
ބެންޗަކީ ބައެއްކަހަލަ ކުޅިވަރުތަކުގައި އެކަކަށްވުރެ ގިނަމީހުން ނުވަތަ ޓީމެއްކުޅޭނަމަ، އެޓީމެއްގައި ހިމެނޭ ބަދަލު ކުޅުންތެރިންނާއި އެޓީމެއްގެ ކަންތައް ބަލަހައްޓާމީހުން ދަނޑުންބޭރުގައި ނުވަތަ ކުޅެން ހަމަޖެހިފައިވާ އިމުގެ ބޭރުގައި އިށީނދެގެން ތިބޭ ގޮނޑި، ދިގުގޮނޑި ފަދަ އެއްޗެހިކަމަށް ބުނެވެއެވެ.
ބޮޑުއޮޑީގެ އެކި ދިމާލުން އެކި ކަންކަން ކުރައްވާގޮތުން ރައްޔިތުންގެ ފައިސާއިންކުރެވޭ ޚަރަދުތައް އެތައް ގުނަޔަކަށް ބޮޑުވެ އޭގެ ހިސާބުބަލާ މެޝިންތަކަށް ނުކުޅަދާނަވެގެން ގޮސް ރައްޔިތުމީހާގެ އަނގަޔާއި އަތާއި ދެމެދަށް އެކަމުގެ ދަތިތައް ވަދެގެންއުޅޭ ވާހަކަ އިވެމުންދިޔައެވެ. އޭގެ އެއްއަޑަކީ އެޓޯލްސްގެ ބެންޗްޓީމުގެ ކުޅުންތެރިންގެ މަހުމުސާރައާއި ޖޯޒީއާއި ފަރސްޓް އެއިޑާއި މެޗު ޕްރެކްޓިހާއި ކުޅުންއޮންނަ ގަޑީގެ ފެންފުޅިއާއި ޖޫހާއި ބިސްކޯދާއި މިކަންކަމަށް ފައިސާގެ ޚަރަދުތަކެއް ހިނގަމުންދާތީ ރައްޔިތުމީހާގެ އަނގަޔާއި އަތާއި ދެމެދަށް މިތަކެތި ވަދަގެންއުޅޭ އަޑެވެ. އެޓޯލްސްގެ ބެންޗުގައި ތިބޭ ގިނަ ކުޅުންތެރިންނަކީ ގިނަ މެޗަށް ދަނޑަށްއަރުވައި ކުޅުވާ ބަޔެއްނޫންކަމަށް ވެސް އަޑުތައް އިވެމުން ދިޔައެވެ. މެޗަށް ނާރުވަނީ އެކުޅުންތެރިންގެ ފިޓްނެސް ނެތީމާކަމަށްވެސް ވެދާނެއެވެ.
ބުނެވެނީ އެޓޯލްސްގެ ބެންޗުޓީމުން ފެންނަމުން ދިޔަ ގިނަ ކުޅުންތެރިން ކުޅެއުޅުނީ ރާއްޖޭގައި ބޯޅަދަނޑުތައް ހަދައި އެތަންތާނގައި އިންސާނުން ކުޅެއުޅެމުގެ މާކުރިން ކަމަށެވެ. މިހެންމެ، ކުޅެއުޅުނު ބަޔަކު ކުޅެއުޅުނީވެސް ދަނޑުބިންތަކާއި ރާޅުޖަހާފަށުން ގޮނޑުދޮށުގައެވެ. އެހެންވީމާ އެޓޯލްސްގެ ބެންޗުޓީމު ދަނޑަށް އެރުވިއެއްކަމަކު މިހާރުގެ ކުޅުންތެރިންނާ އެކީ ހިފަހައްޓާލެވެންވެސް ނޯންނާނެތާއެވެ. މިހެން މިކަންއޮތްއިރު އެއްވެސްޓީމެއްގެ ބެންޗުގައި ބަޔަކު ބައިތިއްބައިގެން އެބައިމީހުންނަށް ރައްޔިތުންގެ ފައިސާތަކެއް ޚަރަދުކުރުންވާނީ ކޮންކަހަލަ ކަމަކަށްހެއްޔެވެ. އެއީ ރައްޔިތުންގެ ގިނަމީހުން ރުހޭކަމަކަށް ވާނެހެއްޔެވެ. ނުވާނެއެވެ.
