ކުރީގެ ދުވަސްވަރެއްގައި "ކަލޭގެ"
ކަމަކީ "އޮޅިމެދު"ގެ
ދަރަޖައެއްގައި ނުހިމެނޭ މީހަކަށް ދިވެހިރަސްކަމުގެ ފަރާތުން ދެއްވަންފެއްޓެވި
"އުޅަނދުމަތި" ކިޔާ ދަރަޖައެއްކަމަށް ލިޔުންތަކުން އެނގެއެވެ. "އޮޅިމެދު"ގެ ދަރަޖައަކީ ހަނގުކަމާއި،
ވަރުހަނގުކަމާއި، އައްތާރަފަނިކަމާއި، އަސްކަރުކަމާއި އެވެ.
"އުޅަނދުމަތި" ދަރަޖަދެއްވަން
ފެށުނީ ސުލްޠާނު މުޙައްމަދު ޢިމާދުއްދީނު(4ވަނަ) ރާއްޖޭގެ އުތުރަށް ކުރެއްވި
"އުތުރުއަރުމާޒު" ދަތުރުފުޅުގައެވެ. އެފަހަރު ދެއްވަންފެއްޓެވި މިދަރަޖައިގެ
ފެށުންއޮތްގޮތް ފަހުން ބަދަލުވެ މިދަރަޖައަކީ އޭގެ އަހަރުތަކެއްގެ ފަހުން
ދެމުންގެންދިޔަ "ކަލޭގެފާނު"(މަޖިލީހަށްއެރީމާ ލިބޭ ލަގަބު)އަށްވުރެ
އިސް ދަރަޖައެއްކަމަށް ވެއެވެ.
ހަވަރުތިނަދޫ ޢުސްމާނު ކަލޭގެއަކީ
އޭނާގެ ދުވަސްވަރުގައި ތަނަވަސްކަން ހުރި ބޭކަލެއްކަމަށް ބުނެވެއެވެ. މީނާގެ
ދަރިންގެ ތެރެއިން 3 ދަރިއަކާއި ގުޅިގެން އުފެދިފައިވާ ޢާއިލާ އެނގެން އެބައޮތެވެ.
އެއީ:
1- އައިސާ
2- މުޙައްމަދުފުތު
3- ރެކިދިޔެ އެވެ.
މި އައިސާއާއި ކައިވެނިކުރީ ހަވަރުތިނަދޫ
(މިހާރުގެ "ރަންދޯދި" ގޭގެ) ބެއްޔާ އެވެ. މިއީ ޢަލިކަލޭގެ ފުތް
މުކުރިބެއްޔާ އާއި މަޑަވެލީ މޫސިޔާގެ ޙައްވާދިޔެ އާއި ދެމަފިރިންގެ ދޮންދިޔެގެ
ދައިތާ (ދޭވާނި އޮޅަބެއްޔާގެ މަންމަ)ގެ ދަރިއެކެވެ. ޢުސްމާނު ކަލޭގެ ދި އައިސާއާއި
ރަންދޯދި ބެއްޔާއަށް ލިބުނު ދަރިންގެ ތެރެއިން ޢާއިލާ އުފެދިފައިވާ 4 ދަރިންނަކީ ރެކިފުތު
ރަންދޯދި/ ތިނަދޫ، މަރިޔާ އަނޯނާގެ/ ވިލިގިލި، ޙައްވާދިޔެ ގަހާކޯޅި/ ރަތަފަންދޫ، ސިއްތި ނޫރަލީގެ/ ތިނަދޫ އެވެ.
މީނާ އައްޑޫ މުޙައްމަދުދީދީ (އޮޅަދީދީ)ގެ
ދޮންދީދީ އާއި ކައިވެނިކުރައްވައި ޢާއިލާ އުފެދިފައިވެއެވެ.
ދޮންދީދީގެ ބައްޕައަކީ ސުލްޠާނު
ޢަލީ(7ވަނަ)ގެ ސުލްޠާނު ޙަސަން(10ވަނަ)ގެ ޢަލިމަނިކުފާނުގެ ބަނޑޭރި ޙަސަން މަނިކުފާނުގެ
ފާޠިމާދީދީގެ އައިސާދީދީގެ މުޙައްމަދުދީދީ(އޮޅަދީދީ) އެވެ. މި މުޙައްމަދުދީދީ(އޮޅަދީދީ)އަކީ
އައްޑުއަތޮޅު ހިތަދޫ ފިނިފެންމާގޭ އަލްމަރުޙޫމު ޢަބުދުﷲ ޢަފީފުގެ ކާފައެވެ.
ދޮންދީދީގެ މަންމައަކީ ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ
ކަނބުލޭގެފާނާއި ހަވަރުތިނަދޫ ރާގުޅި އަޙުމަދު ކަލޭގެފާނު ކައިވެނިކުރައްވައިގެން
ލިބިލެއްވި ސަންފާފާނު އާއި އައްޑޫ ފޭދޫ ފަސްކެނޑިގޭ އިބްރާހީމް ކަލޭގެފާނު ކައިވެނިކުރައްވައިގެން
ލިބިލެއްވި ފާތުމާފާނެވެ. ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނާއި، ހަވަރުތިނަދޫ ރާގުޅި
އަޙުމަދު ކަލޭގެފާނާއި، އައްޑޫ ފޭދޫ
ފަސްކެނޑިގޭ އިބްރާހީމް ކަލޭގެފާނަކީ ހުވަދުއަތޮޅުގެ ވާރުވެރިކަންކުރެއްވި
ބޭކަލުންނެވެ.
