ހުވަދުއަތޮޅު ތިނަދޫގައި
ހިނގާފައިވާ ކަންތައްތަކުގެތެރެއިން އެންމެދުވަސްވީ ކަމެއްގެގޮތުގައި އެނގެނީ
އިސްލާމުންނާއި ކާފަރުން ތިނަދޫގައިކުރި ހަނގުރާމައެއްގެ ވާހަކައެވެ. މިހަނގުރާމައަކީ، އައްސުލްތާނުލް ޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢްޡަމް
ސިރީސަވާދީއްތަ މަހާރަދުންގެ ރަސްކަމުގައި، މާލެއިންބަޔަކު(ހަވަރު) ގޮސް
ތިނަދޫގައިކުރި ހަނގުރާމައެވެ. ތިނަދޫގެ ނަމުގެކުރިއަށް "ހަވަރު" ގެނެވުނީ
މިހަނގުރާމައާއި ގުޅިގެންނެވެ. އުތީމު ރަދުންގެ ރަސްކަމުގައި މާލޭގެ ހަވަރު
ތިނަދޫއަށްގޮސް ކުރި ހަނގުރާމާގައި ވަރަށްގިނަ ލޭ އޮހޮރުނުކަމަށް ބުނެވެއެވެ.
މާލޭގެ ހަވަރަކީ އެޒަމާނުގައިއޮންނަ ރަސްކަމުގެފަރާތުގެ ލަޝްކަރެވެ. މީގައި
ހިމެނެނީ 6 ބައެކެވެ. އެއީ:-
1. ދޮށިމޭނާވަރު
2. ވެލާނާވަރު
3. ހަކުރާވަރު
4. މާފަތްވަރު
5. ދަހަރާވަރު
6. ފާމުލަދޭރިވަރު
ބައެއްމީހުން
ބުނަނީ އުތީމުރަދުން ރަސްކަމަށް އިސްވެވަޑައިގަތުމަށްފަހު، ރާއްޖޭގެ ދެކުނަށްކުރެއްވި ދަތުރުފުޅުގައި ތިނަދޫއަށް ވަޑައިގަތްއިރު، އެރަށުގައި ތިބީ ޣައިރުދީނުގެ
ބައެއްކަމަށެވެ. މިހެންކަމުން އެރަދުން އެމީހުންނާއި ވާހަކަފުޅުދައްކަވައި
އިސްލާމްދީނަށް ގޮވައިލެއްވުމުން އެމީހުން އިސްލާމްވީ ކަމުގައެވެ. ކޮންމެއަކަސް
ދެންވީގޮތެއްކަމަށް ބުނެއުޅެނީ އުތީމުރަދުން ތިނަދޫއިން ފުރާވަޑައިގަތްތާ
ދުވަސްކޮޅެއްފަހުން ތިނަދޫގައި ވިހާ ކުދިން މަރުވުމެވެ. މިކަންބޮޑުވެ، ރަށުގެމީހުން ހަދާނެގޮތެއް ނޭނގިގެން މިފިކުރުތެރޭ އުޅެނިކޮށް އޭރު މީހުންއުޅުނު
ރަށެއްކަމުގައިވާ "ރަހަދޫ"ގައި އިން އަންހެނަކު، "ތިނަދޫގެކުދިން މަރުވާސަބަބަކީ
ކުރިން އެމީހުން އުޅުނު ދީން ދޫކޮށްލީމާ ވާގޮތެއްކަމަށް" ބުނުމުން އަނެއްކާ ތިނަދޫމީހުން ޣައިރުދީނަށް ވަނީއެވެ.
މިޚަބަރު މާލޭގެ ރަސްކަމުގެފަރާތަށް ލިބިވަޑައިގަތުމުން ތިނަދޫ "މަގަށް" އެޅުއްވުމަށް ލަޝްކަރު ފޮނުއްވީއެވެ. މިލަޝްކަރު އައިސް ކުރި ހަނގުރާމައިގައި ލޭއޮހޮރި އެތައްބަޔަކު މަރުވީކަމަށް ބުނެއުޅެއެވެ. އެ މަރުވީމީހުންގެ ގަބުރުތައް ކަމަށްބުނާ ގަބުރުތަކެއް ތިނަދޫ މަސްޖިދުލް ސުލްޠާން މުޙަންމަދާއި ދިމާލުން އެސަރަޙައްދުގެ އުތުރުފަރާތު ގޮނޑުދޮށް ގިރަމުންދާ ދުވަސްވަރުގައި ފެނިފައިވެއެވެ. މިހާރު މިތަނަކީ ތިނަދޫއާއި މާފުއްޓާއިދޭތެރެ ހިއްކުމުގައި މުޅިންހިކިފައިވާ ތަނެކެވެ. މިތާނގައި ވަޅުލެވިފައިހުންނަ ގަބުރުތައް ހުންނަނީ އެގޮތްމިގޮތަށެވެ. ވަރަށްބޮޑު ބިޔަމީހުންގެ ހަށިގަނޑުގެ ކަށިވެސް ހުރެއެވެ. އޭރު ތިނަދޫގައިތިބޭ މުސްކުޅިންވެސް ބުނަނީ މިއީ އިސްލާމުންނާއި ކާފަރުންނާއި ކުރި ހަނގުރާމައިގައި މަރުވިމީހުންގެ ގަބުރުކަމަށެވެ.
