ހަވަރުތިނަދޫ އޮޅަދީދީ (ޙުސައިންދީދީ)އަށް ހަވަރުތިނަދޫ ކަތީބުކަން ދެއްވި ފަތްކޮޅު

هو الغني
بسم الله الرحمن الرحيم
نحمده ونصلي على رسوله الكريم، وعلى آله وصحبه مع التسليم،
ސުވަސްތީސިރީ، މަތަމަހާސިރީ، ބަރިކުސަފުރަދާނަސިރީ، ކުލަސަދައިރަ، ސިއާކަސާސްތުރަ، އައުދަކީރިތި އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން އިސްކަންދަރު ބްނުއްސުލްޠާން އަލްމަރްޙޫމް އިބްރާހީމް ނޫރުއްދީން އިސްކަންދަރު ކުލ ސުންދުރަ ކައްތިރިބަވަނަ މަހާރަދުން ސިންގާ ސަނާށްވޮޑިގެނިދެ  ފުރަކީރިތި ރެދަލިކުރަނަ އޮނަތިރީސްވަނަ އަވެރުދު. މިރަދުންގެ އިތުރު ހިރިއާފާތުރާ ދަށަށް، ހަވަރުތިނަދޫ ގޮއިވެރި މުޙައްމަދު އަޅާގެ ފުތް ޙުސައިން އަޅާ ވެދުން ބަރުތީލައާއި އައިހިދު، މިއަޅާގެވެދުން އަރައި، ބަރުތީލަ ޤަބޫލުކުރައްވައި، އަންބަރައިރަ ސަރިދާލޭސް މައްތީ އުއްތަރަ އާނާންދަވެ ވޮޑިގެނިދެ، ހުބަހިރިޔާ ސުއްދައިން ވިދާޅީން. މަގޭ ވޮނަދަނަ ރާއްޖޭ ހުވަދޫއަތޮޅު ހަވަރުތިނަދޫ ގޮއިވެރި މުޙައްމަދު އަޅާގެ ފުތް ޙުސައިން އަޅާއަށް، ހަވަރުތިނަދޫ ޚަޠީބުކަން މަތިކުރައްވައި ވިދާޅުފަތާއި ދީ ފޮނުއްވައިފީކޮށު، މިއަޅާ ދަނި ކޮންމެ، ތިބާރަށު އެންމެއަޅުތަކުން މިއަޅާގެ ޚަޠީބުކަމާއި ރުހި ޤަބޫލުކޮށްފަނީކޮށު. އަންދުވަހު އާދައިން ތިބާރަށު ޚަޠީބުކަމަށްހުންނަ ކޮންމެކަމެއް މިއަޅާއަށް އުނިއިތުރު ނުކުރަނީކޮށު. މިއަޅާގެ ޚަޠީބުކަން މައްޗަށް ތިބާރަށު ކުޅަ ކޮންމެ ކެއުޅުކަމަކުން މަސްބައެއް ހުންނައީކޮށު. މިއަޅާއާއި، އެހެން އެކަކާއި، ދެމީހުން ވާރުކޮޑި ތިބެނީކޮށު. މިއަޅާ ނުކުމެ ބަންޑާރާ މަސައްކަތަކު ވިއަސް، ރަށު މީހުންގެ ކަމަކު ވިއަސް ގޮވައިފިނަމަ، ރަށު އެންމެ އަޅުތަކުން ނުކުމެ އެކަމެއް ކޮށްދީފަނީކޮށު. ދުޢާ މައުލޫދު ޞަލަވާތް ފާތިޙާ ކަށުކަމާކެމީގެ ކަންތައް ކުރެއްވުން މިއަޅާ މަތިކުރައްވައިފީކޮށު. ތިން މީހުން ދާ ޖަމާޢަތު ކޮންމެކަމެއް މިއަޅާނުލައި ނުކުރަނީކޮށު. މަގޭ ހިރިއާ ފާތުރާދަށުން ދެއްވި މިވިދާޅުފަތް އުވައި، މިއިން ކަމަކުން ކަމެއް އަރައެރުންކުޅައޫތަ، މަހާ ކީރިތިކަމުގެ ފުރަމާނަދަނެއު، މިތައްމަގުން ސިރީކުލަ ސަދައިރަ، ސިއާކަސާސްތުރަ އައުދަކީރިތި ކައްތިރިބަވަނަ މަހާރަދުންގެ ކައްތިރިމުދި ގެއްސެވުމަށް މިފަތް ލިއުމުގެ ހުއްދަ ވިދާޅުބަސްފުޅު އިއްވެވި ހިދު ހުރައި ޙަސަން އަޅާގެ ފުތް ފަތްލިޔާ މޫސާ މަލިމް އަޅާ ލީން.
تحريرا في اليوم الخامس عشر من شهر محرم الحرام سنة 1349 من هجرة النبي سيدنا محمد صلى الله عليه وسلم.
              ---------------------

ޢަބުދުﷲ ޙިލްމީ
26 ޖުލައި 2018މ.