ހަވަރުތިނަދޫ ޢުސްމާނު ކަލޭގެ ދި
އައިސާގެ ރެކިފުތުއާއި އައްޑޫ އޮޅަދީދީގެ ދޮންދީދީއަށް ލިބިލެއްވި ދަރިންގެ
ތެރެއިން ޢާއިލާ އުފެދިފައިވާ 4 ދަރިންނަކީ، މަރިޔަމްދީދީ
ފުލޫނިޔާގެ/ ތިނަދޫ، ކަތްދާދީދީ
އައްސޭރި/ ތިނަދޫ، އަޙުމަދު ލުޠުފީ ރަންދޯދި/ ތިނަދޫ، ފާޠިމާދީދީ
ކުޅިދޮށުގެ/ ތިނަދޫ އެވެ.
ހަވަރުތިނަދޫ
ޢުސްމާނު ކަލޭގެ ދި އައިސާގެ ރެކިފުތުގެ މަރިޔަމްދީދީ ފުލޫނިޔާގެ/ ތިނަދޫ އާއި ޢަލީ މުޞްޠަފާގެ ދަރިންނަކީ، ޢަބުދުﷲ ރުޝްދީ، މުޙައްމަދު ރަޝީދު ޢަލީ، މަރިޔަމް ވަޙީދާ، ޢާއިޝަތު ޢަލީ، މުޙައްމަދު ޢަލީ ރަޝީދު އެވެ.
ހަވަރުތިނަދޫ
ޢުސްމާނު ކަލޭގެ ދި އައިސާގެ ރެކިފުތުގެ ކަތްދީދީ އައްސޭރި/ ތިނަދޫ އާއި ޢަބުދުﷲ
ގެ ދަރިންނަކީ ޙަސަން
ޢަބުދުﷲދީދީ(ޙަސަންދީދީ) ނީލުގެ/ ތިނަދޫ، އަޙުމަދު ޢަބުދުﷲދީދީ އައްސޭރި/ ތިނަދޫ،
މުޙައްމަދު ޢަބުދުﷲދީދީ އައްސޭރި/ ތިނަދޫ، ތުއްތުދީދީ އައްސޭރި/ ތިނަދޫ، މޫސާ
ޢަބުދުﷲދީދީ އައްސޭރި/ ތިނަދޫ އެވެ.
ހަވަރުތިނަދޫ ޢުސްމާނު ކަލޭގެ ދި އައިސާގެ ރެކިފުތުގެ އަޙުމަދު ލުޠުފީ ރަންދޯދި/ ތިނަދޫއާއި ޚަދީޖާ
ގާސިމް(ރެކިދިޔެ)ގެ ދަރިންނަކީ ޢަބުދުﷲ ލުޠުފީ، ފާޠިމަތު ލުޠުފީ، އާމިނަތު ލުޠުފީ، މުޙައްމަދު ލުޠުފީ، އިބްރާހީމް ލުޠުފީ، ޢާއިޝަތު ލުޠުފީ އެވެ.
ހަވަރުތިނަދޫ ޢުސްމާނު ކަލޭގެ ދި
އައިސާގެ ރެކިފުތުގެ ފާޠިމާދީދީ ކުޅިދޮށުގެ/ ތިނަދޫގެ ދަރިންނަކީ އައިސާދިޔެ
ކުޅިދޮށުގެ/ ތިނަދޫ، ދޮންބީފާނު ގަދަގެ/
ތިނަދޫ އެވެ.
(ށ) ހަވަރުތިނަދޫ ޢުސްމާނު ކަލޭގެ
ދި އައިސާގެ މަރިޔަމް(މަރިޔާ) އަނޯނާގެ/ ވިލިގިލި
މީނާގެ ދަރިންނަކީ އާމިނަތު ޙަސަން(އާމިނާދިޔެ)
އަނޯނާގެ/ވިލިގިލި، ދޮންކަމަނަ(ޙަބީބާ
ޙަސަން) އަލިވާގެ/ ވިލިގިލި، ފާޠިމަތު
ޙަސަން(ފާތެއްލާ) އަނޯނާގެ/ ވިލިގިލި، ރެކިދިޔެ ކުޑަދަހަރާގެ/ ވިލިގިލި، މުޙައްމަދު ޙަސަން ހެޕީނައިޓް/ ވިލިގިލި އެވެ.
ހަވަރުތިނަދޫ ޢުސްމާނު ކަލޭގެ ދި
އައިސާގެ މަރިޔަމް(މަރިޔާ)ގެ އާމިނަތު ޙަސަން(އާމިންދިޔެ) އަނޯނާގެ/ ވިލިގިލި ޏ.
ފުވައްމުލަކު އިބްރާޙީމް ތަކުރުފާނާއި(ފުވައްމަލަކު ބެއްޔާ) އިދެގެން 7 ކުދިންލިބި
އެކުދިންވަނީ ނިޔައުވެފައެވެ.
ހަވަރުތިނަދޫ ޢުސްމާނު ކަލޭގެ ދި
އައިސާގެ މަރިޔަމް(މަރިޔާ)ގެ ފާތުމަތު
ޙަސަން(ފާތެއްލާ) އާއި ޙަސަންގެ ދަރިންނަކީ ޢަބްދުﷲ ޙަސަން ދޮންވެލި/ ވިލިގިލި، ނާޞިރާ ޙަސަން ހަޒާރުމާގެ/ ވިލިގިލި
އެވެ.
