ކުރީގެ ލަވަޔެއް

މިލަވަ އެންމެފުރަތަމަ ކިޔާފައިވަނީ 23 އޯގަސްޓް 1970މ. ވަނަ ދުވަހުގެ ރޭ ތިނަދޫ "ދޯދިލް" ގޯތިތެރޭ ބޭއްވި ކައިވެނީގެ ޙަފުލާގައެވެ. މިޙަފުލާ ޝަރަފުވެރިކޮށްދެއްވީ އެދުވަސްވަރުގެ ގދ. އަތޮޅުވެރިޔާ އަލްފާޟިލް އަލްމަރުޙޫމް ޙުސައިންމަނިކު ވައިލެޓްވިލާ/ ގައްދޫ އެވެ. މިލަވަ ފުރަތަމަ ކިޔާފައިވަނީ މިޔްޒިކެއްނެތި މަރިޔަމް ޙިލްމީ ސްޓާރލިންގ/ ތިނަދޫ އެވެ.



ކިޔާފައިވަނީ: މަރިޔަމް ޙިލްމީ ސްޓާރލިންގ/ ތިނަދޫ
ފަހުގެ މިޔްޒިކް: އަޙުމަދު އަންވަރު ސަންރޭ / ތިނަދޫ
ޝާޢިރު: ޢަބުދުﷲ ޢަފީފު އަލިދޯދި/ ތިނަދޫ