމެދު ގިނަ ދިމަދިމާލުން އޮތް ޢާއިލީ ގުޅިވަޑައިގަތުމެވެ.
ދެވަނަކަމަކީ،
ޙާޖީ ބަންޑާރައިންގެ ދަރިކަލުންގެ ސަލާމަތަށް އަތްބާރު އެޅުއްވުން އެކަށީގެންވާ މާލޭ އެތެރެކޮއިލުގައި އެ ވަގުތު އިންނެވި ޝާހީ ނުފޫޒެކެވެ. އޭރު ރަސްކަމުގެތަޚުތުގައި ރެދަލި ކުރައްވަމުން ގެންދެވި ސުލްޠާން މުޙައްމަދު މުޢިއްޒުއްދީންގެ އަނބިކަނބަލުން އާމިނާ ކަނބާފާނެވެ. މި ކަމަނާއަކީ އެ ކަމަނާގެ މަންމާފުޅާއި ބައްޕާފުޅުގެ ފަރާތްޕުޅުންވެސް ދައިގަޑު ގަނޑުވަރު އަޙުމަދު މަނިކުފާނާއި ވަރަށްގާތް ޢާއިލީ ގުޅިވަޑައިގަތުމެއް އޮތުމުގެ އިތުރަށް އަދި ޙާޖީ ބަންޑާރައިންނާ ވެސް ޢާއިލީ ގުޅިވަޑައިގަތުމެއް އޮތް ބޭފުޅެކެވެ. ޙާޖީ ބަންޑާރައިންގެ ކަންތައް ނިންމާލީ ރަސްކަމުގެ ބޮޑުންގެ މަދު ބޭފުޅުންކޮޅެއް ފިޔަވައި އެހެން ބަޔަކަށް އޭގެ ދޮން ކަޅު އަންގާނުލައި ކަމަށް ވިޔަސް ޙާޖީ ބަންޑާރައިންގެ ދަރިކަލުންގެ ކަންތައް ނިންމާލުމާ ހިސާބަށް ކަންތައް ދިޔައިރު މުޅި ދިވެހި މަސްރަޙު ވަނީ ވަރަށްބޮޑަށް ހޫނުވެފަ އެވެ.
ޙާޖީ ބަންޑާރައިންގެ ދަރިކަލުންގެ ސަލާމަތަށް އަތްބާރު އެޅުއްވުން އެކަށީގެންވާ މާލޭ އެތެރެކޮއިލުގައި އެ ވަގުތު އިންނެވި ޝާހީ ނުފޫޒެކެވެ. އޭރު ރަސްކަމުގެތަޚުތުގައި ރެދަލި ކުރައްވަމުން ގެންދެވި ސުލްޠާން މުޙައްމަދު މުޢިއްޒުއްދީންގެ އަނބިކަނބަލުން އާމިނާ ކަނބާފާނެވެ. މި ކަމަނާއަކީ އެ ކަމަނާގެ މަންމާފުޅާއި ބައްޕާފުޅުގެ ފަރާތްޕުޅުންވެސް ދައިގަޑު ގަނޑުވަރު އަޙުމަދު މަނިކުފާނާއި ވަރަށްގާތް ޢާއިލީ ގުޅިވަޑައިގަތުމެއް އޮތުމުގެ އިތުރަށް އަދި ޙާޖީ ބަންޑާރައިންނާ ވެސް ޢާއިލީ ގުޅިވަޑައިގަތުމެއް އޮތް ބޭފުޅެކެވެ. ޙާޖީ ބަންޑާރައިންގެ ކަންތައް ނިންމާލީ ރަސްކަމުގެ ބޮޑުންގެ މަދު ބޭފުޅުންކޮޅެއް ފިޔަވައި އެހެން ބަޔަކަށް އޭގެ ދޮން ކަޅު އަންގާނުލައި ކަމަށް ވިޔަސް ޙާޖީ ބަންޑާރައިންގެ ދަރިކަލުންގެ ކަންތައް ނިންމާލުމާ ހިސާބަށް ކަންތައް ދިޔައިރު މުޅި ދިވެހި މަސްރަޙު ވަނީ ވަރަށްބޮޑަށް ހޫނުވެފަ އެވެ.
