ސަޕޯޓަރުން
ތައްޔާރުކުރުމުގެ މަސައްކަތް ފެށުނީ 2004 މ. ވަނަ އަހަރުގެ މާރިޗް މަހުގެ ފުރަތަމަ
ހަފުތާތެރޭގަ އެވެ. އަޑުގަދަކުރާ ބޭނުންކޮށްގެން ރަށުތެރޭގައި ކުރި އެކެމްޕޭނުގައި
ފައުޅުގައި ފެންނަން އޮތް މައިގަނޑު އެއްމަޤްޞަދަކީ، ސަޕޯޓަރުން އިތުރުކުރުމެވެ.
ދެން އޮތް މަޤްޞަދަކީ، ސަރުކާރުގެ ނުކުޅެދުންތެރިކަން ދެއްކުމެވެ. ޤަވާޢިދާ
ޚިލާފަށް އެބޯޓަށް މީހުން އެރުވީވެސް ރަށުގެ ވެރީންގެބޮލުގައި އެކަން
އަޅުވަންވެގެން ކަމަށް އެރަށުމީހުން މިއަދުވެސް ބުނެއެވެ. ކަންދިމާވި ގޮތުން
އެކަން ނުކުރެވުނުކަމަށް ވިއަސް އެމީހުން ގަސްތުކޮށްފައި އޮތީ، ދަތުރަށްފަހު،
ރަށުގެ ވެރީންގެ މައްޗަށް މައްސަލަ ހުށަހަޅާގޮތަށެވެ. އެކަމުގައި އިސްކޮށްތިބި
މީހުންނަކީ، ކޮންބައެއްކަން އެރަށު މީހުން ދަންނާނެއެވެ. އެމީހުންގެތެރެއިންވެސް
އެންމެ އިސްކޮށް ނަގާކިޔަން ތިބި މީހުންވެސް އެމީހުން ދަންނާނެއެވެ.
ރަށުގެ
ވެރީންނާއި، އަތޮޅުއޮފީހުގެ މުއައްޒަފުންތިބީ ބާކީކޮށްފައެވެ. އެ ޙާދިސާއާއި
ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެރަށަށް ވަޑައިގަތް ދުވަހު އަތޮޅުއޮފީހާއި، ރަށު
އޮފީހުގެ މުއައްޒަފުންނަށް އަންގަވާފައިއޮތީ، ރައީސުގެ އިސްތިޤްބާލަށް ނުނިކުމެ
އޮފީހުގައި ތިބުމަށެވެ. އެރަށުމީހުން ބުނީ އެގޮތަށް އެކަން ރޭވީ ވެރީންގެ ޝަކުވާ
ރައީސަށް ދެންނެވުމަށްޓަކައެވެ. މިހެންވެ އަތޮޅުވެރިޔާ ހުންނެވީ ކޮންހާލެއްގައިކަމެއް
ނޭގެއެވެ.
އެގޮތުން އެދުވަހު އެންމެ އިސްކޮށް އެމީހުން ދެންނެވީ ބޮޑުކަތީބު މުޙައްމަދު ނަޢީމު އަޙުމަދުގެ ޝަކުވާ އެވެ. އޭނާ ވަގުތުން މަޤާމުން ދުރުކޮށްދެއްވުމަށެވެ. މިދެރަ ލިބުނީ، އޭނާގެ ސަބަބުން ކަމަށް ދަންނަވަމުންނެވެ. އެހެންވެގެން މަޤާމުން އޭނާ އެކަހެރިކުރެއްވިއެވެ. އެ ޙާދިސާއަށްފަހު، ރޯދިކުރެއްވި އެއްޗެއް ފަރިއްކުޅުއްވައިގެން އަތޮޅުވެރީންމާލެ އަށް ބަދަލުވެވަޑައިގެން އެއުޅުއްވަނީއެވެ.
އެދުވަހު އެހާޒިރުގައި ތިބި މީހުންގެ ތެރެއިން އެކަކު އަޅުގަޑުގާތު ބުނީ، ތިނަދޫ އަތިރިމަތީގައި މިހާރު ޢިމާރާތްކޮށްފައިވާ މިސްކިތް ޢިމާރާތްކުރުމަށްޓަކައި އެބިން ދެއްވުމުންވެސް އަތޮޅުވެރީންނަށް އެއްލަކަ ރުފިޔާ ދެއްވި ކަމަށެވެ. "އެނަމާ ބޯޓުގެ ވެރިފަރާތްކަމަށްވާ ތިނަދޫ ހަސްތީގޭ މުޙައްމަދު ޒުހޭރަށް ކުރިމަތިވި މި ގެއްލުމަށް ޙަމްދަރުދީވެވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެއްލައްކަ ރުފިޔާ އޭނާއަށް ދެއްވި އެވެ."