މިޚަބަރު މާލޭގެ ރަސްކަމުގެފަރާތަށް ލިބިވަޑައިގަތުމުން ތިނަދޫ "މަގަށް" އެޅުއްވުމަށް ލަޝްކަރު ފޮނުއްވީއެވެ. މިލަޝްކަރު އައިސް ކުރި ހަނގުރާމައިގައި ލޭއޮހޮރި އެތައްބަޔަކު މަރުވީކަމަށް ބުނެއުޅެއެވެ. އެ މަރުވީމީހުންގެ ގަބުރުތައް ކަމަށްބުނާ ގަބުރުތަކެއް ތިނަދޫ މަސްޖިދުލް ސުލްޠާން މުޙަންމަދާއި ދިމާލުން އެސަރަޙައްދުގެ އުތުރުފަރާތު ގޮނޑުދޮށް ގިރަމުންދާ ދުވަސްވަރުގައި ފެނިފައިވެއެވެ. މިހާރު މިތަނަކީ ތިނަދޫއާއި މާފުއްޓާއިދޭތެރެ ހިއްކުމުގައި މުޅިންހިކިފައިވާ ތަނެކެވެ. މިތާނގައި ވަޅުލެވިފައިހުންނަ ގަބުރުތައް ހުންނަނީ އެގޮތްމިގޮތަށެވެ. ވަރަށްބޮޑު ބިޔަމީހުންގެ ހަށިގަނޑުގެ ކަށިވެސް ހުރެއެވެ. އޭރު ތިނަދޫގައިތިބޭ މުސްކުޅިންވެސް ބުނަނީ މިއީ އިސްލާމުންނާއި ކާފަރުންނާއި ކުރި ހަނގުރާމައިގައި މަރުވިމީހުންގެ ގަބުރުކަމަށެވެ.
ގދ.
ތިނަދޫ މަސްޖިދުލް ސުލްޠާން މުޙަންމަދު - 1966 (ހުޓުކޮޑޭ މިސްކިތް)
ތިނަދޫގެ
މިކަންކަމަށްފަހު، އެރަށުގެ ދަނޑުކޮޅާއި، މެދުރުއްގަނޑާއި، ބަރާސީލާއި، ތިނަދޫމާފުއްޓާއި، ކޫއްޑޫއާއި، ކާޑެއްދޫއަކީވެސް މާލޭގެ 6ވަރަށް އޮންނަ ތަންތަންކަމުގައި ހަމަޖެހި ހަވަރުގެފަރާތުން މިތަންތަން ތިނަދޫގެ ރައްޔިތުންނަށް ވަރުވާއަށް
ދޫކުރިއެވެ. މިވަރުވާނަގައި މާލެ ފޮނުއްވުމަށް ތިނަދޫގައި ހަވަރުގެފަރާތުން
ބޮޑުބޭކަލަކު ބެހެއްޓިއެވެ. މިއީ، ތިނަދޫގެކަންކަމުގައި ވާރުވެރިއަކަށް
އަންގަވާ ކޮންމެ މުހިއްމުކަމެއްގެ ކޮޕީވެސް މިބޭކަލަކަށް ފޮނުއްވާ ބޭކަލެކެވެ. މިބޭކަލަކު މަޝްހޫރުވެފައިވަނީ ތިނަދޫގެ ގޮއިވެރިޔާގެ ނަމުންނެވެ. މީނާގެ
މުސާރައެއްގެގޮތުގައި ރަތަފަންދޫ ކަންނިގިލިކޮޅާއި ބައެއް އެހެނިހެން ޢިނާޔަތްތައް ސަރުކާރުން ދެއްވާފައިވެއެވެ. މިދުވަސްވަރު ތިނަދޫގެވެރިންނަށް
ފަތްކޮޅު ދެއްވަނީވެސް 6 ވަރުގެ ފަރާތުންނެވެ. މިފަތްކޮޅަކީ “އަލިފުޖެހި ފަތްކޮޅު”ކިޔާ ފަތްކޮޅެކެވެ.