އެޓޯލްސްގެ ބެންޗްޓީމަށް އެންމެބޮޑަށް ފާޑުވިދާޅުވި ބޭފުޅުންވެސް ވިދާޅުވަމުންގެންދެވީ ބަޔަކަށް ފައިސާތަކެއް ދިނުމުގެ ބޭނުމުގައި ބަޔަކު ހަމަ ގެންގުޅެނީކަމަށެވެ. އެބަޔަކީ ކަމަށްޤާބިލް އަދި ކަމަކަށްވާ ކަމެއްކުރެވޭނޭ ބަޔެއްނޫން ނަމަވެސް ކަމެއްނެތް ނަމެއްގައި ގިނަ ފައިސާތަކެއް އިސްރާފުކުރަނީ ކަމަށެވެ. ވެރިކަމުގެފަރާތަށް ބޯގިނަކޮށް ވެރިކަމުގެ ބާރުގަދަކޮށް ވެރިކަމުގެ ބޮޑުންނަށް ސަނާކިޔައި އަދަބު ތަޢުޡީމުގައި ބަޔަކު ގެންގުޅެނީ ކަމަށެވެ. އެއީ އެއްގޮތަކަށް ވެސް ރައްޔިތުންގެ ފައިސާތަކެއް ހޭދަކޮށްގެން ކޮށްގެންވާނޭ ކަމެއްނޫން ކަމަށެވެ. ރައްޔިތުންގެ އެހާގިނަ ފައިސާތަކެއް ވެރިން ހިތުހުރިކަމަކަށް ހިތުހުރިގޮތަކަށް ޚަރަދުކޮށްގެން ނުވާނޭކަމަށެވެ.
އެޓޯލްސްގެ ބެންޗުޓީމުގައި ތިބި ފޯވާޑުންނާއި މިޑްފީލްޑަރުންނާއި ޑިފެންޑަރުންނާއި ކީޕަރުންނާއި ކައްޕީންގެ ތެރެއިން އޭރު އެންމެގިނަ ދިމާލުން އަޑުއިވުނު ނަންތަކަކީ ސްޕެޝަލް ޑިއުޓީ އޮފިސަރުންނާއި ރާއްޖެތެރޭގެ ވަކީލުންނާއި ރާއްޖެތެރޭގެ ޚާއްޞަ އެހީތެރިންނާއި އަތޮޅުއޮފީހުގެ އެހީތެރިންނާއި އޮފީސް އެސިސްޓެންޓުންގެ ނަމެވެ. މިއީ ރައްޔިތުންގެ ފައިސާ ބޭކާރުގޮތުގައި ޚަރަދުކުރާ ފައިސާގެ އިސްރާފުބޮޑު ފަރާތްތައްކަމަށް އަޑުއިވެމުން ދިޔައެވެ.
އޮނަތިރީހުގެ
ފަހަތަށް އޮންނަ ތިރީހުގެ އަހަރުތައް ނިމުމުން ދެން ގުނަންފެށުނު އަހަރުތަކާއެކީ
ބޮޑުއޮޑީގެ ހަފޮޅުން އެތެރޭގެ ބާރުގަދަ ހިސާބުގައި ތިއްބެވި ރައްޔިތުންގެ ފައިސާ
އިސްރާފުކުރުމަށް ބޭނުންފުޅުނުވާ ބައެއް ފަރާތްޕުޅުތަކުން ރައްޔިތުންގެފައިސާ
އިސްރާފުކުރެވޭ ދިމަދިމާލަކީ ކޮބައިތޯ ބެއްލެވިއެވެ. އޭރު އެޓޮލްސްގެ އިސްރާފު
ބެންޗުޓީމުވަނީ އެކުޅުންތެރިއެއްގެ އައިޑީގައިއޮތް އަތޮޅެއްގެ އަތޮޅު އެސޯސިއޭޝަންގެ
ބެންޗަށް ބަދަލުކޮށްފައި ކަމުގެ އަޑުއިވެމުން ދިޔައެވެ. އަދި ކޮންމެ ފޮޔެއްގެ ހުކުރު
ހޮނިހިރު ފިޔަވައި ޢާއްމުކޮށް ކޮންމެ ދުވަހަކުމެ ކުޅެންޖެހޭ މެޗުގެ ކޮންމެވެސް
ހިސާބަކުން ނުކުޅެ ބެންޗުގައި އެއްވެސް ކުޅުންތެރިއަކު އިށީނދެގެން
ނުތިބެވޭ ގޮތަށެވެ.
