މާވާގަނޑުވަރު މަރިޔަމް ދީދީގެ ޢާއިލާ:
1.5ގައިވާ ކުޑަ
މުޙައްމަދު ދީދީ (އަލްވަޒީރުލް އަޢުޒަމް މުޙައްމަދު ރަންނަބަނޑޭރި ކިލެގެފާނު)
މި މުޙައްމަދު
ދީދީ ނުވަތަ ކަކާގޭ ކުޑަ މުޙައްމަދުދީދީ އަކީ ކަކާގޭ ޢަލީ ރަންނަބަނޑޭރި
ކިލެގެފާނާއި މާވާގަނޑުވަރު ޙުސައިންދީދީގެ ދޮންދީދީ ގެ އެންމެ ހަނގު
ދަރިކަލުންނެވެ. މި މުޙަންމަދު
ރަންނަބަނޑޭރި ކިލެގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖްރީ ސަނަތުން 1262
ގައެވެ.
މި ކިލެގެފާނުގެ މަންމަ ދޮންދީދީ ގެ ފަރާތުންނާއި ބައްޕަ ޢަލީ ރަންނަބަނޑޭރި
ކިލެގެފާނުގެ ފަރާތުން ދިޔަމިނގިލީ އިބްރާހިމް ރަސްގެފާނުގެ ޢާއިލާ އާއި ގުޅެއެވެ.
ކަކާގޭ މުޙައްމަދު ރަންނަބަނޑޭރި ކިލެގެފާނުން ސަރުކާރަށް ޚިދުމަތް ކުރައްވަން
ފެއްޓެވީ މުސްކުޅި ބަންޑާރައިންގެ ރަސްކަމުގައެވެ. މި މުޙައްމަދު ދީދީ އަށް ވަނީ ރަންނަބަނޑޭރި
ކިލެގެފާނު ކަމަށް ކޮލި ލެވިފައެވެ. ކަކާގޭ ފަރާތުން ބޮޑު ވަޒީރުކަން ކުރެއްވި
އެންމެ ފަހު ބޭފުޅަކީ ވެސް މި މުޙައްމަދު ރަންނަ ބަނޑޭރި ކިލެގެފާނެވެ. އަދި
ސިޔާސީ ގޮތުން ކަކާގެ އާއި އަތިރީގެ އެންމެ ބޮޑަށް ޖެހުނު ދުވަސްވަރު އަދި
މާލޭގައި ބޮޑު ހުޅުޖެހި ދުވަސްވަރު ބޮޑު ވަޒީރު ކަމުގައި ހުންނެވީ މި
ރަންނަބަނޑޭރި ކިލެގެފާނެވެ. މި
ކިލެގެފާނުން ވަނީ އެކު ޖުމްލަ 3 ފަހަރެއްގެ މަތީން ބޮޑު ވަޒީރުކަން
ކުރައްވާފައެވެ. ކަކާގޭ މުޙައްމަދު ރަންނަބަނޑޭރި ކިލެގެފާނުން އަވަހާރަވީ
ހިޖްރައިން 1321 ވަނަ އަހަރުގެ ރަބީޢުލް އާޚިރު މަހުގެ 26 ވަނަ ދުވަހުގައެވެ.
ފަސްދާނުލެވިފައިވަނީ މާލޭ ހުކުރު މިސްކިތު ގަބުރުސްތާނުގައެވެ.
ކަކާގޭ
މުޙައްމަދު ރަންނަ ބަނޑޭރި ކިލެގެފާނުގެ ބޭފުޅުންނަކީ:
1.5.1 އެއްގަމުގޭ ގޮމާ (މަންމައަކީ މާންދޫ ގަނޑުވަރު މެދުގޮމައެވެ.)
1.5.2 ޢައިޝަތުދީދީ (މަންމަ އަކީ ކުޑަ އެދުރުގޭ ޙަސަން ކަލޭގެފާނުގެ
ރަންފުޅުގެ ދޮންދީދީ އެވެ.)
1.5.3 ފާޠިމަތު މުޙައްމަދުދީދީ (މަންމައަކީ ވެލިދޫގޭ ދޮންދީދީ އެވެ.)