ތިނަދޫގެ
ރައްޔިތުންގެއަތުން އަހަރަކު އެއްފަހަރު މާލޭގެ 6 ވަރަށް ދައްކަންޖެހޭ ތަކެތީގެތެރޭގައި 300 ބޮޑުވައްޓޭ ބޯޑި (ބޮޑު ފަތަފޮޅި)، 1200 ކުދެވަޓި (ވެށުން)، 1200
ކާޑެއްދޫކުނަލާއި، ރަށުގެ ކޮންމެގެއަކުން ހުޅެވިކުނަލަކާއި، 16ބުރި ވަކަވަލާއި، 01 ގޮއިއޮޑީ ބޮއްކުރައަކާއި، ރަށުގެ ކޮންމެމީހެއްގެ އަތުން 02 ސަމްސާ ކާށިތެޔޮ(25 އަޑުބާ)، އަދި ކޮންމެމީހެއްގެ އަތުން ބޮއިކޮއްޓޭ ބޮލި ހިމެނެއެވެ.
ތިނަދޫއަކީ
ހަވަރުގެ ރަށަކަށްވުމުން ރާއްޖޭގެ އެހެންރަށްރަށާއި ޚިލާފަށް ޚާއްޞަ
ކަންތައްތަކެއް އެރަށަށް ހަމަޖެހުނެވެ. އޭގެތެރޭގައި އައްޑޫ މުލަކު އޮޑިފަހަރު
މާލެއާއި ކޮޅުނބަށްދިއުމަށް އެއަތޮޅުގެ އެތެރެވަރިއަށް ވަދެގެން ކުރާ
ދަތުރުތަކުގައި ކާޑެއްދޫކަނޑުން ވަނުމާއެކު އޮޑީގެ މައިރިޔާ ނޫން ހުރިހާ ރިޔާ
ތިރިކުރުމާއި ތިނަދޫ މީހުންނޫން އެހެންމީހުން ތިނަދޫގައި ހުދުލިބާސްލައިގެން
އުޅުމާއި އަދި މަކަނަށް ފޮށާލައިގެންއުޅުމީ، މަނާކަމެކެވެ. މީގެއިތުރުން
ރާއްޖޭގެ ރަށްރަށުގެމީހުންނަށް ޖެހޭ ބަންޑާރަމަސައްކަތް ތިނަދޫ މީހުންނަށް
ނުޖެހުމާއި ތިނަދޫގެ ވެރިޔަކަށް މީހަކު ވަގަށްގޮވައިފިނަމަ އޭނާގެއަތުން ދުރޯ
ނެގުމުގެ އިތުރަށް 6 ވަރަށްވެސް ދުރޯއެއް ނަގާނެއެވެ. ދުރޯއަކީ 25 ލާރިއެވެ. އެ
ޒަމާނުގައި މިއީ ވަރަށްވެސް ބޮޑު އެއްޗެކެވެ.
މި ހިނގައިދިޔަ
ކަންތައްތަކަށް ބަލައިލާއިރު، އުފެދިދާނެ ސުވާލުތަކެއްވެސް އެބަހުއްޓެވެ. އެއީ
ދިވެހިރާއްޖެ އިސްލާމްވީތާ އެތަކެއް އަހަރުވީއިރުވެސް، ތިނަދޫ އޮތީ ޣައިރުދީނުގައި ބާވައެވެ. ނުވަތަ އިސްލާމްދީނުގައި އޮއްވާ ޕޯޗުގީޒުން ރާއްޖެ އަޅުވެތިކުރުމާއި ގުޅިގެން އަނެއްކާވެސް ޣައިރުދީނަށް އެނބުރުނީ ބާވައެވެ. ޕޯޗުގީޒުންގެ
އަނދިރިއަނދިރި އާއި ވިޔަޒޯރު ފަދަ ވެރިޔަކު ނުވަތަ ބަޔަކު ދެކުނުގެ
މިހިސާބުގައިވެސް އުޅުނީ ބާވައެވެ. އަދި ފުރެތިކާލުންގެބަޔަކު ތިނަދޫގައިތިބެގެން
މިހަނގުރާމައެއް މިކުރެވުނީ އެމީހުންނާއި ނޫން ބާވައެވެ. މިކަހަލަ އެތައް
ސުވާލުތަކެކެވެ. ބުނެވޭގޮތުގައި މާލެ ނުވަތަ ރާއްޖެ އިސްލާމްވީތާ އަހަރުތަކެއް
ވީއިރުވެސް އެކަން ނުފޯރާ ބައެއްއަތޮޅު ރާއްޖޭގައި ހުރިކަމަށްވެއެވެ. އެއީ
އެޒަމާނުގައި މުވާޞަލާތާއި ދަތުރުފަތުރުގެ ދަތިކަމާއި އަދިވެސް ބައެއް އެހެންސަބަބުތައް ހުރުމުންނެވެ.