ރައްޔިތުންގެ ފައިސާ
އިސްރާފުކުރާ ބެންޗުޓީމުގެ ކުޅުންތެރިން މެޗަށް ނާރުވައި ދޫކޮށްލުމުގެ
މަސައްކަތްފެށުނީ ޤައުމަށްޓަކައެވެ. ރައްޔިތުންނަށްޓަކައެވެ. ކަމެއްނެތް
ނަމެއްގައި ރައްޔިތުންގެ ފައިސާއިން ބޮޑެތިބޮޑެތި މުސާރަދީފައި ބަޔަކު
ބައިތިއްބުމަކީ ހެޔޮވާވަރުގެ ކަމަކަށް ނުވުމުންނެވެ. މިހެންވުމުން އެކަމަށްޓަކައި
ވިސްނަންޖެހޭ ބަޔަކު އެކަމަށް ވިސްނުމަކީވެސް ނެތްކަމެއް ނޫނެވެ. އޮތް ކަމެކެވެ.
ވިސްނަންޖެހޭ ބަޔަކު އެކަމަށް ވިސްނަންޖެހޭވެސް މެއެވެ. ކޮޅުނެތްކޮޅަށް
ރައްޔިތުންގެ ފައިސާ އިސްރާފުވާތީއެވެ. ފުރަތަމަބެލީ ބެންޗުޓީމުގެ ކުޅުންތެރިންނާ ބެހޭ
ޑިސިޕްލިންގެ ނުވަތަ ކޮރަޕްޝަންގެ މައްސަލައެއް ކުޅުމުގެ އިދާރާއަށް ހުށަހެޅި
ނުނިމި އޮތްތޯއެވެ. އަތޮޅު އެސޯސިއޭޝަންގެ ބޮޑުމީހާއާއި ފޯނުން ގުޅައިގެންނެވެ.
ބޮޑުމީހާ އެކަން ބެއްލެވިއެވެ. ބެއްލެވި ގޮތަކަށެވެ. އެގޮތަކީ ކޮބައިކަމެއް
ނޭނގެ އެވެ. ބޮޑުމީހާ އޭނާ ޖަވާބުދެއްވަން ޖެހިވަޑައިގަންނަވާ ފަރާތަށް
ޖަވާބުދެއްވިކަމަށް ވަނީ ކުޅުންތެރިއަކާ ބެހޭ އެފަދަ ކަމެއް ހުށަހެޅި މިހާތަނަށް
ނުނިމިނެތް ކަމަށެވެ.
މިހާވަރަކުން
އަދި ނުނިމުނެވެ. ދެން ބޮޑުމީހާއަށް ޖެހިވަޑައިގަތީ އެސޯސިއޭޝަންގެ ޢާއްމު ފެކްސް
މެޝިނާއި ވަކިން ބޮޑުމީހާގެ މޭޒުމަތީ އޭނާއަށް ޚާއްޞަ ފެކްސް މެޝިނެއްގެކައިރީ
އިންނަވައިގެން އޭގެތެރެއިން ނުކުތް އަމުރުމަޢުރޫފުގެ ހޫނުކަން
އަލިފާނަށްވުރެ ގަދަ ބޮޑުއޮޑީގެ އިސްފަޑީގެ ބޮޑުވެރިޔަކު ސޮއިކުރެއްވި ލިޔުމަކަށް
އަވަސް މަގަކުން ޖަވާބެއް ދެއްވާށެވެ. އޭގައިވަނީ އާދަކޮށް ފުލްޓީމަށް
ކުޅުނު ނަމަވެސް އެލިޔުމުގައި ފާހަގަކުރާ ބެންޗު ކުޅުންތެރިންގެ
އެއްވެސް މައްސަލައެއް ހުށަހެޅިފައިވާ ނަމަވެސް، ނުނިމިވާ ނަމަވެސް، އަދި އެކުޅުންތެރިންނާ މެދު ހިތްހަމަ ނުޖެހުމެއްވާ ނަމަވެސް، ލަސްނުކޮށް
އަވަހަށް އެންގުމަށެވެ.