އެގޮތުން އެދުވަހު އެންމެ އިސްކޮށް އެމީހުން ދެންނެވީ ބޮޑުކަތީބު މުޙައްމަދު ނަޢީމު އަޙުމަދުގެ ޝަކުވާ އެވެ. އޭނާ ވަގުތުން މަޤާމުން ދުރުކޮށްދެއްވުމަށެވެ. މިދެރަ ލިބުނީ، އޭނާގެ ސަބަބުން ކަމަށް ދަންނަވަމުންނެވެ. އެހެންވެގެން މަޤާމުން އޭނާ އެކަހެރިކުރެއްވިއެވެ. އެ ޙާދިސާއަށްފަހު، ރޯދިކުރެއްވި އެއްޗެއް ފަރިއްކުޅުއްވައިގެން އަތޮޅުވެރީންމާލެ އަށް ބަދަލުވެވަޑައިގެން އެއުޅުއްވަނީއެވެ.
އެދުވަހު އެހާޒިރުގައި ތިބި މީހުންގެ ތެރެއިން އެކަކު އަޅުގަޑުގާތު ބުނީ، ތިނަދޫ އަތިރިމަތީގައި މިހާރު ޢިމާރާތްކޮށްފައިވާ މިސްކިތް ޢިމާރާތްކުރުމަށްޓަކައި އެބިން ދެއްވުމުންވެސް އަތޮޅުވެރީންނަށް އެއްލަކަ ރުފިޔާ ދެއްވި ކަމަށެވެ. "އެނަމާ ބޯޓުގެ ވެރިފަރާތްކަމަށްވާ ތިނަދޫ ހަސްތީގޭ މުޙައްމަދު ޒުހޭރަށް ކުރިމަތިވި މި ގެއްލުމަށް ޙަމްދަރުދީވެވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެއްލައްކަ ރުފިޔާ އޭނާއަށް ދެއްވި އެވެ."
ދިވެހިރާއްޖޭގެ ފަހުގެ ތާރީޚުގައި އެއްމެ ގިނައަދަދެއްގެ މީހުން
(އެއްޙާދިސާއެއްގައި) މަރުވި އެއްމެ ހިތާމަވެރި (ކަނޑުމަތީގެ)އެއް ކާރިޘާ އަކީ
"އެނަމާ ބޯޓު" ގެ ކާރިޘާ އެވެ. ގއ.ވިލިނގިލިން ފުރައިގެން ގދ.ތިނަދުއަށް
122 މީހުންނާއެކުދަތުރު ކުރަނިކޮށް ގދ.ތިނަދޫ އެނަމާބޯޓު ބަންޑުން ޖަހާލައި 24މީހުން މަރުވެ 2 މީހަކު ގެއްލިފައިވެއެވެ. މިކާރިސާ ހިނގާފައިވަނީ މާރޗް 17،2004 ވީ ބުދަދުވަހުގެރޭ 8:30 އެހާކަންހާއިރުއެވެ. މަރުވިމީހުންގެ މައްޗަށް ޣައިބުގައި
ކަށުނަމާދު ކުރުން އޮތީ، މާރޗް 19، 2004 ވީ
ހުކުރު ދުވަހު މުޅިރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ހުކުރުނަމާދަށްފަހުއެވެ.
އެދަތުރަކީ
ގއ.ވިލިނގިލީގައި އޮތް ފުޓުބޯޅަ މެޗެއްބެލުމަށް ގދ.ތިނަދޫއިން އެރަށަށް ދިޔަ
މީހުން އެނބުރި ތިނަދޫއަށް ކުރިދަތުރެވެ. އެމެޗަކީ ދިވެހިލީގަށް ކޮލިފައިވާން
ޒޯންހަތެއްގެ ގދ.ތިނަދޫ މަސްވެރިންގެ ރޫހާއި، ގއވިލިނގިލީ މަސްވެރިންގެ ކްލަބާއި
ބައްދަލުކުރިމެޗެވެ. މިމެޗުންބަލިވި ޓީމުކަމަށްވާ ތިނަދޫ ޓީމުގެ ސަޕޯޓަރުން ބޯޓަށް
އެރީ އިރު އޮއްސި6:50 ހާއިރުއެވެ. ދަތުރު ކުރަމުން
ގޮސް ބައިގަޑިއެއްހާއިރު ވީތަނާ އިންޖީނު ހުއްޓިގެން އޭގެ ފިލްޓަރެއް ބަދަލުކޮށް
އަލުން ދަތުރުފެށިއެވެ. ދެން އޭގެފަހުން ހުރިހާކަމެއްވެސް އާދައިގެމަތިން ގޮސް
މިކާރިސާއާ ކުރިމަތިވީ ބޯޓުގައި ގިނައަދަދެއްގެ ބަޔަކު މަޖާކޮށް ސަކަރާތްޖަހަމުން ދަނިކޮށް
ވަރަށްކުއްލިގޮތަކަށް އެރޭ 8:30 ކަންހާއިރުއެވެ. މިކާރިޘާ ހިނގާފައިވާ ގޮތެއްކަމަށްވަނީ
އެނަމާބޯޓާއި 40 ފޫޓު ދުރުން ދަތުރުކުރަމުންދިޔަ 'އަރުތަ' ނަމަކަށް ކިޔޭ ތިނަދޫ
މަސްދޯންޏެއްގެ މޯހިރުން އުފެދުނު ރާޅެއްގައިޖެހި އެނަމާ ބޯޓު ތަޅުވާ ބަންޑުން ޖަހާލައިގެންނެވެ.
