ދިޔަމިނގިލީ އިބްރާހިމް ރަސްގެފާނުންގެ ދަރިކޮޅުން - 3
















މާވާގަނޑުވަރު މަރިޔަމްދީދީގެ ޢާއިލާ
(ކުރީގެ ލިޔުމާއި ގުޅޭ)

އަޅުގަނޑު ލިޔަމުން ގެންދާ އަލްއަމީރާ ޢައިޝާ ކަނބާފާނުގެ ދަރިކޮޅުގެ ތެރެއިން މާވާ ގަނޑުވަރު މަރިޔަމްދީދީގެ ޙުސައިންދީދީގެ ދޮންދީދީ، ކަކައިގޭ ޢަލީ ރަންނަބަނޑޭރި ކިލެގެފާނާއި ކުރެއްވި ކައިވެނީން ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން ޚަދީޖާ ކަނބައިދި ކިލެގެ (ދޮށީދީދީ)، އައްސުލްޠާން އިބްރާހިމް ނުރައްދީނާއި ކުރެއްވި ކައިވެނިފުޅުން ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން ކަކައިގޭ ދޮންގޮމާގެ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން ތިންވަނައިގެ ބޭފުޅުންގެ ތެރެއިން މެދުގޮމަފުޅާއި ތުއްތުގޮމަފުޅު ނޫން އެހެން ބޭފުޅުންގެ ދަރިފަސްކޮޅު ވާނީ ބަޔާންކޮށް ނިމިފައެވެ.


އަމިއްލައަށް ޢާއިލީ ގަހެއް ކުރަހާން ބޭނުންވާ ބަޔަކަށް އެނގޭނެ މިންވަރަށް ވާނީ ބަޔާންކުރެވިފައެވެ. މިބައިގައި އަޅުގަނޑު ލިޔާން ގަސްތުކުރަނީ މާވާގަނޑުވަރު މަރިޔަމްދީދީގެ ޙުސައިންދީދީގެ ދޮންދީދީގެ ޚަދީޖާ ކަނބައިދި ކިލެގެ (ދޮށީދީދީ)ގެ ކަކައިގޭ ދޮންގޮމާގެ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީނުގެ ތުއްތު ގޮމަފުޅާއި މެދުގޮމަފުޅުގެ ދަރިފަސްކޮޅެވެ.

1.1.1.1.3 ގައިވާ ތުއްތުގޮމަފުޅު

(އައްސުލްޠާން މުޙައްމަދު ޝަމްސުއްދީންގެ ތުއްތުގޮމަފުޅު )

ތުއްތުގޮމަފުޅުގެ އަސްލު ނަންފުޅަކީ އަލްއަމީރާ ޝަހީމާ ޝަމްސުއްދީނެވެ. މި ގޮމާ ކައިވެނިފުޅު ކުރައްވަނީ ބެންހާގޭ ޙުސައިން ޙަބީބު (ކަކައިގޭ ތުއްތު މަނިއްޕުޅު) އާއިއެވެ. ލިބިވަޑައިގެންނެވި ބޭފުޅުންނަކީ:

1.1.1.1.3.1 އައްނަބީލާ ޙަބީބާ ޙުސައިން ޙަބީބު
1.1.1.1.3.2 އައްނަބީލާ މައިމޫނާ ޙުސައިން ޙަބީބު