1.5.4 އަޙުމަދު މުޙައްމަދުދީދީ ( " " )
1.5.1 ގައިވާ އެއްގަމުގޭ ގޮމާ (ކިލެގެފާނުގެ ގޮމާ)
މި ގޮމަޔަށް ލިބިވަޑައިގެންނެވި ބޭފުޅުންނަކީ:
1.5.1.1 ތިއްތި ގޮމާ (ދަރިކޮޅުނެތި އަވަހާރަވެފައި)
1.5.1.2 ތުއްތު ގޮމާ (ދަރިކޮޅުނެތި އަވަހާރަވެފައި)
1.5.2 ގައިވާ ޢައިޝަތުދީދީ ވަނީ ތުއްޕުޅު އިރުގައި އަވަހާރަވެފައެވެ.
1.5.3 ގައިވާ ފާޠިމަތު މުޙައްމަދުދީދީ
މި ފާޠިމަތުދީދީ ކައިވެނި ކުރެއްވީ ޢަބްދުﷲ ކަމާލުއްދީން ބަންޑާރަ ނައިބު
މަނިކުފާނާއިއެވެ. މި ކައިވެނީން ލިބިވަޑައިގެންނެވި ބޭފުޅުންނަކީ:
1.5.3.1 މަރިޔަމް ޖަމީލް
1.5.3.2 މޫސާ ޖަމީލް
1.5.3.3 ޙައްވާ ޖަމީލް
1.5.3.4 ޒުލައިޚާ ޖަމީލް
1.5.3.1 ގައިވާ މަރިޔަމް ޖަމީލް
މި މަރިޔަމް
ޖަމީލް (މަރިޔަމްދީދީ) ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ މީލާދުން 1931 ވަނަ
އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުގައެވެ. މި މަރިޔަމް ޖަމީލް ކައިވެނި
ކުރެއްވީ ކުއްޅަވައް ޢަލިދީދީގެ މުޙައްމަދު ދީދީ އާއި އެވެ. މި ކައިވެނިން
ލިބިވަޑައިގެންނެވި ބޭފުޅުންނަކީ:
1.5.3.1.1 އަޙްމަދު ޢާޠިފް (އުފަންވީ 1969 ގައި)
1.5.3.1.2 މަދީޙާ މުހައްމަދު ދީދީ (އުފަންވީ 1961 ގައި)
1.5.3.1.3
ސަޢީދާ މުޙައްމަދު ދީދީ (އުފަންވީ 1963 ގައި )
1.5.3.1.4
ޢާއިޝަތު މުޙައްމަދު ދީދީ (އުފަންވީ 1951 ގައި)
1.5.3.1.5
އާމިނަތު މުޙައްމަދު ދީދީ (އުފަންވީ 1955 ގައި)
1.5.3.1.4
މަސްޢޫދާ މުޙައްމަދު ދީދީ (އުފަންވީ 1967 ގައި)
1.5.3.1.5
މުއްސިދާ މުޙައްމަދު ދީދީ (އުފަންވީ 1968 ގައި)
1.5.3.1.6
ނަޝީދާ މުޙައްމަދު ދީދީ (އުފަންވީ 1960 ގައި)
1.5.3.1.7
އިބްރާހިމް ޒައިދު (އުފަންވީ 1971 ގައި)
1.5.3.2 ގައިވާ
މޫސާ ޖަމީލް ދީދީ
މޫސާ ޖަމީލް ކައިވެނި ކުރެއްވީ މައިމޫނާ
ވަޖީހުއާއި އެވެ. މި ކައިވެނިން ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން
ދުނިޔޭގައި ތިއްބެވި ބޭފުޅުންނަކީ:
2.5.2.3.1
އަޙްމަދު ޝާހިދު ޖަމީލް (އުފަންވީ 1960 ގައި)
2.5.2.3.2
ޢަބްދުﷲ ޝާހިދު (އުފަންވީ 1962 ގައި)
2.5.2.3.3
މުޙައްމަދު ޝާހިދު (އުފަންވީ 1959 ގައި)
1.5.3.3 ގައިވާ
ޙައްވާ ޖަމީލް ދީދީ
ޙައްވާ ޖަމީލް،
ށ. ބިލެތްފަހީ މުޙައްމަދު އަލީ އާއި ކައިވެނި ކުރައްވާ ލިބިވަޑައިގެންނެވި
ބޭފުޅަކީ:
1.5.3.3.1
ފާޠިމަތު ނާޝިދާ އެވެ.