ހަވަރުތިނަދޫ ޢުސްމާނު ކަލޭގެ ދި އައިސާގެ
މަރިޔަމް(މަރިޔާ)ގެ ޙަބީބާ ޙަސަން (ދޮންކަމަނަ) އަލިވާގެ/ ވިލިގިލި އާއި، ހއ. ހޯރަފުށީ މޫސާގެ މުޙައްމަދު
އާދަމް(ރެކިޔާބެ) ކައިވެނިކުރައްވައި ލިބިލެއްވި ދަރިންނަކީ ޤަމަރިއްޔަތު މުޙައްމަދު ޕެރިސް/ ވިލިގިލި، ޢަބްދުއްރައްޒާޤު އެވަރލާސްޓް/ ވިލިގިލި، މުޙައްމަދު ރާޝިދު ގޮންގަލީއާބާދު/ ވިލިގިލި، ސަކީނާ މުޙައްމަދު ޖާވިޔާ/ ވިލިގިލި، ބުޝްރީ މުޙައްމަދު ވިޜަން/ ވިލިގިލި އެވެ.
ހަވަރުތިނަދޫ ޢުސްމާނު ކަލޭގެ ދި
އައިސާގެ މަރިޔަމް(މަރިޔާ)ގެ ރެކިދިޔެ ކުޑަދަހަރާގެ/ ވިލިގިލި އާއި، މުޙައްމަދު އާދަމް (އާދަނުގެ މުޙައްމަދު)
ކައިވެނިކުރައްވައި ލިބިލެއްވި ދަރިންނަކީ ސަޢާދާ
މުޙައްމަދު، ޢަބްދުލްޤާދިރު، ޤާސިމް މުޙަޢްމަދު، ޙައްވާ
މުޙައްމަދު، ފަރުޙާނާ މުޙަޢްމަދު އެވެ.
ހަވަރުތިނަދޫ ޢުސްމާނު ކަލޭގެ ދި
އައިސާގެ މަރިޔަމް(މަރިޔާ)ގެ މުޙައްމަދު ޙަސަން ހެޕީނައިޓް / ވިލިގިލި އާއި ޙަލީމާގެ އަޙްމަދު(އަހަންމާ)ގެ ދޮންދީދީ ހެޕީނައިޓް /ވިލިނގިލި، މިދެމަފިރިންގެ
ދަރިންނަކީ ޝިހާނު މުޙައްމަދު، އިބްރާހީމް
މުޙައްމަދު، ނަބީލާ މުޙައްމަދު، ނަޞްރު މުޙައްމަދު، ހަމްޒާ މުޙައްމަދު، ފަޒުލީނާ މުޙައްމަދު، ނިޝާން މުޙައްމަދު އެވެ.
(ނ) ހަވަރުތިނަދޫ ޢުސްމާނު ކަލޭގެ
ދި އައިސާގެ ޙައްވާދިޔެ ގަހާކޯޅި/ ރަތަފަންދޫ
މީނާގެ ދަރިއަކީ ދޮންކައިދާ
ގަހާކޯޅި/ ރަތަފަންދޫ އެވެ. މި ދޮންކައިދާއާއި ކައިވެނިކުރެއްވީ ރަތަފަންދޫ ދޮނެބެއްޔާގެ
އަބޫބަކުރު(އާކުރާ) އެވެ. މިދެމަފިރިންގެ ދަރިންނަކީ ޙަބީބާ އަބޫބަކުރު ގަހާކޯޅި/
ރަތަފަންދޫ، ޢަބުދުއްރައްޒާގު އަބޫބަކުރު ރަންގިރީގެ/ ރަތަފަންދޫ، ރާޝިދު އަބޫބަކުރު ރަންގިރީގެ/ ރަތަފަންދޫ، ޢަބުދުއްރަޝީދު އަބޫބަކުރު ރަންގިރީގެ (ވަޑިގެ)/
ރަތަފަންދޫ، ޖަންނަތު އަބޫބަކުރު ރަންގިރީގެ
(މުޝްތަރީގެ)/ ރަތަފަންދޫ އެވެ.
(ރ) ހަވަރުތިނަދޫ ޢުސްމާނު
ކަލޭގެ ދި އައިސާގެ ސިއްތި ނޫރަލީގެ/ ތިނަދޫ
މީނާއާއި ވިލިގިލީ ބޮޑުހާޖީގެ
ޙަސަންބެއްޔާއާއި ދެމަފިރިންގެ ދަރިއަކީ ކައިދާފާނު ނޫރަލީގެ/ ތިނަދޫ އެވެ.
(މީނާގެ ޢާއިލާ އެބައޮތެވެ.)
2- ހަވަރުތިނަދޫ
ޢުސްމާނު ކަލޭގެ ފުތް މުޙައްމަދުފުތު
މި މުޙައްމަދުފުތު ފުރަތަމަ
ކައިވެނިކުރެއްވީ ހަވަރުތިނަދޫ ރާބެއްޔާގެ ދިޔެ އާއިއެވެ.
ދެވަނައަށް ކައިވެނިކުރެއްވީ ހަވަރުތިނަދޫ ފޮޑަހުތެރޭ
ބެއްޔާ(މާމެންދޫ ބެއްޔާ)ގެ ދިޔެގެ ދޮންކަމަނާއާއި އެވެ. މި ދޮންކަމަނާގެ
ބައްޕައަކީ ހަވަރުތިނަދޫ މުކުރިޔާ އެވެ.
ހަވަރުތިނަދޫ ޢުސްމާނު ކަލޭގެ
ފުތް މުޙައްމަދުފުތާއި ރާބެއްޔާގެ ދިޔެގެ ދަރިންނަކީ މަރިޔަމްދިޔެ ހީނާމާގެ/
ތިނަދޫ، ޙަސަން މުޙައްމަދު އަލެގެ/ ތިނަދޫ، ޢަލީ މުޙައްމަދު ނައިޓްކްއީން/ ތިނަދޫ، ހުތާބެއްޔާ، އަދި ގާސިމް (ކާސިމާ) އެވެ.