ނޯޓް: ބެންހާގޭ ޙުސައިން ޙަބީބު ނުވަތަ ކަކައިގޭ ތުއްތު މަނިއްޕުޅަކީވެސް މާވާގަނޑުވަރު މަރިޔަމްދީދީގެ ދަރިކޮޅުގެ ބޭފުޅެކެވެ. މި މަނިއްޕުޅަކީ އައްސުލްޠާން އިބްރާހިމް އިސްކަންދަރު ދެވަނައިގެ ދަރިކަނބަލުން އަލްއަމީރާ ޢައިޝާ ކަނބާފާނުގެ މާވާގަނޑުވަރު މަރިޔަމްދީދީގެ މާވާގަނޑުވަރު ޙުސައިންދީދީގެ ދޮންދީދީގެ ޚަދީޖާ ކަނބައިދި ކިލެގެ، ވެޔޮގޭ މަނިއްޕުޅާއި ކުރެއްވި ކައިވެނިފުޅުން ލިބިވަޑައިގެންނެވި ކަކައިގޭ މަނިއްޕުޅު (މި ސިލްސިލާގެ ދެވަނަ ބައިގެ 2.1.1 ގައި ބަޔާން ކުރެވިފައިވާ) ގެ ބޭފުޅެކެވެ. އައްނަބީލް ކަކައިގޭ ތުއްތު މަނިއްޕުޅު ނުވަތަ އެހެން ނަމަކުން ދަންނަވަނީނަމަ ބެންހާގޭ ޙުސައިން ޙަބީބުގެ ބައްޕާފުޅަކީ އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީނުގެ އައްސުލްޠާނު ޙަސަން ނޫރައްދީނުލް އައްވަލުގެ އައްސުލްޠާން މުޙައްމަދު މުޢީނުއްދީނުލް އައްވަލުގެ އަލްއަމީރު އިބްރާހިމް (ކުޑަކިބާ މަނިއްޕުޅު)ގެ އަލްއަމީރު މޫސާ (ވެޔޮގޭ މަނިއްޕުޅު)ގެ އައްނަބީލް އިސްމާޢީލް ނުވަތަ އެހެން ނަމަކުން ދަންނަވަނީނަމަ ކަކައިގޭ މަނިއްޕުޅެވެ.

1.1.1.1.3.1 ގައިވާ ޙަބީބާ ޙުސައިން ޙަބީބް

އައްނަބީލާ ޙަބީބާ ޙުސައިން ހަބީބު ކައިވެނިފުޅު ކުރެއްވެވީ މާވާކިލެގެފާނު ގަނޑުވަރު ގޮމާގެ ދަރިކަލުން އައްނަބީލު ޢަބްދުﷲ ޒުބައިރު (ތުއްތު މަނިއްޕުޅު) އާއިއެވެ. މި ކައިވެނިފުޅުން ލިބިވަޑައިގެންނެވި ބޭފުޅުންނަކީ
1.1.1.1.3.1.1 އިބްރާހިމް ޒުބައިރު
1.1.1.1.3.1.2 ޝަފީޢާ ޒުބައިރު
1.1.1.1.3.1.3 ޝާހިދާ ޒުބައިރު
1.1.1.1.3.2 ގައިވާ އައްނަބީލާ މައިމޫނާ ޙުސައިން ޙަބީބު ގެ ދަރިކޮޅެއްނެތެވެ.

1.1.1.1.4 ގައިވާ މެދުގޮމަފުޅު


(އައްސުލްޠާން މުޙައްމަދު ޝަމްސުއްދީނުގެ މެދުގޮމަފުޅު)

އަލްއަމީރާ މެދުގޮމަފުޅުގެ ޢަރަބި ނަންފުޅަކީ އަލްއަމީރާ މަރިޔަމް ޝަމްސުއްދީނެވެ. މި ގޮމާ ކައިވެނިފުޅު ކުރެއްވީ ކަޅުހުރާގޭ ބޮޑުސީދީގެ ސައްޔިދު ޙަސަން، ކަކައިގޭ ޅަދީދީ އާއި ކުރެއްވި ކައިވެނީން ލިބިވަޑައިގެންނެވި ދަރިކަލުން އައްސައްޔިދު މޫސާ ނުވަތަ ޢާއްމު ނަންފުޅުންނަމަ މޫނިމާގޭ ސީދީ އާއިއެވެ. މޫނިމާގޭ ސީދީ އަކީވެސް ދިޔަމިނގިލީ ދަރިކޮޅާއިގުޅޭ ބޭފުޅެކެވެ. އެއީ ދިޔަމިނގިލީ ބޮޑު ބަންޑާރައިންގެ އައްސުލްޠާން އިބްރާހިމް އިސްކަންދަރު ދެވަނައިގެ ދަރިކަނބަލުން އަލްއަމީރާ ސަންފާ ރަންދި ކަނބާފާނުގެ ދޮންބީނާގޭ އައިމިނަތުދީދީ، ދޮންބަންޑާރައިންގެ ކަޅު ބަންޑާރައިންނާއި ކުރެއްވި ކައިވެނިފުޅުން ލިބިވަޑައިގެންނެވި ކަކައިގޭ ކަޅުގޮމާގެ ޢަލީ ރަންނަބަނޑޭރި ކިލެގެފާނުގެ ދޮންތުއްތުދީދީގެ ކަކައިގޭ ޅަދީދީގެ މޫނިމާގޭ ސީދީއަށްވާތީއެވެ.
އަލްއަމީރާ މެދުގޮމަފުޅާއި މޫނިމާގޭ ސީދީގެ ކައިވެނިފުޅުން ލިބިވަޑައިގެންނެވި ބޭފުޅަކީ
1.1.1.1.4.1 އައްނަބީލް ޙަސަން ޒަރީރު މަނިއްޕުޅެވެ.

