ހަވަރުތިނަދޫ މުދިމް ޙުސައިން ތަކުރުފާނަށް ހަވަރުތިނަދޫ މާމުދިމްކަން ދެއްވި ފަތްކޮޅު

هو الغني
بسم الله الرحمن الرحيم
نحمده ونصلي على رسوله الكريم، وعلى آله وصحبه مع التسليم،
ސުވަސްތީ ސިރީ، މަތަ މަހާސިރީ، ބަރިކުސަ ފުރަދާނަ ސިރީ، ކުލަސަދައިރަ، ސިއާކަ ސާސްތުރަ، އައުދަ ކީރިތި އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން އިސްކަންދަރު ބްނުއްސުލްޠާން އަލްމަރްޙޫމް އިބްރާހީމް ނޫރުއްދީން އިސްކަންދަރު ކުލަ ސުންދުރަ ކައްތިރި ބަވަނަ މަހާރަދުން ސިންގާ ސަނާށްވޮޑިގެނި ދެފުރަ ކީރިތި ރެދަލިކުރަނަ އޮނަތިރީސްވަނަ އަވެރުދު. މިރަދުންގެ އިތުރު ހިރިއާ ފާތުރާދަށަށް، ހަވަރުތިނަދޫ މާމުދިން އަޙްމަދުއަޅާގެ ފުތް ޙުސައިންއަޅާ ވެދުން ބަރުތީލައާއި އައިހިދު، މިއަޅާގެ ވެދުން އަރައި، ބަރުތީލަ ޤަބޫލުކުރައްވައި، އަންބަރައިރަ ސަރިދާލޭސް މައްތީ އުއްތަރަ އާނާންދަވެ ވޮޑިގެނިދެ، ހުބަހިރިޔާ ސުއްދައިން ވިދާޅީން. މަގޭ ވޮނަދަނަ ރާއްޖޭ ހުވަދޫއަތޮޅު ހަވަރުތިނަދޫ މާމުދިން އަޙްމަދު އަޅާގެ ފުތް ޙުސައިން އަޅާއަށް، ހަވަރުތިނަދޫ މާމުދިންކަން މަތިކުރައްވައި ވިދާޅުފަތާއި ދީ ފޮނުއްވައިފީކޮށު. މިއަޅާ ދަނި ކޮންމެ، ތިބާރަށު އެންމެ އަޅުތަކުން މިއަޅާގެ މާމުދިންކަމާއި ރުހި ޤަބޫލުކޮށްފަނީކޮށު. އަންދުވަހުއާދައިން ތިބާރަށު މާމުދިންކަމަށް ހުންނަ ކޮންމެ ކަމެއް މިއަޅާއަށް އުނިއިތުރު ނުކުރަނީކޮށު. މިއަޅާގެ މާމުދިންކަން މައްޗަށް ތިބާރަށު ކުޅަ ކޮންމެ ކެއުޅުކަމަކުން މަސްބައެއް ހުންނައީކޮށު. މިއަޅާއާއި، އެހެން އެކަކާއި، ދެމީހުން ވާރުކޮޑި ތިބެނީކޮށު. މިއަޅާ ނުކުމެ ބަންޑާރާ މަސައްކަތަކު ވިއަސް، ރަށު މީހުންގެ ކަމަކު ވިއަސް ގޮވައިފިނަމަ، ރަށު އެއްމެ އަޅުތަކުން ނުކުމެ އެކަމެއް ކޮށްދީފަނީކޮށު. ދުޢާ މައުލޫދު ޞަލަވާތް ފާތިޙާ ކަށުކަމާކެމީގެ ކަންތައް ކުރެއްވުން މިއަޅާ މަތިކުރައްވައިފީކޮށު. ތިން މީހުން ދާ ޖަމާޢަތު ކޮންމެ ކަމެއް މިއަޅާ ނުލައި ނުކުރަނީކޮށު. މަގޭ ހިރިއާފާތުރާ ދަށުން ދެއްވި މިވިދާޅު ފަތް އުވައި، މިއިން ކަމަކުން ކަމެއް އަރައެރުން ކުޅައޫތަ، މަހާ ކީރިތި ކަމުގެ ފުރަމާނަ ދަނެއު، މިތައްމަގުން ސިރީ ކުލަ ސަދައިރަ، ސިއާކަސާސްތުރަ އައުދަ ކީރިތި ކައްތިރި ބަވަނަ މަހާރަދުންގެ ކައްތިރި މުދި ގެއްސެވުމަށް މި ފަތް ލިއުމުގެ ހުއްދަ ވިދާޅުބަސްފުޅު އިއްވެވިހިދު ހުރައި ޙަސަން އަޅާގެ ފުތް ފަތްލިޔާ މޫސާ މަލިމް އަޅާ ލީން.
تحريرا في اليوم العاشر من شهر محرم الحرام سنة 1349 من هجرة النبي سيدنا محمد صلى الله عليه وسلم.
                                                ---------------------
ޢަބުދުﷲ ޙިލްމީ
26 ޖުލައި 2018މ.