(ހ) ހަވަރުތިނަދޫ
ޢުސްމާނު ކަލޭގެ ފުތް މުޙައްމަދުފުތާއި ރާބެއްޔާގެ ދިޔެގެ މަރިޔަމްދިޔެ
ހީނާމާގެ/ ތިނަދޫ
މީނާގެ ދަރިންނަކީ ތުއްތު ހީނާމާގެ/
ތިނަދޫ، ޙައްވާދިޔެ، ފާޠިމާދިޔެ އެވެ.
(ށ) ހަވަރުތިނަދޫ ޢުސްމާނު ކަލޭގެ
ފުތް މުޙައްމަދުފުތާއި ރާބެއްޔާގެ ދިޔެގެ ޙަސަން މުޙައްމަދު އަލެގެ/ ތިނަދޫ
މީނާ ކައިވެނިކުރެއްވީ
ހަވަރުތިނަދޫ ޢަލިކަލޭގެ ފުތް މުކުރިބެއްޔާގެ
ޢާއިޝާ(އައިސާ ދައިތާ)ގެ އައިހާ ދައިތާގެ ފާޠިމާ ލިލިއަންޕާކް/ތިނަދޫ އާއި އެވެ.
މިކައިވެނީގެ ދަރިންނަކީ މުޙައްމަދު ޙަސަން (ތުއްތުބެ)
އަލެގެ/ ތިނަދޫ، ޙައްވާ ޞަބީޙާ ލިލިއަންޕާކް/ތިނަދޫ، ޢަބުދުﷲ ޙަސަން ހާވިލާ/ތިނަދޫ އެވެ.
ހަވަރުތިނަދޫ ޢުސްމާނު ކަލޭގެ
ފުތް މުޙައްމަދުފުތުގެ ޙަސަން މުޙައްމަދުގެ މުޙައްމަދު
ޙަސަން (ތުއްތުބެ) އަލެގެ/ ތިނަދޫ ކައިވެނިކުރެއްވީ ޢާއިޝަތު
ޢަލީ (އައިސާފާނު) އަލެގެ/ ތިނަދޫ އާއި އެވެ. މިޢާއިޝަތު ޢަލީގެ ބައްޕައަކީ ހަވޮއްޑޭ
މޭނާކަލޭގެފާނުގެ ދަލިކާފާނުގެ ޢަލިތަކުރުފާނު އެވެ. ޢާއިޝަތު ޢަލީގެ މަންމައަކީ ހަވަރުތިނަދޫ ދިހެރޭ
ޙުސައިން ކަލޭގެފާނުގެ ކުޑަތަކުރުފާނާއި ހަވަރުތިނަދޫ ދޮންއައިސާފާނާއި ދެމަފިރިންގެ
ދި ޙައްވާފާނުއެވެ.
ހަވަރުތިނަދޫ ޢުސްމާނު ކަލޭގެ
ފުތް މުޙައްމަދުފުތުގެ ޙަސަން މުޙައްމަދުގެ މުޙައްމަދު
ޙަސަން (ތުއްތުބެ)އާއި ޢާއިޝަތު ޢަލީ (އައިސާފާނު) އަލެގެ/ ތިނަދޫގެ ދަރިންނަކީ މުޙައްމަދު
ޝަމީމު އަލެގެ/ ތިނަދޫ، ޢަބުދުﷲ ނާހިދު އަލެގެ/ ތިނަދޫ އެވެ.
ހަވަރުތިނަދޫ ޢުސްމާނު ކަލޭގެ ފުތް މުޙައްމަދުފުތުގެ ޙަސަން މުޙައްމަދުގެ ޙައްވާ ޞަބީޙާ ލިލިއަންޕާކް/ތިނަދޫ އާއި ފުރަތަމަ ކައިވެނިކުރެއްވީ ހަވަރުތިނަދޫ ޢަލިކަލޭގެ
ދި ދައިތާގެ ޢަލިކަލޭ ގެ މަރިޔަމްފާނު(އޮޅަދިޔެ)ގެ ޙަސަން
ތަކުރުފާނު(ދަގަނޑެބެއްޔާ)ގެ ދޮން ތައްޚާނު ރަށްދެބައިގެ/ ސ.ފޭދޫ އެވެ.
މިދެމަފިރިންގެ ދަރިއަކީ އާމިނަތު ޝަފީގާ އެވެ.
ހަވަރުތިނަދޫ ޢުސްމާނު ކަލޭގެ
ފުތް މުޙައްމަދުފުތުގެ ޙަސަން މުޙައްމަދުގެ ޙައްވާ ޞަބީޙާ ލިލިއަންޕާކް/ތިނަދޫ އާއި ދެވަނައަށް ކައިވެނިކުރެއްވީ ހަވަރުތިނަދޫ ޢަލިކަލޭގެ ދި
ދައިތާގެ ޢަލިކަލޭ ދި އައިސާދައިތާއާއި ދޮންމޫސަބެއާއި ދެމަފިރިންގެ އާދަމް
މޫސާ(އާދަމްބެ)ގެ ޢަބުދުއްސައްތާރުއެވެ. މި ޢަބުދުއްސައްތާރުގެ މަންމައަކީ ޢަލިކަލޭގެ
ދި ދައިތާގެ އާމިނަ(ކޮތަރުގޭ ރައްކައްދައިތާ)ގެ ޢާއިޝާ(އައިސާދައިތަ)ގެ ރެކިދިޔެ(ރެކިދައިތަ)
ޓޯކިޔޯވިލާ/ ތިނަދޫ އެވެ. ޢަބުދުއްސައްތާރާއި ޙައްވާ
ޞަބީޙާ ލިލިއަންޕާކް/ތިނަދޫ އާއި ދެމަފިރިންގެ ދަރިންނަކީ މުޙައްމަދު ނިޒާމު، އަޙުމަދު ލިހާޒު، ޢަބުދުއްޝާމިނު، ނަސްރީ ޢަބުދުއްސައްތާރު، އިސްމާޢީލް ޢަބުދުއްސައްތާރު، ޢާއިޝަތު
ޢަބުދުއްސައްތާރު،
މަރިޔަމް ޢަބުދުއްސައްތާރު، އާމިނަތު ޢަބުދުއްސައްތާރު އެވެ.