haveeru.com.mv/dhivehi/maldivian_kings/127520 ގައި
އަލްފާޟިލާ ނަސީމާ މުޙައްމަދު ލިޔުއްވައިފައިވަނީ "ޣިޔާޘުއްދީން ހުންނެވި ނަވަށް
ޖަލިޔާކޮޅު ފޮނުއްވާފައި، އެމަނިކުފާނު ބަލައިފޮނުއްވީ ކަމަށް، މާލޭގައި
ތިއްބެވި ބޮޑުން ރައްޔިތުންނަށް އެންގެވިއެވެ. އަދި އެމަނިކުފާނުގެ އިސްތިޤްބާލަށް ތައްޔާރުކުރާ
ފަދައިން ރަންޖެހި ގަނޑުވަރު ތައްޔާރު ކުރެއްވި އެވެ. ދޯނިކޮޅު އެނބުރި
އައުމުން، އެ ގަނޑުވަރަށް އެމަނިކުފާނު ފައިބައިވަޑައިގަތީ ކަމަށް
މީހުންނަށް އަންގަވައި، އެ ތާނގައި ކުޅިވަރު ފެށްޓެވި އެވެ.
ރައްޔިތުންނަށް ހަޤީޤަތް ފައުޅުވީ އެއްދުވަސް ނުވަތަ ދެ ދުވަސް ފަހުންނެވެ.
މި ކަންތައް އެނގުމުން ރައްޔިތުން ނުގަބޫލުވެގެން ބޮޑުގަނޑުވަރު ދޮށަށް
އެއްވެ އަޑުގަދަ ކުރުމުން، މުޙައްމަދު ފާށަނާކިލެގެފާނު (ކުރީގެ މުޙައްމަދު
ޝަމްސުއްދީން ރަދުން) އެ ތަނަށް ނިކުމެވަޑައިގެންފައި، މިހެން ވިދާޅުވިކަމަށް
ޙަސަން ތާޖުއްދީންގެ ތާރީޚުގައި ލިޔުއްވައިފައިވެ އެވެ. "އަހުރެން
އަލްޤާޟީ މުޙައްމަދު މުޙިއްބުއްދީން ކުރެން، އައްސުލްޠާން މުޙައްމަދު
ޣިޔާޘުއްދީނާ މެދު ކަންތައް ކުރާހުށީ ކިހިނަކުންތޯ އެހީމުއެވެ. އަހުރެންނަށް
އަމުރުކުރީ ޤަތުލު ކުޅައުމަށެވެ. ދެން އަހުރެން އޭނާ ކަނޑުފެއްތީއެވެ.
އެކަމުގެ ފާފައޮތީ އޭނާއަށެވެ." ނަމަވެސް މިހެން އޭނާ ވިދާޅުވިކަން ފަނޑިޔާރު ކަލޭގެފާނު މުޙައްމަދު
މުޙިއްބުއްދީނަށް އެނގިވަޑައިގަތުމުން އޭނާ މި ވާހަކަ މުޅިން ދޮގުކުރެއްވިއެވެ." މިހެންނެވެ. (އަލްޤާޟީ
މުޙައްމަދު މުޙިއްބުއްދީން ފަނޑިޔާރު މަނިކުފާނަކީ ޙާޖީ ބަންޑާރައިންނާ
އެއްބަނޑުއެއްބަފާ ފާޠިމާ ރަނިކިލެގެފާނުގެ
ދަރިކަލުން އަލްޤާޟީ އިބްރާހީމް ސިރާޖުއްދީންގެ ދަރިކަލެކެވެ.)
ތިންވަނަކަމަކީ،
ޙާޖީ ބަންޑާރައިންގެ ދުވަސްވަރު ސުލްޠާން މުޙައްމަދު
މުޢިއްޒުއްދީން މެން އައްޑުއަތޮޅަށް ފޮނުވާލައްވާފައި ތިއްބެވިއިރު، ގިނަ ގޮތްގޮތުން
ބަލާއިރު އެ ބޭފުޅުންނާއި ދައިގަޑު ގަނޑުވަރު އަޙުމަދު މަނިކުފާނާއި އަދި އޭނާގެ ޢާއިލީ
ބޭފުޅުންނާ ވެސް ގާތް ރަޙުމަތްތެރިކަމެއް އުފެދިފައި ވުމަކީ އެކަށީގެންވާ ކަމެއްކަމަށް
ޤަބޫލު ކުރެވުމެވެ.