1.5.3.3.1
ގައިވާ ފާޠިމަތު ނާޝިދާ
ފާޠިމަތު
ނާޝިދާ ހދ. ފިއްލަދޫ ޢަލީ ޒުބައިރު އާއި ކައިވެނި ކުރައްވާ ލިބިވަޑައިގެންނެވި
ބޭފުޅުންނަކީ:
1.5.3.3.1.1
ޙައްވާ ނަޒްލާ ޒުބައިރު
1.5.3.3.1.2
މުޙައްމަދު ނަޒީލް ޒުބައިރެވެ.
1.5.4 ގައިވާ އަޙުމަދު މުޙައްމަދުދީދީ
މި އަޙުމަދުދީދީގެ ހުންނެވި ބޭފުޅަކީ
1.5.4.1 ޢައިޝަތު ފަރީދާ (ދާންނާގޭ ސިއްތި) އެވެ.
ދާންނާގޭ ސިއްތިގެ ބޭފުޅުންނަކީ\؛
1.5.4.1.1 ޢަބްދުއްރައްޒާޤު ޙަލީމް
1.5.4.1.2 އިސްމާޢިލް ހަލީމް (ނޮވެމްބަރ 3 ގައި ޝަހީދުވި)
1.5.4.1.3 އައިމިނަތު ޙަލީމް
1.5.4.1.4 ފާޠިމަތު ޙަލީމެވެ.
އާދެ،
އަޅުނގަޑަށް ލިބިހުރި މަޢުލޫމާތުގެ ތެރެއިންނާއި އަދި އެކިއެކި ލިޔުންތަކުން
ފެންނަން ހުރި މަޢުލޫމާތުގެ ތެރެއިން މާވާގަނޑުވަރު ޙުސައިންދީދީގެ ޢާއިޝަތު ދީދީ
(ދޮންދީދީ) ދަރިފަސްކޮޅު ބަޔާންކޮށް ނިމުނީއެވެ. މި މަޢުލޫމާތުތައް ހޯދާފައިވާނީ
އެކިއެކި ފޮތްފޮތުންނާއި އެކި ބޭބޭފުޅުންނާއި ކުރެވުނު އިންޓަރވިޔުތަކުގެ ޒަރީޢާއިންނެވެ.
އަދި މަޢުލޫމާތުތައް އެއްކޮށް ހޯދާ ބެލުމުގައި އެކުވެރި މުޙައްމަދު ޢާރިފް (ބުގެ
އިބްރާހިމްދީދީގެ މުޙައްމަދު ޢާރިފް) ގެ ފަރާތުން ވަރަށްބޮޑު އެހީއެއް
ލިބުނުކަންވެސް ފާހަގަކޮށްލަމެވެ. މިބައިގައި އަޅުނގަޑަށް އެއްވެސް ކުށެއް
ލިޔެވިފައި ވާނަމަ އަޅުނގަޑުގެ އާދޭހަކީ ދީލަތި މަޢާފެއް ދެއްވުމާއި އެކު އެކަން
އިސްލާޙްކޮށްލަ ދެއްވުމަށް އެދި ސައިޓުގެ ހިންގުންތެރިންނާއި ގުޅުއްވައިގެން
އެކަން ކުރިޔަށް ގެންދެވުމެވެ. (ނުނިމޭ)
-----------------
ލިޔުއްވީ:
އަޙުމަދު ޢަލާ (ޢަލާދީދީ)
މަޢުލޫމާތު :
މޫސާ ޖަމީލްދީދީގެ ޢަބްދުﷲ ޝާޙިދުގެ އަރިހުން
ބުގެ އިބްރާހިމްދީދީގެ މުޙައްމަދު ޢާރިފް
ދެއްވި މަޢުލޫމާތު
ދިވެހިރާއްޖެ 1 / ދިވެހިބަހާއި ތާރީޚަށް
ޚިދުމަތްކުރާ ޤައުމީ މަރުކަޒު