ހަވަރުތިނަދޫ ޢުސްމާނު ކަލޭގެ
ފުތް މުޙައްމަދުފުތުގެ ޙަސަން މުޙައްމަދުގެ ޢަބުދުﷲ ޙަސަން ހާވިލާ/ ތިނަދޫ
ކައިވެނިކުރެއްވީ ހަވަރުތިނަދޫ ފޮޑަހުތެރޭ ޙަސަންބެއްޔާގެ ޙައްވާ (ޙައްވާދައިތާ)ގެ
މުޙައްމަދު އަނީސް ކޯންފްލެކް/ ތިނަދޫގެ ޙަބީބާ އަނީސް އާއި އެވެ. މިދެމަފިރިންގެ ދަރިންނަކީ ޝަމްރަތު ޢަބުދުﷲ، ޙަސަން ސިނާނު ޢަބުދުﷲ، ޢާއިޝަތު ޝިއުނާ ޢަބުދުﷲ، ފާޠިމަތު ޝިފުނާ ޢަބުދުﷲ
މަރިޔަމް ޝިޒުނާ ޢަބުދުﷲ އެވެ.
(ނ) ހަވަރުތިނަދޫ ޢުސްމާނު ކަލޭގެ
ފުތް މުޙައްމަދުފުތާއި ރާބެއްޔާގެ ދިޔެގެ ޢަލީ މުޙައްމަދު ނައިޓްކްއީން/ ތިނަދޫ
މީނާ
ކައިވެނިކުރެއްވީ ޢަލިކަލޭގެ ދި ކުއްދައިތާގެ
ޢަލިބެއްޔާގެ މޫސާ(ދިގެ މޫސަބެއްޔާ)ގެ މަރިޔަމް މޫސާ(މަރިޔާ)ގެ ފާޠިމާ
ނައިޓްކްއީން/ ތިނަދޫ އާއި އެވެ. މި ފާޠިމާގެ ބައްޕައަކީ ހަވަރުތިނަދޫ ރައްކަލެބެ
އެވެ. މިކައިވެނީގެ ދަރިންނަކީ ސަކީނާ ޢަލީ، މުޙައްމަދު ހާޝިމް، މަރިޔަމް ސަކީނާ، އިބްރާހިމް ރަޝީދު، ފަޒީނާ ޢަލީ، ފަރީޝާ ޢަލީ، އަޙުމަދު ރަޝީދު އެވެ.
ހަވަރުތިނަދޫ
ޢުސްމާނު ކަލޭގެ ފުތް މުޙައްމަދުފުތާއި ހަވަރުތިނަދޫ ފޮޑަހުތެރޭ ބެއްޔާ(މާމެންދޫ
ބެއްޔާ)ގެ ދިޔެގެ ދޮންކަމަނަގެ ދަރިންނަކީ ޔޫސުފު މުޙައްމަދު (ޔޫސުފުބެ) ނައިން
ހައުސް/ތިނަދޫ، ރެކިބެ މަސްކޮތަންގެ/
ގައްދޫ، މުޙައްމަދުބެ މަބުސްތާނުގެ/ ފަރެސް އެވެ.
(ރ) ހަވަރުތިނަދޫ ޢުސްމާނު ކަލޭގެ ފުތް މުޙައްމަދުފުތުގެ
ޔޫސުފު މުޙައްމަދު (ޔޫސުފުބެ) ނައިން ހައުސް/ތިނަދޫ
ޔޫސުފު މުޙައްމަދު (ޔޫސުފުބެ) ނައިން ހައުސް/ތިނަދޫ އާއި ފާޠިމަތު މުނީރާ
ނައިން ހައުސް/ ތިނަދޫއާއި ދެމަފިރިންގެ ޢާއިލާ އެބައޮތެވެ. ފާޠިމަތު މުނީރާގެ ބައްޕައަކީ ހަވަރުތިނަދޫ ދިހެރޭ
ޙުސައިން ކަލޭގެފާނުގެ ޢަލިތަކުރުފާނުގެ ޢާއިޝާފާނު(ދައިތާ) ގެ ޙަސަންތަކުރުފާނެވެ.
ފާޠިމަތު މުނީރާގެ މަންމައަކީ ހަވަރުތިނަދޫ ޢަލިކަލޭގެ ދި އައިސާދައިތާގެ
ރެކިދިޔެއާއި ކަޅެރާބެއްޔާގެ ޢުސްމާނާއި ދެމަފިރިންގެ ދި ފާޠިމާދިޔެ އެވެ.
ހަވަރުތިނަދޫ ޢުސްމާނު ކަލޭގެ ފުތް
މުޙައްމަދުފުތުގެ ޔޫސުފު މުޙައްމަދު (ޔޫސުފުބެ) ނައިން ހައުސް/ތިނަދޫ އާއި
ފާޠިމަތު މުނީރާ ނައިން ހައުސް/ ތިނަދޫއާއި ދެމަފިރިންގެ ދަރިންނަކީ، ޢަބުދުﷲ ޔޫސުފު ސަނީޑޭލް/ ތިނަދޫ، މުޙައްމަދު ޒުބައިރު ނައިން ހައުސް/ ތިނަދޫ، ޙަސަން ފަޔާޒު ނައިން
ހައުސް/ ތިނަދޫ، އާމިނަތު ޝަފީގާ ސިންދު/ ތިނަދޫ، ޢާއިޝަތު ޝަފީގާ ނައިންހައުސް/ ތިނަދޫ، ފާޠިމަތު ޝަފީގާ ބީޗްވިލާ/ ތިނަދޫ، ޚަދީޖާ ޔޫސުފު ނައިންހައުސް/ ތިނަދޫ، ޙަފުޞާ ޔޫސުފު ނައިންހައުސް/ ތިނަދޫ އެވެ.