ހަތަރުވަނަކަމަކީ،
ޙާޖީ ބަންޑާރައިން ޝަހީދުކުޅަ ޙާދިސާ ހިންގި އިރު ދިވެހި ތަޚުތުގައި އިންނެވީ ޢުމުރުފުޅުން ގާތްގަޑަކަށް 20 އަހަރުގެ މުޢިއްޒުއްދީން ރަދުންނަށް ވިޔަސް، އެ ކަމުގެ އިސް ރޯލެއް އަދާކުރެއްވީ އޭގެ ކުރީގެ ރަދުން ޝަމްސުއްދީން(2) ކަމާއި، އެ ކަމަކީ އެ ގޮތަށް ގެންދަވަން މުޢިއްޒުއްދީން ރަދުން ބޭނުންފުޅުވި ކަމެއްނޫން ކަމަށާއި، އެ ދުވަސްކޮޅު އެ ރަދުންނަކީ ހަމަ އެކަނި ނަމެއްގައި "ހުންނެވި" ރަސްކަލެއް ކަމަށް އެ ދުވަސްވަރުގެ ގިނަބަޔަކު ޤަބޫލު ކުރެއެވެ. ރަސްކަލަކު ރަސްކަމުގެ ތަޚުތުގައި އިންނެވި ނަމަވެސް އެ ތަޚުތުގެފަހަތުން ފަރުދާގެ ފުރަގަހުން ހިނގާ ކަންކަމުގައި އެ ރަސްކަލެއްގެ މުޅި ދައުރެއް އޮވެދާނެ ނޯވެދާނެ ގޮތަކާމެދު ރަނގަޅަށް ފުންކޮށް ވިސްނައިލަން ޖެހެ އެވެ. އެފަދަ ކަންކަމެއް ހިނގާއިރު އެ ބޭފުޅަކަށް މުޅިން އެނގިވަޑައިނުގަންނަވާ މުޅިން ބޭނުންފުޅު ނުވާ ކަންކަން ވެސް ހިނގައި ނިމިފައި ހުރެ އެވެ.
ޙާޖީ ބަންޑާރައިން ޝަހީދުކުޅަ ޙާދިސާ ހިންގި އިރު ދިވެހި ތަޚުތުގައި އިންނެވީ ޢުމުރުފުޅުން ގާތްގަޑަކަށް 20 އަހަރުގެ މުޢިއްޒުއްދީން ރަދުންނަށް ވިޔަސް، އެ ކަމުގެ އިސް ރޯލެއް އަދާކުރެއްވީ އޭގެ ކުރީގެ ރަދުން ޝަމްސުއްދީން(2) ކަމާއި، އެ ކަމަކީ އެ ގޮތަށް ގެންދަވަން މުޢިއްޒުއްދީން ރަދުން ބޭނުންފުޅުވި ކަމެއްނޫން ކަމަށާއި، އެ ދުވަސްކޮޅު އެ ރަދުންނަކީ ހަމަ އެކަނި ނަމެއްގައި "ހުންނެވި" ރަސްކަލެއް ކަމަށް އެ ދުވަސްވަރުގެ ގިނަބަޔަކު ޤަބޫލު ކުރެއެވެ. ރަސްކަލަކު ރަސްކަމުގެ ތަޚުތުގައި އިންނެވި ނަމަވެސް އެ ތަޚުތުގެފަހަތުން ފަރުދާގެ ފުރަގަހުން ހިނގާ ކަންކަމުގައި އެ ރަސްކަލެއްގެ މުޅި ދައުރެއް އޮވެދާނެ ނޯވެދާނެ ގޮތަކާމެދު ރަނގަޅަށް ފުންކޮށް ވިސްނައިލަން ޖެހެ އެވެ. އެފަދަ ކަންކަމެއް ހިނގާއިރު އެ ބޭފުޅަކަށް މުޅިން އެނގިވަޑައިނުގަންނަވާ މުޅިން ބޭނުންފުޅު ނުވާ ކަންކަން ވެސް ހިނގައި ނިމިފައި ހުރެ އެވެ.
ޙާޖީ ބަންޑާރައިން ޝަހީދު ކުޅައުމުގެ ކަންތައް ހިންގިތާ
ގިނަ ދުވަހެއްނުވެ އެ ބަންޑާރައިންނާއި އެއްބަނޑު އެއްބައްޕަ ކޮއްކޯފުޅު
ސަންފާ ރަންދި ކަނބާފާނުގެ ދަރިކަނބަލުން އާމިނާދީދީ(ދޮންބީނާގޭ
އާމިނާދީދީ) އާއި މުޢިއްޒުއްދީން ރަދުން ކައިވެނިފުޅު ކުރެއްވި އެވެ.