އެރޭ ބޯޓު ދަތުރު ކުރަމުން ދިޔައިރު އޭގައި 88 ފުޅި ކައްކާ ގޭސް ހުސްކުރި ސިލިންޑަރާއި
ހޮސްޕިޓަލުގެ މެޑްއޮކްސިޖަން ހުސްކުރި 10ފުޅި ނޫން އެއްވެސްމުދަލެއް ބަރުކޮށްފައި
ނެތެވެ.
މިހާމަދު
މުދަލާއެކު އެހާގިނަ މީހުން ބޯޓުގެމަތީގައި ތިބުމަކީ ބޯޓު ބަންޑުންޖަހާލުމުގެ
ސަބަބެއްކަމަށް ކަމާބެހޭ ބައެއްމާހިރުން ދެކެއެވެ. ބޯޓު ދަތުރުކުރަމުން ދަނިކޮށް
ބޯޓުގެ މަތީބަޔަށް މީހުންތައް އެރުން އެއީ އޭގެ ބެލެންސް ގެއްލުނު
އެއްސަބަބުކަމަށް މިފަރާތްތަކުން ދެކެއެވެ. އެބޯޓުގެ ކެޕްޓަން މުހައްމަދު ޒާހިރު
(އޭރު އުމުރުން 42 އަހަރުގެ) ބުނުއްވީ "އެރާޅަކީ ބޮއްކުރައަކަށްވެސް އަސަރު ނުކުރާނެވަރުގެ
ކުޑަކުޑަ ރާޅެއް"ކަމަށެވެ. އޭނާ ބުނެފައިވަނީ ވިލިނގިލިން ފުރައިގެން
ދެއްވަދޫއާ ހަމައަށް އައިއިރުވެސް ބޯޓް ރޯލުނުކުރާކަމަށެވެ. އަދި އެ ކުޑަ ކުޑަ
ރާޅުގައި ޖެހި އެއްފަރާތަށް އަރިވެލާފައި އަނެއްފަރާތަށް ދިޔަގޮތަށް ބޯޓު
ބަންޑުންޖަހާލީއެވެ. އޭނާ ބުނެފައިވާގޮތުގައި ބޯޓު ބަންޑުން ޖަހާލިވަގުތު އިންޖީނު
ރޫމުގައި ރޯވެފައިހުރި މަންޒަރު އޭނާއަށް ފެނިފައިވެއެވެ. އަދި އޭގެ ދުންގަނޑު
މުޅިބޯޓަށް ފެތުނުކަމަށްވެއެވެ. އަދި ތެޔޮތައްވެސް ބުރައިގެންގޮސް ބޯޓާއި ބޯޓު
ކައިރީ ވަށައިގެން ކަނޑުގައިވެސް ޑީސަލް ހުރިކަމަށްވެއެވެ.
އެމީހުންނަށް
ފުރަތަމަ އެހީވީ ރާޅު އުފައްދާފައި ކައިރިން ދިޔަ ތިނަދޫ އަރުތަ ދޯންޏެވެ. ޢޭގެފަހުން
ގއ.ދާންދޫ މިޔަރެން ދޯނި މިކާރިސާ ހިނގިވަގުތު އެނަމާ ބޯޓުކައިރިއަށް ގޮސް އެމީހުންނަށް
އެހީނުވެ ވަނީ ގޮއްސައެވެ. އެ ކާރިސާއިން ސަލާމަތްވީ މީހުން ބުނާގޮތުގައި މިޔަރެން
ދޯނީގެ އެހީ ތެރިކަން ލިބުނު ނަމަ އެމީހުން ގެތެރެއިން ގިނަބަޔަކު ސަލާމަތް
ކުރެވުނީހެވެ. ނަމަވެސް 12 ޓަނުގެ މަސްއެބަހުއްޓޭ މިދަނީ ކޫއްޑޫ އަށް މަސްކިރުވާށޭ
ކިޔާފައި ހާލުގައި ޖެހިފައިތިބި މީހުންނަށް އެހީނުވެ މިދޯނި ދިޔައީއެވެ. އަދި މީގެތެރެއިން
ބައެއްމީހުންނަށް ފަހުންވަނީ ގާނޫނީގޮތުން ހައްގުއަދަބު ދެވިފައެވެ.