(ބ) ހަވަރުތިނަދޫ ޢުސްމާނު ކަލޭގެ
ފުތް މުޙައްމަދުފުތުގެ ރެކިބެ މަސްކޮތަންގެ/ ގައްދޫ
މީނާގެ ދަރިންނަކީ އާމިނާފާނު
ދެކުނުގެ/ ގައްދޫ، ޒީނިޔާ
މަސްކޮތަންގެ/ ގައްދޫ އެވެ.
(ޅ) ހަވަރުތިނަދޫ ޢުސްމާނު ކަލޭގެ
ފުތް މުޙައްމަދުފުތުގެ މުޙައްމަދުބެ މަބުސްތާނުގެ/ ފަރެސް
މީނާގެ ޢާއިލާނެތެވެ.
3- ހަވަރުތިނަދޫ ޢުސްމާނު ކަލޭގެ ދި ރެކިދިޔެ
ހަވަރުތިނަދޫ
ޢުސްމާނު ކަލޭގެ ދި ރެކިދިޔެ އާއި ކައިވެނިކުރެއްވީ ހަވަރުތިނަދޫ ޢަލިކަލޭގެ ދި
ކުއްދައިތާގެ ފުތް ޙުސައިން އެވެ.
މިދެމަފިރިންނަށް ލިބިލެއްވި ދަރިންނަކީ ޔޫސުފު(ޔޫސުފު ބެއްޔާ) ވެހަފުލާ/ ތިނަދޫ، ކުޑަދިޔެ ރަތްވިލާގެ/ ތިނަދޫ، އަޙުމަދު (އަޙުމަދުބެއްޔާ)
ދެވިނަގެ/ ތިނަދޫ، އިބްރާހީމް އަލަސްކާ/
ތިނަދޫ، އައިސާދިޔެ ޒެނިތު/ ތިނަދޫ، ޢަލީ، އަދި މޫސާ އެވެ.
(ހ) ހަވަރުތިނަދޫ
ޢުސްމާނު ކަލޭގެ ދި ރެކިދިޔެއާއި ކުއްދައިތާގެ ޙުސައިންގެ ޔޫސުފު (ޔޫސުފު ބެއްޔާ)
ވެހަފުލާ/ ތިނަދޫ
މީނާ ކައިވެނިކުރެއްވީ
ހަވަރުތިނަދޫ ޢަލިކަލޭގެ ފުތް މުކުރިބެއްޔާއާއި މަޑަވެލީ މޫސިޔާގެ ޙައްވާދިޔެއާއި
ދެމަފިރިންގެ ދި ސަންފާދިޔެގެ ޔޫސުފު (ކުދެބެއްޔާ ނުވަތަ ކުއްބެއްޔާ)ގެ ކަތްދަ
އާއި އެވެ. މިދެމަފިރިންގެ ދަރިއަކީ މުޙައްމަދު ޝަރީފު ވެހަފުލާ/ ތިނަދޫ އެވެ.
(ށ) ހަވަރުތިނަދޫ
ޢުސްމާނު ކަލޭގެ ދި ރެކިދިޔެއާއި ކުއްދައިތާގެ ޙުސައިންގެ ކުޑަދިޔެ ރަތްވިލާގެ/
ތިނަދޫ
މީނާގެ ދަރިންނަކީ އައިސާފާނު
ގްރީންރޭ/ ސ.ހިތަދޫ، ރެކިބީފާނު ރަތްވިލާގެ/ ތިނަދޫ އެވެ.
ހަވަރުތިނަދޫ ޢުސްމާނު ކަލޭގެ ދި
ރެކިދިޔެއާއި ކުއްދައިތާގެ ޙުސައިންގެ ކުޑަދިޔެގެ އައިސާފާނު އާއި އައްޑޫ ހުޅުދޫ
ވާރުގޭ ދީދީގެ ޢަލިދީދީގެ ޙުސައިންދީދީ (ތުއްތުދީދީ) އާއި ދެމަފިރިންގެ ދަރިންނަކީ، އަޙުމަދު ރަޝީދު ގްރީންރޭ/ ސ. ހިތަދޫ، ޢަބުދުﷲ ޢަފީފު
ގްރީންރޭ/ ސ. ހިތަދޫ، މަރިޔަމް ރަޝީދާ
ގްރީންރޭ ސ. ހިތަދޫ އެވެ.
ޢަލިކަލޭގެ ދި ކުއްދައިތާގެ
ޙުސައިންގެ ކުޑަދިޔެގެ ރެކިބީފާނު ރަތްވިލާގެ/ ތިނަދޫ އާއި، މަޑަވެލީ
މޫސިޔާ (މޫސާ ޢަލީ)ގެ ސަންފާގެ އޮޅަދިޔެގެ އާމިންދިޔެގެ ފާތިންދިޔެގެ ރެކިފުތު(ރެކިބޭ)ގެ
ދަރިންނަކީ، އާމިނަތު ވަޙީދާ ރަތްވިލާގެ/ ތިނަދޫ، ފާޠިމަތު ރަޝީދާ ރަތްވިލާގެ/ ތިނަދޫ، މުޙައްމަދު ޝަރީފު ރަތްވިލާގެ/ ތިނަދޫ، މުޙައްމަދު ނިޔާޒު ރަތްވިލާގެ/ ތިނަދޫ، އިބްރާހީމް ނާހިދު ރަތްވިލާގެ/ ތިނަދޫ އެވެ.