މިކަމުގައި ރަދުންގެ އެންމެބޮޑު ބޭނުންފުޅަކަށް ވުން އެކަށީގެންވަނީ ޙާޖީ ބަންޑާރައިންގެ
ކަންތައް ހިންގިގޮތުން މުޅި ރާއްޖެ ކެކިގެންގޮސް ހޫނުވެފައިވާތީ މަސްރަޙު ފިނިކުރައްވައި
އަމާން ވެށްޓެއް ޤާއިމުކުރެއްވުން ކަމަށް އެ ދުވަސްވަރުގެ މަސްރަޙު
ދިރާސާކުރައްވާ ގިނަ ފަރާތްތަކުން ދެކިވަޑައިގަންނަވަ އެވެ. މިހެންވުމުން ޙާޖީ ބަންޑާރައިންނާ
ގުޅިވަޑައިގަންނަވާ އެ ދުވަސްވަރުގެ ނުފޫޒު ގަދަ ދެ ޢާއިލާއެއްކަމަށްވާ ދިޔަމިގިލީ ޢާއިލާއާއި
އިސްދޫ ޢާއިލާގެ ހޫނުކަން ކުޑަވެ "ތާފަނާ" ކަމެއް
އަންނާނެ ކަމަށް ވެސް ޤަބޫލު ކުރެވެ އެވެ.
ފުވައްމުލަކު ދައިގަޑު ގަނޑުވަރު އަޙުމަދު މަނިކުފާނާއި
އޭނާގެ އަނބިކަނބަލުން ފުވައްމުލަކު "ދިގެލެގެދަރު" އާމިނާ މަނިކުފާނަކީ
ޙާޖީ ބަންޑާރައިންގެ ދަރިކަލުން (އިބްރާހީމް ފާމުލަދޭރި ކިލެގެފާނު) ވަރަށްބޮޑަށް ލޯބިފުޅުވި
އަދި އިޙުތިރާމްކުރެއްވި ދެކަނބަލުންނެވެ. އެ ދެ ކަނބަލުންވެސް އެހާ ބޮޑަށް ޙާޖީ ބަންޑާރައިންގެ
ދަރިކަލުން ދެކެ ލޯބިފުޅުވެ އެވެ. އެ މަނިކުފާނު ފުވައްމުލަކަށް ގެންދެވުމަށްފަހު އެރަށުގައި
ތިއްބެވި ފުންނާބު އުސް މޮޅު އެކިއެކި ޢިލްމުވެރިން ލައްވައި އެ މަނިކުފާނަށް ޢިލްމު
އުނގަންނަވައި ދެއްވި އެވެ. "މުލަކު ދިގަލަގެދަރު އާމިނާ މަނިކެފާނު ފެނުކައްކައި
ނުކައި އެއްލާލައިފައި އޮންނަ ކަހަނަލަކޮޅެއް ވެސް، ދިވެހި ރަސްކަމަށްވުރެ،
އަޅުގަނޑަށް މާ ރަނގަޅެވެ." މިގޮތަށް ޙަސަން
ނޫރައްދީން(1) ރަދުންގެ އަރިހުގައި ޙާޖީ ބަންޑާރައިންގެ ދަރިކަލުން ދެންނެވުމުން ވެސް
އެއިން އެނގޭ އެއްކަމަކީ އެ މަނިކުފާނު ތުއްޕުޅު އިރުއްސުރެ ގެންގުޅުއްވި ދެކަނބަލުން
ދެކެ އެމަނިކުފާނު ލޯބިފުޅުވާ މިންވަރެވެ. ދެން އެނގޭ އެއްކަމަކީ އެހާތަނަށް އައި އިރު
އަޙުމަދު މަނިކުފާނު ދުނިޔޭގައި ނެތްކަމަށްވީ ނަމަވެސް އާމިނާ
މަނިކެފާނު ދުނިޔޭގައި އިންނެވި ކަމެވެ.