މޫސަބޭ
ކުޅެއުޅުނު އަތޮޅު އެސޯސިއޭޝަންގެ ބޮޑުމީހަކަށް އޭރު ހުންނެވީ ތަންކޮޅެއް ލަފާދާރު
ބޭކަލެކެވެ. ކުޅުންތެރިންނަށާއި މޫސަބެއަށްވެސް ކުލުނުހުރި ވަރަށްހެޔޮ
މީހެއްކަމަށް މޫސަބޭ ދެކެއެވެ.
އެއްދުވަހަކު ބޮޑުމީހާގެ ޖަގަހައަށް ވަންނަންޖެހޭ ކަމެއް ދިމާވެ މޫސަބޭ އެޖަގަހައަށް ވަނުމުން ވަރަށް ދެރަވެލައްވާފައި އެއްކަލަ ލިޔުން ދައްކަވަމުން ބޮޑުމީހާ ބުނުއްވީ މިލިޔުމަށް ޖަވާބުދޭން ޖެހިއްޖެއެވެ. ކަން އޮތްގޮތަށް ކަމުގެ ޙަޤީޤަތާއި އެއްގޮތަށެވެ. ޙަޤީޤަތާއި އެއްގޮތް ޖަވާބަކީ ކުރިންވެސް ބޮޑުމީހާ ދެއްވަމުން ގެންދެވި ޖަވާބެވެ. ހުރިހާ ވާހަކައަކާއި ހުރިހާ ކަމަކާއި އެއްކޮށް ކަނޑައި ގުނަ ގެއްލީމާވެސް ނުކުންނަ ޖަވާބެވެ. "ކުޅުންތެރިންގެ ކަމެއް ނެތޭ" މިހެންނެވެ.
އެއްދުވަހަކު ބޮޑުމީހާގެ ޖަގަހައަށް ވަންނަންޖެހޭ ކަމެއް ދިމާވެ މޫސަބޭ އެޖަގަހައަށް ވަނުމުން ވަރަށް ދެރަވެލައްވާފައި އެއްކަލަ ލިޔުން ދައްކަވަމުން ބޮޑުމީހާ ބުނުއްވީ މިލިޔުމަށް ޖަވާބުދޭން ޖެހިއްޖެއެވެ. ކަން އޮތްގޮތަށް ކަމުގެ ޙަޤީޤަތާއި އެއްގޮތަށެވެ. ޙަޤީޤަތާއި އެއްގޮތް ޖަވާބަކީ ކުރިންވެސް ބޮޑުމީހާ ދެއްވަމުން ގެންދެވި ޖަވާބެވެ. ހުރިހާ ވާހަކައަކާއި ހުރިހާ ކަމަކާއި އެއްކޮށް ކަނޑައި ގުނަ ގެއްލީމާވެސް ނުކުންނަ ޖަވާބެވެ. "ކުޅުންތެރިންގެ ކަމެއް ނެތޭ" މިހެންނެވެ.
ދިޔަތާކަށް
އަތޮޅު އެސޯސިއޭޝަންގެ ބޮޑުމީހާގެ ޖަވާބު ހިނގައްޖެއެވެ. އެއްކަލަ އިސްރާފު ބޮޑު
އެޓޯލްސްގެ ބެންޗް ޓީމް ކޮންމެ ދުވަހަކުމެ ފުލްމެޗަށް އެބަ ކުޅެއެވެ. ނަމަވެސް ބޮޑުއޮޑީގެ އިސްފަޑީގެ ބައެއް ދިމަދިމާލުން އެމީހުން ކުޅުމަކަށް ބޭނުމެއް ނުވެއެވެ.