(ނ) ހަވަރުތިނަދޫ ޢުސްމާނު ކަލޭގެ
ދި ރެކިދިޔެއާއި ކުއްދައިތާގެ ޙުސައިންގެ އަޙުމަދު
(އަޙުމަދުބެއްޔާ) ދެވިނަގެ/ ތިނަދޫ
މީނާގެ ދަރިއަކީ ރެކިދިޔެ އެވެ. މި
ރެކިދިޔެއާއި ކައިވެނިކުރެއްވީ، ހަވަރުތިނަދޫ ކައްބޮއްލޭ ހުތާބެއްޔާއާއި ހަވަރުތިނަދޫ ޢަލިކަލޭގެ ދި ފޫޅުމާ ކަޅުދައިތާގެ ދޮންދިޔެގެ ދަލިކާއާއި ދެމަފިރިންގެ ދަރި ޙުސައިންފުތު އެވެ.
މިދެމަފިރިންގެ ދަރިންނަކީ، އަޙުމަދު ޙުސައިން ދެވިނަގެ/ ތިނަދޫ، މުޙައްމަދު ނަސީމު، ސަކީނާ ޙުސައިން
އެވެ.
(ރ) ހަވަރުތިނަދޫ ޢުސްމާނު ކަލޭގެ ދި ރެކިދިޔެއާއި ކުއްދައިތާގެ ޙުސައިންގެ އިބްރާހީމް އަލަސްކާ/ ތިނަދޫ
މީނާ ކައިވެނިކުރެއްވީ
ހަވަރުތިނަދޫ ޢަލިކަލޭގެ ފުތް ކަޅުބެއްޔާގެ ސަންފާދިޔެގެ އައިސާދިޔެ އާއި އެވެ.
މިދެމަފިރިންނަށް ލިބިލެއްވި ދަރިންނަކީ އާދަމް އިބްރާހީމް (އާދަމްފުތު) އަޅިފަށުވިގެ/ގައްދޫ،
ގާސިމް އިބްރާހީމް (ގާސިމްފުތު) އަލަސްކާ/ތިނަދޫ އެވެ.
ހަވަރުތިނަދޫ ޢުސްމާނު
ކަލޭގެ ދި ރެކިދިޔެއާއި ކުއްދައިތާގެ ޙުސައިންގެ އިބްރާހީމްގެ އާދަމްފުތު (އާދަމްބެ) އަޅިފަށުވިގެ/ގައްދޫ ގެ
ދަރިންނަކީ ޒުހައިރު އާދަމް އަޅިފަށުވިގެ/ގައްދޫ، އާމިނަތު އާދަމް
އަޅިފަށުވިގެ/ގައްދޫ އެވެ.
ހަވަރުތިނަދޫ ޢުސްމާނު ކަލޭގެ ދި
ރެކިދިޔެއާއި ކުއްދައިތާގެ ޙުސައިންގެ އިބްރާހީމްގެ ގާސިމްފުތު
އަލަސްކާ/ތިނަދޫ ގެ ދަރިންނަކީ ފާޠިމަތު ގާސިމް އޯކިޑްވިލާ/ތިނަދޫ، އާމިނަތު ގާސިމް
މެރީގޯލްޑްއާގެ/ ސ.ފޭދު، މުޙައްމަދު ރަޝީދު ފްރެންޒީ/ތިނަދޫ، އަޙުމަދު ވަޙީދު
އަލަސްކާ/ތިނަދޫ އެވެ.
މި އައިސާދިޔެއާއި
ކައިވެނިކުރެއްވީ ހަވަރުތިނަދޫ ޢަލިކަލޭގެ ދި ދައިތާގެ ކުދެ ޙަސަންބެއްޔާ
(ކުދެބެއްޔާ)ގެ ދައިތާގެ އިބްރާހީމު އެވެ. މިދެމަފިރިންގެ ދަރިންނަކީ މަރިޔަމް ނަސީމާ(މަރިޔާ) ޑާރކްބްލޫ/ތިނަދޫ، ފާޠިމަތު އިބްރާހީމް(ފާތުމާދިޔެ)
ސީސަންގެ/ތިނަދޫ، ޤާސިމް ރަޝާދު ޒެނިތު/ ތިނަދޫ، ޙައްވާ ސުޢާދާ(ޙައްވާ) ފޫޅުމާގެ/
ތިނަދޫ އެވެ.
ހަވަރުތިނަދޫ ޢުސްމާނު ކަލޭގެ ދި
ރެކިދިޔެއާއި ކުއްދައިތާގެ ޙުސައިންގެ އައިސާދިޔެގެ މަރިޔަމް ނަސީމާ(މަރިޔާ)
ޑާރކްބްލޫ/ތިނަދޫގެ ދަރިންނަކީ އާމިނަތު ނަސީމާ އާއި ފާޠިމަތު ޢަލީ އެވެ. އާމިނަތު
ނަސީމާގެ ބައްޕައަކީ އިބްރާހީމް ޝާކިރެވެ. ފާޠިމަތު ޢަލީގެ ބައްޕައަކީ ހަވަރުތިނަދޫ
ޑާރކްބްލޫ ޢަލިތަކުރުފާނެވެ. މިޢަލިތަކުރުފާނަކީ އައްޑުއަތޮޅު ހުޅުދޫ ގައުމާތުގޭ
ޢީސާފުޅު ކަލޭގެފާނުގެ ޙަސަންފުޅުގެ އާމިނާފުޅުގެ ހަވަރުތިނަދޫ ދިހެރޭ
ދޮންބެއްޔާގެ ދަރިއެކެވެ.