މިކާރިސާގައި ނިޔާވި
އަދި ގެއްލުނުފަރާތްތަކުގެ އާއިލާތަކަށް އެހީތެރިވުމަށް އެނަމާފަންޑުގެ ނަމުގައި
5އަހަރުދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ގޮތަށް ދިވެހިސަރުކާރުގެ ފަރާތުން ޚައިރާތުފަންޑެއް
ހުޅުވިއެވެ. ބޭންކް އޮފް މޯލްޑިވެސްގެ ތިނަދޫގޮފީގައި ހުޅުވާފައިވާ މިޚައިރާތު އެކައުންޓުގެނަމްބަރަކީ
(170304) 003 -411201-7710 އެވެ. މިފަންޑަށް 2005 ޑިސެމްބަރުގެ ނިޔަލަށް 1
މިލިއަން 8 ސަތެކަހާސް އަދި 2006 ގެ ފެބްރުއަރީމަހުގެ ތެރޭގައި ދުވިސައްތަސޯޅަ ހާސް
ރުފިޔާ 2006 ވަނައަހަރުގެ ފެބްރުއަރީމަހާއި ހަމައަށް 2 މިލިއަން 4 ސަތޭކަ ހާސް
ރުފިޔާ ލިބިފައިވެއެވެ. އަދި 21 މާރޗް 2004ވަނަ ދުވަހުގެރޭ މާލޭ އަލިމަސް ކާނިވަލުގައި
ޒީރޯޑިގްރީ އެޓޯލްއިން އިސްނަގައިގެން ބޭއްވި މިއުޒިކްޝޯއަކުން ލިބުނު
ހަތާވީސްހާސް އެއްސަތޭކަ ހައްޓިރުފިޔާ މިފަންޑަށް ހަދިޔާކޮށް އަދި ރައީސް މައުމޫން
އަބްދުލްގައްޔޫމް މިފަންޑަށް ފަސްސަތޭކަހާސް ރުފިޔާގެ އެހީއެއްވެދެއްވިއެވެ.
ދިވެހިރާއްޖޭގެ
ފުރަތަމަޑިވިޒަނުގެ 6 ފުޓުބޯޅަޓީމަކުން އިސްނަގައިގެން އެއާއިލާތަކަށް އެހީތެރިވުމަށް
ފުޓުބޯޅަމެޗެއް 2004 ވަނައަހަރު މާޗްމަހުގެތެރޭގައި ބާއްވާފައިވެއެވެ. މިމެޗުގެ ދެޓީމުގެ
ކުޅުންތެރިންގެ ޖާޒީ ސްޕޮންސަރ ކުރީ ސަތޭކަހާސްރުފިޔާ އަށެވެ. މިމެޗު ހިނގަމުންދިޔައިރު
ގަލޮޅުރަސްމީދަނޑުގައި ވަނީ ޚައިރާތުފޮށި ބަހައްޓާފައެވެ. މިކާރިސާގައި ނިކަމެތިކަންލިބުނު
އާއިލާތަކަށްއެހީތެރިވުމަށް ގދ.ތިނަދޫ މަސްވެރިންނާއި އޮޑިވެރިން އިސްނަގައިގެން
(ޖުމްލަ 14 ދޯނި)27 މާރޗް 2004ން ފެށިގެން ވިދިވިދިގެން 3ދުވަހު މަހަށްގޮސް އެމީހުން އެއްކުރި
ފައިސާ އެފަންޑަށް ޖަމާކުރިއެވެ. މިއާއިލާތަކަށް އެހީއެއްގެގޮތުގައި ދިވެހިރާއްޖޭގެ
ދިރާގުގެފަރާތުން 3 އޭޕްރިލް 2004ގައި ދޮޅުލައްކަރުފިޔާގެ އަގުހުރި އެހީއެއްވެފައިވެއެވެ.
ފަންޑަށް ޖަމާކުރި ހުރިހާ ފައިސާ ވަނީ، ޢާއިލާތަކަށް ބަހާފައެވެ.
ނިޔަތް ކަމުނުދާނަމަ، ކަންވެސް ކަމުނުދާނެއެވެ. ކަން
ކަމުނުދިޔަކަމަށް ވިއަސް ނިޔަތް ރަނގަޅުވެދާނެއެވެ."
-------------------------------
ލިޔުއްވީ: ޢ. ވަޙީދު
03 އޭޕްރީލް 2014މ.