މާލެއިން
ހަވަރުފަދަ ލަޝްކަރީން ތިނަދޫއަށްގޮސް މިހަނގުރާމަ ކުރިއިރު، ތިނަދޫގައި ތިބީ ކިތައްމީހުންތޯ ވިސްނައިލުން ހުއްޓެވެ. މީލާދީން 1853 ގައި ތިނަދޫގައި ލާޓް
ދަގަނޑު ޖެހިއިރު، ތިނަދޫގައި ތިބީ 500 ވަރަކަށް މީހުންނެވެ. މިމީހުންގެތެރޭ
އަންހެނުންނާއި ކުޑަކުދިން މުސްކުޅިންނާއި ބަލިމީހުންވެސް ހިމެނެއެވެ. ވީމާ އޭގެ
260 ވަރަކަށް އަހަރުގެކުރިން އުތީމު ރަދުންގެ ރަސްކަމުގައި ތިނަދޫގައި ތިބޭނީ
ކިތައްމީހުން ބާވައެވެ. މިހެންކަމާއެކު މިކުރެވުނު ހަނގުރާމައާއިމެދު ބައެއްފަރާތްތަކުން ދެކެނީ އުތީމުރަދުން ރަސްކަމަށް އިސްވެވަޑައިގަތްއިރު، ޕޯޗުގީޒުންގެބަޔަކު ނުވަތަ ޣައިރުދީން ފެތުރުމަށް އެބައިމީހުންގެފަރާތުގެ ބަޔަކު ރާއްޖޭގެ
އެތަންމިތާނގައި އެމަސައްކަތްކުރަމުން ގެންދިއުމަކީ ވެދާނެކަމެއް ކަމަށެވެ.
އުތީމު ރަދުން ތިނަދޫއަށް ވަޑައިގަތްއިރު މިފަދަބަޔަކު އެރަށުގައި ނެތްކަމާއި
އެބަޔަކު ތިނަދުއަށްއައީ އެރަދުން ފުރާވަޑައިގަތީމާ ކަމަށެވެ. މިހެންކަމުން
މިހަނގުރާމައެއް މިކުރެވުނީ އެބައިމީހުންނާ ކަމުގައެވެ. އަދި ރަހަދޫގައިއިން
އަންހެނަކު ބުނާ ޔޯލަބަހަކަށް މިމަތިވެރި އިސްލާމްދީން ދޫކޮށްލާވަރަށްވުރެ، އޭރުތިބި މީހުންގެ އަޤީދާވެސް ވަރުގަދަވާނޭ ކަމަށެވެ.
އުތީމު ރަދުން ރަސްކަމަށް އިސްވެވަޑައިގަތުމުގެ ގާތްގަޑަކަށް 96 އަހަރުކުރިން ރާއްޖެ އައި ބޭރުގެ ވިޔަފާރިއެއްގެ
ލިޔުމުގައިވެސް ރާއްޖޭގެ މީހުންނަކީ ޞިއްޙަތު ރަނގަޅު އަދަބުވެރި އަދި ޢަރަބީންގެ
ދީނުގައި ތިބި ބައެއްކަމަށް ލިޔެފައިވެއެވެ. މީނާ 6 މަސް ދުވަހު ރާއްޖޭގައިހުއްޓެވެ. މީނާގެ ނަމަކީ، "ހިޔަރަނި މޯޑިސާންޓާ ސްޓެފާނޯ" އެވެ. މިވާހަކަ ކުރީގެ "ހުވަދޫއަތޮޅު" މިފޮތުގައިވެއެވެ.
27 ޖޫން 1979މ.
ގައި އޭރުގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ތިނަދޫ ރައްޔިތުންނާއި
މުޚާޠަބްކުރައްވައި ވާހަކަފުޅު ދައްކަވަމުން ތިނަދޫގެ ނަމުން "6 ވަރު" ވަނީ، ރަސްމީގޮތުން
ވަކިކުރައްވާފައެވެ.
------------------
ޢަބުދުﷲ ޙިލްމީ
"ހަވަރު އޮންލައިން"
04 ސެޕްޓެމްބަރ
2009މ.