(އައްނަބީލް ޙަސަން ޒަރީރު އަދި މަންމާފުޅު)

ޙަސަން ޒަރީރު ކައިވެނިފުޅު ކުރެއްވީ ކުއްޅަވައްގޭ ފާޠިމަތު ޖަމީލު އާއިއެވެ. މި ކައިވެނިފުޅުން ލިބިވަޑައިގެންނެވި ބޭފުޅުންނަކީ
1.1.11.4.1.1 ޒާހިޔާ ޒަރީރު
1.1.1.1.4.1.2 ޒީނިޔާ ޒަރީރު
1.1.1.1.4.1.3 ޒަރާނާ ޒަރީރު
1.1.1.1.4.1.4 އަޙުމަދު ޒަރީރު

ނޯޓް: ޙަސަން ޒަރީރުގެ އަނބިކަނބަލުން ކުއްޅަވައްގޭ ފާޠިމަތު ޖަމީލަކީ ދިޔަމިނގިލީ އިބްރާހިމް ރަސްގެފާނުންގެ ޢައިޝާ ކަނބާފާނުގެ މާވާ ގަނޑުވަރު މަރިޔަމްދީދީގެ މާވާގަނޑުވަރު ޙުސައިންދީދީގެ އައިމިނަތުދީދީ (މެދުދީދީ)، ބޮޑުގަލު އިސްމާޢިލް މަނިކު އާއި ކުރެއްވި ކައިވެނިން ލިބިވަޑައިގެންނެވި ދަރިކަލުން ބޮޑުގަލުގޭ މޫސާދީދީގެ ދަރިކަލުން ޢަބްދުﷲ ކަމާލުއްދީން ބަންޑާރަ ނައިބު މަނިކުފާނު، ފެންފޯއްގަނޑުވަރު އައިމިނަތުދީދީ އާއި ކުރެއްވި ކައިވެނިފުޅުން ލިބިވަޑައިގެންނެވި ދަރިކަލުން ފަޟީލަތުއްޝައިޚް މުޙައްމަދު ޖަމީލްދީދީ، އިބްރާހިމް ދޮށީކަލޭގެފާނުގެ އައްސައްޔިދު ޙުސައިން (މެދުސީދީ) ގެ ސިއްތި އާއި ކުރެއްވި ކައިވެނިފުޅުން ލިބިވަޑައިގެންނެވި ދަރިކަނބަލެކެވެ.















މެދުގޮމަފުޅުގެ ފިރިކަލުން އައްސައްޔިދުލް މަރުޙޫމް ޢަލީ މޫސާ (މޫނިމާގޭ ސީދީ)

ތިރީގައި އެވަނީ މިބައިގައި ހިމެނޭ ދަރިކޮޅުގެ ޗާޓެކެވެ.
 
                    -------------------
(ނުނިމޭ)

ލިޔުއްވީ: އަޙުމަދު ޢަލާ (ޢަލާދީދީ)

މަޢުލޫމާތު:
   * މޯލްޑިވްސް ރޯޔަލް ފެމެލީ ވެބްސައިޓު / ޢަބްދުލްމާޖިދު ޢަބްދުލްވައްހާބު
   * ދިވެހިރާއްޖެ 2 / ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު
   *  ހޮޅިނަޚާ ދަރިކޮޅު / ފާޠިމަތު މުނީރާ
   * އެކިބޭފުޅުންގެ އަރިހުން ނެގުނު އިންޓަރވިޔު