ހަވަރުތިނަދޫ ގޮއިވެރި މުޙައްމަދުދީދީއަށް ހަވަރުތިނަދޫ ގޮއިވެރިކަން އައުކޮށްދެއްވި ފަތްކޮޅު

هو الغني
بسم الله الرحمن الرحيم،
نحمده ونصلي على رسوله الكريم، وعلى آله وصحبه مع التسليم،
ސުވަސްތީސިރީ، މަތަމަހާސިރީ، ބަރިކުސަ ފުރަދާނަސިރީ، ކުލަސަދައިރަ، ސިއާކަ ސާސްތުރަ، އައުދަ ކީރިތި އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން އިސްކަންދަރު ބްނުއްސުލްޠާން އަލްމަރްޙޫމް އިބްރާހީމް ނޫރުއްދީން އިސްކަންދަރު ކުލަ ސުންދުރަ ކައްތިރި ބަވަނަ މަހާރަދުން ސިންގާ ސަނާށްވޮޑިގެނިދެ ފުރަކީރިތި ރެދަލިކުރަނަ ތިރީސްވަނަ އަވެރުދު. މިރަދުންގެ އިތުރު ހިރިއާފާތުރާ ދަށަށް، ދެއްވަދޫ އިސްމާޢީލު ދީދީ އަޅާގެ ފުތް ހަވަރުތިނަދޫ މުޙައްމަދު ދީދީ އަޅާ ވެދުން ބަރުތީލައާއި އައިސް ދަންނަވައިގަތް ބަހީ، އިބަ ކަލާގެ ރެދަލިކުރަނަ ސައްބީސްވަނަ އަވެރުދު. އިބަކަލާގެ އަރިއަހުން ދެއްވި ގޮއިފަތްކޮޅު ބައުވެގެން، އެފަތްކޮޅު އައުކޮށްދެއްވަތްތޯ އެދި އައީމެވެ. މިކަމާއި ރުއްސަވައި، މިއަޅާގެ ވެދުން އަރައި، ބަރުތީލަ ޤަބޫލުކުރައްވައި، ހުބަހިރިޔާ ސުއްދައިން ވިދާޅީން. މަގޭ ވޮނަދަނަ ރާއްޖޭ ހުވަދުންމަތީ އޮންނަ ހަވަރުގެ، ހަވަރުތިނަދުވާއި، ކާޑެއްދުވާއި، ކުބުއްޑުވާއި، ތިނަދޫމާފުއްޓާއި، ތިނަދޫދަޑުކޮޅާއި، ކަންނިގިލިކޮޅާއި، މިއެންމެ ރަށްރަށް، މަގޭ ރެދަލިކުރަނަ ތިރީސްވަނަ އަވެރެދު ރަޖަބުމަސް އިސްމަތިކުރައްވައި، ހަވަރަށް ކޮންމެއަހަރަކު، ހާހާ ފައްސަތޭކަ ކޮއްޓޭ ބޮއްޔާއި، ހުދު ކުނަަލުގެ ނުވަސަތޭކަ ސާޅީސް ހަތަރުކުނަލާއި، ފުޅަހި ކުނަލުގެ ސާޅީސް އަށްކުނަލާއި، ތިންފަލަ ކުނަލުގެ ސާޅީސް އަށްކުނަލާއި، މިތަކެތި އަހަރު އަހަރަށް ހަމަޔަށް ދައްކައި ކެވުމަށް، ހަވަރުތިނަދޫ ރައްޔިތު އެންމެ އަޅުތަކުންނަށް ދެއްވައި ދަރުމަކުރައްވައިފީކޮށު. މިރަށްރަށް ހަވަރުތިނަދޫ އެންމެ އަޅުތަކުން މައްޗަށް ބަލަހައްޓަވައި، އަހަރުއަހަރަށް ވަރުވާ ހަމަޔަށްގެނެސް ހަވަރަށްދައްކައި ހެދުމަށް، ދެއްވަދޫ އިސްމާޢީލުދީދީގެ އަޅާގެ ފުތް ހަވަރުތިނަދޫ މުޙައްމަދުދީދީ އަޅާ އިސްކުރައްވައި، އެ ރައްރަށުގެ ގޮއިކަން މި މުޙައްމަދުދީދީ އަޅާއަށް ދެއްވައިފީކޮށު. މިއަޅާދިއުމުން، ގޮއިވެރިއަކަށް ހުންނަ އެއްޗެއް އުނިއިތުރު ނުކުރަނީ މިއަޅާއަށް ދައްކައިދީފަނީކޮށު. މިއަޅާނުލައި ދުޢާ މައުލޫދު ޞަލަވާތް ފާތިޙާ ކަށުކަމާކެމީގެ ކަންތައް ނުކުރަނީކޮށު. މިއަޅާގެ ބަހަކާއިނުލައި ދަޑުކޮޅަށް މީހަކުވަދެއްޖެނަމަ ހަވަރަށް ހަދުރޯ ގަންނައީކޮށު. މިއަޅާގެ ބަހަކާއިނުލައި އެއްވެސް އަޅަކަށް ފުޅަހި އެތު ފައު ނުކެޑެނީކޮށު. މިތައްމަގުން ސިރީކުލަ ސަދައިރަ، ސިއާކަސާސްތުރަ އައުދަ ކީރިތި ކައްތިރިބަވަނަ މަހާރަދުންގެ ކައްތިރި މުދި ގެއްސެވުމަށް މިފަތް ލިއުމުގެ ހުއްދަ ވިދާޅުބަސްފުޅު އިއްވެވިހިދު، ހުރައި ޙަސަން އަޅާގެ ފުތް ފަތްލިޔާ މޫސާ މަލިމް އަޅާ ލީން.
تحريرا في اليوم السادس والعشرين من شهر محرم الحرام سنة 1350 من هجرة النبي سيدنا محمد صلى الله عليه وسلم.
                      ----------------
ޢަބުދުﷲ ޙިލްމީ
26 ޖުލައި 2018މ.