ދިވެހިހެދުން – 1


ދިވެހިހެދުމަކީ ދިވެހިންގެ ސަގާފަތާއި ކޮންމެވެސް މިންވަރަކަށް ގުޅިފައިވާ ހެދުމެއްކަމަށް ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން ދެކިވަޑައިގެން އެފަދަ ބައެއް ހެދުންތައް އެ މަރުކަޒުން ނެރުއްވި "ގައުމީ މުނާސަބަތުތަކުގައި ބޭނުންކުރުމަށް ސަރުކާރުން ގަބޫލުކުރައްވާ ދިވެހި ހެދުން" މިފޮތުގައި ހިމަނުއްވާފައިވެއެވެ. އަދި މިހެދުންތަކުގެ ތަޢާރަފެއްގެ ގޮތުން ކޮންމެ ހެެދުމަކާ ބެހޭ ކުރު ބަޔާނެއްވެސް އެ ހެދުމަކާއެކު ލިޔުއްވާފައިވެއެވެ. މިއީ 15 ޖުލައި 2001މ. ގައި ނެރުއްވާފައިވާ ފޮތެކެވެ.

ކުރިންވެސް ދެންނެވިފަދައިން ދިވެހިހެދުމަކީ ދިވެހިންގެ ސަގާފަތާއި ކޮންމެވެސް މިންވަރަކަށް ގުޅިފައިވާ ހެދުމެއްކަމަށް ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން ދެކިވަޑައިގަންނަވާތީ މިފަދަ ހެދުންތައް ވީހާވެސް ގިނަބަޔަކަށް ބަލައިލެވޭނޭގޮތް ވުމަކީ ބޭނުންތެރިކަމަކަށްވާތީ މިވާހަކަ ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަލްފާޟިލް އަޝްރަފު ޢަލީ އަށް ދަންނަވައިލުމުން މިކަމަށް ވަރަށްބޮޑަށް ތަރުޙީބުދެއްވައި ހިތްވަރުދެއްވާފައިވާތީ މިފުރުޞަތުގައި އޭނާއަށް ޝުކުރުދަންނަވަމެވެ.

އަދި ދަންނަވަމެވެ. ވީހާވެސް ގިނަބަޔަކަށް ބަލައިލެވޭގޮތަށް މިހެދުންތައް ފެންނާނޭގޮތް ހަދައިދިނުމަށް އެދިވަޑައިގެން މިފޮތް ހަދިޔާކޮށްދެއްވި އަލްފާޟިލް މުޙައްމަދު ޝަރީފު ހ.ތެވެލި/މާލެ އަށާއި އަދި ފޮތުގައިވާ ހެދުންތައް ސްކޭންކޮށްދެއްވި ގދ. ތިނަދޫ "ޕްރިންޓެކް"އަށްް ވެސް އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.

             

ގަލެހިރި
02 އޯގަސްޓް 2018މ