ތިރީގައިވާ ލިންކުން ގައުމާތުގޭ ޢީސާފުޅުކަލޭގެފާނުގެ ޢާއިލާ
ބައްލަވައިލެއްވިދާނެއެވެ.
ހަވަރުތިނަދޫ ޢުސްމާނު ކަލޭގެ ދި
ރެކިދިޔެއާއި ކުއްދައިތާގެ ޙުސައިންގެ އައިސާދިޔެގެ ފާޠިމަތު
އިބްރާހީމް(ފާތުމާދިޔެ) ސީސަންގެ/ތިނަދޫ ގެ ދަރިންނަކީ އާދަމް ރަޝާދު
މ.ކަނޑުމޫނުފުށި/މާލެ، މުޙައްމަދު ޙަމީދު ސީސަންގެ/ތިނަދޫ، އާމިނަތު
ވަޙީދާ މަދަރުސާދޮށުގެ/ތިނަދޫ، މަރިޔަމް ސަޢީދާ ސީސަންގެ/ތިނަދޫ އެވެ. މީގެތެރެއިން
އާދަމް ރަޝާދުގެ ބައްޕައަކީ މުޙައްމަދު ރަޝާދު ޗާންދު/ ތިނަދޫ އެވެ.
އެހެންކުދިންގެ ބައްޕައަކީ ގާސިމް ރަޝާދު ސީސަންގެ/ ތިނަދޫ އެވެ.
ހަވަރުތިނަދޫ
ޢުސްމާނު ކަލޭގެ ދި ރެކިދިޔެއާއި ކުއްދައިތާގެ ޙުސައިންގެ އައިސާދިޔެގެ ގާސިމް ރަޝާދު ޒެނިތު/ ތިނަދޫ އާއި ފާއިޒާ ޙުސައިންގެ ދަރިންނަކީ މުޙައްމަދު ފާއިޒު، ސާރިޔާ، ޙަފީޡާ، އަޙުމަދު ފާއިޒު، ޝަހީދާ، ޝިފުޒާ، ޢަބުދުﷲ ފާއިޒު، ޙުސައިން، ޝާމަލީ، ޝާލިނީ، ޝިފާޒާ އެވެ.
ފާއިޒާ ޙުސައިން ޒެނިތު/
ތިނަދޫއަކީ ހަވަރުތިނަދޫ ޢަލިކަލޭގެ ދި ދައިތާގެ ކަލޯބެއްޔާ (ބޮޑެކަލޯބެއްޔާ)ގެ
ކުދެކުއްދައިތާގެ ދޮންރެކިދައިތާއާއި، އައްޑޫ އައިސާގެ ޙުސައިން (ޙުސައިންބެ)އާއި ދެމަފިރިންގެ ދަރިއެކެވެ.
ހަވަރުތިނަދޫ ޢުސްމާނު ކަލޭގެ ދި
ރެކިދިޔެއާއި ކުއްދައިތާގެ ޙުސައިންގެ އައިސާދިޔެގެ ޙައްވާ ސުޢާދާ (ޙައްވާ) ފޫޅުމާގެ/
ތިނަދޫއާއި ކައިވެނިކުރެއްވީ ހަވަރުތިނަދޫ މެދުއަވަށު ދޮންމޫސާކަލޭގެ ފުތް
ރައްކަލާކަލޭގެ ފުތް މޫސާފުޅުގެ އަޙުމަދު (ފޫޅުމާގޭ އަޙުމަދުބެ)ގެ ޢަލީ އަޙުމަދު
(ޢަލިބެ) އެވެ.
މިދެމަފިރިންގެ ދަރިންނަކީ
މުޙައްމަދު ވަޙީދު ފޫޅުމާގެ/ތިނަދޫ، އިބްރާހީމް ރަޝީދު ފޫޅުމާގެ/ތިނަދޫ، އާދަމް
ޝަރީފު ކޯޒީރައުންޑް/ތިނަދޫ، އަޙުމަދު ޒާހިރު ހ.ފެއަރީ/މާލެ، މުޙައްމަދު ޒުހައިރު
ފޫޅުމާގެ/ތިނަދޫ އެވެ.
(ކ) ހަވަރުތިނަދޫ ޢުސްމާނު
ކަލޭގެ ދި ރެކިދިޔެއާއި ކުއްދައިތާގެ ޙުސައިންގެ މޫސާ
މިޢާއިލާ ނެތެވެ.
ނޯޓް: މިޢާއިލާއަށް
ގެންނަންޖެހޭ ޙަގީގީ އުނިއިތުރެއްވާނަމަ އެކަން އެނގުމުން އެބަދަލުތައް
ގެނެވޭނެއެވެ.
------------------
ޢަބުދުﷲ ޙިލްމީ
12 ޖޫން 2020މ.
މަޢުލޫމާތުގެ ޙިއްޞާ:
އެކި ފަރާތްތަކުން
ދެއްވާފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް "ގަލެހިރި" ވެބްސައިޓްގައި
ލިޔެފައިވާ ބައެއް ޢާއިލާތަކާއި، ހަވަރުތިނަދޫ ޖަނަވަރީގޭ އަލްމަރުޙޫމު ޙަސަން ޙިލްމީ
ލިޔުއްވައި މިހާތަނަށް ޢާއްމުނުވެހުރި ޢާއިލީ ވަނަވަރުތަކާއި އަދި އފ. ޢަދުނާނު
ޙަލީމު އޭޝް/ ހުވަދުއަތޮޅު ވިލިގިލި ދެއްވި މަޢުލޫމާތު