މާބޮޑުކަމެއްނެތި ކަނޑައެޅިގެން ބަޔަކަށް މުސާރައެއް ދިނުމުގެ ބޭނުމުގައި މަޤާމްތަކެއް
ހަދަހަދައިގެން ބަޔަކު ލައްވައިގެން ރައްޔިތުންގެ ފައިސާއިން އެމީހުންނަށް
މުސާރަދިނުމަކީ އިންސާނުންނޭ ކިޔާ ބަޔަކު ކުރަން ހެޔޮވެގެންވާ ކަމަކަށްނުވާތީއެވެ. އެއީ
ތެދެކެވެ. އެއްގޮތަކަށްވެސް އެހެންވެގެން ނުވާނެއެވެ.
ދެންއައީ
ހަރުދަނާ އީމާންތެރި ކަމަށް ކަމޭހީކުރާ އުޞޫލެވެ. މިއުޞޫލުން ނޫން އެއްވެސްގޮތަކުން އެކަން ހަމަޖެހެން ނެތީމައެވެ. ބެންޗުޓީމަށް ރައްޔިތުމީހާމެންގެ
އިސްރާފު ފައިސާ ކޮންމެހެން ހޭދަކުރަން ބޭނުންނުވާތީ ޑިސިޕްލިނަކުން
ކޮރަޕްޝަނަކުން އީމާނަކުން އިޙުސާނަކުން އެކަން ހުއްޓުވޭނޭ އެއްވެސްމަގެއް
ނުފެނުމުން އެންމެފަހުން ހެދިގޮތަކީ ބެންޗުޓީމުގެ ކުޅުންތެރިން ދަނޑުގައި ކުޅޭ
މަޤާމްތައް އުވާލީއެވެ. އޭގެ އިތުރަށް ބެންޗުވެސް ރޫޅާލީއެވެ. ފޯވާޑުންނާއި
މިޑްފީލްޑަރުންނާއި ޑިފެންޑަރުންނާއި ކީޕަރުންނާއި ކައްޕީން ނެތި ފުޓްބޯޅަ
ކުޅެވޭނެގޮތެއް ނޯންނާނެތާއެވެ. އެބައި ނިންމާލީ ޤައުމަށްޓަކައެވެ. އެނަމުގައެވެ.
ރައްޔިތުންނަށްޓަކައެވެ. އެނަމުގައެވެ. ރައްޔިތު މީހާމެންނަށް ހެވަކަށެވެ. އެނަމުގައެވެ. ހެޔޮ ވިސްނުމުގައެވެ. އެނަމުގައެވެ. އެބައިމީހުންގެ ފައިސާއިން އިސްރާފު ނުކުރަންވެގެންނެވެ.
މިހުރިހާކަމެއް ކުރީ ހަމަ ނަމެއްގައެވެ.
ރަނގަޅު
ނިންމުމެކެވެ. އެއީ ރައްޔިތުންގެ ފައިސާ ރައްކާތެރިކޮށް ބެލެހެއްޓުމާއި
ބޭކާރުގޮތުގައި އެފައިސާ އިސްރާފުގެ މަގުން ހޭދަ ނުކުރުމަށެވެ. މިހެނީ ކަމެއްނެތް
ހަމައެކަނި ނަމެއްގައި ކަނޑައެޅިގެން ބަޔަކަށް މުސާރަދިނުމުގެ ބޭނުމުގައި
އޮފީސްތަކާއި މުއައްސަސާތަކާއި އެކި ތަންތަނާއި މަޤާމްތަކެއް ހަދަހަދައިގެން
ބަޔަކު ލައްވައިގެން ރައްޔިތުންގެ ފައިސާއިން އެމީހުންނަށް މުސާރަދިނުމަކީ
އެއްވެސްމީހަކު ކޮށްގެންނުވާނޭ ކަމެކެވެ. އެއީ ހަމަ ރަނގަޅު ގޮތެކެވެ.
އެހެންވެގެން ނުވާނެއެވެ. އެއީ އެއްވެސްޒަމާނެއްގައި ދިވެހިރައްޔިތުންގެ
ގިނަމީހުން މަރުޙަބާ ކިޔާނޭ ކަމެއްނޫނެވެ. އެމީހުން އެދޭނޭ ކަމެއްނޫނެވެ. އަދި
އިންޞާފެއްވެސް ނޫނެވެ.
------------------------
ޢަބުދުﷲ ޙިލްމީ
15 އޮކްޓޫބަރ 2009މ.
ޢަބުދުﷲ ޙިލްމީ
15 އޮކްޓޫބަރ 2009މ.