ޙާޖީ ބަންޑާރައިންގެ ދަރިކަލުން އަވަހާރަވުމާއި
ހަމައަށް ވެސް އާމިނާ މަނިކުފާނުގެ މައިފުނު ގެ "ދިގެލެގެދަރު"ގައި އެ މަނިކުފާނަށް
ޚާއްޞަ ކަންކަމަކާއި ޚާއްޞަ އެއްޗެހިކޮޅުތަކެއް ވެއެވެ. އެނދު ދާންކޮޅަކާއި އުނދޯލިކޮޅަކާއި
ސަރަންފީ ގޮޑިކޮޅަކާއި އެހެން ބައެއް އެއްޗެހިކޮޅު "ދިގެލެގެދަރު"ގައި އެ ވަނީ
އެގޭގެ ބޭފުޅެއްކަމަށްވާ އާމިނާ މަނިކުފާނުގެ ބޭފުޅެއްގެ މަޤާމް އެ މަނިކުފާނަށް އެރުވިފައިވާތީ އެވެ.
ނަމަވެސް އެ މަނިކުފާނު ހުންނެވީ "ދިގެލެގެދަރު"
ގެއަކު ނޫނެވެ. ދައިގަޑު ގަނޑުވަރު އަޙުމަދު މަނިކުފާނާއި ދިގެލެގެދަރު
އާމިނާ މަނިކުފާނާ ދެކަނބަލުންގެ ގޭގަ އެވެ.
ޙާޖީ ބަންޑާރައިންގެ ދަރިކަލުން އިބްރާހީމް ފާމުލަދޭރިކިލެގެފާނު
ބޮޑުފުޅުވުމުން، ދައިގަޑު
ގަނޑުވަރު އަޙުމަދު މަނިކުފާނާއި އެއްބަނޑުއެއްބަފާ ދައިގަޑު ގަޑުވަރު ޢާއިޝާ މަނިކުފާނުގެ
ދަރިކަނބަލުން މަރިޔަމް މަނިކުފާނާ އެ މަނިކުފާނު ކައިވެނިފުޅު ކުރެއްވުމަށް
އަޙުމަދު މަނިކުފާނުގެ ދެ ކަނބަލުން އެދިވަޑައިގަތުމާ އެކު އެ ކައިވެނިފުޅު ކުރެއްވި އެވެ. އެއީވެސް
އެ ބޭފުޅުންގެ ޢާއިލީ ލޯބިފުޅު އިތުރަށް ދެމެހެއްޓެވުމުގެ ބޭނުންފުޅުގަ އެވެ.
ދައިގަޑު ގަޑުވަރު އަޙުމަދު މަނިކުފާނު އަވަހާރަވުމުން
އޭނާގެ ޖަނާޒާގެ ކަންތައްތައް ގެންދެވީ ޙާޖީ ބަންޑާރައިންގެ
ދަރިކަލުން އިބްރާހީމް ފާމުލަދޭރިކިލެގެފާނުގެ ބެއްލެވުމުގެ ދަށުންނެވެ. ފުވައްމުލަކު
އަލްގެދަރު މިސްކިތުގެ ޤަބުރުސްތާނުގައި ދައިގަޑު ގަނޑުވަރު ބޭފުޅުންނަށް ޚާއްޞަ ބިސްތާނެއް
ހުރިއިރު އެ ތާނގައި އަޙުމަދު މަނިކުފާނު ފަސްދާނު ނުލައްވައި އޭނާ ފަސްދާނުލެއްވީ ފުވައްމުލަކު
ހުކުރުމިސްކިތުގެ ޤަބުރުސްތާނުގެ ބިސްތާނައިގަ އެވެ. އަދި އޭގެ ފަހުން އިބްރާހީމް ފާމުލަދޭރިކިލެގެފާނު
އަވަހާރަވުމުން ކިލެގެފާނު ފަސްދާނުލެއްވީ ވެސް އަޙުމަދު މަނިކުފާނުގެ މަހާނަފުޅާއި
ޖެހިގެން އެ ބިސްތާނައިގަ އެވެ.
މަތިވެރި ﷲ ދައިގަޑު ގަނޑުވަރު އަޙުމަދު މަނިކުފާނުގެ
ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ދަރަޖަ ދެއްވާށިއެވެ. އާމީން!
------------------
ޢަބުދުﷲ ޙިލްމީ
މަޢުލޫމާތުގެ ޙިއްޞާ:
އަޙުމަދު ނާޞިޙު ޢަންބަރީވިލާ/ ސ. މީދޫ
އަޙުމަދު މުޖްތަބާ އުނިސާރިގެ/ ސ. މީދޫ
ޢަލިދީދީ ވިދުވަރުގެ/ ފުވައްމުލައް